Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ސޯޅަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
June 28, 2014 7 Mins Read
40 Comments

ކިނާން އިސްއުފުލާލީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އޭރު އޭނާގެ ލޮލުތެރޭގައި ކަރުނަތައް މުތީތަކެއްހެން ވިދަމުން ދިޔައެވެ. ރަތްކުލައިގެ ތުންފަތުގައިވެސް ތުރުތުރު ލުމެއް ހުއްޓެވެ. ކިނާން އިންގޮތަށް އިނީއެވެ. ކޮޓަރިއަށްވަނީ ކާކުތޯ ބަލާކަށް ނޫޅުނެވެ. އެގަޑީގައި ކޮޓަރިއަށް އަންނާނީ ކާކުކަން ކިނާންއަށް އެނގޭކަހަލައެވެ.

“..ދަރިފުޅާ..” ކިނާން މަޑުމަޑުން ތެދުވީ ޑައިރީވެސް ހިފައިގެންނެވެ.

“..ޑޭޑް..” ކިނާން އަތުގައި އޮތް ޑައިރީ ދައްކާލަމުން ވާހަކަ ދައްކަންފެށީ އަސަރާއެކުއެވެ. “..މީ ހަމަ ހަޤީޤަތްތައް.. މީހަމަ ބައްޕަ މަންމައާމެދު ކަންތައްކުރި ގޮތްތަ؟..”

ދޮރުމަތީގައި ހުއްޓިލައިގެން ހުރި ނީލް މަޑުމަޑުން ބޯ ޖަހައިލިއެވެ. ނީލްއަކީ ކިނާންގެ އަސްލު ބައްޕަ ނޫން ކަމުގައިވިޔަސް ލޫޝާއާއި ނީލް ކާވެނިކުރި ދުވަހުން ފެށިގެން މުޙާތަބުކުރަނީ ޑޭޑްގެ ނަމުންނެވެ. ކައިލްގެ ނަން ކިނާން ބުނަންވެއްޖެނަމަ ކިޔަނީ ބައްޕައެވެ.

ކިނާންއަކީ ނީލްގެ އުފަންދަރިއެއް ނޫންކަމުގައިވިޔަސް އެހިތަށް ކުރާނެ އަސަރު ނީލްއަށް ވަރަށް ރަނގަޅަށް އިޙްސާސްކުރެވެއެވެ. ނީލް ކިނާންދެކެ އިންތިހާއަށް ލޯބިވެއެވެ. ކިނާން އެކަނި ކުޑަ ނަމަވެސް ހިތާމައެއް ކުރުމަކަށް ނީލްގެ ހިތެއް ނޭދެއެވެ. މި ދަންވަރުގެ ވަގުތުގައި ނިދަން ނޯވެވިގެން އައިސް އެހުރީވެސް އެހެންވެގެންނެވެ. ކިނާން ފެންކަޅިވެފައިވާ ދެލޮލުން ބަލަހައްޓައިގެން ހުއްޓެވެ.

“..އައި ކާންޓް ބިލީވް ދިސް..” ބައްޕަ މަންމައާމެދު އެފަދަ ގޮތަކަށް ކަންތައްކޮށްފައިވާ ކަމަކަށް ޤަބޫލްކުރަން ކިނާންއަށް އުނދަގޫވި ނަމަވެސް ހަޤީޤަތަކީ އެއީ ކަމަށް އޭނާ ޤަބޫލްކުރިއެވެ. ކިނާންގެ އުމުރުން 3 އަހަރުން ފެށިގެން ކައިލް ފެނިފައި ނުވިނަމަވެސް އެހިތުގައި ކައިލްގެ މައްޗަށް އުފެދިފައިވަނީ ވަރުގަދަ ލޯތްބެކެވެ. ނަމަވެސް މިއަދު މަންމަގެ މާޒީ އެނގުމުން އެހިތުގައި ރުޅިވެރިކަމެއްވެސް ވަނީ އުފެދެން ފަށައިފައެވެ.

“..ދަރިފުޅުގެ މަންމައާ ބައްޕަ ވަކިވި ސަބަބަކީތީ..” ނީލް ކިނާންގެ ބޮލުގައި ފިރުމާލިއެވެ. “..ދަރިފުޅު ގޮވައިގެން މަންމަ މިފަސްގަނޑަށް ދިރިއުޅުން ބަދަލްކޮށްލީވެސް ތިހެންވެގެން..”

ކިނާން ލޮލުތެރެއަށް ޖަމާވެފައިވާ ކަރުނަތައް ރޮގެއްހެން ކޯތާފަތްމައްޗަށް ފައިބައިގަތެވެ. އޭނާ މިހުރިހާ ދުވަހު ހީކޮށްގެން ހުރީ އޭނާގެ ބައްޕައަކީ ވަރަށް ރަނގަޅު މީހެއްކަމަށެވެ. މަންމައާއި ބައްޕަ ވަކިވާން ޖެހުނީ ބައްޕަގެ ކުށެއް އޮވެގެން ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. މަންމަ ބައްޕަދެކެ ލޯބި ނުވަނީކަމަށް އޭނާއަށް ހީކުރެވިފައިވެއެވެ. މަންމަ ނީލްދެކެ ލޯބިވެގެން ބައްޕަ ދޫކޮށްލީކަމަށް ހީކުރިއެވެ. ކިނާންއަށް މަންމައާމެދު އެފަދަ ނުބައި ހީކުރުންތަކެއް ގެންގުޅެވުނީތީ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އެފަދަ ކެތްތެރި މަޔަކާމެދު ހިތްނުބައި ކުރެވުނީތީ ލަދުގަތެވެ. އޭނާ ގަތް ލަދާއި އައި ރުޅިއަށްވުރެ ބޮޑަށް އެހިތުގައި ރިއްސަންވެސް ފަށައިފިއެވެ. އެދުވަހު މަންމަރޯނެ ރުއިމާއި ކުރާނެ ހިތާމަ އޭނާއަށް އިޙްސާސްވާކަހަލައެވެ.

“..ކޮބާ މޮމް..” ކިނާން މިރޭން މިރެޔަށް މަންމަގެ ކިބައިން މާފަށް އެދެން ބޭނުންވިއެވެ.

