Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 24

darkangel Level 210 Stories
April 23, 2015 6 Mins Read
33 Comments

“ދަރިފުޅު ކޮންމެވެސް އެއްޗެއް ބުނެބަލަ” ޒާޔާ އެއްވެސް އެއްޗެއް ނުބުނެ އިންނަންފެށުމުން ޔާސިރު ބުނެލިއެވެ. ޒާޔާއަށް ބަލާލެވުނީ ހިނިތުންވެލައިގެން އިން ރާއިންއާއި ދިމާއަށެވެ. ކަރުނުން ފުރިގެންވާ ލޮލަކުންނެވެ. ރާއިންގެ ތުންފަތުގައިވި ހިނިތުންވުމަކީ އޭނައަށް ކުރާ މަލާމާތެއް ހެއްޔެވެ. “ރާއިން ހަމަ ތިހާ ރަހުމްކުޑަ މީހަކަށްވީތަ، ދުވަހަކުވެސް މިހިތަށް ހަމަޖެހުމެއް ނެތީތަ، ކޮންކުށެއްގެ ބަދަލުތަ ރާއިން އަހަރެންގެ ފަރާތުން ތިހިފަނީ” ޒާޔާ ހިތާހިތާ ޝަކުވާ ކޮށްލިއެވެ.

“ޒާ ވިސްނަން ވަގުތު ބޭނުންވަންޏާ އިޓްސް އޯކޭ، ޒާ ބޭނުން ޖަވާބެއް ދޭންވީ، އިފް ޔޫ އެކްސެޕްޓް މީ ވެއަރ އިޓް ވެން ޔޫޑޫ” ޒަޔާން ޒާޔާގެ އަތަށް އަނގޮޓިލައިދެމުން ބުނެލިއެވެ. އަދި އެއަށްފަހު ރާއިންއަށް ބަލާލަމުން އެތަނުން ނުކުންނަން ހިނގައިގަތެވެ. ޒަޔާންގެ ފަހަތުން ނޫރާވެސް ނުކުތެވެ. އޭރު ޒަޔާން ސިޓިންގ ރޫމުގެ ސޯފާގައި މަޑޫކޮށްލައިގެން އިނެވެ. ނޫރާ ދިޔަގޮތަށް ޝަކުވާ ކުރަންފެށީ އެއްވެސް އެއްޗެއް އޭނަގާތުގައި ނުބުނެ ހުރިހާ ކަމެއް ކުރީމައެވެ. އަދި ވާހަކައެއް ދައްކަންވެފައި އޮތްކަމަށް ބުނެލަމުން މަޑުޖެހިލީ އެތަނަށް ޝާންއާއި ޝަނާ އަންނަތަން ފެނުމުންނެވެ. ޝާންވެސް އައިގޮތަށް އޭނައާއި ދިމާކުރަން ފެށިއެވެ. ރާއިން ނުކުމެގެން ދިޔައީ ބޭރަށެވެ. މުހިންމު ކަމަކުއޭ ކިޔާފައެވެ.

އެންމެން ނުކުތުމުން ކާމޭޒުކައިރީގައި ތިބީ ޔާސިރުގެ ދެމަފިރިންނާއި ޔަސާރުގެ ދެމަފިރިންނެވެ. ޒާޔާއިނީ އެތަނުން ތެދުވަންވެސް ނުކެރިފައެވެ. ޔާސިރުއައިސް ޒާޔާއާއި ޖެހިގެން އިންގޮނޑީގައި އިށިއިނެވެ. އަދި ޒާޔާގެ ކޮނޑުގައި އަތްބާއްވާލިއެވެ. އޭނަ ކައިރީގައި ސަލްމާވެސް ހުއްޓެވެ.

“ދަރިފުޅު ބޭނުންވާ ޖަވާބެއް ދޭނީ، ޒަޔާން ބޭބެއަށް ރޭގަ ގުޅާފަބުނި ދަރިފުޅާ ކައިވެނި ކުރަން ބޭނުންވާހަކަ، އޭގެންވެސް އެ އެނގެނީ އޭނަ ގޯސްނިޔަތެއްގަ ނޫޅޭކަން، އެންމެ ފުރަތަމަވެސް އެއެހީ ބޭބެގެ ގަބޫލުތޯ، ދަރިފުޅުކައިރީ ކައިވެނި ކުރަން އެއެހީވެސް އެންމެންގެ ހާޒިރުގަ، ޒަޔާން އަކީ ގޯސް ކުއްޖެއް ނޫންކަން ދަރިފުޅަށްވެސް އެނގޭނެ، އެހެންކުއްޖަކާ ގުޅެން ބޭނުންވަންޏާވެސް އެވާހަކަ ބުނަންވީ، ރުޅިއަންނާނެ އެއްވެސް މީހަކު ނުހުންނާނެ، މިއީ ދަރިފުޅުގެ ދިރިއުޅުން، ދަރިފުޅު ބޭނުން ޑިޝިޝަންއެއް ނަގާނީ، ޒާޔާ އެހެން ކުއްޖަކާ ގުޅިގެން ނޫޅޭ ކަމަށް ވަންޏާ ބޭބެ ބޭނުން ޒާޔާ ޒަޔާންއާ ގުޅެން،  ބޭބެ ވަރަށް ރުހޭ ގުޅުމެއް މިއީ، ބޭބެ ވަރަށް ރަނގަޅަން ޒަޔާންއަކީ ކޮންކަހަލަ މީހެއްކަން އެނގޭތީ، އެއީ މިއާއިލާއާ ދުރުބައެއްވެސް ނޫން، ދަރިފުޅު ބޭނުންވާގޮތެއް ބުނެބަލަ” ޔާސިރު ޒާޔާގާތުގައި ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

