Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 12

BONDAY Level 210 Stories
May 20, 2015 4 Mins Read
18 Comments

” ދަރިފުޅާ…! ބައްޕަ ބުނި ސާލީވެސް ނުގަބޫލުގަ ބައްޕަ ބޭނުމެއް ނޫނޯ ދަރިފުޅުމެންގެ ކައިވެނި ކުރުވާކަށް…! އެކަމަކު ސާލީ ކައިވެނި ކުރަންބޭނުންނަމަ ޖެހޭނީ ކައިވެނި ކުރާށޯ…! ” ވަދީފާވެސް އައިސް ފާޒިންގެ ކައިރީ އެނދުގައި އިށީނެވެ. ފާޒިން އޭނަގެ ފޯނު ބަލާލިއިރު މައިޝާ ފަސް ފަހަރަށް ގުޅާފައި އޮތެވެ. އެހެންވެ ފާޒިން މައިޝާއަށް ގުޅާލިއެވެ.

” ހަލޯ..! ކިހިނެއްވީ…؟  ” މައިޝާ ފޯނުނެގުމާއެކު ފާޒިން ބުނެލިއެވެ.

” ކަމެއްނުވޭ… ފާޒިންގެ ހަބަރެއްނުވާތީ ހަމަ ގުޅާލީ…! ” މައިޝާ ބުނެލިއެވެ.

” ކޮބާ މަންމަމެން…! ” ފާޒިން އަހައިލިއެވެ.

” މަންމަމެން ގޮސްފި ގެއަށް…! އަހަރެން އެކަނި މިހާރު މީނީ…! ” މައިޝާ ބޭނުންވީ ފާޒިން އެތަނަށް ގެންނާށެވެ.

” އަހަރެން ޖައްސާލާނަން އިރުކޮޅަކުން…! ” ފާޒިން ފޯނު ކަނޑާލަމުން ބުނެލިއެވެ. އޭރު ވަދީފާ ފާޒިންއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ފާޒިން ވެގެން އުޅޭގޮތް ވަދީފާއަށް ކިޔައިދިނެވެ. ފާޒިން ފެންވަރައިލައިގެން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ދިޔަތާ މާގިނައިރެއް ނުވަނީސް މުނީރާ ހޮސްޕިޓަލަށް އައެވެ. އެހެންވެ މައިޝާ ގެންގޮސް ގެއަށްލާފައި ފާޒިންވެސް ދިޔައީ ނިދާށެވެ.

އަނެއްދުވަހު މައިޝާ އޮފީހަށް ނުނިކުންނާތީ ފާޒިން މައިޝާއަށް ގުޅާލިއެވެ. ނަމަވެސް މައިޝާ ފޯނެއް ނުނަގައެވެ. އެހެންވެ އޮފީހުގައި އިނދެފައި މެންދުރުވުމުން ފާޒިން ހޮސްޕިޓަލަށް ދިޔައިރު މައިޝާ ހާދީ ކައިރީގައި އިނެވެ. ފާޒިން ފެނުމާއެކު މައިޝާއަށް ކޮޅަށް ތެދުވުނެވެ.

” ކީއްވެ ފޯނުނުނެގީ….! ” ފާޒިންގޮސް މައިޝާގެ ކައިރީގައި މަޑުކޮއްލިއެވެ. މައިޝާ އޭނަގެ ޖީބުން ފޯނުނަގާ ބަލާލިއިރު ދެފަހަރަށް ގުޅާފައި އޮތެވެ. ނަމަވެސް ފޯން ސައިލެންޓަށް ލާފައި އޮތުމުން ނޭގުނީއެވެ.

