Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 6 ވަނަ ބައި

Hoody Level 310 Stories100 Comments
May 31, 2015 5 Mins Read
27 Comments

މި އެރެވުނި ކިހާ ފުން އަނދަވަޅަކަށްކަމެއް ޝައިމާއަށްކަށް ނޭނގެއެވެ. އޭނާއާ ދިމާއަށް ތޫނު ތީރެއް އަމާޒުވެފައިވާކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. ބަހާރު މޫސުމަށްފަހު ހަރީފު މޫސުންވެސް އަންނަ ފަދައިން ޝައިމާގެ ހަޔާތަށްވެސް މިދުވަސް އަންނާނެއެވެ.

ކައިވެންޏަށްފަހު ގޭތެރޭގެ ހުރިހާ ކަމަކާ ހަވާލުވެގެން އުޅެނީ ޝައިމާއެވެ. ސީމާ ކިތަންމެވަރަށް ބުންޏަސް ކުރަންފަށާ މަސައްކަތް ހުއްޓާލަނީ އެކަމެއް އެންމެ ފުރިހަމައަށް ނިންމާލުމަށްފަހުގައެވެ. ސީމާ ހެނދުނު ބަދިގެއަށް ވަންނައިރު ސައި ހުންނާނީ ހަދާފައެވެ. މަގުމައްޗަށް ނުކުންނައިރު މަގުމަތި އޮންނާނީ ކުނި ކަހާފައެވެ. އެހެންކަމުން ގިނަފަހަރަށް ސީމާއަށް ކުރާނެ މަސައްކަތެއް އޮންނަނީ ނުވެފައެވެ.

***

“ކޮބާ އަނބި ގޮއްޔެ؟ ކައިވެނި ކުރިފަހުން މި ދައްކަލީ އަދި ކިރިޔާ!” އެއްހަފްތާގެ ޗުއްޓީއަކަށްފަހު ޔައީޝް އޮފީހަށް ނުކުތުމާއެކު ފަޒީލް ދިމާކުރަންފެށިއެވެ.

“އެއްކަލަ ފަޒޭ! ސާބަހޭ!” ޔައީޝް ގޮނޑީގައި ހަމަޖެހިލަމުން ހިނިގަނޑެއް ޖަހާލިއެވެ.

“ކޮބާ ނިއު އެކްސްޕީރިއަންސް ކިހިނެއްވަނީ؟”

“ހެހެ!! ހަމަ ޕާފެކްޓް! ދެން މިހާރު މާ މައްޗަށް ތިދަނީ!” ޔައީޝް ކަރުދާސްކޮޅެއް ބޮނޑިކޮށްލުމަށްފަހު ފަޒީލްއާ ދިމާއަށް ހޫރާލިއެވެ. “ބެޑްރޫމްގަ ވާހާކަމެއް ކިޔާކަށް ނުޖެހެއެއްނު ދޯ! އަދި ފަޒޭއައްވެސް މި ދުވަސް އަންނާނެ!”

ފަޒީލް ނޫނަސް އޮފީހުގެ ހުރިހާ މުވައްޒަފުން ޔައީޝްއަށް މަރުހަބާކިޔެވެ. އަދި އަންހެނުން ތައާރަފްކޮށްދިނުމަށް އެދެމުންދިޔައެވެ. އެކިއެކި ސަމާސަތަކުން މުޅި އޮފީސްތެރެ މަޖާވެގެން ދިޔައެވެ. އެކި ކުދިން ޔައީޝްއަށް ޖޯކުޖަހާ ހެމުންދިޔައިރު ޔައީޝް އިނީ ލަދުގަނެފައެވެ. މި މީހުން ކައިވެންޏޭ ކިޔައިގެން ކޮންމެފަދަ އެއްޗެކޭވެސް ކިޔާފާނެއެވެ.

އޮފީހުން ނިމިގެން ޔައިޝް ގެއަށް އައިއިރު ހަވީރު ފަހެއް ޖަހަނީއެވެ. އެއިރު ޝައިމާ އުޅުނީ ބަދިގޭގައި ހަވީރު ސަޔަށް ކޮންމެވެސް އެއްޗެއް ތައްޔާރުކުރާށެވެ. ސީމާ ފެންނާކަށް ނެތެވެ.