“އަޅުގަނޑު…… އަޅުގަނޑު ވިސްނަން ވަގުތު ބޭނުން” ޒާޔާއަށް އެހެންބުނެވުނީވެސް ގަދަކަމުންކަހަލައެވެ. އޭރު އޭނަގެ ލޯފޫދިފައި ކަރުނަފައިބައިފިއެވެ. ޔާސިރު އެންމެ ރަނގަޅުކަމަށް ބުނެލިއެވެ. އަދި ޒާޔާގެ ބޮލުގައި ފިރުމާލަމުން ކޮޓަރިއަށް ދިއުމަށް ބުނެލިއެވެ. ޔާސިރުއެހެން ބުނުމުން ޒާޔާ މަޑުމަޑުން ތެދުވެގެން ކާކޮޓަރިން ނުކުމެއްޖެއެވެ.

“ބޭބެއަށް ކުރިން ހުރިހާކަމެއް އެނގޭއިރު ކީއްވެ އެއްވެސް އެއްޗެއް ނުބުނެ ހުރީ، ޒަޔާން ހަމަ އަސްލުވެސް ގުޅާފަ އެހިތަ އެހެން” ޔަޝްރާ ޝަކުވާ ކުރާ ރާގެއްގައި އަހާލިއެވެ.

“ނޫނޭ، ރާއިން ގުޅާފަ އެހީ ޒަޔާންއަށް ޒާޔާ ކަމުދާ ވާހަކަ، އޭނަ މިހުރިހާ ކަމެއް ޕްލޭން ކުރީ، ބޭބެއަށް އެނގޭ ޔަޝްރާ ގަބޫލުވާނެކަން” ކުޑަ ހުނުމަކާއިއެކު ޔާސިރު ބުނެލިއެވެ.

“އެހެންވެގެންދޯ ކުއްލިއަކަށް ފުރަން ހަމަޖެއްސީ، މިއަދު އެއްކޮންވެސް ބޭބެއާއި އަޖްމަލް ބޭރުގައި އުޅުނީ ސުވާލު ކޮށްފާނެތީވެދޯ” ޔަޝްރާ ސުވާލުކޮށްލިއެވެ. ޔާސިރު ޖަވާބުދިނުމުގެ ގޮތުން ބޯޖަހާލިއެވެ. “ބޭބެ ތިބުނީ ތެދެއް، އަހަރެން ވަރަށް ގަބޫލު ޒާޔާއާއި ޒަޔާން ގުޅެން، ދެކުދިން ކިހާގުޅޭވެސް ގުޅޭ” ޔަޝްރާވެސް އުފާވެފައިހުރެ ބުނެލިއެވެ.

ކާގެއިން ނުކުތް ޒާޔާފެނިފައި ޒަޔާންއަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ޒާޔާ އިސްއުފުލާ ބަލާލުމެއްވެސް ނެތި ސިޑިއާއި ދިމާއަށް ހިނގައިގަތުމުން ހިތަށް ބުނަންނޭނގޭ ތަދެއް އިހުސާސް ކުރެވުނެވެ. ޒާޔާ ނޫނެކޭ ބުނެފިއްޔާ އޭނަ ދެން ކަންތައް ކުރާނީ ކިހިނެތްހެއްޔެވެ. ޒާޔާގެ ރަހުމަތްތެރިކަންވެސް އޭރުން އެ ގެއްލުނީއެވެ. ސޯފާގައި އިށިއިނދެވުނީ މާޔޫސްވެފައިހުރެއެވެ.

ކޮޓަރިއަށްވަތް ޒާޔާ ދޮރު ތަޅުލުމަށްފަހު އެނދުގައި ބަންޑުން އޮށުއޮވެލިއެވެ. އޭނަގެ ލޮލަށް އަދިވެސް ސިފަވެގެންދަނީ ޒަޔާން އިންނަން އެހިވަގުތު ރާއިންގެ ތުންފަތްމަތީގައިވި ހިނިތުންވުމެވެ. ޒާޔާ އޭނަދެކެ ލޯބިވާކަން އެނގި ހުރެ އެހެންމީހެއްގެ ހަޔާތަށް އޭނަ ގެންދަން އެއުޅެނީ ކީއްވެގެން ހެއްޔެވެ. އެހިތުގައި ނުއުފެދޭ ފޫހިކަމެއް ފުރަތަމަފަހަރަށް ރާއިން އާއިމެދު އުފެދިގެންދިޔަ ވަގުތަކީ އެއީއެވެ. އޭނަ އެހާވަރަށް އަދިވެސް ލޯބިވަނީ އެހާ ރަހުމް ކުޑަމީހަކު ދެކެ ހެއްޔެވެ؟ އެހުރިހާކަމެއް އަމިއްލައަށް ރާވައިގެން އޭނގެ ކުރިމަތީގައި ބާންދައިގެން އެހެންމީހަކު ލައްވާ އިންނަން އަހުވާއިރު އެހިތަށް ކުރާނެ އަސަރު އޭނަގެ ދެލޮލުންވެސް ރާއިންއަށް ނުފެނުނީ ހެއްޔެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައިރުވެސް އަނގައިން އެއްވެސް އަޑެއްބޭރު ނުކޮށް އޭނަ ވިސްނަންއޮތެވެ.

