Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 22

darkangel Level 210 Stories
April 18, 2015 7 Mins Read
24 Comments

“ޒާޔާ ކީއްވެ އެހާ ވާހަކަ ނުދައްކަނީ، އަހަރެން ހީކުރީ އަހަރެން މިތާގައި އިނީމަ އަހަންނާވެސް ވާހަކަ ނުދައްކާނެ ކަމަށް” މައުޟޫ ބަދަލުކޮށްލުމަށް ޒަޔާން އަހާލިއެވެ.
“ނޭނގެ އެންމެން ތިހެން ކިޔަނީ ކީއްވެގެންކަމެއް، އެކަމަކު އަހަރެން ވާހަކަ ދައްކަން އެންމެންނާވެސް” ޒާޔާ ބުނެލިއެވެ. މަޑު ހުނުމަކާއި އެކު އެއީ އެހެން ބުނި އެއްޗެއް ނޫން ކަމަށް ޒަޔާން ބުނެލިއެވެ.
މާގިނައިރުތަކެއް ނުވެ އިރު އަރައިގެން އަންނަ މަންޒަރު ފެންނަންފަށައިފިއެވެ. އެތަންފެނި ޒާޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ޒަޔާންއަށް ބޭއިހުތިޔާރުގައި ޒާޔާއާއި ދިމާ ބަލަހައްޓައިގެން އިނދެވުނެވެ. ފޯނު ނަގާ ސިއްރުން އެމަންޒަރު ފޮޓޯނެގުނީ ކީކޭ ހިތަށް އަރައިގެން ކަމެއްނޭގުނެވެ.
“އަހަރެން ދަނީ، ޒަޔާން ދާކަށް ނުވޭތަ؟” ކުޑައިރުކޮޅެއްފަހުން ޒާޔާ އަހާލިއެވެ.
“އަހަރެން ދާނީ އަދި ކުޑައިރުކޮޅެއްފަހުން” ޒަޔާން ޖަވާބުގައި ބުނެލިއެވެ. އެންމެ ރަނގަޅުކަމުގައި ބުނެލުމަށްފަހު ކައިރީގައި އޮތް ފައިވާން އަތަށް ނަގަމުން ޒާޔާ ހިނގައިގަތެވެ. ޒާޔާ ދިއުމުން ޒަޔާން އޭނަ އަތުގައި އޮތް ފޯނުން އިރުކޮޅެއްކުރިން ނެގި ފޮޓޯއަށް ބަލަހައްޓައިގެން އިނެވެ. ޒާޔާ ހީލައިގެން އިންމަންޒަރު ގައިދުކޮށްލެވިފައިވާ އެފޮޓޯ އޭނއަށް ކިތަންމެހައިވެސް ރީތިވިއެވެ. އޭނަގެ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއްވެރި ކުރަން މަޖުބޫރުވިއެވެ.
“ކޮންތާކަށްގޮސްފަތަ ތިއައީ” ޒާޔާ ކޮޓަރިއަށް ވަތް އަޑުއަހާފައި ނޫރާ އެނދުގައި އޮވެފައި ބޯހިއްލާލާފައި ބުނެލިއެވެ.
“އިރުއަރާތަން ބަލާލާފަ، ނޫރާގެ ދޮންބެވެސް އެބައިން،” ބުރުގާ ނަގަމުން ޒާޔާ ޖަވާބުދިނެވެ.
އަހަރެންނަށްވެސް ގޮވިނަމަ” ނޫރާ ބުނެލިއެވެ.
“އަދިވެސް ތިއުޅެނީ ރަނގަޅަށް ލޯ ނުހުޅެވިގެން، ދެން ކިހިނެތް ދާނީ” ފާހާނައަށް ވަންނަމުން ބުނެލިއެވެ.
“ހޫމް ދެންހެވޭ، ކަމަނާ މުރާލި މީހާ އުޅެބަލަ ހޭލައިގެން” ނޫރާ އެހެން ބުނެލަމުން މޫނުގައި ބާލީސް އަޅައިގެން އޮވެލިއެވެ.
ފާހާނައިން ނުކުތްގޮތަށް ޒާޔާވެސް އެނދުގައި އޮށުއޮވެލީ ކުޑަކޮށް ނިދާލުމަށެވެ.
ހެނދުނުގެ ސައި ނިންމާލުމަށްފަހު އެންމެންވެސް ނިންމީ އަދި އެއްދުވަހު ރިސޯޓުގައި މަޑުކުރުމަށްފަހު މާލެ އައުމަށެވެ. ޔަޝާރުގެ ފިރިމީހާގެ އާއިލާމީހުންވެސް ފުރުން ހަމަޖެހިފައިއޮތީ ޖެހިގެން އަންނަދުވަހުން ކަމަށްވަތީއެވެ. އެހިޔާލުވީ އެންމެންނަށްވެސް ކަމުދާ ހިޔާލަކަށެވެ. ނަމަވެސް ސަނާ ބޭނުންވީ މާލެ އައުމަށެވެ. ޒަކްވާން ސުކޫލުން ދުވަހެއް ގެއްލޭނެތީއެވެ. މިހާރުވެސް އެއްދުވަސް ގޮސްފައިވާތީއެވެ. ޒާޔާވެސް ނިންމީ އިތުރަށް މަޑުނުކޮށް ސަނާއާއި އެކު ދިއުމަށެވެ. އޭނަގެވެސް ކްލާސްތައް ގެއްލޭނެތީއެވެ. ޒާޔާދާން ނިންމުމުން ނޫރާވެސް އޭނައާއި އެކު ދާން ނިންމިއެވެ. އެމީހުން ފުރަން ނިމުނީ އިރުއޮއްސޭވަގުތަށެވެ.