” ރޭގަ ނުދަންނަ ނަމްބަރަކުން ގުޅާތީ ސައިލެންޓައްލާފަ އޮތީމަ ނޭގުނީ….! ” މައިޝާ މަޑުމަޑުން ބުނެލިއެވެ. އިއްޔަގެ ކުރެވުނު ކަންތަކާ މައިޝާ ހުރީ ވަރަށް ބޮޑަށް ލަދުގެންފައެވެ. ފަހަރެއްގައި ފާޒިންގެ ހިތަށް އަރާފާނެ އެއްޗެއް ނޭގޭތީ ބިރުގަންނަނީއެވެ. މައިޝާކައިރީގައި ފަހުން އަންނާނެ ކަމަށް ބުނެފައި ފާޒިން ނިކުމެގެން ގެއަށް ދިޔައީ އެތާގައި ހުރުމަށްވުރެ މުހިންމު ކަމެއްގެ މަތިން ހަދާންވުމުންނެވެ. ފާޒިންގޮސް ގެއަށް ވަންއިރު އެންމެން ގޭތެރޭގައި ތިއްބެވެ. ގިނަ ދުވަސްވާންދެން ރާންޖޭން ބޭރުގައި އުޅުމަށްފަހު ފަޒީލްއާއި ސިފާއާއި މާލްވެސް އައިސް ތިއްބެވެ.

” ތިއްތީ…! ” މާލް ފާޒިން ފެނުމުން ދުވެފައި އައިސް ފާޒިންގެ ގައިގައި ބައްދައިގަތެވެ. ފާޒިން މާލް ގޮވައިގެން ގޮސް ފަޒީލް ކައިރީ ގޮނޑިސެޓުގައި އިށީނެވެ.

” ދޮންބޭ…! ހާދަ ހިކިއްޖޭ… ކިހިނެއް ތިހަދަނީ…! ފަހަރި ދޮންބެއަކަށް ކާކަށް ނުދެންތަ…؟ ” ފާޒިން ފަޒީލްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ސިފާ ފާޒިންއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ.

” އުޅެންޖެހޭ ބުރަކަމުން ކާކަށް ވަގުތެއް ނުލިބޭ…! އެހެން ނޫނަސް ކައިކައިގެން ފަލަވުމަށްވުރެ މާރަނގަޅެއްނު މިގޮތަށް ހިކިކޮއް ހުރީމަ…! ” ފަޒީލް އޭނަގެ ބޮޑީ ދައްކާލަމުން ބުނެލިއެވެ.

” ތިއްތީ ބަލާ…! ދޮންބެ ފައިއަށް ގެނެސްދިން….! ” އޭނަގެ އަތުގައި އޮތް އެޕަލް އައިޕެޑް ދައްކާލަމުން ފައިހާ ބުނެލިއެވެ. މާގިނައިރު އެތާގައި ވާހަކަ ދައްކަން ނުތިބެ ފަޒީލްމެން ކޮޓަރިއަށް ދިޔައީ އަރާމުކޮއްލާށެވެ. ދަނޑިވަޅު ބަލާފައި ފާޒިން ވާހަކަ ދައްކަންފެށިއެވެ.

” ސާލީ…! އެކޮޅުގަ ވިޔަފާރިއެއް ފަށަންވީނު…! ” ވަދީފާއާއި ދިމާލަށް ބަލާލާފައި ފާޒިން ވާހަކަ ދައްކަންފެށިއެވެ. ވަދީފާއިނީ ފާޒިން ދައްކާވާހަކަޔަށް ވަރަށް ސަމާލްވެގެންނެވެ. ފާޒިން އެހެން ބުނުމުން ޒަރީނާއާއި ސާލީއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

” މިހާރު ކިޔަވާވެސް ނިމިއްޖެއެއްނު…! ތަނަކަށް ވަޒީފާއަކަށް ދިއުމަށްވުރެ ރަނގަޅުވާނެ އަމިއްލަ ވިޔަފާރިއެއް ފެށިއްޔާ…! އަނެއްހެން ކުރަންބޭނުންވާ ވަކި ވައްތަރެއްގެ ވިޔަފާރިއެއް އެބައޮތްތަ…؟ ” ދެންވެސް ވާހަކަދެއްކީ ފާޒިންއެވެ. އެވަގުތު ސާލީގެ މޫނު އުޖާލާވެގެން ދިޔަކަން ފާޒިންއަށް އެނގުނެވެ. ވަދީފާ އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ނަމަވެސް ފާޒިން އެއްވެސް ކަމެއް ގޯސްކޮއް ނުކުރާނެކަން ވަދީފާއަށް އެނގެއެވެ. އެވަގުތު ސާލީ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

” ދެން އެހެންވީމަ ފިހާރަ ހުޅުވާނެ ތަނެއް ބުނެބަލަ…! ” ފާޒިން ބުނެލިއެވެ.