ޝަކުވާތަކުން ހިތް ފުރަމުންއައި އިރު ރާއިންގެ ހިތުގެ ހާލު މާބޮޑެވެ. ރާޅުގަނޑު ސަރަހައްދުގައި ކާރުމަޑުކޮށްލައިގެން ހުންގާނުގައި ދެއަތުން ހިފާ ބާރިކޮށްލައިގެން އިނީ އަމިއްލަ ހިތަށް ވިސްނަދޭށެވެ. އެހިތުގެ ޖަޒުބާތުތައް ކޮންޓުރޯލްކުރުމުގައެވެ. ލޮލުން ކަރުނަ އައިއިރުވެސް ފޮހެލަންވެސް ނޭގިފައި އޭނަ އިނެވެ. ހިތުގެ މައްޗަށް ބާރުފޯރުވައިގެން ކިހާދުވަހަކު އޭނައަށް ކެތްކުރެވޭނެބާއެވެ. ޒާޔާގެ ހިތަށް އަރަމުންދާ ހުރިހާ އެއްޗެއް އޭނައަށް އެނގެއެވެ. ކަރުނުން ފުރިގެންވާ ދެލޮލުން އޭނައާއި ދިމާ ބަލާލިއިރު އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވީ ކިހާ އުނދަގުލަކުންކަން ޒާޔާއަށް އެނގޭނެނަމައެވެ. އެވަގުތު ޒާޔާގެ ޝަކުވާތަށް އެލޮލުން ފެނިފައި އެހިތަށް ކިހާ އަސަރެއް ކުރިކަން އެނގޭނެނަމައެވެ. ނަމަވެސް އަމިއްލަ މަޖުބުރީ މާބޮޑެވެ. ޒާޔާ އޭނަމަތިން މިހާރު ފޫހިވާނެކަން ގައިމެވެ.

“މަންމައަށް ވަރަށް ކަމުގޮސްފި މިރޭތިދިން ސަޕްރައިޒް، މަންމަ ވަރަށް އުފާވެއްޖެ” ބެލްކަނީގައި ހުރި ޒަޔާން ކައިރިއަށް އައިސްފައި ޔަޝްރާ ބުނެލިއެވެ. ޖަވާބަކަށް ޒަޔާން ހަމައެކަނި ހިނިތުންވެލިއެވެ.

“ޒާ އާއެކޭ ބުނީމަނުން އުފާވާނީ” މާޔޫސީ ގޮތަކަށް ޒަޔާން ހުރެފައި ބުނެލިއެވެ.

“މަންމައަށް ޔަގީން ޒާޔާ އާއެކޭ ބުނާނެކަން، ލެޓް ހާރ ޓޭކް ޓައިމް ޓްތިންކް” ޒަޔާންގެ ކޮނޑުގައި ފިރުމާލަމުން ޔަޝްރާ ބުނެލިއެވެ. ދެމައިން އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި އެތެރެއަށް ވަނެވެ.

ނިދަން އޮށުއޮވެގެން އޮތް ސަލްމާގެ ލޮލުން ނިދިވަނީ އެއްކޮށް ފިލައި ގޮސްފައެވެ. ޔާސިރު އެހުރީ ޒަޔާންއާއި ޒާޔާ ގުޅުވާށެވެ. އޭނަ ބޭނުންވަނީ ޒާޔާ އެއާއިލާއާއި ދުރަށް ފޮނުވާށެވެ. ނަމަވެސް މިވާގޮތުން ޒާޔާ މުޅިއުމުރަށް އެއާއިލާއާ ގުޅޭނެއެވެ. ހިތުގައި ނޭނގޭ ހަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. ޔާސިރު އައި އިރުވެސް އޭނަ އެއޮތްގަތަށް ނިތުގައި އަތްބާއްވައިލައިގެން ވިސްނަން އޮތެވެ. ސަލްމާ ވިސްނަމުންދާ ކަމަކާ ބެހޭގޮތުން ޔާސިރު ސުވާލުކޮށްލިއެވެ.