“ލޯބީ!” ޔައީޝް އައިސް ޝައިމާގެ ފަހަތުން ބައްދާލިއެވެ. ގިރަން ހުރި ޗޮކްލެޓް ކޭކް މިކްސް އެތިން އެތިކޮޅެއް ޝައިމާ ޔައީޝްގެ ކޮލުގައި ހާކަލިއެވެ.

“އަބަދު ކޮންމެވެސް މަސައްކަތެއްގައި! މި ނާޒުކު ހަށިގަނޑަށް ރެސްޓް ވެސް ދޭންވާނެއެއްނު ކިއުޓީ!”

“ރެސްޓް ކުރާ ވަގުތަކީ ރޭގަނޑޭ ހޭންޑްސަމް!” ޝައިމާ ކޭކް މިކްސް އެތި ޓްރޭއަށް އަޅާލިއެވެ.

“ކޮބާ މަންމަ!؟” ޔައީޝް ޝައިމާ ގައިން ދޫކޮށްލިއެވެ.

“މަންމަ ވީ ޖަމުއްޔާ ގެއަށްގޮސް! އިރުކޮޅަކުން އަންނާނެ! ދޭ ޗޭންޖް ކޮށްލައިގެން އަންނަން!” ޝައިމާ އަވަން ޖައްސާލުމަށްފަހު ޔައީޝްގެ ޓައީ ދޫކޮށްލަދިނެވެ.

“މިދުވަސްކޮޅު ޖަމުއިއްޔާ ގޭގެ ރައީސްކަން ލިބިގެން މަންމަވެސް ނިކަން ހިންގާލާ ދޯ!”

 ސީމަވެސް ގެއަށް ވަދެގެން އައީ އެވަގުތެވެ.

“ދަރިފުޅަށް އެނގޭތަ! އެއްކަލަ ހަރީރާގެ ދަރި އަޒުލީމުގެ އަންހެނުން ވިހައިފި! މިއައީ އެގެއިން! އެކުއްޖާގެ ލޯބި ކަމާ!” ސީމާގެ މޫނުމަތިންފެންނަނީ އުފާވެރިކަމެވެ. ޝައިމާ އައިފަހުން ސީމާ ރީތިވުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭން ފަށައިފިއެވެ. ހެދުން އަޅާގޮތުން ހީވަނީ 30 ހަކަށް އަހަރުގެ ޒުވާން ކުއްޖެއް ހެންނެވެ. އަބަދުވެސް އުޅޭނީ ހެޑްސެޓް ޖަހާލައިގެން ލަވަ އަޑު އަހާލަ އަޑު އަހާލައެވެ.

“މަންމަ ހިތަށްއަރާ އެފަދަ ދުވަހެއް ފެންނާނީ ކޮންދުވަހަކުން ބާއޭ! މާމަ ދަރިފުޅެއް ދެކިލާހިތުން މިހިރަ މޮޔަވަނީ!” ޝައިމާގެ ބޮލުގައި ފިރުމާލަމުން ސީމާ ބަލައިލީ ޔައީޝްއަށެވެ.

“ތިކަންވެސް އަދި ވާނެ!’ ޔައީޝް ޝައިމާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.

1 މަސް ފަސް

އެހެން ދުވަސްދުވަހު ފަތިހުފަތިހާ ތެދުވާ ޝައިމާ، މިއަދު ތެދުވަން ނުކެރިފައި އޮތީ ބޮލަށް އުނދަގޫ ވާވަރުންނެވެ. ބަނޑަށްވެސް ފާޑަކަށް އުނދަގޫވެއެވެ. ހީވަނި ބަނޑުތެރޭ ކުދި ފަނިތަކެއް ދުވާހެންނެވެ. ތެދުވަން އުޅުމާއެކު ބޯ އަންބުރައިގަނެއެވެ. ވެގެން މިއުޅެނީ ކީއްކަން ޝައިމާގެ ސިކުނޑިއަށް އައުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލިއެވެ. އެ ބޮޑު ދެލޮލުން ފާޅުވީ އުފާވެރިކަމުގެ ފޮނި ކަރުނައެވެ.

5 ގަޑި ބައިކަށް ހާއިރު ޝައިމާ ވަރަށް ހިތްވަރުކޮށްފައި ތެދުވިއެވެ. މުޅިތަން އަނދިރިވިހެން ހީވިނަމަވެސް އިރުކޮޅަކުން ހަމައަކަށް އެޅުނެވެ. ލަސްހިނގުމެއްގައި ފާހާނައަށް ވަދެ ތައްޔާރުވެލައިގެން އިލޮށިފަތި ހިފައިގެން ބޭރަށް ނުކުތީ އާދައިގެމަތިން ކުނިކެހުމައްޓަކައެވެ.

 އެހެން ދުވަސްދުވަހާ މިއަދު ހާދަ ތަފާތޭ ޝައިމާގެ ހިތަށް އެރިއެވެ. ވަށައިގެން ފެންނަމުންދިޔަ ކޮންމެ މަންޒަރެއް ޝައިމާއަށް ރީތި ވަމުންދިޔައެވެ. ބިންމަތީ ހެދިފައިވާ ކާޕެޓް ވިނަގަނޑުގެ ފެހިކަން ގަދަކަމާއި ގޭގެ ފާރުކައިރީ ހެދިފައިވާ ފިނިފެންމާ ގައިހުގައި އަޅާފައިވާ ރަތްކަން ގަދަ ތިން ފިނިފެންމާވެސް ޝައިމާގެ ސިކުނޑިއަށް ނަގައިގަނެވުނީ އެހެން ލޯބިވެތި މާނައެއްގައެވެ. ރީތި ހިނިތުންވުމަކުން މޫނުމަތި ފަރިކޮށްލައިގެން އޮވެ ޝައިމާ ކުނިކަހަމުންދިޔައެވެ.

ތަންކޮޅެއް ކުނިކަހާލާއިރަށް ވަރުބަލިވެ ދާހިތްލަން ފަށައިފިއެވެ. ފާޑަކަށް މޭ ނުބައިކޮށް މޫނުމައްޗަށް އަނދިރިވާގޮތް ވާން ފެށިއެވެ. މަޑުމަޑުން ނިތްކުރީގައި ފިރުމަލަމުން ކޮޅަށް ތެދުވުމާއެކު ހީވީ ދިއްލާފައިހުރި ބޮތްކެއް ނިވާލިހެންނެވެ. މުޅިތަން އަނދިރިވިއެވެ. ދެފައިން ވާގިނެތި އަރިއަޅާލިއެވެ. މަޑުމަޑުން ޝައިމާ ބިންމައްޗަށް ތިރިވިއެވެ.

***

ގަޑިން 6 ގަޑި ބައިވިއިރުވެސް ޔައީޝްއަށް ނުހޭލެވުނީ ޝައިމާ ނުގޮވުމުންނެވެ. ސިއްސައިގެން ގޮސްފައި ތެދުވެވުނުއިރު ކައިރީގައި ޝައިމާއެއް ނެތެވެ. އޭނާ ވާނީ މަގު ކުނިކަހަން ނުކުމެކެން ޔައީޝްގެ ހަނދާނަށް އައެވެ. އެހެންވީއިރު ޔައީޝްއަށް ނުގޮވީ ކީއްވެބާއެވެ؟

ޔައީޝް އަވަސް އަވަސް ކޮށްލައިގެން ފާހާނައިން ނުކުމެ އޮފީހަށް ދާން ތައްޔާރުވެލިއެވެ. ބޫޓަށް އަރަމުން ގެއިން ނުކުންއިރު ގަޑިނުޖެހި ބާކީ އިނީ 5 މިނެޓެވެ. ގޭގެ ދޮރޯށި ހުޅުވާލުމަށްފަހު ބޭރަށް ނުކުތުމާއެކު ޔައީޝްއަށް ލިބުނީ ހައިރާން ކަމެވެ. ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ.

ބިންމައްޗަށް ވެއްޓިފައި އޮތް ޝައިމާގެ މޫނު ވަނީ ހުދުވެފައެވެ. އެ ބޮޑު ދެލޯ ވަނީ މެރިފައެވެ. ބުރުގާ ތެރެއިން ނުކުމެފައިވާ އިސްތަށިކޮޅު އޭނާގެ މޫނު މައްޗަށް އެޅިފައިވެއެވެ.