” އެރަށު އަހަންމާތްދީ އެންމެ ފަހުންހުޅުވި ފިހާރަ ވިއްކާލަން އުޅޭވާހަކަ ޒާހިރު ބުނި….! ” އެންމެން އެއްފަހަރާ ބަލާލީ ދޮރާ ދިމާލަށެވެ. އޭރު ދޮރުމަތީގައި އާމިރު ހުއްޓިލައިގެން ހުއްޓެވެ. އެވަގުތު އާމިރު އައުމުން ފާޒިންއަށް އިތުރު ހިތްވަރެއް ލިބުނެވެ.

” ސާލީއަށް ކަމުދޭތަ އެފިހާރަ…! ” ފާޒިން އަނެއްކާވެސް ސާލީ ކުރެން އަހައިލިއެވެ. ސާލީ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ސާލީ އޭނަގެ ހުވަފެން ކާމިޔާބުވުމުގެ ކުލަވަރު ފެންނަން ފެށުމުން ހިތް އުފަލުން އުތުރި އަރަންފެށިއެވެ. ފާޒިން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން އާމިރު ފާޒިން ކުރެން މަޑުކޮއްލުމަށް އެނދުނެވެ.

” ބައްޕަ ބޭނުން ތިދެކުދިންގެ ކައިރީގައިވެސް ވަރަށް ބޮޑު ވާހަކައެއް ދައްކަން….! އެކަކުވެސް ދޮގު ނުހަދާތި…! އޭރުން ފަހުންވާ ގެއްލުން މާބޮޑުވާނެ….! ” އާމިރު ސާލީއާއި ފާޒިންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އޭރު އެދެމީހުންވެސް ތިބީ އިސްޖަހާލައިގެންނެވެ. އާމިރު ދައްކަން އުޅޭ ވާހަކައެއް ނޭގޭތީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައި އުފެދިފައެވެ.

” ތިދެކުދިން ބޭނުންތަ ކައިވެނި ކުރަން…! ބައްޕަގެ މައްސަލައެއް ނެތް ސާލީވެސް އަދި ފާޒިންވެސް ބޭނުން ކުއްޖަކާ އިނަސް…! ބައްޕަމެންގެ ފަރާތުން ހުރިހާ އެހީތެރިކަމެއްވެސް ލިބޭނެ…! ” އާމިރު ވާހަކަ ދެއްކީ ސާލީއަށް ބަލަހައްޓައިގެން އިނދެއެވެ. ދެމީހުންކުރެ އެކަކުވެސް އެއްބަހެއްވެސް ނުބުނެ ތިއްބެވެ.

” ދެކުދިންވެސް ބޭނުންވަނީ ކައިވެނި ކުރަންތަ…؟ ” ދެމީހުންކުރެން އެކަކުވެސް ބަހެއް ނުބުނުމުން އާމިރު ބުނެލިއެވެ.

” އަހަރެންނަށްވެސް ރަނގަޅީ ސާލީ ބޭނުންމީހަކާ ސާލީ އިނުން…! އޭރުން އެންމެނަށްވެސް އުފަލުގައި އުޅެވޭނީ…! ” ފާޒިންވެސް ވާހަކަ ދެއްކީ ވަރަށް ދުރުދުރުންނެވެ. ސާލީގެ ހިތުގައި އޭނަޔަށް އެވިޔަފާރި ނުލިބިދާނެ ކަމުގެ ބިރު އޮތެވެ. ނަމަވެސް އަންނަ ހަފްތާގައި އެފިހާރަ ގަނެދޭނެ ވާހަކައާމިރު ބުނުމުން ސާލީއަށް ހިންހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

