Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 29

laya Level 110 Stories
June 30, 2014 6 Mins Read
66 Comments

“ހހ.. ޕްރޮޕޯސަލް.. ނޯ ސަބްޖެކްޓް.. ވަޓް؟..” ވިކާޝްއަށް އެންމެ ފަހުން ލިބިފައިވާ އީމެއިލްގެ ކުރިން ލިބިފައި އިން އީމެއިލް ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސްވެފައިވާ ހިތަކާއިއެކު އޭނާ އެ މެއިލް ހުޅުވާޅީ ޝައުގުވެރިކަމާއިއެކުއެވެ. އެއީ އާލިކްގެ މެއިލްއެކެވެ. މެއިލްކޮށްފައި އިނީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

“ވިކީ.. ނުފެނިގެން ވަރަށް ހޯދާނެކަން އެނގޭ.. މިވީ ދުވަސްތަކުގަ ލައިފްގެ ހުރިހާ ކަމެއް ހޭންޑްލް ކުރަން އެނގުނު.. އެކަމު ވިޝޫ ނުލިބުން.. ވިޝޫގެ ލޯބިން މަޙްރޫމްވުން.. މަށަކަށް ޓޮލެރޭޓެއް ނުކުރެވުނު.. ވިކީ.. އަދިވެސް ވިޝޫދެކެ ލޯބިވޭ.. ވިކީއަށް މި މެއިލް ލިބޭއިރު އެއީ އެހެން މީހެއްގެ އަންބަކަށް ވެފައިވާ ފަރާތެއްކަންވެސް އެނގޭ.. އެކަމުވެސް މި ލޯތްބަކަށް ބަދަލެއް ނާދޭ.. އައި ލަވް ހާރ.. އައި ލަވް ހާރ ޓޫ މަޗް.. އެހެންވެގެން އޭނަ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން މަށަށް ނުހުރެވުނީ.. މިހާރު ބޭނުންވަނީ މިހުރިހާ ކަމަކުން ބްރޭކެއް.. ބޮޑު ބްރޭކެއް.. އެހެންވެ އެއްވެސް ގޮތަކުން ކޮންޓެކްޓް ކުރާކަށް ބޭނުމެއް ނޫން.. މި އީމެއިލްވެސް ދެން ޔޫސް އެއް ނުކުރާނަން.. ޔޫސް ކުރެވިދާނެތީ އެހެން މީހަކު ލައްވާ ޕާސްވޯޑްވެސް ބަދަލު ކުރުވާނަން.. އައި ވޯންޓް ޓު މޫވް އޯން.. ވިޝޫއާ ނުލާ އުޅެން ދަސްކުރަން.. ޕްލީޒް އިފް ޔޫ ވޯންޓް ޓު ހެލްޕް މީ.. ޕްލީޒް ހޯދަން ނޫޅޭ.. ޚަބަރެއް ނުވެ އުޅުނަސް އައި ވިލް ބީ ފައިން އިން ޝާ ﷲ.. ވިޝޫ އާ ނުލާ ވިޝޫގެ ކުރިމަތީގަ އުޅެވޭހާ ހިތްވަރު ލިބުނީމަ އަހަރެން އެނބުރި އަންނާނަން.. ޓޭކް ކެއަރ ވިކީ.. ޓޭކް ކެއަރ އޮފް ހަރ.. ކީޕް ހަރ ހެޕީ.. އާލިކް..” ވިކާޝް އާލިކްގެ މެއިލް ކިޔާ ނިންމިއިރު އިނީ ފެންކަޅިވެފައެވެ. ދެތިން ހަތަރު ފަހަރު ތަކުރާރުކޮށްލުމަށްފަހުވެސް ހަދަންވީގޮތެއް ނޭނިގިފައި ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެކި އެކި އެއްޗެހި ކިޔާފައި އެކި ފަހަރު މަތިން އެމެއިލްއަށް ރިޕްލައި ކުރެވުނު އަދަދުވެސް ނޭނގެއެވެ. ނަމަވެސް ވިކާޝްއަށް އެނގެއެވެ. އެ މެސެޖްތައް އާލިކްއާއި ހަމައަކަށް ނުފޯރާނެއެވެ. އެކަމަކު އެއްފަހަރު ނަމަވެސް އޭނާއަށް ގުޅާލެވޭނެ ނަމައެވެ. ވިޝާ އޭނާގެ އިންތިޒާރުގައި ހުރި ވާޙަކަ ބުނެވޭނެ ނަމައެވެ. ވިކާޝް ފުން ނޭވާއެއް ދޫކޮށްލަމުން ލޯ މަރާލިއެވެ. އާލިކްގެ އެ ޚަބަރު ވިޝާއާއި ހަމައަށް ފޯރުކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެދެލޯބިވެރިންނަށްޓަކައި އޭނާއަށް ކޮށްދެވޭކަށް ނެތެވެ.

ވިކާޝްގެ ފަރާތުން ލިބުނު ޚަބަރުގެ ސަބަބުން ވިޝާއަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ޝޮކެކެވެ. ތަގްދީރުވެސް އެކުޅެނީ ކޮންކަހަލަ ކުޅވަރެއް ހެއްޔެވެ؟ މިއޮށް ހުރިހާ ދުވަހު އާލިކް އޭނާގެ ލޯތްބަށް އެދެމުން ދިޔައިރު އޭނާއަށް އެކަމަށް އެއްބަހެއް ނުވެވުނެވެ. މިއަދު ހުރިހާ ހުރަސްތަކެއް ނެތި އެލޯބި ގަބޫލުކުރެވެން އޮތްދުވަހު އާލިކް ވަނީ މާ ދުރުގައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ވިޝާ ލޯ މަރާލިއެވެ. އާލިކް އޭނާއާއި ދުރަށް ދިޔަނަމަވެސް އެހިތުގައިވާ ލޯތްބަށް ކުޑަވެސް ފަނޑުކަމެއް ނާންނާނެއެވެ. އާލިކްއަށްޓަކައި ގަރުނެއް އިންތޒާރު ކުރަން ޖެހުނަސް އޭނާ އިންތިޒާރު ކުރާނެއެވެ. ދެން އޭނާގެ ހަޔާތުގައި ވޭތުވާ ކޮންމެ މިނެޓެއް، ކޮންމެ ސުކުންތެއްވެސް ވޭތުވާނީ އާލިކްގެ އިންތިޒާރުގައެވެ. އެ ލޯބީގެ އިންތިޒާރުގައެވެ. ދެންވެސް ތަގްދީރު އޭނާއަށް ކުރިމަތި ކުރުވާ ކޮންމެ ކަމަކާއި ކުރިމަތިލާނީ ހިތްވަރާއި، ހިނިތުންވުމާއިއެކުއެވެ.

