‘ޑްރީމް ބޯއީ’ ސިކުނޑީގައި ކުރަހަމުންދިޔަ ޖަޒްލާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އޭނާގެ އަންނާރު އޮށްތަކެއްފަދަ ކުދި ހުދު ދަތްތަސް ފަޅުވެގެން ދިޔައެވެ. ހަމަހިމޭންކަން ފޫއަޅުވާލީ ސައިކަލެއްގެ އަޑެކެވެ. ޖަޒްލާ މަގުގެ އެއްކޮޅަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިތް އޮބި ނޯންވަރަށް ތެޅިގަނެއްޖެއެވެ. އެ ބޮޑު ދެލޯ ކުރިއަށް ވުރެ ބޮޑުވެއްޖެއެވެ. އަނގަ ކުޑަކޮށް ހުޅުވިއްޖެއެވެ. ގައިން ހީބިހި ނަގައިގަނެއްޖެއެވެ.
ދުރުން ސައިކަލުގައި އެއަންނަ ފިރިހެނާ ފެނިފައި ޖަޒްލާއަށް ގޮތްތަކެއް ވެއްޖެއެވެ. އެއީ އޭނަގެ ހުވަފެނުގެ ‘ޕްރިންސް’ އެވެ. މަޑުފެހި ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. ބެގީ ޖަހާފައިވައިރު ހިމަ ޓައީއެއް އަޅަފައި އޮތެވެ. ވައި އަޅާފައިވުމުން ގަމިސްވަނީ އޭނާގެ ކަސްރަތީ ހަށިގަނޑުގައި ތައްލަފައެވެ. ފަން އިސްތަށިކޮޅު ވަޔާ އެއްކޮށް ހޫރެމުންދިޔައެވެ. ކަޅުކަންގަދަ ދެބުމަ ގޮށްޖަހާލާފައިވާއިރު އެ ދޮން މޫނުމަތިން ސީރިއަސްކަން ފާޅުވެއެވެ. ތުނބުޅިވެސް ކޮންމެވެސް ވަރަކަށް ފާޅުވެފައި ހުއްޓެވެ. އިސްކޮޅުގައި ހަފޫޓު ހުންނަނެއެވެ. ފިރިހެން ވަންތަކަމުގެ އެއްވަނައެވެ.
ޖަޒްލާކުރިމަތިން ވައިސޫރިއެއްހެން އޭނާ ދިޔައިރު ޖަޒްލާއަށް ހުރެވުނީ އެސްފިޔަވެސް ޖަހައިނުލާ ބަލަހައްޓައިގެންނެވެ. އެއީ ކާކުބާއެވެ؟
ގޮތް ނޭނގޭ އިހުސާސްތަކަކެއް ޖަޒްލާއަށް ކުރެވެމުންދިޔައެވެ. އެ ފިރިހެނާ ސައިކަލުގައި ގޮސް އޮބާލަންދެން ޖަޒްލާ ބަލަހައްޓައިގެން ހުއްޓެވެ. ލޯ ކުރިމަތިން އޭނަ ގެއްލުމާއެކު ޖަޒްލާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަދި އަވަސް އަވަހަށް އޭފޯ ސައިޒް ޕޭޕަރ އެއް ނަގައި ދެންމެ ފެނުނު މީހާގެ ތަސްވީރު ކުރަހަން ފެށިއެވެ . ކުރެހުމުގެ މޮޅު ހުނަރު އޭނާއަށް ލިބިފައިވުމުން، ކުރިން ފެނުނު މަންޒަރެއް ކުރަހާލުމަކީ އޭނާއަށް އުނދަގޫކަމެއް ނޫނެވެ. އެތަށް ގޮތަކަށް ޖަޒްލާ އެ މަންޒަރު ކުރަހަމުންދިޔައެވެ.
ޖަޒްލާއަށް އެންމެ ހިތްހަމަ ޖެހޭގޮތަށް ކުރެހުނު ފޮޓޯ ހިފައިގެން އޭނާ އެރީ އެނދަށެވެ. އަދި އެ ފޮޓޯގައި ފިރުމަ ފިރުމާފައި ބޮސްދޭން ފެށިއެވެ.
