Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަރުނަ އޭގެ އިންތިހާ…..15 ވަނަބައި

ziyaad Level 110 Stories
March 13, 2014 10 Mins Read
1 Comment

 “އަސްތާ! މަގޭ ދަރި” ހަސީނާއަށް އޭނާގެ ދަރިފުޅުގެ އުގުގައި އޮތް އޭނާގެ މާމަ ދަރިފުޅު އީނާޝްގެ އަތުން ދޫވާތަން ފެނުމާއެކު ހުށިޔާރު ކަމާއެކު އެތުއްތު ދަރިފުޅު ނަގާ އުރާލިއެވެ. އެއާއެކު އެކުޑަ ދަރިފުޅުރޯލިއެވެ.

                         އީނާޝް އޭނާގެ ދަރިފުޅު އުރާލީންސުރެ ހަސީނާ އިނީ އޭނާގެ ދަރިފުޅުގެ ހަރަކާތްތަކަށް ބަލާށެވެ. އީނާޝް ދަރިފުޅު އުރުމުން އެޖިންނީގެ ފަރާތުން ގޯނާއެއް އަތުވެދާނެ ކަމަށް ހަސީނާ އިނީ ވިސްނައިގެންނެވެ. ކަންތައްވީވެސް ހަމަ އެގޮތަށެވެ. ހަސީނާގެ މާމަ ދަރިފުޅު އެސަލާމަތް ކުރެވުނީ ހަސީނާގެ ހުށިޔާރުކަމާއި ވިސްނުންތެރި ކަމުގެ ސަބަބުންނެވެ. އީނާޝް އަރިއަޅާ ލައިގެން ވެއްޓެންދާން ފެށުމުން އީނާޝް ވެއްޓުނަ ނުދީ ހިފެހެއްޓޭތޯ ބެލިއެވެ. ނަމަވެސް އެވަގުތު އޭނާގެ އަތުގަ ކުޑަ ދަރިފުޅު އޮތުމުން އެކަން ވާގޮތެއް ނުވިއެވެ. އެތަންވަޅު ހަސީނާ ހެދިގޮތަކީ އެކުޑަ ދަރިފުޅު އެތާހުރި އެނދު މަތީގަ ބޭއްވުމަށްފަހު އީނާޝް ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ހަސީނާ އެތަނުގެ ނަރުސް ކުދިންނަށް ގޮވަން ފެށުމާއެކު އެވަގުތު އެތާތިބި ނަރުސް ކުދިންނާއި އެވަގުތު ޑިއުޓީގަ އިން ޑޮކުޓަރ ވެސް އައެވެ. މިއެއްމެން އައިސް އީނާޝް ހިފެހެއްޓޭތޯ ބެލިއެވެ.

 “އަހަރެން އިންތިޒާރު ކުރި ދުވަސް މިއޮތީ އައިއްސަ ދެން ވާގޮތް ބަލަން ހުރޭ…!” އެއްކަލަ ޖިންނި ފާޅުވިއެވެ.

“ނޫން ނޫން އަހަރެންނަށް ތިހެން ނުހަދާ އަހަރެންގެ ދަރިފުޅު މަރާނުލާތި !” އީނާޝް ރޮމުން އާދޭސް ކުރިއެވެ.

“ކަލޭ ކިތައްމެ ވަރަކަށް އާދޭސް ކުރިއަސް އަހަރެން ތިއަޑެއް ނާހާނަން…..ކަލޭގެ ފިރިމީހާ ކަލެއާއި ވަކިކުރިގޮތަށް ހަމަ ތިކުޑަ ދަރިފުޅުވެސް ކަލެއާއި ވަކިކޮށްލާނަން” އެޖިންނި ބުނެލިއެވެ. އެއާއެކު އީނާޝް ޖިންނީގެ މޫނަށް ބަލާލިއެވެ.

“ކަލޭ ތިބުނަނީ އަހަރެންގެ ލޯބިވާ އާސިމް އަހަރެން ދޫކޮށްލާފަ އެދިޔައީ ކަލޭގެ ސަބަބުންނޭތަ….؟” އީނާޝް ވަރަށް އުދަގުލުން އަހާލިއެވެ.

“އާ އެއީ އަހަރެން ކުރިކަމެއް…އޭތި ހެމުން ހެމުން ގެއްލުނެވެ.

                          އީނާޝް އަށް ހޭވެރިކަންވީ ކުޑައިރުކޮޅެއް ފަހުންނެވެ. އީނާޝް އަށް ހޭވެރިކަން ވުމާއެކު ދަރިފުޅު ކޮބާހޭ ކިޔާ ރޯންފެށިއެވެ. އެވަގުތު އީނާޝްގެ މަންމަ އީނާޝްގެ ދަރިފުޅު އޭނާގެ އަތަށް ދިނެވެ. އަދި މަންމަ އީނާޝްގެ ކައިރީގަ ވާނުވާބަލަން ހުއްޓެވެ. އީނާޝްގެ އަތަށް ދަރިފުޅު ލިބުމާއެކު އޭނާ އެދަރިފުޅުގެ މޫނުގަޔާއި އެތަން މިތާ ބޮސްދިނެވެ. އަދި އެކުޑަ ދަރިފުޅަށް އަނިޔާއެއް ނުލިބި ސަލާމަތް ވިކަމަށްޓަކާ މާތް ﷲ އަށް ސުކުރު ކުރިއެވެ.

” މަންމާ މިދަރިފުޅު ކާކާތަ ވައްތަރީ…..؟ އީނާޝް އޭނަގެ މަންމަ ކުރެން އަހާލިއެވެ.

“ދަރިފުޅާ މަންމައަށް ވައްތަރު ކިޔަން އެނގޭވަރަށް ވުރެ އަދި މިދަރިފުޅު މާކުޑަ…މަންމަ އަށް ވައްތަރު ކިޔަން އެނގޭނީ ތަންކޮޅެއް ބޮޑުވީމަ….!” މަންމަ ހިނިތުން ވެލާފަ ބުނެލިއެވެ.

“މަންމާ….! އަހަރެންނަށް ދަރިއަކު ލިބުނު ދުވަހު އަހަރެން މިވަނީ އެދަރިފުޅު ދުށުމުގެ އުފަލުން މަހުރޫމްވެފަ” އީނާޝް ހިތާމަޔާއި ހިތްދަތިކަން އެކުލެވިފައިވާ ރާގަކަށް ބުނެލިއެވެ.

“އީނާޝް ދެރަނުވޭ އިރާދަ ފުޅުކުރެއް ވިއްޔާ އަދި މިކުޑަ ދަރިފުޅު އީނާޝް އަށް ފެންނާނެ ކެތްތެރިވޭ މަންމައަށް ވެސް އެނގޭ ދަރިފުޅު ދެރަވާނެ ވަރު އެކަމަކު ކެތްތެރިވާން ވާނެއެއްނު” ހަސީނާ އޭނާގެ ދަރިފުޅަށް ހިތްވަރު ދެވޭތޯބެލިއެވެ. އެވަގުތު ދަރިފުޅު ރޯންފެށިއެވެ. ހަމަ ރޯން ފެށުމާއެކު އީނާޝް ދަރިފުޅު ހުއްޓާ ލެއްވުމުގެ ގޮތުން ނާނާ ކިޔާލިއެވެ. ނާނާ ކިޔަން ފެށުމާއެކު މާ ގިނައިރެއް ނުވެ ދަރިފުޅު ނިދައިފިއެވެ.