“އަހަރެން ބޭނުމެއް ނޫން ޒާޔާއަށް އެއްވެސް ހަގީގަތެއް އެނގޭކަށް، އަދި އެހެންމީހަކަށްވެސް ޒާޔާގެ ހަގީގަތް އެނގޭކަށްވެސް، ޒަޔާން އާ އޭނައާ ގުޅުނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް، އެކަމަކު ޔާސިރުގެ އެހެން މީހުންނަށްވުރެ ޒާޔާ އިސްކޮށްގެން ނުވާނެ، ދަރިއެއްފަދައިން ބަލާބޮޑުކުރިނަމަވެސް އަހަރެންގެ ދަރިއަކާ އެއް ދަރަޖައަށް އޭނައަކަށް އެމަގާމެއް ނުލިބޭނެ” އެއްޗެކޭ ނުބުނެ އިރުކޮޅަކު އޮތުމަށްފަހު އަނެއްފަރާތަށް އެނބުރި އޮވެގެން ސަލްމާ ބުންޏެވެ. ޔާސިރު ހުރީ ހައިރާންވެފައެވެ. ސަލްމާ ޒާޔާއާއި ދޭތެރޭ ދުރުގޮތެއް ބެހެއްޓިކަމުގައި ވިނަމަވެސް މިއިންދުވަހަކު އޭނަ އެފަދަގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ސަލްމާގެ ހިތުގައި ހުރި ޝަކުވާތައްވެސް މިއެނގުނީ ފުރަތަމަ ފަހަރަށެވެ. އެކަމާ އެއްވެސް ގުޅުމެއް ނެތް ކުއްޖެއްދެކެ ސަލްމާގެ ހިތުގައި ފޫހިކަން އުފެދިފައިވާތީ ދެރަވެސް ވިއެވެ. ނަމަވެސް އޭނަ ވަކި ކުރާނީ ކީއްހެއްޔެވެ. އެއްޗެކޭ ނުބުނެއޮތީ މަސްލަހަތަށް ވިސްނާފައެވެ.

ނުނިދިފައިއޮތް ޒާޔާ ސިއްސައިގެން ދިޔައީ ބާލީސްކައިރީ އޮތް ފޯނު ވައިބްރޭޓުވުމުންނެވެ. ކުރިންވެސް މެސެޖު ކޮށްފައިވާ ނަންބަރުން މެސެޖެއް އައިސްފައިއޮތެވެ. ނަމަވެސް މެސެޖު ހުޅުވާލުމުން ލިބުނީ ހައިރާން ކަމެކެވެ. އެއްވެސް އެއްޗެއް ނުލިޔެ ބްލޭންކް މެސެޖެއް އޮތުމުން ވިސްނާލަން މަޖުބޫރުވިއެވެ. ފޯނު ބާލިސްކައިރީ ބާއްވަމުން ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނައަށް ނިދޭނީ ކިހިނެތް ހެއްޔެވެ. އެލޮލުގެ ނިދިވަނީ ރާއިން ނަގާލާފައެވެ. އެހިތުގެ ހަމަޖެހުންވަނީ ގެއްލުވާލާފައެވެ. އޭނަގެ އުފާވެރިކަން ވަނީ ވިއްސިވިހާލި ކޮށްލާފައެވެ. ރާއިންގެ ނަޒަރުގައި އޭނަ ވީހަމައެކަނި ދުވަސްކޮޅަކު ފޫހިފިލުވާލަން ގެންގުޅޭވަރުގެ މީހަކަށް ހެއްޔެވެ؟

ޖެހިގެން އައި ދެތިންދުވަހު ޒާޔާ ހޭދަކުރީ އެހެންމީހުންނަށް ފިލައިގެން ކަހަލަ ގޮތަކަށެވެ. ހެނދުނުހެނދުނާ އަވަހަށްސައިބޮއިގެން ކޮލެޖަށް ދާގޮތަށް އަންނަނީ ހަވީރުވާން ކައިރިވާފަހުންނެވެ. ހަފްތާ ބަންދުދެދުވަސްވެސް އެއްކޮން ކަހަލަ ގޮތަކަށް އޭނަ ހޭދަކުރީ ކޮޓަރީގައެވެ. ރޭގަނޑު އެހާއަވަހަށް ނިދަން އޮށުއޮވެއެވެ. ނޫރާއަށްވެސް ވާހަކަ ދައްކާނެ ފުރުސަތެއް ނުދެއެވެ. ޒަޔާންވެސް ވީވަރަކުން ޒާޔާގެ ކުރިމައްޗަށް ނައިސްވޭތޯ މަސައްކަތްކުރަމުންދެއެވެ. ޒާޔާއަށް ވިސްނަން ވަގުތުދޭން އޭނަ ބޭނުމެވެ. ރާއިންގެ މިޒާޖަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ. ގޭތެރެއިން އޭނަ ފެންނަ ވަގުތު ކުރިއަށްވުރެވެސް މަދުވިއެވެ. ހިތަށް ކުރާ އަސަރު ފޮރުވަން އޭނަ ހިޔާރުކުރީ ކުރީ މަސައްކަތުގެ ޒަރީއާއިންނެވެ.

ހަފްތާއެއްވީއިރުވެސް ޒާޔާ އެއްވެސް މީހެއްގެ ގާތުގައި އޭނަ ބޭނުންވާގޮތެއް ނުބުނެއެވެ. ހަގީގަތުގައި އޭނައަށް ނިންމުމެއް ނުވެސް ނިންމެނީއެވެ. ޒަޔާންވަނީ އެންމެންގެ ގާތުގައިވެސް ޒާޔާގާތުގައި އެވާހަކަ ނުދެއްކުމަށް އެދިފައެވެ. ޒާޔާއަށް އޭނަ ބޭނުންވަރަކަށް ވިސްނަން ވަގުތުދޭން އޭނަ ބޭނުންވާތީއެވެ. ނަމަވެސް ނޫރާއަކަށް އިތުރަށް މަޑެއް ނުކުރެވުނެވެ. އޭނައާއި ޒާޔާއާއި ދެމެދު އޮތް ގުޅުމަށްވެސް ބަދަލު އައިސްފިކަން އޭނައަށް އިހުސާސް ކުރެވެއެވެ. އެހެންވާކަށް އޭނަގެ ހިތް އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުދެއެވެ. އެންމެ ފަހުން އޭނަ ނިންމީ ޒާޔާއާއި ވާހަކަ ދައްކާށެވެ. ޒާޔާ ކޮލެޖުން އައުމުން އެގަޑީގައި ޒާޔާގެ ކޮޓަރިއަށް ދިޔައީ އެވާހަކަ ދައްކަން ވެގެނެވެ.

