Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 22

laya Level 110 Stories
March 11, 2014 9 Mins Read
27 Comments

ހިތައް އެރި އެއްޗަކުން އާލިކް އޭނާގެ ދަބަހާއި އައިނު ސޯފާގައި ބާއްވާލުމަށްފަހު ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. މައްޗަށް އެރުމަށްފަހު ކުޑަކޮށް މަޑުކޮށްލާ އޭނާ ވިސްނާލީ ވިޝާގެ ކޮޓަރިއާއި މެދުއެވެ. ހަމަ އެއާއިއެކު ވިކާޝްގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ބަލާލަމުން އޭނާ ފުންގޮތަކަށް ހިނިތުންވެލިއެވެ. އަވަސް ވެފައިވާ ހިތާއިއެކު ލަސްލަހުން ގޮސް އޭނާ އެކޮޓަރީގެ ތަޅުގައި ހިފާލީ ނުހަނު މަޑުންނެވެ. ދޮރު ތަޅުނުލާ ހުރިކަން ޔަގީންވުމާއިއެކު އަވަސް އަވަހަށް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލުމާއިއެކު އެހިތުގައިވާހާ އުދާހަކާއި ވޭނެއް އެއްފަހަރުން ފިލައިގެން ދިޔަފަދައެވެ. ފިޔާތޮށި ކުލައިގެ ގަޔަށް ހިފާފައިވާ އަތްދިގު ޓީޝާޓަކާއި، ކަޅު ސްކިނީ ޖީންސެއް ލައިގެން އެނދުމަތީ އިށީނދެލައިގެން އެއިނީ އޭނާގެ ހިތުގެ ތެޅުމެވެ. ބުޅި ދިގު އިސްތަށިގަނޑު މައްޗަށް އައްސާލާފައި އޮތްއިރު އެރީތިކަން އިތުރަށް ގަދަވެފައިވާފަދައެވެ. ވާހަކަ ފޮތަކަށް ގެއްލިފައި އިންއިރު އެސްފިޔަތައް ދިގު ބޮޑު ބޮޑު ދެލޯ ހަރަކާތް ކޮށްލަނީވެސް ނުހަނު ލަސްލަހުންނެވެ. އެ ދޮންމޫނުގެ އޮމާން ކޯތާފަތުގައިވާ މަޑު މަޑު ޖަންބުކުލަ އެމޫނަށް މައުސޫމްކަން ގެނެސްދެއެވެ. ދުވަހަކުވެސް ފެނިފައި ނުވާފަދަ ގޮތަކަށް ވިޝާ ފެނުމުން އާލިކްއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.

ވިކާޝް ބުނެގެން އާލިކް އަންނަންވާއިރަށް މެންދުރުގެ ކެއުން ތައްޔާރުކުރުމަށްފަހު ވިޝާ ކޮޓަރީގައި އިނީ އެމީހުން ގެއަށް އައިސް ކައިގެން ދާންދެނެވެ. ތެދެކެވެ. އާލިކްއާއި ކުރިމަތިލާނެހާ ހިތްވަރު އޭނާގައެއް ނެތެވެ. އޮފީހަށް ގޮސްފައި ހަދާނެ ގޮތަކާއިމެދުވެސް ވިސްނެނީ ވަކި ވަރަކަށް ނޫނެވެ. ސާދާ ގޮތަކަށް ރީތިވެލައިގެން އިނގިރޭސި ވާހަކަ ފޮތެއް ކިޔާލަން އެނދުމަތީގައި އިން ވިޝާއަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑުވެސް ނީވޭ ފަދައެވެ. ހަގީގަތުގައި ދޮރު ހުޅުވުނު އަޑު ނީވުނީއެއް ނޫނެވެ. ވިޝާ ހީކުރީ އޭނާ ކޮބާތޯ ބަލާލުމަށްޓަކައި ވިކާޝް ދޮރު ހުޅުވާލީ ކަމުގައެވެ.

“ތިއައީތަ ދޮންބެމެން.. ކާން ރެޑީކޮށްފަ……..” ވިޝާ އޭނާގެ ދޮންބެއާއި ވާހަކަ ދައްކަމުން ލަސްލަހުން އިސްއުފުލާލި ވަގުތު މުޅި ހަށިގަނޑާއިއެކު އަނގައިން ބޭރުވަމުންދިޔަ ބަސްތަކަށްވެސް ވެރިވީ ހުއްޓުމެކެވެ. ދޮރުމަތީގައި ސީދާ އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުރި އާލިކް ފެނުމުން އޭނާގެ އަތުގައި އޮތް ފޮތްވެސް ދޫވެގެން ވެއްޓިއްޖެއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެ އެސްފިޔަ ޖަހާލުމެއްނެތި ކޮޅަށް ތެދުވިއިރު އެމޫނުމަތީގައިވާ ރަތްކަން އިތުރުވެ ހިތުގެ ތެޅުން ބާރުވެއްޖެއެވެ. އޭނާގެ ކުރިމަތިން ފެންނަން އެހުރީ އެއަތުގެ ތެރޭގައި ހުރުމަށް އެދެމުންދާއިރުވެސް އެމީހަކާއި އޭނާ ފިލަން މަސައްކަތްކުރާ ޒުވާނާއެވެ. އެހިތުގައި އުފެދުނު ފޮނި ފޮނި ލޯބީގެ ވިންދެވެ. އާލިކްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިކިފައިވާ ކަމަށް ދައްކާ އަސަރާއިއެކުވެސް އެރީތިކަމަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. އިސްތަށިގަނޑު ކުރިއަށްވުރެ ދިގުވެފައި، ތުނބުޅި ނުބާލާ ހުރުމުގެ ސަބަބުން ކުރިއަށްވުރެވެސް ފިރިހެންވަންތަކަމަށް ދައްކައެވެ. ވިޝާގެ ހިތައް ތަދުކޮށްލީ އެހަށިގަނޑަށް އައިސްފައިވާ ކުޑަ ނަމަވެސް ބަދަލު ފެނުމުންނެވެ. އޭގެ ސަބަބަކީ އޭނާ ހެއްޔެވެ؟ ހަމަ އެއާއިއެކު އާލިކްގެ ކުރިމަތީގައި އޭނާއަށް ހުރެވުނު ގޮތް ހަނދާންވުމުން އަވަސް އަވަހަށް ތެޅިގަނެފައި  އެންމެ އަވަހަށް އަތު ޖެހުނު ތުވާލި ބޮލުގައި އޮޅާލުމަށްފަހު އޭނާއަށް ފުރަގަސް ދީފިއެވެ.

