ހިތަކުން ނުފިލާނެ 13
” ކޮން ސްސްސްސްސްސް އެއް ކިޔާކަށް….! ލޯބިވާލެއް ބޮޑުކަމުން ބުނަންނުކެރިފަ…! އަހަރެން ބުނެފާނަން ފާޒިންބެ ކައިރީގައި ދޮންތަ ވަރަށް ލޯބިވެޔޭ ފާޒިންބެދެކެ….! ” މިސްރާ ހީކުރީ މައިޝާގެ ކޮޅުބަލިވުމުން މައިޝާ ހަދާލި ގޮތެއްކަމަށެވެ. އެހެންވެ ވާހަކަވެސް ދެއްކީ ކުރިއަށްވުރެ ބާރަށެވެ.
” ފާޒިން އެބައިން ބޭރުގައި…! ” މައިޝާ އައިގޮތަށް އައިސް މިސްރާގެ އަނގަމަތީގައި އަތް އަޅަމުން ބުނެލީ ވައި އަޑުންނެވެ.
“އަޑެއް ނީވޭނެ ކަންނޭގެ….! ” މައިޝާ މިސްރާގެ އަނގަމަތިން އަތްނެގުމުން ވައި އަޑުން މިސްރާވެސް ބުނެލީ ހުޅުވާފައި ހުރި ދޮރާ ދިމާލަށް ބަލައިލަމުންނެވެ. މައިޝާ މަޑުމަޑުން ހިނގާފައި ގޮސް ހުޅުވާފައި ހުރި ކޮޓަރީގެ ދޮރު މަތީގައި ހުއްޓި ފާޒިންއާއި ދިމާލަށް ބަލާލީ ސިއްރު ސިއްރުންނެވެ. އޭރު ފާޒިން ކޮންމެވެސް މީހަކާ ފޯނުން ވާހަކަދައްކަން އިނެވެ. ފާޒިންއަށް މައިޝާ ދޮރުމަތީގައި ހުރި ކަންއެނގޭ އިރުވެސް ބަލާނުލާ އިނީ މައިޝާ ހަދާ އެއްޗެއް ބަލަން ވެގެނެވެ. ފޯނުން ވާހަކަ ދައްކަން އިންނަމަވެސް ފާޒިންއަށް މިސްރާ ކީ ހުރިހާ އެއްޗެއްވެސް ހަމަރަނގަޅަށް އަޑުއިވުނެވެ. އެހެންވެ ފާޒިންގެ ހިތަށް ވަނީ ބުނެދޭންނޭގޭ އުފަލެއް ވެރިވެފައެވެ. ފާޒިން ފޯނު ކަނޑާލާފައި ބަލައިލިއިރު މައިޝާ ދޮރުމަތީގައި ފާޒިންއަށް ބަލަހައްޓައިގެން ހުއްޓެވެ. ފާޒިން ބަލައިލުމުން މައިޝާ އިސްޖަހާލީ ކުއްވެރިއަކު ފަދައިންނެވެ.
” ކިހިނެއްވެފަ ތިހިރީ…؟ ” އިރުކޮޅެއް ވަންދެން މައިޝާއަށް ބަލަހައްޓައިގެން އިނދެފައި ފާޒިން އަހާލިއެވެ. ފާޒިންގެ އަޑަށް މައިޝާ އިސްއުފުލާ ބަލައިލުމުން ފާޒިން މައިޝާއަށް ނިއްއަރުވާލީ ކިހިނެއްވީހޭ އަހާލާގޮތަށެވެ. މައިޝާ ދެފަރާތަކަށް ބޯހޫރާލީ ކަމެއް ނުވާކަމަށް ބުނަމުންނެވެ.
” މަންމަ ބުނި މާދަން ބައްޕަގެ އޮޕަރޭޝަން ކުރާވާހަކަ…! ” މައިޝާ ގޮސް އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނީ މިސްރާ ދެއްކި ވާހަކަތައް ފާޒިންއަށް އަޑުނީވޭކަން އެނގުމުން ވަރަށް ހަމަޖެހިލާފައެވެ. ފާޒިންއަށް އަޑުއިވުނު ނަމަ ވާނެގޮތެއްވެސް ނޭނގެއެވެ. އެވަގުތު ފާޒިންގެ ފޯނު ރިންގުވާން ފެށުމުން ފޯނުނަގާ ބަލާލިއިރު ގުޅަނީ ވަދީފާއެވެ.
