މަންމަގެ ޑައިރީ 17 ވަނަ ބައި
ޝާލީ މަޑުމަޑުން ހަރަކާތް ކުރަން ފެށިއެވެ. އަދި ޑައިރީގެ ތެރޭގައި މަންމަ ރައްކާކޮށް ފޮރުވާފައިއެވާ ހަގީގަތް ނޭނގޭ ތަޅުދަނޑި ނެގިއެވެ. އަދި މެއާއި ޖައްސާ ބާރުކޮށްލަމުން އެއީ ކޮންތަނެއްގެ ތަޅުދަނޑިއެއްތޯ ހިތާ ހިތާ ސުވާލުކުރަމުން ދިޔައެވެ. ހީވަނީ ޝާލީ އޭނާ ބޭނުންވާގޮތް ނިންމީހެނެވެ. މަންމަ ބުނިފަދައިން ދެ މަގުން އޭނާ ޚިޔާރުކުރާ މަގު ޚިޔާރުކޮށް ނިންމާ އެމަގުގައި ކުރިއަށް ދާން މަސައްކަތް ފެށީހެން ހީވާން ފެށިއެވެ. ޝާލީ އެ ކުޑަކުޑަ ތަޅުދަނޑި ނަގާ އޭނާގެ ކަރުގައި އޮތް ފަށަށް އަމުނާލާ ފަށަފުލަކަށް ހަދާލިއެވެ. އަދި މަންމަ ދިން ތަޅުދަނޑިއާއި ދޭތެރޭ ވިސްނަމުން އެ ތަޅުދަނޑި ރައްކާކޮށްފައި އޮތް ބަޑޭރިގަނޑަށް ނަޒަރު ހިންގަމުން ދިޔައެވެ. ޝާލީގެ ނަޒަރު ގޮސް ހުއްޓުނީ ތަޅުދަނޑި ހަމަ ޖެއްސުމަށް ކަނޑާ ނަގާފައިވާ ބަޑޭރިގަނޑުގައި ކުރަހާފައިވާ ޗާޓަށެވެ. ޝާލީ އެތައް ގޮތަކަށް އަނބުރާ ވިސްނަމުން އެކިތަނުން އެކިބައި ގުޅުވަމުން ޖައްސަމުން ގެންދިޔައީ އެ ޗާޓުން މާނައެއް ދޭހަވާ ގޮތް ވޭތޯއެވެ. އޭނާއަށް އެނގޭ ތަންތަން ހުރީމައެވެ.
ޗާޓް ހިތުދަސްވާވަރަށް ބެލުމުން ޝާލީއަށް އެނގުނީ އެއީ ޝާލީގެ އަމިއްލަ ގޭގެ ޗާޓް ކަން ކަމުގައެވެ. އޭނާ އުޅޭ ކޮޓަރިއާއި ސިޓިންރޫމެވެ. ކޮޓަރީގައި އަތުރާފާއިވާ ތަކެތި ހަމަ އެތަންތަނުގައި ފާހަގަ ކޮށްފައި ހުއްޓެވެ. ޝާލީ އަވަސް އަވަހަށް މަންމަ ފާހަގަ ކޮށްދީފައިވާ ތަންތަން ޗާޓުން ފާހަގަ ކުރަމުން ދިޔައެވެ. އަދި އަލަމާރީގެ އެންމެ އެތެރެ ދޮރުފަތް ހުރިހިސާބު ވަކިން ފާހަގަ ކޮށްފާއިވާކަން އިސާހިތަކު އޭނާ ދަމާގަތެވެ. މަންމަގެ ޗާޓުން ޝާލީއަށް ލިބޭނީ ކޮންއެއްޗެއް ކަމެއްވެސް ނޭނގޭއިރުވެސް ޝާލީ އެ އަލަމާރިއާއި ދިމާލަށް އަވަސްއަވަހަށް ހިނގައިގަތެވެ. އަދި އެދޮރުފަތް ހުޅުވާ ބަލާލިއެވެ.