ވިޝާގެ އެހަރަކާތުންވެސް އާލިކް އެނބުރި ދާކަށް ގަސްތެއް ނުކުރިއެވެ. ފުރަގަސް ދީގެން ހުރި ވިޝާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އޭނާ ކޮޓަރީގެ ތެރެއަށްވަދެ ދޮރު ލައްޕާލިއެވެ. ވިޝާ އެނބުރި ބަލާލީ އެއަޑަށެވެ. ހަމަ އެވަގުތު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އާލިކް ފެނުމުން އޭނާގެ ހިއްސުތައް ގަނޑުވެގެން ދިޔައެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ކޯތާފަތްމަތީގައި ދެމެން ފެށިއެވެ. އާލިކްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އޭނާގެ ހިތުގެ ތެޅުން ބިރުގަންނަ މިންވަރަށް ގަދަވެއްޖެއެވެ. އެވަގުތު އެރީތި ދެލޮލާއި ހަތަރުކަޅި ހަމަކޮށްލުމުން އެދެލޮލުން ވިޝާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ޝަކުވާއާއި އާދެހެވެ. އަބަދުހެން ލެންސް ލައްވާފައި ހުންނަ ލޯ ލެންސެއްނެތި ވިޝާއަށް ފެނުނު ފުރަތަމަ ފަހަރަކީ އެއީއެވެ. އެލޮލުގައިވާ ކަޅުކަން ގަދަ ކަޅިއާއިއެކު، ރަތްކަމެއް ވެރިވެފައިވާ ހުދުކަޅި ވިޝާއަށް އެތައް އެތައް އެއްޗެއް ކިޔާދޭން އުޅޭފަދައެވެ. އެ ފުން ފުން ދެލޮލުގައި އުފެދެމުން ދިޔަ ކަރުނަތައް ވިޝާގެ ކެތްތެރިކަމުކައި ސިއްކަ ޖަހަން އުޅޭ ފަދައެވެ. އެބިރުވެރިކަން ހިތައް ވެރިވުމާއިއެކު އޭނާ އަވަސް އަވަހަށް އިސް ޖަހާލުމަށްފަހު އާލިކްއާއި ދުރަށް ޖެހިލިއެވެ.

“އައި ލަވް ޔޫ ވިޝޫ..” ވިޝާ ދުރަށް ޖެހިލުމާއިއެކު އާލިކް އޭނާގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ބުނެލިއެވެ. އެ މޮޅިވެރި އެހެނަސް އަސަރުގަދަ ޖުމްލައާއިއެކު ވިޝާ ލޯ މަރާލުމަށްފަހު އަނެއްކާވެސް ދުރަށް ޖެހިލިއެވެ. އާލިކް އެއުޅެނީ އޭނާގެ ކެތްތެރިކަން އިމްތިހާން ކުރަން ހެއްޔެވެ؟

“ކީއްވެތަ ތިހާ ވަރަށް މިހިތައް އަނިޔާދެނީ؟.. ކީއްވެތަ މިހިތާމެދު ރަހުމެއްނެތީ؟.. ކީއްވެތަ ވިޝޫ ތިގޮތަށް ތި ކަންތައްކުރަނީ؟.. ކީއްވެތަ؟.. މަށަށް ދެން ކެތެއް ނުކުރެވޭނެ ވިޝޫ.. ޕްލީޒް.. ޑޯންޓް ޑޫ ދިސް.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް..” އާލިކް ކުއްލި ހަރަކާތަކާއިކު ވިޝާ ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަމުން ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.

އާލިކްގެ މޭގައި ޖެހި ފިތިފައި ހުރި ވިޝާއަށް ދެން ކަންތައް ކުރާނެ ގޮތެއް ނުވިސްނުނެވެ. އެންމެ ލޯބިވާ ޒުވާނާގެ މަޑު މަޑު ގިސްލުމުގެ އަޑު އިވެން ފެށުމުން އޭނާއަށް ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. އެތައް ފަހަރަކު އާލިކްގެ މޫނުގައި ހިފަހައްޓާލާ ނުރޯށޭ ބުނެލަން ހިތްއެދުނެވެ. އެހެން ނަމަވެސް އޭނާ އަމިއްލަ ނަފްސަށް ވެފައިވާ ވައުދުތައް އެކަމަކަށް ތަނެއް ނުދިނެވެ.

“ސަ.. ސަރ ކިހިނެތްތަ ތި.. ތިއުޅެނީ.. ޔޫ ނޯ އޭމް އިން އަ ރިލޭޝަންޝިޕް..” ކުއްލިއަކަށް ވިޝާ އާލިކްގެ އަތުގެ ތެރެއިން ދުރަށް ޖެހިލުމަށްފަހު ވާހަކަ ދެއްކިއެވެ. އޭނާ އާލިކްއަށް ފުރަގަސްދެމުން ކަރުނަތައް ފޮހެލާ މޫނުމަތިން ނުރުހުމުގެ އަސަރު ދައްކަން މަސައްކަތް ކުރަމުން ދިޔައެވެ.

“ދޮގު.. މަށަށް އެނގެޔޭ ވިޝޫވެސް ލޯބިވާކަން.. ޔުއަރ އައިސް ސޭ ދެޓް ކްލިއަރލީ.. ދެން ކީއްވެތަ؟.. ލޯބި ނުވަންޏާ ކީއްވެގެން ތިރޮނީ.. ލޯބި ނުވާނަމަ މަށަށް ފިލާކަށް މަސައްކަތެއް ނުކުރާނެ.. އެނގޭތަ އަހަރެން ވިޝޫއާ ދުރުގަ އުޅުނު ގޮތް.. އެނގޭތަ ކިތައް ރޭ ނުނިދާ ވިޝޫއަށް ގުޅޭތޯ އުޅުނު ހާލު.. ވިޝޫ ކުޑަކޮށްވެސް މަށާމެދު ވިސްނާ ނުލަންތަ؟..” އާލިކް އަނެއްކާވެސް ވިޝާގެ ކުރިމައްޗަށް އަރާ ވާހަކަ ދެއްކިއެވެ. އޭރުވެސް ވިޝާއަށް ނުރޮއި ހުރެވެނީ ކިރިޔަ ކިރިޔާއެވެ. އެންމެފަހުން އާލިކްގެ އެ ހަރަކާތްތައް އޭނާގެ ހިތައް ކެތްނުކުރެވޭ ދަރަޖައަށް ހިނގައިދާނެތީ ގަދަކަމުން މޫނުމައްޗަށް ހަރުކަށިކަން ވެރިކުރުވިއެވެ. ނޭފަތް ދަމާލަމުން އާލިކްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުމަތީގައިވަނީ ސާބިތުކަމެވެ.