                          ހަނީފާއަށް އޭނާގެ އެކުވެރިޔާ އީނާޝް ވިހޭކަން އެނގުނީ އީނާޝް މަރުކަޒުން ގެއަށް ފޮނުވާލި ފަހުންނެވެ. އެރޭގެ އެކަން އެނގުމާއެކު އޭނާ އީނާޝް އާއި ބައްދަލު ކުރަން ދިއައެވެ. ހަނީފާ އެގެއަށް އައި އިރު އަނީސާވެސް އުޅެއެވެ. ހަނީފާ ވަތް އިރު އަނީސާ އުޅެނީ ކުޑަދަރިފުޅު ފެންވަރުވާށެވެ. އީނާޝް އެނދުގަ އޮށޯވެލައިގެން އޮތެވެ.

“އިނޫ ހަނީފާ ގޮވާލިއެވެ.

“އަހަނ! ހަނީފާތަ….ވަދޭ ވަދޭ” އީނާޝްއަށް ހަނީފާގެ އަޑު އިވުމާއެކު ތެދުވެ އިށީނެވެ.

“ކޮބާ މިހާރު ކިހިނެއް؟” ހަނީފާ އެނދުގެ މަގަތުގައި އިށީނދެ ހަމަ ޖެހިލުމަށް ފަހު އަހާލިއެވެ.

“ކިހިނެއްވާނީ އަހަރެންގެ ދަރިފުޅު އުރާލި ފުރަތަމަ ދުވަހުވެސް އެދަރިފުޅުގެ ދުވަސް ދުއްވާނުލީ ހަމަ ކިރިޔާ….!” އީނާޝް ބުނެލިއެވެ. އެއަޑުގައި ވަނީ ހިތްދަތިކަމެވެ. ވޭނާއި ރިހުމެވެ. ހިތާމައެވެ.

“އެހެންތަ…”ހަނީފާ ހައިރާންވެފައި އަހާލިއެވެ.

“އަހަރެން ހިތަށް އަރާ އަހަރެން މިމުސީބާތުން ސަލާމަތް ވާނީ ކޮންދުވަހަކުންބާއޭ ނުނީ މިކަމުން ސަލާމަތްވާނެބާއޭވެސް ” އީނާޝް ބުނެލިއެވެ.

“ދެރަނުވޭ އިރާދަފުޅު ކުރެއްވިއްޔާ އަދި ތިކަމުން ސަލާމަތްވާނެ……!މާތްﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ” ހަނީފާ އޭނާގެ އެކުވެރިޔާއަށް ހިތްވަރު ދިނެވެ.

  “އަހަނ! ހަނީފާވެސް އެބައިނިންދޯ” ހަސީނާ ކޮންމެވެސް ކަމަކު ބޭރުގަ އުލެފައައިސް އީނާޝްގެ ކޮޓަރިއަށް ވަތް ތަނާ ކޮޓަރި ތެރޭގަ އިން ހަނީފާ ފެނުމާއެކު ހިނިތުންވެލާފަ ބުނެލިއެވެ.

” ދައްތަ އަންގާވެސް ނުލިވިއްޔަ އެހެންނަމަ އީނާޝް ވިހެއުމުގެ ކުރިން އެތަނަށް ދިޔައީމުސް….އީނާޝް ވިހާފިކަން އެނގުނީ ހަމަ ދެއްމެއަކު ހަމަ އެނގުމާއެކު މިއައީ…..”ހަނީފާ ބުނެލިއެވެ.

” އަންގަންކަމަށް އުޅުނީ އެކަމަކު ހަމަ ކުއްލިއަކަށް ރިއްސަންފެށީ އެހެންވެ އަވަހަށް މަރުކަޒަށް ގެންދިއައީ…” ހަސީނާ ބުނެލިއެވެ.

                         އެވަގުތު އީނާޝްގެ ދަރިފުޅު ފެންވަރުވައިގެން އަނީސާ އައިސް ކޮޓަރިއަށް ވަނެވެ. ހަމަ ވަނުމާއެކު ހަނީފާ އެކުއްޖާފުޅު އުރާލާ ލޯބިކޮށްލިއެވެ.

“ވަރައްލޯބިދޯ ހީވަނީ ކުޑަކުޑަ އާސިމް އެއްހެން!” ހަނީފާ ބުނެލިއެވެ. ހަނީފާ މިހެން ބުނުމާއެކު އީނާޝް ކައިރިއަށް ހިނިއައެވެ.

“ކޮބާ މަންމާ…! މަންމައަށް ވުރެ ހަނީފާ މާ މޮޅެއްނު…ދަރިފުޅު ކުޑަވީމަ މަންމައަށް ވައްތަރު ކިޔާދޭން ނޭނގުނު އެކަމަކު ހަނީފާއެކިޔާލީ ގަދައެއްނުދޯ..!” އީނާޝް ހެމުން ހެމުން ބުނެލިއެވެ.

“އަނީސާ ދޯ ފެންވެރުވީ އެހެންވީމަ ރީތިކުރުން އިންނާނީ މަށަށް!” ހަނީފާ ބުނެލިއެވެ. ހަނީފާ މިހެން ބުނުމުން އަނީސާ ކައިރިއަށް ހިނިއައެވެ. “

‘އޯކޭ އޯކޭ ހަނީފާ ރީތިކުރޭ އަހަރެން ނިންދަވާނީ….!” އަނީސާ މަޖާރާގަކަށް ބުނެލިއެވެ. އެދެމީހުން ހީވަނީ ވވަދައަށް އުޅޭހެންނެވެ.

“ސާބަހޭ އަނެއްކާ ތިދެމީހުން ހިފާ ނުގައްނާތި އިނގޭ…!” އީނާޝް ބުނެލިއެވެ. އެވަގުތު އެތަނަށް ހަނީފާގެ މަންމަ ވެސް އައެވެ.

“ތުއްތޫ…..ލޯބި ދޫނީ…! ޒަރީނާ އައިސް އީނާޝްގެ ދަރިފުޅު އުރާލިއެވެ. އެއަށް ފަހު އެކުއްޖާ ފުޅުގެ ކޮލުގަ ކޮއްޓާލާ ލޯބި ކޮށްލިއެވެ. ނުހަނު އޯގާތެރިކަމާއެކުއެވެ

                          އީނާޝް ވިހޭކަން އާސިމްއަށް އެނގިއެވެ. އެކަމަކު އާސިމްއެކަމަކާ އަޅައެއްނުލައެވެ. އޭނާގެ ވިސްނުމުގައިވަނީ އަނީސާއެވެ. އަނީސާ އޭނާގެ މިލްކަކަށް ހެދުމެވެ. އާސިމް އީނާޝް ދޫކޮށްލާފަ މާލެ އައިސް ކުރިންވެސް އުޅުނު އޮފީހުގައި އުޅެމުން ގެންދިއައެވެ.