ދުވާލަކު އެތައް ފަހަރަކު ތަކުރާރުކޮށް ހުޅުވާލައްޕާ މި ދޮރުފަތް، މިފަހަރު ޝާލީ ހުޅުވާލީ މަންމަގެ އިތުރު މެސެޖެއް ލިބޭތޯއެވެ. އެކަމަކު ޝާލީއަށް މިފަހަރުވެސް ފެންނަނީ އޭނާއަށް މީގެ ކުރިންވެސް ފެންނަ އެއްޗެއްސެވެ. އޭނާ ކޮނޑުގައި އަޅުވާފައި ބަހައްޓާފައި ހުރި ހެދުންތަކާއި ކޮންމެ ދުވަހަކު ސުކޫލަށް ދާން ލާން ޔުނީފޯމެވެ. އަދި އެންމެ ތިރީގައި ތަރުތިބުން ބަހައްޓާފައި ހުރި އޭނާގެ ފޮތްތަކެވެ. މަންމަ ދުނިޔޭގައި މަންމަގެ އެހީއާއި އެކީ ބެހެއްޓި ގްރޭޑް 8 އަދި 9 ގެ ފޮތް ތަކެވެ.
ޝާލީއަށް އެ އަލަމާރިން އިތުރު އެއްޗެއް ނުފެނުމާއި އެކީ އަނެއްކާވެސް ޗާޓަށް ބަލާލިއެވެ. އަދި މި ހޯދެނީ ރަނގަޅުތަންކަން ޔަގީން ކުރިއެވެ. ޝާލީގެ ކެތްތެރިކަން ކޮޅުންލުމުން އަލަމާރީގައި ހުރިއްޔާ ހުރި އެއްޗެއް ނަގާ ތަޅުންގަނޑަށް އުކާލިއެވެ. ޔުނިފޯމްވެސް ނަގާ އަވަސް އަވަހަށް ތަޅުންމައްޗައް އެއްލާލާ، އަލަމާރި ކައިރިގައި ފައިވަށްކޮށްލައިގެން އިށީނެވެ. އަދި ދެއަތުން އޭނާގެ ފޮތްތައް ނަގާ ދެފަރާތައް އަޅާ މުޅި އަލަމާރި ހުސްކޮށްލިއެވެ. ވަރުބަލިކަމުގެ ފުން ނޭވާއެއްލަމުން ހަމަޖެހިލާގޮތް ދައްކާލަމުން ޝާލީ އެ އަލަމާރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް އެއްޗެއް، ހާއްސަ ތަނެއް ފެނޭތޯ ފަރުވާތެރިކަމާއި އެކު އެއްކޮޅުން އަނެއްކޮޅަށް މަތިން ތިރިއަށް ބަލާލިއެވެ. އަތްކާތަމުން މުޅި އަލަމާރީގައި އަތްފުނާއަޅަމުން ދަނިކޮށް ޝާލީގެ އަތްޖެހުނީ އަލަމާރީގެ އެންމެ ތިރީގައި އަޅާފައިއޮތް ފިލާގަނޑުގެ އެތެރެ ކަނުގައި ހަލާކުވެފައި ހުރި ތަންކޮޅެއްގައެވެ. ފަރުވާތެރިކަމާއި އެކު އެތަނަށް ބަލާލުމުން އެ ފިލާގަނޑު އެއީ އެތަނަށް އެއްޗެއް ލައްވައިގެން ނެގިދާނެ އެއްޗެއްކަން ޝާލީގެ ކެތްމަދުވެފައިވާ ސިކުނޑިއަށް އެނގެން ހިނދުކޮޅެއްވެއް ނުނެގިއެވެ. އަވަސްއަވަހަށް ފަތިގަނޑެއް ލައްވާ އެފިލާގަނޑު ނަގާ އެތެރެ ބެލިއެވެ.