އެދުވަހުގެ ދެން އޮތްވަގުތު އެންމެން ހޭދަކުރީ މޫދަށްއެރި ސަކަރާތް ޖެހުމުގައެވެ. އަތިރިމަތީގެ ދޮންވެލިގަނޑުގައި ޖަހާފައިހުރި ކުޑައެއްގެ ދޮށުގައި ނޫރާއާއި ޒާޔާ އަދި ޒަކްވާން ތިއްބެވެ. ތަންކޮޅެއްދުރުގައި ހުރި ރުކެއްގައި ލެނގިލައިގެން ޒަޔާން އެމަންޒަރު ބަލަން ހުއްޓެވެ. ޒާޔާގެ ކޮންމެ އާދައެއް އޭނައަށް ފަރުވާތެރިކަމާއި އެކު ބެލެމުން ދިޔައެވެ. އަތުގައި އޮތް ފޯނުން އެދުވަހު ހެނދުނު ނަގާފައިވާ ޒާޔާގެ ފޮޓޯއަށް އިރުއިރުކޮޅުން ބަލާލައެވެ.
“ތީ ކޮންއިރަކު ފެށިކަމެއް” ފަހަތުން އިވުނުއަޑުން ސިއްސައިގެން ގޮސް ޒަޔާންގެ ފޯނު ވެލިގަނޑަށް ވެއްޓުނެވެ.
“ނާޔާ…” ފޯނުނަގަމުން ޒަޔާން ނާޔާއަށް ގޮވާލިއެވެ.
“އިޓްސް ނަތިންގ އޯކޭ” ފޯނުގައި ހުރި ވެލިތައްފޮޅާލަމުން ޒަޔާން އިތުރުކޮށްލިއެވެ.
“ޝީއިޒް ޕްރިޓީ” ޒާޔާމެން ތިބިދިމާއަށް ބަލާލަމުން ނާޔާ ބުނެލިއެވެ. ޒަޔާންވެސް އެދިމާއަށް ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭނުބުނެ ހުރީއެވެ.
“ޒެން އިޓްސް އޯކޭ ޓްމޫވް އޮން، ކިހާދުވަހެއް މިހާރުމިވަނީ، މަމްވެސް މިހާރު އެވާހަކަ ދައްކަ ދައްކަ ބޯގޮވާފަ އެހުންނަނީ، އެއްކުއްޖަކު ބިޓްރޭވީއޭ ކިޔާފަ އޭގެ މާނައެއްނޫނެއްނު އެންމެން އެހެން ވާނެއެކޭ، އިޓްސް ބީން 3 އިޔާސް ނައު، އިޓްސް އޯކޭ ޓްލައިކް ސަމްވަން، ޝީއިޒް އަ ގުޑް ގާރލް، އޭޒްފާރ އައި ނޯ ޝީއިޒް ސިންގަލް” ޒަޔާން އާއި ކުޑަކޮށް ކައިރިވަމުން އެންމެ ފަހު ޖުމްލަ ތަންކޮޅެއް ސިއްރުން ނާޔާ ބުނެލިއެވެ.
“ޔޫ ޑޯންޓް އަންޑަސްޓޭންޑް ސިސީ، ޒާގެ މޫނަށް ބަލާ ކޮންމެ ފަހަރަކު އައި ރިމެންބަރ ހާރ، ޒާގެ ތުންފަތްކައިރީ އިންނަ ކަޅުތިލަ ފެންނަ ކޮންމެ ފަހަރަކު….” ޒަޔާން ހުއްޓާލިއެވެ.
“ދެން ކޮބާތަ އޭގެން މައްސަލައަކީ، އޯކޭ ދެޓް އެކްސްޕުލެއިން ވައި ޔޫ އޯލްވޭސް ލުކް އެޓްހަރ، ބަޓް ތިފޯނުގަ ދެންމެ ތިއިން ޒާޔާގެ ފޮޓޯ އެއީ ކީއްވެގެން ނަގާފަ އިން އެއްޗެކޯ، އެން އެވަރަށް އެއަށް ތިބަލަނީ ނީއްވެގެން، އެއަށް އެކްސްޕްލެނޭޝަން އެއް ދީބަލަ” އެންމެފަހުން ނާޔާބުނެލިއެވެ.
“އެ..އީ…” ޒަޔާން އަށް ލަސްލަހުން ކިޔާލެވުނެވެ.
“ޑޫޔޫ ލައިކް ހަރ” ވެލިގަނޑުމަތީގައި އށިއިންނަމުން އަދި ޒަޔާންގާތުގައިވެސް އިށިއިނުމަށް ބުނަމުން ނާޔާމަޑުމަޑުން އަހާލިއެވެ.
“ނޭނގެ، ބަޓް އައިކާންޓް ސްޓޮޕް ތިންކިން އެބައުޓް ހަރ، ޝީސީމްސް ސޯ ޑިފެރެންޓް، އައިގެސް އައި ޑޫ ލައިކް ހަރ” ޒަޔާން ޒާޔާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.
“އޯވް… އައި ނިޔުއިޓް” ނާޔާއުފަލުން ޒަޔާން ގައިގައި ކުޑަކޮށް ބައްދާލިއެވެ.
“އަހަރެން ބުނީ އައިގެސް އޭ އިނގޭ” ޒަޔާންވެސް ކުޑަކޮށް ހެވިފައި އިނދެގެން ބުނެލިއެވެ. ނާޔާ އެވާހަކަ މަންމަގާތުގައި ބުނާނެކަމަށް ބުނުމުން ޒަޔާން އަވަސްއަވަހަށް ނޫނެކޭ ބުންޏެވެ.