ޝައިމާ ވަގުތުންގެންދެވުނީ ހޮސްޕިޓަލަށެވެ. ސީމާއަށްވެސް މި ޚަބަރު ލިބުނީ ޔައީޝް ގުޅާފައި ބުނުމުންނެވެ. އޭނާ ވަގުތުން ތެޅެމުން ފޮޅެމުން ހޮސްޕިޓަލަށް އައެވެ. އޭނާ ދަރިއެއްފަދައިން ލޯބިވާ މި ކުއްޖާއަށް އެއްވެސް ގޮތެއް ވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ.

ސީމާ ވާރޑްއަށް ވަންއިރު ޝައިމާއަށް އޮތީ އައިވީ ގުޅާފައެވެ. އެއިރުވެސް އޭނާ ހޭ ނާރައެވެ. ކައިރީގައި ޔައީޝް ހުއްޓެވެ. އޭނާ ކުރަމުންދިޔަ ހިތާމަ އެ ދެލޮލުން ފާޅުވާން ހުއްޓެވެ.

އިރުކޮޅަކުން ޑޮކްޓަރ އެތެރެއަށް ވަދެގެން އައެވެ. އަތުގައި ފައިލްތަކެއް ހުއްޓެވެ. މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ.

“ކޮންގްރޭޓުލޭޝަންސް!” ޔައީޝްއަތަށް ރިޕޯޓް ދެމުން ޑޮކްޓަރު ބުނެލިއެވެ. “ޔޯރ ވައިފް އިޒް ޕްރެގްނެންޓް!”

ހާސްކަމުން ފުރިފައިވާ ޔައީޝްގެ މޫނަށް ވެރިވެގެން ދިޔައީ ކުއްލި އުފާވެރިކަމެކެވެ. ހީވެސްނުކޮށް ހުއްޓާ މި ލިބުނު އުފާވެރި ޚަބަރުގެ ސަބަބުން އޭނާގެ ހާސްކަން އެކީ އެކަށް ފިލައިގެން ގޮސް މޫނުމަތި އުޖާލާވެގެން ދިޔައެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޔައީޝް ބަލައިލީ ސީމާއަށެވެ.

ސީމާއަށްވެސް ވެފައިވަނި ހަމަ ޔައީޝްއަށް ވީވަރެވެ. އަނގަމަތީ އަތްއެޅުނެވެ. އޭނާގެ ދެލޯ ކަރުނަ އޮހޮރިގަތެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އޭނާ ޝައިމާއަށް ބަލައިލީ ލޯބިން ފުރިގެންވީ ގޮތަކަށެވެ. އެވަގުތު ޝައިމާގެ ހަށިގަނޑުގެ ތެރެއިން ސީމަގެ މާމަ ދަރިފުޅު ސިފަވެގެންދިޔަ ކަހަލައެވެ.

ޔައީޝް ޝައިމާ ކައިރީ އިށީނުމަށްފަހު އެ އޮމާން މޫނުގައި އަތުން ފިރުމާލިއެވެ. ނިތްކުރީގައި ދޮނެއް ދިނެވެ. އެވަގުތު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޝައިމާގެ ކޮލުގައި ބީހިލާފައި ފައިބައިގެން ދިޔައެވެ. ޝައިމާ އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ.

ޝައިމާއަށް އެންމެ ފުރަތަމަވެސް ފެނުނީ އޭނާގެ ލޯބިވާ ފިރިމީހަގެ އުފާވެރި މޫނެވެ. ދެން އޭނާއަށް ބަލާލެވުނީ ކައިރީގައި ހެވިފައިހުރި ސީމާއަށެވެ. އެ މައިވަންތަކަމުން ފުރިފައިވާ މޫނުމަތިން ފެންނަނީ އިންތިހާއީ ލޯތްބާއި ކުލުނެވެ.

“ޝައީ!! ޔޫ އަރ ޕޮރެގް!! ޔޫ އަރ ޕްރެގް!” ޔައީޝް އެ ލަފްޒުތަށް ތަކުރާރުކޮށް ބުނެލިއެވެ. އެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިފައިވެއެވެ. ޝައިމާގެ މޫނު ހިނިތުންވުމަކުން އުޖާލާ ވެގެންދިޔައެވެ. ހުދު ވެފައިވާ މޫނަށް މަޑުމަޑުން ޖަންބު ކުލަ ވެރިވަމުންގޮސް ރަތްވެއްޖެއެވެ. ތުންފަތްވެސް ހީވަނި ލޭކޮޅެއް ހެންނެވެ.

