އޯގާވީ ހިތަކުން…46
ހުޅަގު މޫސުމް ފެށިގެން އުޅޭ ދުވަސްކޮޅެވެ. އުޑުމަތި ބަނަކުރަމުންދިޔަ ވިލާތައް އޮއްސައިގަތީ ހެނދުނުއްސުރެ އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދިނުމަށްފަހުގައެވެ. ވިއްސާރަ ބޯކޮށްލީ އިނާމެން ފުރަން ދިޔަ މަގުމަތީގައެވެ. ވާރޭގެ ބަރު ތިކިތައް ފެރީއަށް ހަމަލާދޭން ފެށިއިރު ކަނޑުގަދަކަމުން ފެރީ ބަންޑުން ޖަހާލަފާނެހެން ހީވި ފަހަރުވެސް އަޔެވެ. ފަޒާ ފުސްވެ ތަނެއް ދޮރެއް ވެސް ފެންނަނީ ނިކަން އުނދަގުލުންނެވެ. އީނާ އަލްޔަސްގެ އަތުގައި ބާރަކަށް ހިފަހައްޓާލައިގެން އިންއިރު ފެރީގައި ތިބި އެންމެންގެ މޫނުމަތިންވެސް ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ.
ނަޒްޔަކް ހީކުރިވަރަށްވުރެ ރޫޔާ ހިތްވަރުގަދައެވެ. އީނާ ބިރުން އުޅޭއިރު ރޫޔާ އިނީ ހަމަޖެހިލައިގެންނެވެ. ދެޒުވާނުންގެ ދެމެދުގައި ވާހަކަތައް ބަދަލުކުރެވޭއިރު ދެޒުވާނުން ވެފައިވަނީ އެކަކު އަނެކަކުގެ ގާތް ދެރަހްމަތްތެރިންނަށެވެ. ރޫޔާ ނަޒްޔަކްއާ ވާހަކަ ދައްކާއިރު އޭނައަށް އަންނަ ބަދަލުތައް ފޮރުވަން ވަރަށް ކުޅަދާނައެވެ. ނަޒްޔަކްގެ ހިތުގައިވާ އެއްޗެއް ނޭގޭތީ ރޫޔާގެ ހިތުގައި ވާ އިހްސާސްތައް ވަނީ ވަންހަނާ ކުރެވިފައެވެ.
ދަތުރުގެ މަންޒިލާ ހަމައަށް ދެވުމުން ނުތަނަވަސްކަން ވެރިވެފައި ތިބި ހިތްތަކަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ފެރީ ލެފުމާއެކު އެންމެން އަވަސްވެގަތީ އެއިން ފޭބުމަށެވެ. އީނާމެން ތިބީ މީހުން ހުސްވަންދެން މަޑުކޮށްލައިގެންނެވެ. އޭރު ވާރެ ތުނިކޮށްލައިފިއެވެ. ނަމަވެސް އުޑުމަތީގައި އޮޅާލެވެމުން ދިޔަ ވިލާތަކުގެ ކުލަތައް އިތުރަށް ދިޔައީ އަނދިރިވަމުންނެވެ.
ޗެކިންއަށް ވަންއިރު ފިނިގަދަކަމުން ގޮސް ރޫޔާ ހުރީ ތުރުތުރުއަޅާ ގޮތްވެފައެވެ. ޓިޝޫއަކުން މޫނުގައި ވިދަމުން ދިޔަ ފެންތިކިތައް ފޮހެލަމުން އޭނަ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ކިއުވެސް އެހާމެ ދިގެވެ. ރޫޔާ ގަޑިބަލާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
”މާދަމާ ހެނދުނު އިރުއަރާއިރު ކަންނޭގެ މިތަނުން ނިމޭނީ….” ރޫޔާ ފަދައިން އިނާވެސް ހުރީ އެހާ ދިގު ކިއުއެއްގެ ފުލުގައި ލައްވާލުމުން ފޫހިވާގޮތް ވެފައެވެ. ރޫޔާ އީނާއާ ވާހަކަ ދައްކަން ހުއްޓާ ފަހަތުން ކުއްޖަކު ގޮވާލި އަޑު އިވުމުން ޚައިރާންކަމާއެކު ބަލާލެވުނެވެ. ރޫޔާއަށް ހުރެވުނީ ލުޔޫންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެދެލޮލުގައިވަނީ ޝަކުވާއެވެ. އެމޫނުމަތިން ދެރަވެފައި ހުރިކަން ފާޅުވެއެވެ. އެއާއެކު ރޫޔާގެ ހިތަށް އަސަރުކުރިއެވެ. ލުޔޫން އޭނައާ ހެދި ހާދަވަރަކަށް އުޅުނެވެ.