“..ކޮޓަރީގަ..” ނީލް ކިނާން ލޮލުން ފޭބި ކަރުނަތައް ފޮހެލަދިނީ ލޯތްބާއެކުއެވެ.

“..ޑޭޑް މިއައީ މަންމައަށް ބޭސްދީފަ..” ކިނާން ހިނގައި ގަތުމާއެކު ނީލް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ކިނާންއަށް ނީލްއާ ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. މަންމައަކީ ބަލިމީހެއް ނޫންކަން ކިނާންއަށް އެނގެއެވެ.

“..މަންމަ ދަރިފުޅާމެދު ވިސްނަން ނުނިދާ އޮންނާނެކަން އިނގޭތީ ބޭސްދީގެން ނިންދަވާލީ..” ނީލް އޮޅުންފިލުވައިދިނެވެ. “..މަންމައާ ވާހަކަ ދައްކާނީ މާދަމާ.. ކިނާން ބޭނުން ވާހަކައެއް ޑޭޑްއާ ދައްކަންވީ.. ޑޭޑް މިއައީވެސް އެހެންވެގެން.. ދަރިފުޅު އެކަނި އެއްވެސް ހިތާމައެއް ކުރާކަށް ނުޖެހޭނެ.. މަންމަވެސް ޑޭޑްވެސް ކިނާންގެ ކޮންމެ ހިތާމައެއް އަދި އުފަލެއްގައިވެސް ބައިވެރިވާނަން..”

“..ޑޭޑް ތީ އަޅުގަނޑަށާއި މަންމައަށް ލިބުނު ވަރަށް ބޮޑު ނަސީބެއް..” ކިނާން ނީލްގެ ލޮލަށް އިރުގަނޑަކު ބަލަން ހުރުމަށްފަހު ނީލް ގައިގާ ބާރަށް ބައްދައިގަތެވެ. އޭނާއަށް އުފަން ބައްޕަގެ ލޯބި ނުލިބުން ނަމަވެސް ނީލްވަނީ ބައްޕައެއްގެ ލޯބި ދީފައެވެ. ބައްޕައެއްގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި ނީލްވަނީ އަދާކޮށްދީފައެވެ. ކިނާން ހަޔާތުން ބައްޕައެއްގެ ފަޅުކަންވަނީ ފިލުވައިދީފައެވެ. އެހެންކަމުން ކިނާންގެ ހިތުގައިވެސް ނީލްގެ މައްޗަށް ވަނީ ވަރުގަދަ ލޯތްބެއް އުފެދިފައިވެއެވެ. މިހާރު އެލޯބި އެތައް ގުނައަކަށް އިތުރުވެގެންވެސް ހިނގައްޖެއެވެ. ނީލް ކިނާންގެ ބުރިކަށިމަތީގައި ފިރުމާލަމުން ގަޔާދުރުކޮށްލިއެވެ. އަދި ސޯފާގައި ބައިންދަމުން ކައިރީގައި އިށީނީ ކިނާންގެ ވާހަކަތައް އަޑުއަހައި ސުވާލްތަކަށް ޖަވާބު ދިނުމުގެ ބޭނުމުގައެވެ. ކިނާން ޑައިރީއަށް ބަލަހައްޓައިގެން އިސްޖަހައިލައިގެން އިނީ ހަމަޖެހިލުމުގެ ބޭނުމުގައެވެ. އޭނާ އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ކަރުނަތައްވެސް ހިންދާލައިފިއެވެ. އަދި ހަށިފުރާ ނޭވާއެއް ލަމުން ހަމަޖެހިލިއެވެ.

“..މީގެ ފަހުން ކަންތައްވީ ކިހިނެއް..” ކިނާން ޑައިރީ ނީލްގެ އަތަށް ދިއްކޮށްލިއެވެ. ނީލް އެއްއަތުން ޑައިރީގައި ހިފާލަމުން މޭގައި ޖައްސާލިއެވެ. އޭނާ މިރޭ އެޑައިރީ ކިނާންއާ ޙަވާލްކުރީ ލޫޝާގެ އެދުމުގެ މަތިންނެވެ.

“..އަޅުގަނޑުގެ އުފަން ބައްޕަ މިހާރު އުޅެނީ ކޮންތާކު..” ކިނާން ކައިލްއަށް ވީގޮތެއް އޮޅުން ފިލުވަން ބޭނުންވާނެކަން ނީލްއަށް އެނގެއެވެ. އެއީ ކިނާން އެންމެ ކުޑައިރުންސުރެ ކުރަމުން އަންނަ ސުވާލެކެވެ. ކިނާންގެ ނަމުގެ ފަހަތަށް އަޙްމަދު ކައިލް އިންނާތީ ނީލްއަކީ އަސްލު ބައްޕަ ނޫންކަން އޭނާއަށް ވަރަށް ކުރިންސުރެ އެނގެއެވެ. އެހެންކަމުން އަސްލު ބައްޕަ ކޮބައިތޯ އުޅެނީ ކޮންތާކުތޯ އެއީ އަބަދުވެސް ކުރާސުވާލެކެވެ. ކިނާން ޖަވާބު ހޯދަން ބޭނުންވެ ޖަވާބު ނުލިބިވާ ސުވާލެކެވެ. ލޫޝާ އާއި ނީލް އެއިން އެއްވެސް ސުވާލެއްގެ ޖަވާބު ނުދިނީ ކިނާންއަށް އަށާރަ އަހަރުފުރުމުން ހުރިހާ ވާހަކައެއް ކިޔައި ދިނުމަށް ނިންމައިގެންނެވެ. މިއަދު މިވަނީ އެދުވަސްވެސް އައިސްފައެވެ.

