
ފަނާ 6
ދުވަސްތައް މާޒި އާއި އެކުވަމުން ިއައީ އެކުވަމުންދިއައީ މަންމައާއި އަޒާލްބެގެ ފަރާތުން އަހަންނަށް ލިބެމުންދާ އަނިޔާއާއި ގޯނާ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. އަޒާލްބެ ސިއްރުން އަހަންނަށް ކުރާ ގޯނާތައް މަންމަ އަށް ފަހުމެއް ނުވެއެވެ. މަންމަ ހީކުރީ އަޒާލްބެ އަހަންނާ ދުރުވާނެކަމަށެވެ. އަޒާލްބެ މަންމަދެކެ އިންތިހާއަށް ލޯބިވާކަށް ހީކޮސް އެތައް ހުވަފެނެއް ދެކެމުންދެއެވެ. އުމުރުއގައި އެތަށް ތަނެއް ތަފާތު ހުއްޓަސް މަންމަގެ ފަރުވާލެއްނެތެވެ. އަޒާލްބެގެ ކެހިވެރިކަންވެސް މަންމައަށް ފެނިވެސް އެކަންވަނީ ފަރުދާ ކޮށްފައެވެ.އަޒާލްބެގެ ގޯނާއާއި މަންމަގެ އަނިޔާވެރިކަން އަހަރެންގެ ހަޔާތައް ވިހަ ކަމުން ދިޔައެވެ. އެކަންތައްތަކުން ތަކުން އަހަންނަށް އެތައް އުދަނގޫ ތަކެއް ކުރިމަތިވާންްފެށިއެވެ. ހަށިގަނޑުގައި ނުފިލާރިހުމަކާއި ތުރުތުރެއް އުފެދި ކަންކަމާ ބިރުގަތުމާއި އަބަދުވެސް ސިހިފައި ހުރެވެންފެށިއެވެ. ދުވާލުގެ އެތަށް އިރެއް ލޮލުން ފައިބާ ކަރުނަހުސްނުވާއިރު އެންމެ އުދަނގޫވަން ފެށީ ރޭގަނޑު ނިދީގައި އިހްސާސެއް ނުވެ ކުޑަކަމުދެވެން ފެށުމުންނެވެ.ކޮންމެ ރެއަކުހެން އެކަންތައް ވަމުންދާތީ ހަދާނެ ގޮތް ހުސްވެ އަހަރެން ނިދަން ފެށީ ތަޅުންގަނޑުމަތީއެވެ. މިހުރިހާ ކަމަކާއި އެކު ގޭގެމަސައްކަތުގައި އެތަށް އިރަކު އުޅެންޖެހެއެވެ. އަހަރެންގެ ދެ ކޮއްކޮ ބައްޕަބޭނުންވެގެން ކިޔަވަން މާލެބަދަލް ކުރި އިރު މަންމަ އެކަމަށް ދެކޮޅު ހަދާފަވެސް ފަހުން އެއްބަސްވީ ކޮންބޭނުމަކު ކަމެއެް ނޭގެއެވެ. މަންމަގެ އަމިއްލަ ދުނިޔޭގެ ދިރިއުޅުމަށް ހުރަސް އެޅިދާނެތީ އޭ އަހަރެންނަށް ޔަގިންކުރެވުނެވެ. މަންމަ އަހަރެންގެ ލޯމަތީ އެތަށް ހުތުރު އަމަލުތަކެއް ދައްކަމުންދާއިރު ލަދުން އިސްޖަހާލުން ނޫން އިތުރުކަމެއް ކުރެވޭކަށް އަދި ނެތެވެ.
