އިންތިޒާރު 21
“އެންމެން ކީއްކުރަނީ މިތާގަ” ނޫރާގާތުގައި ޒާޔާއަހާލިއެވެ.
“މިއައީ ޒާ ބަލައެއްނު، ދެންވެސް އަވަހަށް އަރާބަ” ނޫރާބުނެލިއެވެ. “ފަން ޓައިމް” ކާރަށް އެރުމާއިއެކު ނޫރާބުނެލިއެވެ.
“ހޫމް އެނގޭނެއޭ، ރެންބެ ދެން ދުއްވަބަ”
“ދައްތައަށް އެނގޭނެތަ ތިމީހުން ޒާބަލާ އައިކަން” ޒާޔާ ނޫރާގާތުގައި މަޑުމަޑުން އަހާލިއެވެ.
“ހޫމް އެނގޭނެއޭ،” ނޫރާވެސް މަޑުމަޑުން ބުނެލިއެވެ.
ރާއިން ކާރުމަޑުކޮށްލީ ޑައިންމޯރ ކުރިމައްޗަށެވެ. އެއާއިއެކު އެންމެން ފައިބައިފިއެވެ. އެތެރެއަށްވަދެ މޭޒެއްގެ ކައިރީގައި އިށިއިނުމަށްފަހު އެންމެންވެސް ކާނެ އެއްޗަކަށް އޯޑަރުދިނެވެ.
“ދެން ރެންބެ ކޮންއިރަކުންތަ މެރީކުރަނީ، ކޮބާތަ މިހާރު ޔާނާ؟” ވާހަކައިގެ ތެރެއިން ނޫރާ ރާއިން ކުރެން އަހާލިއެވެ. އެއާއިއެކު ރާއިންއަށް ބަލާލެވުނީ ޒާޔާ އާއި ދިމާއަށެވެ. ނަމަވެސް ޒާޔާ އިނީ އޭނަ ކާންއިންތައްޓަށް ސަމާލުކަންދީގެނެވެ. ރާއިންއާއި ދިމާއަށް ބަލަން ބޭނުންނުވަނީ ކަންނޭގެއެވެ.
“ލޭޑީސް ފަސްޓް ދޯ އޮންނާނީ، މިހާރު ދެން ތިފެށުނީނުން، ތިމީހުން ނިމުނީމަ އަހަރެމެން ފައްޓާނީ އެހެންނު ޒެން” ޒަޔާން އަށް ބަލާލަމުން ރާއިން ޖަވާބުދިނެވެ. އޭނަވެސް އާއެކޭ ބުނަމުން ރާއިންގެ ވާހަކައަށް ތާއީދު ކުރިއެވެ. ރާއިން ސިއްރުން ޒާޔާއާއި ދިމާ ބަލާލިއެވެ. ނަމަވެސް ޒާޔާގެ މޫނުމަތިން އިތުރު ކުލައެއްވަކި ނުފެނުނެވެ. ރާއިނގެ ކައިވެނީގެ ވާހަކަ ދެއްކުމުން ޒާޔާއަށް އުނދަގޫވި ނަމަވެސް އެކަން ނުދައްކަވޭތޯ އޭނަ މަސައްކަތްކުރީ ހިތަށްވިސްނަދެމުންނެވެ. އަދި ރަޔާންއަށް އޭނަ ދައްކަން ބޭނުޖން ނުވާ މަންޒަރެއް ފެނުމަށް ނޭދޭތީއެވެ.
ދެން ފެށިގެން ދިޔައީ ނާޔާއާއި ދިމާކުރުމެވެ. ނަމަވެސް އެހުރިހާއިރުވެސް ޒާޔާ ހީލަ ހީލަ އިނީއެވެ. އެއްޗެކޭ ބުނަނީ މަދުފަހަރަކުއެވެ. ޒަޔާންއަށް ޒާޔާއަށް ދެވޭ ސަމާލުކަން ގިނަވިއެވެ. ހިނިތުންވުމުން ޒާޔާގެ ރީތިކަން އެތައްގުނައަކަށް އިތުރުވެގެން ދިޔައެވެ. އަދި މިރޭ ޝޯވް އަށް އެރުމަށް ކުރެވިފައިވާ މޭކަޕުންވެސް އެމޫނު އުޖާލާވެފައިވިއެވެ. ކަޅުކަންގަދަ ދެލޯ އަދުން އެޅުމުގެ ސަބަބުން އިތުރަށް ކަޅުކޮށްލެވިފައިވުމުން މާރީތިކަމަށް ދައްކައެވެ.
