Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަރުނަ އޭގެ އިންތިހާ……14

ziyaad Level 110 Stories
March 11, 2014 11 Mins Read
4 Comments

                             އަނީސާ ގެއަށް ގޮސް ދެން ހަދަން ވީގޮތަކާއި މެދު ވިސްނާލިއެވެ. އެތައް އިރަކު ވިސްނަން އިނުމަށް ފަހު އެކަމާ ގުލޭ ގޮތުން އޭނާގެ މަންމައާއި މަސްވަރާ ކޮށްލިއެވެ. އަނީސާގެ މަންމަގެ ބަހަކަށްވީ ލަސް ނުކޮށް އެކަން ފުލުހުންނަށް ރެޕޯޓް ކުރުމެވެ. މިހެންވެ އޭނާ އަނެއްކާވެސް ހަނީފާމެންގެ ގެއަށް ދިއައެވެ. އެގެއަށް ގޮސް ހަނީފާ އާއި އޭނާގެ މަންމަ އާއި ދެމީހުން ގޮވައިގެން ފުލުސް އޮފީހަށް ގޮސް އެމައްސަލާ ހުށައެޅިއެވެ.

  “އަހަނ! އަޔާ މިހާރު އަހަރެމެން މަތިން ހަނދާން ވެސް ނެތްދޯ އަޅެ ފެނިވެސް ނުލާވިއްޔަ..” އަޔާ ކުޅިނިއްމާފަ ގެއަށް ދަނިކޮށް އާސިމް އާއި ދިމާވިއެވެ.

 “ނޫނޭ ހަނދާން ނެތުނީކީނޫން އުލޭލެއް ބިޒީކަމުން ތިހިސާބަށް ނުދެވެނީ…” އަޔާ ބުނެލިއެވެ.

 “އެހެންތަ ހިނގާ ކޮފީއަކަށްދާން…” އާސިމް އެދުނެވެ.

“މިގަޑީގަ ކިހިނެތް ދާނީ މިހުރީ އަހަރެން ހުރިގޮތް…” އަޔާ އާސިމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

 “އައްދެ އަޔާ ކޮފީއަކަށް ނުދެވޭ ވަރު ހަޑިއެއްނޫން ތިއުޅެނީ ހަމަ ނުދަންވެގެން…” އާސިމް އަޔާއަށް ބަލާލުމަށް ފަހު ބުނެލިއެވެ.

“އާދެން ކަންތަކާ ޖެހުނީއޭ ކީއްވެތަ އަހަރެން ނުދަންވީ….؟ އަހަރެން ހުރިލެއް ހަޑިވީމައޭ މިބުނީ އަނެއްކާ މިހުރީ ދަހިއްލާ ފޯވެފަ!” އަޔާ ބުނެލިއެވެ.

 “ބަލަ ތިގޮތަށް ހުރެ އެއްވެސް މީހަކު ކޮފީއަކަށް ނުވައްނާނެތަ ހިނގާބަލަ މަދައްކާނަން! ހަމަ ތިގޮތަށް ކުޅެނިމިގެން ކިތައް މީހުން ތޯ ކޮފީއަށްގޮސްތިބީ!” އާސިމް ދޫދޭކަށް ބޭނުމެއް ނުވިއެވެ

                             އެކަމަކު އަޔާ ދާކަށް ވެސް ބޭނުމެއް ނުވިއެވެ. އަޔާ ބޭނުން ވަނީ ގެއަށް ގޮސް ފެންވަރާށެވެ. އާސިމް ކިޔަ ކިޔާވެސް އަޔާ އެއްބަސް ނުވުމުން އާސިމް އެނބުރި ގެއަށް ދިއައީއެވެ.

                           އަޔާ ގެއަށް ދިއައިރު ގޭގައި އެކަކުވެސް ނޫޅެއެވެ. އެކަމާ އަޔާ ވަރަށް ރުޅިއައެވެ. ހަނީފާ ކޮޮބައިތޯ ކުޑަކޮށް ހޯދާލުމަށް ފަހު އަޔާ ފެން ވަރަން ވަނީ ހަނީފާ ގެއަށް އައި އިރަކުން އެކަމުގެ ފޯރި ބާލާލާނަމޭ ހިތާ ވަރަށް ގަދަޔަށް ރުޅިއައިއްސަ ހުރެގެންނެވެ.

                           އަޔާފެންވަރާ ރީތިވެގެން ކޮޓަރިން ނިކުތުމާއެކު ފުލުހުން އައިސް އޭނާ އަތުގަ ބިޑި އަޅުވައިފިއެވެ. އޭރު އެގޭ ބޮޑުކޮޓަރީގަ ހަނީފާގެ ދެމައިންނާއި އަނީސާ ތިއްބެވެ. ކުއްލިއަކަށް ފުލުހުން އައިސް އޭނާ ހައްޔަރު ކުރުމުން އަޔާ އަށް ކުއްލި ސިހުމެއް ލިބުނެވެ. މީއޭނާ ހުވަފެނެއްގައި ވެސް ވެދާނެ ކަމަށް ހީކޮށްގެން ހުރި ކަމެއް ނޫނެވެ.

 ” އޭތް! ކިހިނެއްވެގެން ތިއުޅެނީ؟ އަހަރެން ނުދާނަން އަހަރެން ދޫކޮށްލާ! އަހަރެންގެ ކުށަކީކޮބާ.؟” އަޔާ ނުދަން ވެގެން ގަދަދެއްކިއެވެ.

“މައިތިރިވޭ އަޅުގަނޑުމެނާއެކު ފުލުސް އޮފީހަށް ދުރުވީމަ ތިހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބިލައްވާނެ!” އެތާ އެއްމެ އިސްކޮށް ހުންނެވި ފުލުހުންގެ ބޭފުޅާ އަޔާއަށް ބުނެލިއެވެ. އެވަގުތު އަޔާ ގޭތެރޭގަ ތިބި މީހުނަށް ނަޒަރު ހިނގާލިއެވެ. އަދި ރުޅިވެރިކަމާއެކު ކަޅިއަޅާލިއެވެ.

“އަހަރެންގެ ކިބައިން ސަލާމަތް ވެވުނީ ކަމަށް ހީނުކުރާތި އަހަރެން އަދި އެނބުރި އައްނާނަން ކަލޭމެން އެއްމެންގެ ދުވަސް ދުއްވާލާނަން!” އަޔާ ރުޅިވެރިކަމާއެކު ބުނެލިއެވެ. އެވަގުތު ފުލުހުން އަޔާ ގެންގޮއްސިއެވެ. އަދި ހަނީފާ ވެސް ގެންގޮސް ބަޔާން ނަގާ ހެދުމަށް ފަހު ގެއަށް ފޮނުވާލިއެވެ.

