” އެއީ އެކުއްޖާ…! ހާދަހާ ރީއްޗޭ… ހޮޓްކަމުން ހީވަނީ ހަމަ ނަރަކައިގެ ބުރާންޗެއްހެން… ” އާނިސް ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. އާނިސް އެހެން ބުނުމުން އަރުސަދަށްވެސް އާނިސްއާއި ދމާލަށް ބަލާލެވުނީ ފާޑަކަށެވެ.
” ދަރިފުޅާ ފައިހާ…! އާދެބަލަ…! ” ވަދީފާ ސާލީގެ ކޮޓަރިން ނިކުމެފައި ފާއީހާއަށް ގޮވާލުމުން ފައިހާގޮސް ސާލީގެ ކޮޓަރި ތެރެއަށް ވަންނަންދެން އަރުސަދު ބަލަހައްޓައިގެން ހުއްޓެވެ. އެރޭ އަށެއް ޖެހިއިރު ގާޒީއާއި އިތުރު ދެމީހުން އައިސް ގެއަށްވަނެވެ. އޭރު ތޮލާލްގެ އާއިލާގެ މީހުންވެސް އައިސްތިއްބެވެ. ކައިވެނިކުރަމަށް ހަމަޖެހިފައިވާ މޭޒު ހުރި ތަނުގެ ވަށައިގެން ޖަހާފައިހުރި ގޮޑި ތަކުގައި ދެފަރާތު އާއިލާގެ މީހުންއައިސް އިށިންދެގެން ތިއްބެވެ. ފައިހާއާއި ވަދީފާވެސް އެތަނުން ގޮނޑިއެއްގައި އިށިންދެގެން ތިއްބެވެ.
” އާނިސް…! އަރުސަދު އަދިވެސް ނާންނަނީތަ…؟ ” ފައިހާގެ ސަމާލުކަމަށް އައީ ފައިހާއި ޖެހިގެން އިން އަންހެންމީހާ އެތާގައި ހުރި ފިރިހެންކުއްޖެއްގެ ކައިރިން އަހައިލުމުންނެވެ.
” އެބަ އާދޭ…! ” އެފިރިހެން ކުއްޖާވެސް އެހެން ބުނެލުމަށްފަހު ކެމެރާއެއް ހިފައިގެންގޮސް އެއްކަނެއްގައި މަޑުކޮއްލިއެވެ. ކުޑައިރުކޮޅެއްފަހުން އަރުސަދު އައިސް އެތާއެތެރެއަށްވަނެވެ. އޭރު ފައިހާއިނީ ބަލަހައްޓައިގެން ކަމުން އަރުސަދާއި ފައިހާގެ ހަތަރުކަޅި ހަމަވިއެވެ. އަރުސަދު ހިނިތުންވެލުމަށްފަހު އާނިސް އަތުގައި އޮތް ކެމެރާ ނެގިއެވެ. ކައިވެނި ހަފްލާ ފެށުމުން އަރުސަދު ފޮޓޯތަށް ނަގަމުން ދިޔައެވެ. އާނިސް އަތުން ކެމެރާ އަތުލުމުގެ އެންމެ ބޮޑު ބޭނުމަކީ ފައިހާ ފޮޓޯތަކެއް ނެގުމެވެ. ނަމަވެސް އަރުސަދު ހިންހަމަ ޖެހޭކަހަލަ ފޮޓޯއެއް ނެގޭވަރުވީ ކައިވެނި ކޮއްނިންމާލާފައި ނިކުތްތަނުންނެވެ.
ކައިވެނި ކޮއްނިމިގެން ފޮޓޯނެގުމަށް ހަދާފައި ހުރި ތަނުގައި ސާލީއާއި ތޮލާލް ގޮސް މަޑުކޮއްލިއެވެ. އައްގަޑި ބައިވުމުން ޕާރޓީއަށް މީހުންތަށް އަންނަންފެށިއެވެ. އަރުސަދުވެސް ފޮޓޯތަށް ނަގަމުން ދިޔައެވެ. ކުޑައިރުކޮޅަކުން އާނިސް އަތަށް ކެމެރާ ދިނުމަށްފަހު ބުފޭތަކާ ދިމާލަށް ހިނގައިގަތީ ކުޑަކޮއް ބަނޑުފައި ވުމުންނެވެ. އަރުސަދުގެ ލޮލުގައި އެވަގުތު އަޅައިގަތީ ބުފޭތަކާ ތަންކޮޅެއް ދުރުގައި ހުރި ގޮޑިއެއްގައި އެކަނި އިށިންދެގެންއިން ފައިހާއެވެ. އަރުސަދުވެސް ކޯކު ތައްޓެއް ހިފައިގެން ފައިހާއާއި ދިމާލަށް ހިނގައިގަތީ ފައިހާއާއި ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ.
