Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފަނާ 14

I-RaM Level 110 Stories
May 18, 2015 5 Mins Read
26 Comments

އަޒާލްބެ ދައްކަމުން ދިއަ ވާހަކަ އިން އެންމެގެ ރުޅީވެރި ނަޒަރު އަހަންނަށް އަމާޒުވެފަ ހުރިއިރު، މިކަމުގެ އަޑިގައި ތިބި ދެމީހުންގެ ރޭވުން އެގި ލޭކެކިގަތެވެ. އަހަރެންގެ ކައިރިން ފެންއަޅާފަ ހުރި ބާލިދިއާއި ދިމާލަށް ނަޒަރު ހުއްޓުމުން އެ ނަގާ ދޮރާއި ދިމާއަށް ހުރާލީމެވެ. ބާރުުގަދަ އަޑުފައްގަނޑަކާއި އެކުހުޅުވިފައި ދޮރު ޖެހިގެން ދިއުމުން ބޭނުންވި މަގުސަދު އެވަގުތައް ހާސިލް ވުމުން ދެ ކުރިމަތިލީ އަފްޒަލްއާއި އެވެ. އަފްޒަލުގެ ހަމަހޭވެރިކަން ރަގަލަށް ނެތުމުން އަހަރެންނަށް އެ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި އަފްޒަލްގެ ގައިގާ އަޅައި ކޮށްޕާލެވުނެވެ. އަފްޒަލް ތަޅުމައްޗަށް ދެމިގެން ދިއައިރު އަހަރެން ތެދުވެ ހަށިގަނޑު ނިވާކޮށްލީ ހިކަން އަޅާފައި އިން ޓީސާޓަކުން ނެވެ. ނުކުތުމުގެ ކުރިން އަފްޒަލްއާދިމާއަށް ބަލާލިއިރު އެހީއަށް އެދި އަތްދިއްކުރި ތަން ފެނި އެއަތުގައި ގަޔަށް ލެވުނުހާ ބާރެއްލާ ކޮޅުފައިން ޖަހާލަމުުން ފެން މާގަނޑު އެންމެ ފުލަށް ދޫކޮށްލާ ފާހާނައިން ނުކުމެވުނީ ކޮރެމުން ކަހަލަ ގޮތަކަށެވެ. ދޮރު ހުޅުވާ އެތެރެއަށް ބޯދިއްކޮށްލި އިރު އެތެރޭގަ ތިބި މަންމަ އާއި އަޒާލްބެ ފެނި އަހަރެން ހައިރާނެއް ނުވަމެވެ. ނުކުތް ގޮތަށް އެމީހުންގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުލުމާއި އެކު އަޒާލްބެ ގެ ފިޔަވަޅުތައް އަހަރެންނާއި ދިމާއަށް އެޅެން ފެށުނެވެ. އަހަންނާ ކައިރިވަމުން ދިއަ އަޒާލްއާއި ދިމާއަށް މޭޒުމަތީ އޮތް ވަޅިނަގާ ހުރާލެވުނު އިރު އޭގައި އަހަރެންގެ ހަށިގަނޑުން ފޭބި ލޭގެ އަސަރު ހުއްޓެވެ. ނުވިސްނާ ހުއްޓައި ގޮސް އަޒާލްބެގެ އަތުގައި ޖެހި ވަޅި ވެއްޓުނުތައް ފެނިފައި މަންމަ ސިންގާއެއް ފަދައިން އަހަރެންނާއި ދިމާއަށް ފުންމާގަތެވެ. ރެކެންވެގެން އަރިއަކަށް ޖެހިލިތަނާ މަންމަ އައިސް ހިފީ އަހަރެންގެ އަތުގައެވެ. މަންމަ ގެ ރުޅީއިންތިހާ އަށް ގޮސްފައި ވިއަސް އެވަގުތު ބެލީ ތަނައްަވެރިވެފައިވާ ބިރުވެރިކަން ފުހެވޭތޯް ި އަހަރެން މަތަށް ކުރެވޭނެގޮތެއްވެތޯެ އެވެ. އަތުގައި ހިފައިގަނެގެން ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ނެރެގެން