“އަހަރެން ނުބުނަން ސަރ ގާތު ލޯބިވާށެކޭ.. ގުޅާށެކޭ.. ހަނދާން ކުރާށެކޭ.. އަހަރެން މިބުނަނީ އަހަރެން މިއުޅެނީ ޒައިދުއާއި ރައްޓެހި ވެގެންނޭ.. ލޯބިވަނީވެސް ޒައިދު ދެކެއޭ.. ސޯ ދެއަރ އިޒް ނޯ މީނިންގް ފޯރ ޔުއަރ ޑްރާމާސް.. އެހެން ނޫނަސް ސަރ އަށް ނުޖެހޭނެ މި ކޮޓަރި ތެރޭ ތިގޮތަށް ހުންނާކަށް.. ސޯ ޕްލީޒް.. ލީވް މައި ރޫމް..” މިފަހަރު ވިޝާ އާލިކްއާއި މުޚާތަބުކުރީ އޭނާ ދުވަހަކުވެސް އާލިކްއާއި ވާހަކަ ދައްކާނޭ ކަމަށް އުންމީދުކޮށްފައި ނުވާހާ ދަށު ދަރަޖައަކުންނެވެ. އޭނާގެ އެޖުމްލަތައް ކިތަންމެ ރަނަގޅަކަށްވެސް އާލިކްގެ ހިތާއި ހަމައަށް ފޯރިއެވެ. އެއިން ކޮންމެ ޖުމްލައެއް، ކޮންމެ ލަފްޒެއް އެހިތުގައި ކަފާ ނަގަމުން ދިޔައީ ދިލަގަދަ ތޫނު ޚަންޖަރަކުންނެވެ.

“ވިޝޫއަށް ހީވަނީ މީ މަ ޖައްސާ ޑްރާމާއެއް ކަމަށްތަ؟… ޑޯންޓް ޔޫ….”  ” ޕްލީޒް ގޯ…..” އާލިކް އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުން ވިޝާ އެވާހަކަތައް އަޑުއެހުމެއްނެތި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އަޑުގަދަކޮށް ބުނެލިއެވެ. އެވަގުތު އާލިކްވެސް ދަތްކުނޑި ވިކާލަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ.

“އައި ނޯ ޔޫ ލަވް މީ.. އެންޑް އައި ވިލް ޕްރޫވް އިޓް..” ނުކުތުމުގެ ކުރިން ވިޝާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ހަރުކަށި ގޮތަކަށް އެހެން ބުނެލުމަށްފަހު އާލިކް ދިޔައެވެ. އެއާއިއެކު ދޮރުލައްޕާލުމަށްފަހު ވިޝާ ދޮރުފަތުގައި ލައްވެލާ މޫނުގައި އަތްއެޅިއެވެ. އާލިކްގެ އެ މިޒާޖްގެ ސަބަބުން އޭނާއަށް ޒައިދުއަށް ބޭވަފާތެރި ވެވިދާނެއެވެ. ޒާއްތަގެ ހިތް ހަލާކު ކޮށްލެވިދާނެއެވެ. އޭގެ ކުރިން އެމީހުންނަށް ހަގީގަތް ކިޔާދޭންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން އެމީހުން ކިހާ ދެރަ ވާނެ ހެއްޔެވެ؟ ވިޝާއަށް ގިސްލަމުން ކަކޫމައްޗަށް ތިރިވެވުނެވެ. ޒައިދުއަށްވުރެވެސް ބޮޑަށް އޭނާއަށް ވިސްނެނީ ލޯބިވާ މަންމައެއް ފަދަ ޒާއްތައާއި މެދުގައެވެ.

ވިކާޝް ލިމްނާ ގެންގޮސްލުމަށްފަހު ގެއަށް އައި އިރު އާލިކް ސޯފާގައި ބޯ ޖައްސާލައިގެން ލޯ މަރާލައިގެން އިނެވެ. އޭނާ އިންގޮތުން ހީވަނީ ވަރަށް ބޮޑު ކަމަކާއި ވިސްނާ ފިކުރު ކުރަމުންދާހެންނެވެ.

“އޭ.. މި އައީއޭ.. ހިނގާ ކާން ދެން..” ވިކާޝް އައިގޮތަށް އާލިކްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އެވަގުތު މޫނުގައި އަތް ހާކާލަމުން އާލިކްވެސް ތެދުވެއްޖެއެވެ.

“ކިހިނެތްތަ ވެފަ ތިހުރީ؟.. ބަލާބަލަ ލޯ.. ނިދި އައިސްފަތަ؟..” ވިކާޝްއަށް އާލިކްގެ މޫނުމައްޗަށް އައިސްފައި ހުރި ބަދަލު ދެނެގަނެވުނެވެ.

“އަނނ.. މާބޮޑަށް ވަރުބަލިވީ.. ދެން ކައިގެންތާ ދޯ އެކަމު ގެއަށް ދެވޭނީ..” އާލިކް އާ ފުރިލަމުން ބުނީ މުޅިއަކުން ދޮގެއް ނޫނެވެ. އޭނާ ހުރީ ހަގީގަތުގައިވެސް އަރާމުކޮށްލަން ބޭނުންވެފައެވެ. އެހެން ނަމަވެސް ވިޝާ ކަންތައް ކުރިގޮތުން އޭނާގެ ލޮލަށް ނިދިއައުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.

ކައި ނިންމާލައިގެން އިތުރަށް މަޑު ކުރުމެއްނެތި ގެއަށް ދާން ބޭނުންވެފައި ހުރުމުން އާލިކް ގެއަށް ދިޔައީ ވިކާޝްގެ ކާރުގައި އޭނާއާއި އެކުގައެވެ. ވިކާޝް ދިއުމުން އާލިކް ގެއަށް ވަދެގެން ދިޔަގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. ނަސީބަކުން ގޭގައި މީހަކު ނޫޅެ ތިންމަސްދުވަސް ވެފައިވީނަމަވެސް ވިކާޝްގެ ބެލުމުގެ ދަށުން ގެ ހުރީ ސާފުކޮށް ހަދާފައެވެ. އެހެންކަމުން އާލިކްއަށް އެކަމާއިއެމެދު ބޯގޮއްވާކަށް ނުޖެހޭނެތާއެވެ.

