Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން… 9

leyfa Level 110 Stories
September 7, 2014 4 Mins Read
9 Comments

ހަލުއި ފިޔަވަޅުތަކެއް ގައި ނަޝާޔާ ހިނގަމުން ދިޔައީ ޒާހިރު ގެ ފިހާރައަށެވެ. އޭނާ އެވަގުތު ހީވަނީ އޮޓޯ ބުދެއް ހެންނެވެ. ނިޝްޥާ އަކާއި ވެސް އަނގައަކުން ނުބުނެއެވެ. ކިޔާނީ ވެސް ފަހެ ކީކޭ ހެއްޔެވެ؟ އެހެނަސް ހިތް ބުނަމުން ދިޔައީ ޒާހިރު އެހެން ނޫޅޭނޭ ކަމަށެވެ.

ދެބެއިން ހަލުވި ހިނގުމެއް ގައި އައިސް ފިހާރަ ހުރި ގޯޅި ކަންމަތީގައި މަޑުކޮށްލިއެވެ.ތެދެކެވެ. ފިހާރަދޮށަށް އޮތީ ވެލިލާފައެވެ. އޭރުވެސް ޖޯލިފަތީގައި އަންހެނަކު އިނެވެ. މަގު މެދުގައި ހުރި ޖަނބުރޯލު ގަސްދޮށުގައި ޒާހިރުގެ ސައިކަލު ޕާކު ކޮށްފައި ހުއްޓެވެ.ދެ ޚިޔާލެއްގައި ހުރެފައި ނަޝާޔާ ކުރިއަށް ހިނގައިގަތެވެ.އިތުރަށް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

” ދައްތާ! މަޑުމަޑުން ހިނގާބަލަ! ޝައްކުވެދާނެ! ” ނިޝްވާ ނަޝާޔާ އަތުގައި ހިފިއެވެ.

” ނޫން.. އަހަންނަށް ހަމަ ޖެހުމެއް ނުލިބޭނެ މިކަންތައް ސާފު ނުވަނީސް! ” ނަޝާޔާ ހިނގައިގަތެވެ.

ފިހާރައިން ނިކުން ޒާހިރު ޖޯލިފަތީގައި އިން ޒޫނާ ގެ އަތަށް ކޯކު ފުޅިއެއް ދިއްކޮލަމުން އައިސް ސައިކަލު މަތީގައި އިށީނެވެ. ނަޝާޔާ އައިސް ހުއްޓުނީ އެވަގުތުގައެވެ.

” އަހަނ.. ކޮންވަޑާމެއް! ގުޅާވެސް ނުލާ… ކޮންކަމަކު ތިޔައީ؟ ޒާހިރު ފައްޗަކަށް އަމުނާލިއެވެ. ހީވަނީ އޭނާ ފޮނުވާލަން އުޅޭހެންނެވެ.

” މިއައީ ހަމަ ވާހަކަ ދައްކާލަން… ވަގުތު އެބައޮތްތަ؟ ” ނަޝާޔާ ޒާހިރާއި ކުރިމަތިލިއެވެ.

ޖޯލިފަތީގައި އިން ޒޫނާ އިނީ ކަޅިޖަހާލަން ވެސް ހަނދާން ނެތިފައި ކަހަލައެވެ. ހީވަނީ ޒާހިރު ކާލަފާނެ ހެންނެވެ. ނަޝާޔާ ވައްކަޅިން އޭނާއަށް އެހާގިނައިން އެބެލެނީ ވެސް އެހެންވެގެން ނެވެ.

ނަޝާޔާ ޒާހިރު ގޮވާގެން ފިހާރައަށް ވަނެވެ. ހިތުގައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށެވެ. ބޭރުގައި އެއިނީ ކާކުތޯ އާއި ޒާހިރާއި ހުރި ގުޅުމެއް އޭނާ ދެނެގަންނަން ބޭނުން ވިއެވެ. ބުޅާ މަސްގަނޑަށް ބަލާހެން އޭނާ ޒާހިރަށް އެބަލަނީ ކީއްވެތޯ އަހާލިއެވެ. ޒާހިރު ދިނީ ފިނި ޖަވާބެކެވެ.

” ނަޝާ ޖޭ ވީތަ؟ އެއީ އަހަރުމެން އަވަށު އަންހެނެއް.. މި ސަރަހައްދުގައި އުޅޭތީ މި ފިހާރަ ދޮށަށް އައިސް އުޅެނީ.. ” ޒާހިރު ނަޝާޔާ ގެނެސް މެޔާލާ ބޮނޑި ކޮށްލިއެވެ. އާންމުން ވަދެ އުޅޭ ފިހާރައެއް ކަން ވެސް ހަނދާން ނެތް ކަހަލައެވެ.