ބޭރަށް ގެންދިއައިރު ހުރެވުނު ގޮތް ހަނދާންވެ ނުދާން ވެގެން ގަދަޖައްސަން ކުރި މަސައްކަތް ވީ ބޭކާރެވެ. ސިޓިން ރޫމްގައި ތިބި ޒައިދު އާއި ޔޫނުސް ފެނުމުން މަންމަ ރޮއެގަނެފައި އަހަރެން ކުރިކަންތައް ކިޔާދެމުން ދިއައިރު ސިފަވީ އަހަރެން މީ ގާތިލެއް ފަދައިންނެވެ. ޔޫނުސް ތެދުވެ އަވަހަށް ކޮޓަރިއަށް ދެމިގަތީ އަޒާލްބެ އާއި އަފްޒަލުގެ ހާލެއް ބެލުމަށެވެ. އޭރުވެސް ކުރިމަތީ ހުރި ޒައިދުގެ ބީރަށްޓެހި ނަޒަރު ހުރީ އަހަންނަށް އަމަޒުވެފައެވެ. މަންމަ އިންޒާރެއް ދީ، ސޯފާއަށް އަހަރެން ގަޅުވާލަމުން ކޮޓަރިއާއި ދިމާއަށް ދުއްވައިގަތީ އެތަނުން ތެދުވިއަސް އަހަރެންގެ ދެފައި ބިއްދާލާނަމޭ ބުނަމުންނެވެ. އަހަރެންނަށް ތަޅުން މައްޗަށް ތިރިވެވުނެވެ. ކުއްލިއަކަށް މީހެއްގެ އިހްސާސް ކައިރިން ވުމުން އިސްނަގާ ބަލާލިއިއރު ޒައިދުއައިސް އަހަރެންގެ ގައިގާ ފޮތިގަނޑެއް އަޅާ ލަދިނެވެ. އަދި އެއްޗެއް ބުނުމެއް ނެތި ބަދިގެ ކައިރީ ހުރި ފުރުޖުން ފެންފުޅީއެއް ނަގާ ފެންތަށްޓެއް އަޅައިގެން އައިސް އަހަންނަށް ދިއްކޮށްލިއެވެ. އެ ފެންތަށިބޮލާފަ ތަށިދެމުން އަހަރެން ޒައިދުއަށް ގޮވާލަން މަސައްކަތް ކުރީމެވެ. އެހެނަސް އަޑުވެސް ނުކުނަހާ ބާރެއް އަހަރެންގެ ގަޔަކު ނެތުމުން އަޑު ކުރެހިގެން ދިއައެވެ. ” މާހީ އަހަންނަށް ހުރިހާ ކަމެއް އެގިއްޖެ މިހާރު ، އިތުރަށް ދެން މާހީ އެއްޗެއް ކިޔާދޭކަށް ނުޖެހޭނެ، އަހަރެން ގަބޫލެއް ނުކުރަން ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއް ކަމެއް، އަދި އަމުދުން މާހީގެ އަގުވައްޓާލަން އެ ދެއްކި މަންޒަރު މަށައް ވަޒަން ކޮށްލެވިއްޖެ މިގޭތެރޭ ކަންތައް ގޮސްފަވާ ހާލަތު، ” ޒައިދު ގެ މާޔޫސީ އަޑުން އިވެމުން ދިއަ ޖުމްލަތަކުން ޒައިދު އަހަންނާއި މެދު ކުންހިއެއް ނުކުރާކަން އެގި ހިތަށް ސިފާއެއް ލިބި ހިނިތުން ވެލީމެވެ، ޒަިއދު ލޯމަތިން ގޮސް ގެއްލުން ތަނާހެން އަހަރެންގެ ކޮޓަރި ހުޅުވާލިއަޑަށް ބަލާލިއިރު ޔޫނުސް އަފްޒަލު ގޮވައިގެން ނުކުންތަން ފެނުނެވެ. ފަހަތުން މަންމަ އަޒާލްބެ އަތު ލަފި ކޮށްގެންހުރެ ގޮސް ކޮޓަރިއަށވަނެވެ. އަހަރެންނަށް ތެދުވާނެ ހިއްވަރެއް ނުލިބުމުން ސޯފާގައި ބޯއަޅާލީމެވެ.ވެފާއިހުރި ވަރާއިއެކީ އެސްފިޔަތަކަށް ނިދީގެ ބަރުކަން ފޯރަންމާގިނަ އިރެއް ނުނެގި އެއިންގޮތަށް ނިދީގެ ތެރެއަށް ގެބިގެން ހިގައްޖެއެވެ.