އާލިކް އެނދުމަތީގައި ކަންކުއްޗަށް އޮށޯވެ އޮތްއިރު އެއް އަތްވަނީ ނިތްމަތީގައި ބާއްވާލާފައެވެ. ހަށިގަނޑަށް އިތުރު ހަރަކާތެއް ނުގެނެސް ސީލިންގަށް ކަޅި ހުއްޓާލައިގެން އޮތްއިރު އެހިތުގައި އުތުރި އަރަމުންދަނީ ވިޝާގެ ޚިޔާލުތަކެވެ. ކަންފަތުގައި ހަރުލާފައި ހުރީ ވިޝާގެ ބަސްތަކެވެ. ލޯމަތީގައި ސިފަވަމުން ދިޔައީ ވިޝާ އޭނާއާއި ދުރުވާން ކުރަމުން ދިޔަ މަސައްކަތެވެ. އާލިކް ވިސްނަމުން ދިޔައެވެ. ދެން އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނާގެ ލޯބިވާ ވިޝާ އެހެން މީހެއްގެ ހައްގަކަށް ވެގެންދާތަން ދުށުމަކީ އޭނާއަށް ކެތްވާނޭ ކަމެއް ނޫނެވެ. އެދުވަސް ނުފެނި މަރުވުންވެސް އޭނާއަށް މާ ރަނގަޅެވެ. ވިޝާ ހަމަ ހަގީގަތުގައިވެސް އޭނާދެކެ ލޯބި ނުވަނީ ހެއްޔެވެ؟ ލޯބި ނުވާނަމަ އެ ލޮލުން ދެމުން އެގެންދަނީ ކޮންފަދަ މެސެޖްތަކެއް ހެއްޔެވެ؟ އެ ރީތި ލޮލުގައި ފޮރުވިފައި އެވަނީ ކޮންފަދަ ޖަޒުބާތުތަކެއް ހެއްޔެވެ؟ އޭނާ ގަބޫލު ކުރަންވީ ވިޝާގެ ދުލުން ބުނާ އެއްޗެއް ހެއްޔެވެ؟ ނުވަތަ އެލޮލުން ފެންނަ ލޯބި ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ވިޝާއާއި ނުލާ ދިރިއުޅުމެއް ބިނާކުރުމަކީ އާލިކްއަށް ހުވަފެނެއްގައިވެސް ކުރެވޭނޭ ކަމެއް ނޫނެވެ. އާލިކް ލޯ މަރާލިއެވެ. އެވަގުތު ލޮލުގައި އުފެދިފައިވާ ކަރުނަތައް ހިމަ ރޮނގެއްގެ ސިފައިގައި ލޮލުގެ ހިމަކޮޅުން ފައިބައިގެން ދިޔައެވެ. އޭނާ އެއްއަތުން ހިތާއި ދިމާގައި އަތްބާއްވާލިއެވެ. އޭނާގެ މޭގައި ރިއްސަނީއެވެ. ހިތައް ތަދުވަނީއެވެ.

އިރުކޮޅެއްގައި އެހެން އޮތުމަށްފަހު އާލިކް ލޯ ހުޅުވާލިއެވެ. އޭނާ އަދިވެސް މަސައްކަތްކުރުން ހުއްޓައެއް ނުލާނެއެވެ. އުންމީދު ގެއްލުވައެއްވެސް ނުލާނެއެވެ. ވިޝާގެ ލޯތްބައްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އޭނާ އަދިވެސް ވިޝާއާއި ކުރިމަތި ލާނެއެވެ. އުނދަގޫވެސް ކުރާނެއެވެ. އޭނާދެކެ ވިޝާ ލޯބިނުވާކަން ޔަގީންވަންދެން އެގޮތުގައި ހިފަހައްޓާނެއެވެ. އާލިކް އަޒުމް ކަނޑައެޅިއެވެ. އޭނާގެ ހިތާއި ސިކުނޑި ވިޝާ ލޯބިނުވާކަމަށް އެއްބަސް ވެއްޖެނަމަ ދެން އެހުވަފެން ބާއްވާނީ ހަމައެކަނި ހުވަފެނެއްގެ ގޮތުގައެވެ.

އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ވިކާޝްއާއި ލިމްނާ އަދި ވިޝާވެސް ގޭގެ ސިޓިންގ ރޫމުގައި ތިބެ މަޝްވަރާ ކުރަމުން ދިޔައީ ވިކާޝްމެންގެ ކައިވެނީގެ ދުވަހުގެ އެކި އެކި ޕްލޭންތަކާއިމެދުއެވެ. ދުރާލާ ހުރިހާ ތައްޔާރީއެއް ވެފައި ހުއްޓަސް އެންމެ ފަހުވަގުތުވެސް ބޭކާރު ކޮށްލަން އެމީހުން ބޭނުން ނުވަނީ ކަންނޭނގެއެވެ.

“ކޮބާ ހަމަ ވެޑިން ޕްލޭނިންގ ދޯ.. މެރީ ކުރީމަ ދެން އަތުވެސް ނުޖެހެންތަ ތިއުޅެނީ..” އެކި އެކި ވާހަކައިގައި ތިބި ތިންމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލާލީ އާލިކްގެ އަޑު އިވުމުންނެވެ. އޭރު ހިނިތުންވެފައި ހުރެގެން އާލިކް އެދިމާއަށް އާދެއެވެ. ވިޝާއަށް އޭނާ ފެނުމާއިއެކު ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އިސްޖަހާލަމުން ދެއަތް ޖޯޑުކޮށްލީ އާލިކްއާއި ހަތަރުކަޅި ހަމަވެދާނެތީ ޖެހިލުންވެ އިނދެއެވެ.