                                އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާސިމް މަޑު މޮޅިކަމާއިއެކު ރަށުގެ އުތުރު ފަރާތު އަތިރިމަތީގައި ހިގަމުން ގެންދިއައެވެ. އެކަނިމާއެކަންޏެވެ. އޭނާއަށް ވިސްނެނީ އޭނާގެ އަންހެނުންނާއި މެދުއެވެ. އޭނާމިގޮތުގާ ކިހާދުވަހަކު އިންތިޒާރު ކުރަން ޖެހޭނެބާއެވެ. އޭނާގެ އަންހެނުން މިބަލިމަޑު ކަމުގެ ތެރެއިން ސަލާމަތް ކުރެވޭނެބާވައެވެ. މިކަހަލަ ހިޔާލުތަކަށް ގެއްލި ހުރެ ފިކުރުކުރަމުން ހިނގަމުން ގެންދިއައެވެ. މިހާރު އާސިމް އަށް އެހުރީ ރަށުގެ ފުއްޓަރު ފަރާތަށް އާދެވިފައެވެ. އެކަން އެނގެނީ ރަށުގެ ފުއްޓަރަށް ބިންދާލާ ރާޅު ފެންނަން ފެންނަން ފެށުމުންނެވެ. އެބިންދާލާ ރާޅުގެ އަޑުން މުޅި ހިސާބު ގުގުމާފައި ވެއެވެ. ދުރު ދުރުން އުދުހެމުންދާ އެކި ވައްތަރުގެ ދޫނި ސޫފާ ސޫފީގެ ރީތިއަޑުން މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. އާސިމް އެތާ އޮތް ގަސްގަނޑެއްގެ މަތީގައި އިށީނދެލިއެވެ. އަދި ވާއަތު އޮޅަބޮށި ފައިގެ ފަލަމަސް ގަނޑުގައި ވިއްދާ ދަތް ދޮޅީގައި އަތް ވިދެލައިގެން މޫދާއި ދިމާލަށް ބަލަން އިނެވެ.

“އާސިމް..!” ކުއްލިއަކަށް އަންހެން ކުއްޖަކު ގޮވާލި އަޑު އިވުމާއެކު އާސިމް ސިއަސައިގެން ދިއައެވެ. އެއާއެކު އެނބުރި ފަހަތް ބަލާލިއެވެ. އެވަގުތު އާސިމްގެ ލޮލުގައި އަޅައިގަތީ އޭނާ އާއި ދާދި ކައިރީގަ ހުރި އަނީސާއެވެ. “އަހަނ! އަނީސާ މިގަޑީގަ މިތާ ކީއްކުރަނީ..؟” އާސިމް އަށް އަނީސާ ފެނުމާއެކު އިންތަނުން ތެދުވެ އަހާލިއެވެ.

“އަހަރެން ވެސް މިއުޅުނީ ހަމަ ތިސުވާލުކުރަން ކަމަށް!” އަނީސާ ހިނި ގަނޑެއްޖަހާލަމުން ބުނެލިއެވެ. އެއާއެކު އާސިމް ވެސް ހީލިއެވެ. އަދި އޭނާ އިށީނެވެ. އެވަގުތު އަނީސާވެސް އައިސް އާސިމްއާއި ދާދި ކައިރީގަ އިށީނެވެ. އެއާއެކު އާސިމްއަށް ތެޅިގަނެވުނެވެ. އަދި އޭނާ އިންތަނުން ތެދުވިއެވެ.

“އައްދޭ ހާދަ ބިރެއް ތިގަތީ އަހަރެން އާސިމް ކާލާކަށް ނޫލެމޭ!” އަނީސާ ލާނެތް ފާޑަކަށް ބުނެލިއެވެ. އަނީސާ މިހެން ބުނުމާއެކު އާސިމް ކައިރިއަށް ވެސް ހިނިއައެވެ. އަދި ހެމުން ހެމުން އަނީސާގެ މޫނަށް ބަލާލިއެވެ. “އާސިމް ހާދަ ފިނޑިއޭ! އާދެބަ މިތާ އިށީންނަން…ކީއްވެތަ ތިހާ ބިރެއް ތިގައްނަނީ..މަމީ އާސިމްގެ ފުރެންޑެއް ނޫންތަ..؟” އަނީސާ އެދުނެވެ.

“އަހަރެން ބިރެއް ނުގަނޭ..އެކަމަކު މާހައުލާ ވަގުތާ ހާލަތަށް ބަލާފަ މީހަކަށް ފެނިދާނެތީ ކުޑަކޮށް ޖެހިލުންވީ…މަމީ މިރަށަށް އަރާ ހުރި ބީރައްޓެއްސަކަށް ވެފާ އަނެއްކާ މީހެއްގެ ފިރިއަކަށް ވީމަ އެކަމާ ދޭތެރޭގަ ވިސްނާލެވުނީ!” އާސިމް ދުރަށް ޖެހުނު ސަބަބު ހާމަ ކޮށްދިނެވެ.

                               އާސިމް އަނީސާ އާއި ދާދި ކައިރީގައި އިށީނެވެ. އަނީސާ ޖެހިލުން ނުވާއިރު ދެން އޭނާ ހާސްވެ ކަންބޮޑު ވާންވީ ކޮންކަމަކާ ހެއްޔެވެ. އާސިމް މިކަހަލަ ފުރުސަތަކަށް އެދި އެދި ހުންނަތާ މިހާރު ކިތައްމެ ދުވަހެކެވެ. އާސިމް އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން އަނީސާ އާއި ހިއްސާކުރިއެވެ. އަންހެނުންގެ ވާހަކައެވެ. އަންހެނުންނަށް ދިމާވެގެން އުލޭ ކަންތަކުގެ ވާހަކަ އާއި އަންހެނުންގެ ފަރާތުން އެއްވެސް އުފަލެއްނުލިބޭ ވާހަކަ ވެސް ބުންޏެވެ. އެއާއެކު އަނީސާ ވީ އާސިމްގެ ހިތަށް ލިބުނު ފަރުވާއަކަށެވެ. އޭނާއަށް އޭނާގެ އަންހެނުންގެ ފަރާތުން ނުލިބިވާ އުފާވެރިކަން ހޯދަ ދޭނެ ކުއްޖަކަށެވެ. ކަރުހިތްކައިގަނެފައިވާ މީހަކަށް ފެންކޯރެއް ލިބުމުން ދެންވާނީ ކިހިނެއްހެއްޔެވެ. އަނީސާ ބުނާގޮތުގަ އޭނާ އީނާޝް އާއި ކައިވެނި ކުރި އިރުވެސް އަނީސާ އާސިމްދެކެ ލޯބި ވެޔޯލައެވެ އެކަމަކު އޭނާގެ ލޯބި އޭނާއަށް ގެއްލުނީ އޭނާގެ ފިނޑިކަމުންނޭ ވެސް ބުންޏެވެ.

                           ކޮށްމެއަކަށް އެދުވަހުގެ އިރުއޮށްސެމުން ދިއައިރު އަނީސާ އާއި އާސިމްގެ ގުޅުން ވަނީ ލޯތްބަށް ބަދަލުވެ ދެހިތް ގުޅި ލާމެހިފައެވެ. އެމީހުން ހޭދަކުރަމުން ދިއައީ ލޯބީގެ އުފާވެރި ވަގުތުކޮޅެކެވެ.

“އާސިމް! ދެން ހިނގާ ގެއަށް ދާން މިހާރު އެހެރަ އިޝާ ނަމާދު ވަގުތު ވަނީ..” އަނީސާ އޮށޯވެގެން އޮތް ތަނުން ތެދުވެ ގައިން ވެލިފޮޅާލަމުން ބުނެލިއެވެ.

“އޭނ! އިޝާނަމާދު ވަގުތު ވަނީއޭ..ހަމަ ތެދެއް ވަގުތު ދިއަގޮތްވެސް ނޭނގުނު!” އާސިމް އުފާވެރި ކަމާއެކު ބުނެލިއެވެ. އަދި އޭނާގެ ގައިން ވެސް ވެލިފޮޅާލުމަށް ފަހު ދާން ހިނގައިގަތެވެ.

“އަހަރެމެން ދެމީހުން އެކުގަ ދިޔާމަ ކަމަކު ނުދާނެ! އާސިމް ދޭ އަތިރިމަތިން އިނގޭ އަހަރެން މިދިމާ ވަލުމަގުން ދާނަން!” އަނީސާ ވަކިހިސާބަކަށް ގޮއްސަ ބުނެލިއެވެ.