ކައި ނިންމާލުމަށްފަހު ދެންދިޔައީ ކާރުދުއްވާލުމަށެވެ. އޭރު ގަޑިން އެއްގަޑި ބައިވެއްޖެއެވެ. މަގުމަތީގައި ދުއްވާއެއްޗެހިވެސް ފުދޭވަރަކަށް މަދެވެ. ބާރަށް ކާރުދުއްވާލުމުން ޒާޔާ ބިރުގެންފައިކަން އެނގުމުން އިތުރަށް ބާރަށް ދުއްވާކަށް ނުކެރުނެވެ. ނަމަވެސް އެހެންމީހުންގެ އެދުމަށް ޖެހުނީ ދުވެލި ބާރުކުރާށެވެ. ގެއަށް އާދެވުނު އިރު 2 ޖަހާބޮޑުވެއްޖެއެވެ. ޒާޔާ ބެލީ އަވަހަށް ކޮޓަރިއަށް ދެވޭތޯއެވެ. ނޫރާއާއި ނާޔާވެސް އޭނަފަހަތުން އެމީހެއްގެ ކޮޓަރިއަށް ވަންނަން އެތެރެއަށް ވަނެވެ. ރާއިން އާއި ޒަޔާން ތިބީ ސޯފާގައި މަޑުކޮށްލައިގެނެވެ. ރާއިންއަށާއި ޒަޔާންއާ ދެމީހުންނަށްވެސް ތިބެވުނީ ޒާޔާ ދާތަން ބަލަހައްޓައިގެނެވެ. ޒާޔާ އެތެރެއަށް ވަނުމުންވެސް ޒަޔާންއަށް އިނދެވުނީ އެދިމާ ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފައެވެ. އޭނައަށް ވިސްނެނީ ޒާޔާއާއި ދޭތެރޭގައެވެ. ނަމަވެސް އެއީ އޭނަ ބޭނުންވާގޮތެއްނޫނެވެ. އޭނަ އެއްވެސް މީހަކާއި ދޭތެރޭ ވިސްނާކަށް ބޭނުމެއް ނޫނެވެ. ޒާޔާ ކިތަންމެހައިވެސް ރީއްޗެވެ. މަޑުމައިތިރިއެވެ. ނަމަވެސް އޭނަ ޒާޔާއާއި ދޭތެރޭގައި ވިސްނަން ބޭނުން ނުވިކަމުގައިވިޔަސް ވިސްނެނީއެވެ. ހިތުގައި އެސޫރަ ކުރެހިފައިވާކަހަލައެވެ. ނުވިސްނަން ހުއްޓަސް ވިސްނެނީއެވެ. ރާއިން އެއްޗެކޭ ބުނުމުން ކުޑަކޮށް ސިހިފައި އޭނަ ބަލާލިއެވެ. ރާއިން ކިހިނެތްވީތޯ ސުވާލުކުރުމުން ކަމެއްނުވާކަމުގައި ބުނެފައި އަވަހަށް ވާހަކަ އޮޅުވާލިއެވެ.
ޖެހިގެން އޮތީ ހުކުރުދުވަސްކަމުން ޒާޔާއަށް ހަމަޖެހިގެން ނިދާލެވުނެވެ. 8 ޖަހާ އެހާކަތްހާއިރު ހޭލައިގެން ނިކުތް އިރު ސަލްމާމެން ތިބީ ސައިބޯށެވެ. ނާޔާއާއި އޭނަގެ މަންމައާއި ބައްޕަވެސް ތިއްބެވެ. ދެކެވެމުންދިޔައީ ނާޔާގެ ކައިވެނީގެ ހަފްލާ ބާއްވާނެ ތަނަކާއި މެދުއެވެ. އެންމެންނަށްވެސް އެންމެ ކަމުދިޔައީ ރިސޯޓެއްގައި ވެޑިން ޕާޓީ ބޭއްވުމަށެވެ. މުޅިއެހަފްތާ އެންމެންވެސް ހޭދަކުރީ ޕާޓީއަށް އެކިއެކި ތައްޔާރީތައްވުމުގައެވެ.