 

 

ހަތަރު އަހަރު ފަސް

“އިހްސާސްތަކެއް އާވޭ ޔާރާގެ ހަނދާން ވެވުމުން

އިހްސާންތެރިކަން ހޯދާން އެކުގައިވާން އެދެމޭ

ކުރިމަގުގައި މަދަދުގާރެއްކަމުގައި އަހަރެން ދެކުމަށް

ދުރުގައި ނުވުމަށް ބުނަމުން އެކުގައިވާން އެދެމޭ

ތަސްވީރު ތިހިރަ ފެނިފައި އުފަލެއް ހިތައް ލިބުމުން

ފަސްދީފަ ދުރަށް ނުމެގޮސް އެކުގައިވާން އެދެމޭ… އެކުގައިވާން އެދެމޭ… އެކުގައިވާން އެދެމޭ…”

ވިޝާ ފުން ނޭވާއެއް ދޫކޮށްލަމުން ގަލަން ބާއްވާލިއެވެ. އެގޮތަށް ދަންވަރުގެ ވަގުތުގައި ހޭލާ އިނދެގެން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެހިތުގެ ހާލު ބަޔާންކޮށްފައި އޭނާއަށް ޅެން ލިޔެވުނު އަދަދެއްވެސް ނޭނގެއެވެ. ގޮނޑީގައި ބޯ ޖައްސާލަމުން އޭނާ މޭޒުމަތީގައި އޮތް އާލިކްގެ ތަސްވީރު ނަގާ މޭގައި ޖައްސާލިއެވެ. އެ ތަސްވީރަށް ބަލައިގެން ހިތްހަމަޖެހުން ލިބޭނަމަ ކިހާ ރަނގަޅު ހެއްޔެވެ. އެހުރިހާ ދުވަސް ވީއިރުވެސް އޭނާއަށް އަދި ވިކާޝްއަށްވެސް އާލިކްގެ އެއްވެސް ޚަބަރެއް ނުވެއެވެ.

“ކަމް ބެކް އާލް.. ކޮންތާކުތަ ތިއުޅެނީ؟..” ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިއްކާއިއެކު ވިޝާ އަތުގައި އޮތް ތަސްވީރާއި ވާޙަކަ ދެއްކީ އަސަރާއިއެކުގައެވެ.

 

 

އެގޭގެ ދޮރުމައްޗަށް އެރިއިރު އެހިތުގެ ތެޅުން އިންތިހާއަށް ބާރުވެއްޖެއެވެ. ފުން ނޭވާއެއް ލުމަށްފަހު ލޯ މަރާލަމުން އޭނާ ސިޓިންގ ރޫމުގެ އެތެރެއަށް ފުރަތަމަ ފިޔަވަޅު އެޅިއެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތާއިއެކު އެތެރއަށް ބޯދިއްކޮށްލުމުން އެހިތުގައި އަނެއްކާވެސް އެޚިޔާލުތައް އާވާން ފެށިއެވެ. އާލިކް ހިނިތުންވެލިއެވެ. އޭނާގެ ދިރިއުޅުން ބަދަލުވެ ކުރިއަށް ހިނގައިގަނެވިފައި ވީނަމަވެސް އެހިތުން އެ ޚިޔާލުތައް ފޮހެލުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެހާ ދުވަސްކޮށްލާފައި އެގެއަށް ވަދެވުމުން އެހިތަށް ބުނެދޭން ނޭނގޭ ފަދަ ގޮތްތަކެއް ވީއެވެ.

ދޮރުމަތީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އާލިކް ސަލާމް ގޮވާލިއެވެ. ވިކާޝްއަށްވެސް ސަޕްރައިޒެއް ދިނުމުގެ ގޮތުން އަންގާ ނުލާ އައުމުން އެތެރެއަށް ވަންނަން ޖެހިލުންވީ އެގޭގައި އުޅެނީ ކޮން ބައެއް ކަމެއް ޔަގީންނުވާތީއެވެ.

“އައްސަލާމް އަލައިކުމް..” އާލިކް ދެވަނަ ފަހަރަށް ސަލާމް ގޮވާލިއެވެ. އެއާއިއެކު ގޭތެރެއިން ދުވެލާފައި ދޮރާއި ދިމާއަށް އައި ލޯބި ލޯބި ކުޑަ އަންހެން ކުއްޖާ ފެނުމުން އާލިކްއަށް ހުއްޓުން އެރިއެވެ.

“ވަލައިކުމް ތަލާމް..” މައުސޫމް ގޮތަކަށް ސަލާމުގެ ޖަވާބު ދިންއިރު އެކުއްޖާގެ މޫނުމަތީގައި ބީރައްޓެހި ގޮތެއްވެސް ހުއްޓެވެ. މުށި ކުލައިގެ ދެލޮލާއި ދޮން ދޮން ވަށްމޫނު ފެނުމުން އާލިކްގެ ހިތް ލޯބިން ބަންޑުންވީ ބޭ އިޚްތިޔާރުގައެވެ. އެކުއްޖާ ވިޝާއާއި ހާދަ ވައްތަރެވެ. އަނެއްކާ އެއީ ވިޝާގެ ދަރިފުޅު ހެއްޔެވެ؟ އާލިކް ހިނިތުންވެލިއެވެ.

