Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…29

މުތާ/ ސ.ހިތަދޫ Level 210 Stories
May 22, 2014 6 Mins Read
12 Comments

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް އީނާގެ ދިގު އިންތިޒާރަށް ނިމުމެއްނައެވެ. ފޯނު ލިބޭނެކަމަށް އޭނަ ކޮންމެ ދުވަހަކު އުއްމީދުކުރެއެވެ. ނަމަވެސް ނަޒްޔަކް އެގެއަށް ނާންނަތާ ފަސްދުވަސް ވެފައިވާއިރު އީނާ ހުންނަނީ ރުޅިއައިސްފައެވެ. ފަހުން ނަޒްޔަކް އޭނަގެ ފޯނު ގެންދިއުމުން އަމިއްލަ ނަފްސާ ޝަކުވާކުރެވުނު އަދަދެއް ނޭގެއެވެ. ޒަވާން އަތަށް ދިންނަމަ މިހާރު ފޯނު ލިބުނީހެވެ. ނަޒްޔަކްގެ ފޯނު ނަންބަރު ހޯދަން އުޅެފައިވެސް އީނާ އެޚިޔާލު ދޫކޮށްލިއެވެ. ކޮލެޖްގެ އިމްތިހާނުތައް ކުރިއަށްދާ ދުވަސްކޮޅަށް ވުމުން ނަޒްޔަކް މާބޮޑަށް ބިޒީވީކަމަކަށްވެސް ވެދާނެއެވެ. އީނާ ޒަނާގެ ފޯނުން ޢާއިލާ މީހުންނަށް ގަވައިދުން ގުޅައެވެ. އޭނަ ކޮންމެ ދުވަހަކު ރޭގަނޑު ރޫޔާއާއި ސްކައިޕުން ވާހަކަ ދައްކައެވެ. ކޮންމެ ރެއަކު އަލްޔަސްއާ ބެހޭގޮތުން ސުވާލުކުރަން އުޅެފައިވެސް ރޫޔާ ހިތްހަމަނުޖެހިދާނެތީ މަޖުބޫރުވަނީ ހިތުގެ އެދުންނަތައް ކަފުންކޮށް ވަޅުލާށެވެ.

މުނީރާއާއި ރަޖްވާން ސޯޝަލް އިވެންޓަކަށް ދިއުމުން ޒަނާއާއި އީނާ ގޭގައި އެކަނިވިއެވެ. ދެކުދީން ބޮޑުކޮޓަރީގައި ޓީވީ ބަލަން ތިއްބާ ބެލްޖަހާލި އަޑުއިވުމުން އީނާއަށް ސޯފާއިން ތެދުވެވުނު ގޮތެއްވެސް ނޭގެއެވެ. ހައިރާންކަމާއެކު އީނާއަށް ޒަނާ ބަލާލިއެވެ.

އީނާ ގޮސް ދޮރުހުޅުވާލުމުން މޫނުމަތީގައި ވިދަވިދާ ހުރި އުފާވެރިކަން ވަގުތުން ފަނޑުވެގެން ދިޔައެވެ. ”ޒީ، ޕިއްޒާއަކަށް ގުޅިންތަ؟…” ފަސްއެނބުރި ބަލައިލަމުން އީނާ އަހާލިއެވެ. އޭރު އީނާގެ މޫޑުވަނީ ގޯސްވެފައެވެ. އޭނަ ހީކުރީ އެއީ ނަޒްޔަކް ކަމަށެވެ.

”ހޫމްމްމް، މިއަންނަނީ ޕޭއިކުރަން….” ޒަނާ ދުވެލާފައި ގޮސް އޭނަގެ ކޮޓަރިއަށް ވަންތާ މިނެޓެއްވެސް ނުވަނީސް އައީ އަތްދަބަސް ހިފައިގެންނެވެ.

”ކާކަށްތަ ތިހާ ވަރަކުން އިންތިޒާރު ތިކުރަނީ؟….” ޕިއްޒާ އަތުލަމުން ޒަނާ ސަމާސާރާގަކަށް އަހާލިއެވެ. ”ނަތިންގް…” މާޔޫސްކަމާއެކު އައިސް އީނާ ސޯފާގައި ޖައްސާލިއެވެ. ”ހޫމްމްމް، ނަޒްޔަކްއަށް ދޯ؟….” ދިމާކުރާ ރާގަކަށް ބުނެލަމުން ޒަނާ ޕިއްޒާ ފޮއްޗެއް ކާންފެއްޓިއެވެ. އީނާ ކުޑަކޮށް ސިހުނެވެ. އޭރު ޒަނާ އިނީ ބުމަ އަރުވާލައިގެން އަނގައިގައިވާހާ ދަތްތަކެއް ދައްކާލައިގެންނެވެ.

