Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން .. 8

leyfa Level 110 Stories
August 30, 2014 3 Mins Read
6 Comments

ނަޝާޔާ ސިއްސައިގެން ގޮސް ހޭލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. ބޮކި އަނދާފައި ވުމުން ކޮޓަރިތެރެ ވަރަށް އަނދިރިއެވެ. އެހެނަސް ކުޑަދޮރު ކައިރިން އެނދާ ދިމާލަށް ކަޅު ހިޔަންޏެއް އަންނަތަން ރީތިކޮށް ފެނުނެވެ. ގަންނާންކުރެއްވި ބިރުން ދަންނަހާ ހެޔޮ އެއްޗެއް ކިޔާލަ ކިޔާލާ އޮތީ ހިރިލަންވެސް ނުކެރިފައެެވެ.

“ނަޝާ! ދެ ލޯވަށް ކޮށް ގެން އަދި އެބަ އޮތެއްނު… ހިނގާ މަށަށް ކާން ހަދައިދޭން… ” ކަޅު ހިޔަންޏެއް ސިފައިގައި މި ފެނުނީ ފިރިމީހާ ޒާހިރެވެ. ނަޝާޔާ އެނދުން ތެދުވިއެވެ.މޭޒުމަތީގައި ހުރި ޓޭބަލް ލޭމްޕް ދިއްލާލިއެވެ. އޭރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ.

ޒާހިރަށް ކާން ތައްޔާރު ކުރުމަށް ފަހު އެނބުރި ކޮޓަރިއަށް ދިޔުމަށް ހިނގައި ގަތް ވަގުތު މޭޒުގެ އެއްފަރާތެއް ގައި ހުރި ކޮތަޅެއް އޭނާ ގެ ސަމާލުކަން ހޯދިއެވެ. އެއީ ފަރުމަސް ކޮތަޅެކެވެ. ޒާހިރު މަސްބާނަން ދިޔައީ ތާއޭ ހިތާހިތާ ކިޔާލަމުން އައިސް އަލަމާރިއަށް މަސްތައް ލުމަށްފަހު އެނބުރި ކޮޓަރިއަށް ދިޔައެވެ.

“ޒާރު މަސްބާނަން ދިޔަ ވާހަކަ ނުވެސް ބުނަމެއްނު!” ނަޝާޔާ ޒާހިރާއި ސުވާލު ކޮށްލިއެވެ.

“މަ ނުދެނެ ހުރިން ކޮންމެހެން ފޮތެއް ގައި ސޮއި ކޮށްފަ ކަމެއް މަ ދާހާ ތަނަކަށް ދާން ޖެހެނީ އެއް….މަށަށް އިތުބާރު ނުކުރަން ދޯ” ޒާހިރާއި ސުވާލު ކުރުމުން އެހާ ހިތްހަމަ އެއް ނުޖެހުނެވެ. ސޮރީއޭ ބުނެ ވާހަކަ ކުރު ކޮށްލާފައި ނަޝާޔާ އެނދާ ދިމާލަށް އެނބުރިލީ ނިދިއައިސްފައި ވާލެއް ބޮޑު ކަމުންނެވެ.

ޒަހިރަށް ބަދިގެއަށް ވަދެވުނު ކަމެއް ނޭގެއެވެ. އަލުވި ފިޔަވަޅުތަކެއް އަޅަމުން އައިސް ނަޝާޔާ އަށް ގޮވާލިއެވެ. ރޭގަނޑު ކެއުމަށް ތައްޔާރު ކޮށްފައި ހުރި ކުކުޅު ރިހައާއި ބަތް ޒާހިރަށް ކަމުދާގޮތް ނުވީއެވެ.

“ބަނޑުހައި ވެގެން މިއޮތް މަރުވަނީ…. ނަޝާ ދޭބަލަ މަށަށް ކާއެއްޗެއް ހަދައިދޭން”ޒާހިރު އައިސް ނަޝާޔާގެ މަގަތުގައި އިށީނެވެ.

“މަސްދަޅު ހުންނާނެ! ބަތާއި މަހާއި ކާލަންވީނު ދެން..” ގަދަކަމުން ކަހަލ ަގޮތަކަށް ދެލޯ ހުޅުވާލާފައި ނަޝާޔާ ބުންޏެވެ.