**********************************************************
ހަވީރުވީއިރު ޒާޔާމެން މާލެދާން ތައްޔާރުވެގެން ތިއްބެވެ. ސަލްމާއާއި ޔަޝްރާގެ އިތުރުން އެހެންމީހުންވެސް އެމީހުން ފުރުވުމަށް ޖެޓީކައިރީގައި ތިއްބެވެ. ޒާޔާއާއި ނޫރާ އަދި ޝާންގެ އާއިލާ ލޯންޗަށް އެރުމުން ލޯންޗު ނައްޓާލާނެކަމަށް ޒާޔާ ހީކުރިނަމަވެސް ލޯންޗު ސްޓާރޓވެސް ނުކުރެއެވެ. އެހެން ކުޑައިރުކޮޅަކުވީތަނާ ލޯންޗަށް އެރިމީހާފެނިފައި ޒާޔާ ހައިރާން ވިއެވެ. ރާއިން އެމީހުންނާއިއެކު ދާވާހަކައެއް އެކަކުވެސް ނުބުނެއެވެ. އަދި އޭނަގެ ފަހަތުން ޒަޔާންވެސް ލޯންޗަށް އެރިއެވެ. ޒާޔާއިނީ ރާއިންއާއި ދިމާ ބަލަހައްޓައިގެނެވެ. ނަމަވެސް ރާއިން އެކަން އެނގުނުކަމަށް ނުހަދާ ހަމަޖެހިލިއެވެ. ކުޑައިރުކޮޅެއްފަހުން ލޯންޗުނައްޓާލައިފިއެވެ. ކަނޑުގެ ރާލުތަކެކޭ އެއްވަރަށް ޒާޔާގެ ހިތްވެސް ވަނީ ހަލަބޮލިވެފައެވެ. ވިސްނަންވީ އެއްޗެއް ނުވިސްނަންވީއެއްޗެއް ނޭނގޭކަހަލައެވެ.
ތިންގަޑިއިރުގެ ދަތުރަކަށްފަހު އެމީހުންނަށް މާލެ އާދެވުނެވެ. އެމީހުން ފޭބިއިރު ކާރުގައި ޑްރައިވަރު ބަލާއައިސްފައި ހުއްޓެވެ. އެންމެކުރިންބައިގައި ނޫރާ ކާރަށްއެރިއެވެ. ޒާޔާވެސްހުރީ އަވަހަށް ގެއަށް ދާންބޭނުންވެފައެވެ. ސަނާއާއި ޒަކްވާން ފަހަތަށްއެރުމުން ޝާން ކުރީސީޓަށް އަރަމުން ޒާޔާގާތުގައި ރާއިންމެންނާއިއެކު ދެންއޮތްކާރަށް އެރުމަށްބުންޏެވެ. އެއްޗެކޭބުނަން ނުކެރުމުން ޒާޔާމަޑުމަޑުން ހިނގާފައި އައިސް ފަހަތުސީޓަށްއެރިއެވެ. ރަޔާން ކުރިއަށް އެރުމުން ޒަޔާން އިނީފަހަތުގައެވެ.
“ވަރަށް ޓަޔަޑްދޯ…؟” ކާރު ސްޓާޓްކޮށްލުމުން ޒަޔާން ޒާޔާގާތުގައި އަހާލިއެވެ.
ޖަވާބުގައި ހަމައެކަނި “ހޫމް”އަކުން ޒާޔާ ނިންމާލިއެވެ. މަގާވީފަރާތަށް އެނބުރިލަމުން ޒާޔާ ސީޓުގައި ހަމަޖެހިލިއެވެ. ޒާޔާ މާބޮޑަށް ވަރުބަލިވެފައި އިނުމުން ވާހަކަ ދައްކަން ބޭނުން ނުވީކަމުގައި ޒަޔާން ހީކުރިއެވެ. ނަމަވެސް އޭނައަށް ނޭގުނީ ޒާޔާއަށް ވާހަކަދައްކަން އުނދަގޫވީ ރާއިން ކައިރީގައި އިނުމުންކަމެވެ. ޒާޔާއެގޮތަށް އިންދާ އޭނައަށް ލޯމެރުނީ ކޮންއިރަކު ކަމެއްނޭނގުނެވެ. ކާރު ގޭޓުންވަތް އިރުވެސް ޒާޔާއެއިންގޮތަށް ނިދިފައިއިނެވެ. ކާރުމަޑުކޮށްލުމާއިއެކު ޒަޔާން ފައިބައިފިއެވެ. ނަމަވެސް ޒާޔާއަށް ގޮވާކަށެއް އޭނައަށް ނުކެރުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. އެވަގުތު ޔަޝްރާގެ ފޯނެއްއައީ އެކަން އެގޮތަށް ވާންވެގެން ނޫންކަމެއްވެސް ނޭނގެއެވެ. ޒަޔާން ފޯނުހިފައިގެން ގޭތެރެއަށް ވަނެވެ. ޑްރައިވަރު އެމީހުންގެ ދަބަސްތައް ޑިކީން ނަގައިގެން ގޭތެރެއަށް ވަނެވެ.
ރާއިން ޒާޔާއިންފަރާތުގެ ދޮރުފަތް ހުޅުވާލިއެވެ. ކަކޫމައްޗަށް ތިރިވެވުނީ ޒާޔާއިންލެއް މައުސޫމްކަމުންނެވެ. އެވަގުތު ކުރީގެ ހަނދާނެއް އާވެގެންދިޔައެވެ. ޒާޔާއާއި ފުރަތަމަ ލޯބިކޮށްލިރޭމަތިން ހަނދާންވިއެވެ. ހިތްއެދުނީ މިއަދުވެސް އެއުފަލެވެ. ޒާޔާއަކީ އޭނަގެ ހައްގެކޭ އެވަގުތު ހިތުންބުނެލިއެވެ. ނަމަވެސް ހިތުގެ މައްޗަށް ބާރުފޯރުވަމުން ކޮޅަށްތެދުވެ ޒާޔާއަށް ގޮވާލިއެވެ.