” އަހަރެންވެސް ބޭނުމެއް ނޫން ފާޒިން ބޭނުންނޫނިއްޔަކާ ކައިވެނި ކުރާކަށް…! ” ސާލީއަށް ސީދާ ބޭނުން ނުވާވާހަކަ ބުނާކަށް ނުކެރުނެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު ދެމީހުންވެސް އެއްބަސްވީ އެމީހަކު ބޭނުންމީހަކާ އިނުމަށެވެ. އެގޮތަށް ދެކުދިންވެސް އެއްބަސް ވުމުން އާމިރުއަށް ހިންހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ފާޒިން ކޮޓަރިއަށްވަދެ ފުރެސްވެލައިގެން ފުރަތަމަވެސް ދިޔައީ ހޮސްޕިޓަލަށެވެ. މައިޝާއާއި ބައްދަލްކޮއްލާފައި އޮފީހަށް ދިއުމަށްޓަކައެވެ. ނަމަވެސް މުނީރާ ހޮސްޕިޓަލްގައި އިނުމުން ކަމެއް ބޭނުންވެއްޖެނަމަ ގުޅާލުމަށް ބުނެފައި ފާޒިން އޮފީހަށް ދިޔައެވެ. އޭރު ސިރާޖު އެންމެންގެ ޕާސްޕޯޓާއި ޓިކެޓް ނަގައިގެން ގެނެސްފައި ހުއްޓެވެ. އެރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރަށް ފުރަންހަމަޖެހިފައި އޮތުމުން ހައެއް ޖަހާއިރު ތައްޔާރުވުމަށް މައިޝާއަށް ގުޅާފައި ފާޒިން ބުނެލިއެވެ. ހައެއްޖެހި އިރަށް ފާޒިން މައިޝާމެންގެއަށް ދިޔައެވެ. އޭރު މުނީރާމެން ތައްޔާރުވެގެން ގޭތެރޭގައި ތިއްބެވެ. އަދުނާނުވެސް ފެރީޓާމިނަލަށް ދަނީ ކަމަށް ބުނެފައި ޓެކްސީއަކަށް އަރައިގެން ނައްޓާލިއެވެ.

” މީއޮތީ ޓިކެޓާއި ޕާސްޕޯޓު…! ” އަތުގައި އޮތް ސިޓީއުރަ ދިއްކޮއްލަމުން ފާޒިން ބުނެލިއެވެ. މުނީރާ އެސިޓީއުރުން ޓިކެޓާއި ޕާސްޕޯޓު ނަގާ އަތްދަބަހަށް ލުމަށްފަހު ކޮޓަރީގައި ހުރި އޭނަގެ ފޮށިހިފައިގެން ބޭރަށް ނިކުތެވެ. މުނީރާމެން ޓެކްސީއަކަށް އަރައިގެން ފެރީޓާމިނަލަށް ނައްޓައިލުމުން ފާޒިންވެސް އޭނަގެ ސައިކަލުގައި ފެރީޓާރމިނަލަށް ދިއުމަށްޓަކައި ނައްޓައިލިއެވެ.

ހުޅުލެއަށް ގޮސްފައި ފާޒިން އޭނަގެ ވޮލެޓުން ސުޓޭޓް ބޭންކު އޮފް އިންޑިއާގެ ކޭޝް ކާޑެއް މައިޝާގެ އަތަށް ދިނެވެ. އަދި ޕިން ނަމްބަރ ކިޔައި ދިނުމަށްފަހު މަންމަގެ އަތަށް ދިނުމަށް އެދުނެވެ. އެވަގުތު މައިޝާއަށް ބަލާލެވުނީ ފާޒިންގެ ދެލޮލަށެވެ. ފާޒިންވެސް އޭރު ހުރީ މައިޝާގެ ލޮލަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ފާޒިންއަށް މައިޝާގެ ލޮލުން ފާޒިންއަށްޓަކައިވާ ލޯބިފެނުނެވެ. އެވަގުތު މައިޝާއަށް މުނީރާ ގޮވާލުމުން ދެމީހުންނަށް ސިއްސައިގެން ގޮސްފައި ބަލާލެވުނެވެ. އޭރު މުނީރާ ފާޒިންމެންނާއި ދިމާލަށް އާދެއެވެ.