***
ޔައީޝް އޮފީހަށް ވަދެގެންދިޔައިރު އެންމެންގެ ލޯތަށް ހުއްޓިފައިހުރީ އޭނާއަށެވެ. އެހެން ނުވަންވީވެސް ކީއްވެހެއްޔެވެ؟ އޮފީހަށް އަލަށްގުޅުނު މި ރީތި ފިރިހެނާއާ އެކުވެރިވެ ވާހަކަދައްކަލާހިތުން އަންހެންކުދިންތަށް ތެޅިފޮޅެނީއެވެ. ނަމަވެސް ޔައީޝްއަކަށް އެއްވެސް ޝައުގުވެރި އަންހެންކުއްޖަކު އޮފީސްތެރެއަކުން ނުފެނުނެވެ.
ޔައީޝް މަސައްކަތްކުރަން ހަމަޖެހުނު ކެބިންގައި އިތުރު މީހަކުވެސް އުޅެއެވެ. އެއީ ފަޒީލްއެވެ. އުމުރުން ޔައީޝްއަށްވުރެ ހަގު ނަމަވެސް އެ އޮފީހުގައި އޭނާ އުޅޭތަ ދެތިން އަހަރު ވެދާނެއެވެ.
“ވެލްކަމް!” ހިނިތުންވުމަކާއެކު ފަޒީލް ޔައީޝަށް މަރުހަބާ ކިޔެވެ.
ފަޒީލްގެ ހުންނަ ސަކަ ކަމާއި ސަމާސާގޮތުން ވަރަށް އަވަހަށް ދެމީހުން އެކުވެރިވެ ވާހަކަތަށް ހިއްސާކުރެވެން ފެށުނެވެ. ޔައީޝް ފަޒީލަށް އިތުބާރުވެސް ކުރަންފެށިއެވެ.
“ފަޒޭ އަދިވެސް މީހަކާ ނިއިންނަންތަ؟” ޔައީޝް މަސައްކަތް ނިންމާލުމަށްފަހު ހަމަޖެހިލަމުން ފަޒީލްގާތު އަހާލިއެވެ.
“ޔާހް! އެ ފަދަ ބިރުވެރިކަމެއް އަދި ނެތް!” ހިނިގަނޑެއް ޖަހަލަމުން ފަޒީލް ބުންޏެވެ. “ޔައީޝްގެ ވަތުކިބައެއް ހުރޭތަ؟”
“ނޫނޭ! އަދި ހިތްކިޔާކަހަލަ ކުއްޖަކު ނުފެނިގެން މިއުޅެނީ! އުމުރުވެސް މިހިރަގެން މައްޗަށްދަނީ ވިއްޔަ! އަދިވެސް އަހަރެންގެ ޝަރުތުތަށް ހަމަވަފަދަ ކުއްޖަކާދިމާނުވޭ!”
“ހާދަ ވަރުގަދަ ޝަރުތު ތަކެކޭދޯ!” ފަޒީލް ގޮނޑީގާ ލެނގިލަމުން ހަށަންބަނދެލިއެވެ. “އަޅެ ކިޔައިދީބަލަ! ކޮބާ ފަސްޓް ރޫލްއަކީ؟”
“ވަރަށް މުރާލި ވާންޖެހޭނެ! ބަލާލަން ހަޑިވެގެން ނުވާނެ! ޝަކުވާ ކުރާކަހަލަ ކުއްޖަކަށް ވެގެން ނުވާނެ! ގޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަންނަންވާނެ! ގަޑިންގަޑިއަށް އަހަންނަށް ހިދުމަތްކުރެވެން ޖެހޭނެ!….”
“ތިޔަވީ! ޔައީޝް ހޯދަން ޖެހޭނީ އޭންޖަލް އެއް!” ފަޒީލް ޔައީޝްގެ ވާހަކަ މެދުކަނޑާލިއެވެ. “މިފަދަ ޒަމާނުގައި ތިބުނާ ކަހަލަ އަންހެންކުދިންނެއް ނޫޅޭނެ! ބަލާލަން ރީތި ކުދިން މުޅި ސަރަހައްދުގައި އެބަތިބި! އެކަމު އޭގެން ކުއްޖަކަށް ނޭނގޭނެ އިލޮށިފައްޗަކީ ކޮބައިކަމެއް މަށަނަކީ ކޮބައިކަމެއް!!”
“ތިޔޭ މި ދިމާވެގެން އުޅޭ މައްސަލައަކީ! އަހަރެންގެ ހިތުގެ ރާނީ މި ފަދަ ޒަމާނެއްގައި ފެނުމަކީ ވަރަށް ދަތިކަމެއް”
***
މެންދުރުގެ ވަގުތެވެ. އައިނާ ދަބަސް ހިފައިގެން ގެއަށް ވަން އިރު އޭނާގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ. ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަހަލައެވެ. އޭނާ ވަދެގެން އައިސް ދަބަސްވެސް ސިޓިން ރޫމަށް ހޫރާލިއެވެ.