ޝާލީ އޭނާގެ މަންމަ އޭނާއަށް ދީފައިވަނީ ކޮންއެއްޗެއްކަން އެނގެން ބޭނުންވެ ކެތްތެރިކަން ކޮޅަށް ގޮސްފައިވާހާލު އޭގެ އެތެރެ ބަލާލިއެވެ. ދެންވެސް ހަމަ އެއްވެސް ސުވާލެއްގެ ޖަވާބު ލިބޭނެ ގޮތެއް ނުވިއެވެ. އޭގެ އެތެރޭގައި އަނެއްކާވެސް ވަނީ ފޮރުވިފައިވާ އެތަކެއް ކަމެއް ނޫން ކަމެއްވެސް ޝާލީއަށް ނޭނގެއެވެ. އޭގެ އެތެރޭގައި ހުރީ ލަކުޑި ފޮއްޓެކެވެ. ތަޅުލާފައިވާ ފޮއްޓެކެވެ. މަންމަގެ މެސެޖް އެނގެން ބޭނުންވެފައި އިން ޝާލީގެ ހިތް ބުނަމުން ދިޔައީ އަވަހަށް އެފޮށި ނަގާ ހުޅުވާށެވެ. އޭގައި ޝާލީ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ވާނެއެވެ. އަދި ޝާލީގެ ހިތް ބާރަށް ތެޅެމުން ދިޔައީ ޝާލީގެ ބައްޕައާއި މާމަގެ މައުލޫމާތު އޭގައި ވާނެ ކަމުގައި ހީކޮށްފައެވެ. ޝާލީ އުންމީދު ކުރަމުން ދިޔައީ އޭގައި އެ މީހުުންގެ ފޮޓޯއާއި އެމީހުންގެ ހުރިހާ މައުލޫމާތެއް ހުންނާނެކަމުގައެވެ.
މި ހުރިހާ އުންމީދެއްގައި ހުރެ ޝާލީ އެ ފޮށި ނެގިއެވެ. އަދި އޭނާ ކޮޓަރިތެރެއަށް އުކާލާފައި އޮތް ފޮތްތަކާއި އަންނައުނުތަކުގެ މަތިން އެ ފޮށި ހިފައިގެން ހިނގާފައި އައިސް އެނދުގައި އިށީނެވެ. ފުން ނޭވާއެއްލަމުން ހިންދިރުވާލިއެވެ. އަދި ޝާލީގެ ދޮން އިހިކަނދުރާ މަތީގައި އޮތް ފަން ކަޅު އިސްތަށިގަނޑު ކަނާއަތުން ކޮޑުމައްޗަށް ދަމާލަމުން މަޑުމަޑުން ލޯމަރާލިއެވެ. ކަރުގައި އޮތް ފަށަށް އަނމުނާލި ތަނޅުދަނޑި މަޑުމަޑުން ނެގިއެވެ. އަދި ކުޑަވަގުތުކޮޅަކު ވިސްނާލަން އިނުމަށްފަހު އެ ތަޅުދަނޑި ނަގާ ތަޅަށް ކޮށްޕާލާ ތަޅު ހުޅުވާލިއެވެ. ޝާލީގެ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ފުރިހަމަ އުންމީދުގައެވެ.
ކަންތައްވީ ޝާލީ ހީކުރި ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވިފަދަ އެއްވެސް އެއްޗެއް އެއަކު ނެތެވެ. ބައްޕަގެ ވެސް މާމަގެވެސް ފޮޓޯއެއްވެސް އެއަކު ނެތެވެ. އެމީހުނާ ބެހޭ މައުލޫމާތެއްވެސް އެއަކުނެތެވެ. އެކަމަކު ޝާލީއަށް އެނގި ކަށަވަރުވާ އެއްކަމެއް އޭގައި ވެއެވެ. ޝާލީގެ މަންމަ ޝާލީއަށް މި ދިން ފޮށި އެއީ އޭނާ މި ކުރަން އުޅޭ ހަނގުރާމައަށް ބޭނުންވާނެ ހުރިހާ “އިންޓެލް” އެއް ލިބޭނެ މަގެވެ. ޝާލީ އެކަމަކާއި ޝައްކެއްވެސް ނުކުރެވެ. އަދި އެފޮށީގައިވާ އެއްޗެއްސައް ނަޒަރު ހިންގާލިއެވެ. “ގްލޯ ލައިޓް” އަކާއި ޗާޓަކާއި ކުޑަ ނޯޓް ފޮތަކާއި މިފަދަ ކުދި ކުދި ސާމާނުން އެ ފޮށި ވަނީ ފުރާލާފައެވެ. ޝާލީއަށް މިރޭގެ މި ދަން ގަޑިގައި އޭނާގެ އެއްވެސް ސުވާލަކަށް އިތުރަށް ޖަވާބު ނުލިބޭނެކަން ޔަގީންވިއެވެ. އަދި ހެނދުނުން ދެން އިތުރަށް އެކަމާއި އުޅޭނީ ކަމުގައި ވިސްނާ ނިދަން ދާން އަޒުމް ކަނޑައެޅިއެވެ. އެގޮތުން މަންމަ އޭނާއަށް ދިން ފޮށީގައި ހުރި އެއްޗެހި އެއަށްލާ ޑައިރީގައި އޮތް ޗާޓުވެސް އޭގެ ތެރެއަށް ކޮށްޕާލާ ފޮށި ތަޅުލިއެވެ. އަދި ކުރިއެކޭ އެއްގޮތަށް ފަށަށް ތަޅުދަނޑި ލުމަށްފަހު މަޑު ހިނގުމެއްގައި އޭނާގެ އަންނައުނާއި ފޮތްތަކުމަތިން ހިނގާފައި ގޮސް އަލަމާރީގެ ތެރޭގައި އެފޮށި ރައްކާކޮށް ފިލާގަނޑު އެޅިއެވެ. އަވަސްއަވަހަށް ފޮަތްތައް އެއްކޮށްލާ ކަބަޑުގެ ތެރެއަށް ކޮށްޕާލުމަށްފަހު އަންނައުނުތައްވެސް ބޮނޑިކޮށްލާފާ ގުޅަޔަކަށް އަލަމާރީގެ ތެރެއަށް ކޮށްޕާލިއެވެ. އަދި ދޮރުފަތް ލައްޕާލާ ފުން ނޭވާއެއްލިއެވެ.
ވެފާވާ ވަރުބަލިކަމުން ޝާލީ ނިދަން ތައްޔާރުވެގެން އެދުގައި އޮށޯތެވެ. މަންމަގެ ޑައިރީ ހިފައިގެން ގޮހެވެ. ގާތުގައި ބާއްވައިގެނެވެ. އަދި ތަޅުދަނޑިއަށް ބޮސްދީ އެ މެޔާލާ ބާރުކޮށްލިއެވެ. ލައިގެން އޮތް ނައިޓީގެ ކަރުވަޅަށް އެތަޅުދަނޑި އާއި ފަށް ކޮށްޕާލިއެވެ. އޭގެ ފަހުގައި ކަންނެޔޮލުގައި ބައްދާލައިގެން އަލަމާރިއާއި ދިމާއަށް ބަލަހައްޓައިގެން އޮވެ ނިދާލިއެވެ. ޝާލީ ނިދާފައި އޮތްއިރު އޭނާގެ މައުސޫމްކަމާއި ރީތިކަން އިންތިހާއަށް އިތުރުވެފާވެއެެވެ. ނިޝްރާ އާއި ކުޑަވެސް ތަފާތެއް ނެތެވެ. ޝާލީ ހަމަ އެހާ ޗާލެވެ.
“ކޯއްޗެއް ކަލޭ އަަބަދު ތިކިޔަނީ؟ ކަލޭގެ މަންމަ މަރުވަމުން ކަލެއަށް ދިނީ ކޮންއެއްޗެއް؟ ހަމަ މިހާރު ބުނޭ! ނޫނީ މާދަމާގެ އަލިކަންވެސް ކަލެއަށް ނުފެންނާނެ!” …….(ނުނިމޭ)
މިބައި ގެނެސްދިނުނުމުގައި ލަސްވީތީ ނިހާޔަތަށް މާފަށް އެދެން. އިރާދަކުރެއްވިއްޔާ ދެން ގަވާއިދުން މެދުނުކެނޑި ގެނެސް ދޭނަން….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
65 Comments!
Comments are closed.