 

ރޭގެ ކަންތަގަނޑު ނިމި ހެދުނުވެގެން ދިއައިރު އަހަރެން އިނީ މުޅި ރޭ އެސިޓިން ރޫމްގައެެވެ، ފަތިހުގެ އަލިކަން ދުނިޔެއށް ފެތުރުނަސް އެކަމާ އެއްވެސް ފަރުވާލެއް ނެތްއިރު ބަނޑުހައިހޫނުކަމުން ހަށިގަނޑުގެ މަސައްކަތްތައްވެސް ހުއްޓާލެވިފައިވާ ކަހަލައެވެ. ” މާހީ، ” ކައިރިން އިވުނު އެންމެ އަހާލަންބޭނުންވާ އަޑުކަންފަތުގައި ޖެހުމުން އެނބުރި ބަލާލެވުނު އިރު ކައިރީހުރި ޒައިދު ފެނި ހިތަށް ކުޑަނަމަވެސް ދިރުމެއް ލިބުނެވެ. ” މާހީ ތިކަމުން ސަލާމަތް ވާން އަހަރެންގެ ބައްޕަގެ ބެލުމުގެ ދަށައް އާދޭ، ބައްޕައަށް މާހީ ވިއްކާލަން އަޒާލްއާއި ސާއިނާއުޅެނީ،އެމީހުން ބޭނުން ކޮންމެ އަގެއް ބައްޕަފަރާތުން ލިބޭނެ، މާހީ އެކަން ކުރޭ އެމީހުން ބުނާގޮތަށް ، އޭރުން އަހަރެމެންނާއި އެކު މާހީ އަށް ސަލާމަތުން ދެވޭނެ މަގު ފަހިވާނެ، އަހަރެން ޔަގީންކަން ދެން ބައްޕަގެ ފުށުން މާހީއަށް ބިރުވެރިކަމެއް ކުރިމަތި ނުވާނެކަމުގެ، ޔަގީންކަން ދެން މިއަނިޔާވެރި ގެއާ، ފަސްގަނޑާއި ވެސް ދުރަށް މާދުރަށް މާހީ ގެންދާނަށް، ޕްލީސް އަހަރެންގެ މިކަމުގަ މާހީ ހިތްވަރުކޮށްފަ ބައިވެރިވަން ތައްޔާރަށް ހުރޭ،އަހަރެން ބައްޕައަށް ހުރިހާ އެއްޗެއް ކިޔާދީފިން، ބައްޕަވެސް ކަންތައްތަކެއް އަހަރެންނަށް ކިޔާދިން، މިހާރު އަހަންނަށް ވަރަށް ރަގަޅަށް އެގިއްޖެ ހުރިހާ ކަންތައް ތަކެއް، ބައްޕަވެސް މިރޭ އަހަރެން ކުރިމަތީ އެތަށް ކަމެއް ހާމަކޮށްފި،ބައްޕައަށް ވެސް ވިސްނިއްޖެ ލިބެންނުވާ އެތަށް އަނީޔާ ތަކެއް އެ މީހުން މާހީއަށް ދޭކަން ، އަދި އަފްޒަލު އާއި އަޒާލް މިގެއަށް އައިތަން ވެސް ބައްފަ އަށް ފެނުނު، އެހެންވީމާ ބައްޕަޢަށް މާހީގެ ކުށެއްނެއކަަންވެސް އެގޭނެ،ް އަން މިބޭސް ކާންތެދުވޭ، މާހީގެ ގައިގަ އަޅާވޭން އަހަންނަށް އިހްސާސު ނުކުރެވުނަސް ފަރުވާއަށް ބޭނުންވެފަ ވާ ވަރު އިނގޭ، އެކަމަކު މިވަގުތު މީގެން ފުއްދާލާ، ސައިބޮއިގެން ބޭސް ކައިގެން އަރާމްކޮށްލަން އުޅޭ، އަދި މާހީ އާ އަހަރެން ވާހަކަދެއްކުން ވެސްވާނީ މާހީއަށް ލިބޭ ބޮޑުވޭނަކަށް ދޯ، ” ޒައިދުގެ ކޮންމެ ބަހަކާއި އެކުހެން އަހަރެންގެ ހިތުގެ ރިހުމަށް ލުއެއް ލިބެމުން ދިއައިރު،ހެއްދެވިފަރާތަށް ސުކުރުވެރިވީ ޒައިދުއަހަންނަށް ނުގެއްލި އަހަރެންނާއި އެކުގައި ވުމުންނެވެ.