“ޒާ ބިޒީތަ؟” ޒާޔާގެ ކޮޓަރިއަށް ވަންނަމުން ނޫރާ އަހާލިއެވެ. އޭރު ޒާޔާ އޭނގެ ފޮތްތައް ލިޔާމޭޒުމަތީގައި ތަރުތީބުކޮށްލަން ހުއްޓެވެ. ޒާޔާ ނޫނެކޭ ބުނުމުން ނޫރާ ކޮޓަރިތއރެއަށް ވަދެ ވާހަކައެއް ދައްކަންވެފައި އޮތްވާހަކަ ބުނެލިއެވެ.

“ދޮންބެ އެހެން ކަންތައް ކުރީމަ އަހަންނާވެސް ވާހަކަ ނުދައްކަންތަ ޒާ ތިހުންނަނީ، އެއީ ފެއަރ ގޮތެއް ނޫނެއްނު، ދޮންބެއަށް ނޫނެކޭ ބުންޏަސް އެއްވެސް މީހަކު ރުޅީއެއް ނާންނާނޭ” ނޫރާގެ ވާހަކައިންވެސް އޭނަ ދެރަވެފައި ހުރިކަން އަންގައިދެއެވެ. ޖަވާބުގައި ޒާޔާ އެކަހަލަ އެއްވެސް ކަމެއް ނުވާކަން ބުނެލިއެވެ. އަދި ނޫރާއާއި އޮތް ގުޅުން ދުވަހަކުވެސް ނުކަނޑާނެކަމަށް ބުނެލިއެވެ. ނޭނގިނަމަވެސް ނޫރާ ދުރުކޮށްލެވުނީތީ އެކަމަށް މާފަށް އެދުނެވެ.

“ދެން ޒާ ދޮންބެއަށް ނޫނެކޭތަ ބުނާނީ، އަހަރެން ބޭނުންވާ ގޮތް ޒާޔާއަށް އެނގޭނެ، އަހަރެން ބޭނުންވަނީ ޒާ ދޮނބެއަށް އާއެކޭ ބުނަން، ކޮންމެހެން އަހަރެންގެ ދޮންބެއަށް ވީމައެއް ނޫން، އެކަމަކު ދޮންބެ ޒާ ހެޕީކޮށް ގެންގުޅޭނެކަން ޔަގީންވާތީ، އެކަކު ބިޓްރޭވީމަ އޭގެ މާނައެއްނޫނެއްނު އެންމެން އެގޮތް ވާނެއެކޭ” ނޫރާ އޭނަ ބޭނުންވާގޮތް ހާމަކުރީ ޒާޔާގެ ހިތުގައި އޮތް އެއްޗެއް ބަލަންވެގެނެވެ.

“އަހަރެން ޖަބާބެއް ނުދީ މިހުރީ އަހަރެންނަށް އަދި ގޮތެއް ނުނިންމޭތީ، އަހަރެން ގަބޫލުކުރަން ނޫރާ ތިދެއްކި ހުރިހާ ވާހަކައެއް، އަހަރެން ވިސްނާނަން” ޒާޔާ އެހެން ބުނެލީ ނޫރާ ހިތްހަމަޖައްސާލަން ކަމުގައި ވިނަމަވެސް ޖަވާބެއްނުދީ އޭނައަށްވެސް އެގޮތަށް އަބަދު ނުހުރެވޭނެކަން އޭނައަށްވެސް އެނގެއެވެ. ނަމަވެސް އަދިވެސް ހިތް އެހެންފަރާތަކަށް ދޭން ތައްޔާރުނޫނީއެވެ.