ލޫޝާ މެލޭޝިޔާއަށް ބަދަލުވިތާ އެއްމަސް ފަހުން ނީލް މެލޭޝިޔާއަށް ދިޔައީ ލޫޠުގެ އެދުމަކަށް އެމީހުންގެ މަންމައާއި ބައްޕަ ގޮވައިގެންނެވެ. ނީލްއަށް ލޫޝާ ދެކެ ލޯބިވާ މިންވަރު ހާމަކުރާނެ އިތުރު ފުރުޞަތެއް ލިބުނީ އެފަހަރުއެވެ. އޭނާ އެފުރުޞަތުގެ ބޭނުންކޮށް ލޫޝާއަށް ހިތުގައިވާ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ސުކޫލް ދައުރުންސުރެ ލޯބިވާކަމާއި ކައިލްދެކެ ލޫޝާ ލޯބިވާކަން އެނގުމުން އޭނާ ދުރުވީ ކަމުގައި ބުނެދިނެވެ. ކައިލް ވަރިކުރިފަހުން ލޯބިވާކަމަށް އެއްބަސްނުވީ އޭނާއާމެދު ނުބައި ހީކުރުންތަކެއް ހީކޮށްފާނެކަމަށް ހީވުމުންނާއި ލޫޝާގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއް ނުލިބޭތީ ކަމުގައި ބުންޏެވެ. ލޫޝާގެ ޢާއިލާ މީހުންނާއި ލޫޝާގެވެސް ރުހުމުގައި އެދެމީހުންގެ ކާވެނިވެސް ޖެހިގެން އައި މަހު ކުރެވިގެންދިޔައެވެ. އޭރު ކައިލް މަންމަގެ ނުޤަބޫލްގައި ކައިލްއާއި ޔުމްނުގެ ކާވެނިވެސް ވަނީ ކުރެވިފައެވެ. ނީލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔުމްނުއާއި ކައިލްގެ ކާވެންޏަށްފަހު އެދެމީހުން އުޅެމުން ދިޔައީ ވަކިން ގެއެއްގައި ވަކި ދިރިއުޅުމެކެވެ.

“..އޭގެ ފަހުން ޔުމްނު ބަނޑުބޮޑުވެގެން މާމަ އެމީހުންނަށް ރުހުންދީ ގެޔަށް ގެނައި.. އެޔަށްފަހު ދަރިފުޅުގެ އަސްލު ބައްޕަގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ނޭގެ.. މަންމަ މަނާކޮށްފަ އޮންނާތީ އެމީހުންނަށް ވީގޮތެއް ޑޭޑްވެސް ނުބަލަން..” ނީލްއަށް ކައިލްއާ ބެހޭ މާގިނަ ކަންތައްތަކެއް އެނގިފައި ނުވި ނަމަވެސް އެނގިފައިވާ ވަރަށް އޮޅުންފިލުވައިދިނެވެ.

“..އަސްލު ބައްޕަ މޮމްދެކެ ފޫހިވީ ކީއްވެގެން؟.. މޮމްގެ ގާތް އެކުވެރިޔަކަށްވެ ހުރެ ޔުމްނު މަންމަގެ ދިރިއުޅުމުގެ ތެރެއަށްވަނީ ކީއްވެގެން؟..” އެއީ ކިނާންއަށް ޑައިރީންވެސް ޖަވާބު ލިބިފައި ނުވާ ސުވާލެކެވެ.

“..ކީކޭ ބުނާނީ.. ޔުމްނުއަކީ އަބަދުވެސް ފޮނިކޮށް އުޅެން ބޭނުންވާ މުއްސަނދި ދިރިއުޅުމަށް ލޯބި ކުރާ ކުއްޖެއް.. އަބަދުވެސް އޭނަ ބުނާނެ ވަރަށް ބޮޑު މުއްސަންޖަކާއޭ އިންނަން ބޭނުންވަނީ.. އަރާމުގަ އޭރުންނޭ ދިރިއުޅެވޭނީ.. މަންމައަށްވެސް ޔުމްނުގެ އެމިޒާޖު އެނގޭނެ.. އެކަހަލަ ހުވަފެނެއް ދެކެމުން އަންނަކަންވެސް އެނގޭނެ.. އެހެންނަމަވެސް މަންމަ ހިޔެއް ނުކުރެ ޔުމްނުގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް މަންމަގެ ދިރިއުޅުން ހަލާކުކޮށްލަފާނެ ކަމަކަށް.. އެކަން ނޭގިހުރެ މަންމަ ޔުމްނުގެ އެދުމަށް ބައްޕަގެ އޮފީހުން ޖޮބް ހޯދައިދިނީ.. އެއީ ހުރިހާ ކަމެއް ގޯސްވެގެންދިޔަ ހިސާބަކީ.. ބައްޕަ ޔުމްނު މަޅީގައި ހައްޔަރުވެ މަންމަ އާމެދު ފަރުވާ ކުޑަކުރަންފެށީ އެހިސާބުން.. ބުނެވިދާނެ ޔުމްނުގެ ސަބަބުންނޭ ބައްޕަ މަންމަ މަތިންފޫހިވީ.. އެހެނަސް އެކަމުގައި ބައްޕަގެ ވެސް ޔުމްނުގެ ވެސް ކުށް އެބައޮތް..”