                            މެންދުރުގެ ވަގުތެވެ. އަނީސާ އަވަދިނެތި އުޅެމުން ދިއައީ މެންދުރަށް ކައްކާށެވެ.

“ދަރިފުޅާ ފޯނެއް…!” ބަދިގެ ތެރޭގަ ހުނިގާނަން ހުރި އަނީސާގެ ކަންފަތުގަ ޖެހުނީ މަންމަގެ އަޑެވެ.

“ކާކުތަ…؟” އަނީސާ ހިސާބަކަށް ނުރުހިފަ ބުނެލިއެވެ. މީދެން މީހުން ގުޅާގަޑިހެއްޔެވެ އޭނާ އެއުލެނީ އީނާޝްގެ ދަރިފުޅު އުރާލަން ދާހިތުން ނެވެ. އޭނާ އަދި މިއަދު އެގެއަކަށް ނުދެވެއެވެ. އަނީސާގެ އަތްމަތި އެހާ އަވަސް އަރުވާލައިގެން އެއުޅެނީވެސް ހަމަ އެބޭނުމަށެވެ. މިހާރަކަށް އައިސް އެއީ އަނީސާގެ އާދައެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން ހައެއްކަފަހަރު އެގެއަށް ގޮސް އީނާޝްގެ ލޯބި ލޯބި ފުއްގަނޑެއްފަދަ އެކުއްޖާ އުރާނުލާ އޭނާ ހިތަކަށް ހަމަ ޖެހުމެއް ނުލިބެއެވެ. އަނީސާ އެކުއްޖާ ފުޅުދެކެ އެހާވެސް ލޯބިވއެއެވެ.

“ކާކުކަމެއް ނޭނގެ މަންމައަށް ހީވަނީ އާސިމްހެން….އަޅެ ވާހަކަ ދައްކަބަލަ….!” މަންމަ އަނީސާގެ އަތަށް ފޯނު ގެނެސްދިނެވެ. އަނީސާ ގާނަމުން ގެންދިއަ ކާށިކިބަ ހުނިގާނާ ދަތި ކައިރި ބޭއްވުމަށް ފަހު ފޯނު ބަލާލިއެވެ. ނުދައްނަ ނަމްބަރެކެވެ.

“ހަލޯ…!” އަނީސާ ފޯނު ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.

“ހަލޯ މީއާސިމްއޭ ނޭގުނުތަ….؟” އެކޮޅުންވާހަކަ ދެއްކީ އާސިމްއެވެ.

“ނޫނޭ އެނގިއްޖެ..ހާދަދުވަހެއް ކޮށްފަ ތިގުޅާލީ…..؟” އަނީސާ އަހާލިއެވެ. އަނީސާ މިހެން ބުނުމާއެކު އާސިމް ހައިރާން ވިއެވެ.

“ކީއްވެ ތިހެން ތިބުނީ ؟” އާސިމް އަހާލިއެވެ.

“ކީއްވެހޭ ނުގުޅާތީއެއްނު…” އަނީސާ އަނެއްކާވެސް ބުނެލިއެވެ. އާސިމް އެއްވެސް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ. ވިސްނާލުމުގެ ގޮތުންނެވެ.

“އަނީސާ ތިބުނި އެއްޗަކު މަހަމަ ހައިރަން ވެއްޖެ…….އެއްމެފަހުން ރޭގަ ނޫންތަ އަހަރެން ގުޅީ….ތިތަ ކައިރީގަ މަންމަ ހުރީދޯ…؟” އާސިމް ވިސްނާލުމަށް ފަހު އަހާލިއެވެ.

” އޭނ! ކިކޭ ރޭގައޭ ކޮންވަގުތަކު…؟” އަސިމެއް ނުގުޅަ މަށަކަށް އަސިމްމިހާރު ދޮގުހަދަންފެށީދޯ…” އަނީސަ ބުނެލިއެވެ.

” އަނީސަ ދޮގުނުހަދަ ބުނެބަލަ މަންމަ ކައިރީގަ އެބަހުރިދޯ!” އަނެއްކަވެސް އަސިމް އަހަލިއެވެ. “ނޫނޭ އަހަރެން އަތަށް ފޯނުދީފަ މަންމަ ހިނގައްޖެ ކީއްކުރަން ދޮގު ހަދަންވީކީ އަސިމް ހަމަގަތަ ތިހުރީ…؟”

“އަހަރެންދޯ މިދޮގު ހަދަނި ދޮގުހަދަނި އަނީސަ އަހަރެން މާލެ އައިންސުރެ ކޮންމެރެއަކު ގަޑި ދެގަޑިއިރުވަންދެން ފޯނުގަ މަށަ ވަހަކަ ދައްކަފަ މިއަދު ކުއްލިއަކަށް މަ ނުގުޅާ ކަމަށް ތިހަދަނީ އެއީ އަނީސަ ހަދާ ދޮގެއް ނޫންތަ….!” އަސިމް ގަތަށް ރުޅިއައެވެ. އަދި އައި ރުޅިން ފޯނު ކަނޑާލިއެވެ.

                         އަސިމްގެ މިވަހަކަ ތަކުގެ ސަބަބުން އަނީސައަށް ބޮޑު ޝޮކެއްލިބުނެވެ. މިވަނީ ކީއްބައެވެ. އަސިމް ފުރައިގެން ދިޔަފަހުން އެއްމެ ފަހަރަކުވެސް އަނީސަ އަކަ ނުގުޅައެވެ. އަދި އަނީސައެއްވެސް އަސިމް އަކަށް ނުގުޅައެވެ. ދެން އެހެންވީރު އަސިމް އެހެން އެކިޔަނީ ކިއްވެބައެވެ. އަނީސަގެ ސިކުނޑިއަށް ބުރަބޮޑުވަން ފެށިއެވެ. އޭނަގެ ހިތު ތެރެއަށް ސުވަލުތައް ފުނި ޖެހެމުން ދިއައެވެ. ސުވަލުތައް ގިނަވަވަރަކަށް އޭނަގެ ހަސްކަމައި ބިރުވެރިކަން އިތުރު ވާންފެށިއެވެ. މީގަ ކޮންމެވެސް ނުބައެއް އެބައުޅޭ…ކުރީދުވަހު ނާޒިމް އެއްޗެހިކީ މަށާ އާސިމް އާއި އަޅުވާ….މިއަދު އާސިމްވެސް މިކިޔަނީ އެކަހަލަ އެއްޗެއް މާތް ކަލާކޯ މީއަނެއްކާ ކޮންފަދަ ކަންތައް ގަނޑެއްބާ….އެދުވަހަށްފަހު ނާޒިމެއް ނުގުޅައެވެ.