“މްމް.. މީ ކޮން ކުއްޖެއް؟.. ބޮޑު ކުއްޖެއް ނޫޅޭތަ ގޭގަ؟..” އާލިކް އެކުއްޖާ އުރާލަމުން އޭނާއާއި ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. އޭރުވެސް އެކުޑަކުއްޖާގެ މޫނުމަތީގައިވާ ބީރައްޓެހިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

“މީ އިތާ.. މަންމިއާއި ޑެޑީ ބަދިގޭގަ..” ތުއްތު އަޑަކުން އާލިކްއަށް ޖަވާބު ދިނުމުން އޭނާއަށް ހީނލެވުނެވެ. ބަދިގޭގައި އުޅެނީ ވިޝާއާއި ޒައިދުހެއްޔެވެ؟

“އިޝާ.. ދަރިފުޅު ކޮންކުއްޖެއްތަ ސަލާމް ގޮ.. އާލްލް..؟..” އެތެރެއިން ހަލުވި ހިނގުމެއްގައި އައި ވިކާޝްއަށް އިޝާ އުރާލައިގެން ހުރި އާލިކް ފެނުމާއިއެކު ހުއްޓުން އެރިއެވެ. ލޯ ބޮޑުކޮށްލައިގެން ޔަގީން ނުވެފައި ކަހަލަ ގޮތަކަށް ވިކާޝް އާލިކްއާއި ދިމާއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާލިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“އިޓްސް ރިއަލީ މީ ވިކީ..” އާލިކް މަޑުމަޑުން ހިނގާލާފައި ގޮސް ވިކާޝްގެ ގާތުގައި މަޑުކޮށްލުމާއިއެކު އުރުގައި އިން އިޝާ ވިކާޝްގެ ގާތަށް ދެމިގަތެވެ. އޭރުވެސް ވިކާޝް ހުރީ ހުއްޓުން އަރާފައެވެ.

“ސީރިއަސްލީ ވިކީ.. ދެން ތިހެން ހުންނާނީތަ ބަލަހައްޓައިގެން..” އާލިކް ވިކާޝްގެ ކޮނޑުގައި ޖަހާލިއެވެ.

“އާލް.. އައި.. މަށަށް މިހުރެވެނީ ހަމަ ހުވަފެނެއްހެން ހީވެފަ.. ބުނާނެ އެއްޗެއް ނޭނގިފަ.. ކޮންތާކު ކިހިނެއް މިއޮއް ހުރިހާ ދުވަހު އުޅުނީ.. އެއްފަހަރުވެސް ޚަބަރެއް ވެލިނަމަ.. ފާޑެއްގެ މެއިލްއެއް ފޮނުވާފަ.. އައި ވިލް ކިލް…” ” ވިކީ.. ވިކީ.. ދެން އިހަށް އަހަރެން ތަނެއްގަ ހަމަޖެހިލިޔަ ދޭންވީނުން.. ކިޔާ ދޭނަމޭ.. ކޮބާތަ ވައިފީ؟..” އާލިކް ހީނލަމުން ސޯފާގައި އިށީންއިރު ވިކާޝް ވިސްނަމުން ދިޔައީ އޭނާއަށް އައިސްފައިވާ ބަދަލުތަކާއި މެދުއެވެ. ލޮލުގައި އަޅާފައިވާ ނަމްބަރު އައިނާ އެކު، ފަން އިސްތަށިގަނޑުވެސް ހުރީ ތުނިކޮށް ކޮށާލާފައެވެ. އަބަދުހެން ފެޝަނަށް ލޯބިކުރާ އާލިކް ލާފައި ހުރީ އާދައިގެ ޓީޝާޓަކާއި ޖީންސެކެވެ. އޭނާގެ ބޭރުފުށް އެވަނީ މުޅިން ބަދަލުވެފައެވެ.

“ވިކީ.. އަދިވެސް ހުރީތަ؟..” ވިކާޝްއަށް ލިބިފައިވާ ހައިރާންކަން ފެނުމުން އާލިކްއަށް އަނެއްކާވެސް ހީނލެވުނެވެ.

“އަނނ.. ލިމްމް.. އާދެބަ މިކޮޅަށް.. ދަރިފުޅު ދޭބަ މަންމިއަށް ގޮވާލަން..” އުރުގައި އިން އިޝާ ބަހައްޓާލަމުން ވިކާޝްއަށް ވާހަކަ ދެއްކިއެވެ. އެއާއިއެކު ލޯބި ހީނލުމަކާއިއެކު ދުވެލާފައި ދިޔަ އިޝާގެ ހަރަކާތްކަށް ބަލަހައްޓައިގެން އިން އާލިކް ހިނިތުންވެލިއެވެ. ވިޝާއާއި ވައްތަރު ނަމަވެސް އެއީ ވިކާޝްގެ ދަރިފުޅުތާއެވެ.

“އެންމެ ކުއްޖެއްތަ އަދި ލިބުނީ..” ވިކާޝް ސޯފާގައި އިށީނދެލުމާއިއެކު އާލިކް ވާޙަކަ ދެއްކީ އާދައިގެ ގޮތަކަށެވެ.

“އާލް ނުޖެހޭނެ ތިހެން އަހާކަށް.. އެނގޭތަ ލިމް ޕްރެގްވީމަވެސް އެ ޚަބަރު އާލްއަށް ދޭހިތްވީވަރު..” ވިކާޝް ދެބުމަ ގޮށްޖަހާލައިގެން އިނދެ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“މަށަކަށްވެސް ފަސޭހައެއް ނޫނޭ.. އެކަމު އެހެން ގޮތެއް ނެތިގެން ދޯ މަ ދިޔައީ.. ބައެއްގެ ދިރިއުޅުން ހަލާކު ނުކުރަން..” އާލިކްގެ އަޑުގައި ހުރި އަސަރުން އަދިވެސް އޭނާގެ ހިތުގައި ވިޝާއަށްޓަކައި މަގާމެއް ވާކަމުގައި ވިކާޝްގެ ހިތް ބުނެލިއެވެ.

“ކިހިނެތްވީތަ ވިކީ.. ކަމެއް… އާ..ލި ކް ސަރ؟..” ބަދިގެތެރެއިން ނުކުމެގެން އައި ލިމްނާއަށް އާލިކް ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ.