”ދައްތީ….. ކީއްވެގެންތަ ލުޔޫން އާ ބައްދަލު ކުރަން ގެއަށް ނާންނަނީ؟ އެއަކުވެސް ދައްތިއާ ބެހޭ ވާހަކައެއް ނުދައްކާ… ވީނާ އާންޓީ ބުނީ ދައްތި ތީ ވަރަށް ގޯސް މީހެކޭ، މަންމަ ގާތުން ސުވާލު ކުރީމަވެސް ޖަވާބެއް ނުދޭ، ދައްތި ދެން ނާންނާނީތަ އެގެއަށް؟…..” ލުޔޫން ރޫޔާގެ އަތުގައި ހިފަމުން ބުންޏެވެ. ލުޔޫންގެ އެސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަކަށް ނޭގުނެވެ. އޭނައަށް ހުރެވުނީ ލުޔޫންއަށް ބަލާށެވެ.
”ލުޔޫން ކޮބާތަ މަންމަމެން؟ އެކަނި އުޅެން ނުވާނެއެއްނު، މިތަނަށް ގެއްލިޖެއްޔާ ކިހާ ދެރަ….” ރޫޔާ ވެސް ކުރީ ސުވާލެކެވެ. އޭނަ ލުޔޫންގެ ސުވާލުތަކަށް ޖަވާބު ދީފިނަމަ އެޅަހިތް ހަލާކުވެދާނެތީ ރޫޔާ މުޅިން އެހެން ވާހަކައެއް ފެށިއެވެ.
”ދައްތީ ޕްލީސް ޖަވާބު ދީބަލަ، ދޮންބެވެސް ޖަވާބެއް ނުދޭ….” ލުޔޫން އާދޭސްކުރަން ފެށިއެވެ. ރޫޔާގެ ހިތަށް އަސަރުކުރިއެވެ. ލުޔޫންގެ ލޮލުގައި ކަރުނަ ވިދަން ފެށުމުން އޭނަ ތުންފަތުގައި ދަތްއަޅާލިއެވެ.
”ލުޔޫން!….” ވީނާ ބާރަކަށް ގޮވާލި އަޑު އިވުނެވެ. އެއަޑަށް ލުޔޫން ދިޔައީ ސިއްސައިގެންނެވެ. އޭނަ ދެންވެސް ބެލީ އޭނަގެ ސުވާލުތަކަށް ޖަވާބު ލިބޭތޯއެވެ. ”މިތަނަށްވެސް އައީ ދޯ؟… ކަލޭ އިތުޅެނީ އަހަރުމެން ފަހަތުން ނެއްޓެން ނޭގިގެން ތަ؟ ބޮޑު ސުންޕާގަނޑެއް، ދާ ކޮންމެތަނެއް ހަލާކުކުރަމުން ދުވަނީ ތިކަހަލަ މީހުންނަކަށް ދުވަހަކު އުފަލުގައި ނޫޅެވޭނެ…” ވީނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު އެތާންގައި ތިބީ ހުރިހާ މީހުންގެ ސަމާލުކަން ވީނާއަށް ހުއްޓިއްޖެއެވެ. އެއީ ވީނާ ބޭނުންވި ގޮތެވެ. މައިމޫނާ މަރުވުމުންވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނު ކަމަކަށް ނުވެއެވެ. ރޫޔާގެ އުނދަގޫ ފޯރަފާނެއޭ ހިތަށް އަރާވަރުންނެވެ.
ނަޒްޔަކް ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނަ ރުޅި ކޮންޓްރޯލްކުރިއެވެ. ލޯބިވާ މިހަކާ ދިމާއަށް އެފަދަ ބަސްމަގަކުން މުހާތަބު ކުރުމުން ރުޅި ނާންނާނީ ކާކު ހެއްޔެވެ؟ ނަމަވެސް މަސްލަހަތަށް ބަލާފައި އޭނަ ހުރީ ހިމޭނުންނެވެ.
”ހިނގާ ދާން، ކިތައްފަހަރު ބުނާނީ މިއިނބިލީސްގަނޑު ދެނެއް އެގައަކަށް ނާންނާނެއޭ….” ލުޔޫން އަތުގައި ހިފައި ދަމައިގަންނަމުން ވީނާ ބުންޏެވެ. އެވަގުތު ރޮޒެއިނާ އައިސް ގަދަކަމުން ލުޔޫން ގެންދިޔައެވެ. ވީނާ ދެން ރޫޔާއަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. ރޫޔާ ވެސް ދެބުމަ ކައިރިކޮށްލަމުން އޭނަ ވީނާދެކެ ކުޑަކޮށްވެސް ޖެހިލުން ނުވާނަކަން އަންގާލުމުން ވީނާ އެތަނުން ދިޔައީ އިންތިހާއަށް ރުޅިއައިސްފައި ހުރެއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ނޫރާލް ރޫޔާއަށް ފެނުނީ އެވަގުތުއެވެ. ނޫރާލްގެ މޫނުމަތިން ރޫޔާއަށް ފެނުނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މައިމޫނާގެ ވާހަކަތަކުން މީގެ ކުރިން އޭނަ ނާއުންމީދު ވިޔަސް މިހާރު އޭނަގެ ލޯބި ހާސިލު ވެދާނެކަމުގެ އުއްމީދު ހިތުގައި އާލާވާން ފަށައިފިއެވެ.