                         ދުވަސްތައް ފާއިތުވަމުންދެއެވެ. އީނާޝްގެ ބައްޔަކަށް ފަރުވާއެއް ނުލިބެއެވެ. އީނާޝްގެ ހާލަކީ އަބަދާއި އަބަދު ހިތާމަކުރުމެވެ. މިއަދު އޭނާގެ ތުއްތު ދަރިފުޅު އޭނާގެ ލޮލުން ދެކިލުމުގެ ފުރުސަތު ލިބިފައި ނުވާއިރު އޭނާއަށް އެދަރިފުޅުގެ ގައިގަ ބީހިލުމުގެ ފުރުސަތުވެސް ވަނީ ގެއްލިފައެވެ. އެޖިންނި ބުނެފައިވަނީ އެދަރިފުޅު މަރާލާނީ ހުދު އީނާޝްގެ އަތުން ކަމަށެވެ. އޭތި އެހެން ބުނި ފަހުން އެކުއްޖާ ފުޅުގައިގަ ކިރިޔާ ބީހިލާއިރަށް ވެސް އެޖިންނީގެ އުދަގޫ ފޯރައެވެ. އޭތީގެ އުދަގޫ ފޯރުމާއެކު ދެން އުލެވެނީ އެކުއްޖާ ފުޅު އެއްލާލެވޭށެވެ. މިކަމާ އީނާޗްގެ ހިތާމަތައް ބޮޑުވިއެވެ.އޭނާގެ ދަރިފުޅު ރޯލާ އަޑު އިވުމުން އެމަންމަގެ ހިތް މައިވަންތަކަމުގެ ލޯބިން ފުރެއެވެ. އުރާލާހިތްވެއެވެ. އެތުއްތު ދަރިފުޅުގެ މޫނުގައި ބޮސް ދޭ ހިތްވެއެވެ. އެހެނަސް އޭނާ މިއަދު ކުރާނީ ކީއްހެއްޔެވެ. އީނާޝް ކިތައްމެ ބޭނުމަސް އޭނާއަކަށް އެދަރިފުޅުގެ ގައިގަ ބީހިލުމުގެ ފުރުސަތެއްނެތެވެ. އީނާޝް އަށް ހީވަނީ އޭނާގެ ހިތް ކުދިކުދިވެގެން ފައިބާހެންނެވެ. އެދަރިފުޅުގެ އަޑު އިވޭއިރަށް އޭނާއަށް ކުރެވޭ ހިތި އިހުސާސް ތަކުން ރޮވެނީއެވެ.

  “މިއަދު އަހަރެން ހިތަށް އަރާ ތިދެކުދިންނަށް ޝުކުރުވެރި ވާނީ ކޮންފަދަ އަކުންބާއޭ ތިދެކުދިން އައިސް މިކުއްޖާ ފުޅު ބަލައި ނުދޭނަމަ އަހަރެން އުޅެންޖެހޭނެ ހާލެއްވެސް ނޭނގެ ފިހާރާގެ ކަންތައް ބަލަހައްޓަމުން އީނާޝްގެ ދެމައިން ބަލާނީ ކިހިނެއްބާއޭ ” ހަސީނާ ހަނީފާ އަށާއި އަނީސާއަށް ބުނެލިއެވެ. އެތިންމީހުން ތިބީ ކާގޭގައި ހަވީރުގެ ސަޔަށް އިންސާފު ކުރާށެވެ.

“ދެރަ ނުވޭ ދައްތާ…! އިރާދަ ފުޅުކުރެއް ވިއްޔާ އަހަރެމެން ގަދަވެ ސަލާމަތުން ތިބިހާ ދުވަހަކު އަހަރެމެން މިގެއަށް އައިސް މިގޮތަށް އެހީވެދޭނަން…!އީނާޝް އެއީ އަހަރެމެން ދެމީހުންގެ ވެސް އެއްމެ ގާތް އެކުވެރިޔާ….! އެކުވެރިޔާ ހާލުގައި ޖެހުމުން އެއެކުވެރިޔާއަށް އެހީތެރި ނުވާ މީހުންނަކީ އެއީ ރަހުމަތް ތެރިންނަކަށް ނުފުދޭނެ ބައެއް އެކަހަލަ ބަޔަކަށް ވާކަށް އަހަރެމް ނޭދެން ދޯ ހަނީފާ …” އަނީސާ ހަނީފާއަށް ދޯދިނެވެ.

“އެއިވެނީ އެސޮރު ރޯ އަޑު ކަންނޭނގެ” ކުއްލިއަކަށް ހަނީފާ ބުނެލިއެވެ. އަދި އަވަސް އަވަހަށް ކާގެތެރެއިން ނިކުމެ އީނާޝްގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ. ގޭތެރެއަށް

 “ދައްތާ ކޮބާ ބުއްފުޅި…؟” އަނީސާ އަހާލިއެވެ. އޭނާ ބޭނުންވީ ހަނީފާ އެތުއްތު ކުއްޖާ ނަގައިގެން އަންނަން ވާއިރަށް ބުއްފުޅި ގިރާ ތައްޔާރު ކުރާށެވެ.

                         ކުޑަ އިރުކޮޅެއް ފަހުން ހަނީފާ އެތުއްތުކުއްޖާ ގޮވައިގެން އައެވެ. އައުމާއެކު އަނީސާ އެކުއްޖާ އުރާލިއެވެ. ހަނިފާ އެކުއްޖާ ގެނައީ ފެންވަރުވާ ރީތިވެސް ކޮށްގެންނެވެ. އެދެ އެކުވެރިން އީނާޝްގެ ދަރިފުޅު ގެންގުޅެނީ އެދެމީހުންގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހާވެސް ލޯބިންނެވެ.

“ހަނީފާ އީނާޝް ކޮބާ….؟” ހަސީނާ ހަނީފާކުރެން އަހާލިއެވެ.

“އެނދުގަ އެބައޮތް އަހަރެން ބުނިން އަހަރެންނާއި އެކު މިތަނަށް އައްނާށޭވެސް އެކަމަކު އައްނާނެ ގޮތެއް ނުވި..” ހަނީފާ ޖަވާބުގައި ބުނެލިއެވެ. އޭރު އަނީސާ އެކުޑަކުއްޖާއަށް ބުއްފުޅި ޖައްސައިގެން އުޅެއެވެ.

“އީނާޝް އަށް ބަލާލައްޗޭ އިނގެ ދައްތަ މިދަނީ ފިހާރައަށް ވަދެލަން……މާލަސްތަކެއް ނުވެ އައްނާނަން!” ހަސީނާ އެތާތިބި ދެކުދިންނަށް ބުނެލިއެވެ. އެވަގުތު އެދެކުދިންވެސް ހިނިތުން ވެލާފަ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެ

 “ހަނީފާ ދޭބަލަ އެއީނާޝް ގޮވައިގެން އަންނަން އެތާ ކޮޓަރީގަ އެހެން އެކަނިމާއެކަނި އޮއްނާތީއޭ ބަލި ބޮޑުވަނީ….” އަނީސާ ބުނެލިއެވެ.

“އަހަރެން ބުނީމަ އައްނާނެބާ ދެންމެވެސް ކިއުނު އަދަދެއް ނޭނގެ ” ހަނީފާ އަނީސާގެ މޫނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. އަދި އެތުއްތު ކުއްޖާގެ ކޮލަށް ދޮނެއްދިނެވެ.

