Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…51

މުތާ/ ސ.ހިތަދޫ Level 210 Stories
September 6, 2014 8 Mins Read
9 Comments

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް ހަތަރު މަސް ނިމިގެން ދިޔައީ އުފާވެރިކަމާއެކުގައެވެ. ރޫޔާ އާއި ނަޒްޔަކްގެ ދިރިއުޅުން ވެސް ދިޔައީ ނުހަނު އޮމާން ކަމާއެކުގައެވެ. ފާއިތުވެގެން ދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޒެލީންގެ އުނދަގުލެއް އެއްވެސް ގޮތަކަށް ނުފޯރައެވެ. ކައިވެނީގެ ރޭގައި ހިނގި ހޫނު ޒުވާބަށް ފަހު ރޫޔާއާއި ޒެލީން އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޮފީހުގެ އެހެނިހެން މުވައްޒަފުން ޒެލީން އެކަހެރި ކުރާ މަންޒަރު ފެނި ރޫޔާ ދެރަވެއެވެ. ޒެލީންގެ އެކަނިވެރިކަން ފެނި އޭނައަށް އުނދަގޫތަކެއް ވެއެވެ. ރޫޔާ ހުންނަނީ އެދެމެދުގައިވާ ރުޅިގަނޑު ފިނިކުރަން ބޭނުންވެފައެވެ. އެހެނަސް އެކަން ކުރެވިފައިނުވަނީ ޒެލީން އޭނަ ފެނުމުން އެމޫނުމައްޗަށް ޖައްސާ ވައްތަރުތަކުންނެވެ.

ނަފްރަތާއި ހަސަދަވެރިކަމަކީ އިންސާނާގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ހަލާކުކުރަމުން ދުވާ އެއްޗެކެވެ. ކިތަންމެ ކުޑަ އުފަލެއް ލިބުނަސް އެކަމަށް ޝުކުރުވެރި ނުވެވޭނެއެވެ.

އާދައިގެ މަތިން އޮފީސް ނިންމާލާފައި ގެއަށް ދާން ރޫޔާ މިސްރާބު ޖެހި ވަގުތެވެ. އޭނައާއެކު ތާރާ ވެސް ދިޔައެވެ. ގެއަށް ދިޔަ މަގުމަތީގައި ތަފާތު ވާހަކަތައް ބަދަލު ކުރެވެމުން ދިޔައެވެ.

”ރޫއަށް އިނގޭތަ މިހާރު ޒެލީން ސައިކޭޓްރިސްޓެއްގެ އެހީވެސް ހޯދާ… މަށަށް ހީވަނީ ދުވަސް ކޮޅަކުން އޭނަ ގުރާދޫއަށް ގެންދަން ޖެހޭވަރު ވާނެހެން، ރަނގަޅީވެސް ގުރާދޫއަށް ފޮނުވާލައިފިއްޔާ… އޮފީހުން ވެސް ކެނޑެން އުޅޭ ވާހަކަތައް ވެސް އެބަދެކެވޭ އޮފީސް ތެރޭގަ… އެވްރީވަން ހޭޓްސް ހާރ….” ތާރާ ބުންޏެވެ.

”ތާރާ، މީހުންނަށް ބަދުދުޢާ ކުރާކަށް ނުވާނެ، އެއީ ފާފައެއް… ކިތަންމެ ރުޅި އަޔަސް އެހެން މީހަކަށް ދެރަގޮތެއް ވުމަށް އެދޭކަށް ނުވާނެ، އެއާ ޚިލާފަށް އެމީހަކު ދެކެ އަންނަ ރުޅިގަނޑު ފިނިކޮށް އެމީހަކަށް ރަގަޅު ގޮތް ވުން އެދި ދުޢާކުރަން ޖެހޭނީ، އަނެއްކޮޅުން މީހުން ނެތް ތަންތާނގަ އެމީހެއްގެ ހުންނަ ޢައިބުތަކުގެ ވާހަކަ ދެއްކުމަކީވެސް ބޮޑު ފާފައެއް، ކަށްވަޅުގައި އަޒާބުވެސް ލިބޭނެކަމެއް…. އަހަރެން މިހުރީ އެރޭ ޒެލިން ހިންގަން އުޅުނު ކަންތަކަށް މާފް ދޭން ތައްޔާރަށް، ދިރިއުޅުމަކީ ވަރަށް ކުރުއެއްޗެއް، މީހުން ދެކެ ރުޅިއައިސް ތިބެންޏާ ހަޤީޤީ އުފަލެއް ދުވަހަކު ވެސް ހާސިލް ނުވެވޭނެ… ތާރާމެން ޒެލީން އެކަހެރި ކުރަންޏާ ކިތަންމެ ހިލަ ހިތެއްގެ މީހަކަށް ޒެލީން ވިޔަސް އެހިތަށް އަސަރު ކުރާނެ، ރުޅި އަޔޭ ކިޔާފަ ޖަނަވާރުންނާ ދޭތެރޭ ހިތެއް ނެތް މީހުން ކަންތައް ކުރާ އުސޫލުން ކަންތައް ކުރާކަށް ނުވާނެ….. އެމީހުންގެ ވެސް އޮންނަނީ ހިތެކޭ….. ތިހެން ކަންތައް ކުރަނިކޮށް ޒެލީންއަށް ކަމެއް ވެއްޖެނަމަ ޔަޤީނުން ވެސް ދެރަވާނެ….. އަހަންނަކަށް ނޭގޭ ތާރާއާއި ޒެލީން އާ ދެމެދު ޖެހިފައިވަނީ ކޮން މައްސަލައެއް ކަމެއް، އެކަމަކު އަހަންނާއި ޒެލީންއާ ދެމެދު ޖެހިފައިވަ ހުރިހާ މައްސަލައެއް އަހަރެން ހައްލުކުރން ބޭނުން…. އެރޭ ޒެލީންއާ ދިމާއަށް ބުނެވުނު އެއްޗިއްސާމެދު އަހަރެން ދެރަވޭ………” ރޫޔާ ހުރީ ތާރަގެ ބަސްކޮށާރު ހުރި ގޮތުން ވަރަށް ބޮޑަށް ފޫހި ވެފައެވެ.