“އަދިވެސް ސަރ ތަ ކިޔަނީ.. ލިމް ކިހިނެއްތަ؟..” އާލިކް ރަހްމަތްތެރި ރާގަކަށް ވާޙަކަ ދެއްކުމުން ލިމްނާ ހައިރާންވެފައި ބަލާލީ ވިކާޝްގެ މޫނަށެވެ. އެވަގުތު ވިކާޝް ހިނިތުންވެލަމުން ބޯ ޖަހާލީ އެއީ ހަމަ ހަގީގަތެކޭ ބުނާ ފަދަ ގޮތަކަށެވެ.

“އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން.. މަޑުކުރައްޗޭ..” ލިމްނާ އުފާވެރި ހިނިތުންވުމަކާއިއެކު އެނބުރި ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ.

“ދެން ބުނެބަލަ .. ކޮންތާކު ކިހިނެއް އުޅެފަހޭ ތިޔައީ.. ބަލާބަލަ ޗޭންޖް ވެލާފަ ހުރިވަރު..” ވިކާޝް އަނެއްކާވެސް އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ. އެތައް ދުވަހަކަށްފަހު އެކުވެރިޔާ ފެނުމުން އޭނާގެ މޫނުމަތީގައިވަނީ އުފާވެރި ހިނިތުންވުމެކެވެ.

“ޗޭންޖަކަށޭ ދިޔައީ.. ދެން ޗޭންޖް ވާނެއެއްނު.. ފުރަތަމަ ދޮޅު އަހަރު އުޅުނީ ވަރަށް ހާލުގަ.. އެކި ތަންތަނުގަ.. ކިތަންމެ ފަހަރަކު އެނބުރި އަންނަންވެސް އުޅުނިން.. އެކަމު ހަމަ ހިތަށް އަރަނީ ވިޝޫއާއި ދުރުވާންވެގެންނޭ އައީ.. އެހެންވީމަ ހިތްވަރު ކުރާނީއޭ.. ދެން ނިއުޒިލެންޑަށް ދެވުނީ އެހެން އުޅެމުން ދިމާވި ރައްޓެއްސަކާއެކު.. އެތަނުގަ ހަރުލީ.. އޭނާގެ އެހީގަ ޖޮބެއްވެސް ލިބުނީ.. ދެން ހަމަ މޫވް އޯން ކުރަން ކުރެވުނު ހުރިހާ ކަމެއް ކުރީ.. ހަމަ ހިތަށް އެރީ ވިޝޫ ފެންނަ ހިސާބުގަ އުޅެން ޖެހުނަސް އުޅެވޭނެ ކަމުގެ ޔަގީންކަން ލިބުނީމައޭ އެނބުރި ދާނީ.. އެންޑް ނައު.. އައި ޑިޑް އިޓް އެންޑް އޭމް ހިއަރ..” އާލިކް ހިނިތުންވެލައިގެން އިނދެ ދެއްކި ވާޙަކަތަކުން ވިކާޝް އިނީ ނުތަނަވަސްވެފައެވެ. އާލިކް އަނެއްކާ ޒަވާޖީ ހަޔާތެއްވެސް ފެށީ ހެއްޔެވެ؟

“ދެން ތިއައީތަ މިކޮޅަށް އެއްކޮށް؟..” ވިކާޝް އަހާލިއެވެ. އޭރު ލިމްނާ ތަބަކެއްގައި ޖޫހާއިއެކު ބިސްކޯދު ހިފައިގެން އަތުވެއްޖެއެވެ. އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ކުޑަ ކުޑަ އިޝާވެސް އައެވެ.

“ހޫމްމް.. ލިމް އަދިވެސް އުޅެނީ އޮފީހުގަތަ.. ކިހިނެއް އޮފީހުގެ ކަންތައްތައް..” އާލިކް ވިކާޝްގެ ސުވާލަށް ފަރުވާކުޑަ ޖަވާބެއް ދިނުމަށްފަހު ވާޙަކަ ދައްކަންފެށީ ލިމްނާއާއިއެވެ.

“ނޫނޭ.. އިޝާ ލިބުނީމަ އޮފީހުން ކެނޑުނީ.. އޮފީސް ހަމަ ބަރާބަރެއްނު..” ލިމްނާ ހީނލާފައި އިނދެ އިޝާ އުނގަށް ލަމުން ބުނެލިއެވެ.

“ޅަދަރިމައިވީމަ އޮފީހަށް ދެވޭތަ ދޯ ލިމް.. މިހާރު ތި އޮފީސް ވަރަށް ކުރިއަށް ޖައްސާލައިފި.. އާލްގެ މަގާމުގަ ހުންނަނީ ސިންގަޕޫރު ކުއްޖެއް..” ވިކާޝް ލިމްނާއާއި ބައިވެރިވެލަމުން ބުނެލިއެވެ. އޭރު އާލިކްގެ ނަޒަރު ހުއްޓިފައި ހުރީ ކުޑަ ކުޑަ އިޝާގެ ހަރަކާތްކަށެވެ. އެމޫނުކޮޅު ފެނުމުން ވިޝާ ސިފަވަނީއެވެ.

“ވިޝޫއާ ހާދަ ވައްތަރޭ.. މަ ހީކުރީ ވިޝޫގެ ދަރިފުޅުކަމަށް ފުރަތަމަ..” ޚިޔާލުގައި އިނދެ އާލިކް ބުނެލި އެއްޗަކުން ވިކާޝްއަށާއި ލިމްނާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

“ހުމްމް.. އެންމެންނަށްވެސް ހީވަނީ ވިޝޫގެ ކުއްޖެއްކަމަށް.. އެއީ ދޮންތިގެ ދަރިފުޅެކޭ ދޯ ދަރިފުޅޫ..” ވިކާޝް ކުޑަކުޑަ އިޝާއަށް ބުނެލިއެވެ.

“ދެން ވިޝޫއަށް ކުއްޖަކު ނުލިބޭތަ؟” އާލިކް ޝައުގުވެރިކަމާއިއެކު ދެން ކޮށްލި ސުވާލުން ވިކާޝްއަށާއި ލިމްނާ އަނެއްކާވެސް ބަލާލީ އެކަކު އަނެކަކުގެ މޫނަށެވެ.