“ހޫމްމް.. ދެން ތީ ވިއްޔާ މަގޭ ފެމިލީން ހުރި މީހަކީ.. އެހެންވެގެން ގުޅާލީ..” ވިކާޝް އެއްލޯ މަރާލުމާއިއެކު އެހެން ބުނެލުމުން އާލިކްއާއިއެކު ލިމްނާވެސް ހީނލި އަޑު އިވިގެން ދިޔައެވެ. އޭރު އާލިކްގެ ލޮލުގައި އިސްޖަހާލައިގެން އިން ވިޝާގެ މަޑުމައިތިރިކަން އަޅައިގެންފިއެވެ. ވިޝާއަށް އާލިކް ފެނުމާއިއެކު މޫނުމައްޗަށް އައި ބަދަލު އޭނާއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ.

“ސޯ.. މިހާރު ލިމްއާ ދެމީހުން ހަނީމޫން ޓްރިޕް ހަމަޖެއްސީތަ؟..” އާލިކް ޖެއްސުމުގެ ރާގަކަށް އެހެނަސް ސީރިއަސް ކަމަށް ހެދިލާފައި އަހާލި އެއްޗަކުން ލިމްނާ ވަގުތުން ލަދުން މޯޅިވެގެން ދިޔައެވެ. އެވަގުތު އޭނާއަށް ވީގޮތް ފެނުމުން ވިކާޝްއާއި ވިޝާވެސް ތިބީ ހިނިއައިސްފައެވެ.

“އޮފް ކޯޒްޒް.. ތީ.. އެންމެ މުހިންމު ކަންތަކެއްނުން.. ދޯ ލިމް..” ވިކާޝް އާދައިގެ މަތިން އާލިކްއަށް ދޫނުކުރަން ވެގެން ދިން ޖަވާބުން ލިމްނާގެ ދެލޮލާއިއެކު އަނގަވެސް ތަންމިނަށް ހުޅުވިގެން ދިޔައެވެ. ހަމަ ގައިމުވެސް އޭނާ ގާތު އެފަދަ މަޝްވަރާއެއް ވިކާޝް ކުރި ހަނދާނެއް ނުވެއެވެ.

“ހަނީމޫނަށް ދަނީ ވާދޫއަށް..” ލިމްނާގެ ހައިރާންވެފައިވާ މޫނަށް ހެވިފައި ބަލަހައްޓައިގެން އިނދެ ދެން ވިކާޝް ބުނެލި އެއްޗަކުން މިފަހަރު ދެލޯ ބޮޑުވީ އަނެއް ފަރާތުގައި އިން ވިޝާގެއެވެ.

“ވަޓް؟.. ވާދޫއޭ.. ސީރިއަސްލީ ދޮންބޭ.. އަޅޭ ވިޝޫވެސް.. ޕްލީޒް ޕްލީޒް.. ވިޝޫވެސް ގެންދައްޗޭ..” ދެލޯ ބޮޑުކޮށްލުމަށްފަހު ހުރިހާ ދަތްތަކެއް ހާމަކޮށްލާ ހިނިތުންވެލަމުން ވިޝާ ކޮޅަށް ތެދުވިއިރު އެމޫނުމަތީގައިވަނީ ނުހަނު އުފާވެރި ހިނިތުންވުމެކެވެ. ވިކާޝްގެ އަތުގައި ހިފާލާފައި ކުޑަ ކުއްޖަކު ފަދައިން އުޅެލި ގޮތުން ވިކާޝްއާއި ލިމްނާގެ ހިތްވެސް ލޯބިން ފުރިގެން ދިޔައެވެ. ހަމަ އެއާއިއެކު ކުރިމަތީގައި އިން އާލިކްއަށް ހުވެފަނީ ގޮތަކަށް ވިޝާގެ ލޯބި މޫނަށް ބަލަހައްޓައިގެން އިނދެވުނީ އެރީތި ކަމުގެ ޖާދޫގައި ޖެހިފައެވެ.

“ވާދޫ އަކީ ވިޝޫ އުޅުނު ރަށް ދޯ.. ގުޑް ޗޮއިސް ވިކީ..” ލިމްނާ ހަނދާން ކޮށްލާ ފަދަ ގޮތަކަށް ވިކާޝްއާއި ސުވާލުކޮށްލަމުން އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. އޭރުވެސް ވިކާޝް އިނީ އޭނާގެ ލޯބިވާ ކޮއްކޮ އުފާވީ ވަރު ފެނުމުން ހިތްހަމަ ޖެހުނު ވަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭރު އާލިކްވެސް ވިޝާ އެހާ އުފާވީ ސަބަބު އޮޅުން ފިލުމުން ކުޑަކޮށް ހިނިތުން ވެލައިގެން އިނެވެ.

“ދޮންބޭ.. ދެޓްސް ދަ ބެސްޓް ޗޮއިސް.. އަޅޭ.. ބައިވަރު ފްރެންޑުން ފެންނާނެ.. އޭމް ސޯ ހެޕީ..ޒާއްތަމެން ގާތު ނުބުނެ ދޯ ދާނީ.. ދޭ ވިލް ބީ ސޯ ހެޕީ.. ޒީނިޔާއްތަ އާއި އިރަމް ބޭބީ އާ.. އަޅޭ..” ވިޝާ އިށީނދެލާފައި، ތެދުވެލާފައި އުޅެމުން ދިޔަ ގޮތް ފެނުމުން އެ ތިންމީހުންވެސް ތިބީ ހެވިފައެވެ.

“އޮފް ކޯޒް ވިޝޫ ގޮވައިގެން ދާނީ.. އެމީހުންނަށް ސަޕްރައިޒް ދޭނީ..” ވިކާޝް ވިޝާ އިތުރަށް އުފާ ކޮށްލުމުގެ ގޮތުން ބުނެލިއެވެ.

“ތެދެއް.. ޒައިދުވެސް ވަރަށް އުފާވާނެ ދޯ..” ލިމްނާ ވިކާޝްއާއި ބައިވެރި ވެލަމުން ބުނެލި އެއްޗަކާއިއެކު ވިޝާގެ ހަރަކާތްތައް މަޑު ޖެހިލިއެވެ. އޭނާއަށް ވަގުތުން ބަލާލެވުނީ އާލިކްގެ މޫނަށެވެ. އޭރު އަތުގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓާލައިގެން އިން އާލިކްގެ މޫނަށް ވެރިވެފައިވާ ނުރުހުމުގެ އަސަރު ވިޝާގެ އިތުރުން ވިކާޝްއަށްވެސް ފާހަގަވިއެވެ.

“އޮފް ކޯޒް ވަރަށް އުފާވާނެ..” ވިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހީނލަމުން ލިމްނާއަށް ޖަވާބު ދިނުމަށްފަހު ސޯފާގައި އިށީނދެލިއެވެ.