“މިހާ އަނދިރިއިރު މިދިމާ ވަލުމަގުން އަނީސާއަށް ދާން ކެރޭނެތަ؟ ނޫން އަނީސާ އެކަނި ތިމަގުން ދިއަކަ ނުދޭނަން!؟ އާސިމް އެކަމާ ދެކޮޅުހެދިއެވެ. އަދި އަނީސާގެ އަތުގަ ހިފެހެއްޓިއެވެ.

 “ދެން އާސިމް މޮޔަވެގެން ނޫޅެބަލަ އަހަރެމެނަށް އެއްމެ ފައިދާވާނީ މިގޮތް އެހެންވެ މިބުނީ އަހަރެންގެ ބަސް ގަބޫލުކުރޭ އާސިމް ދެން ދޭބަ!” އަނީސާ ތުއިވެލާފަ ބުނެލިއެވެ. އާސިމްއަށް ޖެހުނީ އަނީސާ ބުނި ގޮތަށް ކަންތައް ކުރާށެވެ. ކިތައްމެ ހިތް ނޭދުނަސް މިވަގުތު މަޖުބޫރުވީ އަނީސާ ވަލު މަގުން ފޮނުވާށެވެ.

                            އިންސާނުންގެ ހިތަކީ އެނބުރޭ ވަހުތާނެއް ކަހަލަ އެއްޗެކެވެ.  އާސިމް މިހާރު އެއްވެސް ވަރަކަށް އީނާޝް ދެކެ ލޯތްބެއް ނުވެއެވެ. އޭނާ ބޭނުންވަނީ ވީއެއްމެ އަވަހަކަށް އެކަމުން ސަލާމަތް ވާށެވެ. އާސިމް އެއްމެ ޖެހިލުން ވަނީ އެޖިންނީގެ ކިބައިން އޭނާއަށް ނުރައްކަލެއް ކުރިމަތި ވެދާނެތީއެވެ. އެހެންވެ އޭނާ ވިސްނަމުން ދިއައީ އޭނާގެ އަންހެނުން ކައިރިން ދުރުވާށެވެ. އެއަށް ފަހު މާލެ ގޮސް އަނީސާ އާއި ކައިވެނި ކުރާށެވެ.

                             ދަންވަރުގެ ވަގުތެވެ. އާސިމްއަށް ހޭލެވުނީ ކޮޓަރި ކުޑަ ދޮރުގައި މީހަކު ޖަހާލިހެން ހީވެގެންނެވެ. އާސިމް ކުޑަކޮށް ބިރުގައްނަ ގޮތްވިއެވެ. އެހެންވެ ވަށައިގެން ވާ މާހައުލަށް ނަޒަރު ހިނގާލިއެވެ. އަނެއްކާވެސް އަޑުއިވުނެވެ. ހަމަ ކުޑަދޮރުގައި ޖަހާލިއަޑެވެ. މިފަހަރު ވައިއަޑުން އާސިމްއޭ ކިޔާފަ ގޮވާލިއަޑުވެސް އިވުނެވެ. އެއާއެކު އާސިމް ގަތްފައި ހުރި ބިރު ފިލާ މޫނުމަތި އުޖާލާ ވެގެން ދިއައީ އެގޮވަނީ އަނީސާ ކަން އެނގުމުންނެވެ. އާސިމް ގަޑިއަށް ބަލާލިއެވެ. ދެގަޑި ތިރީސް ވީއެވެ. އަނީސާ ވައުދުވި ގޮތަށް ހަމަ ގަޑިއަށް އައީއެވެ އާސިމް ކައިރީގަ ނިދާފައި އޮތް އިނޫއަށް ބަލާލިއެވެ. އިނޫ އޮތީ ނިދާ ހަރުވެފައެވެ. އާސިމް އަވަސް އަވަހަށް ތެދުވެ ކުޑަދޮރު ހުޅުވާލިއެވެ. އަދި ބޭރުގަ ހުރި އަނީސާ ކޮޓަރިތެރެއަށް ވެއްދިއެވެ.

                              އީނާޝް އަށް ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ ހީ ސަކަރާތް ޖަހާ އަޑަށެވެ. އީނާޝް އަށް ހޭލެވުމާއެކު މިއިވެމުންދާ އަޑާ މެދު ވިސްނާލިއެވެ. އޭނާއަށް އިވެމުން ދިއައީ ގަބޫލުކުރަން ދަތި އަޑުތަކެކެވެ. އޭނާގެ ލޯބިވާ އާސިމް އެއުޅެނީ އެހެން އަންހެނަކު ވައްދައިގެންނެވެ. އެއިވެނީ އެދެމީހުން ހީސަމާސާ ކުރާ އަޑެވެ. އީނާޝް އަކަށް ކެތެއް ނުކުރެވުނެވެ. އޭނާބޭނުންވީ މިވާގޮތެއްގެ ހަގީގަތް ބަލާށެވެ. އެހެންވެ އީނާޝް ތެދުވިއެވެ.

“އާސިމް..!އާސިމް…!” އީނާޝް ގޮވާލިއެވެ. އެއާއެކު ކޮޓަރި ތެރެއިން އިވެމުންދިއަ ހީސަމާސާ ކުރުމުގެ އަޑު ކެނޑުނެވެ. އާސިމް މެންނަށް ހޭވެރިކަންވީ އީނާޝް ގޮވާ އަޑަށެވެ.

“ދެން ކިހިނެއް ހަދާނީ…؟” އަނީސާ ސިއްރު ސިއްރުން އަހާލިއެވެ.

“ހާސްނުވޭ!” އާސިމް ބުނެލިއެވެ. އަދި އީނާޝް ކައިރިއަށް ދިއައެވެ.

” ލޯބީ! ކިހިނެއްވީ ފާހާނާއަށް ދާންވީތަ…؟” އާސިމް އަހާލިއެވެ. އީނާޝް ކައިރިއަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. އެއީ ހަމަ އާސިމްގެ އަޑުކަން މިހާރު ޔަގީންވެއްޖެއެވެ. އޭނާއަށް ހޭލެވުނު އިރު އޭނާގެ ކޮޓަރި ތެރޭގަ ހިނގަމުން ދިއަ ކަންތައް ތަކަކީ ހަމަ ހަގީގަތެއްކަން ޔަގީންވެއްޖެއެވެ. އީނާޝް އެއްމެ ރުޅިއައީ އުޅޭނެހާ ގޮތަކަށް އުޅެފަ އަދި ލޯބީއޭ ކިޔާފަ ގޮވާލީމައެވެ.

 ” އާސިމް އަހަރެން ހިއެއް ނުކުރަން އަހަރެންނަށް މިހާބޮޑު ދެރައެއް ދީފާނެ ކަމަކަށް!” އީނާޝް ބުނެލިއެވެ. “ކިހިނެއްވީ އަހަރެން ކީއްކުރީ<<<؟ އާސިމް އީނާގެ ކޮނޑުމަތީ އަތްބާއްވާލިއެވެ.

 “އަހަރެން ގައިގަ އަތްނުލާ……ދޮގުވެރިޔާ” އީނާޝް ފިރިމީހާގެ އަތް ފޮލާލިއެވެ. އެވަގުތު އާސިމް ތަންކޮޅެއް ދުރުގައި ހުރި އަނީސާ އަށް އޭނާގެ ލޮލުން ދެން މިރޭ ދާށޭ ބުނެލިއެވެ.

                            އާސިމްގެ އިޝާރާތަށް އަނީސާ ކުޑަދޮރުން ފުންމާލައިގެން ނިކުތެވެ. އާސިމް އެނދުގައި އީނާޝް ކައިރީގަ އިށީނެވެ.