“ވިޝޫއަށް ކިހިނެއް ކުއްޖަކު ލިބޭނީ؟..” ވިކާޝް މާނަފުން ގޮތަކަށް އާލިކްއަށް ބަލާލަމުން ބުނެލި އެއްޗަކުން އާލިކްގެ މޫނަށް ވެރިވީ ހައިރާންކަމެވެ. އަނެއްކާ ވިޝާ ރަނގަޅު ހެއްޔެވެ؟

“އެޔޯ؟.. އޭނައަށް ކިހިނެއްވީ؟.. އިޒް އެވްރިތިންގ ފައިން؟..” އާލިކް އަވަސް އަވަހަށް އަހާލިއެވެ. އެއާއިއެކު ވިކާޝް މޫނުމަތީގައި އަތް ހާކާލި ގޮތުން އާލިކްގެ ހިތުގައި އިތުރަށް ނުތަނަވަސްކަން އުފެދުނެވެ. އަނެއްކާ ވިޝާއަށް ކަމެއް ވީ ހެއްޔެވެ؟ އޭނާގެ ދިރިއުޅުން އުފާވެރި ނޫނީ ހެއްޔެވެ؟ ޒައިދު އޭނާއަށް ރަނގަޅު ނޫނީ ހެއްޔެވެ؟ ވިޝާ ބަލިވީ ހެއްޔެވެ؟ ސުވާލަކަށްފަހު ސުވާލެއް އެހިތުގައި އުފެދެމުން ދިޔައިރު ހަގީގަތުގައި ކަން އޮތްގޮތުގެ ކުޑަވެސް ޚިޔާލެއް އޭނާގެ ނުވެއެވެ.

“އާލް.. ވިޝޫ..” “ކިހިނެއްތަ ވީ ވިޝޫއަށް.. އިޒް ޝީ އޯކޭ؟..” ވިކާޝް ވާހަކަ ދައްކަން ފެށުމާއިއެކު ކެތްމަދުވެފައި އިން އާލިކް އަހާލިއެވެ.

“ޝީ އިޒް ފައިން.. އެހެން ނޫނަސް އާލް އޭނަމަތިން ހަނދާން ނައްތާލައިގެން ހުރި މީހަކު ކީކުރަން ތިއަހަނީ؟..” ވިކާޝް ވިސްނުންތެރި ގޮތަކަށް އަހާލިއެވެ.

“ހަނދާން ނައްތާލީއެއް ނޫނޭ.. ހަމަ އެކަނި ވިޝޫއާއި ނުލާ އުޅެން ދަސްކުރީ.. އައި ސްޓިލް ލަވް ހަރ..” އާލިކްގެ ޖަވާބު އަޑު އިވުމުން ވިކާޝްގެ ތުންފަތުގައި ދުވެލީ ހިނިތިންވުމެކެވެ. އޭނާގެ ލޯބިވާ ކޮއްކޮގެ އިންތިޒާރު ނިމުމުގެ ވަގުތު ޖެހުނީ ހެއްޔެވެ؟

“ވިޝޫވެސް އާލްދެކެ ލޯބިވޭ..” ވިކާޝް ހަމަޖެހިލައިގެން އިނދެ ދެން ބުނެލި އެއްޗަކުން އާލިކްގެ ހަރަކާތްތަށް ހުއްޓުނެވެ.

“ވަޓް؟.. މީ ދެން މަޖާކުރަންވީ ގަޑިއެއް ނޫނޭ.. ވިޝޫ އިޒް މެރީޑް.. އޭނަ ލޯބިވާނީ އޭނާގެ ފިރިމީހާ ދެކެއެއްނު..” “ވިޝޫ މެރީއެއް ނުކުރެއޭ.. އޭނަ ލޯބިވަނީ އާލްދެކެ.. ވިޝޫ އާލްއަށް ހާދަ އިންތިޒާރެއް ކޮށްފިއޭ..” އާލިކްގެ ވާހަކައިގެ މެދުން ވިކާޝް ވާހަކަ ދެއްކުމުން އާލިކްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއޮއް ހުރިހާ ދުވަހު އޭނާގެ ވިޝޫއާއި ދުރުގައި އުޅެގެން ކުރެވުނީ ބޭކާރު މަސައްކަތެއް ހެއްޔެވެ؟

“އެކަމު.. އޭރު.. އޭރު އުޅުނީ ޒައިދުއާ..” “އުޅުނޭ.. އެކަމު މެރީއެއް ނުކުރެއޭ…” ވިކާޝް މީގެ ހަތަރު އަހަރު ކުރިން ކަން ވީގޮތް އާލިކްއަށް ކިޔައިދިނުމުން އާލިކްއަށް ހީވީ މީހަކު އޭނާގެ ކަރުގައި ހިފީ ހެންނެވެ. ވިޝާ އޭނާއަށްޓކައި ހާދަ ހިތްދަތިކަމަކާއި ކުރިމަތިލައިފިއެވެ. ހާދަ ދިގު އިންތިޒާރެކެވެ. އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.

“ވަރަށް މަސައްކަތް ކުރޭ އާލް ހޯދަން.. އިންތިޒާރުގަ ހުރި ވާހަކަ އަންގަން.. ނަސޭހަތް ދީ ދީ ވެސް އެހެން ދިރިއުޅުމެއް ފަށަން ގަބޫލެއް ނުވި.. އާލް އަންނާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮންނަހެން ހީވަނީ..” ވިކާޝް އަސަރާއިއެކު އޭނާގެ ކޮއްކޮގެ ހާލަތު އޮޅުން ފިލުވައިދިނއިރު އާލިކްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނެނގިފައެވެ. ހަގީގަތުގައިވެސް އޭނާގެ ލޯބިވާ ވިޝޫ އޭނާއަށް ލިބެނީ ހެއްޔެވެ؟ ދުވަހެއްގައިވެސް ވާނޭކަމަށް އުންމީދުކުރި ކަމެއް ނޫނެވެ.

“ދެން މިހާރު ވިޝޫ ކޮބާ؟..” އާލިކް ކުރެހިފައިވާ އަޑަކުން އަހާލިއެވެ.