”ނޫން….” ޒަނާ ހީކޮށްފާނެ އެއްޗަކާމެދު ވިސްނާލަމުން އީނާ ދޮގެއް ހަދާލައިފިއެވެ. ”ޑޯންޓް ލައި، ހީވަނީ ޑެސްޕެރޭޓްވެފަހެން ތިއިންނަނީ، އަޅެފަހެ ޕްރިންސް ޗާރމިންގް ގެއްލިގެން އުޅޭހެން ހީވަނީ، ބަލާބަ އީނޫގެ މޫނަށް…” ޒަނާ ދިމާކޮށްލިއެވެ. ޒަނާ ބުނަން އުޅުނުއެއްޗެއް އީނާއަށް ދޭހަވުމުން އީނާ ”ޔަކް”އޭ ބުނެލަމުން ތުންކޮޅު އޫކޮށްލިއެވެ.

”އަހަރެން މިއުޅެނީ ފޯނު ނުލިބިގެން، ކޮންމެހެން އޭނަ ނުފެނިގެންނެއް ނޫން، ނަޒްޔަކް ފެނުނަސް އަހަރެން ހާދަ ފޫއްސެއްވެޔޭ…..” އީނާ ހަށަންބަނދެލަމުން ޓީވީން ދައްކަމުން ދިޔަ ފިލްމަށް ދެލޯ ތަތްކޮށްލިއެވެ. ”އަހަރެންއެބަ ބުނިންތަ އެއީ ނަޒްޔަކްއޭ؟…” ޒަނާ ދެލޯބޮޑުކޮށްލިއެވެ. އޭނަ ހުނުން ކޮންޓްރޯލްކޮށްގެން އިންއިރު ކޮންމެ ވަގުތަކުވެސް ހިނިގަނޑު ފަޅައިގެން ހިނގައިދާނެހެން ހީވިއެވެ. ތުންފަތުގައި ދަތްއަޅާލަމުން އީނާއަށް ވަމުން ދިޔަ ގޮތްތައް ބަލަން ޒަނާ އިނީ މަޖާވެލާފައެވެ. ނަޒްޔަކްދެކެ އީނާ އެހާވަރަށް ރުޅިއަންނަ ސަބަބެއް އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ. ނަޒްޔަކް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އީނާ އެހުންނަނީ އެފޮނި ފިރިހެނާދެކެ ރުޅިއައިސްފައެވެ.

”ޒަނާ…” އީނާ ލަފްޒުތަކަށް ބާރުލަމުން ބުނެލީ އޭނަ ހިތްހަމަނުޖެހިފައިވާވަރު ހާމަކޮށްދޭށެވެ. ”ސޮރީ، ސޮރީ… އީނޫ ރުޅިނާދެބަލަ، އަހަރެން މަޖަލަށް ބުނިއެއްޗެކޭ އެއީ، ހީވޭ ތިދެމީހުންގެ ދެމަދުގައި ބޮޑު ކަންތައްގަނޑެއް ހިނގާފައިވާހެން…..” ޒަނާގެ ސުވާލުތައް އޮހެން ފެށުމުން އީނާ ކިޔަދިނެވެ. ޒަނާ އަނގަމަތީގައި އަތްއަޅާލިއެވެ.

”ވާއު، ހާދަ ރޮމޭންޓިކޭ….” ޒަނާ ބުންޏެވެ.

”ޒީ، ދެން އޭނަގެ ވާހަކަ ނުދައްކަބަލަ، އަހަރެންގެ މޫޑު ގޯސްވޭ އޭނަ ފެނުނަން، ހުވާ ހިތަށް އަރާ މޫނު މަތީގަ އެތިފަހަރެއް ޖަހާފާނަމޭ، އަދި ކުރީ ދުވަހު ޒަވާން ގާތު ބުންޏޭ އަހަރެން ގާތު ބުނައްޗޯ ސޮރީއޭ، ހުއް، ވަރަށް ފޫހިވޭ، ތިމަންނަގެ ލަދުރަކިކަން ހާމަކޮށްދޭން އުޅޭހެން ހީވަނީ، އަންހެންކުއްޖަކު އެކަނި ހުއްޓާ ފެންނައިރަށް ޖެހޭނެ ކައިރިވާން….” އީނާ ރުންކުރުވިއެވެ. ޒަނާ ފަށައިގެން އުޅޭ ވާހަކައަކުން އޭނަގެ މޫޑު އިތުރަށް ގޯސްވެގެން ދިޔައެވެ.