” މަންމާ މިއޮތީ ކޭޝް ކާޑް…! ” މުނީރާ އަރާ ހަމަވުމުން މައިޝާ ބުނެލިއެވެ. މުނީރާ ކާޑްނަގާ އަތްދަބަސް ތެރެއަށް ލުމަށްފަހު މައިޝާ ކިޔައިދިން ނަންބަރ ނޯޓްކޮއްލިއެވެ. މުނީރާމެން ފުރުވާފައި މައިޝާމެންއަށް މާލެ އާދެވުނު އިރު ދިހައެއް ޖަހަނީއެވެ. މައިޝާމެން ކާރަކަށް އަރައިގެން ގެއަށް ދިއުމުން ފާޒިން ދިޔައީ ސިރާޖާއެކު ކޮފީއަކަށެވެ.

މުނީރާމެން ގޮސް އިންޑިއާއަށް ފޭބިއިރު އެމީހުން ބަލާގޮސް މީހަކު ހުއްޓެވެ. ކޮންމެ އިރެއްގައިވެސް ޑޮކްޓަރަށް ގެންގޮސްދިނުމާއި ގެނެސްދިނުމުގެ އިތުރުން އެހެންތަނަކަށް ދާންޖެހުނަސް އޭނަ އަބަދުވެސް އަރިހުގައި ހުރެއެވެ. ފަސްދުވަސް ފަހުން ހާދީގެ އޮފަރޭޝަން ކުރަން ހަމަ ޖެހުނެވެ. ކޮންމެ ދުވަހުވެސް މައިޝާ ގެއަށް ގެންގޮސްދެނީ ފާޒިންއެވެ. ބައެއްރޭރޭގައި ފާޒިން މައިޝާއާއެކު މައިޝާމެންގޭގައި ވަރަށް ގިނަ އިރުވަންދެން ވާހަކަ ދައްކަން ތިބެއެވެ.

” ތޮލާލް…! ކޮންއިރަކުން މާލެ އަންނަނީ…! ” މިސްރާ ފޯނު ނަގާފައި ބުނެލިއެވެ. މިސްރާ ވާހަކަ ދައްކަންއިނީ ގޭގެ ކޮޓަރީ ތެރޭގައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މައިޝާ އައިސް ކޮޓަރިއަށް ވަނެވެ. މައިޝާ ފެނުމުން ފަހުން ގުޅާނެ ކަމަށް ބުނެފައި މިސްރާ ފޯނު ކަނޑާލިއެވެ.

” ކީއްވެ ފޯނު ތިކަނޑާލީ….! ދޮންތަ ހުއްޓާ މިހާރު ވާހަކަވެސް ނުދެއްކޭ ވަރުގެ މީހުންނަށް ގުޅަންފެށީތަ…! ” މައިޝާ މިސްރާއާއި ދިމާކުރުމުގެ ގޮތުން ބުނެލިއެވެ.

” އަހަރެންވެސް ދޮންތަގެ ލޯބިވެރިޔާ ގޮވައިގެން އައިސް އިނަކަސް ނުބުނަމެއްނު އެކައްޗަކޭވެސް…! ” މިސްރާވެސް މައިޝާއަށް ރައްދުދިނުމުގެ ބޭނުމުގައި ބުނެލިއެވެ. އެވަގުތު މައިޝާ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި ސްސްސްސް އެކޭ ބުނެލިއެވެ.

” ކޮން ސްސްސްސްސްސް އެއް ކިޔާކަށް….! ލޯބިވާލެއް ބޮޑުކަމުން ބުނަންނުކެރިފަ…! އަހަރެން ބުނެފާނަން ފާޒިންބެ ކައިރީގައި ދޮންތަ ވަރަށް ލޯބިވެޔޭ ފާޒިންބެދެކެ….! ” މިސްރާ ހީކުރީ މައިޝާގެ ކޮޅުބަލިވުމުން މައިޝާ ހަދާލި ގޮތެއްކަމަށެވެ. އެހެންވެ ވާހަކަވެސް ދެއްކީ ކުރިއަށްވުރެ ބާރަށެވެ.