 “އީނާޝް ތިތާ އެކަނި ނޯވެ އަހަރެމެން ކައިރިއަށް ބޭރު އުނދޯއްޔަށް ހިގާބަ…! އެތާ ގަސް ދޮށަށް ހާދަ ފިނިވެޔޭ…” ހަނީފާ ދެވަނަ ފަހަރަށް އީނާޝް ކައިރިއަށް ދިއައެވެ.

“ހަނީފާ އަހަރެން ބޭރަށް ނިކުންނަ ހިތެއް ނުވޭ އަހަރެން ވަނީ މިތާ އެކަނި ޮށްނަހިތް….ޕްލީސް އަހަރެން މިތާ އެކަނި އޮތަދީ…..!” އީނާޝް ބޭރަށް ދާން ދެކޮޅު ހެދިއެވެ.

 ނަމަވެސް ހަނީފާ ހުރީކީ ދޫދޭ ގޮތަކަށް ނޫނެވެ. އެތައް ވަރަކުން ކިޔައިގެން އީނާޝް ގޮވައިގެން ބޭރަށް ނިކުތެވެ. އީނާޝް ބޭނުންވީ އުދޯލީގެ ބަދަލުގައި ޖޯލިފަތީގަ އިށީންނާށެވެ. އެހެންވެ އޭނާ ޖޯލީގަ ބޭންދިއެވެ. ތެދެކެވެ. މިގަޑީގަ މިތަން ވަރަށް ހިތްގައިމެވެ. ހަވިރުގެ ހިތް ގައިމު ފިނިރޯޅި އީނާޝްގެ ހަށިގަނޑުގަ ބީހިލުމާއެކު އޭނާގެ ހަށިގަނޑު ތާޒާވިއެވެ. ވަށައިގެން ވާމާހައުލުން އިވެނީ ހަމަ އެހާމެ ހިތްގައިމު އަޑު ތަކެކެވެ. އެއީ ކޮވެލީގެ ރަންއަޑެވެ. ކާޅު ގޮވާ އަޑާއި އަދިވެސް އެހެނިހެން ދޫނިސޫފާ ސޫފީގެ އަޑުވެސް އިވެމުންދިއައެވެ. ދޭތެރެ ދޭތެރެއިން މަގުންދަތުރުކުރާ ދުއްވާ އެއްޗެހީގެ ބަރުގަނުގެ އަޑާއި ކުދިން ހީސަކަރާތް ޖަހާއަޑުވެސް އިވެއެވެ.

                    އީނާޝް ޖޯލީގަ އިށީނުމާއެކު އަނީސާގެ އަތުގަ އޮތް އޭނާގެ ކުޑަދަރިފުޅު ގެ އަޑުއިވުނެވެ.

 “އަނީސާ ތިދަރިފުޅު މަގޭ އަތަށްދީބަ….!” އީނާޝް އަށް ދަރިފުޅުގެ އަޑު އިވުމާއެކު އޭނާގެ ހިތް މައިވަންތަ ކަމުގެ ލޯބިން ފުރުނެވެ. އއެއާއެކު ދަރިފުޅު އުރާލާހިތްވާން ފެށިއެވެ. އީނާޝް ދަރިފުޅު އުރާލަން އެދުމާއެކު އަނީސާ ކައިރީގަ ހުރި ހަނީފާއަށް ބަލާލިއެވެ. އެވަގުތު ހަނީފާގެ ލޮލުގެ އިޝާރާތުން ދަރިފުޅު އީނާޝްގެ އަތަށް ދޭށޭ ބުންޏެވެ. ހަނީފާ މިހެން ބުނުމް އަނީސާ އީނާޝްގެ ދަރިފުޅު އޭނާގެ އަތަށް ދިނެވެ. އަދި ދެން ވެދާނެ ގޮތަކަށް ވިސްނައިގެން އަނީސާ އާއި ހަނީފާ ސަމާލުވެ ތިއްބެވެ. އީނާޝް އަށް އޭނާގެ ތުއްތު ދަރިފުޅުގެ ގައިގަ ބީހިލެވުމާއެކު ޖިންނީގެ އުނދަގޫ ފޮރިއެވެ. އީނާޝްގެ ގަޔަށް ފާޑެއްގެ ބާރުގަނޑެއް އަރާ އަތްފައި ބުޅިވެގެން ދިއައެވެ. މިތަންވަޅު ބަލަން ތިބި އަނީސާއާއި ހަނީފާ ވެގެން އީނާޝްގެ އަތުން އެކުއްޖާފުޅު ދަމައިގަތެވެ. އީނާޝް އުޅުނީ އެކުއްޖާ ފުޅުގެ ގައިގަ ދަތް އަޅާ ކާލާށެވެ.

  “ތިހުރީ ދަރިފުޅު އުރާ ހިތުން ކެތްމަދުވެފަ ދޯ ވަރަށް އުރާހިތްވޭދޯ ކިތައްމެ އުރާ ހިތްވިއަސް ނޫރޭނެ ކަލޭ އުޅެން ޖެހޭނީ ތިހިތްދަތިކަމުގަ….” ޖިންނި ވާހަކަ ދެއްކިއެވެ.

” ހެޔޮނުވާނެ އަހަރެންނަށް ތިހެން ނުހަދާ މިހާރު ކިހާވަރަކަށް ހިތުގާ ޖެއްސިއްޖެތަ….؟އަދިވެސް ކަލޭގެ ހިތް ފުރޭ ވަރުނުވަނީތަ….؟” އީނާޝް އެޖިންނިއާއި މުހާތަބުކޮށް ބުނެލިއެވެ.

“ކަލޭ އަހަރެންނަށް ދިންހިތާމަޔާ ބަލާއިރު އަދި މިކުރެވޭ ވަރު މާކުޑަ އަދި އެހިތާމަޔާއި ގާތް ކުރާވަރުވެސް ނުވޭ…އަހަރެންގެ ހިތަށް ފިނިކަމެއް ލިބޭނީ ކަލޭއަކީ ބޮޑު ބައްޔެއް ހުރި މީހަކަށް ހަދާލެވުމުން އަދި ކަލޭގެ ދަރިފުޅު ކަލޭގެ އަތުން މަރާލެވޭ ދުވަހަކުން….ދެން އެދުވަސް އައްނާކަށް މާގިނަ ދުވަހެއްނެތް…!” އެޖިންނި ގެއްލުނެވެ.

                          އީނާޝް އަށް ހޭވެރިކަން ވުމާއެކު ރޮވުނެވެ. އޭނާގެ ހުރި ނުކުޅެ ދުން ތެިަކަން ހިތަށް އަރާފައެވެ.  އީނާޝް ރޯންފެށުމުން ހަނީފާ އައިސް އީނާޝް އަށް ހިތްވަރުދީ ރުއިން ހުއްޓާލުމަށް އެދުނެވެ.