ސިހިފައި ޒާޔާ ލޯހުޅުވާލިއެވެ. ނަމަވެސް ކުރިމަތިންފެންނަން ހުރި ރާއިންފެނިފައި ހަމަޖެހިލިއެވެ. އަދި ކާރުންފައިބައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު ނޫރާވެސް އޭނަގެ ކޮޓަރިއަށްވަދެފިއެވެ. ޒާޔާކޮޓަރިއަށްވަދެ ފެންވަރާލައިގެން ތިރިއަށްފޭބީ ބަނޑުހައިވެފައި ހުރުމުންނެވެ. އޭރު ސަނާވެސް ބަދިގޭގައި އުޅެއެވެ. ސަނާއާއިދެމީހުންވެގެން ކާން ހެދުމަށްފަހު އެންމެންނަށް ކާންގޮވިއެވެ. ރާއިންއާއި ޒަޔާންވެސް ނުކުތުމުން އެންމެން ކެއީ އެއްކޮށެވެ. ނޫރާއާއި ޒާޔާ ކުޑަކޮށްވާހަކަ ދައްކާލަން ތިބެލުމަށްފަހު ނިދަންވަނެވެ.
ގައިގައި ރަޖާއަޅާލުމަށްފަހު ޒާޔާ ނިދަން ތައްޔާރުވެލިއެވެ. އެވަގުތު ބާލީސްދަށުގައި އޮތް ފޯނު ވައިބްރޭޓްވުމުން ނަގާބަލާލިއެވެ. ނުދަންނަ ނަންބަރަކުން މެސެޖެއް ފޮނުވާފައިއޮތުމުން ވިސްނާލިއެވެ. މެސެޖު ހުޅުވާލިއިރު ހަމައެކަނި “ގުޑްނައިޓް” ލިޔެފައި އޮތެވެ. މެސެޖު ޑިލީޓް ކޮށްލުމަށްފަހު ލޯމަރާލައިގެން ނިދަން އޮށުއޮތެވެ.
ހެނދުނު ހޭލިއިރުވެސް ޒާޔާގެ ފޯނަށް ރޭގަ މެސެޖުކުރި ނަންބަރުން މެސެޖެއްކޮށްފައި އޮތެވެ. އިނގިތޭސި ރީތި އިބާރާތްކޮޅަކުން މޯނިގް ކިޔާލާފައި އޮތެވެ. ޒާޔާގެ މޫނަށްވެސް އެއިބާރާތްކޮޅުގެ ސަބަބުން ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެއަށް މާބޮޑު ސަމާލުކަމެއް ނުބަހައްޓާ އޭނަ އަވަހަށް ކޮލެޖަށް ދިއުމަށް ތައްޔާރުވާން ފެށިއެވެ.
“ޔަގީންތަ” ޒަޔާން ދެވަނަފަހަރަށްވެސް ނޫރާއާއި ސުވާލުކޮށްލިއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ނޫރާގެ ކޮޓަރީގައެވެ. ހެނދުނުހޭލިގޮތަށް ޒަޔާން ނޫރާގެ ކޮޓަރިއަށް އައިސް ދައްކަންފެށިވާހަކައަކުން އޭނަ އެހުންނަނީ ވާނުވާނޭގިފައެވެ.
“އާއެކޭ އާއެކޭ، ދެން ބުނަންވެއްޖެއްނު ތިހެން ތިއަހާ ސަބަބެއް، ދެން އެންމެފަހުން ގޮސް އޭނަގާތުގައި އަހާނީ، ނޫނީ ދޮންބެ ކަމެއް ކުރަނީތަ” ނޫރާ އެންމެފަހުން އަހާލިއެވެ.
“ޖަސް ކީޕް ދިސް ބިޓްވީން އަސް، އޯކޭ، އެން ދޮންބެ ނުކުރަން އެކަހަލަ އެއްވެސް ކަމެއް، ފްރެންޑަކު ބުނެގެން، ތެންކްސް ދޯ” ޒަޔާން އެކޮޓަރިން ނުކުންނަމުން ބުނެލިއެވެ. އޭނަ ބަލަންބޭނުންވި އެއްކަންތައް ނިމުނީއެވެ. ދެންއޮތީ އެހެންމީހެއްގެ އެހީތެރިކަން ހޯދުމެވެ. ރާއިންގެއެވެ. ނަމަވެސް އެވާހަކަ ރާއިންގާތުގައި ދައްކާނެ ގޮތެއްނޭނގެނީއެވެ. މަންމަމެން މާލެ އައުމުގެ ކުރިން އޭޏަ ބޭނުންވާ ކަންތައްކޮށް ނިންމުމަށް ބޭނުންވަނީއެވެ.
“މަންމަމެން ބުނެފި އަދި ދެދުވަސްވަރު އިތުރަށް މަޑުކޮށްފައޭ މާލެ އަންނަނީ، ބައްޕަވެސް ވޯރްކ ލޯޑާއި ދުރުގަ ރެސްޓެއް ނަގަނީއޯ، ނާޔާމެން އަންނާނެ މެންދުރު ފުރަން” ސައިބޯން މޭޒުކައިރީގައި އިން ޝާން ރާއިން އަދި ޒަޔާން އަށް ސަލްމާމެންގެ ހަބަރު ކިޔައިދިނެވެ. ޒަޔާންއަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. ދެން އޭނަ ބޭނުންވާކަންތައް ހަމަޖެހިލައިގެންވެސް ކޮށްލެވޭނެއެވެ. ޒާޔާސައިބޮއިނިމިގެން ކޮލެޖަށްދާން ނުކުތެވެ. އޭނަގެ ފަހަތުންކަހަލަ ގޮތަކަށް ރާއިންވެސް އޮފީހަށްދާން ނިކުތެވެ. ނަމަވެސް ހުއްޓުނީ ޒަޔާން އޭނައަށްގޮވާލުމުންނެވެ.
“އައި ނީޑް އަ ފޭވާރ” ޒަޔާން ކެތްތެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.
“ކިހިނެއްވީ، ހާދަ ހާސްވެފަ، އެނީތިންގ ސީރިއަސް” ރާއިންވެސް އަހާލިއެވެ.