” ކީއްވެތަ މީހުން އެ ކިޔަނީ ޒާހިރު އަންހެނުން ނާ ބެހޭ ވާހަކަ؟ ކީއްވެތަ އެކިޔަނީ އަންހެނުންތައް އެއްކޮށްގެން ޕާޓީ ކުރާ ވާހަކަ؟ ނަޝާޔާ އެހުރި ގޮތަށް ހުރެ ސުވާލުކުރިއެވެ. ހަގީގަތުގައި ޖޯލިފަތީގައި އިން ޒޫނާ އެދިމާލަށް ބަލަން ހުރިތަން ލޯގަނޑުން ފެންނާތީ ގަސްތުގައި ދުރު ނުވީއެވެ.

” އެއީ ދޮގު… ހައްތާ ވެސް ދޮގު … އަހަރުމެން މާ ހަމަ ޖެހިގެން އުޅޭތީ އަސަރު ކުރަނީ… މަށެއް ނަޝާ ދުލެއް ނުކުރާނަން … އައި ލަވް ޔޫ ވައިފް! ” ޒާހިރު އެވަގުތު ނަޝާޔާ ދެކެ ވީ އަމަށަކު ލޯތްބެއް ނޫނެވެ. ކޮލުގައި ބޮސްދިނުމަށް ފަހު ފަސް ސަތޭކަ ރުފިޔާގެ ނޫޓެއް ދިއްކޮށްލީ ޝޮޕިން ކޮށްލުމަށެވެ.

ނަޝާޔާ ފިހާރައިން ނުކުތް ތަން ފެނުމުން ނިޝްވާ ވެސް އެދިމާލަށް އައެވެ. އެއީ އޭގެ ކުޑަ އިރުކޮޅެއް ކުރީގައި ފެނުނު ނަޝާޔާއެއް ނޫނެވެ. ކުޑަ ހިނދުކޮޅަށް ނަމަވެސް ޒާހިރު ގެ ލޯބި ފިރުމުންތަކުން އޭނާ ހިތް އުފަލުން ފުރާލައިފިއެވެ. އޭނާ މިތަނަށް އައި ބޭނުން ވެސް އޮޅިއްޖެއެވެ. ނިޝްވާ ވެސް އޭނާގެ ދައްތަގެ އުފާވެރި މޫނު ފެނުމުން އިތުރަށް އެވާހަކަ ދައްކާކަށް ނޫޅުނެވެ.ދައްތަ ދެރަ ކުރަން ބޭނުން ނުވާތީއެވެ. ގޯޅި ކަންމަތީގައި ހުރެފައި ނިޝްވާ ފަސް އެނބުރި ބަލާލިއެވެ. އެވަގުތު ޒާހިރާއި ޒޫނާ އަތުގެ އިޝާރާތުން ހުރިހާކަމެއް ވެސް ރަނގަޅޭ ބުނިތަން ކިތަންމެ ހާ ވެސް ރީއްޗަށް ފެނުނެވެ. އެހެނަސް ނަޝާޔާއަށް އެމަންޒަރު ނުދެއްކީ ޒާހިރުގެ ހަގީގަތް ހޯދުމަށް އޭނަ ބޭނުން ވާތީއެވެ. އިރާދަ ކުރެއްވިއްޔާ ދައްތަގެ ހައްގުގައި ނުފޮރޮޅާނެ އެންމެ ގަލެއްވެސް ނޯންނާނެވެ.

ރޭގަނޑުގެ ހަމަ ހިމޭންކަމުން މީހުން ހިތް އުފާކުރަމުން ދިޔައެވެ. ޒުވާން ޖޯޑުތައް އެކި ރެސްޓޯރެންޓް ތަކާއި ކަޑާތައް ފަޅު ފިލުވަމުން ދިޔައެވެ. އެފަދަ އެއްޖޯޑަކީ ޒާހިރާއި ނަޝާާޔާއެވެ. ޒާހިރުގެ ދައުވަތަކަށް އެތައް ދުވަހަކަށް ފަހު ރެސްޓޯރެންޓް ގެ މޭޒު ދޮށުގައި އޭނާ އެއިނީ ވަށައިގެންވާ ރީތި މަންޒަރުތަކަށް ގެއްލިފައެވެ. ރެސްޓޯރެންޓް ތެރެއިން ޖަހަމުން ދިޔަ ރީތި ލަވަ ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެމުން ދިޔައެވެ.