“އެކުވެރިޔާ…! އަހަރެންނަށް މިނޫން ދުވަހެއް ނެތީތަ އަހަރެންގެ ދަރިފުޅު އަހަރެންގެ އަތްފޯރާ ހިސާބުގަ އޮވެމެ އަހަރެންނަށް އެކުއްޖާ ގައިގަ އަތްލެވޭކަށްނެތް އަޅެ މިއަށް ވުރެ ބޮޑު ހިތާމައެއް މިދުނިޔެ މަތީގަ އިންސާނަކަށް ކުރިމަތިލާން ޖެހޭނެތަ….؟ އެއިވެނީ އަހަރެންގެ ހަށިގަނޑުގެ އެއްބައި ކަމުގަވާ އަހަރެންގެ ލޯބިވާ ދަރިފުޅު ރޯއަޑު…އެކަމަކު މިއަދު އެދަރިފުޅު ހުއްޓާލެއްވުން އެއްކިބާގަ އޮއްވާ އެދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތުވެސް އަހަރެންނަކަށްނެތް ހުރިހިތާމައެއްގެ ބޮޑުކަމާއޭ” އީނާޝް އަށް ރޮވި ގިސްލެވިފައިވާ ހާލު ވާހަކަ ދެއްކިއެވެ. އެއަޑުގައި ވަނީ ވޭނާއި ހިތިކަމުގެ އަސަރެވެ. އީނާޝް ވާހަކަތައް އަޑު އިވުމުން ހަނީފާ އާއި އަނީސާއަށް ވަރަށް އަސަރުކުރިއެވެ. އެކަމުގެ ސަބަބުން އެދެމީހުންވެސް ތިބީ ފެންކަޅިވެފައެވެ.

                           ރޭގަނޑެއްގެ އިރާ ކޮޅުގެ ވަގުތެވެ. އަނީސާ ދިއައީ ފިހާރައަކަށް އެއްޗެއް ގަނެލާށެވެ. ވަކި ހިސާބަކަށް ދިޔަތަނާ އޭނާގެ އަތުގަ އޮތް މޯބައިލް ރިންގ ވާން ފެށިއެވެ. އެއާއެކު އޭނާ ފޯނު ބަލާލިއެވެ. އެގުޅަނީ ކާކުކަން އެގުމާއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިއައެވެ.

“ހަލޯ…!” އަނީސާ ފޯނު ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.

” އަނީސާ ކިއްވެ އަހަރެންނަށް ތިހެން ތިހަދަނީ…..؟” އެކޮޅުން ވާހަކަ ދެއްކީ އާސިމްއެވެ.

“އާސިމް ކިހިނެތް ވެގެންތަ ތިއުޅެނީ….؟ އަހަރެންނަށް ގުޅައިގެން ތިގޮތަށް ވާހަކަ ދެއްކީމަށް ވުރެ މާ ރަނގަޅުވާނެ އީނާޝްއަށް ގުޅާ އާސިމްގެ ދަރިފުޅުގެ ހާލުބެލިއްޔާ….” އަނީސާ ހިތްހަމަ ނުޖެހިފައިވާ ފަދަ ރާގަކަށް ބުނެލިއެވެ. އަނީސާގެ ވާހަކަ ހުރިގޮތުން އާސިމް ވަރަށް ރުޅިއައެވެ.

“އަނީސާ ކީއްވެތަ ކުއްލިއަކަށް ތިބަދަލުވީ…..ބަލަ އަނީސާވެސް އެދިގެނެއްނޫންތަ އަހަރެން އީނާޝް ވަރިކުރީ…؟” އާސިމް ބުނެލިއެވެ. އާސިމް މިހެން ބުނުމާއެކު އަނީސާ އަށް ހުއްޓުންއެރިއެވެ.

“އޭނ! ކީކޭ އަހަރެން ބުނެގެނޭ..؟” އަނީސާ ހައިރާންވެ އަންތަރީސްވިއެވެ.

“އާނ…! ބަލަ ހަނދާން ކޮށްބަލަ ދަންވަރު އަހަރެން ކައިރިއަށް އައިރޭ އެރޭ އަނީސާއެއް ނޫންތަ ބުނީ އީނާޝް ވަރިކުރީމަ ނޫނީ މަށާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ އަނީސާ އާއި ކައިވެނި ކުރަން ބޭނުމިއްޔާ އީނާޝް ދޫކޮށްލާށެ…! ނުބުނަންތަ….؟” އާސިމްގެ މިވާހަކަތައް އިވޭވަރަކަށް އަނީސާގެ ހައިރާންކަން ދިއައީ އިތުރުވަމުންނެވެ.

“އާސިމް ކަލޭ މޮޔަވީތަ…؟ ތިކިއޭ އެއްޗެއް އެބަ އެނގޭތަ…؟ އަހަރެން ކޮންރެއަކުތަ އާސިމް ކައިރިއަށް ދިއައީ….؟ ތީ އާސިމް ހަދައިގެން ދައްކާ ދޮގުވާހަކަ ތަކެއް އާސިމް އީނާޝް މަތިން ފޫހިވެ އޭނާބޭނުން ނެތުނީމަ ވަރިކޮށްލީ ދެން ކޮންމެހެން ތިދޭތެރެއަށް މަވައްދާނެ ކަމެއް ނެތް އިނގޭ…!” އަނީސާ ބުނެލިއެވެ.

 ‘އަނީސާ އަހަރެން ކީއްކުރަންތަ ދޮގުހަދަންވީ….؟ މަށަށް ހީވަނީ ދޮގުހަދަނީ އަނީސާހެން ގައިމު ކޮންމެރެއަކު ދެނަމާދު ދޭތެރެ ދަމުގަ ރަށު ފުއްޓަރުފަރަތުގަ މަށާ ބައްދަލުކުރޭ އެވަރުންވީކީނޫން ރަށުގެ އެކި ފަޅު ހިސާބު ތަކުގަ މަށާއެކު އުޅުނުގޮތްތައް ތިހާ ފަސޭހައިން ހަނދާން ނައްތާލިއަތީ އަހަރެން ހަމަ ހައިރާންވެއްޖެ އަހަރެން ހިއެއް ނުކުރަން އަނީސާ ތީ ތިހާ ގޮތެއް ނެތް އަންހެނެއް ކަމަކަށް…” އާސިމް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ރުޅިވެރި ކަމެވެ.