“މިތާކުނޫންދޯ މިވާހަކަ ދައްކާނީ، ހިނގާބަ ބޭރަށް، ނޫނީ އޮފީސްވެސް އޯކޭވާނެ” ޒަޔާން އޭނައާއި ދިމާބަލަހައްޓައިގެން ހުރި ނޫރާއަށް ބަލާލަމުން ބުނެލިއެވެ.
“އެމް ޝުއަރ ހީއިޒް އަޕްޓު ސަމްތިންގ، ފޮނިކަމުން ނުވެސް ބުނި،” ޒަޔާން އާއި ރާއިން ނުކުތުމުން، މޭޒުމަތިން ތަށިތައްނަގަންހުރި ސަނާގާތުގައި ނޫރާބުނެލިއެވެ،
“ކާކު ކީއްކުރީތަ” ސަނާއަށް ނޫރާ ކިޔިއެއްޗެއް ނޭނގިގެން އަހާލިއެވެ.
“ދޮންބެދައްތަ ގަބޫލުވެސް ނުކުރާނެ އަހަރެން މިހެން ބުނީމައެއް، ދޮންބެގެ ވާހަކަ މިދައްކަނީ،” ނޫރާބުނެލިއެވެ. ސަނާ ކިހިނެތްވީހޭ ސުވާލުކޮށްލިއެވެ.
“މިއަދު ހެނދުނު ދޮންބެ އަހަރެންގެ ރޫމްއަށް އައިސްފަ އަހަނީ ޒާ ސިންގަލް ހޯ، ކޭން ޔޫ ޖަސް ބިލީވް އިޓް، 2 އިޔާސްތެރޭގައި ދޮންބެގެ ދުލުން އަންހެންކުއްޖެއްގެ ނަންވެސް އިވުނުމިއީ ފުރަތަމަފަހަރު ކަންނޭނގެ، ކީއްކުރަންހޭ އެހީމަ ބުނަނީ ފްރެންޑަކު ބުނެގެންނޭ” ނޫރާ އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ސަނާއަށްވެސް ހުރެވުނީ ނޫރާ ދެއްކިވާހަކައެއްގަބޫކު ނުކުރެވިފައެވެ.
*******************************************************
“ރެން އަހަރެން ވަރަށްބޮޑުކަމަކު އެދެފިއްޔާ ކޮށްދޭނަންތަ؟، އައި ނީޑް ޔުއަރ ހެލްފް” އޮފީހަށްގޮސް ރާއިންގެ ކެބިންއަށްވަނުމަށްފަހު ގޮނޑީގައި ހަމަނުޖެހިލެވިގެން އުޅެނިކޮށް ޒަޔާން ބުނެލިއެވެ. އޭނަ އެހެންބުނެލި ރާގުންނާއި މޫނުމަތީގައި ހުރި ނުތަނަވަސްވެރިކަމުންވެސް ރާއިންއަށް އޭނަ ކިޔަން އެއުޅެނީ އާދައިގެ ކަމެއްނޫންކަން ދެނެގަނެވުނެވެ.
“ކިޔާބަލަ ތަންކޮޅެއް ހަމަޖެހިލައިގެން ހުރެ،” ރާއިންގެ މޭޒު ކުރިމަތީގައި ހުރި ގޮނޑިއަކަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
ޒަޔާން ގޮނޑީގައި އިށިއިނދެ މޭޒުމަތީގައި ދެއަތްބާއްވާލިއެވެ. ރާއިން އޭނަގާތުން ވެގެން އުޅޭގޮތް ސާފުކޮށް ކިޔާދިނުމަށް އެދުނެވެ.
“އައި ލައިކް ދިސް ގާރލް، އަހަރެން ބޭނުން އޭނައާ ގުޅެން، ރައްޓެހިވާކަށް ނޫން ބޭނުންވަނީ، މެރީކުރަން، އިފް އެވްރިވަން އާ އޯކޭ، އައި ނޯ މަމް މެން އޯކޭވާނެކަން، ދެން އޮތީ އެކުއްޖާގެ ޖަވާބެއް، އަހަރެން ބޭނުންވަނީ އޭނައަށް ޕްރޮޕޯޒް ކުރަން، ހެލްޕް މީ” ޒަޔާން އެއްފައްޗަކަށް ކިޔާލިއެވެ. ރާއިންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ދެނެވެ. އެއާއިއެކު ޒަޔާންއަށްވެސް ހެވުނެވެ.
“އެމް ހެޕީ ޒެން މޫވް އޮންކުރަން ޑިސައިޑް ކުރީތީ، ދެން ތީ ކޮންތާކު އުޅޭ ކޮން ކުއްޖެއްކަންވެސް ބުނީމަ ދޯ އެނގޭނީ، މާލެ އައިފަހުން އަދި ތިންހަފްތާ މިވީ، ތިހާ ހިސާބަށް ކަންތައްދާނީ ޔަގީނުންވެސް އެއީ ވަރަށް ހާއްސަ ކުއްޖެއްވީމަކަން ޔަގީން، ސޯ ހޫއިޒްދި ލަކީ ގާރލް” ރާއިން އުފާވެފައި އިނދެވާހަކަ ދެއްކިއެވެ.
“ރާއިންއަށް ވަރަށް ރަނގަޅަށް އެނގޭނެ އެއީ ކާކުކަން ބުނީމަ، ދެން އަދި އަހަރެން ބޭނުން މިކަމުގަ ރާއިންގެ ހިޔާލުވެސް، އެމް ޝުއަރ ޔޫވިލް އޯލްސޯ ލައިކްހަރ، ވަރަށް މަޑުމައިތިރިވާނެ، އަހުލާގު ރަނގަޅު ދީންވެރި ކުއްޖެއް އެއީ” ޒަޔާން ވާހަކަ ދެއްކީ އިސް އޮބާލައިގެން އިނދެއެވެ.