“ލޯބީ ތިއުޅެނީ ކުއްހީއެއް ވެގެން އަހަރެންގެ ބޮލުގަ ތިފަދަ ބޮޑު އިލްޒާމެއް ތިއަޅުވަނީ އަހަރެން ކީއްކޮށްގެންތަ….؟” އާސިމް ހީކުރަނީ އީނާޝް އަށް މާބޮޑުއެއްޗެއް ނޭނގޭނެ ކަމަށެވެ.

“އާސިމް ތިގަސްތުކުރަނީ އަދިވެސް އަހަރެންނަށް އޮޅުވާލަންތަ….؟” ބަލަ އަހަރެންގެ ލޮލަށް ނުފެނުނަކަސް އެހެން ހިއްސުތައް ސަލާމަތުން އެބަހުއްޓޭ އާސިމް މިކޮޓަރި ތެރޭގަ ގަތް ހުރިހާ ގަނޑެއް މަށަށް އެނގޭ! ތިދެމީހުން ދެއްކި ވާހަކަތަކާއި ޖެހި ސަކަރާތުގެ އަޑު އަހަރެންގެ މިހިރަ ދެކަންފަތުން އަޑުއެހީމޭ! އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަން އާސިމްތީ ތިހާ ގޮތެއްނެތް މީހެއް ކަމަކަށް! “އީނާޝް ރުޅިއައިސް ތުރުތުރު އަޅަން ފެށިއެވެ.

“އާސިމްއަށް ހިލޭ އަންހެނަކު ގޮވައިގެން އުޅެން މިކޮޓަރި ނޫންތަނެއް ނުފެނުނީތަ…؟ އަހަރެންގެ ގޭގެ އަހަރެންގެ ކޮޓަރީގަ އަހަރެންގެ ފިރިއަކަށް ހުރެ ހިލޭއަންހެނަކު ވައްދައިގެން ހިތު ހުރިހާ ގޮތަކަށް އުޅެން ކެރުނަތީ ހަމަ ހައިރާންވަން އަހަރެންދެކެ ލޯބި ނުވާއިރު ލޯބި ވެޔޭ އުމުރަށް އެކުގާ އުޅޭނަމޭ ކިޔާ ދޮގު ހެދީ ކީއްކުރަން ތިހާބޮޑު އޮޅުވާލުމެއް ތިއޮޅުވާލީ ކީއްވެ އަހަރެންގެ ކުށަކީ ކޮބާ؟” އީނާޝްގެ އަޑު ބާރުވިއެވެ.

                           އީނާޝް އަޑު ގަދަ ކުރަން ފެށުމާއެކު އާސިމްގެ ކައިރިއަށް ރުޅިއައެވެ.

 “އާނ! ތިބުނީ ހަމަ ރަނގަޅަށް…އަހަރެން އެހެން އަންހެނަކު ވެއްދިން އީނާޝްއަށް ހޭލެވުނީ އަހަރެން އޭނާއާއި އެކު މަޖާކޮށް ހީސަކަރާތް ޖަހަނިކޮށް! އަހަރެންނަކީވެސް މީ ފިރިހެނެއް އީނާޝްގެ ފަރާތުން އަހަރެން ބޭނުންވާ އުފާ ނުހޯދޭ ކަމަށް ވަންޏާ އެހެން މަގެއް އިހުތިޔާރު ކުރމުގެ ހައްގު މަށަށްވެސް އޮށްނާނެދޯ!” އާސިމް އޭނާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. އާސިމްގެ އަޑުގައި ލަދުވެތި ކަމުގެ ކުޑަވެސް އަސަރެއް ނެތެވެ. މިއަދު އީނާޝް އާއި މެދު ފިރިމީހާގެ ހިތުގައި އެއްވެސް ރަހުމެތް ހަމްދަރުދީއެއް ނެތްވަރު ފިރިމީހާގެ އެޖުމްލަތަކުން ދޭހަވެއެވެ. އެއާއެކު އީނާޝްގެ ހިތް ކުދިކުދި ވެގެން ދިއަކަހަލައެވެ. ވީދެރައެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އިސާއިތަކު އޭނާގެ ދެލޯ ކަރުނުން ތެމުނެވެ. ހިތާމަޔާ ހިތްދަތިކަން އޭނާ ވަށާލިއެވެ. އީނާޝް އެމީހަކު ދެކެ ފުރާނައަށް ވުރެ ބޮޑަށް ލޯބިވި އޭނާގެ ފިރިމީހާ މިއަދު އެދޫކޮށްލީ އޭނާއަކީ ބަލި މީހަކަށް ވާތީއެވެ. މިއަދު އާސިމްގެ ކުރިމަތީގަ އޭނާ އަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ.

                              ހަސީނާއަށް ހޭލެވުނީ ގޭތެރޭގައި މާ އަޑުގަދަވެގެންނެވެ. ހަމަ ހޭލެވުމާއެކު ކޮޓަރި ފާރުގައި އިން ގަޑިއަށް ބަލާލިއެވެ. މެންދަމު ދޭއް ޖެހީއެވެ. ހަސީނާ ތެދުވެ އިށީނެވެ. އަދި އިވެމުންދާ އަޑާ ދޭތެރޭގަ ވިސްނާލިއެވެ. އާސިމްއާއި އީނާޝް ކޮންމެވެސް ކަމަކާ ހިތް ހަމަ ނުޖެހިގެން ޒުވާބު ކުރަނީއެވެ. މީއަދި މިހާތަނަށް ހަސީނާއަށް ނީވޭ އަޑެކެވެ. އެހެން ކަމުން ހަސީނާގެ ސިކުނޑިގައި ވަރަށް ބައިވަރު ސުވާލުތަކެއް އުފެދުނެވެ. އޭނާގެ ދަރިފުޅުގެ ބަލިހާލު ގެ ސަބަބުން އާސިމް އޭނާގެ ދަރިފުޅުގެ މަތިން ފޫހިވީބާއެވެ. އެދެމީހުންގެ މެދުގައި މައްސަލަ ޖެހެންވީ ކީއްވެބާއެވެ. މިކަހަލަ އެތަށް ސުވާލެކެވެ. ހަސީނާ އެނދުންތެދުވެ ފާހާނާއަށް ވަދެއްޖެއެވެ. އޭރުވެސް އެދެމަފިރިން ގެ ޒުވާބުގެ އަޑު އިވެމުންދެއެވެ.

  “އީނާޝް އަހަރެން އީނާޝް އާއިއެކު އުޅެން ވަރަށް މަސައްކަތް ކުރިން އީނާޝްގެ ތި ބައްޔަށް ފަރުވާއެއް ލިބޭނެ ގޮތެއްވޭތޯ މުޅިރާއްޖޭގަ އަތް ފުނާއެޅިން! އެކަމަކު ތިކަމަކަށް އެއްވެސް ހައްލެއް ނުލިބުނު އަހަރެންނަށް ވެސް ކެތް ކުރެވޭނީ ވަކިވަރަކަށް!” އާސިމް ބުނެލިއެވެ.

“އާސިމް އަހަރެންގެ ބަނޑުގާ މިވާ ކުޑަދަރިފުޅަށް ވާނެ ގޮތަކާމެދު ވެސް ވިސްނާނުލާ އަހަރެން ހާލުގައި ޖެހުނު ދުވަހު މިބިރުވެރިކަމާ ނާމާން ކަމުގެ ތެރެއަށް އެކަނިމާ އެކަނި ގަނަ ތެޅެން ތި ދޫކޮށްލަނީ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ…؟” އީނާޝް ވާހަކަ ދެއްކީ އާސިމްއަށް ވިސްނާދިނުމުގެ ގޮތުންނެވެ.