“އޮފީހުގަ.. އަދިވެސް އެ އޮފީހުގަ އުޅެނީ.. ޝީ އިޒް ސޯ ސްޓްރޯންގް” ވިކާޝް ހިނިތުންވެލަމުން އެހެނަސް އަސަރާއިއެކު ބުނެލިއެވެ. ދެން ވޭތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އާލިކް މޫނުގައި އަތް އަޅާލައިގެން އިން އިރު އޭނާގެ ހިތަށް ކުރާނެ އަސަރު އިހުސާސް ވުމުން ވިކާޝްއާއި ލިމްނާވެސް ތިބީ އެއްޗެއް ބުނަން ބޭނުން ނުވެފައެވެ.

“ވިކީ..” ކުއްލިއަކަށް އާލިކް ކޮޅަށް ތެދުވަމުން ބުނެލިއެވެ.

“ވިޝޫ ކާރި ނުބުނާތި އަހަރެން އައި ވާހަކަ.. ސަޕްރައިޒެއް ދޭން ބޭނުމީ.. މިރޭ ގުޅާފަ ބުނާނަށް ހަދަންވީގޮތް.. ދެން އިހަށް ދަނީ..” ވިކާޝްގެ ނަމްބަރު ފޯނުގައި ސޭވް ކޮށްލަމުން އާލިކް ހަލުވި ފިޔަވަޅުތަކެއްގައި އެގެއިން ނުކުމެގެން ދިޔައީ ވިކާޝްގެ މޫނަށް ހިނިތުންވުމެއް ގެނުވާފައެވެ. މިހާރު އޭނާގެ އުންމީދަކީ ވިޝާއާއި އާލިކް ވީހާވެސް އަވަހަކަށް ކައިވެނި ކުރުމެވެ. އޭނާ ހިތާއިހިތުން މާތް ﷲ އަށް ޝުކުރުވެރިވިއެވެ.

ނުނިމޭ

 

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…38

Next

މަންމަގެ ޑައިރީ 18 ވަނަ ބައި (ޝާލިން)

Next
June 30, 2014

މަންމަގެ ޑައިރީ 18 ވަނަ ބައި (ޝާލިން)

Previews
June 29, 2014

އޯގާވީ ހިތަކުން…38

66 Comments!

  1. Jayaal says:
    June 30, 2014 at 4:33 pm

    Oh.. Layaaa Konthaaku ulhefatha thi aee? Haadha miss viey.. Mipart ves so nice. Ramadan Mubarak. Dhen othy 1 part or last part dhoa? Layaa baliveetha?

  2. މަރީ says:
    June 30, 2014 at 4:48 pm

    ތެންކިއު ލަޔާ. ކޮންމެ ދުވަހަކު އެތައް އެތައް ފަހަރަކު ބެލޭ މި ވާހަކަ އަޕްވެފައި އިންތޯ. އެންމެފަހުން އަޕްވެފައި މި އިނީ. ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅެ ދެން މެދުނުކަނޑާ ގެނެސްދެއްޗޭ އިނގޭ ޕްލީޒް.

  3. mary says:
    June 30, 2014 at 4:52 pm

    thank you laya varah varah bodah. mi vaaahaka upload vefai intho konmme dhuvahaku ethah faharaku beley. enmmefahun upvefai dho mi inee. thank you. Rmazan mubaarak. dhen medhu nukandaa alhe genesdehchey ingey pls.

  4. Ainy says:
    June 30, 2014 at 5:01 pm

    haadha dhigu inthizareh kuruvaafa thi genes dhiny. dhen next part kondhuvahakun genes dheyny. eha inthizaru nukuruvanchey ingey

  5. nysh says:
    June 30, 2014 at 5:30 pm

    Haadha lahakun. Vvv inthizaaru kohffin mivahakayah.vv nice. Last part thankolheh avahah genesdhechey igey

  6. Haxu says:
    June 30, 2014 at 5:32 pm

    Alhey layaa knthaaku ulhefatha thi aee.. miadhu hama couxin eh kairy mi ky adhivx mi story up nuvaavaahaka ky irah hama thi up kury.. laya haaadha rangalhe.. alhe mi vaahaka nimen dhw miulheni waiting 4 the nxt part gud luk.. luv this story.. avahah anehbai up kurahche :* <3..

  7. bubbles says:
    June 30, 2014 at 8:37 pm

    Masha allah v nice mi part ves.. ekam heevany kurukohllaafa avahah nimmalan ulgeyhen..

  8. no one says:
    July 1, 2014 at 12:34 pm

    Laya dear…! Masha Allah varah reethi…. I mean story… Please Ava’s aruvaalaafa ninmaa nulache ngey… Plus dhn aal luvr nd vishoo sweetie ge part v loabi kurache… Aaand plx up asap..

  9. no one says:
    July 1, 2014 at 12:34 pm

    Laya dear…! Masha Allah varah reethi…. I mean story… Please Ava’s aruvaalaafa ninmaa nulache ngey… Plus dhn aal luvr nd vishoo sweetie ge part v loabi kurache… Aaand plx up asap..

  10. އަނާ says:
    July 2, 2014 at 11:45 am

    ރަމްޟާން މުބާރަކް……….. ކޮންމެ ދުވަހަކުހެން ބަލަން އަޕް ކުރޭތޯ……. މި ސްޓޯރީ ވަރަށް ކިޔާހިތްވޭ އެހްނެވެބެލެނީވެސް،،،، ދެން އެހާ ލަސް ނުކުރާނެ ކަމަށް މި އުއްމީދު ކުރަނީ……….

  11. ram says:
    July 2, 2014 at 8:22 pm

    Vaahaka liyun huttaalumah varah aadheyha eku layaa ah govaalan kiyuntherige ihusaas neygey writers ge stories kiyumuge beynumeh nei

    1. :) h says:
      July 20, 2014 at 3:30 pm

      kommehen nujehey kaley bunegen vaahaka liyun hutaakah laya ah…kaleytheekaaku thivahtharah amurukuran…thigey meehunnah thivahtharah amurukuran veenun maarangalhuvaane ehgoi…laya baby beynun dhuvahakun vaahaka liyaanee dhoh laya baby,,,,,,,, kekekekekekek

    2. :) h says:
      July 20, 2014 at 3:32 pm

      RAM saaf vejje dhoh kale ah mihaaru..dhen anganugalhaa maythiri vegen hunnaathi…ok fuck thet.