ކިނާންއަށް ޤަބޫލްކުރެވޭ ގޮތުގައި ހުރިހާކަމެއް ގޯހުން ގޯހަށް ގެންދިޔަ މީހަކީ ޔުމްނުއެވެ. ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައި މަންމަގެ ދިރިއުޅުމުގެ ތެރެއަށް ޔުމްނު ވަދެފައިވަނީ ގަސްތުގައެވެ. ކިނާންއަށް ކައިލްއަށްވުރެ ބޮޑަށް ޔުމްނު ކުށްވެރިކުރެވެނީ އެހެންވެގެންނެވެ. އޭނާގެ ހިތުގައި ޔުމްނުގެ މައްޗަށް ނަފުރަތު އުފެދިފައިވަނީ އެސަބަބާހުރެއެވެ. ޔުމްނު އޭނާގެ މަންމަގެ ދިރިއުޅުމުގެ ތެރެއަށް ނުވަތްނަމަ މަންމައާ ބައްޕަ ވަކިވާކަށްވެސް ނުޖެހޭނެއެވެ. މަންމައަށް އެވަރުގެ ބޮޑު ހިތާމަތަކެއް ކުރާކަށްވެސް ނުޖެހުނީހެވެ. އަދި އެހެންމެ ބައްޕަވެސް މަންމައާމެދު ކަންތައްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކިނާން ޤަބޫލްކުރެއެވެ. މަންމަގެ ކުށެއްނެތި ހިލޭ އަންހެނަކަށްޓަކައި މަންމަގެ ފުރާނަ ދުއްވާލުމަށް ބައްޕަހުރީ ނިންމައިގެންނެވެ. ބައްޕަ ކިނާންދެކެ ލޯބިވާކަން ޑައިރީން އެނގުން ނަމަވެސް އެވާހަކަތަކެއް ކިނާން ޤަބޫލެއް ނުކުރެއެވެ. ކިނާންދެކެ ލޯބިވާނަމަ މަންމައަށް ނިކަމެތިކަމެއް ލިބޭފަދަ ކަމެއްކުރުމަށް ބައްޕަ ހިތަށްވެސް ނާރުވާނެއެވެ. އޭނާގެ ހިތުގައި މިހާ ދުވަސްވަންދެން ބައްޕައާމެދު އުފެދިފައިވާ ލޯބިވެސް ފަނޑުވެގެން ހިނގައްޖެއެވެ.

“..ޑޭޑްމެން ކީއްވެ ޔުމްނުއަށް ހެޕީ ލައިފެއް އުޅުމަށް ފުރުޞަތުދިނީ.. އެމީހުންނަށް ހުރިހާ ހަޤީޤަތެއް ކިޔައިދިނީ ކީއްކުރަން.. ނޫނީ ކީއްވެގެން ޕޮލިހަށް ނޭންގީ.. އެމީހުން ކުރި ކަންތަކުގެ ސަޒާ އެމީހުންނަށް ނުދިނީ ކީއްވެގެން..” ކިނާންއަށް ޝަކުވާކޮށްލެވުނީ އެމީހުންނާ މެދު ހިތުގައި އުފެދިފައިވާ ފޫހިކަމާއި ރުޅިވެރިކަމުގެ ސަބަބުންނެވެ. ބައްޕައާއި ޔުމްނު ކަންތައްކުރި ގޮތުން އެމީހުންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބިގެންނުވާނެކަމަށް ކިނާންގެ ހިތާއި ނަފްސު ބުނަމުންދިޔައެވެ.

“.. މަންމަ ބޭނުންވި ގޮތް މީ.. މަންމަ ބޭނުންނުވީ ޕޮލިހަށް އެއްވެސް ކަމެއް އަންގަންވެސް.. މަންމަ ބެލީ އެމީހުންނާ ދުރަށް ގޮސްގެން މަންމަގެ ދިރިއުޅުމައިގެން ކުރިޔަށް ދެވޭތޯ.. މާތްﷲ އިރާދަފުޅާއެކު އެކަންވެސް ކާމިޔާބު ވެއްޖެ.. އެދުވަހު މަންމަ އެގޮތަށް ނިންމީމަ މިއަދު މަންމައަށް އުފާވެރި ހަޔާތެއް ލިބިފަ އެވަނީ..” ނީލްއާއި ލޫޝާ އިނީ ލޯބިވެގެން ނޫންކަމުގައި ވިޔަސް މިހާރު ލޫޝާގެ ހިތުގައި ނީލްގެ ނަން ނޫން އެހެން މީހެއްގެ ނަމެއްނެތެވެ. އެހިތުގައި ވަނީ ނީލްގެ ނަން ބިންވަޅުކަނޑާ ނަގާފައެވެ. ނީލްއާއި ލޫޝާ އުޅެމުންދަނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ.

“..ތޭންކްސް ޑޭޑް..އައި އޭމް ޝުއަރ ޑޭޑް ނެތްނަމަ މަންމަ އެހާ ހެޕީކޮށް ނޫޅޭނެ..” ނީލް ހިނިތުންވެލަމުން ކޮޓަރިން ނިކުމެގެން ދިޔައީ ކިނާން ކައިރީ ނިދާލުމަށް ބުނަމުންނެވެ.

*************

ހެނދުނުގެ ވަގުތެވެ. ނީލްއަށް ހޭލެވުނީ މޫނަށް އަވި އަރާ ހޫނުއަރަން ފެށުމުންނެވެ. ގަދަކަމުން ލޯ ހުޅުވާލުމާއެކު ދެލޯ މަރާބާރުކޮށްލެވުނީ ކުޑަދޮރުގެ ބިއްލޫރި ގަނޑުން ފުރޭނިގެން އައި އިރުގެ އަލި ލޮލަށް އެޅުމުންނެވެ. އެއްފަރާތަކަށް ޖެހިލައި ދޮރާ ދިމާއަށް ބަލާލިއިރު ދޮރުފޮތި ގަނޑުވެސް ހުރީ ކަހައިލައިފައެވެ. އޭނާ ނިދަން އޮތުމުން މީހަކު ޖެއްސުމެއްކޮށްލައިފައި ހުރިހެން ހީވެއެވެ. ނީލްއަށް ހިނިތުންވެވުނީ އެކަމަކީ ލޫޝާގެ ކަމެއްކަން އެނގުމުންނެވެ. އެއީ ނީލް އަވަހަށް ހޭލައްވާލަން ބޭނުންވާ ކޮންމެ ދުވަހަކުވެސް ލޫޝާ ކަންތައް ކުރާ ގޮތެވެ.

“..ކޮބާ ހޭލެވިއްޖެދޯ..” ނީލް ބަލާލިއިރު ލޫޝާ ދޮރުމަތީ ކޮފީތަށި ހިފައިގެން ހުއްޓެވެ. ބޮލުގައި ތުވާލި އޮޅާލައިގެން ލޫޝާ ހުރީ ހިނިތުންވެފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ އަސަރެވެ. ފެންވަރައިލައިގެން ހުރުމުން މޫނުމަތި އުޖާލާވެފައި ތާޒާކަމަށް ދައްކައެވެ. ލޫޝާގެ އުމުރުން 40 އަހަރު ފުރިފައިވީ ނަމަވެސް އޭނާއަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އަދިވެސް ހީވަނީ 25 އަހަރުގެ ޒުވާން އަންހެން ކުއްޖެއް ހެންނެވެ. ލޫޝާ ޒުވާންކަމަށް ދައްކާ އެންމެބޮޑު އެއްސަބަބަކީ އޭނާގެ ދެގޮތެއްނުވާ ހިމަތޮޅި ހަށިގަނޑެވެ. ނީލްއަށް ލޫޝާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އެހެން ދުވަސް ދުވަހާއި ތަފާތު ކަމެއް އެމޫނުމަތިން ފާހަގަވަމުން ދާތީއެވެ.