 “ތިދަރިފުޅު ދުނިޔެއަށް އުފަންވެދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތް އިރު ތިދަރިފުޅާ މެދު ވިސްނަން ޖެހޭ ކަމެއް ނުދެނެހުރިން!” އާސިމް ބުނެލިއެވެ. އާސިމްގެ މިޖުމްލައިން އޭނާ ދުރުވި ވަރު ހާމަވެގެން ދިއައެވެ.

“ކީއްވެ ތިހެން ތިބުނީ…؟ އިރާދަފުޅު ކުރެއްވިއްޔާ މިދަރިފުޅު އުފަންވާނެ!” އީނާޝް ބުނެލިއެވެ.

“އަހަރެން މިކިޔަނީ ކީކޭކަން އީނާޝް އަށް ހަމަ ރަނގަޅަށް އެނގޭނެ  އިތުރަށް އެވާހަކަ ދައްކާކަށް ނެތިން!” އާސިމް ބުނެލިއެވެ. އީނާޝްގެ ހިތްދަތިކަން ހައްތަހާ ދިއައީ އިތުރު ވަމުންނެވެ. އީނާޝް އަކަށް ކެތެއް ނުކުރެވުނެވެ. އޭނާއަށް ރޮވެން ފެށުނެވެ.

” އާސިމް ހެއޮނުވާނެ އަހަރެން މިހާލުގާ ވަނިކޮށް ތިފަދަ ބޮޑު އަނިޔާއެއް ނުދީ އަހަރެން ދޫކޮށްފަ ނުދޭ އަލެ ޕުލީސް…” އީނާޝް ރޮމުން އާދޭސް ކުރިއެވެ.

 “ތިހެން ކަރުނަ އަޅާ ރުޔަކަސް އަސަރެއް ނުކުރޭ! އަހަރެން ބޭނުންވަނީ އީނާޝް އާއި ދުރައްދާން މިވަގުތުން ފެށިގެން ތީ އަހަރެންގެ އަތްބެއް ނޫން ތިހުރީ ވަރިކޮށްފަ! ދޫކޮށްލާފަ!” އާސިމް އޭނާގެ އަންހެނުންނަށް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ހަރުކަށިކަމާއި ނުރުހުމުގެ އަސަރެވެ. ފިރިމީހާގެ ވިހަ ޖުމްލަތަކުން އީނާޝްގެ ހިތުގެ އެއްމެ ހިމަނާރަށް އަސަރު ކުރިއެވެ. އޭނާ އަޑުން އަޑުނަގާ ރޯންފެށިއެވެ.

                             އާސިމް އޭނާގެ އަންހެނުން ދޫކޮށްލުމަށް ފަހު އޭނާ ގެން ގުޅޭ ދަބަހަށް ހެދުންތައް އަޅައިގެން އެގެއިން ނިކުމެގެން ދާން ހިނގައިގަތެވެ. އާސިމް ކޮޓަރި ދޮރު ހުޅުވާލި އިރު ދޮރުމަތީގަ މަންމަ ހުއްޓެވެ. ނަމަވެސް އާސިމް އެއްވެސް އެއްޗެކޭ ނުބުނެ ގޭގެ ބޮޑުރޮރާ ދިމާއަށް ހިނގައިގަތެވެ.

“އާސިމް މަޑުކޮށްބަލަ! ” ހަސީނާ އެދުނެވެ. މަންމަގެ އަޑަށް އާސިމް ހުއްޓުނެވެ.

 “މަންމާ މީ އަހަރެންނާއި އީނާޝްއާއި ދެމީހުންގެ މައްސަލައެއް ރަނގަޅުވާނީ މަންމަ ދެން މިކަމުގެ ތެރެއަށް ނުވަނީއްޔާ!” އާސިމް އެހުރި ގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.

“އަހަރެން މަޑުކުރާށޭ މިބުނީ ކޮންމެހެން ސުވާލުތަކެއް ކުރާކަށް ނޫނޭ! ތި ދޮރު ތަޅުލާފަ ހުއްޓަތީ ތަލުދަނޑިދޭންވެގެން! އެނގިއްޖެތަ މިހާރު ތީ އަހަރެންނަކާ އެއްވެސް ގުޅުމެއް ހުރި މީހެއްނޫން އަހަރެން ކަލެއާއި އިތުރަށް ކުރާނެ ސުވާލުތަކެއްނެތް ކަލޭ އަހަރެންގެ ދަރިފުޅަށް ތިއަނީޔާ ދިން އިރު އަހަރެން މިހުރީ އަޑުއަހާށޭ ! މިއޮތީ ތަޅުދަނޑި ހުޅުވައިގެން އަވަހަށް ރައްކާވޭ!” ހަސިނާގެ ލޭހޫނުވިއެވެ. އަދި އައިއްސަ ހުރި ރުޅި އާސިމްއަށް ބާލާލިއެވެ.

                          އާސިމް ހީކުރީ އާސިމް މަގުމައްޗަށް ނިކުންނަ އިރަށް އަނީސާ އޭނާއާއި ބައްދަލު ކުރާނެކަމަށެވެ. ނަމަވެސް ކަންތައް ވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އޭނާ މަގުމައްޗަށް ނިކުތުމާއެކު އޭނާއަށް މަރުހަބާކީ އަނދިރިކަމާ ނާމާންކަމެވެ. ބިރުވެރިކަމާއި ފަޅުކަމެވެ. މަގުމަތީގަ ހިނގަމުންދިއައިރު ތަފާތު ވައްތަރުގެ ދިރޭ ކުދި ސޫފިތައް ގޮވާ އަޑުން މުޅި މާހައުލު ގުގުމާފައި ވެއެވެ. އާސިމް މިސްރާބު ޖެހީ އަނީސާ މެންގެއާއި ދިމާއަށެވެ.

                        އާސިމް ނިކުތުމާއެކު ހަސީނާ ދޮރުލައްޕާ ތަންޑު އެޅުވިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް އީނާޝް ކައިރިއަށް ދިއައެވެ. އޭރު އީނާޝް ފަކީރު ރޮއެ ރޮއެ ހަލާކުވާން ކައިރިވަނީއެވެ. ހަސީނާ ގޮސް އެދުގައި ރޯން އޮތް އޭނާގެ ދަރިފުޅަށް ގޮވާލިއެވެ. އެއާއެކު އީނާޝް އޭނާގެ މަންމަގެ ގައިގަ އޮޅުލާގަތެވެ. އަދި މަންމަގެ ކޮނޑުގަ ބޯއަޅާލައިގެން އޮވެ ރޯންފެށިއެވެ.

“މަންމާ އަހަރެން މުޅިން އެކަނިވެއްޖެ އަހަރެންގެ ލޯބިވާ އާސިމް އެދިއައީ އަހަރެން ދޫކޮށްލާފަ….!” އީނާޝް ރޮމުން ރޮމުން ބުނެލިއެވެ.

“ދަރިފުޅާ މަންމައަށް ވެސް ތިކަން އެގިއްޖެ މިއުޅޭ ފިރިހެނުން މީ ކޮންކަހަލަ ބައެއްތަ….؟” ހަސީނާއަށް ބުނެވުނެވެ.

“މަންމާ އަހަރެން ދެން ކިހިނެތް އުޅޭނީ އަހަރެންނަކަށް އާސިމްއާއި ނުލައެއްނޫލެވޭނެ އަހަރެން ބޭނުމީ މަރުވަން!” އީނާޝްގެ ހިތްދަތިވިލެއް ބޮޑުކަމުން ކިއޭ ނުކިއޭ އެއްޗެއް ވެސް ނޭނގުނެވެ.