***

ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ސީމަ ޝައިމާއަށް ނަސޭހަތްދިނެވެ. އަބަދުވެސް އަރާމުކުރުމަށާއި މޭވާފަދަ ތަކެތި ކެއުމަށް ބުނެއެވެ. ސީމާ ބާޒާރަށް ދާ ކޮންމެފަހަރަކު ސްޓްރޯބެރީ އަދި މޭބިސްކަދުރު ފަދަ މޭވާތަށް ޝައިމާ އަށް ގެނެސްދެއެވެ.

ސީމާ އެވަރަށް ނަސޭހަތް ދޭއިރުވެސް ޝައިމާ ދޭތެރެ ދޭތެރެއިން ކޮންމެވެސް މަސައްކަތެއް ކޮށްލައެވެ. އެއްވެސް ކަމެއް ނުކޮށްހުންނަން އޭނާއަށް އުނދަގޫ ވާ ކަހަލައެވެ. ގިނައިރު އޮށޯވެ އޮންނަންވެސް އޭނާއަށް އުނދަގުލެވެ. ކުޑައިރުންސުރެ މުރާލި ދިރިއުޅުމަކަށް ހޭނިފައިވާތީ މަސައްކަތް ނުކޮށް ހުންނަން އުނދަގުލީ ކަންނޭނގެއެވެ.

ދުވަސްތަށް ފާއިތުވެގެން ދިޔަ ވަރަކަށް ޝައިމާގެ ބަނޑަށްވެސް އައީ ބަދަލު އަންނަމުންނެވެ. ހެދުންތަށް ކުޑަކޮށް ބާރުވުމުގެ ސަބަބުން ބަނޑު ނުކުމެފައި ހުންނައިރު ޝައިމާ ފެންނަލެއް އަދި އިތުރަށް ލޯތްބެވެ. ނަމަވެސް ޝައިމާގެ ހަށިގަނޑުގެ ފަލަމިނަކަށް ވަކި ބަދަލެއް ނާދެއެވެ. ހަމަ ކުރީގެ ހިމަ ހޯލި ހަށިގަނޑެވެ.

***

ހެނދުނު ޝައިމާ ހޭލިއިރު ޔައީޝް ވީ އޮފީހަށް ގޮހެވެ. މި ދުވަސްކޮޅު ހޭލެވޭލެއް ލަސްކަމުން ޝައިމާ ހުންނަނީ ފާޑަކަށް ލޮޑުވެފައެވެ.

 މޫނު ބަލާ ލޯގަނޑު ދޮށުގައި ޝައިމާ ހުރިއިރު އޭނާގެ ނަޒަރު ހުރީ ބޮޑު ވެފައިވާ އޭނާގެ ބަނޑަށް ހުއްޓިފައެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލެވުނެވެ. އެވަގުތު ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ހަށިގަނޑު ތެރޭގައިމިވާ ތުއްތު ތުއްތު ފުރާނައާ ދޭތެރޭ ކުރެވޭ އުންމީދުތައް ކޮޅުން ނުލައެވެ. މި ދަރިފުޅު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ކުރަން ޝައިމާ އަޒުމް ކަނޑައެޅިއެވެ. އޭނާގެ މައިންބަފައިން އޭނާ ތަރުބިއްޔަތު ކުރި ފަދައިންނެވެ. ޔަގީނެވެ. މިއީ މި ގައުމަށް ބޭނުންވާފަދަ ހިދުމަތްތެރި ޒުވާނަކަށް ވާނެއެވެ.

ޝައިމާ ކޮޓަރިން ނުކުންއިރު ގޭތޭގައިވަނީ ހަމަހިމޭންކަމެވެ. އެއިރު ސީމާ ވީ ޖަމުއިއްޔާގެއަށް ގޮހެވެ. ޝައިމާ މަގުމައްޗަށް ނުކުމެލީ ތަޒާ ވައިކޮޅެއް އިހުސާސްކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް ފަތްވެރި ހަޑިވެފައިވާ މަގު ފެނުމުން ކުނި ކަހާނުލާ ހުންނަހިތެއް ނުވިއެވެ. ޝައިމާ ކުނިކަހާލެއް ގިނަ ކަމުން ސީމާ ވީ އިލޮށިފަތި ތައްވެސް ފޮރުވާފައި ވިއްޔާއެވެ. އޭނާ ގޭގެ އެކިތަންތަން ހޯދަނިކޮށް އިލޮށިފަތި ފެނުނީ  ގުދަން ބައިންނެވެ.