  12. you me says:
    July 3, 2014 at 11:49 am

    ramadhan mubaarak…..

  13. you me says:
    July 3, 2014 at 11:51 am

    vishaa aal ah aal vishaa ah inthiizaaru nukuraa varah aharun mi story upload vey tho inthizaaru kuran.. dhn ehaa dhigu inthizaaru kuran nujahsahchey LAYAA

  14. sem says:
    July 5, 2014 at 8:21 pm

    v salhi mi sotry…next part knirakn baa

  15. Faathun says:
    July 5, 2014 at 8:33 pm

    Alhe aneh bai genes dhyba. Please please please

  16. grl says:
    July 6, 2014 at 11:54 pm

    Meege aneh bai ahna ramaxan ga kahneynge genesdheynee hadhaan netheyhaa kohfa kohme faharaku up wany vrh fooohi

  17. sha says:
    July 14, 2014 at 11:40 am

    plz upload the next part soon 🙂

  18. naal says:
    July 14, 2014 at 12:47 pm

    layAa .. Mioh roadha mas ves dhebaivee. Adhives nuvey tha aneh part up kuraakah? Mi vaahaka kiyaahithun ketheh nuveyey

  19. SHA says:
    July 16, 2014 at 8:56 am

    KON IRAKUN THA UP KURANEE…VARAH KIYAAHIY VEY…AVAS KOHDHEEBALA

  20. Naanu says:
    July 16, 2014 at 11:30 am

    kon irakun aneh part? V las ..nu kurevenyaa huttaalabala

  21. ifa says:
    August 2, 2014 at 1:12 pm

    ……kon irakun aneh part….v reethi story eh mi

  22. Me ( Shifu) says:
    August 8, 2014 at 1:37 pm

    Layaa, pls pls pls mivaahaka up kohdheebala. Eyrun me varahsalhi vaahaka eh up kohdheynan mi sitah.

  23. ma says:
    August 8, 2014 at 5:12 pm

    dhn laya vaahaka up nukuriyas me thibuna vahakaeh up kohbala. lol

  24. Me shifu says:
    August 8, 2014 at 5:56 pm

    Enme part eh up kohdheynan shifuge vaahaka fashaanan. Inshallah Allah

  25. Me shifu says:
    August 8, 2014 at 5:57 pm

    Kohdheyirah

  26. ma says:
    August 8, 2014 at 6:56 pm

    dhn me ge vaahaka up nukoh madu kuruma laya ge vaahaka up kuruma othy kn gulhumehtha? thi buna ehchakun heevany laya vaahaka up nukurany kiyaalan reethi ehn vaahaka eh meehaku up nukuraathy hen, ajaibu.. :p

  27. Laya says:
    August 20, 2014 at 10:16 am

    މަށަށްދެން މި ޥަހަކަ ކުރިޔަށް ގެންދާނެ ގޮތެއް ނޭނގޭތީ ހުއްޓާލީ. ސޮރީ…! ހުރިހާ ކިޔުންތެރިންނަށްވެސް. މިހެންވެސް ބައެއް ފަހަރުވާނެ. ހުރިހާ އެންމެންވެސް އަންޑަސްޓޭންޑް ވާނެ ކަމަށް އުންމީދުކުރަން. ވާހަކައަށް މިއަދާ ހަމަޔަށް ދެއްވި ތަރުޙީބަށް ޝުކުރު ދަންނަވަން. ދެން ކޮމެންޓް ނުކުރައްވާތި!

    1. Reader says:
      February 26, 2016 at 8:39 pm

      kae mennah vaahaka up nukurevenyaa vaahaka liyaane kameh neh.. ehaa kiyaa hithun hureema ess mee vaa varu.. bodu kamehnu.. stop writing stories b**ch**..

    2. Mikky says:
      May 25, 2016 at 10:13 pm

      dhen gayah c laa.. athah govee ey bunebaa dw FAKE Laya

  28. ina says:
    August 21, 2014 at 11:06 am

    chy chy chy :/v v v v v fake liyuntherieh thy.. 🙂 thihen vaahaka liyaane kameh nei 😛 laya u jxt cnt b a gud writer. so jxt 4gt abt it. 😛 huh.. ehnve bunany shine n muthaa are the best author’s ey 😀

  29. kada says:
    September 4, 2014 at 11:27 am

    .mee haadha kada myhekey dhw kameh wiyas bunelun ragalhuwaane kanneynge..vaahaka liyumaky warah hih waru hunna myhakah kureveyne kameh..

  30. laana says:
    September 12, 2014 at 12:56 pm

    ei real laya kameh kihineh ingenyy ?????????????????????????????

  31. Aish says:
    October 5, 2014 at 7:27 pm

    Alhey laya what are you doing? honestly, you are one of my favorite dhiv writers of all time. I liked your previous story posted on araamagu.com too. You are really talented. But i’m very very disappointed by you. If you aren’t able to complete the story because of any problem, the it’d be nice to inform us readers about it so that we can stop waiting for the story to be updated.
    I’m still looking forward to a new part. Cuz, well, this is prolly one of the best stories i’ve ever read.
    PLEASE UPDATE!

  32. Aisha says:
    October 5, 2014 at 7:29 pm

    Alhey laya what are you doing? honestly, you are one of my favorite dhiv writers of all time. I liked your previous story posted on araamagu.com too. You are really talented. But i’m very very disappointed by you. If you aren’t able to complete the story because of any problem, the it’d be nice to inform us readers about it so that we can stop waiting for the story to be updated.
    I’m still looking forward to a new part. Cuz, well, this is prolly one of the best stories i’ve ever read.
    PLEASE UPDATE!