ތާރާ އަނގަޔަށް ވައްތަރެއް ޖައްސާލިއިރު ހީވީ ނުބައި އެއްޗެއް އަނގަޔަށް ލެވުނު ހެންނެވެ. ތާރާއަށް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ. އެއީ ހަމަ ރޫޔާ ބާއޭ އޭނަގެ ހިތަށް އެރިއެވެ. ކުއްލިޔަކަށް ރޫޔާގެ ހިތުގައި ޒެލީންއާ މެދު ހަމްދަރުދީ އުފެދުނީ ކީއްވެގެން ހެއްޔެވެ؟ ޒެލީންއަށް ކަމެއް ވެއްޖެނަމަ އެންމެ ބޮޑަށް އުފާވާން ޖެހޭނެ އެކަކީވެސް ރޫޔާ އެވެ. އޭރުން ރޫޔާއާއި ނަޒްޔަކްގެ ދިރިއުޅުމުން ޒެލީންގެ ހިޔަނި ދުރަށް ވެސް ދާނެތާއެވެ. ނަމަވެސް ރޫޔާ މިއުޅެނީ އޭނަގެ އެންމެ ބޮޑު ހަތުރު ގާތްކުރާށެވެ. ރޫޔާ މޮޔަވީ ހެއްޔެވެ؟

ތާރާ އާއި ރޫޔާ ކުރިއަށް ހިނގަމުން ދަނިކޮށް ގޯޅިއަކުން އަޅާލި ޒެލީން ފެނި ރޫޔާއަށް އެދިމާއަށް ހިނގައިގަނެވުނެވެ. ތާރާ ދެފަރާތަށް ބޯހޫރާލަމުން ރޫޔާ ހުއްޓުވަން އުޅުނެވެ.

”ރޫ ގަޔަށް އޭނަ ވަޅި ވެސް ހަރާލަފާނެ….” ތާރާ ދެލޯބޮޑުކޮށްލިއެވެ.

”ކޮންމެ ކަމަކާމެދު ނެގެޓިވްކޮށް ނުވިސްނަބަލަ، އަހަރެން ބޭނުން ޒެލީންއާ ވާހަކަ ދައްކަން….” ރޫޔާ ތާރާގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން ހިނގައިގަތެވެ.

”ޒެލީން…” ރޫޔާ ގޮވާލި އަޑަށް ޒެލީން ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ބަލާލަމުން އޭނަ މޫނުކުނިކޮށްލުމަށްފަހު ފިޔަވަޅުތައް ބާރުކޮށްލިއެވެ.

”ޒެލީން މަޑުކޮށްބަލަ….” ރޫޔާ ވެސް އޭނަގެ ހިނގުން ބާރުކޮށްލިއެވެ.

”ކަލޭ ބުނާއެއްޗަކަށް އިޖާބަ ދޭކަށް ނުޖެހޭނެ….. އަހަރެންގެ ފަހަތުން ތިއަންނަނީ ކީއްކުރަން؟… ކަލޭ ބޭނުންވި ކަންތައް ވެއްޖެއެއްނު، އެކަމަކު ކަލޭ ކާމިޔާބު ވީކަމަށް ހީނުކުރައްޗޭ، އަހަރެން މަޑުން ހުރީމަ ހީނުކުރާތި ބަލި ޤަބޫލުކޮށްފިޔޭ، ޓިލް މައި ލާސްޓް ބްރެތް އައި ވިލް ފައިޓް، އަހަރެން ނިކް ހާސިލު ކުރާނަން! ކަލޭ ޖެހޭނީ ދުރަށް ދާން!….” ޒެލީން ރުންކުރު ރާގަކަށް ބުންޏެވެ.

ރޫޔާ ގޮސް ޒެލީންގެ އަތުގައި ހިފުމުން ޒެލީން ވަގުތުން އެއަތް ފޮޅުވާލާފައި ކަޅިއަޅާލިއެވެ. ރޫޔާ އޭނަގެ ކޯތާފަތް މައްޗަށް ވީއްލާލި އެތިފަހަރުގެ ބަދަލުހިފަން ވެސް ބޭނުންވިއެވެ. ނަމަވެސް ރޫޔާގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން އޭނަގެ ހިތަށް ގޮތެއް ވިއެވެ. ފަސް ޖެހެވުނެވެ.