ބަންދުދެދުވަހަށްފަހު ޒާޔާއަނެއްކައިވެސް ކޮލެޖަށްދާންފެށިއްޖެއެވެ. ގޭތެރޭގެ މާހަލު ހަލަބޮލިވެފައެވެ. އާއިލާތެރޭގައި އެހާގިނަދުވަހަށްފަހު ކައިވެންޏެއް ކުރެވެންއުޅެވޭތީއެވެ. ލަހުންހޭލެވެނީތީ ޒާޔާ ހުރީ އަވަސްއަރުވާލާފައެވެ. ރޭގައި ނޫރާއާއި ދެމީހުންވެގެން ވާހަކައިގައި ތިބެވުނީއެވެ. ރީތިވެލައިގެން އަވަހަށް ކޮޓަރިންނުކުތް ޒާޔާ ލައިގަތީ ޒަޔާންގެ ގައިގައެވެ. އަތުގައި އޮތްފޮތާއި ދަބަސްވެއްޓުނުނަމަވެސް އޭނާއަމިއްލައަށް ބެލެންސްވެލިއެވެ.
“އަބަދުވެސް މިކަހަލަ އެކްސިޑެންޓެއްވެފަ ދޯ، ފުރަތަމަ މީޓްވިފަހަރުވެސް” ޒަޔާން ފޮތްނަގަން ތިރިވަމުން ބުނެލިއެވެ. ޒާޔާ މަޑުމަޑުން ހީލިއެވެ.
“ތޭންކްސް…، ގަޑިޖެހޭތީ އަވަސްކުރަނިކޮށް ނުބަލައި ނުކުމެވުނީ….” ޒަޔާން ފޮތާއި ދަބަސް ހިފައިގެން ތެދުވުމުން އެއެއްޗެހި އޭނަގެ އަތުން ނަގަމުން ބުނެލިއެވެ. އަދި އަވަހަށް ދާން ހިނގައިގަތެވެ. ޒަޔާން ޒާޔާއާއި ދިމާ ބަލާލިއެވެ. ޒާޔާ އޭނައާއި ވާހަކަދެއްކި މިއީ ފުރަތަމަފަހަރެވެ. މީހަކު ކަރުކެހެލި އަޑަށް ބަލާލިއިރުގައި ފަހަތުގައި ހުރި އޭނަގެ މަންމަ ފެނިފައި ކުޑަކޮށް ހާސްވިއެވެ.
“ސޯ” ޒަޔާން އެއްޗެކޭ ނުބުނުމުން ޔަޝްރާ ބުނެލިއެވެ.
“މަމް ދެޓް ވޯސް ނަތިން، ސްޓޮޕް ތިންކިން ލައިކް ދެޓް، އެމް ނޮޓް…….” ޒަޔާން ބުނަން އުޅުނު ޖުމްލަ ފުރިހަމަވެސް ނުކޮށް އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ޔަޝްރާގެ ތުންފަތްމައްޗަށް ވެރިވީ ހިތްހަމަޖެހުމުގެ ހިނތުންވުމެކެވެ.
އެއްހަފްތާ ހީވެސް ނުކުރާހާ އަވަހަށް ވޭތުވެގެން ހިނގައްޖެއެވެ. ކައިވެނި ހަމަޖެހިފައި އޮތީ ހޮނިހިރު ދުވހުގައި ކަމުން އެންމެންވެސް ނިންމީ ބުރާސްފަތިދުވަހު ރިސޯޓަށް ދިއުމަށެވެ. ރިސޯޓަށް ދިއުމަށް ފުރީ އެދުވަހުގެ މެންދުރުފަހުގައެވެ. އޭރު ޔަޝްރާ ފިރިމީހާގެ އާއިލާގެ ބައެއްމެންބަރުންވެސް މާލެ އައިސްފިއެވެ. ރިސޯޓަށް އެމީހުންނަށް ދެވުނުއިރު ނާޔާގެ ވާންއުޅޭ ފިރިމީހާ އިގްލީމްއާއި އޭނަގެ މައިންބަފައިންވެސް އައިސް ތިއްބެވެ. ކޮޓަރިތައް ކުރިން ބުކްކޮށްފައިވުމުގެ ސަބަބުން އިތުރު އުނދަގުލަކާއި ނުޖެހުނެވެ. ނޫރާ އާއި ނާޔާއަދި ޒާޔާ ތިބެން ހަމަޖެހުނީ އެއްކޮޓަރީގައެވެ.