“ތީދެން ކިހާ ދެރަ ކަމެއްތަ އަހަރެން މިބުނީނު އަހަރެން އާސިމްއާއި އާސިމް ތިބުނާ އެއްވެސް ތަނަކުން ބައްދަލެއްނުކުރަން…އަހަރެން ފުއްޓަރު ފަރާތަކަށްވެސް ނުދަން އާސިމް ނިކަން ވިސްނާލަބަ އީނާޝް އެއީ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާ އަހަރެން އަހަރެންގެ އެކުވެރިޔާއަށް ތިވަރުގެ ބޮޑުލަނޑެއް ދީފާނެހެން ހީވޭތަ….؟ ތީ އަހަރެން ހުވަފެނެއްގައިވެސް ކުރާނެ ކަމެއްނޫން އަނެއްކާ އަހަރެންގެ ލޯބިވެރިޔަކު ނެތީކީނޫން….ދެން ހަމަ ގައިމުވެސް އަހަރެން އަސިމް ކައިރިއަށް ދާނަމަ އަހަރެންނަށް ވެސް އެކަން އެނގޭނެދޯ….! އެކަމަކު އަހަރެން ނުދެނެހުރިން ” އަނީސާ ނުވާވަރެއްނެތި އެކަމާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. އެދެމީހުން އެގޮތުގައި ބަހުސް ކުރުމުގައި ވަރަށް ގިނައިރު ހޭދަކުރިއެވެ. ނަމަވެސް އެކަން ކޮޅެއްގައި ޖެހޭ ގޮތެއް ނުވިއެވެ. އާސިމްދައްކާ ވާހަކަ އަނީސާ ގަބޫލެއް ނުކުރެއެވެ. އަނީސާ ގަބޫލެއް ނުކުރާނެތާއެވެ. އޭނާ އާސިމްއާއެކު އާސިމް އެބުނަ ފަދަތަނަކުން އެގޮތަކަށް ބައްދަލެއް ނުކުރޭ ވިއްޔާއެވެ. އެއްމެ ފަހުން އެފޯނު ކެނޑުނީ އާސިމްގެ ފޯނުން ލާރި ހުސްވެގެނެވެ.

                           އާސިމްގެ ފޯނު ކެނޑުމާއެކު އަނީސާ ފިހާރައާއި ދިމާއަށް މިސްރާބުޖެހިއެވެ. އަދި އާސިމް ދެއްކި ވާހަކަ ތަކާއި މެދު ވަރަށް ފުންކޮށް ވިސްނިއެވެ. އަނީސާ އެގަންނަން އައި އެއްޗެއް ގަނެގެން ގެއަށް ދިއައިރުވެސް އޭނާގެ ސިކުނޑީގަ އެނބުރެމުންދަނީ ދެންމެ އާސިމް އެދެއްކި ވާހަކަ ތަކެވެ.

                          އަނީސާ ގެ ވާހަކަތައް ހުރިގޮތުން އާސިމްގެ ސިކުނޑި ސުމަކަށް ދިއައެވެ. މިކަންތަކާ ވިސްނަން މަޖުބޫރުވިއެވެ. އާސިމް އެދުގައި އޮށޯވެ އެކަމާއި ދޭތެރޭގަ ވިސްނަން ފެށިއެވެ. “މީދެން ކިހާ ބޮޑު އަޖައިބެއްހެއްޔެވެ. އަހަރެންގެ މެދެލޮލުގެ ކުރމަތީގަ އަނީސާ އެހުރިހާ ގޮތަކަށް އޭނާއާއި އެކު އުޅުނު އިރު އޭނާވެސް ހުރީ ހަމަ ހޭގައެވެ. އެކަމަކު އަނީސާ އެބުނަނީ އެއީ އޭނާ ނޫން ކަމަށެވެ. ހަގީގަތަކީ ކޮބައިކަން އާސިމްއަށް އޮޅިއްޖެއެވެ. އަނެއްކާ އަހަރެންނަށް މިދިމާވީ ރޫހާނީ ކަންތައް ގަޑެއް ނޫންބާވައެވެ. އީނާޝް އާއި އަޅައި ގަނެގެން އުޅޭ ޖިންނި އެއްމެ ފަހުން މަށަށްވެސް އަވަލެވީކީނުންބާ…….؟ އެއީ އެޖިންނީގެ ކަމެއްނަމަ މިހާރުވެސް އޭގެ އުދަގޫ ފޯރަން ވާނެ ނޫން ހެއްޔެވެ.” އާސިމް ވިސްނަމުން ގެންދިއައެވެ. އޭނާގެ ސިކުނޑިއަށް އަދި ހަމަ އެއްވެސް އަލި މަގެއް ފެންނަ ގޮތެއް ނުވެއެވެ.

  “މަންމާ އާސިމް މީ ކޮންކަހަލަ ވާހަކަތަކެއް ދައްކާ މީހެއްތަ….؟” އަނީސާ ގެއަށް ވަދެގޭގެ ބޮޑު ކޮޓަރީގަ ޓީވީބަލަން އިންމަންމައާއި މުހާތަބުކޮށް ބުނެލިއެވެ. އެވަގުތު އަނީސާގެ މަންމަ އަނީސާގެ މޫނަށް ބަލާލިއެވެ.

“ކިހިނެއްވީ…؟” އަނީސާގެ މަންމަ ޒުބޭދާ އަހާލިއެވެ. އެވަގުތު އަނީސާ އައިސް އޭނާގެ މަންމަ ކައރީގަ އިށީނދެ ލިއެވެ. އަދި ދެންމެ އައިކޯލްގެ ވާހަކަ ތައް އޭނާގެ މަންމައާއި ހިއްސާކުރިއެވެ. އެވަގުތު ޒުބޭދާއަށް ވެސް ބޮޑު ހައިރާން ކަމެއް ލިބުނެވެ.

“ތީވަރަށް ހެއްވާ ކަމެއްދޯ….! އާސިމް ތިހެން ބުނާކަމަށް ވަންޏާ ތީގަ ވަރަށް ބޮޑު ގޯހެއް އެބައުޅޭ..” ޒުބޭދާ ވިސްނާލުމަށް ފަހު ބުނެލިއެވެ.

“މަންމަ ހަމަ ތެދެއް މިބުނަނީ އަޅުގަނޑު އާސިމް އަކާ އެކަހަލަ އެއްވެސް ގުޅުމެއް ނުހިންގަން….އަދި އާސިމް އާއި އެކަހެރިކޮށް ބައްދަލު ކޮށްފައެއްވެސް ނުވާނެ އެވާނީ އަހަރެންގެ ސިފާގަ ހުރި ހަންޑިއެއްކަމަށް…” އަނީސާ ބުނެލިއެވެ.  އެވަގުތު އަނީސާގެ ހަނދާނަށް އައީ ނކުރީދުވަހަކު ގުޅާފަ ނާޒިމް ދެއްކި ވާހަކަ ތަކެވެ. ނާޒިމްގެ ވާހަކަތައް ހަނދާނަށް އައުމާއެކު ވަރަށް ބޮޑު ގޯހެއް އެބައުޅޭކަން ވިސްނުނެވެ. އަނީސާ އެދުވަހު ނާޒިމް ދެއްކި ވާހަކަތައް ވެސް މަންމައަށް ކިޔައިދިނެވެ. ނާޒިމްއޭނަދެކެ ރުޅިއައީވެސް އާސިމްއާއި އޭނާއާއި ދެމެދު ގޯސް ގުޅުމެއް އޮށްނަކަމަށް ބުނެއެވެ.އެއާއެކު ދެމައިން ހަމަ ހިމޭންވިއެވެ

 “ މަންމާ އަހަރެންނަށް ހީވަނީ އަހަރެންގެ ސިފާގަ އާސިމްއާއި އެބައްދަލު ކުރަނީ އީނާޝް އާއި އަޅައި ގަނެގެން އުޅޭ ޖިންނިކަންނޭނގެ އޭތިބުނެފަޔޯ އޮތީ އީނާޝްގެ ހުރިހާ އުފަލެއް ފޭރިގައްނާނަމޭ ޔަގީން އާސިމް އީނާޝް ދޫކޮށްލާފަ އެދިޔައީ އެޖިންނީގެ ސަބަބުން” އަނީސާ އޭނާއަށް ހީވާ އެއްޗެއް ބުނެލިއެވެ.