” ހަލޯ..! ކީކޭ މަންމާ…! ” ފާޒިން ފޯނުނަގާ ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ. ވަދީފާ ސާލީމެން ގޮވައިގެން އެއާރޕޯޓަށް ދާން ޖެހޭ ވާހަކަ ބުނުމުން މިދަނީ ކަމަށް ބުނެފައި ފާޒިން ގެއަށްދާން ތެދުވިއެވެ.
” ދަނީތަ…؟ ” ފާޒިން ތެދުވުމުން މައިޝާ އަހައިލިއެވެ.
” އާނ… އަންނާނަން ސާލީމެން އެއަރޕޯޓަށް ލާފައި…! ” ފާޒިންއަށް ބުނެވުނު އެއްޗެއް ވިސްނުނީ ތަންކޮޅެއް ފަހުންނެވެ.
” ކޮން ސާލީއެއް…! ” މައިޝާ ފާޒިން ކުރެން އަހާލިއެވެ.
” އެއީ..! ފަހުން ބުނާނަން…! ” ފާޒިން ބޭނުންވީ މައިޝާ ތަޅުވާށެވެ. އެހެންވެ އިތުރު އެއްޗެއް ނުބުނެ ފާޒިން ނިކުންނަމުން މައިޝާއަށް ބަލާލިއެވެ. މައިޝާގެ މޫނުމަތި ވަނީ މުޅިން މިލާފައެވެ. އެމިލާފައިވާ މޫނު ފެނުމުން ފާޒިންއަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައެވެ.
ފާޒިންއަށް ގެއަށް ދެވުނު އިރު އެންމެން ތައްޔާރުވެގެން ގޭގެ ސިޓިންގްރޫމްގައި މަޑުކޮއްލައިގެން ތިބީ ފާޒިންގެ އިންތިޒާރުގައެވެ. އޭރު އާމިރުވެސް ތައްޔާރު ވެލައިގެން ނިކުންނަނީއެވެ. ފާޒިންގޮސް އާމިރުގެ ކާރަށް ހުރިހާ ލަގެޖުތަކެއް އެރުވިއިރު އެންމެން ކާރަށް އަރައިފިއެވެ. ފާޒިން ކާރު ދުއްވަން އިންއިރު އާމިރު އިނީ ކުރީ ސީޓްގައެވެ. އެވަގުތު ފާޒިންގެ ފޯނު ރިންގުވާން ފެށުމުން ފާޒިން ފޯނުނަގާ ބަލާލި އިރު ގުޅަނީ މައިޝާއެވެ. ކާރު ދުއްވަންއިނދެ ފޯނަށް ޖަވާބު ދީފިނަމަ އާމިރު ހިތްހަމަނުޖެހޭނެތީ ފޯނު ސައިލެންޓަށްލާފައި އަނެއްކާވެސް ކޮއްޕާލީ ޖީބަށެވެ. ކާރު ޕާކުކުރާނެ ތަނެއް ނެތިގެން އެންމެ ފަހުން ފާޒިން އެއަރޕޯޓަށް ނުގޮސް މަޑުކުރީއެވެ. ހުރިހާ އެންމެން ލޯންޗައް އެރުމުން ފާޒިން ހަމަޖެހިލަމުން ފުރަތަމަވެސް ގުޅާލީ މައިޝާއަށެވެ.
” ހަލޯ…! ކީކޭ މައިޝާ…! ” މައިޝާ ފޯނު ނެގުމާއެކު ފާޒިން ބުނެލިއެވެ.
” ކޮންތާކު ތިއުޅެނީ…؟ ” މައިޝާ އަހައިލިއިރު މައިޝާގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ.
” މި ފެރީޓަރމިނަލް ކައިރީގައި…! ” ފާޒިން ވާހަކަ ދެއްކީ ވަރަށް މަޖާވެފައެވެ. އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުރެފައި މައިޝާ ފޯނުކަނޑާލީއެވެ. މައިޝާ ފޯނު ކަނޑާލުމުން ފާޒިންއަށް ފޯނާއި ދިމާލަށް ބަލާލެވުނީ ފާޑަކަށެވެ. ހީވަނީ އުންމީދު ނުކުރާ ކަހަލަ ކަމެއް މައިޝާ ކުރިހެންނެވެ. ފާޒިން ދެން މައިޝާގެ ފޯނަށް ގުޅާލިއިރު ފޯނު އޮތީ ނިއްވާލާފައެވެ.