ހޮނިހިރު ދުވަސް އައިސް ޖެހުނުއިރު ކައިވެނީގެ ހުރިހާ އިންތިޒާމެއް ހަމަޖެހިއްޖެއެވެ. ޕާޓީއަށް ދައުވަތުދީގެން އައި އާއިލާމީހުންނާއި އެހެން ހުރިހާއެންމެންވެސް އެދުވަހު ރިސޯޓަށް އައިސްފިއެވެ. އެދުވަހު ހަވީރުވީއިރު ނާޔާ ހާސްވެގެން އުޅޭތަން ފެނިފައި ނޫރާ ދިމާކުރަންފެށިއެވެ. ނަމަވެސް ރިސޯޓަށް އައީއްސުރެ ޒާޔާ އިންނަނީ ހިޔާލަކަށް ގެއްލިފައެވެ. އިރުއޮއްސެން ކައިރިވިފައި ހުއްޓައި ނާޔާ ރެޑީކޮށްދޭން ސެލޫންއަކުން ހަމަޖައްސައިގެން ގެނަ ކުދިން އޭނަ ރެޑީކޮށްދޭން އައިސްފިއެވެ. ނޫރާއާއި ޒާޔާވެސް ކުޑައިރުކޮޅެއްފަހުން ތައްޔާރުވާން ފަށައިފިއެވެ.
އަށެއްޖަހަން 15 މިނެޓަށް ވެފައިވަނިކޮށް ނޫރާމެންގެ ކޮޓަރިއަށް ޔަޝްރާއާއި ސަލްމާއަދި ސަނާއައިސް ވަނެވެ. ޕީޗް ކުލައާއި ހުދުކުލައިގެ ވެޑިންގ ޑްރެސްގައި ރީތިވެލައިގެން އިން ނާޔާފެނިފައި ޔަޝްރާގެ ލޮލުން ކަރުނަ ނިރާލިއެވެ. އޭރު މޭކަޕް ކޮށްދޭކުދިންވެސް އެމީހުންގެ އެންމެފަހު މަސައްކަތް ނިންމާލަނީއެވެ. ނާޔާދެވުވުމުން ޔަޝްރާއައިސް ނާޔާގެ މޫނުގައި ދެއަތުން ހިފާލާފައި ނިތުގައި ބޮސްދިނެވެ.
“އަޅެމަމް ރޮނީތަ…. އޯވ” ނޫރާއައިސް ޔަޝްރާގެ ކޮނޑުގައި ދެއަތުން ހިފާލަމުން ތުއިގޮތަކަށް ބުނެލިއެވެ. އެއާއި އެކު އެންމެންވެސް ހޭންފެށިއެވެ. “މަންމަ މިއަދު ވަރަށް އުފާވެއްޖެ” ޔަޝްރާ ނާޔާގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ.
“ދެން ދުވަސްކޮޅަކުން މަމް އަށް ޕްރޮމޯޝަންވެސް ލިބިދާނެ ދޯ” ނޫރާ ބުނެލިއެވެ. އެއީ ކީއްވެގެންތޯ ޔަޝްރާ އަހާލިއެވެ.
“މަމް ޑޯންޓް ބީ ސޯ ޑަމް…. މިބުނީ ދުވަސްކޮޅަކުން މަމްއަށް ގްރޭންޑް މަމް އޭ ކިޔާފާނެ ނޫންހޭ” ހީލަމުން ނޫރާ ބުނެލިއެވެ. އެއާއި އެކު ނާޔާ ނޫރާގެ ނަމުން ބާރަށް ގޮވާލިއެވެ. ޒާޔަން އައިސް އެކޮޓަރީގެ ދޮރުގައި ޓަކިދިނީ އެވަގުތުއެވެ. އެންމެން ތައްޔާރުވެގެން ތިބިއްޔާ ނުކުތުމަށް ބުނަމުން އޭނަ ހިނގައިގަތެވެ.