“ދަރިފުޅާ މޮޔަ ވާހަކަ ނުދައްކާ ! ދަރިފުޅާ ދެން ނުރޮއެބަލަ ކެތްތެރިވާންވާނެ…ދިރިއުޅުމަކީ ހަނގުރާމައެއް އެހަނގުރާމައާއި ކުރިމަތިލާން ޖެހޭނީ ފިސާރި ހިތްވަރާއެކު މި މަންމަ ދުނިޔޭގަ ހުރިހާ ހިނދަކު ދަރިފުޅު މާޔޫސް ވާކަށް ނުޖެހޭނެ” ހަސީނާ އޭނާގެ ދަރިފުލަށް ވިސްނައިދީ މަސަލަސް ކުރެވޭތޯ ބެލިއެވެ. ނަމަވެސް އީނާޝް ހަމަ ރޮނީއެވެ. ރޮވޭނެތާއެވެ. ދެންމެ ބީވެގެން އެދިއައީ އޭނާގެ ފުރާނައިގެ އެއްބައި ވިއްޔާއެވެ.

                          އާސިމް ދިއުމާއެކު ހުރިހާ އުފަލަކުން އޭނާ މަހުރޫމްވީއެވެ. އޭނާގެ ހިތްވަރުއެލި ދުނިތެމަތިން ފޫހިވެއްޖެއެވެ. ޖިންނީގެ ފަރާތުން ލިބޭ އަނިޔާތަކަށް ކެތް ކުރެވުނީ ފިރިމީހާގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ލިބުނަތީއެވެ. ނަމަވެސް މިއަދު ދެން އެހިތްވަރު އޭނާ ކުރާނީ ކިހިނެތް ހެއްޔެވެ. އޭނާގެ ލޯބިވާ އާސިމް އެދިޔައީ އީނާޝް މި އަދަވަޅަށް ވައްޓާލާފައެވެ. އީނާޝް ހަމަ ރޮނީއެވެ. އޭނާގެ މަންމަ އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ގެންދިއައެވެ.

                            އަނީސާގެ މަންމައަށް ހޭލެވުނީ އެގޭ ދޮރުގައި ތަޅާއަޑަށެވެ. “ސުބުހާނައްﷲ މިއޮށްދަންވަރު ދޮރުގަ ތަޅަނީ ކާކުބާ…؟ އަނީސާގެ މަންމަ ގެ ހިތަށް އެރިއެވެ. އަދި ބިރުގަނެ ޖެހިލުންވާ ގޮތް ވިއެވެ. އެހެންވެ އެއަޑާއި މެދު ވިސްނާލަން އޮތެވެ. އަދިވެސް ހަމަ ތަޅަނީއެވެ. އެހެންވެ ބިރުވެރިކަމުން ފުރިފައިވާ ހިތަކާއެކު އެދުން ތެދުވިއެވެ.

“ކާކު…..؟” އަނީސާގެ މަންމަ ދޮރުކައިރި ހުއްޓިފަ އަހާލިއެވެ. “މީއާސިމްއޭ ދައްތާ ދޮރު ހުޅުވަބަލަ…!” އާސިމް ބުނެލިއެވެ.

                            އަނީސާގެ މަންމަ ދޮރުހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު އޭނާގެ ލޮލުގަ އަލާއިގަތީ ކޮނޑުގައި ދަބަސް އަޅުވައިގެން ހުރި އާސިމްއެވެ.

“ދައްތާ އަހަރެންނަށް މިގޭގަ ނިދޭނެ ގޮތް ހަދާދރވިދާނެތަ….؟ ” އާސިމް އެދުނެވެ.

“ކިހިނެއްވީ ؟ އެގެއިން ނެރުނީތަ…..؟ އަންހެނުންނާ މައްސަލައެއް ޖެހުނީދޯ…އެކަމަކު ހަމަ މައްސަލައެއް ޖެހޭއިރަށް ގެއިން ނިކުންނަވާނެތަ….؟އަނެއްކާ މިއޮށްދަންވަރު ދައްތައަށް ނުހޭލެވުނު ނަމަ…؟” އަނީސާގެ މަންމަ ސުވާލު ފޫންޏެއް އޮއްސާލިއެވެ. އާސިމް މިގަޑީގަ އައީމަ އޭނާ ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ. އެކަމަކުވެސް ވަގުތާ ހާލަތަށް ބަލާފަ އާސިމް އެގެއަށް ވެއްދިއެވެ.

“ދައްތައަށް ނުހޭލެވެނުނަމަވެސް ކޮންމެވެސް ގޮތެއް އޮށްނާނެދޯ” އާސިމް ގޭތެރެއަށް ވައްނަމުން ބުނެލިއެވެ.އަނީސާގެ މަންމަ ދެން މާގިނަ ވާހަކަ ތަކެއް ދައްކާކަށް ނަހަދައެވެ. އާސިމް ކުރިންވެސް ނިދި ކޮޓަރީގައި އޭނާއަށް ނިދޭނެ ގޮތް ހަދައި ދިނެވެ.

                           އާސިމްއަށް ހޭލެވުނީ އަނީސާ ގޮވާ އަޑަށެވެ. އާސިމްލޯ ހުޅުވާ ބަލާލިއިރު ދާދި ކައިރީގަ އަނީސާ ހުއްޓެވެ. އާސިމް ބަލާކަށް ނުހުރެ އަނީސާގެ އަތުގަ ހިފާ އާސިމްއާއި ދިމާލަށް ދަމައިގަތެވެ. އެއާއެކު އަނީސާ އޭނާގެ ގައިމައްޗަށް ވެއްޓުނެވެ.

“ދެން ސާބަހޭ މަންމަ އަތުވެދާނެ….!” އަނީސާ ލަދު ރަކި ގޮތަކަށް ބުނެލިއެވެ.

“އަޅެ ދެން އައިސްބަލަ މަންމަ އައްނަން ފެށީމަ ދުރަށްދާނީއޭ!” އާސިމް އެދުނެވެ.

“ނޫން ދެން ތެދުވޭ މަސައްކަތުވެސް ދާން ޖެހޭނެއްނު…އަހަރެން މިދަނީ ސައިހަދަން!” އަނީސާ ދަމުން ބުނެލިއެވެ. އާސިމް ހީކުރީ އަނީސާ މަންމަ އަށް ފެނިދާނެތީ ލަދުން ދިއައީ ކަމަށެވެ. އަދި އެހާ އަވަހަށް އެދެމީހުންގެ ގުޅުން ބޭޒާރުވާން ނޭދެނީކަމަށެވެ.

                            ކަންތައް ވަމުންދިއައީ ހަމަ އާސިމް ހީކުރި ގޮތަށެވެ. އެގޭތެރޭގަ އުޅޭއިރު އަނީސާ މުޅިން ތަފާތެވެ. އޭނާގެ އަމަލުތައް ހުންނަގޮތުން ހީވަނީ އާސިމްއާއި އެއްވެސް ގުޅުމެއް ނޯއްނަހެންނެވެ. އެހެންނަމަވެސް ހަމަ ކޮންމެރެއަކުހެން އެދެމީހުންގެ ލޯބީގެ ބައްދަލުންވުންތައް ރަށުގެ މީހުން ނޫޅޭ ހިސާބު ތަކުގައި ބާއްވަމުން ގެންދެއެވެ. އަނީސާ ބޭނުންވީ އެދެމީހުންގެ ގުޅުން ސިއްރެއްގެ ގޮތުގަ ބާއްވާށެވެ.