މަޑުމަޑުން ބޯޖަހާލަމުން އަހަރެން ޒައިދުގެ އަތުގައި ހިފާގެން ތެދުވިއިރު ފުރަތަމަ ޒައިދު ކައިރިން އެދެވުނީ ކޮޓރިއަށް ގެންގޮސްދިނުމަށެވެ. ޒައިދު އަހަރެން ކޮޓަރިއަށް ލާފައި ތަޅުލަމުން ނުކުމީ މިއަންނަނީ އޭ ް ބުނަމުންނެވެ. ޒައިދު ދިއުމުން އަހަރެންނަށް އުފަލުން ރޮވުނެވެ. އެފަދަ އޯގާތެރިއެއް އަހަރެންގެ ކައިރީގައި ހުރިީތީ، އެވެ. ޒައިދު ބުނިފަދައިން ޒައިދުގެ ބައްޕަގެ އެހީތެރިކަން ލިބިއްޖެއްޔާ އަހަންނަށް މި ގައިދުހާނާއިން ސަލާމަތް ވެވޭނެއޭ ހިތަށް އެރުމުން އެކަން ކުރުމަށް އަޒުމެއް ކަނޑައެޅީ ހިތުގެ އަޑީގައެވެ. ގައިގެ ވަށާލާފައޮތް ފޮތިގަނޑު ނަގާ ހެދުން ބަދަލުކޮށްލަން ފާހާނައަށް ވަނީ ހަށިގަނޑަށް ތާޒާ ކަމެއް ލިބޭތޯ ފެންވަރާލުމަށެވެ. ފަހާނައިން ނުކުމެ ތަޅުހުޅުވާލަމުން ގޮސް އެދުގައި ޖައްސާލެވުނު އިރު، ކާއެތިކޮޅެއް ނުލިބި ހާނތިވެގެން ގޮސް ގައިން ވަރުދޫވާން ފަށައިފިއެވެ.އެދުގައި އޯށޮވެލައި ހަށިގަނޑު ދަމާލެވުމުން އަޅަމުންދާ ވޭނުގެ ގަދަކަން އިހްސާސްވެ، ކޮކުގެ ކޮޅޫން ކަރުނަ ފާއްދާލައިފިއެވެ. ލޯމަރާލަމުން ފުންނޭވާ ތަކެއް ދުކޮށްލަމުން އަނެއްކާވެސް ބަލާލެވުނީ، ޒައިދު ދީފައި ހުރި ބޭސް ކާޑާއި ދިމާއަށެވެ. އެއާ ދިމާއަށް އަތް ހަރަކާތް ކުރަންފެށުމުން މަޑުމަޑު ޫން ތެދުވެލީ ހަގީގަތުގަވެސް އެއަށް އަހަރެންގެ ހަށިގަނޑު ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. ދޮރުހުޅުވާލިއަޑަށް އެނބުރި ބަލާލިއިރު، އެތެރެއަށް ދެމިގެން ޒައިދުފެނި ހައިރާންވީ އަހަންނަށް ޓަކައި އުމުރުގަ ފުރަތަމަ ފަހަރަށް މީހަކު ކާއެއްޗެއް ގެނެސްދިނީތީ އެވެ. ޒައިދު ގެނާއި ކިރުތައްޓާއި ދޮންކެޔޯވައްތަށް އަހަންނާ ދިމާއަށް ދިއްކޮށްލިއިރު އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ޒައިދުގެ މޫނަށެވެ. އޭރު ލޯފުރެމުން ދިއައީ އެތަށް ހާސް އަސަރުތަކެއް އެކުލެވޭ ކަރުނައިންނެވެ. ” ސައިބޮގެން ބޭސްކައިގެން އަރާމު ކޮށްލާއިނގެ، އަހަރެންމި ދަނީ، މީހަކު ހޭލުމުގެ ކުރިން މިތަނުން ނުދެވިއްޖެއްޔާ ވާނެ ގޮތް މާހީ އަށް އެގެއެއްނު ދޯ، އަހަރެން ފަހުން މާހީ ބައްދަލު ކުރާނަށް، އަދި ހަނދާން ނެތުނީ، އަން މިއޮތީ ކޮޓަރި ކަބަޑު ދަށުން ފެނުނު ފޮތެއްގެ އެއްބައި، ހީވާގޮތުން މިއިރާލި މީޙަކަށް ނޭގުނީ ކަންނޭގެ، މިއޮތްހާ ދުވަހުން މި އޮތްތަނެއް، ހީވޭ މާހީ އަށް ކޮންމެވެސް ވަރަކަށް ބޭނުންތެރި އެއްޗަކަށް ވާނެހެން،” ޒައިދު ދާންނެގި ފިޔަވަޅޫ އަނބުރާލައި ޖީބުން ނެގި ގަނޑުތަކެއް ދިއަކޮށްލުމުން ހައިރާންވެފައި އެއަށް ބަލާލެވުނެވެ، ހީވާގޮތުން ވަރަށް ގިނަ އަހަރުތަކެއްވެ ރަތްވެފައިވާ އެ ގަނޑުތަކުގައި ކިޔޭގޮތަށް ހުރި ތަންތަނަށް ވުރެ ގިނައީ ކުލަމަޑުވެގެން ގޮސް ފުހެވިފައިވާ ހުސްޖާގަތަކެވެ.