“..އަދިވެސް އިނީތަ؟.. އަން ކޮފީތަށި..” ލޫޝާ ކޮފީތަށި ދިއްކޮލަމުން ބުނެލިއެވެ. ނީލް ދެލޯ އުނގުޅާލަމުން މޯޅިއަކަށް ދެމިލިއެވެ.

“..މިއަދު ކޮންކަމެއް އޮތީ.. އަހަރެން ތި ހޭލައްވާލީ..” ނީލް އެހިއެވެ. ލޫޝާ ޖަވާބު ދިނުމެއްނެތި ބޮލުގައި އޮޅާލެވިފައިވާ ތުވާލި ގަނޑު ނައްޓާލަމުން އިސްތަށިގަނޑުން ފެން ހިއްކަންފެށިއެވެ. ނީލް ކަޅިޖަހާނުލާ ލޫޝާއަށް ބަލަން އިނެވެ. ލޫޝާގެ ތުންފަތްމަތީގައި ވަނީ ލަތުވެތި އުފާވެރި ހިނިތުންވުމެކެވެ. އެކަމުގެ ސިއްރަކީ ކޮބައިބާއެވެ؟

“..އަދިވެސް އިނީތަ އަވަސްކޮށްބަލަ.. ވާހަކައެއް ބުނަންވެފަ އެބައޮތް..” ލޫޝާ ތުވާލި ގަނޑު ބޭއްވުމަށްފަހު ބޮލުގައި ފުނާ އަޅަންފެށިއެވެ. އޭނާގެ ކުރިމަތީ ހުރި ލޯގަނޑުން ފަހަތުގައި އިން ނީލްއަށް ބަލަމުންނެވެ. ނީލް އަވަސް އަވަހަށް ކޮފީތަށި ދަމާލީ ލޫޝާ ދައްކަން އުޅޭ ވާހަކައެއް އަޑު އެހުމުގެ ބޭނުމުގައެވެ. އޭނާ އެނދުން ތެދުވެގެން އައިސް ލޫޝާގެ ފަހަތުން ބައްދާލިއެވެ.

“..ހާދަ ހެޕީވެފައޭ ތިހުންނަނީ..ކިހިނެއްވީ..؟” ނީލްގެ ދަތްދޮޅި ލޫޝާގެ ކޮނޑުމަތީ ޖައްސާލަމުން ގަޔާލާފިއްތާލިއެވެ. އަދި ކަރުދަށުގައި ނީލްގެ ތުންފަތް ޖައްސާލަމުން ލޯގަނޑަށް ބަލާލިއެވެ. ލޫޝާ ނީލްގެ އަތުގައި ބާރަށް ހިފަހައްޓާލަމުން މަޑުމަޑުން އަތް މައްޗަށް ގެނެސް ބަނޑާދިމާލުގައި ޖައްސާލިއެވެ. ނީލް ދެލޯ ބޮޑުކޮށްލުމާއެކު ލޫޝާ ދެތުންފަތް ފިއްތާލަމުން ބޯ ޖަހައިލިއިރު އެލޮލުގައިވަނީ ކަރުނަ ގިނަވެފައެވެ.

“..ހަމަ އަސްލުވެސް..” ނީލް ހީލަމުން ލޫޝާގެ މޫނުމަތީ ދެއަތުން ހިފަހައްޓާލިއެވެ.

“..ޔާ.. އަހަރެން ބަނޑުބޮޑު..” ލޫޝާ ބުނެލިއެވެ.

“..ވާއޯ.. އައި އޭމް ސޯ ހެޕީ..” ނީލް ހަޅޭލަވައިގަންނަމުން ލޫޝާ ދެއަތް ދަނޑިމައްޗަށް ނަގައިގަނެގެން އެނބުރެންފެށިއެވެ. ލޫޝާވެސް ހެމުންހެމުން ތިރީގައި ބެހެއްޓުމަށް އެދެމުންދިޔައެވެ.

ދެމަފިރިންގެ ހުނުމާއި އުފާފާޅުކުރުން މެދު ކެނޑުމަކަށް އައީ ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށެވެ. ނީލް ލޫޝާ ކައިރީ އެނދުން ނުތެދުވުމަށް ބުނަމުން ގޮސް ދޮރު ހުޅުވާލިއެވެ. ނަމަވެސް ދޮރުމަތީގައި ހުރި ކިނާން ފެނުމާއެކު ކުއްލިއަކަށް ލޫޝާއަށް ކޮޅަށް ތެދުވެވުނެވެ. ކިނާންއަކީ އާންމުކޮށް އެހާ އަވަހަށް ހޭލާ މީހަކަށް ނުވާތީ ލޫޝާގެ ހިތުގައި ސުވާލް އުފެދުނެވެ. ކިނާންގެ މޫނުމަތިން ނިދީގެ އަސަރު ފެންނަން ހުއްޓެވެ. ލައިގެންހުރި ސޯޓާއި ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑު އެގޮތް މިގޮތަށް ހުރުމުން އޭނާ އެއައީ ދެންމެ ހޭލައިގެންކަން އެނގެއެވެ. ކިނާން ނީލްއަށް ބަލާލަމުން މަޑު ހިނގުމެއްގައި އައިސް ލޫޝާ ކައިރިއަށް ހުއްޓުނެވެ. ލޫޝާ ކިނާންއާ ހަތަރު ކަޅި ހަމަކޮށްލިއިރު އެލޮލުގައި ކަރުނަތައް ރީއްޗަށް ފެނުނެވެ. އެކަރުނައިގެ ސިއްރަކީ ޑައިރީކަން ވަގުތުން ދެނެގަނެވުނެވެ.