ރޫޔާ އެނބުރުނީ އަނެއް ފަރާތަށެވެ. އޭނަގެ ހިތަށް ވީނާ ބުނި އެންމެ ޖުމްލައަކުން ވެސް އަސަރެއް ނުކުރިއެވެ. އަސަރުކުރީ ލުޔޫން ދެއްކި ވާހަކަތަކުންނެވެ. އޭނައަށް އެކަން ބަދަލުކުރެވޭކަށް ނެތެވެ.
”ފޫހި މީހެއް އެއީ… ދެން މީހަކާ ޖައްސާލާފަ ހުއްޓަސް އެއީ ބޮޑުވަރު ދޯ؟ އަހަރުމެން ހިމޭނުން ތިބީމަ ހީވަނީ ބޭނުންކަމެއް ކުރެވޭނެހެން….” އީނާ ވެސް ހުރީ ވީނާ ދެކެ ރުޅިއައިސްފައެވެ. ”ދެން އެވާހަކަ ނުދައްކަމާ، އަހަރުމްނެގް އުފާވެރިކަން އެކަމުގެ ސަބަބުން ހަރާބުކުރާކަށް ނުވާނެއެއްނު، ޖަސްޓް ޗިލް….” ރޫޔާ އީނާގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. އީނާ ރުޅިއައިސްގެން ޒުވާބަކަށް ނުދިޔަކަން ނަސީބެކޭ ރޫޔާގެ ހިތަށް އެރިއެވެ.
”ހޫމްމްމް…” އީނާ ހޫމް އަޅުވާލިއެވެ.
ބޯޑިންގްއަށް ގޮސް ގިނަ އިރުވަންދެން މަޑުކުރާކަށް ނުޖެހުނެވެ. ފަސްވަރަކަށް މިނެޓް ތެރޭ ގޭޓު ހުޅުވާލައިފިއެވެ. ފްލޭޓަށް އަރައި ހަމަޖެހިލަމުން ކައިރީގައި އިން ނަޒްޔަކްއަށް ރޫޔާ ބަލާލިއެވެ. ”ނިކް ވާނެ އިނގޭ އަހަރެން ގޮވައިގެން މައުންޓެއިންތައް ބަލާލަން ދާން، ދެން މާދަނޑުތައް ވެސް އަދި ބޭނުން ސްކައިޑައިވް ކުރަންވެސް….” ރޫޔާ ބުނެލިއެވެ.
”އޮފްކޯޒް، ދެން އިތުރުތަނެއް ނެތް ތަ؟….” ނަޒްޔަކް އެހިއެވެ.
”ދެން ދެވުނީމަ އިނގޭނީ……” ރޫޔާ ހިނިތުންވުމަކާއެކު ބުންޏެވެ.
ޓްރާންސިޓްކޮށްފައި ދާ ފްލޭޓަކަށް ވުމުން ދިގު ދަތުރެއް ކުރަން ޖެހުނެވެ. ކުއަލަ ލަމްޕޫރް އިންޓަނޭޝަނަލް އެއާރޕޯޓަށް ބޯޓު ތިރިކުއިރިއު ރޭގަނޑުގެ ކަޅުފޭރާން އޮޅާލަން ތައްޔާރު ވަނީއެވެ. ރާއްޖެއިން ބޭރަށް ރޫޔާ އައި ފުރަތަމަ ފަހަރުކަމުން ރާއްޖެއިން ނުފެންނަ ޤުދުރަތީ ރީތިކަން ބަލާލަން ދާހިތުން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ފެންނަކޮންމެ ތަނެއް ރޫޔާ އޭނަގެ ފޯނުގައި ރައްކާކުރަމުން ދިޔައެވެ.
އީނާމެން ބަލާ ޒަވާން، ނީރާ އަދި ޒަނާ އައިސް ތިއްބެވެ. އީނާ ފެންނައިރަށް ޒަނާ އޭނަ ގެނައި ހަދިޔާ ދިއްކޮށްލިއެވެ. ”ސޮރީ އީނޫގެ ކައިވްނެޏަށް ނާދެވުނީމަ، މި ދޮންބެއަކާ ހެދިއޭ، އަހަރެން ބުނިން ދުވަހަކަށް ނޫން ޓިކެޓުވެސް ނެގީ ދެން ފުރަން އޮތް ދުވަހު ފްލޭޓަށް މައްސަލަ ދިމާވެ ނުވެސް ފުރުނު…” ޒަނާ މާފަށް އެދެމުން ނާދެވުނު ސަބަބު އޮޅުން ފިލުވާލަ ދިނެވެ. ”އިޓްސް އޯކޭ….” އީނާ ބުނެލިއެވެ.
”ދެމީހުން ވަރަށް ގުޅޭ….” ޒަނާ ބުންޏެވެ.
