ދެމަސް ވޭތުވެގެން ދިޔައީ ނުލާހިކު އަވަހަށެވެ. ފުރުމައްޓަކައި އެއަރޕޯޓަށް ގޮސްހުރި ޖަޒްލާގެ ލޯ ހުރީ ފެންކަޅިވެފައެވެ. އޭނަގެ ލޯބިވާ މަންމައާއި ކޮއްކޮ ދޫކޮށްލާފައި ޖަޒްލާ މާދުރަށް މިދަނީ އޭނާގެ ލޯބިވެރިޔާއަށްޓަކައެވެ. ޔައީޝްގެ ސަމާލުކަން އަތުލެވޭނެ ހަމައެކަނި ގޮތަކީ އެއީކަމުގައި ވާތީއެވެ. ނަމަވެސް ޖަޒްލާއަށް ހެދުނު ގޯހަކީ ޔައީޝްއަށް އެއްވެސް އިޝާރާތެއް ނުވިކަމެވެ.
***
ޔައީޝްއަކަށް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކުއްޖަކު އުޅޭކަމެއް ރޭކާވެސް ނުލައެވެ. ކޮންމެ ދުވަހެއްގެ މައްޗަށް އެތަށް ހުށައެޅުމެއް އޭނާއަށް އާދެއެވެ. މުއްސަނދި އާއިލާތަކުގެ ރީތިކަން ހުސްކުރިކުދިންނެވެ. ނަމަވެސް ޔައީޝްއަކަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. އޭނާ ބަލަނީ ބޭރުފުށަކަށް ނޫނެވެ. އޭނާ ބޭނުންވަނީ އޭނާގެ މަންމައަށް ފުރިހަމައަށް ހިދުމަތްކޮށްދެވޭފަދަ މުރާލި ކުއްޖެކެވެ.
***
ފްލައިޓް އައިސް އެއަރޕޯޓަށް ޖެއްސިއެވެ. މީހުންތަށް ފްލައިޓުން ފައިބަން ފެށިއެވެ. ޖަޒްލާ އޭނާގެ ހޭނޑްބޭގް ކޮނޑުގައި އަޅުވާލަމުން ފަރި ހިނގުމެއްގައި ފްލައިޓުން ނުކުމެގެން އައެވެ. ބޭރަށް ނުކުތުމާއެކު ހަންގަނޑު ތޮރުފާފަދަ ފިނިކަމެއް އިހުސާސްކުރެވެންފެށިއެވެ. ދެއަތްދެއަތާ އުނގުޅާލެވުނެވެ. އެއިރު އޭނާ ބަލާއައިސް ކުޑަ ކާރެއް އޮތެވެ. ލަގެޖްތަށް އަރުވައިގެން ކާރު އޭގެ މަންޒިލާދިމާއަށް ނައްޓާލިއެވެ.
***
ޖަޒްލާއަށް ފެންނަމުންދިޔައީ މުޅިންވެސް އާ މަންޒަރުތަކެވެ. މަގުގެ ދެފަޅިގައިވާ ކުދި ގެތަށް ފަރުމާކޮށްފާވާ ގޮތް ތަފާތުވެފައި ރީއްޗެވެ. ގަސްތަކުގެ ފަތްތަށް ފޮރުވިފައިވަނީ ސާފު ހުދުކުލައިގެ މަޑު ސްނޯގެ ސާލަކުންނެވެ. މާ ދުރުދުރަށް ދާންދެންވެސް ފެންނަމުންދިޔައީ ހުދުކަމާއި ސާފުކަމެވެ. ލޮލަށް ފިނިކަން ލިއްބައިދޭފަދަ ހިތްގައިމު މަންޒަރެކެވެ.
ޖަޒްލާ ފުން ޏޭވާއެއް ދޫކޮށްލިއެވެ. އެއާއެކު ކާރުގެ ލޯގަނޑު ފުސްވެގެންދިޔައެވެ. ޖަޒްލާ އަތުން ލޯގަނޑު ފުހެލިއެވެ.
***
ޖަޒްލާ ހުންނަން ހަމަޖެހިފައިވަނީ ވަރަށް ހިތްގައިމު ގެއެއްގައެވެ. އެގޭގެ ވެރިން ވަރަށް ހިތްހެވެ. ޖަޒްލާއާއި ވާހަކަ ދެއްކީ ދަރިފުޅު ކިޔައިގެންނެވެ.