”ޒެލީން ތި ރުޅިގަނޑު ފިނިކޮށްބަލަ، ބަލާބަ ތިކަމުގެ ސަބަބުން ވާގޮތް، ނަފްސާނީ ގޮތުން ވެސް އަސަރުކުރަމުން ތިދަނީ، ރުޅި އަކީ ހުރިހާ ކަމަކަށް އޮތް ހައްލެއް ނޫނޭ……” ރޫޔާ ބުންޏެވެ.

”ޝަޓް އަޕް!…. ކަލެއަށް ރަގަޅު ވާނީ އަހަރެން މަރުވެއްޖެއްޔާނު، ދެން ކީކޭ ކިޔާކަށްތަ؟ އަހަރެންގެ ސިކުނޑިއާ ކުޅެލަން ނޫޅެތީ، ކަލޭ ތީ ބޮޑު ވިގަނިއެއް….” ޒެލީން ދެންވެސް އިސްކުރީ އޭނަގެ ސިނގުރުޅިއެވެ.

”ޒެލީން، އަހަރެން އައީ މާފަށް އެދެން، އެރޭ ކަންތައް ކުރެވުނު ގޮތުން….. ޒެލީން ދެއްކި ދޮގު ވާހަކަތަކުން އަހަންނަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުވީ…. އެކަމަކު އަހަރެން ފަހުން ދެރަވި…. ޒެލީންދެކެ ރުޅި އަންނަން ވެސް ބޭނުންވި އެކަމަކު އެކަން ވެސް ނުކުރެވުނު…..” ރޫޔާ ބުންޏެވެ. އެއާއެކު ޒެލީންގެ ދުލުގައި ތަޅެއް ލެވުނެވެ. އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ.

”ޒެލީން… ތަޤްދީރުގައި ލިޔެވިފައިވާ އެއްޗެއް ބަދަލު ނުކުރެވޭނެ، ކޮންމެ ކަމެއް ވެސް ވާނީ އޭގެ ފަހަތުގައި މަޤްސަދެއް އޮތީމަ… މާތް ﷲ އެކަލާނެ އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ….” ރޫޔާ އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ޒެލީން ހުރީ އަޑުއަހާށެވެ.

”ޕްލީސް ލެޓް ދަ ޕާސްޓް ގޯ އެންޑް މޭކް ޔޯރ ފިއުޗާރ ބްރައިޓް…. ލޯތްބަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫން، އަދި އެހެންމީހަކަށް ދެރައެއް ދީފައި ދުވަހަކު އުފަލުގައި ނޫޅެވޭނެ…..” ރޫޔާ ބުނެލިއެވެ. ޒެލީން ދެންވެސް ބަހެއް ނުބުނެ ހުރީ ހިމޭނުންނެވެ.

”ގިނަ ވަގުތު އިންސާނާއަށް ވިސްނޭނީ ވަގުތު ފާއިތުވާފަހުން، އަހަރެން ބޭނުމެއް ނޫން ޒެލީންއާ މެދު އެގޮތަށް ކަންތައް ވާކަށް، ދެމަފިރިންގެ ދެމަދަށް ވަނުމަކީވެސް ފާފައެއް، އެކަމުގެ ސަބަބުން ކިތަންމެ ޢާއިލާއެއް ރޫޅިގެންދޭ، އާހިރުގައި އެކަމުން އެންމެ ބޮޑަށް އަސަރު ކުރާނީ ދަރިންނަށް……” ރޫޔާ ބުންޏެވެ. ”އިޓް ޓޭކްސް އަ ލޮޓް އޮފް ކަރޭޖް ޓު ފޮގިވް ސަމްވަން، ބަޓް އިޓް ޓޭކްސް އޭން އީވެން ބިގާރ ކަރޭޖް ޓު އާސްކް ފޯ ފޮގިވްނެސް….”

ރޫޔާގެ ހިތްހެޔޮކަމުން ޒެލީން ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. ރޫޔާގެ ވާހަކަތަކުން އޭނަ ހޭލައްވާލަ ދީފިއެވެ. އޭނަ ރޫޔާއާއި ނަޒްޔަކް ދުރުކުރަން މަކަރުވެރި ރޭވުންތައް ރޭވީމަވެސް ރޫޔާ އެހުރީ އޭނައަށް މާފްކުރަން ތައްޔާރަށެވެ. އޭނަ އެރޭ ހިންގި ޒުވާބަށް ފަހު ރޫޔާ ނޫން އަންހެންކުއްޖަކު ނަމަ އެކައިވެންޏާއި ދެކޮޅު ހެދީސްކަން ކަށަވަރެވެ. އަދި އޭނައަށް ކުރިއެރުން ލިބުނީހެވެ. ނަމަވެސް އޭނައަށް އެރޭ ފެނިގެން ދިޔައީ ރޫޔާއާއި ނަޒްޔަކްއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމެވެ. އެކަކުއަނެކަކަށް ކުރާ އިތުބާރެވެ. އެހެނަސް އޭނަ އުޅުނީ އެދެމަފިރިން ދުރުކުރާށެވެ. އެދެމަފިރިންގެ ދެމެދަށް ޒަހަރު ލާށެވެ. ރޫޔާގެ ފަރާތުން ބަދަލު ހިފާށެވެ. ނަޒްޔަކް ހާސިލު ކުރާށެވެ. އޭނަގެ އެމަޤްސަދު ކާމިޔާބު ވިނަމަވެސް ނަޒްޔަކް އޭނަ ދެކެ ކުރާ ނަފްރަތަށް ކުޑަވެސް ބަދަލެއް ނާންނާނެކަން ވިސްނުނީ އަދިކިރިޔާއެވެ. އޭނަ ދެކެ ދުވަހަކުވެސް ލޯބި ނުވެވޭނެކަން ވެސް ވިސްނިއްޖެއެވެ. ނަޒްޔަކް ލޯބި ވަނީ ރޫޔާ ދެކެއެވެ. ނަޒްޔަކްގެ ހިތުގައި އޭނައަށް ޓަކައި ވަނީ ސާފު ނަފްރަތެވެ. އޭގައި އޭނަ ކުށްވެސް އެބައޮތެވެ. އޭނަގެ މާޒީ ފޮރުވައިގެން އުޅެނިކޮށް ނަޒްޔަކް އޭނަގެ އަތުން ބީވެގެން ދިޔައީއެވެ.