”އިނގޭތަ؟ މީހުން ބުނެއުޅޭ ނަފްރަތަކީ ލޯބީގެ ފެށުމޭ، މޭއިބީ ޔޫ ޓޫ….” ޒަނާ ބުނެލި ޖުމްލައާއެކު އީނާ ސޯފާއިން ތެދުވުނެވެ.

”ޒީ، ސްޓޮޕް އިޓް، ދުނިޔެއިން ފިރިހެނުން ހުސްވިޔަސް އަހަރެން ނަޒްޔަކްއަކާ ނުގުޅޭނަން، ހީ އިޒް އެ ޖާރކް….” އީނާ އެހުރިހާ އެއްޗެއް ބުނެލި ވަގުތު ނަޒްޔަކް ފެނުމުން މެޔަށް ފިނިވެގެން ދިޔައެވެ. އޭނަ ހީކުރީ ޖިންނިއެއް ކަމަށެވެ. އަވަސް ނޭވާތަކެއް ބޭރުކޮށްލަމުން އީނާ އެސްފިޔަތައް ތަޅުވާލީ މަންޒަރު ބަދަލުވާނެކަމަށް ހީކޮށެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. ހުއްޓުން އަރާފައި ހުރި އީނާއަށް ބަލައިލަމުން ޒަނާ ގޭގެ މައިދޮރާ ދިމާއަށް އަވަސް ނަޒަރެއް ދިނެވެ.

ނަޒްޔަކް ލަސް ފިޔަވަޅުތަކެއްގައި އައިސް ހުއްޓިލަމުން ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އީނާ ބުނި ޖުމްލަތައް ސާފުކޮށް އަޑުއިވުނު ކަމުގައި ވިޔަސް އޭނަ ދެނެހުރިކަމަށް ހަދާނުލިއެވެ. އެއްކަންފަތުން އަޑުއަހާފައި އަނެއްކަންފަތުން ބޭރުކޮށްލީއެވެ. އާންމުގޮތެއްގައި އަންހެން ކުދިން އެފަދަ ކޫސަނި ވާހަކަތައް ދައްކާނައެވެ. އެހެންނޫނަސް އީނާ އޭނަދެކެ ރުޅިއައުމުގެ ސަބަބެއްވެސް އެބައޮތެވެ.

”ފޯނު….” ނަޒްޔަކް ޖިންސްގެ ޖީބުން ފޯނު ނަގައި ދިއްކޮށްލިއެވެ. އީނާ ނިކަން އަވަހަށް ނަޒްޔަކް އަތުން ފޯނު ޖަހައިގަތެވެ. އީނާ ފޯނު ހުޅުވާލަމުން ޗެކްކުރަން ފެށުމުން ނަޒްޔަކްގެ ހިނިތުންވުން އިތުރަށް ފުންވިއެވެ.

”ރިލޭކްސް، އަހަރެން ތި ފޯނުގެ އެއްވެސް އެއްޗަކާ ނުކުޅެން އިނގޭ، އަންލޮކްވެސް ނުކުރަން، ޝޮޕުން ދިންގޮތަށް މިދިނީ….” ނަޒްޔަކް ބުންޏެވެ. އީނާ ޝުކުރިއްޔާއޭ ބުނުމުގެ ބަދަލުގައި މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ނަޒްޔަކްގެ ވާހަކަތައް އޭނަ ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އަންހެން ކުއްޖެއްގެ ފޯނު އަތަށް އަރާއިރަށް މިފިރިހެންވެރިން ވަރަކަށް ޗެކްކޮށްލާނެއެވެ. ”އައި މީން އިޓް…” ނަޒްޔަކް ޔަޤީންކަން ދިނެވެ.

”އަހަރެން މިހުންނަނީ އީނާގެ ގާތުން މާފަށް އެދޭނެ ފުރުސަތެއް ނުލިބިގެން، އައި ނޯ އޫއާރ އެންގްރީ ވިތް މީ، އެހެންވެސް ވާނެ، އެކަމަކު އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫން، އޭގައި އީނާގެ ފޯލްޓެއްވެސް ވޭ….” ނަޒްޔަކްގެ އަޑު އޮމާންކަމުން އީނާގެ ކަންފަތުގެ ތެރެއަށް އެއަޑު ވިރިގެން ދިޔައީ ރީތި މިޔުޒިކެއް ފަދައިންނެވެ. އެއަޑުގައި އެކަނިވެސް ދަމާބާރެއްވާހެން ހީވިއެވެ. ހިތްގައިމެވެ.