ކޮޓަރިއަށްވަދެވި އެކަނިވުމާއެކު ޖަޒްލާ އަވަސްއަވަހަށް އޭނަގެ ޑައިރީ ނެގިއެވެ. އަދި ފޮޓޯތަށް ބަލަންފެށިއެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވިއެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ.
ޖަޒްލާ މިހާރު އެވަނީ ޔައީޝްއާ އެތަށް މޭލު ދުރުގައެވެ. ޔައީޝްގެ ހަނދާނަކަށް އޮތްހާވެސް އެއްޗަކީ ޖަޒްލާ އަމިއްލައަށް ތައްޔާރުކުރި މި ކުޑަ ކުޑަ ޑައިރީއެވެ. ޖަޒްލާގެ ލޮލުން ކަރުނަ އޮހޮރެންފެށިއެވެ. އެ ލޮލުން ފޭދިގެން އައި ކަރުނަތިކިތަށް ޑައިރީގައިވާ ޔައީޝްގެ ފޮޓޯގަނޑަށް ވެރި އެ ފޮޓޯގަނޑު ފޭދެންފެށިއެވެ.
ޖަޒްލާ ތެދުވެގެންގޮސް ކުޑަދޮރުގައިވާ ދޮރުފޮތިތަށް ކަހާލިއެވެ. އެއާއެކު ފަރުބަދަތަކައި ގަސްތަކުންފުރިފައިވާ ހިތްގައިމު ވާދީގެ ފުރިހަމަ މަންޒަރެއް ފާޅުވެގެން ދިޔައެވެ. ހީވަނީ މޮޅު ކިރެހުންތެރިއަކު ކުރަހާލާފައިވާ ހިޔާލީ މަންޒަރެއްހެންނެވެ. ޖަޒްލާ މި ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓާލިއެވެ. އަދި ފުންނޭވައެއް ބޭރުކޮށްލިއެވެ. ހިތާހިތުން އަޒުމް ކަނޑައެޅިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ޔައީޝް ކާމިޔާބު ކުރާނެއެވެ. ކިޔަވައިގެން ރާއްޖެއަށް ދާއިރު ޔައީޝްއާ ގުޅެން އެއްވެސް ހުރަހެއް ކުރިމަތިވެފައިވާނަމަ އެ ހުރަހަކާވެސް ޖަޒްލާ ކުރިމަތި ލާނެއެވެ. ޔައީޝްއަކީ ޖަޒްލާގެ މީހެކެވެ. ހަމައެކަނި ޖަޒްލާގެ މީހެކެވެ. ޖަޒްލާ އޭނާގެ ހިތުން ނިޔާ ކަނޑައަޅަމުންދިޔައެވެ. އެއާއެކު އޭނާގެ ތުންފަތަށް ވެރިވެގެންދިޔައީ ވިހަ ހިނިތުންވުމެކެވެ.
***
ދުވަހަކީ ހުކުރުދުވަހެވެ. އޮފީހަށް ދާން ނުޖެހުނަސް ޔައީޝް ފަތިހުފަތިހާ ތެދުވިއެވެ. ނަމާދުކޮށްލައިގެން މަގުމައްޗަށް ނުކުތްއިރު މަގުތަކަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. އިރު އަދިވެސް އޭގެ ފުހިމަކަމާއެކު ދައްކާނުލައެވެ.
ޔައީޝް މަޑުމަޑުން ހިނގަންފެށިއެވެ. ސައިކަލު ހުއްޓަސް ޔައީޝް ބޭނުންވަނީ ހިނގާލާށެވެ. ސައިކަލު ދުއްވުމަށްވުރެ ހިނގުމުން ލިބޭ ހިތްހަމަޖެހުން ޔައީޝްއަށް މާ މުހިންމެވެ.
އެކަނިމާއެކަނި މަގުތަކުގައި ހިނގަމުންދިޔައުރު ޔައީޝްއަށް ވިސްނެމުންދިޔައީ އޭނަގެ އެކަނިވެރި ހަޔަތާމެދުގައެވެ. އޭނަގެ އުމުރުން މިހާރު 26 އަހަރު ފުރުނީއެވެ. އަދިވެސް އޭނާގެ ހިތާ ކުޅެލެވޭފަދަ އަންހެންކުއްޖަކާ ދިމާނުވެއެވެ. އޭނާ ހުސްހަށިބަޔަށް ހުންނަ ސަބަބަކީ އެއީއެވެ. ޔައީޝް އޭނަގެ ދެއަތް ޖީބަށް ޖަހާލައިގެންހުރެ ވަށައިގެންވާ ހަމަހިމޭން މަންޒަރުތަކަށް ބަލަމުން ހިނގަމުމުންދިޔައެވެ.