“ވިކީ.. މަ ނުގެންދާނަންތަ ތި ޓްރިޕްގަ؟.. ވަރަށް ދުވަސްވެއްޖެ ރާއްޖެތެރޭ ރަށަކަށް ނުދެވޭތާ..” އާލިކް ވިޝާއަށް ތޫނު ނަޒަރެއް ދެމުން ވިކާޝްއާއި ވާހަކަ ދެއްކިއިރުވެސް އޭނާގެ ދެދަތްޕިލަ ހުރީ ޖެހިފައެވެ. އެހެން ނަމަވެސް އެކަން ފާހަގަވީ ހަމައެކަނި ވިޝާއަށެވެ.

“މަ ހިތައް އެރި އާލް ގާތުވެސް ބުނަން.. އެކަމު އޭރުން އޮފީސްގަ ކިހާ އުނދަގޫ ވާނެ.. ވިޝޫއާ ލިމްއާ ވަން މަންތް ޗުއްޓީ ނަގާފަ.. އަނެއްކާ އާލް ދާންވެއްޖެއްޔާ…”  ” އައިލް ޓޭކް ކެއަރ އޮފް އިޓް.. އެކަމު ތި ހަނީމޫން ޓްރިޕަށް ކޮންމެހެންވެސް ގެންދަންވާނެ.. އޭމް ނޮޓް ގޮއިން ޓު ލީވް ޔޫ ދެޓް އީޒީ..” ވިކާޝް ބުނަން އުޅުނު ވާހަކަ މުޅީން ނުނިމެނީސް އާލިކް ވާހަކަ ދައްކަން ފެށިއެވެ. އޭރު އެއަޑުގައި ހުރި ލާނެތް ކަމުގެ ސަބަބުން އޭނާގެ ހަގީގީ ބޭނުމަކީ ވިޝާގެ ފަހަތުން ދިއުން ކަމެއް ވިސްނުންތެރި ވިކާޝްއަށްވެސް މިފަހަރު ނަގައެއް ނުގަނެވުނެވެ. އެހެންނަމަވެސް އޭނާ ދެއްކި ވާހަކައަކުން ވިޝާ އިނީ މުޅި ހަށިގަނޑު ފިނިވ ނުތަނަވަސްވާގޮތް ވެފައެވެ.

އަނެއް ދުވަހެވެ. އޮފީހުގެ މުވައްޒަފުންނަށް މީޓިންގއަކަށް ތައްޔާރުވާން އެންގުމަށްފަހު އާލިކް އޮފީހަށް ދިޔައީ 11 ޖެހިއިރުއެވެ. އޮފީހުގެ ކޮންފަރެންސް ރޫމުގެ ތެރެއަށް ވަދެގެން ދިޔައިރު ހުރިހާ މުވައްޒަފުން އޭނާގެ އިންތިޒާރުގައި ތިއްބެވެ. ދުވަސް ތަކަކަށްފަހު ހުރިހާ މުވައްޒަފުންނާއި ބައްދަލުވުމުން ހިނިތުންވެލާފައި ހުރި އާލިކް އެންމެންގެ ހާލު އޮޅުން ފިލުވާލާ ވާހަކަ ދައްކާލިއިރު ވިޝާ އިނީ އޭނާއާއި އެންމެ ގާތަށް ހުރި ގޮނޑީގައެވެ. އާލިކްއެކޭ އެއްގޮތަށް އޭނާގެ ހުރިހާ މުވައްޒަފުންވެސް އޭނާގެ ހާލު އޮޅުން ފިލުވާލާ ޝާހީންގެ ވާހަކަވެސް އެހިއެވެ. އެވަގުތުވެސް އާލިކްގެ މާނަފުން ސިއްރު ބެލުންތައް ވިޝާގެ މޫނަށް އަމާޒުވަމުން ދިޔައީ ކިހާ ވަރަކަށް ކަމެއްވެސް ނޭނގެއެވެ. މީޓިންގ ފެށޭވަރުވީ އެގޮތުގައި 15 ވަރަކަށް މިނެޓްވީ ފަހުންނެވެ.

“ސޯ.. މި މީޓީންގ މީ އަސްލު މިދިޔަ 3 މަހު އޮފީހުގެ މަސައްކަތްތައް ދިޔަ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކާލަން ބޭއްވި މީޓިންގ އެއް..” އާލިކް ވާހަކަ ދައްކަން ފެށިއެވެ. އެއާއިއެކު އެކި އެކި މުވައްޒަފުންނާއި އަދި ވިޝާގެވެސް ބައެއް ވާހަކަތަކާއިއެކު އެ ބައްދަލުވުން 1 ގަޑިއެއްހާއިރަށް ދެމިގެން ދިޔައެވެ.

“އޯލް ރައިޓް.. ސޯ.. ހުރިހާ ސެކްޝަން ހެޑުންނާއި އަދި ވިޝޫވެސް މުޅި ކޮމްޕެނީ ވަރަށް ރަނގަޅަށް ހޭންޑްލް ކޮށްފަ މިއޮތީ.. އެހެންވީމަ ވަރަށް ސެޓިސްފައިޑް..” އާލިކް ހިނިތުންވެލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު ވިޝާ ފިޔަވައި އެހެން އެންމެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

“އަދި އިތުރު ވާހަކައެއް ޝެއަރ ކޮށްލަން އެބަ ޖެހޭ.. އެސް އެވްރިވަން ނޯސް.. މި އޮފީހުގެ އެންމެ ހީވާގި އެއް ސްޓާފް.. ލިމް އުޅެނީ މެރީ ކުރަން.. ސޯ ލިމްއަށް ވަން މަންތް ޗުއްޓީއެއް ހަމަޖެހިފައި އޮންނާނީ.. ދެން ވިޝޫގެ ދޮންބެ މެރީ ކުރާތީ އެކަމުގައި ބައިވެރިވުމަށް ވިޝޫއަށްވެސް ވަން މަންތް ޗުއްޓީ ހަމަޖައްސައިދޭން ޖެހޭ.. އެންޑް ސިންސް ދަ ގްރޫމް އިޒް މައި ބެސްޓް ފްރެންޑް….. އަޅުގަނޑުވެސް އެބަ ބޭނުންވޭ ކުޑަ ޗުއްޓީއެއް..” އާލިކް އެއްމިޔަކަނުން ހިނިތުންވެލައިގެން އިނދެ ލާނެތް ރާގަކަށް ވާހަކަ ދައްކަމުން ދިޔަ ގޮތުން އެންމެންވެސް ތިބީ މަޖާވެފައެވެ. އޭރު ލިމްނާވެސް އަނގަމަތީގައި އަތް އަޅާލައިގެން ލަދުގަނެފައި އިންއިރު ވިޝާ އިނީ ވާން އުޅެނީ ކިހިނެތް ކަމެއް ނޭނގޭ ހާލު ނުތަނަވަސްވެފައެވެ.