“..އައި އޭމް ސޮރީ މޮމް..” ކިނާން ބުންޏެވެ. “..އަޅުގަނޑު ހީވެސް ނުކުރަން ބައްޕަ އަކީ އެހައި ނުބައި..”

ލޫޝާ ކިނާންގެ އަނގަމަތީ އަތް އެޅިއެވެ. ބައްޕަ ކޮންމެ ގޮތަކަށް ކަންތައްކޮށްފައި އޮތް ނަމަވެސް ބަދު ބަހެއް ނުބުނުމަށް ލޫޝާ އެދުނެވެ. ކިނާންގެ ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވެގެން ދިޔައީ މަންމަގެ މާތްކަން ހިތަށް އަރާފައެވެ. އެހުރިހާ ކަމެއްވުމުންވެސް މަންމަގެ ހިތުގައި ބައްޕައާމެދު ރުޅިވެރިކަމެއް ނަފުރަތެއްވެސް ނެތްކަހަލައެވެ. ކިނާން ލޫޝާގެ އަތުގައި ހިފާ ބާރުކޮށްލަމުން މާފަށް އެދުނެވެ. ލޫޝާ ހިނިތުންވެލިއެވެ.

“މޮމް އައި އޭމް ރިއަލީ ސޮރީ..” އަނެއްކާވެސް ކިނާން ބުނެލިއެވެ. ކިނާން އެވަރަށް މާފަށް އެދޭ ސަބަބެއް ނޭގުމުން ކޮންކަމަކަށްތޯ ލޫޝާ ސުވާލްކޮށްލިއެވެ.

“..އަޅުގަނޑު ހީކޮށްގެން ހުރީ މޮމް ބައްޕަދެކެ ލޯބި ނުވާތީކަމަށް ވަކިވީ..” ކިނާން އިސްޖަހައިލަމުން ބުނެލިއެވެ. “..މޮމް ޑޭޑް ބޭނުންވެގެން ވަކިވީކަމަށް.. އައި އޭމް ސޮރީ..”

އެވާހަކައަކީ ލޫޝާއަށް ކުރިން އެނގިފައިވާ ވާހަކައަކަށް ނުވާތީ ހިސާބެއްގެ ހައިރާންކަމެއް ލިބުނެވެ. ލޫޝާއަށް ބަލާލެވުނީ ނީލްއާ ދިމާއަށެވެ. އޭރުވެސް ކިނާންހުރީ އިސްޖަހައިލައިގެންނެވެ.

“..އެއީ މައްސަލައެއްނޫނޭ..” ނީލް އައިސް ކިނާން ގަޔާ ކައިރިކޮށްލިއެވެ. “..ދަރިފުޅު ހިތުގަ އެހެން އޮތަސް ބޭރަކަށް އެކަމެއް ފާޅެއް ނުކުރަމެއްނުން.. މިބުނީ ދުވަހަކުވެސް މަންމައަށް ޑޭޑްއަށްވެސް ރުޅިވެރިކަމެއް ބާއްވާ އަޑުގަދަކޮށްވެސް ވާހަކަ ދައްކާ ހަދާފަވެސް ނުވާތީ.. ސޯ ނޯ ސޮރީ.. އޯކޭ..” ކިނާން ނީލްއަށް ބަލާލަމުން ލޫޝާއާ ދިމާއަށް ބަލާލިއެވެ. ލޫޝާ ހިނިތުންވެލީ ބޯޖަހައިލަމުންނެވެ.

“..އެއީ މޮމްވެސް ޑޭޑްވެސް ރަނގަޅުވީމަ..” ކިނާން ނީލްގައިގާ ބައްދައިގަތެވެ. “..ތީ ހަމަ އަސްލުވެސް އަޅުގަނޑުގެ ބައްޕަ.. އަޅުގަނޑުގެ ޑޭޑް..”

“..ނޯ ދެޓްސް މައި ޑޭޑް..” އަންހެން ކުއްޖެއްގެ ބާރަށް ބުނެލި އަޑު އިވިގެން ދިޔައެވެ. ލޫޝާ ބަލާލިއިރު ނީރާ ފެންވަރާ ނަލަވެގެން އައިސް ހުއްޓެވެ. އުމުރުން ތޭރަ އަހަރުގެ ނީރާއަކީ ލޫޝާއާއި ނީލްގެ އަލަތު ދަރިފުޅެވެ. ދެވަނަ ދަރިފުޅަށް ލޫޝާ މިހާރު އެއިނީ ބަލިވެއެވެ. ނީރާ ހިނިތުންވަމުން ކިނާންއާ ދިމާއަށް އެއްލޯ މަރާލިއެވެ. ކިނާން ހީލަމުން ނީލް އާއި ލޫޝާ ގަޔާކައިރިކޮށްލީ ނީރާ ރުޅި އަރުވާލުމަށެވެ. ނީރާ ގާތަށް އައީ ހިންޏެވެ.

“..ދޮންބޭ އަޅުގަނޑު ކުޑައިރު ތިގޮތަށް ރުޅި އެރުވުނަސް ދެން ނުވާނެ..” ހެމުން ހެމުން ނީރާ ބުނެލިއެވެ.

“..ދޮންބެއަށް ކޮފީއެއް ހަދާދީބަ..” ކިނާން ހީލަމުން އެހެންބުނުމާއެކު ނީރާ ދިޔައެވެ. އޭނާ ނީރާ އެތަނުން ފޮނުވާލީ ކޮންމެހެން ކޮފީ ބޯހިތަކުންނެއް ނޫނެވެ. މަންމަމެންނާ ދައްކާލަންވެފަ އޮތް ވާހަކައެއް އޮތީމައެވެ.

“..މޮމް އެން ޑޭޑް..” ކިނާން ފަހަރަކު މީހަކާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. “..އަޅުގަނޑު ބޭނުން ރާއްޖެ ދާން.. މާލެ ދާން.. ބައްޕަ ދެކިލަން..”