”ބައިދަވޭއި ލޮކް ސްކްރީން ފޮޓޯގައި ތިބި ދެއަންހެން ކުދިންގެ ތެރެއިން ވާތްފަރާތުގަ ހުރި އަންހެންކުއްޖާއަށް އަހަރެންގެ ސަލާން ބުނެލަދެއްޗޭ…. ކައިޒިންއެއްތަ؟….” ނަޒްޔަޒް ދާން އެނބުރިލަމުން ބުންޏެވެ. އީނާ ދެބުމަ ކައިރިކޮށްލާފައި ނަޒްޔަކްއާ ދިމާއަށް ކަޅިއަޅާލިއެވެ. އެބުނީ ރޫޔާގެ ވާހަކައެވެ.

މައިމޫނާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ސައިޑްޓޭބަލަން މަތީ ހުރި ގަޑިއަށް ބަލައިލަމުން އޭނަ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. އަތުގެ ނުފުށުން ނިތްކުރީގައި ހަރުލާފައި ހުރި ދާތިކިތައް ފޮހެލުމަށްފަހު ހަމެޖެހިލަން އޭނަ މަސައްކަތްކުރިއެވެ. ހިތުގެ ތެޅުން އަވަސްވެ މޭގައި ތޫނު ރިހުމެއް އުފެދެންވެސް ފަށައިފިއެވެ. ނޭވާ ކުރުވިހެން ހީވިއެވެ. ހުވަފެނާމެދު ވިސްނިވަރަކަށް އިތުރަށް ހާސްވުން ނޫންކަމެއް ނުވިއެވެ. މައިމޫނާ އޭނަގެ ފޯނުނަގަމުން އުމެއިރާއަށް ގުޅާލިއެވެ.

ހެނދުނުގެ ވަގުތަށްވުމުން ތިންފަހަރު ގުޅާލިތަނާ އުމެއިރާ ފޯނު ނަގައިފިއެވެ. ”އުމޭ، ދެރަކަމެއް ވާން އުޅޭހެން އަހަންނަށް ހީވަނީ، ދެންމެ ހުވަފެނުންވެސް ފެނުނީ އަހަރުމެން ދެމީހުންގެ ރޭވުން ފަޅާއަރައިގެން އުޅެނިކޮށް…. އަލްޔަސް އުޅުނީ އަހަރެން މަރާލަން…..” މައިމޫނާ އެއްނޭވާއިން ބުނެލައިފިއެވެ.

”މޫނީ ހަމަޖެހިބަލަ، ހުވަފެނަކީ ބީލާހެކޭ، ފެންނަ ކޮންމެ ހުވަފެނަކާމެދު ވިސްނަން ފަށައިފިއްޔާ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ…. އަހެންނޫނަސް އަހަރުމެންގެ ހަޤީޤަތް ދުވަހަކު ހާމަނުވާނެ، އެ ނޫރާލް އެއޮތީ ކޯމާއަކަށް ގޮސްފައި، ހޭއަރާނެކަމުގެ އުއްމީދެއްނެތް، އަނެއްކޮޅުން އޭނައަކަށް ނުވެސް ކެރޭނެ ހެކިބަސްދޭކަށް….” އުމެއިރާ ވިސްނައިދޭން ފެށިއެވެ.

”އެ އަލްޔަސްއަށް ގޮތެއް ހަދަން އަހަންނަށް ފެންނަނީ. އޭނައަށް ޝައްކުތަކެއް ވެއްޖެއްޔާ މުޅިން ގޯސްވާނެ….” މައިމޫނާ އަދިވެސް އެހުންނަނީ އަލްޔަސްއަށް ލަނޑެއްދޭނެ ގޮތަކާމެދު ވިސްނާލަ ވިސްނާލައެވެ. އޭނަ އަލްޔަސްދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އަދިވެސް އީނާއާއި އަލްޔަސް ގުޅިދާނެކަމުގެ ބިރު އެހިތުގައި އެބައޮތެވެ. ލޯތްބަކީ ބާރުގަދަ އެއްޗެކޭ ބުނާ އަޑު އޭނަ ވަނީ އަހާފައެވެ. ދެވަނަ ފަހަރަށް އީނާއާއި އަލްޔަސް ގުޅިއްޖެނަމަ އޭނަ ދުނިޔެއިން މޮޔަވެދާނެއެވެ. މީހަކު މަރަން ފުރުސަތެއް ލިބިއްޖެނަމަ އޭނަ އެންމެ ފުރަތަމަވެސް ހަމަލާ ދޭނީ އީނާ އަށެވެ.

”މޫނީ ބޭނުންވި ކަންތައް ވެއްޖެއެއްނު….” އުމެއިރާގެ ޚިޔާލާއި މައިމޫނާގެ ޚިޔާލު ފުށުއެރިއެވެ. ދެމީހުން ވަރުގަދަ ޒުވާބަކަށް ގޮސް ހަތުރުންނަށް ވެދާނެކަމަކަށް އޭރަކު އުމެއިރާ ހިޔެއް ނުކުރެއެވެ.