” އަހަރެންގެ ދިރިއުޅުން މިހާ އަނިޔާވެރި ވާނެ އެކޭ ހިއެއް ނުކުރަން، މަންމަ އާއި އެކު އުޅުނު ލޯބިވެތި އުފާވެރި ދުވަސްތައް ނިމުން މިގެނައީ ކޮންފަދަ އިންގިލާބަކާ އެކު…………………………………………………….މަންމާ ތިހާ އަނިޔާވެރި ނުވޭ، އަހަންނަކީ މަންމަ ބަނޑުންވިހޭ ދަރިއޭ، އެކަން ހަނދާން ނައްތާލާ އަހަރެން ގެ ހަށިގަނޑު އެއްވެސް އަގެއް ނެތި އެއިންސާނާ ބެނުންހާ ގޮތެއް ހަދަން ތިދިނީ ، މީ މަންމަގެ އަމިއްލަ އެއްޗެއް ކަމަށް ހީކޮށްތަ، މިކަމުގެ ސަޒާ އަދި ލިބޭނެ،……………………….

ދޮންބައްޕަ ވަރަށް އަނިޔާ ކުރޭ، ވަރަށް ގިނައިން ތަޅާ އަހަރެންގެ ހަށިގަނޑު ހީވަނީ ކުދި ކޮށްފާނެހެން، އަހަރެން ނާފިޒް ދެކެ ލޯބި ވާކަން އެގި އަހަރެމެންގެ ގުޅުން އެގުމުން އެ އަނިޔާތަށް އިތުރުވީ………………………………އުމުރުން ސަތާރަ އަހަރު ކިރިޔާ އަދި މިވީ މިއަދު އަހަރެންގެ ބަނޑުގައި އުފެދިފައި މިވަނީ އެ ނުލަފާ އިންސާނާގެ ދަރިއެއް، އެހެނަސް ، ދަރިފުޅާ، މަންމަ ވަރަށް ލޯބިވޭ، ފުރަތަމަ ތި އިހްސާސްވީ ދުވަހުން ފެށިގެން އާދިރުމެއް މަންމަ އަށް ލިބިއްޖެ، އެކަމަކު މަންމަ ގެ އަދިރި ހަޔާތުގެ ހިޔަނި ދަރިފުޅުގެ ހަޔާތަށް އެޅުނިއްޔާ މަންމަ މޮޔަވެދާނެ، ހިތްހުއްޓިމަރުވެދާނެ، މަންމަ ކިހިނެތް ހަދާނީ، ……………………….ދަރިފުޅާ މަންމަ އަށް މިއަދު އިހުސާސު ވަމުން މިދަނީ ދަރިފުޅު އަންނަށް އުލޭކަމުގެ ވޭން، މަންމަގެ މާހީ، ދެކޭހިތުން މަންމަގެ ލޯ ބޭގަރާރު ވަމުން މިދަނީ، އެކަމަކު ދަރިފުޅާ މަންމަގެ ހަށިގަނޑުގައި އަޅަމުން މިދާވޭން މަންމަ ކައި ހުސްކޮށްފާނެ، މަންމަ އަށް ދަރިފުޅު ފެންނާނެ އުއްމީދެއްް ވެސް ނެތް، ދަރިފުޅާ ދުނިޔޭގަ ރަގަޅުގޮތުގައި އުޅޭތި ދެދުނިޔޭގަވެސް މަންމަ ވާނީ ދަރި ފުޅާއެކު، އެންމެ ކައިރީގަ، ……މަންމާ، ކޮއްކޯ އަހަރެންގެ މިއަމާނާތަށް ހިޔާނަތް ނުވެ ރަގަޅަށް ބަލާތި، މީ އަހަރެންގެ ދެލޯނޭދި އެދޭ ފުރާނަ، މިއަމާނާތަށް ހިޔާނަތް ނުވާތި ކޮއްކޯ މަންމަ ނެތް ދުވަހަކުން ވެސް ދައްތަގެ މި ލޮލުގެ ކޮއި، ދައްތަ ގެ ލޯބި ދަރުފުޅު މާހީ ރަގަޅަށް ބަލާތި، މާހީ ކައިރީ ބުނަންޗޭ މަންމަ ވަރަށް ލޯބިވޭ، …………………..” “މަންމާ،… އަހަރެންގެ މަންމާ” އުދަގުލާއުކުވެސް ކިޔެން ހުރި ތަންތަން ކިޔާނިމުނު އިރު، އަހަރެންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ލޯބޮޑުކޮށް ހައިރާން ކަމާއެކު އެގަނޑުތައް އެތަށް ފަހަރުތަކެއް މަތިނކިޔާލެވުނު އިރު ސިކުނޑިގެ މަސައްކަތްވެސަ ހުއްޓާލަފައިވާ ކަހަލައެވެ.ް” އަހަރެންގެ މަންމަ އަކީ ސާއިނާއެއް ނޫން .. އެ މުޑުދާރު އަންހެނާއެއްނޫން ނޫން ނޫން……..” ސިކުނޑިމަސައްކަތް ކުރަންފެށުމާއި އެކު ފުރަތަމަވެސް ރޮއިގަތީ ހިތަށް އައި އެބަސްތައް ބޭރުކުރަމުން ނެވެ. އެ ގަނޑުތައް ނަގާ މޫނުގައި ޖައްސާލެވުނުއިރު، އަހަރެންގެ މަންމަ އަހަރެން ދެކެވީ ލޯބި އިހްސާސްވި ކހަލައެވެ، ބޭ އިހްތިޔާރުގައި ހިނިތުން ވެވުނުއިރު،ސިކުނޑިން އެތަށް ސަކުވާއެއް ލުުއިވެގެން ދިއައެވެ. އެހެނަސް އެ އުނިވި ލޯބިން ލިބުނު ޒަހަމުތައް ތާޒާވެ ކެކިގަތެވެ، އާއެކެވެ، އަހަރެން އެ ނުލަފާ އަންހެނާގެ ކިބައިން ބަދަލް ހިފާނަމެވެ…. ލޯފުހެލަމުން އެ ގަނޑުތައް އަހަރެން އޮތް އެދުގެ ގޮދަޑި ދަށަށް ކޮއްޕާލެވުމާއި އެކު ހިތް ދެމިލި ތަނާ ދޮރު ހުޅުވިގެން ދިއަތަން ފެނި، ބަލާލިއިރު،އަޒާލްބެގެ ރަތްވެފަވާ ދެލޮލާއި، ހާވާލެވިފައިވާ ބޯފެނި ބިރުން ހިތްތެޅިގަތެވެ…………………….ނުނިމޭ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ފަނާ 13

Next

ސާޔާ (12 ވަނަ ބައި)

Next
May 19, 2015

ސާޔާ (12 ވަނަ ބައި)

Previews
May 17, 2015

ފަނާ 13

26 Comments!

  1. ummi says:
    May 18, 2015 at 11:13 pm

    Yeyyy vaahaka up v dhww..