ނީލް ހިނިތުންވެލި އިރު ލޫޝާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. ކިނާންއަށް ހުރިހާ ހަޤީޤަތެއް އެނގުމުން ކައިލްއާ ބައްދަލުކުރުމުގެ ހިޔާލް ގެންގުޅެފާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ކިނާން ކައިލްދެކެން ބޭނުންވީ ކޮން ބޭނުމަކު ބާވައެވެ؟

“..ކީއްކުރަން..” ލޫޝާ އަހައިލިއެވެ.

“..ހަމަ ދެކިލަން ބޭނުމީ..ވާހަކަ ދައްކާލަން..” ކިނާން ޖަވާބުގައި ބުނެލިއެވެ.

“..އޯކޭ މާދަމާ ފުރަން ތައްޔާރުވޭ..” ވާހަކަ ދައްކަންފެށީ ނީލްއެވެ. “..ދަރިފުޅު އެކަނިދާން ޖެހޭނީ.. މަންމަމެންނަށް ކޮއްކޮ ސުކޫލް ދުވަސް ވަރުވީމަ ދެވޭކަށް ނެތް.. ދަރިފުޅު އެކަނިދިޔަސް އެކޮޅުން އަންކަލްދާނެ ދަރިފުޅު ބަލާ.. އަންކަލް ދަރިފުޅުގެ އަސްލު ބައްޕައާވެސް ބައްދަލުކޮށްދޭނެ.. ދެން އަންކަލް އަންނައިރު މިކޮޅަށް އަންނާނީ..”

ލޫޝާ ހުރީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. ކިނާން މާލެ ފޮނުވާކަށް އޭނާގެ ހިތެއް ނޭދެއެވެ. ނަމަވެސް ނީލްގެ ނިންމުމާ ދެކޮޅު ނަހަދަންވެގެން ލޫޝާވެސް އެއްބަސްވީއެވެ. ލޫޠުވެސް މިވަގުތު ހުރީ ރާއްޖޭގައި ކަމަށްވުމާވެސް އެކުއެވެ.

“..ތޭންކްސް.. އަޅުގަނޑު ރެޑީވާނަން..” ކިނާން ނުކުމެގެން ދިޔައެވެ. ކަންތައްވެގެން ދިޔައީ ކިނާން ބޭނުންވި ގޮތަށެވެ. ދެން ކަންތައްވާނީވެސް އޭނާ ބޭނުންވާ ގޮތަށެވެ. ކިނާން މާލެދިޔުމަށް ބޭނުންވީ ކޮންމެހެން ކައިލްއާ ބައްދަލުކޮށް ހެޔޮހިތުން ހިތްހެޔޮކަމާއެކު ވާހަކަ ދައްކާކަށް ނޫނެވެ. އޭނާގެ ހިތުގައި އެމީހުންގެ މައްޗަށް ނަފުރަތުގެ އަލިފާން ނޫން އިތުރު އެއްޗެއް ނެތެވެ. ނަމަވެސް އޭނާގެ މަޤުޞަދު ހާޞިލްވާނީ ކައިލްއާވެސް ބައްދަލު ކުރެވިގެން ކަމުގައިވާތީ އެކަންވެސް އޭނާ ކުރާނެއެވެ.

ކިނާންގެ ބޭނުމަކީ ލޫޝާގެ ލޮލުން ވައްޓާލި ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލުހިފުމެވެ. ލޫޝާގެ ހަޔާތް ބަރުބާދުކުރަން މަސައްކަތްކުރި ޔުމްނުގެ ހުވަފެންތައް ފުނޑު ފުނޑުކޮށްލުމެވެ. ކައިލްއާ ޔުމްނު ލޯބީގެ ގަނޑުވަރު ވީރާނާ ކޮށްލުމެވެ. ތަޅާ ސުންނާފަތިކޮށްލުމެވެ. އެމީހުންގެ ހަޔާތް ބަރުބާދުކޮށްލުމެވެ. ނަމަވެސް ހިތާމައަކީ ކިނާންއަށް ކައިލް މިހާރުގެ ދިރިއުޅުމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތްކަމެވެ. ތަޤުދީރުގެ ރޭވުން ކިނާންގެ ރޭވުމަށްވުރެވެސް މޮޅެވެ. (ނުނިމޭ)

( ހުރިހާ ކިޔުންތެރިންނަށް ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރަން!)

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

މަންމަގެ ޑައިރީ 17 ވަނަ ބައި

Next

އޯގާވީ ހިތަކުން…38

Next
June 29, 2014

އޯގާވީ ހިތަކުން…38

Previews
June 20, 2014

މަންމަގެ ޑައިރީ 17 ވަނަ ބައި

40 Comments!

  1. ummi says:
    June 28, 2014 at 2:36 am

    Hey Ramadan mubarak… v vvv v reethi mi bai ves.. waiting for the next part. ..rangalhah e dhemeehun ge life barubaadhu kuraathii igey.. oooohh imagine aneh baii ga kail men dhera vaane varu… so happy ..

    1. nishan says:
      June 28, 2014 at 2:27 pm

      Thank you ummi.. Barubaadhu vaahaka nimeynii barubaadhu vegen 😉

  2. mal says:
    June 28, 2014 at 8:23 am

    Inthizaaru maadhigu nukuraathi pls.mifaharuves haadhalahey vaahaka hama v salhi 🙂

    1. nishan says:
      June 28, 2014 at 2:28 pm

      Thank yu mal.
      Varah avahah up kohdheynan in shaa Allah 🙂

  3. strawberry says:
    June 28, 2014 at 9:20 am

    oo !!!wow so awesome keep it up nishaan

    1. nishan says:
      June 28, 2014 at 2:30 pm

      Thank yu. Strawberry 🙂

  4. veera says:
    June 28, 2014 at 10:51 am

    V nice mi part sifakurun thavs vv reechy buneveny Ramadan mubaarak
    Nishaan

    1. nishan says:
      June 28, 2014 at 2:32 pm

      Thank yu veera..