***
ޝައިމާ އިލޯށިފަތި ހިފައިގެން ބޭރަށް ނުކުތީ އިރުއަރާ، މަގުތަށް ހަލަނބޮލި ވުމުގެ ކުރިން މަގު ކުނިކަހާލެވޭތޯއެވެ. މަގުމައްޗަށް ނުކުމެ އޭނާ ދެކޮޅަށް ނަޒަރުހިންގާލިއެވެ. މުޅި ސަރަހައްދުގައިވެސް ވަނީ ހަމަހިމޭންކަމެވެ. ހުރިހާއެންމެންވެސް މި ފަދަ ފަތިހެއްގައި ތިބޭނީ އަރާމު ނިންޖެއްގައިކަން ކަށަވަރެވެ.
ޝައިމާ އިލޮށިފަތި ހިފައިގެން ގުދުވެ ކުނިކަހަންފެށީ ފަރިތަކަމާއެކުއެވެ. އެތާހުރި ގޮފިއެލޭގަހުން ވެރިފައިވާ ރީނދޫކުލައި ފަތްތަށް ބިންމަތީގެ އެކި ހިސާބުތަކުގައި ހުއްޓެވެ. ފަޒާއަށް ފެތުރިފައިވާ ފަނޑު ރަންކުލައިގެ ސަބަބުން މަގުތަކަށް ވެރިވެފައިވަނީ ތަފާތު ކުލައެކެވެ. މި ހުރިހާ ކަމަކާއެކު ކުނިކަހަންއޮތް ޝައިމާގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަވެގެންދެއެވެ.
އެވަގުތު އެ މަގުގެ އިރުމަތިން ހިނގާލާފައައި ޔައީޝްއެއް ޝައިމާގެ ލޮލަކު އަޅައެއް ނުގަތެވެ.
މި ހިތްގައިމު ފަތިހު ޔައީޝްއަށް އެންމެ ފުރަތަމަ ފެނުނު އިންސަނަކީ ގެއެއްގެ ދޮށުގައި ކުނިކަހަން އޮތް ޖިންސުއްލަތީފެކެވެ. އޭނާގެ މުރާލި ހަލުވި ހަރަކާތްތަކުން ޔައީޝްގެ ހިތުގައި ޖާގައެއް އުފެދުނެވެ. އެ ހިކި ތޮޅި ހަށިގަނޑުގައިވާ އަންހެންވަންތަ ގޮތްގަނޑަށް ތައުރީފު ކުރެވުނެވެ. އެ ކަޅު ބުރުގާގެ ތެރެއިން ދޮން މޫނު ފެންނަލެއް އެހާމެ ލޯތްބެވެ. ޔައީޝްގެ ހިނގުން މަޑުޖެހުނެވެ. ބޭނުންވީ ވީހާވެސް ގިނައިރު އެ ކުއްޖާގެ ހަރަކާތްތަކަށް ބަލަން ހުންނާށެވެ. ޔައީޝް އެތާހުރި ތިރި ފާރުބުރި މަތީގައި އިށީނެވެ.
ޝައިމާ ހިންދަމާލުމެއްވެސް ނެތި އެ ގެއާ ވީ ފަޅީގެ މަގު އެއްކޮށް ކުނިކަހާ ނިންމާލިއެވެ. ކުނިކަހާ ނިންމާލިއިރު އެ ދޮން ނިތްކުރިމަތިން ދާ ތިކިތަށް ވިދަމުންދިޔައެވެ. ޝައިމާ ތެދުވެ އިލޯށިފަތީގެ ބުޑުތަށް އެވަރުކޮށްލުމަށްފަހު އިސްއުފުލާލިއެވެ. އެއާއެކު ކުރިމަތީހުރި ފާރުބުރިމަތީ އިން ޒުވާނާފެނުނެވެ. ޔައީޝް މާނަވީ ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އެއާއެކު ޝައިމާގެ މޫނު ރަތްވެގެން ދިޔައެވެ. މިއޮއް ހުރިހާއިރުވެސް އޭނާ އެތާ އިންހެއްޔެވެ؟ ޝައިމާ ހަމަރަނގަޅަށްވެސް ލަދުގަނެއްޖެއެވެ. އޭނާ މޫނުމަތީ އަތްއެޅުމަށްފަހު ދުއްވައިގަތީ ގޭތެރެއަށެވެ.