“އަދިވެސް ނުބުނަމެއްނު އެއީ ކާކުކަމެއް” ރާއިން ކެތްތެރިކަން ކުޑަވެފައި އިނދެ ބުނެލިއެވެ. އޭނަ ހިތަށް ޝައްކުވެރިވިއެވެ. އެންމެ ފުރަތަމަވެސް ހިތަށް އައިނަމަކީ ޒާޔާގެ ނަމެވެ. އެހެން ނުވުމަށް އެވަގުތު ދުއާ ކުރަންވީކަމެއް ނޫނީ އެނަމަށް ވުމަށް އެދި ދުއާ ކުރަންވީކަމެއް ނޭނގުނެވެ. ޒާޔާއަށް ޒަޔާންއަށްވުރެ ވަކި ރަނގަޅު ބައިވެރިއެއް އޭނައަކަށް ނުހޯދަދެވޭނެއެވެ. ނަމަވެސް ތިމާ ލޯކުރިމަތީގައި ޒާޔާ އެހެން މީހަކާއި އެކު މުޅިއުމުރު ހޭދަކުރާތަން ބަލަން ކެތްވާނެބާއެވެ. އެތައް ހިޔާލަކުން އެވަގުތު ރާއިނގެ ހިތް ފުރުނެވެ.
“އެއީ ޒާޔާ” ޒަޔާން ރާއިންގެ މޫނަށްބަލާލުމަށްފަހު ބުނެލިއެވެ. ރާއިންއަށް ނޭވާހިފަހައްޓައިލައިގެން އިރުކޮޅަކު އިނދެވުނެވެ.
“ސޭސަމްތިނގް އެބައުޓް ހާރ…” ޒަޔާން ރާއިން ކުރެން އެދުނެވެ. ބަދަލުގައި ރާއިންއަށް ބުނެވުނީ ހަމައެކައި އެއީ ރަނގަޅުކުއްޖެއްކަމެވެ. ޒަޔާންއަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދެން އޭނަ ރާއިންކުރެން އެހީ ޕްރޮޕޯޒް ކުރާނެ ރަނގަޅުގޮތެކެވެ. ރާއިން ވަކި ހިޔާލެއްނުދީ ޒަޔާންގެ ހިޔާލު ފާލުކުރުމަށް އެދުނެވެ. އެވަގުތު ކެބިންގެ ދޮރުގައި ޓަކިޖަހާލަމުން ވަތް ސެކެޓްރީ ކުއްޖާވަނުމުން އެމީހުންގެ ވާހަކަ މެދުކަނޑާލިއެވެ. އޭނަ އައީ އެއްޗެއްގައި ސޮއިކުރަން ކަމުގައި ވީނަމަވެސް ރާއިން އެއީ އެވަގުތު ކޮންމެހެން ނިންމަންޖެހޭ ލިޔުމެއްކަމުގައި ބުނެލިއެވެ. އެއާއިއެކު އެކުއްޖާ ކެބިންއިން ނުކުތެވެ. ޒަޔާންއަށް ބުނެލީ އޮފީސް ނިންމާފައި އެކަމާ އިތުރަށް ވާހަކަ ދައްކާނީކަމުގައެވެ. ޒަޔާންވެސް އެންމެ ރަނގަޅުކަމުގައި ބުނުމަށްފަހު ނުކުންނަން ހިނގައިގަތެވެ.
ޒަޔާން ނުކުތުމާއިއެކު ރާއިން ގޮނޑީގެތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. އިސްތަށިގަނޑަށް އަތްމަހާލުމަށްފަހު މޭޒުގައި އުޅަބޮށި އަޅުވާލިއެވެ. ކަރުގައި އޮތް ޓައީވެސް ދޫކޮށްލެވުނީ އުނދަގޫވެގެންނެވެ. ދެއަތުގެ ތެރޭގައި މޫނު ފޮރުވާލުމަށްފަހު އެތައްއިރަކު ވަންދެން އިނެވެ. އެއީ ޒާޔާއަށް އެންމެ ރަނގަޅުގޮތްކަމުގައި ހިތުން ނިންމަމުން ޒަޔާން އަށް އެއްބާރުލުންދޭން އޭނަ ނިންމިއެވެ. އޭނަގަޔަކު ހަގީގަތް ފާޅުކުރާނެހާ ހިތްވަރެއް ނެތެވެ.
ކޮލެޖުނިންމާލުމަށްފަހު ޒާޔާއަށް ގެއަށް އާދެވުނީ މެންދުރުފަސްވިއިރުއެވެ. އޭރު ނޫރާ އޭނަ އަންނަލެއް ލަސްވެގެން އުޅެއެވެ. ނަމަވެސް އެވާހަކަ ދައްކާކަށް އޭނައަކަށް ނުކެރޭނެއޭ ހިތާހިތުން ކިޔަމުން ދިޔައެވެ. ޒާޔާގެއަށްއަސް ފެންވަރާލައިގެން ކާން ނުކުތެވެ. އޭރު ނޫރާވެސް ސިޓިންރޫމުގައި އުޅެއެވެ. އޭޏަ ބަދިގެއަށް ވަންނަމުން ނޫރާއަށް ގޮވާލީ އެކަނި އިނދެގެން ނުކާން ވެގެނެވެ. ޒާޔާ ތައްޓަށް ކާއެއްޗެހި އަޅައިގެން މޭޒުކައިރީ އިށިއިނދެލިއެވެ. ނޫރާވެސް ޒާޔާއާއި ކުރިމަތިވާގޮތަށް ގޮނޑިއެއްގައި އިށިއިނެވެ.