ސޯފަގައި އިން ޖަޒްލާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ޔަގީނެވެ. ކުލާހުގައި ތަޅާފޮޅުންގަނޑެއް ހިންގާލީއެވެ.
“އައިއްކޯ!! ކޮންކަމާ ކަޓާފަ!!” ޖަޒްލާ އައިނާ ގެނެސް ކައިރީގައި ބޭނދިއެވެ.
“ހުހް!! ވަރަށް ފޫހިވޭ! އެނގޭތަ އެއްކަލަ ކުނި ތޫބާ ގަނޑު އެ ހޭނޑްސަމް ބޯއީ ފަހަތު އަޅުވާ ލައިފި! މިއަދުވެސް ކުލާހުން ނުކުމެގެން ދިޔައީ އަތު ގުޅުވާލައިގެން!” އައިނާ ތުންދަމާލިއެވެ. “މަ ހާދަ ނެއްޓިއޭ!!”
“މީ ދޯ މިވެގެން އުޅޭ ގޮތަކީ!؟ ސާބަސް! ތީ އަދި އަލަށް އައި ކުއްޖެއްނު! ތިހާ ވަރުވާކަށް ނުވާނެ!” ޖަޒްލާ އައިނީގެ އިސްތަށިގަނޑު ނިއުޅަންފެށިއެވެ. “އެނގޭތަ! ދޮންތައަށް މިއަދު ދޮންތަގެ ޑްރީމް ބޯއީ ފެނިއްޖެ! ވަރަށް ވަރަށް ވަރަށް ސްމާޓް! އާދޭ ދައްކާލާނަން!” ޖަޒްލާ ގޮސް އޭނާ ކުރެހި ފޮޓޯތަށް އައިނީއަށް ދެއްކިއެވެ.
“ވާވް!!! އޯސަމް!” އައިނީ އަނގަ ހުޅުވިގެންދިޔައެވެ. އޭނަގެ މޫނުމަތިން އުފަވެރިކަން ފެންނަން ފެށިއެވެ.
***
ޔައީޝް ސައިކަލުގައި އައިސް ގޭދޮށަށް މަޑުކޮށްލިއެވެ. ގޭތެރެއަށް ވަދެގެންދިޔައިރު އިހުސާސްކުރެވުނީ ފަޅުކަމެވެ. ގޭތެރޭގެ ދިރުންނެތްކަމެވެ. ކޮންމެވެސް ބައެއް މަދުވާހެއް ހީވެއެވެ.
“އަހަނ! ދަރިފުޅު އައީ ދޯ! އާދޭ ސައިބޯން!” ސީމާ ކާގެއިން ބޯދިއްކޮށްލުމަށްފަހު އަނެއްކާވެސް ވަދެއްޖެއެވެ.
ޔައީޝް ވިސްނާލިއެވެ. މަންމަ އެކަނިމާއެކަނި ޔައީޝްއަށް ހިދުމަތްކޮށްދޭތާ އެތަށް އަހަރެއްވަނީއެވެ. ނަސީބު ދެރަކަމުން ސީމާއަށް ލިބިފައިވަނި އެންމެ ދަރިއެކެވެ. އެއީ އޭނަގެ ދެލޯ ފަދައިން ލޯބިވާ ޔައީޝްއެވެ.
“ކޮބާ އޮފީހުގެ ފުރަތަމަ ދުވަސް ކިހިނެއްވަނީ؟!” ޔައީޝް އައިސް ކާމޭޒުކައިރީ އިށީނުމާއެކު ސީމާވެސް ގޮނޑިއެއްގައި ޖައްސާލިއެވެ. “ރީތި އަންހެން ކުއްޖަކު ނުފެނޭތަ؟”
“މަންމަވެސް ދޯ! އެހެން ނޫނަސް އަހަރެން ނުބަލަން އޮފީސް ތެރެއަކުން އަންހެން ކުއްޖަކު ފެނޭތޯއެއް ! އޮފީހުގައި އުޅޭ ކުއްޖަކު ގެނެސްފިއްޔާ މަންމައަށް ހިދުމަތްކޮށްދޭން ގެއަކު ނުހުރެވޭނެ! އެހެންވެގެން ގެވެހި ރަނގަޅު ކުއްޖަކު ފެންނަންދެން މި މަޑު ކުރަނީ!”