ޔައީޝް ފާރުބުރިމަތިން ފުންމާލައިގެން ހިނގައިގަތެވެ. އެއިރު އޭނަގެ ތުންފަތަށް ޒާތެއްގެ ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ޒަމާންތަކަކަށްފަހު ހިތްއެދޭ ޒުވާނާ ފެނުނީއެވެ. ޔައީޝްގެ ހިތުގައި އާވައްތަރެއްގެ ވިންދެއް ޖަހަންފެށިއެވެ.
އެ ދުވަހުންފެށިގެން ޔައީޝްގެ މަސައްކަތަކަށްވީ އެ ނުދަންނަ ކުއްޖާ ހާސިލްކުރުމެވެ. ކޮންމެ ދުވަހަކުވެސް އެ ގޭ ދޮށަށް އޭނާ ފެނޭތޯ ދެއެވެ. ނަމަވެސް އެ ކުއްޖައަކީ މާ ލަދުވެތި ކުއްޖެކެވެ. ހަމަފެންނައިރަށް ފިލައެވެ. މިފަދަ ކޮންމެ އާދައަކަށް ޔައީޝްގެ ހިތް ލެނބެއެވެ. އޭނަ ބޭނުންވަނީ މުރާލި ލަދުވެތި އަންހެންވަންތަ ކުއްޖެކެވެ. މި ހުރިހާ ގޮތަކުންވެސް އެ ކުއްޖާ ފުރިހަމައެވެ. ޔައީޝް އެ ކުއްޖާ ހޯދަން އެހާ މަސައްކަތްކުރާ ސަބަބަކީ އެއީއެވެ.
އެތަށް މަސައްކަތަކުން ޝައިމާއާ ޔައީޝް ދިމަވީ ޝައިމާ ފެން ބަނޑިޔަލެއް ހިފައިގެން އޭނާގެ ރައްޓެހި ކުއްޖަކާއެކު ގެއަށް ދަނިކޮށެވެ. ޔައީޝް ޝައިމާގެ ފަހަތުން ގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އެއާއެކު ޝައިމާއަށް ސިހިފައި ފަހަތަށް ބަލައިލެވުނެވެ. އޭނާގެ އަތުގައި އޮތް ބަނޑިޔާވެސް އަތުންދޫވެގެން ބިންމަށްޗަށް ވެއްޓުނީ އެވަގުތެވެ. އޭނާގެ މޫނު ވަގުތުން ރަތްވެގެން ދިޔީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.
“ކީއްވެ އަހަރެން ފެނުނީމަ ފިލަނީ؟” ޔައީޝް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޭނާގެ ބޭނުމަކީ މި ލަދުރަކި ކުއްޖާގެ ލަދުވެތިކަން ކެނޑުވުމެވެ. “އަހަރެން ދެކެ ލަދުގަންނަނީތަ؟”
ޝައިމާއަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އެ މައުސޫމް ސާފު ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ވަށް މޫނު އިތުރަށް ލޯބި ވެގެން ދިޔައެވެ. އޭނަ ލަދުގަތުމުގެ ސަބަބުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.
“މަށަށްކިޔައީ ޔައީޝް!” ޔައީޝް ސަލާމް ކުރަން އޮތް ދިއްކޮށްލިއެވެ. ޝައިމާ އެ އަތަށް ބަލަހައްޓައިގެން އިރުކޮޅެއްވަނދެން ހުއްޓެވެ. ދެން އޭނާ ބަލައިލީ އޭނާގެ އެކުވެރިޔާއަށެވެ. އެއިރު އެ ކުއްޖާހުރީ އަނގަމަތީ އަތްއަޅައިގެން ހޭށެވެ.
“ޝައިމާ!” ލޯބި ލޯބި ހިމަ އަޑަކުން ޝައިމާ ބުނެލިއެވެ. އަދި ޔައީޝްގެ އަތުގައި ހިފަލިއެވެ. އެ ނާޒުކު އަތް ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ.
“އަދި ކިރިޔާ މިހިތަށް ހަމަޖެހުމެއް މި ލިބުނީ!” ޔައީޝް މޭގައި ޖަހާލަމުން ބުނެލިއެވެ. “އަދި ދިމާކުރަން ވާނޭ! ވަރަށް ބައިވަރު ވާހަކަ ދައްކަން ބޭނުން!” ޔައީޝް ބަނޑިޔަ ނެގުމަށްފަހު ޝައިމާގެ އަތަށް ލައިދިނެވެ.