ޒެލީން އެންމެ ބޮޑަށް ދެރަވެވުނީ ރޫޔާއަށް ދެރަގޮތް ވުމަށް އެދި ކުރެވުނު ބަދުދުޢާތައް ތޫނު ކަށިތަކެއް ހެން ހިތަށް ހެރެން ފެށުމުންނެވެ. އޭނަގެ ލޮލުން ކަރުނަ އަޔެވެ. އޭނާ ކަހަލަ ނުބައި މީހަކު މިދުނިޔޭގައި ނުހުންނާނެއެވެ. އަމިއްލަ އުފަލަށްޓަކައި އަނެކާ މަރުވުމަށް އެދި ދުޢާ ކުރާނީ ހާދަ ނުބައި މީހެކެވެ. ޝައިތާނާގެ ވަސްވާހުގައި ޖެހި އޭނަ ހޮޔެ މަގުން ކައްސާލީއެވެ. ނަމާދާއި ދުރުވެވުމުގެ ނަތީޖާއެވެ.

”ރޫޔާ….” ޒެލީންއަށް ރޮވިއްޖެއެވެ.

”އަހަންނަކަށް ނޭގޭ ވާހަކަ ފައްޓާނެ ގޮތެއް….. އައިމް ސޮރީ….” ޒެލީން ރޫޔާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

”މާފްކޮށްފިން….” ރޫޔާ ޒެލީންގެ ގައިގައި ބައްދާލިއެވެ.

”ރޫޔާ އާއި ނަޒްޔަކް ވަރަށް ގުޅޭ… އަހަރެންގެ ނަސީބުގައި ނަޒްޔަކް ލިބެން ނެތީ އަހަންނަށް ވުރެ ރަގަޅު ކުއްޖަކަށް ނަޒްޔަކް ލިބެން ތަޤްދީރުގައި ވާތީ، އެއީ ރޫޔާ…. ރޫޔާ ދެކެ ނަޒްޔަކް ވަރަށް ބޮޑަށް ލޯބިވޭ…. ތިދެމަފިރިންނަށް އުފާވެރި ޒަވާޖީ ހަޔާތެއް ލިބުމަށް އެދި އަހަރެން ދުޢާ ކުރާނަން… ރޫޔާ ތީ ހެޔޮ ހިތެއްގެ ވެރިއެއް……..” ޒެލީން ބުނެލިއެވެ.

”ވަގުތު ފާއިތުވުމުގެ ކުރިން އަހަރެން ލޯ ހުޅުވާލަދިންކަމަށް ޓަކަިއ ވަރަށް ބޮޑަށް ޝުކުރިއްޔާ…..” ޒެލީން ރޫޔާ އާއި ދުރަށް ޖެހިލަމުން ކަރުނަތައް ފޮހެލަމުން ހިނިތުންވެލިއެވެ. ފުރަތަމަ ފަހަރަށް ޒެލީންގެ ރީތި ހިނިތުންވުން ފެނި ރޫޔާއަށް ވެސް ހެވުނެވެ.

”އަހަރެން ރޫޔާއަށް ދެރަގޮތް ވުމަށް އެދި ކަންތައް ކުރި އިރުވެސް ރޫޔާގެ ފަރާތުން ތިފެނުނު ރަގަޅު ސިފަތަކާއި ހިތްހެޔޮކަމުގެ ސަބަބުން އަހަންނަށް ހެޔޮ ވިސްނުން ލިބިއްޖެ…….” ޒެލީން ފުންނޭވާއެއް ލިޔެވެ. ރޫޔާގެ އިސްނެގުމުގެ ސަބަބުން މިއަދު އެދެމެދުގައި ވި ނަފްރަތުގެ ހުޅުގަނޑު ނިވިގެން ދިޔައީއެވެ. އެހިތް ސާފުވެގެން ދިޔައީއެވެ.

”ފްރެންޑްސް؟….” ޒެލީން ހިނިތުންވުމަކާއެކު އަތް ދިއްކޮށްލިއެވެ. ރޫޔާ ފުޅާ ހިނިތުންވުމަކާއެކު އެއަތުގައި ހިފިއެވެ.