”އުމޭ ތިހާވަރުން އަލްޔަސް ސަލާމަތްކުރަން ތިއުޅެނީ ކީއްވެތަ؟ ކަމެއް ސިއްރުކުރަނީ ދޯ؟….” މައިމޫނާގެ ރާގު ބަދަލުވިއެވެ.

”އަހަރެން އެއްވެސްކަމެއް ސިއްރުނުކުރަން، ނުވިސްނިގެން ތިއުޅެނީ މޫނީއަކަށްނު….” އުމެއިރާ ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ބުންޏެވެ. އޭނަ ކޮށްދިން ”ހެޔޮ” ކަންތަކުގެ އަގުވަޒަންކުރަން މައިމޫނާއަށް ނޭގުމުން އޭނަ ރުޅިއަތުވެއްޖެއެވެ. އަމިއްލަ އެދުމެއް އޭގަ ފަހަތުގައި ވިޔަސް އޭނަ މައިމޫނާއަށް އެހީވެދިނެވެ.

”ފުރަތަމަދުވަހުން ފެށިގެންވެސް އަހަންނަށް ޝައްކުވިޔޭ، އުމޭ ހުރީ އަލްޔަސް ސަލާމަތްކުރަން ފައިވިއްދާލާފަ، އެހެންވީމައެއްނު އެރޭ އެހާވަރުން ބޭސްއެޅި އަދަދުބެލީ ވެސް…. އަލްޔަސްގެ ފަރާތުން ކޮންކަމެއްތަ ތިހާވަރުން ބޭނުންވެގެން ތިއުޅެނީ؟، ޔޫ ޔޫސްޑް މީ!!… މޫނީ ބޭނުންވާކަންތަކެއް އޭގެ ފަހަތުގައިވީމަ އެހާވަރުން އެހީވާން އެއްބަސްވީ ވެސް… އޭނަގެ ލާރިކޮޅުގެ ދަހިވެތިކަމުގައި ދޯ؟ ބަލަ އަހަރެންމީ ގަމާރެއް ނޫނޭ…. އުމޭ އެހާވަރުން އަލްޔަސްއަށް ފަރުވާތެރިވެގެން ހުރީވެސް އެހެންވީމަ ދޯ!….” މައިމޫނާ ރުޅިއައިސް މޫނު ރަތްވިއެވެ. އުމެއިރާގެ މަކަރުވެރިކަން ފެނި އޭނަގެ އެތެރެހަށީގައި އަނދަމުންދިޔަ އަލިފާންގަނޑަށް ތެޔޮ އެޅުނުހެން ހީވިއެވެ. އޭނައަށް ވިސްނުނީ ލަސްވިފަހުންނެވެ.

”ދެމީހުންވެސް މީގައި ބައިވެރިވީ އެއްވަރަކަށް… އާނ، އަހަރެން އެއްބަސް ވަން އަލްޔަސްގެ ފަރާތުން ފައިދާތަކެއް ބޭނުންވާތީކަން އަހަރެން އެހެން ކަންތައް ކުރީ، އާނ… އަހަރެން ބޭނުން އޭނަގެ މުދަލާއި ފައިސާ، އެކަން ވާން އޮތީ އެންމެ ގޮތަކުން، ޒެލީންއާއި އަލްޔަސްގެ ކައިވެނި ކުރެވޭ ދުވަހަކުން އެކަން ހާސިލްވާނެ، އެކަމަކު މޫނީ ހަނދާން ނައްތާނުލާތި މީގައި ދެމީހުންގެ އަތެއްވެސް ވާކަމާމެދު، އަހަރެން ބޭޒާރުކުރަން އުޅެފިނަމަ މޫނީވެސް ބަދުނާމުވާނެ، މީގެ ނޭދެވާ އަސަރު އެންމެ ބޮޑަށް ކުރާނީވެސް މޫނީއަށް!….” އުމެއިރާ ދުލެއް ނުކުރިއެވެ. އެންމެގާތް ދެއެކުވެރިން ދުޝްމަނުންނަށް ބަދުލުވާން ނެގީ މަދު ވަގުތުކޮޅެކެވެ. ހުރިހާވެސް މައްސަލައަކީ އުމެރިއާގެ މަކަރުވެރިކަމެވެ. މާހެޔޮއެދޭ މީހަކަށްވެގެން ހުރެ ކުރިކަމެއް ނިކަން ދެކިބަލާށެވެ. އޭނަ މޮޔަހައްދާލާފައި އަލްޔަސްގެ މުއްސަނދިކަން ހާސިލުކުރާނެ މަގެއް ހޯދައިފިއެވެ. މައިމޫނާ އެކަމާމެދު ވިސްނާލިޔަސް ހީވީ ހަށިގަނޑުގައި ހުޅުރޯވެގެން ދާހެންނެވެ. ނަމަވެސް މައިމޫނާ އުފާވިއެއްކަމެއް އެބައޮތެވެ. އަލްޔަސް ދުވަހަކު ޒެލީންއާއި ކައިވެނި ނުކުރާނެކަން އިނގޭތީއެވެ.

”އަލްޔަސް ދުވަހަކު ޒެލީންއަކާ ނީންނާނެ، އޭނަ އެހުންނަނީ އީނާގެ ލޯބީގައި ދީވާނާވެފަ، އޭނަ އިންތިޒާރުކުރަމުން އެދަނި އީނާ އަންނާނެ ދުވަހަކަށް!…” މައިމޫނާ ބަހުގެ ހޫނު ހަމަލާއެއް ދިނެވެ.

”ތިކަން އެނގިދާނެ، ކައިވެނީގެ އިންވިޓޭޝަން ކާޑު ފުރަތަމަވެސް ލިބޭނީ މައިމޫނާއަށް….” އުމެއިރާ ފޯނު ކަނޑާލިއެވެ.

”ބޮޑު ވަގެއް، މާ ހެޔޮއެދޭ މީހަކަށް ހެދިގެން އުޅުނުއިރުވެސް ހީވިޔޭ ނުބައެއް އެބައުޅޭހެން… މަކަރުވެރި ވިޗެއް، އޭނަ ހީކުރަނީ އަލްޔަސްއާއި ޒެލީން ކައިވެނި ކުރީމަ އަހަރެން ހަސަދަވެރިވާނެކަމަށް، އޭނަގެ އަތަށް އެ ރޭވުން އަދި ގޮވާނެ… އަދި ފަހުން އަނާނެ އަހަރެންގެ އެހީއަށް އެދިގެން، އެދުވަހަކުން ރަގަޅު ފިލާވަޅެއް ދޭނަން… ޝީ ޔޫސްޑް މީ!….” މައިމޫނާ ދަތްތަކަށް ބާރުލަމުން އެދުމައްޗަށް ފޯނު ހޫރާލިއެވެ. ރުޅިއައިސް މުޅި މިހާ ވަނީ ހަމައިން ނައްޓާ ހިސާބަށް ގޮސްފައެވެ.

މެންދުރުގެ ވަގުތެވެ. މައިމޫނާ ރޫޔާގެ ކޮޓަރިއަށް ދިޔައިރު ރޫޔާ އިނީ ޓެސްޓަށް ދަސްކުރާށެވެ. ”ދަރިފުޅާ، މަންމަ މިދަނީ ރޮޒެއިނާއާ ބައްދަލުކުރަން، ދަރިފުޅުވެސް ދިޔައްޔާ ރަގަޅީ….” މައިމޫނާ ބުންޏެވެ.

”ކީއްކުރަން…” ރޫޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ.

”ޒަލަފްއާއި ދަރިފުޅުގެ ކައިވެނީގެ ވާހަކަ ދައްކަން…. މަންމަ ބޭނުން އަންނަ މަހު ތިކައިވެނީގެ ކަންތައް ހަމަޖައްސަން….” މައިމޫނާ ހިނިތުންވެލިއެވެ. ރޫޔާގެ ހިތުގައި ގަނޑުފެން އަޅާލަދިންހެން ހީވިއެވެ. މަންމަ ވަދެގެން އައި ގޮތުން އޭނަ ހީކުރީ ކަމެއް ގޯސްވީކަމަށެވެ. ނަމަވެސް މަންމަ ދިން އުފާވެރި ޚަބަރަކުން އޭނައަށް އާސްމާނުގައި އުދުހިލެވުނެވެ. ހާދަ އުފާވެރި ޚަބަރެކެވެ. ޒަލަފް މަތިން ހަނދާންވުމުން ރޫޔާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލަދުރަކި ހިނިތުންވުމެކެވެ.

ޒަވާން ގާތުން ހުއްދަ ހޯދުމެއްނެތި ޒަނާއާއި އީނާ އޮފީހަށް ދިޔައިރު ޒަވާން އޭނަގެ ކެބިންގައި ނެތުމުން ޒަނާގެ ނިތަށް ރޫތަކެއް ޖަމާވިއެވެ. މީޓިންއެއްގައި ވީތޯ ބަލަން ޕީއޭއާ ސުވާލުކޮށްލުމުން ބުނީ މިއަދު އެއްވެސް މީޓިންއެއް ނެތްކަމަށެވެ.