”ނިކް ވެސް ތަ؟ ޔޫ ޓޫ ލުކް ފެބިއުލަސް….” ޒަނާއަށް ރުޔާ ފެނުމުން ރޫޔާގެ ގައިގައި ބައްދާލިއެވެ. ޒަނާގެ ސުވާލަށް ޖަވާބު ދޭން ރޫޔާއަކަށް ނުކެރުނެވެ. އޭނަ އިންތިޒާރު ކުރީ ނަޒްޔަކްގެ ޖަވާބަކަށެވެ. އޭރުން އޭނަ ނަޒްޔަކް ދެކެ ލޯބިވާކަންވެސް ހާމަކުރެވޭނެތާއެވެ. ނަޒްޔަކް އޭނައަށް ދޭ ހާއްސަ ސަމާލުކަން އޭނައަށް ފާހަގަ ކުރެވެއެވެ. އޭނަ މާޔޫސްވެފައި ހުންނަ ވަގުތު ތަކުގައި އުފާވެރިކަން ގެންނަން ނަޒްޔަކް އުޅޭވަރު ފެނި ހިތަށް ފިނިކަން ލިބެއެވެ. ރޫޔާ އިންތިޒާރު ކުރަނީ ނަޒްޔަކް ލޯބި ހުށައަޅާނެ ދުވަހަކަށެވެ.
”ޒީ ދެން ހިނގާ އަވަހަށް ދާން، ވަރަށް ވަރުބަލިވެފަ މިތިބީ، ކޮބާ އާންޓީ؟….” އީނާ އަވަސް އަވަހަށް ބުނެލިއެވެ. ”މަންމަވެސް ހުރީ ދެރަވެފަ އީނޫގެ ވެޑިންގްއަށް ނުދެވުނީމަ، އީނޫމެން އަންނަންދެން ސްޕެޝަލް ޑިނާރއެއް ތައްޔާރު ކުރަނީ…..” ޒަނާ އީނާގެ ސުވާލަށް ޖަވާބު ދިނެވެ.
”ނައިޓިންގޭލް” ގޭގެ ބަގީޗާގެ ރީތިކަން ފެނި ރޫޔާ އާޝޯހު ވިއެވެ. ޒަނާ ގެންގުޅޭ މުސަޅުތައް ވެސް ފެނި އެސޮރުމެން މިނިވަންކަމާއެކު ދުވެލާތަން ބަލަން ހުރެވުނެވެ. މިހާ ރީތި ގެއެއް އޭނައަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ފިލްމުތަކުން ފެންނަ ގެތަކުގެ ޗާލުކަން މިރޭ އޭނައަށް ހަމަލޮލުން ފެނި ތަޖުރިބާ ކޮށްލެވިއްޖެއެވެ.
ރޭގަނޑުގެ ކެއުން ނިންމާލާފައި ބޮޑުކޮޓަރީގައި އަނގަތަޅާލަން ޒުވާން ގުރޫޕު ތިއްބެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ތެރޭން ޒަވާން އާއި ނީރާގެ ކައިވެނީގެ ކުރިން ޕިކްނިކް ދާންވެސް ރާވާލިއެވެ. މާދަމާއަށް ދަތުރުގެ ތާރީޚް ހަމަޖެހުނެވެ. ދިހައެއް ޖެހުމުން މަޝްވަރާތައް ނިންމާލާފައި އެމީހެއްގެ ކޮޓަރިއަށް ދިއުމަށް އަވަސް ވެގަތެވެ. ޒަވާން ނީރާ ގެއަށް ލައިދޭން ދިޔައެވެ.
ކޮޓަރިއަށް ވަދެވުމާއެކު އީނާ ގޮސް އެނދަށް ވެއްޓިގަތެވެ. ”ސޭމް އަހަރެންގެ ފައި މަސާޖްކޮށްލަ ދީފާނަންތަ؟….” އީނާ ބާލީހެއްގައި ބައްދާލަމުން ބުނެލިއެވެ. އޭސީގެ ޓެމްޕަރޭޗާރ ދަށްކޮށްލަމުން އައިސް އަލްޔަސް އީނާގެ ފައި މަސާޖްކޮށްލަދޭން ފެއްޓިއެވެ. އަލްޔަސްގެ އަތުގެ ފިރުމުންތަކުން އަރާމުވެ އީނާއަށް ފުންނިންޖެއްގެ ތެރެއަށް ގެނބެން ނެގީ ސިކުންތުކޮޅެކެވެ.
”އީނޫ ނިދީތަ؟…” އީނާގެ ޚަބަރެއް ނުވެގެން އަލްޔަސް ބަލާލިއިރު ފުންނިންޖެއްގެ ތެރެއަށް ގެނބިފައި އޮތް އީނާ ފެނި ބަލަހައްޓައިގެން އިނދެވުނެވެ. ނިދަން އޮތް އިރު ވަކިން ރީތިކަމަށް ދައްކައެވެ. ހިނިތުންވެލަމުން އަލްޔަސް އީނާގެ ކޯތާފަތަށް ބޮސް ދިނެވެ. ހެދުންތައް ބަދަލުކޮށްލައިގެން އައިސް އޭނަ ވެސް އެނދުގައި ޖައްސާލިއެވެ.