  5. shaamy says:
    June 28, 2014 at 12:23 pm

    Haadha lahakun vaahaka genes dhiny roadha mas annaathy bxy vy dhw….eha avahah nunimmabala vaahaka adhivex continue vaanehnu?v rythi mibaivx…

    1. nishan says:
      June 28, 2014 at 2:54 pm

      yeah kudakoh busy veema las vanee. story beynun varakah dhigu kurevidhaane but dhenmi story ninmaalan miulhenii.. thank yu shaamy..

  6. niky says:
    June 28, 2014 at 1:47 pm

    vvv salhi mi part ves… Happy Ramzaan 🙂

    1. nishan says:
      June 28, 2014 at 2:55 pm

      thank yu niky 🙂

  7. she says:
    June 28, 2014 at 1:52 pm

    Ramazan mubaarak. Nishan.
    ☆.Nice. Keep it up

    1. nishan says:
      June 28, 2014 at 2:56 pm

      thank yu she…

    2. Nana says:
      June 28, 2014 at 3:48 pm

      Vaahaka varahriythi Nishan ashaa mi site ga vaahaka liyaa hurihaakudhin adhi vaahaka kiyaa hurihaakudhin nah ramazaan mubaarik

    3. Nana says:
      June 28, 2014 at 3:59 pm

      Nishan Kail yumnu aa dhemiyhin barubaadhu kohlaathi ee run varah happy vaane mifaharu kuruvihaa dhigu inthizaareh nukuruvaa up koh dhehchey ingey adhives buneveyniy vaahaka varah rich hey nishan varah molhey

    4. nishan says:
      June 28, 2014 at 7:59 pm

      Thank you Nana.. Mifaharu ehaa laheh nuvaane in shaa Allah 🙂

  8. Haxu says:
    June 28, 2014 at 3:50 pm

    Hiiiiiiiii nishaan hws u????????? v dhuvx vejje mi story ah comment nukurveythaa.. emme fahun nimen ulheni koh dhw mi comment kohlevuni.. v dhera… geyga net kadaali gothah v fahun net ah laari dhehki ehenve story nukiyuni bt nw nukiya huri part thah vx kiyaafin…. vvvvvvvvv salhi mi story.. alhe cover ga e ini kinaan tha haadha salhi ey eyna. <3 . hahaha…. dhn vaahak nimey iru jeheyne dhw kail mennah ladu dheyn so i m waitin 4 nxt part.. kail mennah ladu libey than balan mi inthizaaru kuranii… Aslu vx net kadaa laafa huri dhuvx kolhu i really miss this story Btw ramazaaan mubarik 4 every one…. i love this story.. n nishan ge ehen story eh mi story nimuneema fennaane kamah ummmedhu kuran… gud luk… <3 <3 😀

    1. nishan says:
      June 28, 2014 at 8:04 pm

      Hey haxu I missed you.. Varah hithah erii haxu kobaibaa ey.. Nishan miulhenii kudakoh balive.. Hope ur fine vaahaka nimumuge kurin habareh veliima 🙂 Thank you

  9. Jee says:
    June 28, 2014 at 4:44 pm

    v reethi

    1. nishan says:
      June 28, 2014 at 8:05 pm

      Thank yu jee..

  10. naj says:
    June 28, 2014 at 7:45 pm

    reethi .. hadi eh noon .. kon kahala photo eh tha laifa einy 😛 …. loosh maru nuvaakan enguny ma v happy 🙂

    1. nishan says:
      June 28, 2014 at 8:07 pm

      Thank you naj.. Pic kada eetha??? 😉

  11. shai says:
    June 28, 2014 at 8:20 pm

    v v v salhi story dhn last part avahah genadheythi ramaxan mubaaarik

  12. shai says:
    June 28, 2014 at 8:20 pm

    v v v salhi story dhn last part avahah genadheythi ramaxan mubaaarik

    1. nishan says:
      June 28, 2014 at 8:37 pm

      Thank you Shai.
      Varah avahah up kohdheynan in shaa Allah

  13. majii says:
    June 28, 2014 at 9:58 pm

    wow!! v nice egey waiting for the last part……

    1. nishan says:
      June 28, 2014 at 10:42 pm

      Thank you Majii..

  14. Haxu says:
    June 28, 2014 at 10:32 pm

    i m fine e.. dhn mi vaahaka nimendhen kiyaashey buneemennu ehenve jeheynenu dhw kiyann.. hahaha

    1. nishan says:
      June 28, 2014 at 10:44 pm

      Then thibunii ehen nubuni nama nukiyaa namey dho 😛

  15. jiji says:
    June 28, 2014 at 11:22 pm

    V nice ingey story…. Keep it up nishan…… Nd happy ramaxan to all the authors and readers…

    1. Nishan says:
      June 29, 2014 at 12:47 pm

      ThAnk yu jiji

  16. Haxu says:
    June 29, 2014 at 2:23 pm

    Hehheh dhn ehenneh noon nishan bunyas nubunyas nishan liyaa vaahaka eh ma kiyaanennu.. Hahaha.. Anikka mifaharu maa haasa kn kiyaashey buneema dhn jehey nenu dhw kiyann.. hahaha <3 oh adhi handhaan nethifa mihury GET WELL SOON… 😀 <3

    1. nishan says:
      June 29, 2014 at 11:40 pm

      Thank you haxu 🙂

  17. she says:
    June 29, 2014 at 11:14 pm

    Get well soon nishan .

    1. nishan says:
      June 29, 2014 at 11:42 pm

      Thank you she..

  18. sapP3y says:
    June 30, 2014 at 4:24 am

    . I jst luuurrrrvvvv ur stories man.. Vai filuvan ham mareh.. Keep it up dude..

    1. nishan says:
      June 30, 2014 at 10:04 am

      Thank you SapP3y 🙂

  19. lin says:
    June 30, 2014 at 9:26 am

    wow… v v v salhi ..v kamudhaa kahala gothaka genesdheefa ini ..ur the best…keep going.n avas shifaa akah edhen nishaan…v salaamaa heyo dhuvaa thi femili ashaa nishaan ah…. 🙂

    1. nishan says:
      June 30, 2014 at 10:07 am

      Vaahaka kiyaalithi Lin ah thank.. And also thanks for the well wishes 🙂

Comments are closed.


All Right Reserved!