“މާދަން ފަތިހު ކުނިކަހާ ސަރަހައްދުން! އޯކޭ؟” ޔައީޝް ގަޑިކިޔެވެ. ޝައިމާ ބޯޖަހާލަމުން ހިނގައިގަތެވެ.
އެ ދެކުދިން ހިނގާފައި ދިޔަ މަންޒަރު ބަލަން ޔައީޝް އެތާ މަޑުކޮށްލިއެވެ. ޝައިމާ ދެތިންފަހަރަކު އެނބުރިފައިވެސް ޔައީޝްއަށް ބެލިއެވެ. އެވަގުތުވެސް ޝައިމާގެ މުރާލިކަމަށް ޔައީޝް ހިތާހިތުން ތައުރީފް ކުރިއެވެ. ހެދުން އެޅުމުގައި ފަހުގެ ގޮތްގަނޑާއި ސްޓައިލް ނެތްކަމުގައިވިއަސް ޔައިޝްގެ ހިތާ ކުޅެވުނު ހަމައެކަނި ކުއްޖަކީ މިއީއެވެ. އަންބެއްގެ ގޮތުގައި ގެއަށް ގެންދަން ހަމަ އެއްވަނައެވެ. ޔައީޝް އެތަނުން ދިޔައީ ޝައިމާމެން ޖެހިގެން އޮތް ގޯޅިން ލަނބާލުމުންނެވެ.
***
ޔައީޝްގެ އިންތިހާއީ އުފާވެރިކަން ސީމާ ދެނެގަތެވެ. ކޮންމެވެސް އުފާވެރި ކަމެއް ވީމައި ނޫނީ ޔައީޝް އެގޮތަށް ހިނިތުންވެގެންނެން ނުހުންނާނެއެވެ. ސީމާ ވެގެން އުޅޭގޮތް އޮޅުން ފިލުވަން އުޅުނެވެ.
“ދަރިފުޅު މިހާރަކަށް އައިސް މާ އުފަވެފައި ތިހުންނަނީޔޯ! ކިހިނެއް ވީތަ؟” ސީމާ ވާހަކަދެއްކީ ޔައީޝް މެނދުރުގެ ކެއުމުގައި އިންދައެވެ.
“މަންމާ! އަޅުގަނޑަށް ކުއްޖަކު ފެނިއްޖެ! ހަމަ ޕާފެކްޓް!” ޔައީޝްގެ ދެ ލޮލުގެ ވިދުވަރު ގަދަވިކަން ސީމާއަށް ފާހަގަ ކުރެވުނެވެ.
“މަންމައަށް އޭރުވެސް އިނގުނޭ ދަރިފުޅަށް ތި ވެގެން އުޅޭގޮތް!” ސީމާ ދިމާކުރާ ރާގަށް ބުންޏެވެ. “ދެން ކޮންއިރަކުންތަ މަންމައަށް ދައްކާލާނީ!؟”
“އަދި ގެންނަނަމޭ! ކުރިންދުވަހު ފެނުނީވެސް! އެއްޔެ ވާހަކަ ދެއްކީ!”
“ދަރިފުޅުގެ ހޮވުން ގޯސް ނުވާނެކަން މަންމައަށް އެނގޭ! މިހާރުވެސް ބަލާލަ ހިތުން ކެތްމަދުވަނީ! މަންމަ މަރުވުމުގެ ކުރިން މާމަ ދަރިއެއް ފެންނަވަރު ކޮށްދޭތި!”
ސީމާ ލާނެއް ހިނިގަނޑެއް ޖަހާލިއެވެ. މިފަދަ ސަމާސާތަކުގެ ސަބަބުން މައިންނާއި ދަރިންގެ ދެމެދުގައި އޮންނަ ލަދުވެތިކަމުގެ ފާރު ތިރިވެ ވާހަކަތަށް ހިއްސާކުރަން މަގުފަހިވެއެވެ.
ޔައީޝްއަކީ ފިރިހެނަކަށްވިއަސް މަންމަ މިފަދަ ސަމާސާއެއް ކުރުމުން ލަދުވެތިކަން އިހުސާސްކުރެވުނެވެ. ހަމައެހެންމެ އުފާވެސް ވިއެވެ.