“މިއަދު ނުދަންނަ ނަންބަރަކުން މެސެޖުކުރާދުވަހެއް، ރޭގަ ގުޑްނައިޓް މެސެޖު ކޮއްފައޮތް، މިއަދު ހެނދުނުވެސް މޯނިން މެސެޖު ކުރި، އަނެއްކާ ދެންމެވެސް ކޮށްފި މެސެޖެއް” ކާން އިދެފައި ޒާޔާ ބުނެލިވާހަކައަކުން ނޫރާގެ ޝައްކު އިތުރުވިއެވެ. ޒާޔާގެ ފޯނު އަތުލައިގެން އެމެސެޖުތައް ކިޔާލިއެވެ. އަދި އަމިއްލަ ފޯނު ނަގައި އެނަންބަރަށް ޑައިލް ކޮށްލިއެވެ. އޭނައަށް ހީވީ ހަމަރަނގަޅަށެވެ. އެއީ ޒަޔާން މާލެ އައިސްފައި ނެގި ސިމް އެވެ. ރިންގްވާންވާއިރަށް އަވަހަށް ފޯނު ކަނޑާލިއެވެ. ޒާޔާގާތުގައި އެބަ އަންނަމޭ ކިޔާފަ އަވަސްއަވަހަށް އޭނަ ބަދިގެއިން ނުކުތެވެ. އަދި ސިޑިއާއި ދިމާއަށް ދުއްވައިގަތީ ޒަޔާންގެ ކޮޓަރިއަށް ދިއުމަށެވެ.
“ޔޫ ސްޓުޕިޑް..” ޒަޔާންގެ ކޮޓަރިއަށް ވަދެފައި އެނދުމަތީގައި އޮތް ޒަޔާންއާ ދިމާއަށް ނޫރާ ބުނެލިއެވެ. “ހައު ކުޑްޔޫ ނޮޓް ޓެލް މީ އެނީތިންގް” ހަށަމްބަނދެލަމުން ނޫރާ ބުނެލިއެވެ.
“ކިހިނެތްވީތަ؟” ޒަޔާން އޮތްގޮތަށް އޮވެ ބުނެލިއެވެ.
“އެމް ޓޯކިން އެބައުޓް ޒާޔާ، މިހާރު ގެޓްވެއްޖެތަ” ހުރުގޮތަށް ހުރެ ނޫރާ ބުނެލިއެވެ. އެއާއި އެކު ޒަޔާން ކައްޓެއްޖެހިގެން ތެދުވިހެން އަވަހަށް އެނދުން ތެދުވިއެވެ. އަދި އަނގަ ކައިރީގައި ޝަހާދަތް އިނދިލި ލަމުން އަޑުމަޑުކުރުމަށް ބުންޏެވެ. ދޮރު ހުރީ ހުޅުވާފައިކަމުން އަވަހަށްގޮސް ދޮރު ލައްޕާލިއެވެ.
“އައި ޓޯލްޑް ޓްކީޕް އިޓްއަ ސީކްރެޓް” ނޫރާ ވާހަކދެއްކިލެއް ބާރުކަމުން ހިތްހަމަނުޖެހިފައިހުރެ ޒަޔާން ބުނެލިއެވެ.
“އަޅެ އަހަރެން ކިހާ ޑަމްތަ، ޔޫ ލައިކް ހާރ، ޑޯންޓް ޔޫ، އޯމައިގޯޑް ދިސް އިޒް ސުޓުޕިޑް، ދޮނބެ އެން ޒާޔާ ވާއު” ހުރިހާކަމެއް ފަހުމްވި މީހަކުފަދައިން ނޫރާ ވާހަކަދެއްކިއެވެ.
“ބުނީމެއްނު އެއީ ފްރެންޑަކަށޭ….”
“އޯ ޕްލީޒް ދޮންބޭ، އެމް ނޮޓް ސޯޑަމް، ދެން ދޮންބެ ކީއްވެގެނޯ ޒާއަށް ތިމެސެޖުކުރަނީ، އެވެސް އެހާ ލޯބިލޯބި ކޮށް…..” ޒަޔާން ބުނަން އުޅުނުވާހަކަ މެދުކަނޑާލުމަށްފަހު ނޫރާ ބުނެލިއެވެ. ޒަޔާން އެނދުގައި އިށިއިނދެލިއެވެ. ނޫރާވެސް މަޑުމަޑުން އައިސް ޒަޔާންގާތުގައި އިށިއިނދެލިއެވެ.
“ދޮންބެ ރީތިކޮށް ބުނެލިނަމަ، އައި ވުޑް ހެލްޕްދޯ އޭރުންވެސް، ޑޫޔޫ ރިއަލީ ލައިކް ހާރ” މިފަހަރު ނޫރާ ވާހަކަދެއްކީ މައިތިރިވެގެން އިނދެއެވެ. ޒަޔާން ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.
“ވޯވ އޭރުން ޒާޔާ ވާނީ އަހަރެންގެ ސިސްޓަރ އިނލޯއަށް ދޯ، އޭރުން ކިޔަންޖެހޭނީވެސް ދޮންބެދައްތަ، ވާއު، ތިދެމީހުންގެ ނަންވެސް ކިހާގުޅޭ، ޒަޔާން ވެޑްސް ޒާޔާ” އެނދުގައި އުއްޑުން އޮށުއޮވެލަމުން ދެއަތް ފުޅާކޮށްލައިގެން އޮވެ ނޫރާ ކިޔާލިއެވެ. ނޫރާގެ އެއަމަލުން ޒަޔާން އަށްވެސް ހެވުނެވެ.
“ބަޓް ޑޯންޓް ޓެލް އެނީތިންގ ޓް އެނީވަން، ޝްޕެޝިއަލީ މަމް އެން ޒާ އޯކޭ” ޒަޔާން އެހެން ބުނުމުން “ޔެސް ބޮސް” އޭ ކިޔާފަ ނޫރާ އެކޮޓަރިން ނުކުތެވެ. އޭރު ޒާޔާ ސިޑިން މައްޗަށް އަރަނީއެވެ. ޒާޔާފެނުމާއި އެކު ނޫރާގޮސް ޒާޔާގެ ގައިގައި ބައްދާލިއެވެ. އަދި ޒާޔާގެ ނަން ދަމާލާފައި ކިޔާލިއެވެ. ޒާޔާ ކިހިނެތްވީހޭ ސުވާލުކޮށްލިއެވެ.
“ހަމައުފާވީމަ ހަގްކޮށްލާހިތްވީ” ނޫރާ ބުނެލިއެވެ. ޒާޔާ ދެފަރާތަށް ބޯހޫރާލަމުން ކޮޓަރިއާއި ދިމާއަށްދާން ހިނގައިގަތެވެ. ނޫރާވެސް ޒާޔާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.
“ނުނިމޭ”