” ނަތިން އިޒް ގޮންނަ ޗޭންޖް މައި ލަވް ފޯ ޔޫ… ” ނަޝާޔާ ގެ ހިތުގައި ލަވައިގެ ކޮންމެ އަކުރެއް ވަކި ވަކީން ފެވެމުން ދިޔައެވެ.

” ނަޝާ! މިއޮތް އައީ ކެއުން ހިނގާ ކާން އުޅެމާ… މަ ވަރަށް ހައި ވެފަ މިހުރީ! މަ އަދި ދާން ޖެހޭނެ ފިހާރައަށް ވެސް ” ޒާހިރު ގެ އަޑަށް ނަޝާޔާ ދިޔައީ ސިއްސައިގެންނެވެ. ނަޝާޔާ ވެސް ބަނޑުހައި ވެފައި ހުރުމުން ކާން ފެށިއެވެ. އެ ދެމެދަށް ވެރިވެފައި އޮތީ ހަމަހިމޭން ކަމެވެ.ކެއުން ނިމި ބިލު ހިފައިގެން ވެއިޓަރު އައެވެ. ލާރި ދެއްކީ އާދައިގެ މަތިން ނަޝާޔާއެވެ. ހެނދުނު ޒާހިރު ދިން ލާރިން ނެވެ. ދޭތެރެއަކުން ޒާހިރު ބުނެގެން ރެސްޓޯރެންޓް ތަކަށް ނަޝާޔާ އައިސް އުޅެއެވެ. އެހެނަސް ޚަރަދު ކުރަނީ އޭނާއެވެ. ޒާހިރަކީ މަންޒަރު ރީތިކޮށްލަން ހުންނަ މީހެއްފަދައެވެ.

އާދައިގެ މަތިން ނިޝްވާ އަންމަޑޭ އާއި އެކު ދުއްވާލަން ނިކުތެވެ. މުޅި ރަށުގެ ވަށާއިގެން ދުއްވުމަށް ފަހު ދެމީހުން މަޑުކޮށްލީ ރަށުގެ މީހުން މަދު ފަޅު ސަރަހައްދެއްގައެވެ. އެކަހަލަ މާހައުލުތަކަކީ ބިރުވެރި ތަންތަން ކަމުގައި ނިޝްވާ ގަބޫލެއް ނުކުރެއެވެ. ތުނޑިއާއި މާދުރު ނޫން ހިސާބަކަށް ވުމުން ނިޝްވާ ބޭނުން ވީ ތުނޑިއަށް ނިކުމެލާށެވެ. ފިރިމީހާގެ އަތުގެ މުލައްދަނޑީގައި އެލިގަނެގެން ކަހަލަ ގޮތަކަށް އޮވެ ނިޝްވާ ހިނގަމުން ދިޔައެވެ. އެކި އެކި ވާހަކަ ދައްކަމުން ހީނ ސަމާސާ ކުރަމުންނެވެ.

ކުއްލިޔަކަށް ނިޝްވާގެ ލޯ އަމާޒުވެގެން ދިޔައީ ތުނޑިމަތީގައި ތިބި ޖޯޑަކަށެވެ. ދޮންވެލިގަނޑު މަތީގައި އޮށޯވެގެން ތަރި ބާލަން ތިބި ލޯބިވެރިން ނެވެ. ބަލާބެލުމަށް މެދު އުމުރުގެ ބަޔަކާ ވައްތަރެވެ. މިޒަމާނުގައި އެހާ ލޯބިން އުޅޭ މީހުން މަދުވާނެއޭ ނިޝްވާ ހިތަށް އެރިއެވެ.

” އެއީ ފަތުރުވެރިން … ބަލާބަލަ އަންނައުނަށް… ކުރު ސޯޓަކާ ކޮނޑުކެނޑި އެއް ލައިގެން އެ އަންހެން މީހާ އެ އޮތީ.. ދިވެހިން އެ ފާޑަކަށް ނުތިބޭނެ… ” ނިޝްވާ އެދިމާލަށް ބަލަހައްޓާއިގެން ހުރެ މަޝްވަރާކުރަމުން ދިޔައެވެ.