“މަންމައާމެދު ވިސްނާ ހަރުދަނާ ދަރިއެއް ދެއްވީތީ ﷲ އަށް ޝުކުރުހުރި!” ސީމާގެ ދެލޮލުން ވިދާލީ ކަރުނައެވެ.
“މަންމަ އަންހެން ކުއްޖަކު ހޯދައިދޭންވީނު!” ޔައީޝް ލާނެއް ހިނިތުންވުމަކާއެ ބުނެލިއެވެ.
“މަންމަމެން ދަރިންގެ ޒަވާޖީ ހަޔާތާކުޅޭ ހިތެއް ނުވޭ! އެކުއްޖަކު އިންނާނެ ކުދިން ހޯދާނީ އެކުއްޖަކު! އޭރުންދޯ އުފަލުގައި އުޅެވޭނީ!”
***
“ޔައީޝް! ވާވް!!” ޖަޒްލާ އެ ފިރިހެންކުއްޖާގެ ނަންވެސް ހޯދައިފިއެވެ. “ޔައީޝް ޔައީޝް ޔައީޝް!” ޖަޒްލާ އެހެން ކިޔަކިޔާފައި މުޅި ކޮޓަރިތެރޭ ދުވަން ފެށިއެވެ.
“ދޮންތީ މަންމަބުނީ ސައިބޯން އަންނާށޯ!” ކޮޓަރިހުޅުވާލުމަށްފަހު އައިނާ ބުނެލިއެވެ. ހަމައެއާއެކު ޖަޒްލާ ދުވެފައިގޮސް އައިނާގެ އަތުގައި ހިފާ ދަމަފައިގެނެސް އެނދުގައި ބޭނދިއެވެ.
“އެނގޭތަ ދޮނތިގެ އެއްކަލަ ހޭނޑްސަމް ބޯއީގެ ނޭމް!!!” ޖަޒްލާ އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. “ޔައީޝް!”
“ހައު ކިޔުޓް!!” އައިނާވެސް ޖަޒްލާ ފަދައިން ތުއިވެގަތެވެ. މިހާރަކަށްއައިސް އައިނާވެސް ޖަޒްލާގެ އުޅުން ދަސްކުރަން ފަށައިފިއެވެ. ޖަޒްލާ ކުރަހާގޮތަށް ފިރިހެންކުދިންގެ ފޮޓޯވެސް ކުރަހަންފަށައިފިއެވެ.
އައިނާއާއި ޖަޒްލާއާ ދެކުދިން ޔައީޝްގެ ވާހަކަ ދައްކަމުން އައިސް ކާގެއަށް ވަނެވެ. އެއިރު އާސިފާ ހުރީ ތަށި ދޮންނާށެވެ. އެ ދެކުދިން ދައްކަމުންދިޔަ ވާހަކަތައްވެސް އާސިފާއަށް ކުޑަކޮށް ރޭކާލިއެވެ.
“ކިތަންމެ ރީތި ހަރުދަނާމީހަކުވެސް ޖަޒްލާއަކާ ނިއިންނާނެކަން ހަމަ ޔަގީން! އެހެންޏަ! ޖަޒްލާއަށް ނޭނގެއޭ ރޮއްޓެއްފިހެލަންވެސް!” އާސިފާ ޝަކުވާ ކުރަންފެށިއެވެ.
“މޯމް! ކޫލް! އަދި ދަސްކުރާނަމޭ! އެކަމަކު މި އޭޖުގަ ބަދިގެއަށް ވަންނަންވެއްޖެއްޔާ ނެތެންނު ސަލާމަތެއް!” ޖަޒްލާ ގޮސް ފްރިޖް ހުޅުވާލިއެވެ. އަދި ސްޓްރޯބެރީ ތައްޓެއް ނަގައިގެން އައިސް ގޮނޑީގައި ޖައްސާލިއެވެ. އަދި ދެފައި ނަގާ މޭޒުމައްޗަށް ވައްޓާލިއެވެ. އޭނާ ލާފައިވާ ކުރު ޖިންސް ސޯޓުބުރީގެ ސަބަބުން އޭނާގެ ދޮން ފައިގެ ބޮޑުބައެއް އޮތީ ހަމައަށް ފެންނާށެވެ. ގޮނޑީގައި އިށީންގޮތުން އޭނާ ލައިގެންހުރި ޓީޝާޓް ކުޑަކޮށްހިއްލި އެ ދޮން ބަނޑު ހާމަވިއެވެ. މިފަދަ ކުދި ކަންތަކާ ޖަޒްލާ އެހާބޮޑަކަށް އަޅައެއް ނުލައެވެ.