ޒާޔާ އަދިވެސް ޖަވާބެއް ނުވިސްނާކަން ރާއިންއަށް އެނގެއެވެ. އެއީ ކީއްވެގެންކަންވެސް އެނގެއެވެ. އޭނައަށް ވިސްނަދޭން އެތައް ފަހަރަކު ހިތަށް އެރިނަމަވެސް އެހިޔާލު ދޫކޮށްލީ އޭނަ ބުނީމަ އޭނައަށް ޖެއްސުމަށްވެސް ޒާޔާ ނޫނެކޭ ބުނެފާނެހެން ހީވާތީއެވެ. ނަމަވެސް ޒާޔާ އޭނަގެ ދިރިއުޅުމުގައި ކުރިއަށް ދިއުމުގައި މިއީ މުހިންމު ނިންމުމެއްކަން އޭނައަށް ވިސްނެއެވެ. ޒަޔާން ޒާޔާ އުފަލުގައި ގެންގުޅޭނެކަން އޭނައަށް ޔަގީންވެއެވެ. ޒާޔާއަށް ރަނގަޅު ދިރިއުޅުމެއް ހޯދަދޭން އޭނަ ބޭނުމެވެ. އެކަން ޔަގީން ކުރެވޭނެ އެއްގޮތަކީ މިއީއެވެ. ޒަޔާންއަކީ އޭނައާއި ދުރުމީހެއް ނޫނެވެ. އެންމެ ފަހުން ރާއިން ޒާޔާއާއި ވާހަކަ ދައްކަން ބޭނުން ކަމަށްބުނެ މެސެޖުކޮށްލިއެވެ. ނަމަވެސް ދެދުވަހު މެސެޖުކުރިއިރުވެސް ޒާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ރާއިން ހުރީ މިކަމާ ރުޅިގަދަވެފައެވެ. ޒާޔާ އޭނައާއި ވާހަކަ ދައްކަން ނާންނާނެކަން މިހާރު އޭނައަށް ޔަގީންވެއްޖެއެވެ. ދެން ޖެހޭނީ އޭނަ ކުރަން ބޭނުން ނުވާކަންތައް ކުރާށެވެ.

***********************

     ނިދިފައި އޮތް ޒާޔާއަށް ހޭލެވުނީ ފަތިސްނަމާދު ބަންގިއަށް ފޯނު އެލާމް ވުމުންނެވެ. އޭރު އަދިގަޑިން 5 ނުޖަހައެވެ. އެލާމް އޮފްކޮށްލުމަށްފަހު މޯޅިއަކަށް ދެމިލިއެވެ. އެދުންފައިބައިފައި އެޅި ފުރަތަމަ ފިޔަވަޅާއެކު ފެނުނު މަންޒަރަކުން ބިރުން މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ލިޔާމޭޒު ކައިރީ އޭނައަށް ބަލަހައްޓައިގެން ރާއިން އިނެވެ. ޒާޔާއަށް މަޑުމަޑުން ރާއިންގެ ނަން ކިޔާލެވުނެވެ. ނިދަން އޮތްއިރު އޭނަ އޮތީ ދޮރުތަޅުލައިގެނެވެ. އަދިވެސް ރާއިން އަތުގައި އެކޮޓަރީގެ ޑަބަލްކީ އޮތީހެއްޔެވެ؟ ރާއިން އެހާ ހިސާބަށް ގޮސްދާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ.

“ކީއްވެގެން އަހަރެން ކުރި މެސެޖުތަކަށް ޖަވާބު ނުދިނީ” ކޮޅަށް ތެދުވެފައި ރާއިން ސުވާލުކޮށްލިއެވެ. ރާއިންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ހެދުމަކާއި ބުރުގާއެއް ހިފައިގެން އޭނަ ފާހާނައަށް ވަނީ އެގޮތަށް ރާއިންގެ ކުރިމަތީގައި ހުންނަން ބޭނުން ނުވުމުންނެވެ. ކަންތައްވީގޮތް އެނގިފައި ރާއިންވެސް އިތުރު އެއްޗެއް ނުބުނެ މަޑުކުރީ ޒާޔާ ފާހާނައިން ނުކުންނަންދަކަށެވެ. ކޮޓަރިތެއަށް ނަޒަރު ހިންގާލީ ހިތުގައިވި ރުޅިވެރިކަން ފިލުވާލުމަށެވެ. އެކޮޓަރިއަކީ އެތައް ހަނދާނެއް ގުޅިފައިވާ ތަނެކެވެ. މަޑުމަޑުން ހިނގާލާފައިގޮސް އެނދުގައި އިށިއިނދެލިއެވެ. ބާލީހާއި ދިމާއަށް އެއްލިކަޅިއަކުން އޭނައަށް އަޅައިގަތީ ފޮތެއްގެ އެއްކަނެވެ. މަޑުމަޑުން އެފޮތް އޭނަ ނެގިއެވެ. ގަލަމެއް ފޮތުގެ ތެރޭގައި އޮތްކަންވެސް އެނގުނީ ދެނެވެ. ފޮތް ނިމޭކޮޅުގައި ގަލަން ލައިފައި އޮތްތަނަށް އޭނަ ފޮތް ހުޅުވާލިއެވެ.

“ބާކީ ކޮށްލީ  މިތާ ނިކަމެތިވުމުންތޯ އަޅާ

     އެކަހެރިކޮށްލީ އެކީ، ފޫހިވުމުންތޯ މިތާ”

އެގަނޑުގައި ލިޔެފައި އޮތް ބައިތު އޭނަގެ ހިތުން ކިޔާލިއެވެ. އޭނައަށް އެއީ ކޮންކަހަލަ ފޮތެއްކަން އެނގުނުކަހަލައެވެ. ފޮތް ހިފައިގެން އިންތަނުން ތެދުވެވުނީ އެހެންވެގެނެވެ. ފޮތުގެ އެއްކޮޅުން އަނެއްކޮޅަށް އަވަސް އަވަހަށް ގަނޑުތައް އުކާލިއެވެ. އެކަށްވެސް ހުރީ ޅެން ބައިތުތަކެވެ. ފަހުކޮޅުގައި ހުރި ބައިތުތަކުގައި ނޫނީ ކޮންމެ ބައިތެއް ނިންމާފަވެސް “ހުރީމޭ ތި އިންތިޒާރުގައި” ލިޔެލާފައިވެއެވެ. ފޮތުގެ ތެރޭގައި އޮތް އޭނަގެ ފޮޓޯގަނޑަށް ބަލާލިއެވެ. ބޮނޑިބޮނޑި ކޮށްލާފައި އޮތުމުގެ ސަބަބުން އެއަށް ރޫއަރާފައިވިއެވެ. އެއާއި ޖެހިގެން އޮތްގަނޑުގެ ކަނެއްގައި ހަރުކޮށްލާފައިވާ ކެވެލިކޮޅަށް އޭނަ ބަލާލިއެވެ. އެކެވެލި ކޮޅުގައި އަތް ކާއްތާލެވުނީ ޒާޔާގެ މޫނުގައި ފިރުމާލާނެހާ ލޯބިންނެވެ.