“ދަރިފުޅާ މަންމައަށް ވެސް ހީވަނީ ހަމަ ތިހެން” ޒުބެދާ އޭނާގެ ދަރިފުޅާ އެއްބައި ވެލިއެވެ.

“މަންމާ ދެން ކިހިނެއް ހަދާނީ…؟” އަނީސާ ހާސްވާ ގޮތް ވިއެވެ. އެހެންވެ އޭނާގެ ދެއަތުން މަންމަގެ އަތުގައި ހިފާލިއެވެ.

“މަންމައަށް ފެންނަނީ އާސިމްއަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދޭން އޭރުން އޭނާއަށް ވެސް ވިސްނޭނެ!” ޒުބޭދާ އޭނާގެ ހިޔާލު ދަރިފުޅާ ހިއްސާކުރިއެވެ.

  “ދަރިފުޅާ ހަނީފާ މަންމަ މިހުރީ ހަނދާންވެސް ނެތިފަ ދޭބަ ތާންގިކައިރިއަށް އެތާ ހުްނާނެ މިއަދު މަންމަ އަވީލާފަ ބެހެއްޓި ހިކިމަސްކޮޅެއް  އެގެނެސް ދޭން ދޭބަލަ….!” ޒަރީނާ އޭނާގެ ދަރިފުޅަށް ބުނެލިއެވެ. އޭރު ހަނީފާ އިނީ ފިލްމެއް ބަލާށެވެ.

“ސާބަހޭ މަންމާ މިހާރު ނޭގެ އެމަސްކޮޅު ބުޅާ ނުގެންދާ ކަމެއްވެސް…!” ހަނީފާ އިންތަނުން ތެދުވަމުން ބުނެލިއެވެ. އަދި ގޭތެރެއިން ނިކުމެ ތާނގީކައިރިއަށް ދިއައެވެ. އެތަނަށް ދިއައިރު ނަސީބަކުން އެމަސްތަށް މަންމަ ބެހެއްޓިތާގަ ހުއްޓެވެ. ހަނީފާ އައިސް މަސްދޮލަނގު ނަގަން ގުދުވި ތަނާ  ފަހަތުން އައި މީހަކު އޭނާގެ އަނގަމަތީ ހުދު ފޮތި ގަނޑެއް އަޅާ ބާރުކޮށްލިއެވެ. އެއާއެކު ހަނީފާގެ މޫނުމައްޗަށް އަނދިރިވެގެން ދިއައެވެ.

                            ޒަރީނާ އޭނާގެ ދަރިފުޅު ހަނީފާ ބޭރުގައި ހުރި މަސްދޮލަނގު ހިފައިގެން އައްނަދެން ދަރިފުޅުގެ އިންތިޒާރުގައިނެވެ. ނަމަވެސް ހަނީފާ ބޭރަށް ނިކުތްތާ ގަޑިއެއްގެ އިރުވީ އިރުވެސް ހަނީފާއެއްނައެވެ. އެއްމެ ފަހުން ޒަރީނާ ބޭރަށް ނިކުމެ މަސްދޮލަނގު ބެހެއްޓިތަނަށް ދިއައެވެ. އެތަނަށް ދިއައިރު ކަމަކު ދާކަށް ނެތެވެ. މަސްދޮލަނގު އޮތީ އެތަނަށް ބަންޑުން ޖަހާލާފައެވެ. އެއިން ހިސާބަކުވެސް ހަނީފާއެއްނެތެވެ. ޒަރީނާ ހާސްވިއެވެ. އަދި އެހިސާބު ހޯދަން ފެށިއެވެ. އެހެން ހޯދަނިކޮށް އެތަނާއި ތަންކޮލެއްދުރުގައި ހަނީފާގެ ފައިވާން ވެއްޓިފައި އޮށްވާ ފެނުނެވެ. އެއާއެކު ޒަރީނާގެ ހާސްކަން އިތުރުވިއެވެ. ހަނީފާ އެދިއައީ ކޮންތަނަކަށްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒަރީނާ އެއްމެ ފަހުން ކައިރި ގޭގެވެސް ބަލައިފިއެވެ. ނަމަވެސް ހަނީފާގެ ލިޝާނެއްނުވިއެވެ.

 “ހަނީފާ އައިތަ…؟” ޒަރީނާ ތެޅެމުން ފޮޅެމުން ގޮސް އީނާޝްމެން ގެ ގެއަށް ވަދެ އަހާލިއެވެ. ޒަރީނާ ހާސްވެފަ ހުރި ވަރުން ވާހަކަވެސް ނުދެއްކެއެވެ. ޒަރީނާ އެގެއަށް ދިޔައިރު އަނީސާ އެގޭގަ އުޅެއެވެ.

“އޭނ! ހަނީފާއޭ….ކިހިނެއްވީ؟ އަނީސާ އާއި ހަސީނާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލެވުނެވެ.

“ހަނީފާ ގެއްލިގެން މިއުލެނީ މިހާރު ކައިރި ގޭގެއާއި ކައިރިހިސާބު ވަލުތެރެވެސް ހޮދައިފިން…ނުފެނުނީމަ މާފަހުން ހަނދާން ވީ މިގޭ މަތިން އެހެންވެ މިއައީ މިގެބަލަން…” ޒަރީނާ ދެރަވެފައި ކިޔާދިނެވެ.

“މިރޭ ހަތެއްޖެހީ އިރު ދިޔަ ގޮތަކަށް ނާދޭ…އަނެއްކާ އެމަންޖެ އަށް ކިހިނެއްވީބާ….!” ހަސީނާ ބުނެވުނެވެ. ޒަރީނާގެ ގެ ހާސްކަން އިންތިހާއަށް ދިއައީ އެރޭގެ ބާރަ ޖެހި އިރުވެސް ހަނީފާގެ އެއްވެސް ހަބަރެއްނުވުމުންނެވެ.

                            ހަނީފާ ގެއްލުނުކަން ފުލުހުންނަށް އެނގުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ނިކުމެ ހަނީފާ ހޮދުމުގެ މަސައްކަތް ފެށިއެވެ. ޒަރީނާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާއަށް ރޮވެން ފެށިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…1

Next

އިހުސާސް ދެވަނަ ބައި….

Next
March 13, 2014

އިހުސާސް ދެވަނަ ބައި….

Previews
March 13, 2014

އޯގާވީ ހިތަކުން…1

One Comment

  1. eenash says:
    March 15, 2014 at 10:36 am

    Varah salhi hama habeys :))

Comments are closed.

Next Episodeކަރުނަ އޭގެ އިންތިހާ……ފަހުބައި←


All Right Reserved!