“މީހަކާ އިނދެގެން އެ ގެއަށްގޮސް މަސައްކަތެއް ކުރަން ނޭނގުނީމަ ނިކަން ރީތި ވާނެ! މައިދައިތަ ހުންނާނީ ރުޅި އައިސް ރަތްވެފަ!” އާސިފާވެސް ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
ޔައީޝްގެ މައުލޫމާތުތަށް ހޯދުމުގައި ޖަޒްލާ މުޅި ދުވަސް ހޭދަކުރެއެވެ. އެގޮތުން ޔައީޝް ހުރީ ހުސްހަށިބަޔަށްކަން އެނގުމުން ވަކިން އުފާވެ މުޅި ގޭގައި ދުވެހެދިއެވެ. ނަމަވެސް އެއްވެސް މީހަކު ގާތު މި ވާހަކަ ދައްކަން ޖަޒްލާ ފަސްޖެހެއެވެ. މި ވާހަކަ ހިއްސާކުރާ ހަމައެކަނި ކުއްޖަކީ އައިނާ އެކަންޏެވެ.
ޔައީޝް ގާތު އޭނާ ލޯބި ވާވަރު ބުނަން ކިތަންމެ ބޭނުންވިއަސް އެކަމެއް ދުވަހަކުވެސް ނުވިއެވެ. ހަމަ ފަސްޖެހެވެނީއެވެ. ބިރުގަންނަނީއެވެ. އޭނާއަށް ހީވެއެވެ. މުޅި ހިސާބު ގަނޑު މީހުން އޭނާއަށް މަލާމާތްކުރާނެއެވެ. އެއްވެސް މަސައްކަތެއް ކުރަންނޭނގޭއިރުވެސް ފިރިހެނުންފަހަތުން ދުވަނީއޭ ކިޔާނެއެވެ.
ޖަޒްލާއަށް ޔައީޝް ފެނުމުން ހިތް ތެޅިގަނެ ހަމައިން ނައްޓާލައެވެ. ފުންކޮށް ނޭވާ ލެވި މީހާ ދާހިއްލާ ފޯވެއެވެ. މިފަދަ ކަންކަތައްތައް ވާތީ ޖަޒްލާ ވަކިން ޔައީޝްއާ ކުރިމަތިލާން ބިރުގަނެއެވެ.
ޖަޒްލާގެ މުޅި ކޮޓަރީގައި މިހާރުވަނީ ޔައީޝްގެ ފޮޓޯތަކެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ އެ ރީތި ހަތަރެސްކަން މޫނެވެ. އެ ކަޅުކަންގަދަ ރީތި ބުމައެވެ. މި ފަދަ ފޮޓޯތަށް ފެނުމުން ޖަޒްލާއަށް އުފާވެރިކަން އިހުސާސްވެއެވެ. އޭނާގެ ހުރިހާ އިހުސާސްތަކެއް ބަންދުކޮށްގެން ގެންގުޅެނީ މި ކޮޓަރިތެރޭގައެވެ. އެހެން މީހަކަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. މިހާރު އާސިފާއަށްވެސް އެ ކޮޓަރިއަށް ވަނުން އޮންނަނީ މަނާ ކޮށްފައެވެ.
ޖަޒްލާ ވިސްނަމުން ދިޔައީ ޔައީޝްއާއި ކައިރިވާނެ ގޮތަކާމެދުގައެވެ. އޭނާގެ ސިކުނޑިއަށް އައީ ޔައީޝް މަސައްކަތްކުރާ އޮފީހަށް ވަނުމެވެ. ނަމަވެސް މިއީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ފުރަތަމަ ބަލަންވީ ޔައީޝް މަސައްކަތްކުރަނީ ކޮންއޮފީހެއްގައި ތޯއެވެ. ދެން އެދާއިރައިން ކިޔަވަންވެސް އެބަޖެހެއެވެ. ވީމާ މިކަމަށް ދެތިން އަހަރުދުވަސް ނަގާނެއެވެ.
އެތަށްގޮތަކަށް ވިސްނުމަށްފަހު ޖަޒްލާ ނިންމީ ބިސްނަސް އެޑްމިނިސްޓްރޭޝަން ކިޔަވަން ބޭރަށް ދާށެވެ. އޭނާ އޭލެވެލް ހަދާފައިވުމުން އެފަދަ ކޯހެއް ލިބުމަކީ ފަސޭހަކަމެކެވެ.