ކުޑައިރުކޮޅެއްފަހުން ކައިވެނީގެ މަޖިލިސް ފެށިގެން ހިނގައްޖެއެވެ. “އަނބިގަބޫލުކޮށްފިން” އިގްލީމްގެ އަޑުން އެހެން ބުނެލުމާއިއެކު އެންމެންގެ އަތްތިލަބަޑީގެ އަޑުއިވިގެން ދިޔައެވެ. ކައިވެނިކޮށް ނިމުނުތާ 15 ވަރަކަށް މިނެޓުފަހުން ކައިވެނީގެ ހަފްލާ ފެށިގެން ހިނގައްޖެއެވެ. ހަފްލާ ތައްޔާރުކުރެވިފައިވަނީ ބީޗްގައެވެ. މުޅިއެސަރަހައްދު ވަނީ އެހަފްލާއަށް ޒީނަތްތެރިކުރެވިފައެވެ. ނާޔާގެދެމަފިރިން އެމީހުންނަށް ހާއްސަކުރެވިފައިވާ މަގާމުގައި ހުއްޓިލައިގެން ތިއްބެވެ. މެހެމާނުންތަކުން މުޅިއެތަންވަނީ ފުރިފައެވެ. މޭޒުތަކުގެ ކައިރީގައި އާއިލާތައް ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. އަބްދުއްﷲގެ އާއިލާގެ މެންބަރުންވެސް މޭޒެއްގެ ދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. ނާޔާގެގާތުގައި ނޫރާއާއި ޒާޔާވެސް ތިއްބެވެ. ނާޔާއަށް އެހީތެރިކަމެއް ބޭނުންވެދާނެތީވެގެނެވެ. ރާއިންމެން ތިބީތަންކޮޅެއްދުރުގައެވެ. އެންމެންނާއިވަކިން ދުރުގައި ކޯކްތައްޓެއް ހިފާލައިގެން ޒަޔާން ހުއްޓެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ނޫރާގެ ގާތުގައި ހުރި ޒާއާއަށެވެ. ޕީޗް ކުލައިގެ ދިގު މެކްސީގައި ޝޯވްލް އަޅައިލައިގެން ހުރިއިރު ކިހާ މައުސޫމް ހެއްޔޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. މިވީ ދެހަފްތާ ތެރޭގައި ހަމަގައިމުވެސް ޒާޔާއޭނަގެ ހިތުން މަގާމެއް ހޯދައިލައިފިއެވެ. އެވަށް ކުޑަމޫނަށް އޭނަ ބަލަމުން ދިޔައީ ނުހަނު ލޯބިންނެވެ.
މެހެމާނުންތައް މަދުވާންފެށުމުން އާއިލާގެ މީހުންނާއި އެއްކޮން ފޮޓޯނެގުން ފެށިގެންދިޔައެވެ. ވެޑިން ކަޕުލް އާއި އެއްކޮން ނޫރާ އޭނައާއި ޒާޔާ އެކަނި ފޮޓޮލެއް ނަގަން ބޭނުންވިއެވެ. ނާޔާގާތުގައި ހުއްޓިލައިގެން ހުރީ ޒާޔާ އެވެ. ނޫރާ ހުރީ އިގްލީމް ގާތުގައެވެ.