***
ޖަޒްލާ އޭނާގެ ކިޔެވުމައިގެން ކުރިއަށް ދިޔައެވެ. ކިޔެވުމަށް ލިބޭ ހަމައެކަނި ހިތްވަރަކީ ޔައީޝްއެވެ. އޭނާއަށް ޔައީޝްއާ ގާތަށް ދެވޭނެ ހަމައެކަނި ގޮތަކީ ކިޔަވައިގެން އޭނާ ކައިރި ވަޒީފާ އަދާކުރުން ކަމުގައި އޭނާ ދެކެއެވެ. ޖަޒްލާ އަށް ނޭނގެނީ އޭނާގެ ހުރި ނަފްސާނީ މައްސަލައެވެ. އިންތިހާއަށް ލޯބިވާއިރުވެސް ލޯބި ހުށައަޅަން ޖެހިލުންވެއެވެ. ކިތަންމެ ކައިރިއަށް ގޮސްފައިވެސް ހިތްބިރުގަނެއެވެ. އެކި ގޮތްގޮތަށް ވިސްނުން ބަދަލުވެއެވެ.
ހިތުގައިވާ އިހުސާސް ބޭރުކުރަން ނުކެރި ފަސްޖެހެވެނީ އެހެންވެއެވެ. ހިތްބިރުގަނެ ނެގެޓިވްކޮށް ވިސްނެނީވެސް އެހެންވެއެވެ. މި ނަފްސާނީ ބައްޔަށް ކިޔަނީ “ފިލޮ ފޯބިޔާ” އެވެ.
ލަންޑަނުން އެތަށް ރީތި ސްމާޓް ފިރިހެނުންނެއް ޖަޒްލާއަށް ފެނެއެވެ. ނަމަވެސް ޝައުގުވެރިކަމާއެކު އޭނާ ބަލާނީ ޔައީޝްގެ ފޮޓޯތަކަށް އެކަންޏެވެ. ޔައީޝް ނޫން އެހެން ފިރިހެނެއް އޭނާ ގައިގާ އަތްލަންވެސް އޭނަ ނުރުހެއެވެ. ހަމައެހެންމެ އެހެން އަންހެންކުއްޖެއް ޔައީޝްގެ ގައިގާ އަތްލިކަން އެނގުނަސް އެކުއްޖަކު މަގުން އެއްފަރާތްކޮށްލަން ޖަޒްލާ ހުރީ ތައްޔާރަށެވެ. ޔައީޝްދެކެ އޭނާއަށް ވެވިފައިވަނީ ދީވާނާ ލޯތްބެކެވެ.
***
“ޝައީ ކީއްވެ މިރަށުން ނުފެންނަނީ!” ޔައީޝް އާއި ޝައިމާ ވާހަކަ ދައްކަން ތިބީ ޝައިމާ އުޅޭ ގޯތިދޮށުގައި ހުރި ޖޯލިފައްޗެއްގައެވެ.
“އަޅުގަނޑު މީ މިރަށު ކުއްޖެއް ނޫން! ފްރެންޑެއް ބުނެގެން 2 ވީކްސް އަށް މިއައީ!” ޝައިމާ އިށިންދެގެން އިނީ ޔައީޝް އާ ތަންކޮޅެއް ދުރު ޖޯއްޔެއްގައެވެ. މިކަމުންވެސް ޝައިމާގެ މައުސޫމްކަމާއި އިތްފަތްތެރިކަން ޔައީޝްއަށް ފާހަގަކުރެވުނެވެ.
“އޯހް!!” ޔައީޝް މޭގައި ފިރުމާލިއެވެ. “އަޅުގަނޑޭ؟؟؟ ދެން އެހެން ނުބުނައްޗޭ!! އަހަރެން ކިޔާ!!”
އިރުއަރަމުން އައި ވަގުތަށްވުމުން މަޑުމަޑުން ޖައްވަށް އަލިކަން ފެތުރެމުންދިޔައެވެ. ހަމަހިމޭންކޮށް އޮތް މަގުވެސް ހަލަނބޮލިކަމާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އެހެންކަމުން ޝައިމާވެސް ގޭތެރެއަށް ވަނެއެވެ.
އެންމެ ފުރަތަމަ ދުވަހު ދެމީހުންގެ ދެމެދުގައި މާބޮޑު ލޯބީގެ ވާހަކަތަކެއް ނުދެކެވުނެވެ. ނަމަވެސް ޝައިމާ ހުރީ ހުސްކޮށްކަން ޔައީޝްއަށް އެނގުނެވެ. އަދި މީގެކުރިން އެއްވެސް ފިރިހެންކުއްޖަކާ ގުޅުން ބަހައްޓާފައި ނުވާކަންވެސް އެނގުނެވެ. މިކަމުންވެސް ޔައީޝްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ޝައިމާއަކީ ޔައީޝްގެ މީހަކަށް ހަދަން ލިބިނު އިތުރު ހިތްވަރެކެވެ.