****

ރާނިޔާގެ ބަނޑަށް ނުވަމަސް ފުރިގެން ދިޔައިރު ރާނިޔާ ހުންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދަރިފުޅުގެ ހަރަކާތްތައް މަދު ވިޔަސް އޭނަގެ ހިތް ހުއްޓިދާނެހެން ހީވާފަހަރު އާދެއެވެ. އަބަދު ހުރެވެނީ ފިކުރެއްގެ ތެރޭގައެވެ. ރާނިޔާ ބޮޑަށް ބިރުގަންނަނީ ދަރިފުޅަށް ކަމެއް ވެދާނެތީއެވެ. ވިހާ ދުވަސް ކާރިވަމުން ދިޔަވަރަކަށް އޭނަގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ. ކޮންމެ ނަމާދެއްގެ ފަހަގުގައި ރާނިޔާ ދުޢާކުރެއެވެ. އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދަނީ ޤުރުއާން ކިޔެވީމައެވެ.

އަވްޝަން އޮފީހުން ޗުއްޓީ ނަގައިގެން އޭނަގެ ހުރިހާ ވަގުތެއް ރާނިޔާއަށް ހުސްކުރިއެވެ. ރާނިޔާގެ ހާސްކަމާއި ބިރުވެރިކަން ފިލުވައިލަދޭން އޭނައަށް ކުރެވުނުހާ މަސައްކަތެއް ވެސް ކުރަމުން ގެންދިޔައެވެ. ވިހެއުމާއި ބެހޭ ފޮތްތައް ވެސް ނެގެސްދިނެވެ.

މެންދަމުގެ ވަގުތެވެ. ރާނިޔާއަށް ހޭލެވުނީ އުނަގަނޑުގައި ރިއްސާލުމުންނެވެ. އޭނަ ފުރަތަމަ ހީކުރީ އެއީ އާދައިގެ ރިހުމެއް ކަމަށެވެ. މިފަހަކަށް އައިސް އަބަދު އެފަދަ ރިހުމެއް އުނަގަނޑުގައި ހަރުލާފައި ހުންނާތީ ބޮޑުކަމަކަށް ނުހަދައި އޭނަ މަސައްކަތް ކުރީ ނިދާށެވެ. ނަމަވެސް އެއާ ވިދިގެން މައިބަދައާއި އުނަގަނޑުގަށް އެރި ތޫނު ތަދާއެކު ރާނިޔާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނައަށް ބަނޑުގައި ފިރުމާލެވުނީވެސް އިހްތިޔާރަކާ ނުލައެވެ. އޭރު ރާނިޔާގެ ހަޅޭކުގެ އަޑަށް އަވްޝަންއަށް ހޭލެވިއްޖެއެވެ.

”ޝާން، ވަރަށް ބޮޑަށް ތަދުއެބަވޭ…..” ރާނިޔާ ހީވަނީ ދެމިދާނެހެންނެވެ. އޭނަ ތުންފަތުގައި ދަތް އަޅާލަމުން ލޯމަރާލިއެވެ. ހަށިގަނޑުގައި އަޅަން ފެށި ވޭނަށް ކެތްކުރާ ހާލުގައެވެ.

ޓީޝާޓް ބޮލުން ވައްޓާލަމުން އަވްޝަން އަވަސް ވެގަތީ މަންމައަށް ގޮވުމަށެވެ. އޭނަ ވެސް ހުރީ ހާސްވެފައެވެ. ފަޒްލާއާއި އަވްޝަން ކޮޓަރިއަށް އައިތާ މަގިނަ އިރެއް ނުވަނީސް އެމްބިޔުލާސް ވެސް އައިސްފިއެވެ. ރާނިޔާއަށް ތަނެއްދޮރެއް ވަކިނުކުރެވޭ ހިނދު ވެސް އަވްޝަންގެ އަތުގައި ހިފަހައްޓާލި ގޮތަށް އޭނަ ދުލެއް ނުކުރިއެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ އިރުކޮޅެއްވެސް ނުވަނީސް ތާއިފްގެ ޢާއިލާވެސް އަތުވެއްޖެއެވެ. އެންމެން ވެސް ތިބީ އިންތިޒާރުގައި ވަގުތުތައް ގުނާލަގުނާލައެވެ. އަވްޝަންއަށް އެންމެ ހިނދުކޮޅަކަށް ވެސް ތަނެއްގައި މަޑުކޮށްގެން ނީދެވުނެވެ.