****
ހަމަހިމޭން މާހައުލެއްގައި އިރުގެ ދޯދިތަކުން ދުނިޔެ ދޮންކޮށްލިތަން ބަލަން ރޫޔާ އޮތީ ބަގީޗާގެ ފެހިކަންގަދަ ކާރޕެޓް ގްރާސްގަނޑުމަތީ އޮށޯވެލައިގެންނެވެ. ކައިރީގައި ހުރި އަނބުގަހުން އެހިސާބަށް ހިޔާދީފައި އޮތްއިރު ދޮންވެ ފައްކާވަމުން ދިޔަ އަނބުތައް ރޫޔާގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެއަނބުތައް ބިންނަ ހިތެއް ނުވިއެވެ. އޭނައަށް މީރީ ރާއްޖޭން ލިބޭ އަނބެވެ.
ވަގުތުތައް ގުނަމުން ދަނިކޮށް އީނާ ގޮވާލި އަޑުއިވުމުން ރޫޔާ ދިޔައީ ސިއްސައިގެންނެވެ. ”ޔޫ ސްކެއާރޑް ދި ހެލް އައުޓް އޮފް މީ….. ހަރަކާތެއް ނުކޮށް އޮތީމަ އަހަރެން ހީކުރީ މަރުވީކަމަށް….” އީނާ ދުވެލާފައި އައިސް ހުއްޓިލަމުން ބުންޏެވެ. ރޫޔާ ހީގަތުމުން އީނާ ރޫޔާގެ ކޮނޑުގައި ޖަހާލައިފިއެވެ. ”ރޭ މިތާންގަތަ ނިދީ؟…..” ރޫޔާއަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް އީނާ އަހާލިއެވެ.
”ނޫނޭ، ހެނދުނުހެނދުނާ ހޭލެވުނީމަ އައީ މިތަނަށް. އިޓްސް ބިއުޓިފުލް….” ރޫޔާ ތެދުވެލަމުން ބުންޏެވެ.
”އަސްލުވެސް ދޯ؟…. ހިނގާ ސައިބޯން….. ރޫ ބަލާ ކޮޓަރިއަށް ދިޔައިރު ނުފެނިގެން ހޯދަމުން ދަނިކޮށް މިތާ އޮށޯވެލައިގެން އޮތްތަން ފެނި ބިރުން ގޮސް ހަލާކުނުވީ ކިރިޔާ…..” އީނާ ބުނެލިއެވެ. ދެމީހުން ކާކޮޓަރިއަށް ވަންއިރު ޢާއިލާގެ ހުރިހާ މެންބަރުން ހެނދުނުގެ ނާޝްތާ ކުރަމުން ދިޔައެވެ. މުނީރާ ރޫޔާއާއި އެތަކެއް ވާހަކައެއް ދެއްކިޔެވެ. ރަޖްވާން ވެސް މެއެވެ.
ހެނދުނުގެ ނާޝްތާކޮށްލައިގެން ބޭރަށް ނިކުތްތަނާ އެތެރެއަށް ވަދެގެން އައި ޝިޔާރާ އީނާއަށް ފެނިއްޖެއެވެ.
”ކަންތަކާ ޖެހުނީ….” އީނާ ރޫޔާއަށް އަޑުއިވޭވަރަށް މަޑުން ބުނެލިއެވެ. ”އެކީއްވެ؟ އީނޫގެ އެނެމީއެއް ތަ؟….” ރޫޔާ އިތުރަށް އޮޅުން ފިލުވަން އަހާލިއެވެ. ޝިޔާރާގެ ފޮނިކަން އޭނައަށް ފާހަގަ ކުރެވުނެވެ. ލައިގެން ހުރި ހެދުމުން އެކަނިވެސް އެކަން އެނގެއެވެ.
”އަހާނ އީނާތަ؟ ކޮބާ ތަ ހަޒްބެންޑް؟…..” އެހެނިހެން ދުވަސްތަކާ ޚިލާފަށް ޝިޔާރާ އީނާއާ ވާހަކަ ދެއްކީ ތަފާތު ރާގަކަށެވެ. އީނާއަށް ހުރެވުނީ ޤަބޫލު ނުކުރެވިފައެވެ. ”ކިހިނެއްވީ؟ ޖިންނިއެއް ނޫނޭ މިއީ، ކޮބާ ތަ ފިރިސޮރު…..” އީނާ ކައިވެނި ކުރި ޚަބަރު ލިބުނު ފަހުން ޝިޔާރާ އީނާ ދެކެ އަންނަ ރުޅިގަނޑު ވަނީ ފިނިވެފައެވެ. އޭނަ އީނާ ދެކެ ނަފްރަތުކުރީ ޒަވާން އާއި ރާކިންގެ ހަޔާތަށް އިނާ އައިސް ދާނެތީއެވެ. އެބިރުވެރިކަން އީނާގެ ކައިވެންޏާއެކު ފިލައިގެން ހިނގައްޖެއެވެ. އެހިތުގައިވި ހަސަދަވެރިކަން ވެސް މެއެވެ.