ފާޒިން ކާރު ގެއަށް ލާފައި މިސްރާބު ޖެހީ މައިޝާމެންގެއާއި ދިމާލަށެވެ. މައިޝާމެންގޭގެ ދޮރުގައި ހިފައިލިއިރު ތަޅުލާފައި ހުރުމުން ޓަކި ޖަހާލުމުން އިރުކޮޅަކުން ގޭގެ ދޮރު ހުޅުވާލީ މިޝާއެވެ.
” މިޝާ…! ކޮބާ ދޮންތަ…؟ ” ފާޒިން މިޝާ ކައިރީގައި އަހައިލިއެވެ.
” ދޮންތަ ވީ ކޮޓަރީގައި…؟ ” މިޝާ ބުނެލިއެވެ. އޭރު މިސްރާ ބަދިގެ ތެރޭގައި ކާން އިނެވެ. ފާޒިން ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑައިރު ކޮޅެއް ފަހުން މައިޝާއައިސް ދޮރު ހުޅުވާލިއެވެ. މައިޝާގެ ލޯވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. ހީވަނީ ވަރަށް ގަދަޔަށް ރޮއެފައި ހުރިހެންނެވެ. ފާޒިންއަށްވެސް މައިޝާ ރޯންޖެހުނު ސަބަބެއް ނުވިސްނުނެވެ. ދޮރުމަތީގައި ހުރި ފާޒިން ފެނުމުން މައިޝާގޮސް އެނދުގައި ބަންޑުން އޮށޯވެލިއެވެ. ފާޒިން ގޮވާލުމުންވެސް ބޯހިއްލާ ބަލާވެސް ނުލިއެވެ. ކޮޓަރީގެ ދޮރުމަތީގައި އިރުކޮޅެއްވަންދެން މަޑުކޮއްލައިގެން ހުރުމަށްފަހު ފާޒިން ނިކުމެގެންދިޔައީ ކޮޓަރިތެރެއަށް ވަދެވެސް ނުލައެވެ. މައިޝާވެސް ފާޒިންގެ ހަބަރެއް ނުވެގެން ބޯހިއްލާ ބަލާލިއިރު ކޮޓަރިތެރޭގައި ފާޒިން ފެންނަން ނެތުމުން މައިޝާ ސިޓިންގްރޫމަށް ނިކުތީ ސިޓިންގްރޫމްގައި ފާޒިން އިންނާނެ ކަމަށެވެ.
” އޭނަ ގޮއްސި…! ” ކޮޓަރިން ބޭރަށް ނިކުތް މައިޝާ ފެނުމުން މިޝާ ބުނެލިއެވެ. މައިޝާ ފޯނުނަގާ ފާޒިންގެ ފޯނަށް ދެފަހަރަކަށް ގުޅާލިއިރުވެސް ފާޒިންގެ ހަބަރެއްނުވިއެވެ. ފާޒިން ފޯނަށް ޖަވާބު ނުދިނުމުން މައިޝާ ކުރިއަށްވުރެ ބޮޑަށް ހިތުގައި ޖެހުނެވެ. ފޯނު އެނދުމަށްޗަށް ދޫކޮއްލާފައި ބަންޑުން އޮށޯވެ ރޯންފެށުނީ ހިތަށް ވެރިވި ހިޔާލަކުންނެވެ. މައިޝާ އެގޮތަށް އޮއްވާ ފޯނަށް މެސެޖެއް އައިސްގެން ބަލާލިއިރު ފާޒިންގެ މެސެޖެކެވެ. އަވަސް އަވަހަށް މެސެޖް ހުޅުވާލެވުނީވެސް އޭގައި އޮތް އެއްޗެއް ކިޔާހިތުންނެވެ.