“އެހެންވީމަ.. ވަރަށް އުނދަގޫވާނެ ތިން މީހުން އެއްފަހަރާ ދާތީ.. ސޯ.. މި ވިސްނަނީ ވަން މަންތްއަށް ވަގުތީ މަގާމަކަށް އިއުލާން ކުރަން.. ކިހިނެއް ވާނީ؟..” އާލިކް އޭނާގެ ޚިޔާލު ހުރިގޮތް އެންމެންނާއި ހިއްސާ ކުރުމުން އެންމެންގެ ފަރާތުންވެސް އެކަމަށް ތާއީދު ލިބުނެވެ.

“އެހެންވީމަ ދެން މީޓިންގ ނިމުނީ.. ލިމް އެންޑް ވިޝޫގެ ޗުއްޓީ މިހާރުން ފެށިގެން.. އަރީޝް އެމީހުންގެ ޗުއްޓީ ޗިޓް މިއަދު ހަވާލު ކުރާތި.. އެންޑް ދީމާ މިއަދު ޖޮބަށް އިއުލާން ކޮށްލާތި.. އޯކޭ.. ތެންކިޔޫ އެވްރިވަން..” އާލިކް ފަހު ޖުމުލަތައް ފައްޗަކަށް އަމުނާލުމަށްފަހު ހިނިތުންވެލާފައި ނުކުމެގެން ދިއުމުން އެތަނުގެ ތެރެއިން އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ނުކުންނަން ފެށިއެވެ.

ވިޝާ މީޓިންގ ރޫމުގެ ތެރެއިން ނުކުތީ އެންމެންތައް ނުކުމެގެން ދިޔަފަހުންނެވެ. އަތުގައި އޮތް ފައިލް މޭގައި ޖައްސާލައިގެން ހުރެ އޭނާގެ ކެބިންއާއި ދިމާއަށް ދިޔައިރު އޭނާގެ ނޭވާ އަވަސްވެ ހިތު ވިންދުވެސް ދިޔައީ ބާރުވަމުންނެވެ.  ދެމީހުން އެކަނި ވުމުން އާލިކްގެ ފަރާތުން ކޮންމެވެސް ޖެއްސުމެއް ކުރިމަތިވާނޭކަން ޔަގީނެވެ. އޭނާ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު މޭޒާއި ދިމާއަށް ދިޔައީ އާލިކްއަށް ބަލާލުމެއްނެތި ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. އެމަންޒަރު ފެނުމުން އާލިކްގެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. ވިޝާ ގޮނޑީގައި އިށީނީއްސުރެ އާލިކް ތޫނު ނަޒަރު އެމޫނުން ވަކިކޮށްނުލައެވެ. އެންމެފަހުން އެގޮތުގައި ބައިގަޑިއެއްހާއިރު ހޭދަކުރުމަށްފަހު އާލިކް ގޮނޑިން ތެދުވެލަމުން އޭނާގެ ފިރިހެންވަންތަ ރީތި އަޑުން މިއުޒިކެއް އަޅުވާލާފައި ލަވައެއް ކިޔަން ފެށިއެވެ.

“އެދެނީ… ލިބުމޭ ކަލާ… އުމުރަށް އުފާ ހޯދަދޭނަމޭ

   ދެކެނީ… ފޮނި ހުވަފެންތަކޭ… އުމުރަށް ލޯބިން އުޅެދޭނަމޭ

ލޯބިންން.. ޔާރު އޯގާވީމާ… ދޯދިން ހަނދުވަރު އަލިވޭމެޔޭ

   ރޯޅިންން.. މޭ ސިހުންވީމާ… މޯޅިން ހިތް ހޭލައްވައިފިޔޭ

ދެކިލަން އެދޭވަރޭ މަގޭ ހިތް..

  ހޯދަން އެދޭވަރޭ މަގޭ ދެލޯ..

    ބީހެން އެދޭވަރޭ މަގޭ ދެއަތް..

       އުރާލަން އެދެނީ މިޖިސްމޭ ލޯބިވާ..

           ހާ… އުރާލަން އެދެނީ މިޖިސްމޭ ލޯބިވާ..

އެދެމޭ ބޯ އަޅައިގެން އޮންނަން އުނގުގައި..

    އޮވެގެން އުމުރަށް ނިދާލަން ގާތުގައި..

       އުޅެލަން އުފަލުގައި އެދެނީ މިހިތޭ..

           ދެހިތެއް މިކަމުން މިންޖުވާނެޔޭ ޔަގީނޭ..

ކަލާޔަށް މަގޭ ހިތް ލޯބިން ފުރިގެންދޭ..

   އޯގާވާން އެދެމޭ.. ލޯބި ދޭން އެދެމޭ..