“މިންޖުކުރަމުން އަހަރެންގެ ހިތް، މިންޖުކުރަމުން ތިޔަ އިންތިޒާރުން،

     މިންޖުކުރަމުން ތިޔަހަނދާނުން، މިންޖުކުރީ ތިޔަލޯބީގެ ނިޝާން”. އޭގެ ކައިރީގައި އޮތް ބައިތު ކިޔާލާފައި އޭނަގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ހާދަ ވަރަކަށް ޒާޔާ އޭނައަށް އިންތިޒާރުކޮށްފިއެވެ. ހާދަވަރަކަށް އޭނައަށް ޒާޔާ ހިތުގައި ޖެއްސިއްޖެއެވެ.

“ގުނީމޭ ރޭތައްމިތާ، އިންތިޒާރު ތިލޯތްބަށް ކުރަމުން

     ހުރީމޭ ކެތްމަދުވެފާ، ވަނުމަށް ތިއަތުގެރެއަށް އަލުން” ކުރީކޮޅުގައި އޮތްބައިތެއް ކިޔާލިއެވެ. ގިނައިން ހުރީ އޭނައަށް އިންތިޒާރު ކުރާކަން ބުނެފައި ހުރި ޅެންބައިތުތަކެވެ.

15 ވަރަކަށް މިނެޓުފަހުން ފާހާނައިން ނުކުތް ޒާޔާއަށް ހީވީ ބިރެއްފެނުނުހެނެވެ. އޭނަ އައިގޮތަށްއައިސް ރާއިންގެ އަތުން ފޮތް އަތުލިއެވެ. ރާއިންވެސް ދިޔައީ ސިއްސައިގެނެވެ. ރުޅީގަދަވެފައި މީހުންގެ އެއްޗެހީގައި ބެހެނީ ކީއްވެގެންތޯ ޒާޔާއަށް ސުވާލުކޮށްލެވުނެވެ. ރާއިން ދެޖީބަށް އަތްޖަހާލައިގެން ހުރީ ބުނާނެ އެއްޗެއް ނޭގިގެނެވެ. އޭނަ އެތަނަށް ދައްކަން އައި ވާހަކަ ދައްކަންވީބާއޭ ހިތަށް އަރަމުންދިޔައެވެ. ޒާޔާ ލިޔާމޭޒުމަތީގައި ފޮތްބާއްވާލުމަށްފަހުވެސް ހުރީ ރާއިންއަށް ފުރަގަސްދީގެނެވެ. އޭނައަށް ސިހުމެއް ލިބުނީ އޭނަގެ އުނަގަނޑުގައި ދެއަތް ވަށާލަމުން ރާއިން އޭނަގެ ފަހަތުން ބައްދާލުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ފަނާ 5

Next

ޝައިން (ޕާރޓް-4)

Next
April 24, 2015

ޝައިން (ޕާރޓް-4)

Previews
April 23, 2015

ފަނާ 5

33 Comments!

  1. alex says:
    April 23, 2015 at 10:21 pm

    Ma first

  2. darkangle says:
    April 23, 2015 at 10:30 pm

    next part will be update on Wednesday. gud nyt all.

  3. xaaxaa says:
    April 23, 2015 at 10:42 pm

    Varah reethi mi waahahka. BT haadha lahun up kurany.

  4. Anonymous says:
    April 23, 2015 at 10:50 pm

    Thanks dark angel raain aa zaa gulhuwaathi inge

  5. Xee Thu says:
    April 23, 2015 at 11:01 pm

    Varah reethi. pls raain aa zaa gulhuvabala… Zaa aa zayaan nuves gulhey dhw…

  6. Xee Thu says:
    April 23, 2015 at 11:02 pm

    Darkangel konirakun next part

  7. Zo says:
    April 23, 2015 at 11:04 pm

    this part is very nice.. hope you will upload next part soon.. love this story.. thank you

  8. zaayaa says:
    April 23, 2015 at 11:09 pm

    Alhe raain and zaa gulhuneema vaahaka reethi vaanee

  9. Zaaaa says:
    April 23, 2015 at 11:26 pm

    Thank u darlin.v v v happy vejje vaahaka fenuneaves.hama sissaigen dhiaeee.wow wow

  10. neel says:
    April 23, 2015 at 11:34 pm

    Varah reethi vaahaka, ekam eha lahun up kuraathy kamaku nudhey

  11. shifa says:
    April 23, 2015 at 11:35 pm

    Varah varah reethi..