“ދޮންބެއާ ރެންބެވެސް އާދެބަ” ފޮޓޯ ނެގުމުން ނޫރާ ބުނެލިއެވެ. ރާއިން ވިސްނާލިއެވެ. އޭނަ ހުންނާނީ ކާކުގެ ގާތުބާއެވެ. ޒަޔާން ގޮސް ނޫރާގެ ގާތުގައި ހުއްޓުމުގެ ކުރިން ރާއިންގޮސް ނޫރާގެ ގާތުގައި ހުއްޓިލިއެވެ. އެހެންވެ ޒަޔާން ގޮސް ޒާޔާގެ ގާތުގައި ހުރެލިއެވެ. މިމަންޒްރުފެނިފައި ޔަޝްރާ ސިއްރުން އޭނަގެ ފިރިމީހާ އަޖްމަލް ގާތުގައި އެއްޗެކޭ ބުނެލިއެވެ. އަދި ހީލިއެވެ. ޕާޓީ ނިމުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށްވަނެވެ. ވަރުބަލިވެފައިހުރުމުގެ ސަބަބުން ޒާޔާއާއި ނޫރާވެސް އިތުރަށް ސަކަރާތް ނުޖަހައި ނިދަން އުޅުނެވެ.
ޒަޔާން މުޅިރޭ ހޭދަކުރީ ވިސްނުމުގައެވެ. މާޒީގައި ވެފައިވާ ކަނަތައްތަކާއި ދޭތެރޭ އޭނައަށް ވިސްނެނީއެވެ. ނުނިދިގެން ބޮލުގައި ރިއްސަން ފެށުމުން އެންމެ ފަހުން އޭނަ ބޭރަށް ނުކުތެވެ. ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ރާޅުފެންފަށުގައި ހިނގާލަ ހިނގާލަ އޭނަ ހުއްޓެވެ.
ފަތިސް ނަމާދު ކޮށްލައިގެން ފޭބި ޒާޔާބޭނުންވީ އިރުއަރާ މަންޒަރު ބަލާލުމަށެވެ. މިކަހަލަ ރީތި އަތިރިމައްޗެއްގައި އިނދެގެން އެކަހަލަ މަންޒަރެއް ބަލާލަން ލިބޭނީ މަދުފަހަރެއްގައޭ އޭނަ ހިތަށް އަރަމުންދިޔައެވެ. އެހެން ހިޔާލުތަކުން ދުރުވެގެން ހަމަޖެހިލައިގެން ވިސްނާލަންވެސް އޭނަ ބޭނުމެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލުމަށްފަހު ހިނގައިގަތެވެ. އޭރު އަދި ގަޑިން 5 ގަޑި ބައިވީއެވެ. އަތިރިމައްޗަށް ފޭބުމަށްފަހު ވެލިގަނޑުމަތީގައި ޒާޔާ އިށިއިނދެލިއެވެ. އަދި އަތުގައި އޮތް ފޯނުން ކްރިސްޓިނާ ޕެރީގެ “އަ ތައުޒަން އިޔާޒް” ލަވަ ޖަހާލިއެވެ.
ވެލިގަނޑުމަތީގައި އިށިއިނދެގެން އިން އަންހެންކުއްޖާ ޒަޔާންއަށް އަޅައިގަތެވެ. އެއީ ޒާޔާކަން އޭނައަށް ކިތަންމެ ދުރުންފެނުނަސް ފާހަގަ ކުރަން އެނގުނެވެ. އެއްގަމަށް އަރައި ޒާޔާއަށް ނުފެންނާނެހެން އޭނަގެ ފަހަތުން އައުމަށް ޒަޔާން ނިންމިއެވެ. އެގަޑީގައި ޒާޔާ އެތާގައި އިންސަބަބެއް ބަލަން އޭނަ ބޭނުންވިއެވެ. ލަވަނިވާލުމަށްފަހު ހެޑްސެޓް ލައިގެން ހުރި ސޯޓުގެ ޖީބަށްލީ ޒާޔާއާއި ފުދޭވަރަކަށް ކައިރިއަށް އާދެވުމުންނެވެ. ޒާޔާ ޖަހާފައިހުރި އިނގިރޭސި ލަވައިގެ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. ޒާޔާއިނީ ލޯމަރާލައިގެނެވެ.
“ހައި” ޒާޔާއާއި ކައިރިއަށް އައުމަށްފަހު ޒަޔާން ބުނެލިއެވެ. ކުޑަކޮށް ސިހިފައި ލޯހުޅުވާލުމަށްފަހު ކައިރީގައި ހުރި ޒަޔާން އަށް ބަލާލީ ހައިރާންވެފައި ހުރެއެވެ. “މޯނިންގ” މޫދާއި ދިމާއަށް ބަލާލަމުން ޒާޔާ ބުނެލިއެވެ.