އެއްރެއްގެ ދަންވަރެވެ.އަހަންނަށް ހޭލެވުނީ ކަރުހިއްކާގަނެގެން ކެތްނުވެގެނެވެ. އޭރު އަޒާލްބެ ބޭނުން ފުއްދާފައި ދިއަގޮތަށްަ އަހަރެންގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ތެދުވެ އަވަސްއަވަހަށް ހެދުންލައިގެން ބޭރަށް ނުކުމިއިރު ދަންވަރު އެއްގަނޑި ބައި ވަނީއެވެ. ފުރުޖުހުޅުވާ އައިސް ފެންފުޅިއެއްނަގާ ފެންބޯލުމަށް ފަހު ކޮޓަރި ދާން އުޅެނިކޮށް ގޭ ދޮރު ހުޅުވިފައި ހުރިތަންފެނުމުން ބިރުން ހަޅޭލަވައިނުގަނެވުނީ ކިރިޔާއެވެ. މަޑުފިޔަވަޅުތަކެއް ކުރިއަށް އަޅާލ ީ މަންމަ ހަނދާންނެތި ދޮރުނުލައްޕާ ހުރި ކަމަށް ހީކޮށެވެ.އެއީ މީގެ އއެތަށް ރެއެއްވެސް އަހަރެން ކުރިޔަށް ހޭލައިގެން ނުކުނައިރު ގެ ދޮރު ތަޅުނުލަހުންނަތަން ފެނިފައި ހުރުމުންނެވެ. ދޮރުމައްޗަސް އަރާ ބޭރަށް ބޯދިއްކޮށްލެވުނީ ބަޔަކު ވާހަކަ ދައްކަ އަނޑުއިވިގެން ނެވެ. އަހަރެން ދޮރުންބޭރަށް ނިކުމެ ކަންމައްޗަކަށްވާ ގޮތަށް ހުރި އަހަރެންގެ ގޭގެ އަނެއްފަަރާތު ގޯޅިއަށް ބަލާލީމެވެ. ޖެހިލުންވި ނަމަވެސް ދިއްލާ އަޅާފަ އޮތުމުން ކަމަށް ހުރި ސައުގެއްގެ ބޯޑުކަމުން އެވަގުތު ހުރިހާ ބިރެއް އެއްފަރާތް ކޮށްލީމެވެ. ކުއްލިއަކަށް ބަޔަކު ދުއްވާގަތް އަޑުހެން ހީވަ އަޑުތަކެއް އިވުމުން ކުރިމައްޗަށް ބަލާލި އިރު ފަސްގަނޑުމަތިން ފެންނަ ހުރި އަހަރެންގެ ކުޑަކުޑަ ހިޔަނި ފެނި އަހަރެންވެސް ސިހުނެވެ. އެބަޔަކު ފިލީ އެހެންވެގެންތާއެވެ.ކުރިމަތީ އަޮތްގޯޅިއަށް ނަޒަރުހިންގާލިއިރު އެބަޔަކު ފިލާ ހަމަހިމޭންވެރިކަންފެތުރިއްޖެއެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ފަސްގަނޑުމަތީ ވެއްތިފައި އޮތް ދެޕެކެޓެވެ. އެ ނަގަބަލާލިއިރު ހުދު ކުލައިގެ ކުޑިތަކެއް ކަހަލަ އެއްޗެހުއްޓެވެ. އެކޯއްޗެކަން އެގުމުން ނެގިތަނަށް ޕެކެޓްތައް އުކާލީމެވެ. ޔަގީނުންވެސް މިތާގަ އެތިބީ ރަށުގެ އެންމެ ނުބައި ޕާޓޭންނެވެ. އެއީ މަސްތުވާތަކެތިކަން އެގުމުން ގަތްބިރަކުން ދުވެފަ ގެއަށް ވަދެ ދޮރުވެސް ތަޅުނުލާ ކޮޓަރި ފާހާނަ އަށް ވަދެ އަތްދޮންނަށް ފެށީމެވެ. ގަތްބިރުން މޭގަނޑުތެޅެމުންދެއެވެ. އަހަންނަށް އެގިފައިވާ ގޮތުން އޭގަ އަތްލާމީހަކުވެސް ޖަލަށްލައެވެ. އެކަމާއި ހާސްވެ ދާހިތްލަންފެށުމުން