  33. FATHUN says:
    November 20, 2014 at 9:58 am

    Please mi vahaka avahah up kohlaba dhen miharu kithah dhuvas e v

  34. min says:
    December 7, 2014 at 2:13 pm

    can anyone tell me dhivehi story sites?????

  35. aii says:
    December 12, 2014 at 9:38 pm

    mysthakuney ei story writerge komenteh nun…story writer ge coments hunany green koh…layaa pls habareh veba…mi story varah kiyahiyvey…i hav faith on u..adhives uovanekamah mibalany…

  36. arits says:
    April 23, 2015 at 8:16 am

    alhe mi story ge nunimi in bai dhen nufennaane tha layaa..ary mee laya ge story thah v kiyaa hiy vaa kuhjje alhe konmes sitakun layaa ge story kiyaalan libeyne gothe hadhaala dheebala plx plx

  37. dhynya says:
    September 3, 2015 at 8:30 am

    Layaaaaaaaaaaaaaaaaaaa plx continue the story. Plx v r still waiting plx

  38. kiyuntheriyaa says:
    September 23, 2015 at 2:38 pm

    i want to finish reading this story.. i had always loved and enjoyed reading this story….

  39. kennukbee says:
    November 1, 2015 at 4:59 pm

    layaaaaa plx continue the story plx plx plx ??? layaa ge name ga fake layaa eh eyny cmnt kohfa. eyna huri gudu ge name ga ves kohfa dhyvaana loabin vehjey stry ga n ehen story eh gaves. huh ehen myhunnge name ga kyvetha thi comment thikurany fake layaa. if u dnt knw anything jst keep ur mouth shut.

  40. Me says:
    June 4, 2016 at 7:14 pm

    Admin kantha mee

  41. sh says:
    June 20, 2016 at 11:42 am

    mi storey then kuri ah nugendhanee tha???

  42. ކުޑީ says:
    July 2, 2016 at 2:19 pm

    މި ވާހަކައިގެ އެހެނ ބައިތައް ނުގެނެސް ދެނީ ކޯއްވެ. ވަރަށ ރީތި ވާހަކަ އެއް. ވަރަށް އިންތިޒާރު ކުރެވޭ މި ވާހަކަ އަޕް ވޭތޯ… ޕްލީޒް ލަޔާ. މި ވާހަކައިގެ އެެހެނ ބައިތައް ގެނެސް ދީބަލަ 🙁

  43. Lim says:
    July 12, 2016 at 12:00 am

    Alhey..Layaaaaaa…
    Haadha reethi stry ekey…vvvv kiyaahithun mihiree..
    Please please vaahaka continue kobbala….
    Anekka Layaa dhuniyeyga ebaintha???

  44. Nanni says:
    August 29, 2016 at 8:54 pm

    Pls up kobba mi story vvvv reethi.

  45. Khajjaa says:
    October 31, 2016 at 8:32 pm

    Kihaa dherakameh story aehkoh nuliyanna dhen story genes nudheythi

  46. koo says:
    November 10, 2016 at 2:18 pm

    kobaatha meege next

  47. Ainth says:
    November 26, 2016 at 12:03 pm

    Alha mi vaahaka anah baitha genes dhey bala plx plx plx plx plx plx

  48. Khajja says:
    December 18, 2016 at 1:00 am

    Alhe layaa mivaahaka nimmaaladhee puleeeeeeeeeeeeeeeeez

  49. ainy says:
    December 18, 2016 at 2:44 pm

    alhe layaa kobaaitha darlin. pls pls ebaulhentha. alhe mee mihaatnah kiyunu enmme reethi vaahaka. mieethi dhen huri baithah up kodheebala pllsss

  50. layaaaa says:
    December 18, 2016 at 2:46 pm

    alhe mi site ge admin ah ves oi varah varah bodu request eh mee. layaa kairee bunedheebala mi vaahaka upkohdheebalaashey. pls pls pls pls pls

  51. Pretty angel says:
    March 12, 2017 at 4:04 am

    I love this story .. Can you please upload the next part .. ❤️

  52. Afaan says:
    April 25, 2017 at 12:57 pm

    Ale Layaa dhooni vaahaka upkohladheeba. pls pls pls…

  53. Anonymous says:
    June 12, 2017 at 3:18 pm

    Mi vaahakaige next part upkohdheeba avaha plx plx

  54. ޒައިމާ says:
    July 3, 2017 at 10:43 am

    އަޅޭ މި ވަހަކަ އަޕްލޯޑު ކޮއްދެއްވަބަލަ ހާދަ ރީތި ވާހަކަ އެކޭ ޕްލީޒްޒް…

  55. Maa says:
    July 16, 2017 at 5:06 am

    Eagerly waiting for next part

  56. unknown says:
    September 10, 2017 at 3:45 pm

    Alhe layaa plx up kohdheebaaa

  57. sheen says:
    September 11, 2017 at 9:10 am

    Alhe mivaahaka ekkoh kiyaalan beynun.. haadha inthizaareh eba kuramey.. plx plx plx mi vaahaka genesdheeba ekkoh. Plx laya and esfiya

  58. Ismeril says:
    November 13, 2017 at 12:49 am

    mi vaahaka continue nukurany baa?

  59. Aminath says:
    October 15, 2018 at 5:08 pm

    Mi vaahaka hama kiyaalan nulibeyne baa?? ??

  60. Mishku says:
    October 24, 2018 at 5:33 pm

    Kobaa mivaahaka haadha gina dhuvaeh vehjeyey theetha meehun vaahahaka liyaavahtahru huri haa part eh up nukohdhevenyaa vaahaka up nukureeyah rangalhee and haadha gia dhuvahekey evy laya mishoo unmeedhu kurany veehaves avahakah mi vaahaka up koh nimaalumah adhuves ehfaru mi vahakah inthizaaru kuraanan pls avah up kohdheebala eh part namaves waitting for next part!

  61. avas says:
    December 26, 2018 at 9:47 pm

    Laya baynun vanee yaara ves nimuneenu dhen mivaahaka ninmma bala pls pls pls

  62. Aisha says:
    October 15, 2019 at 7:19 am

    Still I am waiting for this story but sadly it didn’t update….☹️☹️☹️

Comments are closed.


All Right Reserved!