” މިރޭ ނުވައެއް ޖަހާއިރަށް ދާނަން ބަލާ…! ރެޑީވެގެން ހުންނާތި…! ” އެމެސެޖު ކިޔާލުމަށްފަހު މައިސާ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަވީރު ފަހެއް ޖަހަނީއެވެ. އެރޭ ނުވައެއް ޖެހިއިރަށް ފާޒިން ސައިކަލުގައި މައިޝާމެންގެއަށް ދިޔައެވެ. ފާޒިން އައުމުން މިސްރާމެންގާތުގައި ބުނެފައި މައިޝާ ބޭރަށް ނިކުމެ ފާޒިންގެ ފަހަތަށް އެރިއެވެ. އެހެންރޭރެއާއި ހިލާފަށް މައިޝާ އިނީ ވަރަށް ނެގިމަޑުވެފައެވެ. މައިޝާ ނެގިމަޑުވެފައި އިނުމުން ފާޒިންވެސް މައިޝާއާއި އިތުރަށް ވާހަކަ ދައްކާކަށް ނުހަދައެވެ. ފާޒިން ސައިކަލު މަޑުކޮއްލީ ބޭވޮޗް ރެސްޓޯރެންޓް ކައިރީގައެވެ.
” މައިޝާ އަދި މިތާކަށް ނައަންނަމެންނު…! ” ފާޒިން ސައިކަލު ޕާކިންއަށް ޖަހާލާފައި ފައިބަމުން ބުނެލިއެވެ. މައިޝާ އެއްބަހެއްވެސް ނުބުނެ ފާޒިންގެ ފަހަތުން ހިނގައިގަތެވެ. ފާޒިންގޮސް ވަނީ ވީ.އައި.ޕީ ރޫމަށެވެ. ފާޒިން ދޮރުހުޅުވާލަމުން ފުރަތަމަ އެތެރެއަށް ވެއްދީ މައިޝާއެވެ. އެތަނުގައި އެއްވެސް އަލިކަމެއްނެތުމުން މައިޝާ ކުޑަކޮއްބިރުގަންނަ ގޮތްވެ ފާޒިން އާއިވީ ފަރާތަށް އެނބުރުނީ އިތުރަށް އެތެރެއަށް ވަންނަން ނުކެރިގެންނެވެ. އެވަގުތު ފާޒިން ކައިރީގައި ހުރި ސުވިޗް ޖައްސާލުމާއެކު އެކު ބޮޑު ހިތެއްގެ ތެރޭގައި އައި.ލަވް.ޔޫ ޖަހާފައި އިން ތަން ރަތްކުލައިން ދިއްލިގެން ދިޔައެވެ. މައިޝާއަށް ބަލައިލެވުނީ ފަހަތުގައި ހިނިތުންވެފައި ހުރި ފާޒިންގެ މޫނަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


Wow…soooo nice..plx plx plx next part v ahvahah up koh la dheebala..i can’t wait anymore…
Me first. Yay.. vaahaka vvvv NYC.. <3
Wow awesome
Wow wow v nice avahah next part up kohdhyba
Nice mi part vess…next part avahah upkohdhehchey plz plz v emme avahakah plz plz
Haadhahaa kurey but v nice
V v v nice
.. alhey enme fahu thankolha hamayah dhiya thana nimijje
btw vvvvvvvvvv salhi ..waiting for next part
anaey partu than kolhaey avas koladeebala ples ples
anaebai thankolhae avaes kodeebala ples ples
I huhu
Kon dhuvahakun tha mi ah vure dhigukoh story upload kuraany. E thah dhuvaheh ge inthixaar akah fahun story kiyan libenee vx , evex kiyan fashaafi rah onnany Nimifa
n v nice story
mee korcheh…. ehaa gina dhuvs koffa genna iruves emme folhuvatheh… miah vure nugenesdhinnama maa rangalhu.. foohivehjje
V rythi vaahaka…..kiyaahithun nuvesnidhey…up kollun avaskollun feney….mikahala vaahakaeh kiyaalan libeythw mi inthixaaru kurany cant. Wait anymorr
vvvv reethi massala akee up kureveyley laheekudako namaves konmedhuvahaku thankolhey upkolladhineeya vara rangalhu vvvvvvvvv reeeethi
next part koniraku up vaaany?? ehaa gina dhuvas koffa vs haadha kurey asl..
Wow awesome plx plx awahah upload kohdhinun edhen
Avahah up kobba! Can’t wait 4 the next part
Wow..I’m speechless.. So beautiful story.. Can’t wait for next part.
wow v nice
waiting 4 the next part
V salhi