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

(ސާޔާ (5 ވަނަ ބައި

Next

ބޮސްދީފާ ނުދޭ ކަލާ

Next
April 18, 2015

ބޮސްދީފާ ނުދޭ ކަލާ

Previews
April 16, 2015

(ސާޔާ (5 ވަނަ ބައި

24 Comments!

  1. Zaage zayan says:
    April 18, 2015 at 12:35 am

    Alhe varah salhi. I want zaaya aa zayaan gulhen. He acts very matured. Mihaaru aslahves zaaya ah maa gulhey zayan. Eyna ah dhera gotheh nuhadhahche. Eh faharu heart break vefa huryma he needs to get a happy time now. Cant wait for the next part. Do update it soon. 🙂

  2. xee says:
    April 18, 2015 at 12:42 am

    Wow this story is habeys….. alhey den xaa nd zayaan tha?????? Varah reethi waiting for next part…aaaaaaa

  3. faathun says:
    April 18, 2015 at 1:11 am

    V salhi
    Waitin for the next part..avahah up kohhdhehchey

  4. mimmi says:
    April 18, 2015 at 1:15 am

    Nyc

  5. mary says:
    April 18, 2015 at 6:41 am

    Zaayaa aai Raain ge kanthah sirrun myhaku aduahaafa vany. Ebai .
    hadhaan naththaa nulaathi
    V. Reethi. Genesdheyleh lahee.

  6. nishy says:
    April 18, 2015 at 9:10 am

    V reethi Mi part ves ….thankolheh avaha upkohdheeba plxxxxxxx

  7. xam says:
    April 18, 2015 at 10:12 am

    v salhi..zayaa n zayaan v gulhey miharu…waitin for da next part

  8. ?luv luvy says:
    April 18, 2015 at 10:25 am

    Wow wow habeys man dhw.. Alhw v v salhi ey mi story… Kiya baath hey. Kba thr same gandu miharu v bxy thr buny adhi morning nuvany thr.. V habeys Brilliant. Next part up khba plx plx,h

  9. fixy says:
    April 18, 2015 at 11:19 am

    Mi vaahakaige nama ehgothah mi vahaka ah v inthizaaru ves kuran ves hehey dho. Hope v avahah next part up kuraane kamah. Cant wait..

  10. xaaa says:
    April 18, 2015 at 11:26 am

    wowww.. very nice.. aneahbaii avahah up kurahchey… 🙂

  11. sama says:
    April 18, 2015 at 2:24 pm

    This story is one of the best stories i have ever read.. bt update vaaleh inconsistant kamun interest gehley hen heevany.. so author ah request kohlan thankolheh avahah part thah genesdheyn.. otherwise this story would be The Best story

  12. fini says:
    April 18, 2015 at 2:52 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice but haadha lahuney up kurany waiting 4 next part………..

  13. shafu says:
    April 18, 2015 at 2:57 pm

    V nice…
    Waiting for next part…

  14. faathun says:
    April 18, 2015 at 6:41 pm

    alhe zayaan aa zaayaa aa nugulhuwahchey..raain aa zaayaa aa gulhuwaba please please…!

  15. shifa says:
    April 19, 2015 at 2:12 am

    …Varah reethi…luv this story

  16. Amm says:
    April 19, 2015 at 3:37 pm

    Wow interesting Next part avaha genes dhehchey

  17. inaya says:
    April 20, 2015 at 9:30 am

    wooow..vrah salhi mivaahaka. zayaan aai zaayaa gulhuvabala varah salhivaane.

  18. Nash says:
    April 20, 2015 at 10:38 am

    wooow this story is amazing waiting for the next part 🙂

  19. een says:
    April 20, 2015 at 10:45 am

    ALHE ZAA N RAAIN GULHUVABRRR PLXXX

  20. roxy says:
    April 20, 2015 at 9:56 pm

    Kkoobaatha nexy

  21. ?luv luvy says:
    April 21, 2015 at 9:02 am

    Kba thr next part avaha up khdhyba. Dhn buney knme vx kameh viyyeningey.. Hahahahahaha

  22. Ymith says:
    April 21, 2015 at 4:48 pm

    Olathe plz plz plz week eh ga 2part nam aves kiyaalan libertarian kola Sheba.haadha dheravey thankolheh kiyaalaafa Michener Hunan jeheythee.week eh ga 2part kiyaalan Libyans v v hiyyhama jeheyne plz plz plz roefa aadheys mikuraneeplz plz

  23. Arits says:
    April 25, 2015 at 1:28 pm

    Brilliant….neh ithurah bunaane ekahche ves…ekam mivaahakaage kuree bai thah nukiyan adhi ..adhi kiriyaa mi vaahaka mi feshee..

  24. hamey says:
    May 18, 2015 at 9:52 am

    kiyaalan thankolheh faseyha vaane paragraf thah ginkoh kuru kuriyyaa. mihaaru bodah sifanavee mazmoonakaa

Comments are closed.


All Right Reserved!