އަވްޝަންގެ އިންތިޒާރު ނިމިގެން ދިޔައީ ބައިގަޑިއިރު ފަހުންނެވެ. ތުއްތު ދަރިފުޅު އަތަށް އެރުމުން އަވްޝަންގެ ދެލޮލުން ކަރުނަ ފައްދާލިއެވެ. ދެލޯ މަރާތަގުޅިކޮށްލައިގެން އޮތް ކުޑަކުޑަ ޕަރީއަށް ބަލަން ހުރެވުނީ އާޝޯހުވެފައެވެ. އެހާ ކުޑައިރުވެސް ރާނިޔާގެ ހުރިހާ ސިފައެއް މިލްކުކޮށްލާފައިވާ ފަދައެވެ. ހަމަ އެރީތި ކަމެވެ. ދަރިފުޅުގެ ކަންފަތް ދޮށުގައި ބަންގި ގޮވުމާއެކު ކުލްޘޫމް އަވަސް ވެގަތީ އަލަށް އައި މެހުމާނަށް ކަދުރުކޮޅެއް ދިނުމަށެވެ. ކަދުރުކޮޅެއް ޗިސްކޮށްލަމުން އެގަދަ ފިޔާތޮށިކުލައިގެ ތުންފަތުގައި ޖައްސާލާއިރަށް ތުންކޮޅު ދަމާލީ ލޯބި ގޮތަކަށެވެ. މިމަންޒަރު ފެނި އީނާއާއި ރޫޔާ ތިބީ އާގަމަވެފައެވެ. ”މާޝާﷲ ވަރަށް ލޯބި، ސްނޯ ވައިޓް ހެން ހީވަނީ….” އީނާ އެކުޑަ ޕަރީގެ ކޮލުގައި ފިރުމާލިއެވެ. އެއާއެކު ހީވީ ފުށްކޮޅެއްގައި އަތްލެވުނުހެންނެވެ.

އޭގެ ކުޑައިރުކޮޅެއް ފަހެވެ….

ޕްރައިވެޓް ރޫމަކަށް ރާނިޔާ ބަދަލު ކުރެވުނު އިރު ޢާއިލާގެ ހުރިހާ މެންބަރުން ތަކުން އަތަން ވަނީ ފުރާލާފައެވެ. ރޫޔާ އާއި އީނާ ބޭބީގެ ފޮޓޯ ނެގުމާއިގެން އުޅުނުއިރު މުޅި މާހައުލުގައި ވަނީ އުފާވެރިކަމެވެ. ރާނިޔާގެ އަތްތިލައަށް ބޮސް ދެމުން އަވްޝަން ހިނިތުންވެލިއެވެ. މިއަދު ރާނިޔާ އޭނައަށް އެދިން އަގުބޮޑު ހަދިޔާގެ އަގު ދުވަހަކު ވަޒަން ނުކުރެވޭނެއެވެ. އެކުޑަ ޕަރީއާއެކު ދެމަފިރިންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހިއްޖެއެވެ.

”ތޭންކްސް ލަވް، ޔޫ ކޮމްޕްލީޓް މައި ލައިފް….” އަވްޝަން ރާނިޔާގެ އަތްތިލައަށް ފިތާލިއެވެ. ރާނިޔާ އޮތީ ހިނިތުންވެލައިގެންނެވެ.

”ކޮން ނަމެއްތަ ޗޫޒް ކުރީ؟….” އީނާ އަހާލައިފިއެވެ. ”ހަތްވަނަ ދުވަހު އިނގޭނެ….” އަވްޝަން ބުންޏެވެ. ”ދެން ބުނެބަލަ….” އީނާ އާދޭހުގެ ރާގަކަށް ބުންޏެވެ.

”މާވީ….” ނުބުނާނެހެން ހީވި ވަގުތުކޮޅަކަށް ފަހު އަވްޝަން ބުންޏެވެ.

”ވަރަށް ރީތި، ހެލޯ މާވީ….” އީނާ މާވީގެ މޫނަށް ބޮސްދިނެވެ.

****

ހަތަރު އަހަރު ފަސް…..

ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު ކޮންމެ މީހެއްގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. ނަޒްޔަކްއާއި ރޫޔާއަށް ވެސް ކުއްޖަކު ލިބިފައި ވާއިރު އީނާ އާއި އަލްޔަސްގެ ޢާޢިލާ ވެސް ފުރިހަމަ ކޮށްލަދޭން މެހުމާނަކު އަންނަން ތައްޔާރުވަމުން ދަނީއެވެ. އީނާ ވަޒީފާއަށް ދަމުން ވެސް އޭނަގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއެވެ. އީނާ އާއި އަލްޔަސް ކެތްތެރިކަމާއެކު ކުޑަ ދަރިފުޅަށް އިންތިޒާރު ކުރަމުން ދިޔައީ އުފާވެރިކަމާ އެކުގައެވެ.

”ހައިކް، މަންމި ވަރަށް ވަރުބަލިވެފަ މިހުރީ، ބޮޑާ ނުހާކާ ކާން އުޅެބަލަ….” ތިން އަހަރުގެ ނުހައިކްގެ ފަހަތުން އުޅުނު ރޫޔާ ބުންޏެވެ. އޭރު ރޫޔާގެ އަތުގައި ނުޖެހި ސަލާމަތްވާން ނުހައިކް ބަގީޗާ ތެރޭ ދުވަނީއެވެ.

”ނުހައިކް….” ރޫޔާ ތަންކޮޅެއް ބާރަށް ގޮވާލުމުން ނުހައިކް ދެލޯބޮޑުކޮށްލަމުން ރޫޔާއަށް ބަލާލަމުން ރޯން ފެށީ ބާރަކަށެވެ. ރޫޔާ ދެފަރާތަށް ބޯހޫރާލަމުން ގޮސް ނުހައިކް އުރާލިއެވެ. ”ބަސްނާހަންޏާ މަންމި ރުޅިވެސް އަންނާނެއެއްނު…..” ދަރިފުޅުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ރޫޔާ ބުންޏެވެ. އުނދޯލީގައި ދަރިފުޅު ބައިންދަމުން ކާން ދޭން އުޅުމުން ނުހައިކް ތަށީގައި ފައިން ޖަހައި ތަށި ބަންޑުންކޮށްލައިފިއެވެ.