  2. butterfly says:
    May 18, 2015 at 11:38 pm

    V nice mi part waiting for the next part

  3. RINX says:
    May 19, 2015 at 8:21 am

    VVVV NICE…KEEP IT UP

  4. nihaa says:
    May 19, 2015 at 10:15 am

    Vvv reeethi… Waiting 4 the next part….

  5. Chime says:
    May 19, 2015 at 11:29 am

    Wow!!! V reethi mi part ves….Can’t wait 4 the nxt part

  6. me says:
    May 19, 2015 at 11:34 am

    maahy ah kaamiyaabu liben ulhey kamuge kolhumathi fennan fashaifi kanneynge… mifaharu azaal ge masakkai kaamiyabu viya nudheythi.. maahy preg viyya nengene kaakuge dharieh kameh ves…. mulhi naslu olhidhaane… ehen v ma mifaharu maahy ge kolhu gadhakuraathi engey plz….

  7. Faruu says:
    May 19, 2015 at 11:34 am

    Warah Reethii waahaka Eh.. waiting for the next part…. keep it up Iram..

  8. me says:
    May 19, 2015 at 11:37 am

    vaahaka varah reethi…varah rangalhu mihaaru peregraph gothah ehkoh genesdhinumuge badahluga thankolheh kiyan faseyha vaane gothakah genesdhiniyya…. dhn adhi thankolheh dhigukoh

  9. Amm says:
    May 19, 2015 at 11:44 am

    Mi vaahaka v reethi….. Keep it up
    Waiting for next part….

  10. Eakko says:
    May 19, 2015 at 11:50 am

    aneh part kown irakun

  11. Shona Nash says:
    May 19, 2015 at 12:18 pm

    awww. up v dhw, mihaathanah kiyunu enme reethi asarugadha story mee. thanks for this lovely story. writer Sul Iram u are best. keep it up 🙂 :-*

    1. Sul Iram Ismail says:
      May 19, 2015 at 12:23 pm

      thankyou dear 🙂

  12. M says:
    May 19, 2015 at 2:52 pm

    !!!!!AMAZING

  13. flower says:
    May 19, 2015 at 4:12 pm

    v salhi mi part vess..waiting for de next part..

  14. saby says:
    May 19, 2015 at 4:39 pm

    v v v salhi .. waiting for the next part 🙁

  15. shammmm says:
    May 19, 2015 at 4:53 pm

    my god mifaharu kihineh hadhaany anehkaa maahy ah…mihaaru nuhunnane dhw maa vareh…waiting fr the nxt prt….

  16. sam says:
    May 19, 2015 at 6:37 pm

    Haadha kurey…… ekamuvx v reethi…. keep it up

  17. mal says:
    May 19, 2015 at 8:13 pm

    Wow awesome… Waiting for the next part… Thankolheh avahah update kohdhinun edhen

  18. jenny says:
    May 22, 2015 at 11:10 am

    Story ninmaalan dhw thi ulheny iram..cant wait please up kohba nxt part… 🙂

  19. aishh says:
    May 22, 2015 at 11:38 am

    Haadha laheyyy up vaaleh, avas khlabala.. mihaar leh vany eh nun

  20. nihaa says:
    May 22, 2015 at 4:31 pm

    Haadhalahey avah up kohbala….

  21. xy says:
    May 22, 2015 at 11:13 pm

    Amazing waiting 4 next part

  22. marsha says:
    May 23, 2015 at 1:37 pm

    very nice, heart touching story… keep it up! waiting for next ep….

  23. izkoo says:
    May 24, 2015 at 10:14 am

    Very nice keep it up waiting 4 next part

  24. mbf says:
    May 25, 2015 at 2:53 am

    Salhi

  25. zeeth says:
    May 25, 2015 at 8:45 am

    Haadhalahey avah up kohbala

Comments are closed.


All Right Reserved!