” ފާޒިން އެބައިން ބޭރުގައި…! ” މައިޝާ އައިގޮތަށް އައިސް މިސްރާގެ އަނގަމަތީގައި އަތް އަޅަމުން ބުނެލީ ވައި އަޑުންނެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ސާޔާ (12 ވަނަ ބައި)

Next

ސާޔާ (13 ވަނަ ބައި)

Next
May 23, 2015

ސާޔާ (13 ވަނަ ބައި)

Previews
May 19, 2015

ސާޔާ (12 ވަނަ ބައި)

18 Comments!

  1. ummi says:
    May 20, 2015 at 10:04 pm

    Finally vaahaka kiyaalan milibuni dhww 🙂 😀

  2. ihthu says:
    May 20, 2015 at 10:12 pm

    Last 4 days ga v bodah balivegen ulhefa liye nimunuhaa avahah check ves kohnulaa mi up kohlee… mistake thah faahaga kohla dhinun edhen..

  3. aaku says:
    May 20, 2015 at 10:15 pm

    Wow v nice bt haadha kurey next part avahah up kohllachey

  4. aroooo says:
    May 20, 2015 at 10:40 pm

    V nice

  5. aish says:
    May 20, 2015 at 10:41 pm

    Woww!!! Nice

  6. shahidha says:
    May 20, 2015 at 10:44 pm

    Sifakurun than ithuru koh lhyma vaahaka v furihama vaane sotry vvv nice

  7. july says:
    May 20, 2015 at 10:49 pm

    v reethi but hama thankolheh kuri…..but also story is good..keep it up

  8. mal says:
    May 20, 2015 at 11:09 pm

    Nice

  9. nish says:
    May 20, 2015 at 11:44 pm

    V reethi mi part , avahah up kohlahchay igey

  10. black says:
    May 21, 2015 at 6:14 am

    Thnks dear 😀

  11. nishy says:
    May 21, 2015 at 8:06 am

    Vvvvvvv reeethi Mi part…. next part kiyaaa hithun kehmadhu vefa

  12. Chime says:
    May 21, 2015 at 10:38 am

    WOW !!!! Mi part ves v reeti ….as always. Can’t wait 4 the nxt part….:)

  13. butterfly says:
    May 21, 2015 at 11:33 am

    Mi part v nice waiting for the next part I love this story

  14. woody says:
    May 21, 2015 at 3:23 pm

    Varah salhi

  15. aaku says:
    May 21, 2015 at 8:53 pm

    Dhevana faharah mikiyaaly hama kiyaahithun mifaharu heevey thankolheh avahah story ge knme kameh ves ninnman ulhey hen

  16. nazi says:
    May 22, 2015 at 4:47 pm

    kobaa kon irakun vaahaka up koh dheynee haadha dhigu inthizaarekey mihaaru bali rangalhu vaanekamah unmeedhu kuran

  17. black and white says:
    May 22, 2015 at 9:31 pm

    Dhen konirakun mi site ah vaahaka up vaany??? Foohi vaan fashaifi… mihaar mi othy aadheys kohgen vahaka up koh dhey hisaabah gossa….. ehtha dhuvahege inthixar ah fahun vaahaka eh….. eves kuda thankolhe……. dheravey 🙁 saayaa vahaka ves up kohdheny mihaar lahun…. inthxar ge vahaka nudhehkyya rangalhy….. pls pls writers mikama visnaaaa…… 🙁 🙁 🙁 🙁

  18. afy says:
    May 23, 2015 at 2:56 pm

    Haadha lahey vaahaka up vaaleh..thankolheh avahah upp kohdhyba..mihaar boring ve thihen hadhaathi…

Comments are closed.


All Right Reserved!