“މަންމަ ދެނެހުރިންތަ އާސިމް އައިސް އެއުލެނީ އިނޫވަރިކޮށްފަ….!” އަނީސާ އޭނާގެ މަންމަ އަށް ބުނެލިއެވެ. އެދެމީހުން ތިބީ ކާގެ ތެރޭގައެވެ. ހެދުނުގެ ނާސްތާއަށް ފަހު ތަށިތައް ނަގަނީއެވެ.

“އޭނ! ވަރިކޮށްފައޭ” އަނީސާގެ މަންމަ އަކަށް ގަބޫލެއްނުކުރެވުނެވެ.

“އާނ! ވަރިކޮށްފަ އަހަރެން މިހުންނަނީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފަ އެފަކީރު އެހާ ބަލިކޮށް އުޅެނިކޮށް އަނެއްކާ އެއިނީ ވިހަންތައްޔާރުވެފަ އެފަދަ ހާލެއްގާ އިންދާ ވަރިކުރަން ހެޔޮވާނީ ކިހިނެތް….” މަންމާ އާސިމްއަށް ވިސްނާދީބަ “އަނީސާ އެދުނެވެ. އެދެމީހުން ވާހަކަ ދައްކަމުން ދިއައިރު އާސިމް އަޑުއަހަން ހުއްޓެވެ. އޭނާ ހުރީ ކާގޭގެ ފުރަގަހުގައި ހުރި ކުޑަ ދޮރެއްގެ ކައިރީގައެވެ.އެތާ ހުންނައިރު އަނީސާ މެން ދައްކާ ވާހަކަތައް ވަރަށް ސާފުކޮށް އިވެއެވެ.

“އަނީސާގެ ހުރި ކުޅަދާނަކަމޭ އޭނާގެ ހިތަށް އެރިއެވެ. އަނީސާ އެކްޓުކުރަން ހާދަ މޮޅޭ” އާސިމްގެ ހިތަށް އެރިއެވެ. “އާނ ދަރިފުޅާ މަންމަ އާސިމްއާއި ތިވާހަކަ ދައްކާނަން އޭނާއަށް ވިސްނައި ދޭނަން!” އަނީސާގެ މަންމަ ބުނެލިއެވެ.

                           އީނާޝްގެ ހާލަކީތޯއެވެ. ފިރިމީހާގެ އެރަހުމް ކުޑަ އަނިޔާގެ ސަބަބުން އީނާޝް ދިރިއުޅުން މަތިން ފޫހިވިއެވެ. ކެއުމެއް ބުއިމެއްނެތި އަބަދާއި އަބަދު ރޮއެ ހިތާމަ ކުރަނީއެވެ. ބަނޑުގައިވާ ދަރިފުލަށް ލިބި ދާނެ ގެއްލުމަކާ މެދުވެސް ފަރުވާލެއް ނުބެހެއްޓެއެވެ.

“އާސިމް އަހަރެންނަށް މހާބޮޑު ދެރައެއް ތިދިނީ ކީއްވެ އަހަރެންގެ ކުށަކީ ކޮބާ….؟ އަހަރެން އާސިމް ދެކެ ވީ ތެދުވެރި ހަގީގީ ލޯބީގެ އަގަކީ މީތަ ؟ ހަނދާ ތަރިތައް ހެކިކޮށް އަހަރެންނާއެކު އުޅޭނަމޭކިޔާ ވީވައުދުތަކުގެ މަތިން ހަނދާންވެސްނެތްދޯ ” އީނާޝް ޝަކުވާކުރީއާސިމްއާއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މިއަދު އޭނާ އެކުރާ ޝަކުވާތައް އަހާކަށް އާސިމްއެއް ނެތެވެ. އެވަގުތު އީނާޝްގެ ހިތަށް ތަދުކުރަންފެށީ އެދެމީހުންގެ އުފާވެރި މާޒީގެ ދުވަސް ތަކެވެ. އެދުވަސްތައް ހަނދާން ވުމާއެކު އޭނާއަށް ރޮވުނެވެ.

                            އަޔާގެ މައްސަލަ ރަށު ފުލުހުން ތަހުގީގު ކުރުމަށް ފަހު މާލެ ފޮނުވާލިއެވެ. އަޔާޒު އެރަށުގައި ހުރެއްޖެ ނަމަ އަނެއްކާވެސް ހަނީފާ އަށާއި އޭނާގެ އާއިލާއަށް އެކަމުގެ ނުރައްކާ ކުރިމަތި ވެދާނެ ކަމަށް ބަލާފައެވެ. އަޔާގެ ކިބައިން ސަލާމަތް ވެވުމުން މިހާރު ހަނީފާގެ ދިރިއުޅުން އުޖާލާވެއްޖެއެވެ. މިހާރު އޭނާ ވޭތުކުރަމުން ގެންދަނީ އުފާވެރި ދިރިއުޅުމެކެވެ.

                           އުމުރުން ދުވަހެއް ދުނިޔޭން ދުވަހެއް ފާއިތުވަމުން ދެއެވެ. އާސިމް ކޯޓުން ވަރީގެ ކަންތައްތައް ނިންމާލުމަށްފަހު މާލެ ދިއައެވެ. އޭނާ ނިއްމައިގެން ހުރީ މާލެ ގޮސް ހަމަ ޖެހިލުމަށް ފަހު އަނީސާ މާލެ ގެންނަގޮތަށެވެ. އެގޮތަށް އަނީސާވެސް ވަނީ އެއްބަސް ވެފައެވެ. އީނާޝް ވިހަން ކައިރިވެއްޖެއެވެ. އޭނާގެ ބަނޑަށް ނުވަމަސް ފުރުނު ފަހުން ޖިންނީގެ އެއްވެސް އުދަގުލެއް ނުޖެހެއެވެ. އެކަމާ އޭނާ އުފަލެއް ނުވެއެވެ. އެއީ އޭތި ބުނެފައިވާ ގޮތް ކަމުންނެވެ. އޭތި ބުނެފައިވަނީ ވިހަން ޗުއްޓި ދިނީ ކަމުގައެވެ.

 “ދަރިފުޅާ އިނޫ ދެން ތިހާވަރަށް ހިތާމަ ނުކޮށްބަލަ ދަރިފުޅު ތިކުރާ ހިތާމައިގެ އަސަރު ބަނޑުގާވާ ދަރިފުޅާށް ކުރާނީ…” ހަސީނާ އޭނާގެ ދަރިފުލަށް ވިސްނައި ދެވޭތޯ ބެލިއެވެ.

 “މަންމާ އަހަރެން ހިތާމަނުކޮށް ހުރެވޭތޯ ވަރަށް މަސައްކަތް ކޮށްފިން އެކަމަކުވެސް ހަމަ އާސިމްގެ ހަނދާންތައް އުދަގޫކުރަނީ!” އީނާޝް ބުނެލިއެވެ. އެއަޑުގައި ވަނީ ހިތާމައިގެ އަސަރެވެ. “

ދަރިފުޅާ ކޮންމެވެސް އެއްޗެއް ކާންވީނު ބަނޑުބޮޑު ދުވަސްވަރު ތިގޮތަށް ފަރުވާ ކުޑަކުރާކަށް ނުވާނެ…އަދި ތިއޮތީ މިއަދު އެއްވެސް އެއްޗެއް ނުކާ…!” ހަސީނާ އެދުނެވެ.