ދުވަސްތަށް ވޭތުވަމުންދިޔަވަރަކަށް ޔައީޝްއާއި ޝައިމާގެ ގުޅުން ދިޔައީ ބޮޑުވަމުންނެވެ. ހަފްތާއެއްހާ ދުވަސް ފަހުން ޝައިމާ ރަށަށް ދާނެކަން ޔައީޝްއަށް އެނގެއެވެ. އޭގެކުރިން ޝައިމާ ޔައީޝްގެ މީހަކަށް ހަދަން ބޭނުމެވެ. ވަރަށް ހިތްވަރުކޮށްފައި ޝައިމާގާތު އިންނަން އެހީ އެހެންވެއެވެ.
އެދުވަހު ޝައިމާގެ މޫނުމައްޗަށް ވެރިވެގެންދިޔަ ލަދުވެތިކަމުގެ ބޮޑުކަމުން ވަގުތުން މޫނުމަތި ރަތްވެގެންދިޔައެވެ. ތިރީ ތުންފަގައި ދަތް އަޅާލިގޮތުން ޔައީޝްގެ ހިތް ފުންމައިގެން ނައީ ކިރިޔާއެވެ. މި ލަދުވެތި ހަރަކާތްތަކުންވެސް ޔައީޝްއަށް ޖަވާބު ލިބިގެން ދިޔައެވެ.
ޔައީޝްއަކީ ހަރުދަނާ ވަޒީފާއެއްގައި އުޅޭ ރީތި ޒުވާނެއްކަމުން ޝައިމާގެ އާއިލާވެސް މި ކައިވެންޏަށް ނުހަނު ގަބޫލުވިއެވެ. ޝައިމާގެ މައިންބަފައިން ޔައީޝްއަށް މެހެމާން ދާރީ އަދާކުރީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެ ދެމަފިރިން ޝައިމާ ތަރުބިއްޔަތުކޮށްފައިވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އެހާ ދީންވެރިއެވެ. ރީތި އަހުލާގުގެ ހުރިހާ ސިފަތަކެއް އެކުލެވިފައިވާ އިތާ މުތެއްފަދަ ކުއްޖެކެވެ.
ކައިވެނީގެ ހަފްލާ އެހާ ކުލަގަދަވެފައި ފޯރިގަދައެވެ. ރަށު އެންމެންނަށް ދައުވަތުދެވުނެވެ. ވެޑިން ޑްރެސް ގައި ޝައިމާ ފެންނަލެއް ހޫރު ޕަރީއެއްފަދައެވެ. މަޑު ފިޔާތޮށިކުލައިގެ އެ ބޮޑު ވެޑިންޑްރެސް އާއެކު ލޭޝް ފޮތީގެ ޝޯލްގެ ތެރެއިން އެ ރީތި ވަށް މޫނު ދިއްލިފައިވަނީ ތަރިއެއް ފަދައިންނެވެ. ބަލާލި ކޮންމެ މީހެއްގެ ހިތް ލޯބިން ފުރިގެންދާފަދަ ހިނިތުންވުމެކެވެ.
ޔައީޝްވެސް ޓަކްސީޑޯ އެއްގައި ފެންނަނީ މޮޑެލް އެއް ފަދައިންނެވެ. އެހާމެ ޝާހީ ގޮތެއް ހުރެއެވެ. ދިގު އިސްކޮޅަކަކާއި ކަސްރަތީ ހަށިގަނޑެއް ލިބިފައިވުމުން އަންހެން ކުދިން މޮޔަވާނެކަން ކަށަވަރެވެ. ދުނިޔޭގައި ލެއްވި އެންމެ ގުޅޭ ޖޯޑަކީ މިއީ ކަންނޭނގެއެވެ.
ދެން އައީ ޝައިމާއާއި ޔައީޝްގެ ހަޔާތަށް ބަހާރު މޫސުން އައި ދުވަސްކޮޅެވެ. ހީވަނި ދުވަހަކުވެސް ހިތާމައަކާ ކުރިމަތިނުލާ ދެކުދިންހެންނެވެ. ސީމާވެސް ޝައިމާ ދެކެ ވަނީ ހަމަށަކު ލޯތްބެއް ނޫނެވެ. ދަރިފުޅާއޭ ކިޔައިގެން ނޫނީ ވާހަކަވެސް ނުދައްކައެވެ. އޭނާ ބޭނުންވިފަދަ މުރާލި ހިންގުންތެރި އަންބަކު ދަރިފުޅަށް ދެއްވީތީ ﷲ އަށް ޝުކުރު އަދާކުރެވުނު ވަރެއްވެސް ނޭގެއެވެ.