”ދެން ކޮންތަނަކަށް އެދިޔައީ؟….” ޒަނާ އީނާއާ ސުވާލުކުރުމުން އެސުވާލަށް ދޭނެ ޖަވާބެއް އީނާއަކަށް ނޭގުނެވެ. އޭނަ ހުރީ އޮފީހުގެ ރީތިކަމާއި ފުރިހަމަކަން ފެނި އާޝޯހުވެފައެވެ. އޮފީހުގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ހިތްގައިމުކަމެވެ. ފާރުތަކުގައި ބޭނުންކޮށްފައިވާ ކުލައިން ގޮސް ޑިޒައިންކޮށްފައިވާ އަގުބޮޑު ސާމާނުތަކުންދާންދެން ލޮލަށް ފިނިކަން ގެނެސްދޭނެއެވެ. އީނާ ކޮންމެ ދިމާލަކަށްވެސް ބަލަނީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ. މިތަނުން ވަޒީފާ ލިބޭނީ ނަސީބުގަދަ މީހުންނަށެވެ.

އީނާއާއި ޒަނާ އެކީގައި ގޮސް ލިފްޓަށް އަރަން އުޅުނު ވަގުތު ޒަނާއަށް ދުރުން ހިނގާލާފައި އައި ޒަވާން ފެނިއްޖެއެވެ. ޒަނާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެލީ ޒަވާންއާއެކު ހުރި އަންހެންކުއްޖާ ފެނުމުންނެވެ. އޭނަ އެކުއްޖާއަށް ބަލައިލުމާއެކު އެއީކާކުކަން އެނގިއްޖެއެވެ. އީނާގެ އަތުގައި ހިފާދަމަމުން ކަލަހަގޮތަކަށް ޒަނާ ހިނގައިގަތެވެ.

”އެހެމް….” ޒަވާންގެ ފަހަތުން ގޮސް ހުއްޓިލަމުން ޒަނާ ކަރުކެހިލިއެވެ. ޒަވާންއާއި ނީރާއަށް ފަސްއެނބުރި ބަލާލެވުނީ އެކީއެއްފަހަރާއެވެ.

”އައި ނެވާރ ތޯޓް ޔޫ ވިލް ޗޫޒް އެ ބިޒްނެސް ރައިވަލް…..” ޒަނާ ނީރާ އާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ނީރާ ، ޒަނާއާ ސަލާމްކޮށްލުމަށްފަހު އީނާއަށް ބަލައިލިއެވެ. އީނާއަށް ނީރާ ތަޢާރަފްކޮށްދިނީ ޒަވާންއެވެ. ނީރާ އީނާއާ ސަލާމްކޮށްލިއެވެ.

”ދެން އިތުރަށް ފޮރުވަން ނޫޅުނިއްޔާ ރަގަޅުވާނީ އިނގޭ….” ޒަވާން ގާތަށް ޖެހިލަމުން ޒަވާންއަށް އަޑުއިވޭވަރަށް ޒަނާ ބުނެލިއެވެ. ޒަވާން ހިފާލީ ޒަނާގެ ކަންފަތުގައެވެ. ”ސްޕައި ކުރާ ކުއްޖަކަށް ދެން އެއްވެސް ކަމެއް ސިއްރެއްނުވާނެ…. އަހަންނަށް ފާރަލަމުން ދޯ މިތަނަށް ތިއައީ، އީނޫ ވެސް މިހާރު ޒީއާ ބައިވެރިވީދޯ؟….” ޒަވާން ބުންޏެވެ. އޭނަ ހުރީ ސަމާސާ މޫޑެއްގައެވެ. ހަޤީޤަތް ބޭޒާރުވިޔެއްކަމަކު އޭނަ ފަރުވާލެއް ނުބެހެއްޓިއެވެ. އޭނަ ވަނީ މިއަންނަ ހަފްތާގައި ނީރާ ގޮވައިގެން ގެއަށްދާން ނިންމާފައެވެ.

އެކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ނީރާ ވަރަކަށް އަނގަތަޅާލިއެވެ. އެހުންނަ އެކުވެރި މިޒާޖެއްގެ ސަބަބުން ނީރާގެ އެކުވެރިންގެ ލިސްޓް ނުލާހިކު ދިގެވެ. ނީރާއަށް ފޯންކޯލެއް އައިސްގެން އޭނަ ދިޔައީ ބޭރަށެވެ. ދިއުމުގެ ކުރިން ޒަވާންގެ ގައިގައި އޭނަ ބައްދާލިއެވެ.