“އުހުނ.. މަ ބާނައި ގެން ގެނާ ފަރުމަހަކުން ގަރުދިޔަ ކައްކައި ދޭން ވީނު…އަދި މަހެއް ތެލުލާތި އިނގޭ.. ކަންނެތް ނުވެ ދޭަބަލަ!” ޒާހިރު ނަޝާޔާ ގެ އަތުގައި ހިފައި ތެދުކުރިއެވެ.

ޒާހިރު ކުރު ނުކުރުމުން އެންމެ ފަހުން ނަޝާޔާ ތެދުވިއެވެ. ބަދިގެއަށް ވަދެ ޒާހިރު އެދުނު ގޮތަށް ގަރުދިޔަ ފޮދެއް ކައްކައިލިއެވެ. މަސްތެލުލައި ކެއުން ތައްޔާރު ކުރަމުން ދިޔައެވެ. މިއީ ދުނިޔެގައި އުޅޭ ހުރިހާ އަނބިން ގެ ވެސް ހާލަތު ބާވައެވެ. ހަމަ ނިދި ލިބޭގޮތެއް ނުވެއެވެ. ނޯކަރެއް ފަދައިން ސައްވީސް ގަޑިއިރު އޭނަ އެ ހޭދަ ކުރަނީ ޒާހިރު ގެ ޚިދުމަތުގައެވެ. ކެތްތެރި ކަމާއި އެކީގައެވެ. މުޅި އުމުރު ހޭދަވާނީ ހަމަ މި ހާލުގައި ބާވައެވެ. ނަޝާޔާ ކެއުން ތައްޔާރު ކޮށް ނިންމާލުމަށް ފަހު ހިންދެމިލިއެވެ. އަވަސް ފިޔަވަޅުތަކެއް ގައި ކޮޓަރިއަށް ދިޔައީ ނިދާލުމަށް ކެތް މަދުވެފައި ވާހާލުގައެވެ.

ނަޝާޔާގެ ޚިޔާލީ ވާފަށް ހަޔާތުގެ އެކި އެކި ހަނދާންތައް އާރޯ ކުރަމުން ދިޔައެވެ. ލޯބިވާ ނިޝްވާ ކޮއްކޮ ފިރިމީހާ ގެ ގެޔަށް ބަދަލުވިތާ ތިންވަނަ އަށް ވީދުވަހެވެ. ނަޝާޔާ ކޮލެޖް ނިންމާފައި އެގެޔަށް ދިޔައީ ކޮއްކޮ ދެކި ލުމަށެވެ. އިތުރު ހައިޖާން ތަކެއް ކުރިމަތި ކުރުމަކަށް ނޫނެވެ. ނިޝްވާ އޭނާގެ ދައްތައަށް މަރުހަބާ ކީ އުފަލާއި އެކީގައެވެ. ނިޝްވާ ގެ މައިދައިތަ ސައީދާ އާއި އެކުވެރިން ސައްލާކުރަން ސިޓިން ރޫމުގެ އެއެްކަނުގައި ހުރި އުދޯއްޔެއްގައި ތިއްބެވެ. ނިޝްވާ މެން މަޑު ކޮށްލީ ފެންޑާގައި ހުރި ޖޯއްޔެއްގައެވެ.

ދެބެއިން އެކަކު އަނެކަކު ގެ ހާލު އޮޅުން ފިލުވަމުން ދިޔައެވެ. ނިޝްވާ އާއި ފިރިމީހާ ގެ އަރައިރުންތައް ނިމި ސުލްހަވެރި ވީކަން އެނގުމުން ނަޝާޔާ ވަރަށް އުފާކުރިއެވެ. އޭނާއަށް ވީފަދަ ގޮތެއް ކޮއްކޮއަށް ވާކަށް ނޭދެއެވެ. ހީވާ ގޮތުގައި ކޮއްކޮ އަކަށް އެފަދަކަމެއް ބަރުދާސްތު ނުވެސް ކުރެވޭނެއެވެ. ކުއްލިއަކަށް އުނދޯލީގައި ތިބި ސައީދާ ގެ ރަހުމަތް ތެރިން ގެ އަޑު ބާރުވިއެވެ. ނަޝާޔާމެން ނަށް އެދިމާލަށް އެނބުރެވުނީ ވެސް އެހެންވެއެވެ.

” ޝަހާދަތް މިބުނީ އެއީ ވާފިރިހެނެއް! މުޅި ފިހާރަދޮށަށް ވެލިލައި،ޖޯލިފަތި ބަހައްޓައިގެން އެ އިންނަނީ މަގުމަތިން ދާހާ އަންހެން ވެރިންނަށް މައްލަވަ ކުރަން.. ” ނިޝްވާގެ މައިދައިތަ ގެ އެކުވެރި ހައްވައިދި ބުނެލިއެވެ.