  12. Azu says:
    April 24, 2015 at 12:18 am

    V v v reethi. Thx avaha mi part up kohdhenee. Ekam dhn Zaa Rain aa nugulhuvaathi. Rain v foohi Zaa dhera kohfa dhiya eema. Next part avaha up kohdheythi ingey. Plx

  13. neheee says:
    April 24, 2015 at 12:32 am

    Alhe nooonnnn… wednesday haadha lahey…plz avahah up kohdheeba… plz plz.. plz???

  14. Aishath Lewsher says:
    April 24, 2015 at 5:11 am

    Aslu ves… ekamu raain ves zaa ya dheythere kanthah kury rangalhakah noon dhw…

  15. Aishath Lewsher says:
    April 24, 2015 at 8:08 am

    Next part next wednesday ga

  16. same says:
    April 24, 2015 at 9:32 am

    Alhey hadha awahakah mi faharu upload khly…. hama thi gothah upload khba… btw vvvv nice mi prt… gud luck… hadha salhi v ekey…. thank you soooooo much….

  17. iba says:
    April 24, 2015 at 9:49 am

    V v v v reethi mi part..zaa n raain gulhuvaache..plx plx plx plx..haadha lahakunee part tha up kohdhenee..weekehge 3 dhuvahu up kohlaba plx…erun v salhivaane. Vaahakhaage namah intixaaru liunuhen i ves v v intixaaru kuran vaahaka up kuraane irakah..so all the best..keep it up

  18. luv luvy. says:
    April 24, 2015 at 10:06 am

    Plx Raain aa Zaayaa as gulhuvaba. Zayaan as Zaaya nugulhuva. E dhemuhn gulhuvaba fiyya mi part v v interest vaane. Plx plx plx. Ry hahdha avahakh same com jury. V nice brilliant mind part. BT wednesday lahey

  19. faathun says:
    April 24, 2015 at 4:26 pm

    raain aa zaa gulhuwaba please….

  20. xam says:
    April 25, 2015 at 12:06 pm

    wow…simply beautiful n touchin…mi part kiyaafa mi hithah arany raain n zaayaa hama ehmme gulheny…they r made 4 each other..v rythi story…keep up da gud work…n waitn 4 da next part….luv u darkangle miha rythi vahaka eh genes dheythy….

  21. luv luvy. says:
    April 25, 2015 at 2:29 pm

    Darkangle alhe hadha Deraey wed ga henasdhey they’ve.

  22. vahdda says:
    April 27, 2015 at 8:49 am

    mi haa ehgoi nan thakeh nunee nulibuntha. varaha foohi nanthah engoi kamun.

  23. mari says:
    April 27, 2015 at 1:27 pm

    alhe haadha lahey up kohdheyleh…… thankolheh avahah upkohladheeba… v kiyaa hiyvey mi story

  24. luv luvy. says:
    April 29, 2015 at 9:48 am

    Kba thr miadhaky Wednesday ey hadhan nethuny thr darkangel… Hahahahahahahahhahahhahahahahaaahahaaha

  25. llllll says:
    April 29, 2015 at 12:40 pm

    thihaavarah inthizaaru kuruvaakah nuvaane……miadhaky wenesday eh nun ta….mihaar olhijje….

  26. dark says:
    April 29, 2015 at 12:53 pm

    miadhu mee wednesday! koba vahaka?

  27. Fary says:
    April 29, 2015 at 1:11 pm

    Mi vaahaka liyaa kujjaa ah bunelan dhen mi vaahaka liyun huttaalaashey.emeehakah nubaavarun vaahaka liyan fashaakan dhera we.

  28. Lialeey says:
    April 29, 2015 at 1:15 pm

    Bala kanbulow kobaatha vaahaka dhen mihaaru assu touch gellijje mibaahaka ah .ehaa dhivas kolaafa liyelaairuves thanfuleh kiyaalanves libey varu banee.thankolheh kamaavelaahen kiyntherinves hiyyhama jassaladheeba.pls pls

  29. aroo says:
    April 29, 2015 at 4:54 pm

    ……………………Waiting

  30. me says:
    April 29, 2015 at 6:18 pm

    dark angel darlingg… avas kobba.. waiting aiting

  31. laya says:
    April 29, 2015 at 6:44 pm

    Alhe dark angle kobatha story thivarundhen story liyun huttalanvynu meeky vaavarukameh nooneyhitha

  32. testing carried says:
    April 30, 2015 at 10:01 pm

    cool igea… hama asluvess cool

  33. salllooooo says:
    September 16, 2016 at 7:54 pm

    Mi vaahaka liyunu liyuntheriyaa ah bunelan beynun vany mi story ga varah bodu mistake eh eba iney….yaasiruge first wife balive inthaa thin mas fahunney yaasiruge second wife salmaa balive iny….aslu raain aa zaayaa ge umurugai 5 aharuge thafaathu hurey….hama gaimu ves salmaa ah evaru visneyne dhw…..adhi vaahakaa ga bunefa in yaasiruge first wife ge dharifulhu maruvi vaahaka salmaa gaathu buni vaahaka vess…mulhin hama nujehey….pis..pis..pis.. ._._._._._._._.

Comments are closed.

Next Episodeއިންތިޒާރު 25←


All Right Reserved!