***

  ގޭދޮށް ކުނިކަހަން އޮތްއިރު ޝައިމާގެ ހަށިގަނޑަށް ލޮޑުކަން އިހުސާސްވަމުންދިޔައެވެ. އިރުކޮޅެއްވިއިރު މީހާ ދާ ހިއްލާ ފޯވިއެވެ. ނަމަވެސް އޭނާ ހިންދެމިލީ މުޅިތަން ސަފުކޮށްނިންމާފައެވެ. ބައި ގަޑިއިރެއްހާއިރު ވަންދެން އިށީނދެ އިނުމަށްފަހު ކޮޅަށްތެދުވުމާއެކު ބަނޑަށް ތޫނު ތަދެއް ފެތުރިގެން ދިޔައެވެ. ހީވީ ބަނޑުގެ އެތެރެއިން ވަޅި އަޅާލިއެހެންނެވެ.

ޝައިމާއަށް އޭނާގެ ބަނޑުގައި ހިފަހައްޓަލެވުނެވެ. ހީވަނީ ކުއްޖާ ތިރިއަށް ޖެހެމުންދިޔަހެންނެވެ. ފާޑަކަށް ބަނޑުގެ ތިރިއަށް ބަރުވާންފެށިއެވެ.

ޝައިމާ މަޑުމަޑުން ގޭތެރެއަށް ވަނެވެ. ސޯފާގައި އިށީނދެ ހަމަޖެހިލުމާއެކު އެ ތަދުގަނޑު މައިތިރިވިއެވެ. އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. ބިރުން ހަލާކުނުވީ ކިރިޔާއެވެ. ބަނޑުގައިވާ ދަރިފުޅުގެ ނަޒުކުކަން ހަމަ ރަނގަޅަށްވެސް އިހުސާސްވެއްޖެއެވެ.

އޭނާ އަނެއްކަވެސް ތެދުވެއްޖެއެވެ. އަޖައިބެކެވެ. ދާދި ދެންމެއަކު ދިމާވި ހާދިސާ ހަނދާންނެތީހެއްޔެވެ؟ ޝައިމާ ދެން ހިނގައިގަތީ ބަދިގެއަށެވެ. ގޭގައި މީހަކު ނެތް ވަގުތު ބަލާފައި ކޮންމެވެސް މަސައްކަތެއް ކޮށްލާހިތުން ހުންނަތާ ކޮންދުވަހެއް ހެއްޔެވެ؟

ކުރާނެ މަސައްކަތެއް ހޯދަނިކޮށް އޭނާއަށް ފެނުނީ ބިންމަތީ ބަހައްޓަފައިހުރި ފޮށިގަނޑެވެ. އެއީ އާންމުކޮށް މޭޒުމަތީ ހުންނަ އެއްޗެކެވެ. އޭނާ ބޭނުންވީ އެ ފޮށިގަނޑު މޭޒުމައްޗަށް ނަގާށެވެ. އެ ފޮށިގަނޑުގައި ހުރީ ހުސް ބިއްލޫރި ތަށިތަކެވެ. ފުދޭވަރަކަށް ބަރުވާނެއެވެ.

ޑޮކްޓަރުން ބަރު އެއްޗެހީގައި ހިފުން މަނާކުރި ހަނދާން އޭނާގެ ހުރިހެއްނެއް ހިޔެއްނުވެއެވެ. ތިރިވުމަށްފަހު ފޮށިގަނޑުގައި ހިފާ މައްޗަށް ބާރުލައިފިއެވެ. ހުރިހާ ބަރެއް ލެވުނީ ބަނޑަށެވެ. އެއާއެކު އަރައިގެން ތަދުން މޫނުމައްޗަށް އަނދިރިވެގެންދިޔައެވެ. ބަނޑު ކޮންޓްރޯލުން ނައްޓާލިއެވެ. ހަށިގަނޑަށް ލުއިވެގެންދިޔައީ އިންތިހާއަށެވެ. ހީވީ ގައިގެތެރެއިން ބަރު އެއްޗެއް ފައިބައިގެން ދިޔަހެންނެވެ. މުޅި ތަޅުންގަނޑުމަތީގައި ލޭގެ ކޯރެއް ދެމެންފެށިއެވެ….