” ތީ ކޮން ގެޔަކު ސޮރެއްތަ؟ މަށަށް ވެސް ފުރުސަތު އޮންނާނެ ދޯ” މަލާމާތު ގެ ރާގަކަށް ސައީދާ އަހައިލިއެވެ.

” ކޮންމެ ވެސް ޒާހިރެއް… މީހަކާ އިނދެގެން ނޯ އުޅެނީ …ކޮންމެވެސް ލުތުފީއެއް ގެ ދަރިއަކާ ޔޯލަ .. ތަންކޮޅެއް ހަގު މަންޖެ އެކޯ މީހަކު ބުނިއަޑު އެހިން.. ” ހައްވައިދި އަށް އެނގޭ މިންވަރަކުން އޮޅުން ފިލުވައި ދެމުން ދިޔައެވެ. އަނެއް ކޮޅުން ޖޯލިފަތީގައި ތިބި ނަޝާޔާއާއި ނިޝްވާ އެތިބީ ބުނާނެ އެއްޗެއް ނެތިފައެވެ.

” އެއީ ޒާރުބެތަ އަނެއްކާ؟ އެ ފިހާރަ ދޮށަށް ވެލިލާފައި އޮތްވާ މަ ދެކުނިން ” ނިޝްވާ ހައިރާން ކަމާއެކު ސުވާލު ކޮށްލެވުނެވެ.

” ނޫން .. ޒާހިރަކީ ކިތަންމެ ވިޔާނުދާ މީހަކަސް އެހެނެއް ނުވާނެ! އެއީ އެހެން މީހެއް ! މަށަކަށް ހިޔެއް ނުވޭ” ނަޝާޔާއަށް ރޮވޭގޮތް ވިއެވެ.އެ މީހުން އެ ހަޖޫ ޖަހަނީ އޭނާގެ ފިރިމީހާއަށް އަށޭ އޭނާ ބުނާކަށް ބޭނުމެއް ނޫނެވެ. އެއީ އެހެން ޒާހިރެކެވެ. ނަޝާޔާ ގެ ޒާހިރު އެހާ ގޮތް ކުޑައެއް ނުވާނެއެވެ.

“ކޮއްކޯ! އެމީހުން އެދައްކާ ވާހަކައިގެ ތެދު ދޮގު ބަލާލަން ހިނގާބަލަ … އެ ފިހާރަ ދޮށަށް” ނަޝާޔާ ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކޮއްކޮގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް މަގުމައްޗަށް ނުކުތެވެ. އެއީ ކުށްހީ އަކަށް ވުން އެދިދުޢާ ކުރަމުންނެވެ.

 

Tags:

ހަގީގީ

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…47

Next

އޯގާވީ ހިތަކުން…48

Next
September 1, 2014

އޯގާވީ ހިތަކުން…48

Previews
August 28, 2014

އޯގާވީ ހިތަކުން…47

6 Comments!

  1. ihusha says:
    August 30, 2014 at 11:21 pm

    my godddd :/ is is a story??? why so short… plx thankolheh dhigu koh genesdhybala heyo nuvaane… 🙁 mihen vanyaa vaahaka kiyaahiyy ves nuvaane 🙁 v foohi ddhn :/

  2. fahthaa says:
    August 31, 2014 at 12:17 am

    salhi ingey..ithurubaithaka inthiizaaru kuran..mifaharu e zaaru bust kolla :p

  3. laala says:
    August 31, 2014 at 11:28 am

    vara reethi parteh! i like this story

  4. shaa says:
    September 1, 2014 at 5:36 pm

    dhn mihaa kurukoh genes dheykah nuvaane nun adhi ethah zamaaneh fahun mi part mi genesdhineeves story dhigu kurahchey:( 🙁

    1. leyfa says:
      September 1, 2014 at 9:54 pm

      dhenfaharakun dhiguvaane insha allah

  5. aish says:
    September 6, 2014 at 2:26 am

    Hama mikahala firieh mashah ves libuny. Mihaaru magey gaaifa ves thalany. Goi dhoo nukurumaai mihen god eynage kibaaiga ebahuri hurihaa nubaai sofa. Mivaahakaaiga ulhey kujjaa ah dimaavi goi mashah ves vegen miulheny.

Comments are closed.


All Right Reserved!