“އޯކޭތަ އަހަރެން މިތާގައި އިށިއިނދެލިޔަސް” ޒަޔާން ޖެހިލުންވެފައި ހުރެވެސް އަހާލިއެވެ. ޒާޔާ މަޑުމަޑުން “ހޫމް” އަޅުވާލިއެވެ. އޭނަ އެތަނަށް އައީ ހަމަޖެހިލައިގެން އިނދެލަން ކަމުގައިވިނަމަވެސް ނޫނެކޭ ބުނަން ނުކެރުނީއެވެ.
“މިގަޑީގަ މިތާ ކީއްތިކުރަނީ” ވެލިގަނޑުމަތީގައި އިށިއިންނަމުން ޒަޔާން އަހާލިއެވެ.
“ތިސުވާލު ހަމަ އަހަންނަށްވެސް ކުރެވިދާނެއްނު” އެއާއި އެކު ޒަޔާންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ޒާޔާވެސް ހީލިއެވެ.
“ޔަޕް، އަހަންނަށް ނުނިދިގެން ބޭރަށް ނުކުތީ، ދެން ހިނގަނިކޮށް ޒާޔާ ފެނިގެން އައީ، ދެން ޒާ ބުނެބަލަ ކީއްވެގެންކަން މިތާގައި ތި އިންނަނީ، ދެން އެންމެ ރަނގަޅުތަ އަހަރެން ޒާ ކިޔިޔަސް” ޒަޔާން ޒާޔާއާއި ދިމާ ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ. ނަމަވެސް ޒާޔާ އޭރުވެސް އިނީ މޫދާއި ދިމާ ބަލަހައްޓައިގެނެވެ.
“އެންމެންވެސް އެހެން ގިނައިން ކިޔާނީ، ޒަޔާންވެސް އެހެން ކިޔަންވީ، އަހަރެން އައީ އިރު އަރާ މަންޒަރު ބަލާހިތުން” ޖަވާބުދެމުން ޒަޔާން އިންފަރާތަށް އޭނަ އެނބުރިލިއެވެ. އޭރު ޒަޔާން އޭނައާއި ދިމާ ބަލަހައްޓައިގެން އިނުމުން އިސްޖަހާލެވުނެވެ. އަދި އަނެއްކާވެސް މޫދާ ދިމާ ބަލަންފެށިއެވެ. ޒަޔާންވެސް މޫދާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ.
“ކީއްވެގެން ނުނިދުނީ” ވާހަކަ ނުދައްކާ ގިނައިރުވުމުން އެ ހަމަހިމޭންކަމުގެ ސަބަބުން ޒާޔާއަށް އުނދަގޫވުމުން އަހާލެވުނެވެ.
“ލައިފްގަ ދިމާވާނެދޯ ވިސްނަންޖެހޭ ކިތަންމެ ކަމެއް، ވިސްނިޔަސް އެއިން އެއްވެސް ފައިދާއެއް ނުކުރާނެ ކަންތައްތައްވެސް، އެކަމަކާއި ދޭތެރޭ ނުވިސްނަން ހުއްޓަސް ވިސްނޭ ކިތަންމެ ކަމެއްވެސް” ޒަޔާންވާހަ ދެއްކީ ލަސްލަހުންނެވެ. އޭނަގެ ވާހަކައިން ޒަޔާން އެވިސްނަނީ ވަރަށްބޮޑުކަމަކާއި ދޭތެރޭގައިކަން އޭނައަށް ވިސްނުނެވެ. ޒަޔާން އެބުނީ ތެދެއްކަން އޭނައަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އޭނައަށްވެސް އޭނަ ވިސްނަން ބޭނުން ނުވާ ކިތަންމެ ކަމަކާއި ވިސްނެއެވެ. ނަމަވެސް ޒަޔާން ގާތުގައި އެއީ ކޮންކަމެއްކަން އަހާކަށް ނުކެރުނެވެ.