***

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ފަނާ 17

Next

ކަޅު ފިނިފެންމާ… 7 ވަނަ ބައި

Next
June 1, 2015

ކަޅު ފިނިފެންމާ… 7 ވަނަ ބައި

Previews
May 31, 2015

ފަނާ 17

27 Comments!

  1. Hoody says:
    May 31, 2015 at 9:02 am

    mi part vex kamudhaane kamah ummeedhu kuran 🙂

  2. saadhy says:
    May 31, 2015 at 9:23 am

    Mi part vex v reethi. Aneh baige inthixaarugai

  3. shaali says:
    May 31, 2015 at 9:32 am

    shaima ge baby ah ehen nahadhaa hoody

  4. athoo's fa says:
    May 31, 2015 at 9:53 am

    Lol haadha funny vaahaaka ekey…

  5. faai says:
    May 31, 2015 at 10:13 am

    Hoody shaimaa wihy tha? Mi part vx hama awesome… luv it

  6. Hoody says:
    May 31, 2015 at 10:25 am

    Thnkx all…
    hehehe…. shaimaa ah veegoi ingeyne next part kieema….. 😀

  7. naj says:
    May 31, 2015 at 10:45 am

    Vara reeethi…konirakun next part

  8. loka says:
    May 31, 2015 at 11:04 am

    nice

  9. mooko says:
    May 31, 2015 at 11:06 am

    Next part genesdeeny kondu vahakun

  10. Oooah says:
    May 31, 2015 at 11:25 am

    Dhe myhunvx maru vaany…

  11. crazi says:
    May 31, 2015 at 11:38 am

    Crazi vrh beynun anehbaa plx genes dhy ahvah.a.habes stry eh thede..like bimma ibrahim

  12. NUHA says:
    May 31, 2015 at 11:57 am

    fake story ever. vvv foohi

  13. hidha says:
    May 31, 2015 at 12:15 pm

    What..
    Nulaahiku reeethi mi story.. hiyeh vx nukuran miha avahah up kuraane kamah.. thankx hoody.. v v v nice. Love u

  14. NaaN says:
    May 31, 2015 at 2:04 pm

    Very Nice☺…… Next Part Ge Inthizaarugai

  15. moon says:
    May 31, 2015 at 2:15 pm

    Vaahaka vara reethi….waiting next part…

  16. gamarunishaa says:
    May 31, 2015 at 2:22 pm

    Shaimaa ge baby baige dhiyaaa dhw hoody …haadha dheraey sad vv sad vvv sas

  17. moyameeha says:
    May 31, 2015 at 3:02 pm

    Moya vegen ulhey anheneh kanneynge. Vedhaane nukiyvaa huryma kamah ves, abadhu masakkaiy koh koh onna meeheh viyya. Lol.

  18. sam says:
    May 31, 2015 at 4:45 pm

    OMG……. hope she will be fine…….

  19. Humdard says:
    May 31, 2015 at 4:45 pm

    Shaimaage baby abort v dhww… Avass koh next part up kohlahcey…. Ok

  20. Moya sihthi says:
    May 31, 2015 at 4:47 pm

    Vv.foohi…. Like NUHA said.. I hate this stry

  21. Yaeesh says:
    May 31, 2015 at 4:49 pm

    Vvvvvvvvvvvvv.reethi….. Next part kon irakun up kohladheyniiii

  22. yash says:
    May 31, 2015 at 5:03 pm

    Varah reethi

  23. shashyx says:
    May 31, 2015 at 7:09 pm

    Alhey miscarriage dw v sad .. s
    Waiting 4 the next part. 🙂 bst hoooody

  24. july says:
    May 31, 2015 at 7:19 pm

    myga e ulhey mahuloogaky shaima ge baby dhw….v hyvey….anyway vaahaka vvvvvvvvvobi…waiting 4 the next part…avaskoh up kohllahcchey..kiyaahithun kehh madhuvefa.

  25. zee says:
    May 31, 2015 at 9:59 pm

    haadha reechey alhey…………….cant wait

  26. nishy says:
    June 1, 2015 at 5:39 am

    …Vvvv reethi

  27. yash says:
    June 3, 2015 at 1:52 am

    V salhi

Comments are closed.


All Right Reserved!