މޫނުދޮވެލާ ލޯގަނޑަށް ނަޒަރު ހުއްޓާލިއިރު ހިތަށް އަރަމުންދިއަޔީ އަހަރެން އޭގަ އަތްލިތަން މީހަކަށް ފެނުންބާއެވެ. ނޫނެކެވެ. އެއްވެސް މީހަކަށް ނުުފެނެއެވެ. ހިތަށް މިހެންވިސްނާދެމުން ނުކުމެ ކޮޓަރި ދޮރުތަޅުލަން އުޅެފައި ބޭރުދޮރު ނުވެސްޖަހާ ވަދެވުންކަން ހަނދާންވުމުން ދޮރުން ބޭރަށް ނުކުނަށް ހިތާ ބޯދިއްކޮށްލިއިރު ކުރިމަތިން ފެނުނުމަންޒަރުން ހައިރަންވިއެވެ. މަންމަ ދޮރުމަތީ ހުރިހިރު އެކައިރި ހުއްޓިގެން ފިރިހެނަކު ފެންނަށް ހުއްޓެވެ. ހީހީފަ މަންމަ ވާހަކަ ދައްކަމުން ދިއައިރު އިތުރު އަންހެނެއްގެ އަޑުވެސް އިވެންފެށިއެވެ. އިރުކޮޅެއް ނުވެ މަންމަ އެތެރެއަށް ވަދުނެވެ. ފަހަތުން ޒާރާއްތަ އާއި އެކު ވަދުން ބަޔަކުފެނި ހީބިހިނަގައިގެން ދިއައެވެ. ރަށުގެ އެންމެ ނުލަފާ ބޮޑުން އެތިބީ އަހަރެންގެ ކުރިމަތީ އަހަރެންގެ ގޭގައެވެ.ތުރުތުރު އަޅާއަތަކުން ދޮރުޖަހާ ތަޅުލީމެވެ. ގޭގައި މިގަޑީގަ ކަންތައްގަނޑެއް ހިގަމުން ދާކަން އެގުމުން ނިދިފިލާ ދިއައިރު ގަަނެއްފައި ވާ ބިރު އިތުރުވިއެވެ. ފާރުގެ އަނެއްފަރާތުން ވާ ކަންތައް ނޭގުނަސް މި ގޭތެރޭގައި ނުބާކަމުން ފުރިފާވާ އެތަށް ފާފަ ތަކެއް ކުރެވެމުންދާކަށް އެނގި ލޮލުން ކަރުނަ ފައިބާންފެށިއެވެ. އެނދުގައި ކުރުގެޅިގެން އޮށޯވެ ލާ އޮތީ ވިސްނުމެއްގެ ތެރޭގެއްލިފައެވެ. ނިދިރުޅިވެފާ އެތައްއިރެއް ވަންދެއް ފުރޮޅި ފުރޮޅި އޮތްވާ ފަތިސްވީކަން އެގުނީ ބަންގިީގެ ރީތި ރީތި ލަފްޒުތައް ކަންފަތުގައި ހަރުލުމުންނެވެ. އަވަސްއަވަހަށް ތެދުވެ ނަމާދުކުރުމަށް އަވަސްވީމެވެ. ތައްޔާރުވެލައިގެން ފާހާނާއިން ނުކުމެ ނަމާދުކޮށް މިފާފަވެރި ޖަލުން މިންޖުވޭތޯ ދެންނެވީމެވެ. އަނިޔާލިބެމުންދާ ހިތެއްގެ ދުއާއިޖާބަ ކުރެއްވުން އެދި ރޮވުނީ މި އަލިފާންގަނޑުތެރޭ ކެތްކުރަން އަހަންނަށް އުދަނގޫވާތީއެވެ. މީހާ ހަމައަކަށް އެޅުމުން ކޮޓަރިން ނުކުނަށް ގަސްތުކޮށް ގޮސް ދޮޅުހުވާލީމެވެ. ހައިރާންވީ އަދިވެސް މަންމަ ކޮޓަރި ދިއްލާފަ ހުރުމުންނާއި ވާހަކަ ދައްކާ އަޑުއިވެން ފެށުމުންނެވެ. ގޭތެރެއަށް ނަޒަރު ހިންގާލިއިރު ހީވީ ކުޑަ ވަރެއްގެ ޕާޓީއެއް ނިންމާލާފަ އޮތްހެނެވެ. މުޅިތަން އޮތީ ކާއެއްޗެހި ހުސްކުރި ޕެކެޓާއި