”މަންމި މޮޔަ ވެދާނެ، އެއްވެސް އެއްޗެއް ކަނީކީ ނޫނޭ….” ރޫޔާ ރުޅި އައުމުގެ ބަދަލުގައި ވީ ދެރައެވެ. ނުހައިކް ސިޔާސަ ކަމާއި ކާއެއްޗިއްސާއި ދުރުން އުޅޭވަރުން ރޫޔާ ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. ނަޒްޔަކް ކުރިމަތީގައި ނުހައިކް ހުންނަނީ މަޑުމަޑުންނެވެ. ނަމަވެސް ނަޒްޔަކް އެއްފަރާތަކަށް ޖެހިލާއިރަށް ރޫޔާއަށް ދުނިޔޭގެ ހަތަރުފަރާތް ދައްކާލާނެއެވެ. ކޮޓަރި ތަރުތީބުކުރުމާ ނުކުޅަދާނެއެވެ. މާވީ އެގެއަށް އައިސްފިނަމަ ދެމީހުންގެ ކަމަކީ އަބަދު އަރައިރުންވުމެވެ. މާވީ އެގެއަށް އައިސްފިނަމަ ހާނިކަ ނުވާ ދުވަހެއްވެސް ނުދާނެއެވެ.

”ހައިކްގެ ޑެޑީ އައީމަ ބުނާނަން… ބަލާބަ ކުރި ކަންތައް، ދެން މަންމި އެއްޗެކޭ ކިޔަފިނަމަ އަނެއްކާވެސް ރޯން ފަށާނެ….” ރޫޔާ ރުޅިއަންނަން ބޭނުން ވިޔަސް ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ ދަރިފުޅާ ދިމާއަށް ހަރުކަށި އަޑަކުން ވާހަކަ ދައްކާކަށް ނުކެރެއެވެ. ނުހައިކް ރޯން ފަށައިފިއްޔާ ގިނަ ފަހަރު ރޫޔާއަށް ވެސް ރޮވެއެވެ.

”ޑެޑީސް ލިޓިލް އެންޖެލް ކަނީތަ؟…” އޮފީސް ނިންމާލާފައި އައި ނަޒްޔަކް ރޫޔާމެންނާއި އަރާހަމަކޮށްލަމުން ބުންޏެވެ. ”ޑޭޑީ….” ނުހައިކް ދުވެލާފައި ގޮސް ނަޒްޔަކް ފައިގައި އޮޅިލައިގަތެވެ. ލުއި ހުނުމަކާއެކު ނުހައިކް އުރާލަމުން ނަޒްޔަކް ރޫޔާ ގާތަށް ގޮސް ހުއްޓުނެވެ. ރޫޔާ ހުރި ހާލަތު އޭނައަށް ފެނުނީ ދެނެވެ. މުޅި ހެދުމާއި ބުރުގާގައި ކާއެއްޗިއްސެވެ.

”މައި ގޯޑް، ކާއެއްޗެހިން ފެންވެރީތަ؟….” ނަޒްޔަކް ހިނިގަނޑު ކޮންޓްރޯލް ކުރަމުން ބުންޏެވެ. ”ހައިކް ބަސްނާހާތީ އަހަރެން މޮޔަވާވަރުވޭ، އެއްގަޑިއިރުވެއްޖެ ކާންދޭން ފެއްޓިތާ ވެސް، ނިކް ފެނުނީމަ އެކަނި ހައިކް ބަސްއަހާނީ، މިއަދު އަހަރެން ދެކެ ރުޅިއައިސްގެން ޑްރެސިންގް ޓޭބަލް މައްޗަށް އަރާ އެތާ ހުރިހާ ސެންޓުފުޅިއެއް ތަޅާލައިފި….” ރޫޔާ ބުންޏެވެ.

”އެތެދެއްތަ؟….” ކުޑަކޮށް ހަރުކަށި ވެލަމުން ނަޒްޔަކް އަހާލާއިރަށް ނުހައިކް ބޯޖަހާލިއެވެ.

”މަންމި ހައިކްގެ ކުޅޭއެއްޗެހި ފޮރުވީ… ދެން އެހެން ނުހަދާނަމޭ، ޕްރޮމިސް….” ނުހައިކް މައުސޫމް ކަމާއެކު ބުންޏެވެ.

ރޫޔާގެ ޝަކުވާގެ ލިސްޓަށް ވުރެ ނުހައިކްގެ ޝަކުވާގެ ލިސްޓު އެތައް ގުނައެއް ދިގުވިއެވެ. ނަޒްޔަކް އައުމުން ނުހައިކް ބޮޑާހޭކުމެއް ނެތި ކެޔެވެ.

****

ވިއްސާރަ ރެއެކެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ހުއްޓާލީ ހަތެއްޖަހަން ކައިރިވެފައި ވަނިކޮށެވެ. އީނާ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށްފަހު އަލްޔަސް ގެއަށް ދާން މިސްރާބު ޖެހިއެވެ. އޭރު ބޭރުތެރޭގައި އުފެދެމުން ދިޔަ ތޫފާނުގެ ވިލާގަނޑުތައް ބާރުގަދަވެ ނާމާންކަމެއް ފަތުރާލަމުން ދިޔައެވެ. މަގުތަކުންވެސް މީހުންތައް މަދުވެ މަގުތައް ފަޅުވެއްޖެއެވެ.