”އަލްޔަސް….” ބޮޑުކޮޓަރީގައި އިން އަލްޔަސްއަށް އީނާ ގޮވާލިއެވެ. ”ދެކުދިން ވަރަށް ގުޅޭ….” ޝިޔާރާ ބުންޏެވެ. އިރުކޮޅަކު އެތާ ހުރުމަށްފަހު އޭނަ ދިޔައީ މުނީރާއާ ބައްދަލު ކުރާށެވެ.
”ޝީ އިޒް ނޮޓް ދެޓް ބޭޑް…” ޝިޔާރާ ދިއުމުން ރޫޔާ ބުންޏެވެ. ”އެހުރީ މުޅިން ބަދަލުވެފަ، އަހަރެން މިކޮޅަށް އައިސްގެން އުޅުނުއިރު ހުންނާނީ އަބަދު ޖައްސާލާފަ……” އީނާ ޝިޔާރާގެ ހުރިހާ ވާހަކައެއް ހިއްސާކުރަމުން ގޮސް ބަގީޗާއަށް ނިކުތެވެ. ”ވިތް ޓައިމް ޕީޕަލް ޗޭންޖް….” ރޫޔާ ބުނެލިއެވެ. ޒަނާ ވެސް ދެމީހުންގެ ފަހަތުން ނިކުތެވެ.
މެންދުރު ޕިކްނިކަށް ދާން ބޭނުންވާ އެއްޗެހި ގަންނަން ދިޔައީ ނަޒްޔަކް އާއި ރޫޔާ އެވެ. ބޭނުންވާ ހުރިހާ އެއްޗެއް ގަނެނިމުމުން ރޫޔާ ފުންނޭވާއެއް ލިޔެވެ. ”ނިމުނީ؟…” ރޫޔާގެ ފަސްފަހަތުން އުޅުނު ނަޒްޔަކް އަހާލިއެވެ. ”ހޫމްމް….” ރޫޔާ ފަސްއެނބުރި ބަލާލަމުން ބުންޏެވެ. ފައިސާ ދައްކާ ނިމުމުން ހުރިހާ ކޮތަޅުތައް ހިފައިގެން ފިހާރައިން ނިކުތީ ނަޒްޔަކް އެވެ.
”ދީބަލަ އަހަރެން އަތަށް ވެސް، ބަރުވާނެއެއްނު….” ނަޒްޔަކް ލައްވާ ބުރަ މަސައްކަތް ކުރުވަން ބޭނުން ނުވާތީ ރޫޔާ ބުންޏެވެ. ނަޒްޔަކް ހަމައެކަނި ހިނިތުންވެލިއެވެ.
ކާރުގެ ފަހަތު ސީޓުގައި ސާމާނުތައް ބަހައްޓަމުން ރޫޔާ އަރަން ކާރުގެ ކުރީ ދޮރުފަތް ނަޒްޔަކް ހުޅުވާލަދިނެވެ. ނަޒްޔަކްގެ ކޮންމެ ހަރަކާތަކުން ރޫޔާގެ އުފާވެރިކަމަށް އިތުރު ބޮޅެއް އިތުރުވެގެން ދެއެވެ. ނަޒްޔަކް އޭނައަށް ބަހައްޓާ ސަމާލުކަމާއި އޭނައަށް ހަދިޔާ ކުރާ ހިނިތުންވުންތަކުން އެހިތަށް ވާގޮތެއް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަޒްޔަކް އޭނަގެ ހިތް މިލްކުކޮށްލައިފިއެވެ. އެކަމާމެދު އޭނަ ޚައިރާން ވެސް ވެއެވެ. ދެމީހުން ބައްދަލުވިތާ އަދި ދެމަސް ވެސް ނުވާނެއެވެ.
”ޗޮކްލެޓް…” ނަޒްޔަކް ކާރަށް އަރަމުން ދިއްކޮށްލި ޗޮކްލެޓްގައި ރޫޔާ ހިފީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އޭގެ މާނައަކީ ކޮބާ ހެއްޔެވެ؟ ރޫޔާއަށް ބަލަން އިނދެވުނެވެ. ހިތް އަވަސް ވާން ފެށީ ކުއްލިޔަކަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


so beautiful… waiting for the next part.. …part thah thankolheh dhigukohlumah edhen..
🙂
!!…………nyC………
Woooowww v vvvv teethiii thank you dear avahah up koh dhiniii ma.. waiting for the next part 😀 ♥
Wow…..mibaives hama ehaame reethi…..thanks..waiting 4 the nxt part…….
not bad.. but nthn much hppnd here
mashaa allaah vvvv nic
ވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ.
ސުވަރުގެ ނުވަތަ ޖަންނަތުގެ މާނައަކީ ބަގީޗާއެވެ. ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންގަތް އަޅުންނަށްޓަކައި އެއިލާހު ތައްޔާރުކުރައްވާފައިވާ ދާއިމީ ގޯއްޗެކެވެ. ދުވަހަކުވެސް އިންސާނެއްގެ ލޮލުން ނުދެކޭ، ކަންފަތަށް ނީވޭ، އަދި ހިތަށްވެސް ނުގެނެވޭ ކަންތައްތަކެއް އެތަނުގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)
“ފަހެ އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ ލޮލަށް ފިނިކަން ދެނިވި ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.”
އެތަނުގެ ބިނާތަކުގެ ގައުތައް ހުންނާނީ އެއްގައު ރަނުން އަނެއް ގައު ރިހިންނެވެ. އަދި ދެގަލުގެ ދޭތެރެ ބައްދާފައި ހުންނާނީ އަލްއަޛްފަރު (މިސްކުލް އަޛްފަރު) އިންނެވެ. އަދި އެތަނުގެ ބިމުގައިވަނީ ލުއުލުއު (އިތާ މުތް) އަދި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ޒަޢްފަރާންއެވެ.
ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދޭތެރެ އުޑާއި ބިމާ ދެމެދުހާވެއެވެ. އޭގެ ތެރެއިން އެންމެ މަތީ ދަރަޖައަށް ކިޔަނީ ފިރުދައުސްއެވެ. އަދި އެތަނުގައި އޮހޮރިއަރާ ފެންއާރުތައް ވެއެވެ. ރަހަ ތަޣައްޔަރުވެމެއް ނެތް ފެނުގެ ކޯރުތަކެވެ. އަދި އޭގެ ރަހައަށް ބަދަލު ނާންނަ ކިރުގެ ކޯރުތައް ވެއެވެ. އަދި ބޯމީހުންނަށް މީރު މަސްތުވުމެއްނެތް ރަލުގެ ކޯރުތައްވެސް ވެއެވެ. އަދި މާމުއިގެ ކޯރުތައްވެސް ވެއެވެ.
ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ. އެމީހުންގެ އަނގާގައި ކުޅެއް ނުހުންނާނެއެވެ. އަދި ސޮންޖެއްވެސް ނުހުންނާނެއެވެ. އަދި އަރިދަފުސްވެސް ނުހުންނާނެއެވެ. އެމީހުން ބޮޑުކަމުދާން ނުޖެހޭނެއެވެ. އަދި ކުޑަކަމުދާން ނުޖެހޭނެއެވެ. އެމީހުންގެ ގައިން ބޭރުވަނީ ފެނެކެވެ. އަހަރެމެން މިދުނިޔޭގައި ދާހިތްލާފަދައެވެ. އަދި އެމީހުން ވާލެއްވުމާއެކު އެމީހުންގެ ޙާޖަތްފުދެއެވެ. އެމީހުންގެ ހަށިގަނޑުން ބޭރުވާ ފެނުގެ ވަހަކީ މިސްކެވެ.
އެތަނުގެ ތެލިތަށިވަނީ އެތެރެފެންނަ ރަނުންނާއި ރިހިންނެވެ. އެތަނުގެ އަންނައުނަކީ ފަށުވިއެވެ. އެތަނުގެ ގަހަނާއަކީ ރަނާއި މުތެވެ. އެތަނުގެ ތަޅަމަކީ ނުވަތަ ކާރޕެޓަކީ އިސްތަބްރަޤް (ތުނިފަށުވި) އެވެ. ކޮންމެ މީހަކަށް އެމީހެއްގެ ދެ އަނބީންކަމުގައި، ދުނިޔޭގައި ލިބިފައިވާ އަނބީންގެ އިތުރަށް ދެ ޙޫރުލްޢީނުން ވެއެވެ. ޝަހީދުންނަށް 70 ޙޫރުލް ޢީނުންވެއެވެ.