ދަޅުތަކުން ހަޑި ކޮށްލާފައެވެ. ފުރަތަމަ މަސައްކަތަކަށްވީ އެތަން ސާފު ކުރުމެވެ. ވަގުތު ފަހަނައަޅާ ދަމުންގޮސް އަލިވިލުނުއިރު މަންމަގެ ކޮޓަރިން ޒާއްތަ އާއި މަންމަ އާއި އަޒާލްބެ އަދި ގެއާއި ޖެހިގެން ހުރިގޭ ހާނިމްބެ ނުކުތީ ދަތުރަކު ދާންތައްޔާރުވެފަވާ ފަދައިން އަތްފުރާ ކޮތަޅުޔތަކަކާއި ދަބަސް ތަކެއް ހިފައިގެންނެވެ. އަހަރެން ފެނުމުން މަންމަ ދަތުރު ދާވާހަކަ އިއްވާލިއެވެ. އަޒާލްބެ އަހަންނަށް ބަލާލާފަ ހީލުމުން އައިރުޅިން އަހަރެންވެސް ޖެއްސުމަށް ހީލީ އެއެންމެން ދަތުރުދާތީ ލިބުނު އުފަލަކުންނެވެ.
މަސައްކަތް ނިންމާލާފަ ސައިބޯގެން ފެންވަރާ ހަދައިގެން ބޭރަށް ނުކުމެލީމެވެ. އެހެނަސް މާގިނައިރު ތަނެއްގައި ހުރެވިއްޖެއްޔާ މީހެއްގެ ފުށުން މަންމަ އަށް އަހަރެން ބޭރަސް ދިއަކަން އިނގިދާނެތީ އިރުކޮޅެއްވެސް ނުވަނީސް ގެއަށް ވަދެ ދޮރުތަޅުލީމެވެ. ހިތްހަމަޖެހިގެން ވޭތު ކުރެވޭނެ ދުވަހެއް އައުމުން ވީ އުފަލުން އަހަރެން ސުކުރުވެރިވީމެވެ. ސިޓިންރޫމްގައި އެނބުރެމުން އެނބުރެމުން ދުވެހަދާލީ އަހަރެން ކޑައިރުގެ ދުވަސްތައް އަނބުރާ ލިބުނީކަމުގެ ފޮނި އުފަލުގައެވެ. ފޮތްހަރުގަވާ ފޮތްތައް ހާވާލާފަ އަހަންނަ އެންމެ ރީތި ވާހަކަ ފޮތްތަށް ނަގައިގެން ކިޔަން އިށިދެލީ ސިޓިންރޫމްގައެވެ. ދުވަހުގެ ވަގުތުތައް ހޭދަވެގެން ދިއައީ ހީނުކުރާހާ އަވަހަށެވެ. މަގްރިބް ނަމަދު ކައިރިވުމުން ސަައިބޯގެން ނަމަދުކޮށްލަގެން ނުކުމެ ސިޓިންރޫމް ސޯފާގައި އޮށޯވެ އޮތްވައި ނިދީގެ ތެރެއަށް ގެނބިދިއައީ އެވެ.ނިދީގެ ހުވަފެނުގެ ތެރެއަށް
އަހަރެންގެނބިދިޔައިރު އަހަރެންނަށް ހުވަފެނުގާ ފެންނަ ފެށީ އަޒާލްބެ އަހަންނަށް ކުރާ ގޯނާ ތަކެވެ. ފެންނަނީ އަދިރިގަނޑެއް ތެރޭން އަޒާލްބެ އަހަންނަގާތްވާތަނެވެ. ވަށައިގެން ތަނެއްވަކިނުވާ ވަރަށް އަނދިރި ގަނޑުތެރޭން ސަލަމަތަށް އަހަރެން ތެޅި ފޮޅެނީއެވެ. ދެން ފެންނަފެށީ އަފްޒަލްވެސް ހަމަ އެގޮަތަށް އަހަންނަ ގާތްވަމުންދާތަނެވެ. އަފްޒަލްވެސް އަހަންނާ ގޯނާ ކުރަމުން ހައިހޫނުކަށް ފިލުވިއިރު ޒާއްތަ އާއި މަންމަ ހީހީފައި އެމަންޒަރުތައް ބަލާ އިތުރުމީހުންނަށް އަހަރެން ދައްކަމުންދިއައެވެ. އަހަރެން ސަލާމަތައް އެދި ހަޅޭލަވާންފެށީ ލޮލުން ކަރުނަ ހުސްވެ ނަފްރަތުގެ ހުޅުފަޅައިގެން ދިއުމުންނެވެ. އެއްލި އަތުން ހިފުނީ ދަގަނޑު އެއްޗެއްގައެވެ. ނެގިގޮތަށް ކުރިމަތީ ހުރި ވަހުށީ އިންސާނުންގެ ގަޔާދިމާލަށް ހުރާލިއިރަށް އެ ހެރުނީ އަފްޒަލްގެ ބަނޑަށެވެ. ލޭން ތައްތެޅީގެން ދިއަ އެ ކަނޑި އެއް ކަހަލަ އެތި ދެން އަހަރެން އަމާޒްކުރި އަޒާލްބެއަށެވެ.ފަހަތުން މީހަކު ބޮލުގައި ޖަހަން ދިމަކުރިތަނާ އަހަރެން ހަޅޭލަވައިގަތުމާއި އެކު ހޭލެވުނު އިރުވެސް ގިސްްލެވެނީއެވެ. ދެން ކުރިމަތި ސިފަވި ސޫރައިން އަނބުރާނުގަތީ ކިރިޔާއެވެ. އަފްޒަލް ހުރީ އަހަރެންގައިގަ ޖެހަެ ނުޖެހޭ ހިސާބުގައެވެ. އޭނަގެ އަތް އަހަރެންނާ ދިމާލަށް އުފުލާލިއެވެ…..ނުނިމޭ
17 Comments!
Comments are closed.
Haadha kureyy. Thankolheh thigu koh genes dheebala plxx
ThankOLheh Dhigu KOLLaba..:-)
V salhi i love ths stry.ekm adhives m kuree.
hardha kureyyyyy….. kn iraku next part up khdheynyyy… waiting..
Warahheart touching story. Waiting to nxt prt
Mibaives varah reethi
mi baivx v rythi…
next part nikunnaane dhuvahakah eba inthixaar kurevey…..
Who is Afzal. Kurin mivaahakaiga aaofaraatheh heneh hiyehnuvay.vahaka v reethi
Gunda yaameen 3 aharuge anhen kujjaku rape kohfi
mulin ves azaal n mom ge aniyaa aney kolun afzal aee kaaku kammey neyngi……………….mi part vvvvvvvvvvv hadi adhi ehaa kuruves abadhuves ekache …….. namaadhu kohgen dhuaa kuraa meehunge dhuaa ijaabu ves kure Allah adhi haasakoh nikamethi kamaa aniyaa libey hithaa ma veringe but mi story ge adhi feshunu gothah ey vaahaka…………………….sorrry but i dnt like this part
nice story..but thankolhah dhigukon genesdhyb
nice story
abadhu eh vaahaka eh gennany ekamakuvesh varah reethi story eh…keep it up…:)
miee hama ekani maahee ge lifege machah liyefavaa story eh ehnve ekacheh hen heevanee thi BTW thanks dear.
THANK YOU ALL <3 🙂
afxal aky kaakukan neyngigen ulhey meehun mi story ge thin vana bai balaalun edhen