“ކީއްކުރާނީ މަންމާ ހަމަ ބަނޑުހައި ނުވަނީއޭ…!” އީނާޝް ބުނެލިއެވެ. އޭނާ އެއްވެސް އެއްޗެއް ކާހިތެއް ނުވެއެވެ.

“ދަރިފުޅާ ދަރިފުޅު ދެރަ ވާނެ ވަރު މަންމައަށްވެސް ވިސްނޭ އެކަމަކު އެއްވެސް މަންމައަކަށް އޭނާގެ ދަރިފުޅު މައި މީހާގެ ލޮލުކުރިމަތީ ތިގޮތަށް ރޮއެ ހިތާމަ ކޮށް ނިމިގެން ދާތަން  ދެކޭކަށް ކުޅަދާނައެއް ނުވާނެ..” ހަސީނާ ހިތާމައިގެ ރާގެއްގަ ބުނެލިއެވެ.

“ނޫން މަންމާ ދެރަ ނުވޭ އަހަރެން ކާނަން އަހަރެންނަށް ކާއެއްޗެއް ގެނެސްދީ…!” ހަސީނާ މިހެން ބުނުމާއެކު ދަރިފުޅު ކާން އެއްބަސް ވިއެވެ. އެއާއެކު ހަސީނާ ހިނިތުންވެލާފަ އީނާޝްގެ ބޮލުގައި ފިރުމާލުމަށް ފަހު ކާއެއްޗެއް ހަދަން ބަދިގެއަށް ދިއައެވެ. މަންމަ ދިއުމާއެކު އީނާޝް އެދުގައި އޮށޯވެލިއެވެ.

 “ކާކު ދެއްކި ވާހަކައެއްތީ އަހަރެންނާއި އާސިމް އާއި ދޭތެރޭގަ ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް ނޯއްނާނެ…..އަހަރެން ދެކެނީ އާސިމް އެއީ އަހަރެންގެ ބޭބެއެއްގެ ގޮތުގަ….”އަނީސާ ފޯނުން ވާހަކަ ދައްކަމުން ގެންދިއައީ ނާޒިމް އާއެވެ.

“ތިކަމެއްނޭގެ ކޮންމެރެއަކު އިރުއޮށްސޭއިރު ތިދެމީހުން ރަށުގެ އުތުރުފަރާތު ގޮނޑުދޮށްކުޑަކުރާއިރު….އަނީސާ ހީކުރަނީ އެގަޑީގަ އެތަނަށްދަނީ ކަލޭމެން އެކަނިކަމަށްތަ….؟ ތިދެމީހުން އެތާނގަ ތިއްބާ ފެނުނު މީހުން އެބައުޅެޔޭ ދެން ކޮން ދޮގެއް ތިހަދަނީ…؟” ނާޒިމް ރުޅިވެރި ކަމާއެކު ބުނެލިއެވެ.

“ތީހުސްދޮގު މަށެއް އާސިމް އާއެކު އަތިރިމައްޗަކަށް ނުދަން ހަމަ ހުވާ މިކުރީ މަށެއް ނުދަން…” އަނީސާ އިންކާރު ކުރިއެވެ. ނާޒިމް އަނީސާގެ ބަހެއް ގަބޫލެއް ނުކުރިއެވެ. ރުޅިއައިއްސަ ފޯނު ކަނޑާލީއެވެ. އަނީސާ ވަރަށް ދެރަވިއެވެ. އެއީ ކާކުދެއްކި ވާހަކައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

                                އީނާޝް ވިހާފިއެވެ. އީނާޝް ވިހެއީ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. އީނާޝް އެއްމެ ދެރަ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަންވީއިރު އެދަރިފުޅު ދެކިލުމުގެ ނަސީބު ލިބިފައި ނުވާތީއެވެ. އީނާޝް ވިހެއީ ރަށު ސިއްހީ މަރުކަޒުގައެވެ. ކުޑައިރުކޮޅެއް ފަހުން އީނާޝްގެ އަތަށް އެލޮޞިލޯބި ތުއްތު ދަރިފުޅު ދިނެވެ. އޭރު ކައިރީގަ މަންމަވެސް ހުއްޓެވެ. އިނާޝްގެ އަތަށް ދަރިފުޅު ދިނުމާއެކު އީނާޝް ނުހަނު ލޯތްބާއެކު ދަރިފުޅުގެ ނިތް ކުރީގައި ބޮސްދިނެވެ. އެވަގުތު އޭނާގެ ހިތް މައިވަންތަ ކަމުގެ ލޯބިން ފުރިގެން ދިއައެވެ. ދަރިފުޅު އަތުގައި ޖެހުމާއެކު އނޭނގޭ އުފާވެރި ކަމެއް އިހުސާސް ކުރެވުނެވެ. އެވަގުތު އެތުއްތު ދަރިފުޅު ރޯލިއެވެ. ދަރިފުޅު ރޯން ފެށުމުން ބުއްދޭންވީކަން އެނގުނެވެ.   ދަރިފުޅު ރޯންފެށުމުން އީނާޝް ނާނާ ކިޔާލުމުގެ ގޮތުން އޫއޫއޫ……..އޭ  ކިޔަމުން ދަރިފުޅަށް ބުއްޖެއްސިއެވެ. އީނާޝްގެ އުފާވެރިކަން ދެމިހުރީ ހަމަ ކުޑަކުޑަ ވަގުތު ކޮޅަކަށެވެ. ޖިންނި ބުނި ދުވަސް އައީއެވެ. ދެން މާގިނަ ދުވަހެއް ނުވެ އޓި އެތުއްތު ދަރިފުޅުމަރާލާނެއެވެ. މިކަންތައްގަނޑު އޭނާގެ ހިތު ތެރޭގަ ހިނގައިގަތުމާއެކު  އޭނާއަށް ރޮވޭގޮތްވިއެވެ.

“ކޮބާ މިއޮތީ އަހަރެން އިންތިޒާރުކުރި ދުވަސް އައިއްސަ !” ކުއްލިއަކަށް އެއްކަލަ ޖިންނި ފާޅުވިއެވެ.

 އީނާޝް އަށް ޖިންނި ފެނުމާއެކު އީނާޝްގެ ބޮލަށް އެނބުރުން އަރާ ގޮތް ވިއެވެ. ހަށި ގަނޑަށް އރި ބާރުގަނޑާއެކު އޭނާގެ އުގުގަ އޮތް ދަރިފުޅު އަތުން ދޫވެ ތަޅުން ގަނޑު މައްޗަށް ވެއްޓުނެވެ. އާއެކެވެ. އަނެއްކާވެސް އެޖިންނީގެ އުނދަގޫ ފޯރީއެވެ.

ނުނިމޭ

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

ކަލާގެ ހަނދާން ތަކުގާ….

Next

އެކުގައިވާން އެދެމޭ… 22

Next
March 11, 2014

އެކުގައިވާން އެދެމޭ… 22

Previews
March 10, 2014

ކަލާގެ ހަނދާން ތަކުގާ….

4 Comments!

  1. މަރީ says:
    March 11, 2014 at 2:25 pm

    ވަރަށްސަޅި އިގޭވާހަކަ އަނެއްބައި އަވަހަށްފޮނުވާލަދިނުންއެދެން ލަސްނުކޮަށްފޮނުވާލަދޭތި ވވވވ ރީތި

  2. aisha says:
    March 11, 2014 at 8:14 pm

    vara vara vara reeeeeeethi

  3. މަާޢީ says:
    March 12, 2014 at 5:34 pm

    ވވވވވވ….ސަޅި

  4. mary says:
    March 12, 2014 at 9:43 pm

    haadha kuhgina ey v undhagu kiyan kuhgina kamun..

Comments are closed.


All Right Reserved!