     ފަރުވާދޭން އެދެމޭ.. ހިތުގައިވާން އެދެމޭ.. “

ލަވައިގެ އެހިސާބަށް ދިޔައިރު ވިޝާއަށް އިނދެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެލަވައިގެ ކޮންމެ ކަޑިއެއް، ކޮންމެ ލަފްޒެއްވެސް އެ އަސަރު ގަދަ އަޑުން ކިޔަމުން އެދަނީ ސީދާ އޭނާއަށް ނިސްބަތްކޮށްފައެވެ. ބޭއިޚްތިޔާރުގައި އެ ލޮލުގައި ކަރުނަތައް ޖަމާވާން ފެށުމާއިއެކު ވިޝާ އަވަސް އަވަހަށް ތެދުވެ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އެހެން ނަމަވެސް އޭނާއަށް ކުރިއަށް ނުގޮސް ހުއްޓެން މަޖުބޫރުވީ އާލިކް އޭނާގެ ކުރިމައްޗަށް އެރުމުންނެވެ. އަނެއްކާވެސް ވިޝާ އެންމެ ޖެހިލުންވާ ކަންތައް ވީއެވެ. އާލިކްގެ ފުން ދެލޮލާއި އޭނާގެ ފެންކަޅިވެފައިވާ ލޯ ހަމަވީއެވެ. ހައްތާވެސް ގަދަވަމުން އެދަނީ އާލިކްގެ ކޮޅެވެ. އެހެންނަމަވެސް ވިޝާއަށް އެއްވެސް ހަރަކާތެއް ކޮށްލާކަށް ނޭނގުނެވެ. ކަރުނަ ވިދަ ވިދާހުރި ވިޝާގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރެ އާލިކްގެ ބޮޑުދެއަތްތިލައިން އޭނާގެ ކޯތާފަތް ފޮރުވާލިއެވެ. އަދި ކުޑަ ހިނިތުންވުމަކާއިއެކު އެފިރިހެންވަންތަ އަޑުން ލަސްލަހުން ކިޔަންފެށިއެވެ.

“ވިޝޫއަށް މަގޭ ހިތް ލޯބިން ފުރިގެންދޭ..

   އޯގާވާން އެދެމޭ.. ލޯބި ދޭން އެދެމޭ..

     ފަރުވާދޭން އެދެމޭ.. އެކުގައިވާން އެދެމޭ..

އެދިގެން މިހިތް ރޮނީ.. އެދިގެން މިހިތް ރޮނީ..

ހުންނަން ކަލާ ގާތުގައި ލޯބިން.. އެހާވެސް ލޯބިވޭ.. ” އެ ލޯބި ލޯބި ބަސްކޮޅާއިއެކު އެއަޑުގައިވާ އަސަރަކުން ވިޝާގެ މުޅި ހަށިގަނޑުން ހީބިހި ނެގިގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ކަރުނަ އޭގެ އިންތިހާ……14

Next

ކަލާގެ ލޯތްބައް

Next
March 11, 2014

ކަލާގެ ލޯތްބައް

Previews
March 11, 2014

ކަރުނަ އޭގެ އިންތިހާ……14

27 Comments!

  1. aa says:
    March 11, 2014 at 5:00 pm

    Vvvvvv salhi… avahah up kohdhehchey layaa…

    1. laya says:
      March 11, 2014 at 10:34 pm

      Thanks

  2. ishaa says:
    March 11, 2014 at 5:17 pm

    Vvvv reethi.. avahah uo kohdhehcey…..keep it up layaa

  3. veera says:
    March 11, 2014 at 5:19 pm

    Hey!v v v v v v v nice

  4. sheny says:
    March 11, 2014 at 5:38 pm

    alhe its so nice.. laya pls avahah up kolla dhhechhey… vvv salhi.. i love it..

  5. shai says:
    March 11, 2014 at 6:30 pm

    v v v salhi avahah up kohdheythi layaa ok t.c kiyaahithun huryma kahneynge mi bai v kuru igey……… t.c

  6. Anonymous says:
    March 11, 2014 at 7:09 pm

    v v v salhi,.avahah up konladeyti layaa

  7. shy nee says:
    March 11, 2014 at 7:53 pm

    Vara nice keep it up waiting for da next part

  8. inaaa says:
    March 11, 2014 at 8:47 pm

    shalhi ingey

  9. shaf says:
    March 11, 2014 at 8:53 pm

    V nyc stry…n my fav sng

  10. axu says:
    March 11, 2014 at 8:56 pm

    wooow v v v naice miharu abadhu mi story ah wait kureveny iru irukolhun balaleveyne up kohfitho n baeh faharu up kurun lasvyma rolhives adhevey hama kiya hithun SO PLX NEXT PART AVAHAH UP KOHDHEHCHEY keep it up LAYAA

  11. luvly grl says:
    March 12, 2014 at 1:41 am

    song maa dhigy… dhn mirey hyvey v kuru henves.. anyways v salhi story dhaa goi… hope u will upload v soon.. 🙂

  12. VAAHAKA KEE MEEHA says:
    March 12, 2014 at 9:38 am

    VAAA!!!!!KIYAA BAATH HEY!! <3

  13. maahi says:
    March 12, 2014 at 10:46 am

    vvvvvvvvvvvvvvvv nice

  14. ARY says:
    March 12, 2014 at 10:59 am

    Haadha haavaa sallhi ey…vaahaka genedhey goh ves hama habeys……. waiting for next part…e lvaaga e kiyaa ehchethi v salhi ekam ey kon lava eh kameh neygunu…

  15. kiyuntheriyaa says:
    March 12, 2014 at 3:24 pm

    wow!!!!!! so nice!!!!!! layaa plx avahah up konladeyti

  16. Anonymous says:
    March 12, 2014 at 3:28 pm

    vv nice

  17. Anonymous says:
    March 12, 2014 at 3:30 pm

    v v v v v nice

  18. leen says:
    March 12, 2014 at 8:07 pm

    laaya pls vaahaka avahah up koh dhechey… story is perfect…

  19. aish says:
    March 13, 2014 at 3:27 pm

    vaahaka vvv rythi…. <3 haadha laheyy up kodheyle….avaskoladhybaa pls layaa

  20. shia says:
    March 13, 2014 at 5:41 pm

    kbaatha knirakun tha up kohdheny avas kohba kiyaahithun meendhe halaaku vany

  21. ainaa says:
    March 13, 2014 at 7:51 pm

    Kobaatha aneh part…..kiyaahithun mihaaru hureveny kee ehnun…layaa avahah up kohdheeba

  22. leen says:
    March 14, 2014 at 3:09 pm

    Laya pls avahah up koh dhyba… I cnt wait nw… Kn irakuthr?

  23. shai says:
    March 14, 2014 at 6:20 pm

    layaa kbaatha??? mihar inthixar koh meendhe halaaku vany

  24. shif says:
    March 14, 2014 at 7:13 pm

    layaa koba anehpart ,,avahan up konlady baa…

    1. laya says:
      March 14, 2014 at 9:58 pm

      މިރޭ އަޕްކޮށްލާނަން އިން ޝާ ﷲ.. 🙂

  25. lai says:
    March 26, 2014 at 6:26 am

    Mi stoy up vany kon irakun tha aharen komme duvahak 20 faharu beley alhe avaha up koh dy..plx plxplxplx

Comments are closed.

Next Episodeއެކުގައިވާން އެދެމޭ… 23←


All Right Reserved!