” އައްދިޔޯއި… ” ހިނގާފައި އައި ފިރިމީހާ ގެ ވޭނީ އަޑަށް ނިޝްވާ އަށް އެނބުރިލެވުނެވެ. އަންމަޑޭ ގެ ފަޔަށް އެއްޗެއް ހެރުނީ އެވެ. ބަލާކަށް ނުހުރެ ފޯނު ނަގާފައި ބިންމައްޗަށް އަލި ކޮށްލިއެވެ. އެއީ ސައިކަލު ތަޅުދަނޑިއެކެވެ. އޭގައި އެލުވާފައި އޮތް ވަކަރުން ހަދާފައި އޮތް މަހަކަށް އެރުނީއެވެ. ނިޝްވާމެން ދިޔުމަށް ހިނގައިގަތް ވަގުތު އަނެއްކާ ވެސް ތަޅުދަނޑީގައި އަޅައިގަތެވެ. މިފަހަރު އޭނައަށް ލިބުނީ ކުއްލި ސިހުމެކެވެ. “ނަޝާ” މިހެން އެ ވަކަރު މަހުގައި ކަނޑާ ނަގާފައި އޮތްތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. ތަޅުދަނޑި ނަގާ ބަލާލީ ޝައްކެއް ގައި ހުރެއެވެ.

“ކިހިނެތްވީތަ؟ ޑިޓެކަޓިވް ނިޝް!” އަންމަޑޭ ދިމާކުރަން ފެށިއެވެ. އެއީ ޒާރުބެ ގެ ތަޅުދަނޑި ބާވައެވެ. ޒާހިރުގެ އުފަންދުވަހަށް އޭނާގެ ދައްތަ އެކަހަލަ މަހެއް ހަދިޔާ ކުރިއެވެ.ގެއްލުނަސް އެނގޭނެ ޔޭ ބުނެ ނަޝާ ގެ ނަން ކަނޑާ ނެގީ ނިޝްވާގެ ދެއަތުންނެވެ.

“އަހަންނަަށް ޔަގީން މީ ޒާރުބެ ގެ އެއްޗެއް! ބަލާބަލަ މީ މަގޭ އަތުލިޔުން… އޭނަ މިތާ މިގަޑީގައި… ” ނިޝްވާ ވަށައިގެން ހޯދާލިއެވެ. އެވަގުތު ގަހުގައި އަޅާފައި އޮތް ހެދުންތައް އޭނާގެ ސަމާލުކަން ހޯދިއެވެ.

” މިމަންޖެ ގެންދާނެ ސީއައިޑީ އަކަށް… އެމީހުން ނިދާފަ މިހާރު ތިބޭނީ…ތިވާނީ އެތިބަ ދެމީހުން ގެ ކަމަކަށް… ހިނގާ! ” އަންމަޑޭ ނިޝްވާ ގެ އަތުގައި ހިފައި ދަމާލިއެވެ. އެދެމަފިރިން ގެ މޫޑު ޚަރާބު ކުރާކަށް ބޭނުން ނެތީމައެވެ.

 

ނުނިމޭ

 

 

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…51

Next

އޯގާވީ ހިތަކުން…52 (ފަހުބައި)

Next
September 8, 2014

އޯގާވީ ހިތަކުން…52 (ފަހުބައި)

Previews
September 6, 2014

އޯގާވީ ހިތަކުން…51

9 Comments!

  1. Amern says:
    September 7, 2014 at 10:30 am

    … 🙂 i was so luking forward to it n finally up thikury ekam haadha kurey… .. anyway waiting for the next part

    1. leyfa says:
      September 7, 2014 at 11:26 am

      thanks.. wil upload next part soon

  2. Lynn says:
    September 7, 2014 at 12:05 pm

    V v v v nice no part vzz.. I like it :*ig

  3. shafu says:
    September 7, 2014 at 3:34 pm

    nyc .. ekam maa kury… !!!
    waitin for next part … !!!
    🙂

  4. manje says:
    September 7, 2014 at 3:51 pm

    nice…but too short..waiting fot the Next Part

  5. faahtha says:
    September 7, 2014 at 9:49 pm

    wow..amazing story

  6. manje says:
    September 7, 2014 at 9:51 pm

    zaaru ge hedhun kolhu nagaigen nashwa filaa avaha :p

  7. dhonbeefanu says:
    September 7, 2014 at 9:56 pm

    mikaleyge heevany resortegge beach ga thyhen dho..keke..alhe nasha ya gulhafa geney ethane..waiting for the next part..keep it up

  8. Aanth says:
    September 9, 2014 at 7:44 pm

    salhi .. dhn adhi dhigukolan masha fennany .. zaahiru rangalhukofa
    zahiru kihaa loabi

Comments are closed.


All Right Reserved!