Xaash kihineh thi hadhanee?? Vaahaka mathin foohivaa haa days khfa upload thi kuree.. Mihaaru hadhaaneh nei vaanu aa eh ves..
haadha dhuvaheh koffa thigenesdhinee mihaaru thivaahaka mathin handhaanehves neh mee abadhuves mi site ga vaahaka liyaa emmenves hadhaagoy varah foohivey
Elsa thibuny hama ragalhah..mi site ga ulhey gina writers in hadhany hama mihen..varah madhu baeh faruvaatheri kamaa eku gavaaidhah vaahaka update kurany ves..mi story ves thi genesdhiny kihaa dhuvaheh kohlaafa..mihaaru mi story mathin hadhaanves methihjje..nus kiyaanan dhn mi story eh..mee dhen bodu varu dhw..ethah aharu thakeh kohffa vaahaka genesdhinumah vure nugenes dhinas alhugadumenna maa ragalhu..mi story ga vaanu vaa ves neygey mihaaru..varah foohivey..
story up kuran wehje tha ?? but thank god that mihaa dhuwas kohfa wes mi story kiyan libunythyy !!!hope tht u will up the next part soon and it will be w kind of u !!Arial bunihen mi site ge gina writerss w w faruwaa kuda !! :c but still this part was nice
Xaash lasviyyey!!!! , lasveekeenoon , ekko medhukedunee , adhi miha dhuvas koffa genesdhin iru eha kuru adhi eha interesting eh ves noon.mihen bunan jehigen mi bunelee v hithaa maya ekko.
dhen kon irakun up kohdheyneee
Hithah eri dhuvahaku up kuraany
kanneikan
Mi adhi haadha fonives meehekey dhoa. Mashah fennany ekakuves mivaahaka nukiyan.eyrun v reethivaane. Hithah eri irakun upkohfa amillayah kiyaa. Hahahaa
Kuree ky part tah forget v fahun thi up kurey
gems thibeny rangalhu vaahaka eh .. lol
mee haadha haa vaa foni manje ekey dhw..hithah eri dhuvahaku o up kurany..Gems thibuny ragalhah..hehehe..hithah eri dhuvahau up ohffa amihlla ah kiyan bahahttaa..heee hee..
Hey guys I think that’s not the real xaash.. Author comments kuraa iru rangalhu faahaga innaane nun.. Dheythere jahsan nubai meeheh comment e kuranii 🙂
thats not the real Xaash. cox there will a tick mark when the real author comments. 🙂
R u real Admin 😛
hey guys dats nt the real quthor authors will have ticks like dx near mine…
Mi story kiyaafa vaanuvaa ga.. ekam comments kiyaafa heveny.. 😀
Yeah i m real admin…dhn koba massala aky me vex bxy va dhuvas kolheh aisdhaanehnu?abadhu thi beyfulhunge hidhumathuga noon hunnan jeheyny..got it guys?
thee real xaash nama, xaash ge id in log in vefa thi kiyaa ehcheh kiyaabala…eyrun tick ineema aharumen gabool kuraanan thee real xaash kan……keke 😛
who the hell are u ??? we know that u r not the real xaash(the one writing this story ) plxx stop this and xaash (writer of the story ) badhunaam kuran masahkay nukurey !!! who ever u r
Hei dhn vaahaka hadhaan nethunyma akun kiyalan vy noontho huriha parts….
alhe kobaa tha next part ??? awahah up kuraanamey kiyaafa habareh wes nuweyy !!! plxxx awas kohba
Kyhkuran up kurany nubai myhaku xaash ah hedigen coment kureema e hury e kujja ah kiyaali ehchehi…. Vaahaka v salhi…waitin 4 nxt part.
Aslu kiuntherin hiyhama nujehunyma xaash amilla akah jessi stunt eh kamah e vaany.. eyrun emmen ulheyny ekamaa ennu dhw.. pis pis.. dhn ves avahah up kohdhygn kiuntherin ge loabi hoadha bala..
Vedhaane thihen ehn noonnama xaash comen kurys…dhnvx avahah vaahaka genesbala.
xaash dhuvahaku vess comment kuretha ??… nukureyy … vedhaane dhw ei hama xaash ah hedhigen ulhey kuhjeh kamah vess .. noony hama aslu xaash kamah vess vedhaane … neynge mashakah mihaaru olhihje ..xaash ah bunella ny emyhun kiyaa ehchakah nubalaashey .. next part avahah up koh dhybaa…
Koba hyvey kamehhen …dhn inthixaaru kohkoh thibey dhn vaahaka kiya ginain kiya hehe
Thi vaahakaige aneh bai gennaany giyamai dhuvahun tha
Bhgj Kae vaane konmehen vs edhuvahu mivaahaka kiyan >:)
vaahaka dhen nimuneee bye bye
who the hell are u ?????????????????…………. thy kaaku … vaahaka nimuny o .. bye bye o … who are u ????? thy xaash eh noon kan mihaaru yageen vehje ….