ޒަވާންގެ ކެބިންއަށް ގޮސްލާފައި ޒަނާއާއި އީނާ ގެއަށް ދާން މިސްރާބުޖެހިއެވެ. ލިފްޓް ކައިރިއަށް ހުއްޓިލަމުން ޒަނާ ބަޓަންތަކަށް ފިތާލިއެވެ. މިނެޓެއް ވީތަނާ ހުޅުވިގެން ދިޔަ ލިފްޓް ތެރޭން ނިކުތް ނަޒްޔަކްގެ ގައިގައި ޖެހުމުން އީނާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އަރިއަޅާނުލިކަން ނަސީބެކެވެ. ނަޒްޔަކްއާ ދިމާއަށް ބަލާލުމެއްވެސް ނެތި އޭނަ ލިފްޓަށް އެރިއެވެ. އީނާ ހިތާހިތުން ކުދިކިޔަން ފެށިއެވެ.

”އީނޫގެ ފަސްފަހަތުން ދޯ ނަޒްޔަކް އުޅެނީ؟….” ޒަނާ ބުންޏެވެ.

(ނުނިމޭ)

 

 

 

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

މިއީ ލޯބީގެ ފިލްމެއް ނޫން (ސިނޮޕްސިސް)

Next

ދާފަރާ

Next
May 23, 2014

ދާފަރާ

Previews
May 22, 2014

މިއީ ލޯބީގެ ފިލްމެއް ނޫން (ސިނޮޕްސިސް)

12 Comments!

  1. މުތާ/ ސ.ހިތަދޫ says:
    May 22, 2014 at 4:40 pm

    Hey all, Mutha vvvv busy koh miulheni, last part ga huri mistakes thah inaane mihaaru rangalhu kohlaafa, thnx for letting me knw, e part proofread ves nukoh upkohli lasvedhaanethi, next part iraadhakurehviyaa saturday ga upkohladheynan 🙂 thnx all <3 mistakes thah spot kurevijeyaa angaalahchey 🙂 tc all and bye

    1. new says:
      May 24, 2014 at 9:47 am

      !!next part genesdheny kn irakuntha?? i am waitin for the next part

  2. sha says:
    May 22, 2014 at 5:32 pm

    NAZYAK AA EENA AA NUGULHUVAHCHEYY PLXX…EENA AA ALYAS MAAGULHE EYY… EKM MI PART VES VARAH SALHI

  3. shai says:
    May 22, 2014 at 6:45 pm

    v salhi but don’t inaa ah naxyak nugulhuvahchey inaa ah alyas

  4. jane says:
    May 22, 2014 at 7:15 pm

    Eena aa zavann aa maaguhey

  5. sem says:
    May 22, 2014 at 7:46 pm

    salhi..Ina & Alyas a gulhuvaany ingey…n maimoona veehaa vs avahakh heyaruvaalaba

  6. Anonymous says:
    May 22, 2014 at 8:14 pm

    There are sum mistakes … miadhu haadha kuru hen heeveyey… dhen inna bai varah dhigu kollachey inge… waiting fr the next part… and neera aky anekka kon role eh kulhey kujjeh baaa… alyas and zelyn nuguluhu vachey… avahah mi maimoonaa men bust kollaa … eyrun majaa vaane… :p … hahah … waiting impatiently fr the next part… avahah up kohdhechey….take care… i luve this story sooo much… ♡♥♡♥♡♥ … this is my first commment…. scomment nukuriyas baraabarah vaahaka kiyan… hope this story is as interesting as ur other stories

  7. eenaa says:
    May 22, 2014 at 9:11 pm

    mi prt ves vsalhi….this is my frst cmnt……btw eena nd nazyak nugulhuvahchey……

  8. Nayaal says:
    May 22, 2014 at 9:54 pm

    V.v nice story eh mi iy,, abadhuves inthizaaru kurevey mi vaahaka ah.. Dhen mibunelany Nazyak aa Eena aa nugulhuvaathi pls ingey muthaa 🙂 hy kuran honihiruga aneh part kiyaalan libeny ne kamah

  9. new says:
    May 24, 2014 at 9:34 am

    the story is nice. but dont you think this story is too dramatic. and knme myhakahvx 2 names dheefa ebain. bt still the story is nice. and i hope to see more from you GOOD LUCK

  10. sha says:
    May 24, 2014 at 3:13 pm

    mutha mi saturday nun dhw… knirakun upload kohlanyy..:P…

  11. rau says:
    May 24, 2014 at 10:58 pm

    test dhuvaskolhey dhw.meves test dhuvaskolhu viyas mivaahaka kiyaalanee.vv nice mi partves

Comments are closed.


All Right Reserved!