ލަންޑަންގެ ޔުނިވާސިޓީއަކަށް ސިޓީލުމާއެކު އޭނާއަށް ފުރުސަތު ލިބުނެވެ. ކިޔެވުންފެށޭނީ ދެތިންމަހެއް ފަހުންނެވެ. އެހެންކަމުން ޖަޒްލާ ނިންމީ މި ދެތިން މަސް ޔައީޝްގެ ހަނދާނުގައި ހޭދަކޮށްލާށެވެ. އެތަށް ކުރެހުންތަކަކުން މުއްސަނދި ކުރެވިފައިވާ ޑައިރީއެއް ޖަޒްލާ ތައްޔާރުކުރިއެވެ. ހުސް ޔައީޝްގެ ފޮޓޯއެވެ.
އާސިފާވެސް ހުރީ ހައިރާންވެފައެވެ. މިއޮއް ހުރިހާ ދުވަސްވިއިރުވެސް ކިޔެވުމުގެ ވިސްނުމެއް ނެތް ކުޖަކަށް، ވެގެން މިއުޅެނީ ކީތްކަމެއް ނޭނގޭތީއެވެ. ޖަޒްލާ ކިޔަވަން ބޭނުންވެގެން އެވާހަކަ ބުނުމުން އަސިފާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޖަޒްލާ ބޭރަށް ފޮނުވޭހާ ތަނަވަސްކަން ހުރުމުން އުފަލުން އެކަން ގަބޫލުކުރިއެވެ .
ދެމަސް ވޭތުވެގެން ދިޔައީ ނުލާހިކު އަވަހަށެވެ. ފުރުމަށްޓަކައި އެއަރޕޯޓަށް ގޮސްހުރި ޖަޒްލާގެ ލޯ ހުރީ ފެންކަޅިވެފައެވެ. އޭނަގެ ލޯބިވާ މަންމައާއި ކޮއްކޮ ދޫކޮށްލާފައި ޖަޒްލާ މާދުރަށް މިދަނީ އޭނާގެ ލޯބިވެރިޔާއަށްޓަކައެވެ. ޔައީޝްގެ ސަމާލުކަން އަތުލެވޭނެ ހަމައެކަނި ގޮތަކީ އެއީކަމުގައި ވާތީއެވެ. ނަމަވެސް ޖަޒްލާއަށް ހެދުނު ގޯހަކީ ޔައީޝްއަށް އެއްވެސް އިޝާރާތެއް ނުވެވުނުކަމެވެ……
***
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



fourth part vex reethi vaane kamah ummeedhu kuran 🙂
Vrh reethi…anehbaa nereynee kon dhuvahakun
Nice keep it up….
Thnkx crazi and Nihaa . Saturday ga next part genesdheynan In Sha Allah.. 🙂
……v reeeethi
jazlaa ah e yaeesh ge mauloomaath libunu goi kiyaa dhin nama varah salhi vees. real vaaane dho eyrun varah. anyways nice varah mi part ves. avahah up koh dhehchey.
Reeeethi
Thanks hoody… Hoody haadha rangalhey 😀 So that means tonight 5th part dhw?!! But thnkxxx asluvexx v v happy vefa huney mihiree.. 😛
Thanks vahaka up kodhineethi varah salhi mibaives
v nice……its amazing
adhi ehaa avahah boy ge name engunu goi ves kiyaaladhi nama. i lyk this story alot…
Thnkxx all 🙂
To huney. Next part up kureveynee saturdayga hen heevanee ingey…. sorry for that…
hurihaa kudhinvex shauguverikamaa eku mi story kiyaathee varah bodah shukuriyya… 🙂
haaadha haasaru ginaey.. mee hama hoody vaahakaeh liyanya fadha tha.. kalhukan gadha bumaey.. hathareskan mooney.. kiyaa ekahcheh kiyaafa part nimmany.. kiyuntherin mijeheny hadiyas reethi vaahaka bunan. fenvaruge biruveri vaahakaeh liyelan engeyni kaakahbaa..
Dhen anna iru yaeesh ehen meehakaa innaanee … dhen jazzlaa sihuru hadhaagen e anhen kujja maraalaanee ooo… hahaha… … ammukih vaagoi dw mee… hehehe… alhe fahe mee hindhu drama eh tha
haha.. asluves mbf thibuny thedheh..
vara bored
Nice story.. Keep it up! 🙂
yaish ah ingilaafa diya nama dhw…nice..