Wht da….. Ehvs kuhjaku gaboolu nukuraati ei Xaash eh nun….. Ehmenge nuhunnaane hoanu sinkundieh ingey…. Kon moyaeh vegenta tiulheny…. Tiulheny vaahaka liyunteriya beyzaaru kuraane gotey neygigenta…… Kurimati vamun ahnany barakaaiyteri Ramazaan mas heyokamey nukurevey haaluga samaasayashey kiyaafa dogu bunun ragalheynuvaane…. Ti kan tikuraa kuhjaku kairi Zauuu bunelan beynunvany egotah ekan nukuraashey….. Eyge sababun timaayah ufaatakey libunas eyge aneykolhuga ekamaa hitaama kuraabayakuvs ebatihbey…. Timaage ekni ufalah nuvisnaashey……
Kiyunterin ehchihi kiyanykiyaa varu vaaty…. Ty myhun vaahaka liyaaty liyany….. Tikuraa myhaku tikan tikuranykuraa hitakun nun….. Nuvanya huhtaalaa….. Aharaku 1 faharu 2 aharun eh aharu ti up kurany…. Tivarakun nuvaane…… So so borin…..
Zau ah kihinehhey ingeny heyo kameh nukura kameh…..m xaash proove kh dheyn vaahaka las mi kurany got it?
funny .. u are very funny …. mi kiyuntherin nakee vess faadeh ge baeh .. bunaane vaahaka las vyma las veyey .. mihaaru hadhaan nethih jeyey….vaahak mathin foohi vehje ey .. dhn nuves kiyaanamaey … ekam vaagothaky .. lyuntheriyaa ehen ulhelaafa .. vaahakaige aneh bai upload kuryma varah faseyhain kiyaane … .. e hurihaa vaahaka eh dhahkaa fa vess kiyaane …. hama ajaibu vaaha vey
Kaley thi moya eh tha?? Noony sikundi halaakuvegen huri meeheh tha??? Thy aslu xaash eh noon. U are the fake xaash :p
Fake xaash a haguraama kura myha
Aharen adhi moya nuvey adhi sikudivs halaku nuvey…ahren id in login vegen coment e gothah kurumaky site ge gavaidha hilaf kamakah vaathy xaash ge amilla namuga comment mikurany..eyru ma ehbas nuvyma ehvs action eh nunegeyne admin in….
Dhnves ehn vyma aga madun laigen hurey thi myhage moyakan maa bodu hehehaha:-P
Foni xaashugandu. Mikan huttuvanvee admin.
Admin ah govaalan mi kan huttuvumah. Miulhey goas xaash ah comment kurevey goi nuhedhumah. Aadheys kohfa mi bunee
Khan ur rite…… Ti den kihaa biduveyje kamey…… Zau vs nubuneynu direct koh Xaash heyo kantahtah nukureyekey…. Eyna buny heti kamey nukurevey haaluga samaasayahvs dogu nubunaashey….maanayaky aharumen insaanun naky abaduvs kohms kamaka samaasa kohla kohla tibeybaeh…. Kanney kamaaeku heyo kantahtaka duruvevey baeh….. ehen nunas adi rulhi ahnaakah nuveynu….. Vegen ulheygoiyy kiyunterinah fushu naaraanehen buneden vynu…. Ty Momge dairy liya aslu Xaash nama kiyunterinah bunedyba tedu tedah…. Konme vaahaka litunteriakahvs ihutiraam kuraane emyheyge vaahakatakah taaeedh kuraane bayaku ulheyneye….. Kiyunteriehge haisihyatun maslahatahtaka kohli comentey…..
I vaahaka up nu kuran tha?thankolheh avas kohba xaash
xaash plxx plzz thankolheh awahah up kohba !!!plxxxx
. :pKobaa fake xaash gara vee dho ehen meehunah mee fake aashevey kan engunyma
Fake xaash kan engunyma. Comment in kusheh rangalhu kohllee
Ur rite Anonymous….. Ehen nunas hiyeynuvey dogubunegen kuriyahdevidaane henney….. Kiyunteringe loabi libeyny kiyunteringe loabi libeygotah ulhegen…. Aaali hitaharaa mihaaru aslu Xaash ge haalaky kobaa baaey…. Eynage hituga hinganmun daany konkahala suoortakey baaey…… It was realy dho guys…..