”ކޮބާ އެނިވާރސަރީއަށް ކެއުމެއް ނުދެންތަ؟….” އީނާގެ ގާތް ރައްޓެއްސެއް ކަމުގައިވާ މިސްބާ އަހާލައިފިއެވެ. ”އިންވައިޓް ކުރާނަމޭ…..” އީނާ ލުއި ހިނިތުންވުމަކާއެކު ކުރިއަށް ހިނގައިގަތެވެ.

”މިހާރު އޯކޭތަ؟…” މިސްބާ ސުވާލުކޮށްލިއެވެ.

”އާނ، ދޭތެރެއަކުން ތަދުވޭ، ދެން ނެކްސްޓް ވީކްގަ ލީވް ނަގަން މިއުޅޭނީ…..” އީނާ ކިޔައިދިނެވެ.

****

މަގުތައް ފަޅުވެފައި ވުމުން ބާރަށް ދުއްވާ އުޅަނދު ފަހަރުތައް އާދަޔާ ހިލާފަށް ގިނަވެފައި ވެއެވެ. އަލްޔަސް ގޯޅިއަކަށް އަޅާލި ވަގުތު ބާރު ދުވެއްޔެއްގައި އައި ކާރުގެ އަލި ލޮލަށް އެޅުނު ވަގުކޮޅަށް ފަހު ބާރުއަޑުފަށްގަނޑެއް އެކަންފަތުގައި ގުގުމާލިއެވެ. ހުރިހާކަމެއް ވެސް އެކީއެއްފަހަރާ ވެގެން ދިޔަ މަދު ސިކުންތުކޮޅުގެ ތެރޭގައި އަމިއްލަ ދިފާޢުގައި އަލްޔަސްއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ވަގުތުން އޭނަ ދިޔައީ ވިއްސައިގެން ދިޔައެވެ.

ވިއްސަކަށް ފޫޓު ދުރަށް ވިއްސައިގެން ދިޔަ އަލްޔަސް މައިތިރިވީ މަގުގެ އެއްފަރާތެއްގައި ޕާކްކޮށްފއި އޮތް ކާރެއްގައި ޖެހިފައެވެ. އޭގެ އިރުކޮޅެއްފަހުން އޭނަ ދުވާރުމައްޗަށް ވެއްޓުނުއިރު ވާރެއާއެކުވެގެން ލޭގެ ކޯރު ދެމެން ފެށީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އަނގައިންނާއި ނޭފަތުން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔައިރު އަލްޔަސްގެ ހަރަކާތްތައް މަދުވަމުން ދިޔައެވެ. މޫނުމައްޗަށް އަނދިރިވެ މަންޒަރުތައް ފުސްވިއެވެ. ދެފަހަރަކު ކުކުރާލަމުން އަލްޔަސް ނޭވާ ނުލެވިގެން އުޅެފައި މުޅިންހެން ހުއްޓިއްޖެއެވެ.

(ނުނިމޭ)

 

 

 

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…50

Next

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން… 9

Next
September 7, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން… 9

Previews
September 4, 2014

އޯގާވީ ހިތަކުން…50

9 Comments!

  1. ummi says:
    September 6, 2014 at 8:29 am

    Wowww v v reethiii mi baiiii vess …. thnks dear ehaa avahah up koh dhini ma.. waiting 4 the next part 😀

  2. maayaa says:
    September 6, 2014 at 9:02 am

    salhi mibai ves
    ????ekam Alyas maruvaneetha
    very nice
    avahah up kohdhehchey
    Muthaa ge hard work ah hiyvaru dhen
    🙂 Best of Luck Muthaa

  3. maayaa says:
    September 6, 2014 at 9:05 am

    salhi mibai ves
    ????Alyas maruvaneetha
    Nice story keep it up
    Muthaa 🙂 🙂 🙂

  4. shafu says:
    September 6, 2014 at 10:13 am

    v nyc … :)…………………!!!
    waitin 4 next part …………….!!
    🙂

  5. ihusha says:
    September 6, 2014 at 1:45 pm

    nuuuuuuuunnnn… alyas ah kameh nuvathi… eyrun eenu moya vedhaane….. no no no…

  6. sun says:
    September 6, 2014 at 1:58 pm

    alhe dhen mi hisaabun nimmaali nama ehnnu… alyas ah gotheh nuhadhaa

  7. fan says:
    September 6, 2014 at 5:00 pm

    Omgggggg, what have u done 🙁 dhen plss sam maraanulaathi, alhe dhen ehaa happy k0h genesfa thi kuri kameh, dnt kill alyas, eenu kihaa dhera vaane nd their baby <3

  8. maee says:
    September 6, 2014 at 6:14 pm

    alhey alyas ah dhera gotheh nuhadhathi plxxxx

  9. reesh says:
    September 7, 2014 at 11:45 am

    vvv salhi mibaa vx…waiting 4 d next part….bt alyas ah gotheh nahathaati…eyrun eenu v sad vaane.she cant live without him……

Comments are closed.


All Right Reserved!