މި އެރެވުނީ ކިހާ ފުން އަނދަވަޅަކަށްކަމެއް ޝައިމާއަށްކަށް ނޭނގެއެވެ. އޭނާއާ ދިމާއަށް ތޫނު ތީރެއް އަމާޒުވެފައިވާކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. ބަހާރު މޫސުމަށްފަހު ހަރީފު މޫސުންވެސް އަންނަ ފަދައިން ޝައިމާގެ ހަޔާތަށްވެސް މިދުވަސް އަންނާނެއެވެ……
ނުނިމޭ
35 Comments!
Comments are closed.
mi baivex reethi vaane kamah ummeedhu kuran….
Thank u hoody
v reethi mi bai vessss kn dhuvahakun aneh bai up vaani
thnkx ummi…
…In Sha Allah, maadhan
Wc back hoody… V v rythi story… I luv ur stories n u r the best
Thnkx a lot faai…. 🙂
Woww..
Amazing, v v nice.. mihaar iyye in feshigen mi bany aa part eh up khffa in thw.. thnxx hoody, v v nice, i love ur stories
Amazing story….vara vara vara reeethi…konirakun next part??
wow $)
reethi kan $)
I love ur stories
V v v v v v salhi ♡♡♡♡♡♡♡♡♡
iloshifahchaka fen bandiyalaka hifaigen magu mathin hama fenna irah engeytha muraali kameh? muraali noon kudhin ves kohfaane hama ekanthah. ekamaku 2 faharu fenna irah ainbakah hadhan 1 vana??? 😛 geyga eh kameh kuran neyngey kudhin anmukoh ekahala kanthah kurany. lol. anehka haadha ladhekey dhw e gannany? meehaku eyna kuni kaha than balan in kan engey irah moonu ga dhe aiy alhaafa evarun nuvegen dhuve gos geah vanna varuge ladhuvethi kamehtha kuran ei? eyna hury nashan nama ok ehen hadhan. ekam eyna kury hama normal anhen kujjaku kura varuge kameh. aslu maa fast koh gendhan ulheythy kannenge mi story odd vany. ekam ur stories aslu v kamudhey. mi story ge mi prt kamaku nudhey.
v nice mi part ves…..next part avaskoh up kohdehcchey.
Hoody thank you!! Ur a grt story writer… PLX make the next part faster as u can… 😀 this story is the best 4 me… 😛
meethi hama habeyz… varah salhi… hama perfect. e jazla black magic hedhy dhw shaima ah. ehn ve dhw eyna maruvee. ad adhi yaeesh akah ekameh neyge dhw. varah majaa vaane bust vaa dhuvahu. heheheheh. avahah next part up kowdhwhchey.. plxxx
Emyhun ulheny male ga nuntha confused
eiy thedheh hoody e myhun eulheny male ga eh noontha
V reethi…..
thankolheh avahah dhen unnabai genesdhinun edhen
nice story hoody
vv reethi
V reethi
V reethiu
Wow wow wow wow
badhaleh genes bala.. vai kamun vaahaka nuves kiyaa mi comment kuree.. hoody huvaa v sakaraai story.. heevany dhivehi filmu gandeh hen.. goas koh nuvisnahchey.. hama faadu mi kiyany.. hoody kuri aruvan.. vaahakaige haadhisaa adhives nagaeh nuganevey.. mi 5th part nw.. dnt 7 think its time to reveal da truth.. n eki twist thah gennan.. dhn it wud b v interestin
Thnkx all…
To shahu… mi stroy akee hiyaalee story eh… storyga e myhun e ulheneevex hama hiyaalee rashehga…. vaki rasheh kanda alhaafa eh noon liyan fesheekee…. so its not a big deal right? 🙂
To yaeesh. In Sha Allah varah avahah vaahakaige haadhisaathah badhalu vegen dhaane…. heekuran eirun kamudhaane kamah….
I read this and it rocks
you every where.. 😛
Where ever you are I am behind u
Ahahaha 😛
ވާހަކައިގެ ނަން ޖަހާފައިވާ ފޮންޓްގެ ނަން ބުނެލަދެއްވުން އެދެން
Thnkx all..
To mohamed moosa. eiy hama normal font eh… alhugandu amilla ah photoshop in edit koffa……
Me visnaa goi mulhi ragalhe noon ehgey
hoody story nice inge
cool nice story eh