ސުވަރުގެ ވަންނަ ހުށީ ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކެވެ. އަނެއް 999 މީހުންވާހުށީ ނަރަކާގައެވެ. ސުވަރުގޭގައި ފިރިހެނުންނަށް ރަނާއި ރިއްސާއި ފަށުވިވެސް ހުއްދައެވެ. އެމީހުން އެތަކެތީން ޒީނަތްތެރިވާނެތެވެ. ސުވަރުގޭގައި މީހަކާ ނީންނަ އެއްވެސް މީހަކު (އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ނުވެއެވެ). އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. އެމީހުންގެ ލޮލުގެ ކޮއި ކަޅުކަން ގަދަވެފައި ލޮލުގެ ހުދުބައި ހުދުކަން ގަދަވާނެއެވެ. އަދި އެމީހުންގެ އިސްތަށިގަނޑު ރޭގަނޑުފަދައެވެ. އެމީހުން އެއްވެސް ފިރިހެނަކަށް ނުބަލާނެއެވެ. އެމީހުން މިހާރުވެސް ތިބޭނީ އެމީހުންނަށްޓަކައި ވާ މީހުންގެ އިންތިޒާރުގައެވެ. އެއީ ބިކުރުވެރިންނެވެ. އެއްފަހަރު ގުޅުން ހިންގުމަށްފަހު އަނެއްފަހަރު ގުޅުން ހިންގަންވާއިރަށް އެމީހުންނަށް ބިކުރުވެރިކަން ރުޖޫޢާވާނެއެވެ. އެމީހުންނަކީ ސާފުޠާހިރު ބަޔެކެވެ. އެމީހުން ބަލިނުވާނެއެވެ. ޙައިޟެއް ނުވާނެއެވެ. ބޮޑުކަމު ނުދާނެއެވެ. ކުޑަކަމު ނުދާނެއެވެ. ނިފާސްވެރި ނުވާނެއެވެ. އެމީހުންނަށްޓަކައި ވާ ފިރިހެނާނޫން އެހެން އެއްވެސް މީހަކާ ދިމާއަށް ނުވެސް ބަލާނެއެވެ. މޫނު އަލިވާނެއެވެ. މޫނު ހުދުކަން ގަދަވެފައި ލޮލުގެ ކަޅުކަން ގަދަވާނެއެވެ. ވަރަށް ރީތިވާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ 33 އަހަރެވެ. ތިބާ ސުވަރުގެއަށް ވަންނައިރު ތިބާގެ ޢުމުރަކީ 33 އަހަރެވެ. ސުވަރުގޭގައި ތިބޭ ޙޫރުލް ޢީނުންގެ ޢުމުރަކީވެސް އެއީ އެވެ. އެކަމަކު އެމީހުން ހީވާނީ ޒުވާން ކަމުންގޮސް ޅަ ކުދިންކޮޅެއް ހެންނެވެ. ސާދަ ފަނަރަ އަހަރުގެ ކުދީން ފަދައިންނެވެ.
ސުވަރުގޭގެ އަހުލުވެރީންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތެވެ. އެ ނިޢުމަތް ލިބޭ ހިނދު އެ ނިޢުމަތުގެ މަތިވެރިކަމުގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ލިބިފައިވާ އެހެން ހުރިހާ ނިޢުމަތްތަކުގެ މަތީން ހަނދާން ނެތިގެން ދާނެއެވެ.
ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދުމަށްޓަކައި ނަރަކަ ގެނެވޭ ހިނދު ނަރަކައިގެ ދޮރުތައް ވަނީ ބަންދުކުރެވިގެންނެވެ. އެހެންނަމަވެސް ސުވަރުގޭގެ ދޮރުތައް ވަނީ ހުޅުވިގެންނެވެ. މީގެން ދޭހަވަނީ ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ވާ މެހެމާންދާރީގެ އަވަސްކަމެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފުރިހަމަ ނިޢުމަތްތައް ލިބޭހުށީ ﷲ އަށް ބިރުވެތިވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވެ، މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސްނަމާދު އޭގެ ވަޤުތުގައި ޤާއިމުކޮށް، ޒަކާތްދީ، ރޯދަހިފައި، ޞާލިޙް ޢަމަލުކޮށް، ﷲ ގެ މަގުގައި ހޭދަކޮށް، ފާފަތަކާއި މުންކަރާތްތަކުން ރައްކާތެރިވާ މީހުންނަށެވެ.
ސުވަރުގެއަށް ޝައުޤުވެރިވާށެވެ. އަހަރެމެންގެ ޙަޤީޤީ މަންޒިލަކީ އެއީއެވެ. ނަމަވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލަށް ދިޔުމަށްޓަކައި މި ހިނގެނީ ވަރަށް މަޑުންނެވެ. މިވަރަށް ހިނގައިގެން ދުވަހަކުވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލާ ހަމައަށް ވާޞިލްވެވިދާނެ ހެއްޔެވެ؟ މިދުނިޔޭގެ ޙަޔާތަކީ ކުރު ޙަޔާތެކެވެ. އެހެންކަމުން ސުވަރުގެއަށް އެދޭށެވެ. ތިބާގެ ޢަމަލުތައް ސުވަރުގެއަށް އެދޭ މީހެއްގެ ޢަމަލުތަކަކަށް ބަދަލުކޮށްލާށެވެ. ނިޔަތް ޚާލިޞްކުރާށެވެ. ދާއިމީ ގޮވައްޗަކީ އަދި ޙަޤީޤީ ހިތްހަމަޖެހުމުގެ މަރުކަޒަކީ ސުވަރުގެނޫން ދެވަނަ ތަނެއް ނޫނެވެ.
mutha dis is da first tym a read a story frm dis page… da story was awesome… thin rey nunidhaa ovegen mi story mi kee… mi page ga oiy hurihaa vaahaka thakuge thereyn hama mivaahaka kiya hiy v keehve kameh neygey.. bt kiyan feshyma v gayaa v.. plx avahah nxt prt up kohdhy.. mihaar dream ga ves fehnany alyas.. feelin as if m in da story.. keep up ur talent… n eveleen vaaaka in page eh bunela dhybala knmeves kuhjeh..
vvvv salhi hama habeyssssssss
Thank you loom fr the advice…may Allah bless u…Aameen….
Mutha avahah upkohba, vvvvvv nyc ingey mihaaru