Dhn mihaaru vaahaka up vejje dho? Aharen liya vaahakaeh me up kuran dhn thiben jeheyny . Aharen beynun dhuvahaku gennaany
Aaliya v salam ramzan mubarak
Lol mashah vs thikahala tick eba jehey 😛 tick shud b red colour
ohhh helo guys,,,,,,,,
vaahakaige annebai handhaan nethuniyya kiyen onnane dho…..myhunna dhimaa ah echehi kiyaane furusathei nulibifa dho thi hunnany
btw aslu author cmnt kuranya innany red tik markei not blue….if u guys dont b lyv dhn ehn vaahaka thakuge authors in cmnt kohffa hunna than balaa……haadha nulafaa kudhn vx ulheyey dho……nuvaane thi hen hadhaakah…..xaash ah vgn cmnt kuraa kujjage dhatha akah nuny bro akah mi kahala kamei dhimaa vejjeya dhera ei nuvaanetha?vaane dho?ehn v ma rangalhu vaany fake identity eiii use nukuriyya
Baeh kudhin v understand vakamah hedhugen ulheyny….bt xaash ah ky ehchisso?dhn xaash aharen bunelan beynun vany vaahaka anehka vx medhu kedijjeye ehn nuhadha vaahaka genesdhey…inthixaaraky v ehn kahala ehcheh kiuntherinnasha xaash dhn ramzan mubarak..
thanks hurihaa kudhinnnann… balaaba real Xaash comment kureema inna goi… :p
Insha Allah will bring the next part on 1st of ramadan
Ohhhh…. Real Xaash dooni kontaaku tiulheny…. E gose kuhjja kiyunterinasha Xaash ah evaru kuraairu….. Today i’m realy v v v hapy…. Insaa Allah u knw everytin v wel….. I realy lov red tick Xaash doony….. Mihaaru kiyunterin tibeyny v v bodah hiyyhama jehifa….
Hei maadhan vaahaka genesdheveyny
Hei aharen mee goas myheh tha Aliyooo
Ehey.. Kaley akee goas myheh. :p
Xaaaaash hadha Reethi storyakaaaaa dho meee v nice
Ohhhhh…. Gud….Lalamode ur rite…. Adivs Aaliyaata ta deravy…. Kurevunu varu kudaeeto adivs…. Tivarunvs kuh gabooley nukuraanan dho…. Yap…. V saaf…. Gose vymata Real Xaash ge namuga evaruge kamey kuraanyvs… V saaf koh kiyunterinah ehvs olhumey naaraanehen real Xaash eoty coment kohfa with RED tick…. Every readers pls never mind k…..
Lalamode kaethy kaaku tha adhi agagadha kurehnu eba?
Ey kaley garaveedho? :p
dhen real eh real nooneh neyge… kommegothehviyas xaash ah v bodah ithubaaru gellijje nw. Ahannah engeykamakee kiyuntherin kiyan upkuraa vaahakaeh viyaa emeehunnah kiyeyne usoolakun up kuran vaanekan. Dhen vaahaka gavaidhun nugenesdhevey meehun nuliyan veenu. Kiyuntherinves mi vaahaka kiyaa hithun dhoa ehaavarah aadheys mi kuranee. Liyaa meehaa ah evaru neygenyyaa v dherakameh dhen. v salaam xaash ah. ekani liyaane dhuvahakun liyan site thakuga nujahaa ekani geyga liyaane vaguthaku liyan vee nu dhoa. v foohi thihen bodaakan dhakkanyaa.
Lady mode mee adhi myhaku thihen kiyA Ehchakah haasva myhehmoon…
Ey mashakee lady modeh noon ingey.. Mash akee lalamode. Adhives thivarun comment kuraathi. :p
Thy lady mode ehnve girls kankama beheny dhwww?:-P
Ey kaleyaky anheneh tha? Ey Miothy mashah lavvaalaafa :p