“ޒާޔާ ކީއްވެ އެހާ ވާހަކަ ނުދައްކަނީ، އަހަރެން ހީކުރީ އަހަރެން މިތާގައި އިނީމަ އަހަންނާވެސް ވާހަކަ ނުދައްކާނެ ކަމަށް” މައުޟޫ ބަދަލުކޮށްލުމަށް ޒަޔާން އަހާލިއެވެ.
“ނޭނގެ އެންމެން ތިހެން ކިޔަނީ ކީއްވެގެންކަމެއް، އެކަމަކު އަހަރެން ވާހަކަ ދައްކަން އެންމެންނާވެސް” ޒާޔާ ބުނެލިއެވެ. މަޑު ހުނުމަކާއި އެކު އެއީ އެހެން ބުނި އެއްޗެއް ނޫން ކަމަށް ޒަޔާން ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.


V v reethi mi baii vesssss
Thank u dear 🙂 🙂 🙂
Kn dhuvahaku aneh bai othy… alhe avahah up kurahche
Haadha kurey.mihaa inthizaar kureemaves thankolheh kiyaalan mi libunee.
Mihaaru story v fooohi.. raain nd zaayaa gulhuvabala..
Mi bai varah reethi… Hope next part avahah kiyaalan libeyne kamah….
Salhi zayaa r zayaan gulhunyma reethi vaany. . Raain zaaya ah ehen hedhyma raain ah rangalhu vaany zaayaa nulibuniyyaa
Waahaka hadhaan nethey haakohfa thankolheh mi up kurany..so bring
Reethi
Ekam haadha kurey..dhen parteh thankolheh dhigukohh genesdhehchey
Yesss… Kiyaa baath hey… V nice story…. Luv u this story..? Keep it up… Kobai thr ma dheke lwbiwaa luv luvyyy… Miadhu v nukiyany thr…
Hahahahah … Kiyaa tharmoaz heyyy…. Aan same ma adhi nunidhamey ma miothy heylaey lwbiwaa… V v bxy kh ulhey they’ve adhi nukiyegen miulheny.. Wow brilliant story.. <3 :-p
Vaahaka varah reethi deravanee up vaaleh lasvaatey thanks whiting for the next part
Dhen konirakun anebbai kiyaalan libeynee.mi vaahaka nikunnanee hafthage kondhuvas thakehga?plz plz thakolheh dhigukoh genes dheebala
So borin nw. Try t ryt mo intrestin n longer thn nw
zaayaa libenjeheyny raain ah zayaan ah libijjeyyaa storyge rythiokan gehluny raain gasthuga zaayaa ah ehen hedhykynuun. rythi varah
v nice
Alhe dhn raain aa xaaya aa gulhuvabala
dhen anekka zayaan ge kn maazee eh….meega ulhey meehunge maazee ehaa hithy kyvgnthr…raain ge dad mn ge vs raain mn ge vs….
kn irakun tha next part up kuranee…???
v nice story …. waiting for next part…. 🙂
Kuda Gothah avahah up kobba!!! Vaahaka varah habeys..
dhn anna aharugatha aneh bai… gina dhuvaskoffa up kuraathy ehaa intrest nuhurey mi vahaka ah.
Esfiya.com ah log in nuwewigen up
nukureuniyya mhr up kurewey haa dhuwas wehjje…busy wegen up nukureuniyya ei adhi ehn kameh..bx wane…but the thing is that u said log in nuwewuny ey…e..
ekm esfiya ga liyaa emme reethi dhe vaahaka aky’inthixaaru’ nd ..’dhiwaaana
Kba thr aneh part.,dhn hama knmevx hama eh dhahkaane. . thi thankolheh boduvaru dhw..
Mivaahaka liyameehayah kudinnah rplyehves nudheveytha upload nukurevenya vygothehves buneladhevidhaanedhw ehen noony vaahaka nuliyany
i was sick this week so couldnt write . n mi site ah logging nuvevey vaahaka eh nun bunefa innaany, fira ge user ID in logging nuveney vaahaka. sorry for the inconveniance. Admin ah mail koffa innaany next part cox i could’t upload it myself. he said ll upload soon.
Sorry dear n thanx rplyeh dhinyma asl hama vaahaka kiyahihvathy egothah coment kureveny again sorry and getwellsoon