” ކިހިނެއްވެފަ މާއެކަނި ތިއިނީ…! ” އަރުސަދުގޮސް ފައިހާ ކައިރީގައި ހުއްޓިލާފައި އަހާލިއެވެ. ފައިހާ އިނީ ފޯނާ ކުޅެންކަމުން އަރުސަދު އައިކަމެއް ފައިހާއަކަށް ނޭގެއެވެ. އަރުސަދު އެހެން ބުނުމުން ފައިހާ ދިޔައީ ސިއްސައިގެނެވެ.
” ކަމެއްނުވޭ…! ” ހިނިތުންވެލަމުން ފައިހާ ބުނެލިއެވެ. އަރުސަދުވެސް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެވަގުތު އާނިސްއަށްވެސް އަރުސަދުމެން ފެނުނެވެ. އެހެންވެ ވަގުވަގަށް އަރުސަދުމެން ދައްކާވާހަކަ އަޑުއަހަން އެދިމާލަށް އާނިސް ދިޔައެވެ. ވަގުވަގަށް ދިޔަ އާނިސް ސާލީއަށް ފެނުމުން ސާލީއަށްވެސް ހެވުނެވެ. ތޮލާލަށްވެސް އާނިސް ފެނުނީ އެވަގުތުއެވެ. ތޮލާލުގެ ހިނިގަނޑުވެސް ދިޔައީ ފަޅައިގެންނެވެ.
” އަހަރެންނަށް ކިޔަނީ އަރުސަދު…! ” އަރުސަދު ސަލާމްކޮއްލަން އަތްދިއްކޮއްލިއެވެ.
” ފައިހާ…! ” ފައިހާވެސް ހިނިތުންވެލަމުން އަރުސަދު ދިއްކޮއްލި އަތުގައި ހިފާލިއެވެ.
” އަހަރެން ހީކުރީ އެނގުނަސް ދަންނަކަމަށްވެސް ނުހަދާނެ ކަމަށް…! ” އަރުސަދު ކުޑަކޮއް ވާހަކަ ދައްކާލުމުގެ ބޭނުމުގައި ކޮންމެވެސް ވާހަކައެއް ފެށިއެވެ.
” އަހަރެންވެސް ހީކުރީ ހަމަތިހެން…! ” އަރުސަދު ވާހަކަދެއްކީތީ ފައިހާއިނީ ވަރަށް ހިތްހަމަޖެހިފައެވެ.
” ކޮންއިރަކު ފުރަނީ…! ” އަރުސަދު ބޭނުންވީ އޭނަޔަށް ލިބިފައި އޮތްވަގުތުގެ ބޭނުން ހިފާށެވެ.
” މާދަން ހެނދުނުހެން ހީވަނީ…! އަރުސަދު ނުދަންތަ ދެން މާލެއަކަށް…! ” ފައިހާވެސް ހުރީ މިފަހަރު އެހާ ދާހިތަކުންނެއް ނޫނެވެ.
” ދެން އަނެއްކާވެސް ނޭގެ ދޯ ދިމާވާނެ ދުވަހެއްވެސް…! ” އަރުސަދުގެ މޫނުމަތީގެ ހުރި ހިނިތުންވުން ފިލިއެވެ. އެކަން ފައިހާއަށްވެސް އެނގުނެވެ.
” ފޭސްބުކު ޔޫސްއެއް ނުކުރަންތަ…؟ ” ފައިހާ އަހައިލިއެވެ.
” ނޫން…! ކިހިނެއްވީ…؟ ” އަރުސަދުއަށް އަހައިލެވުނެވެ.
” އެހެންވީމަ ފޭސްބުކުން ދިމާވާނެއެއްނު…! ” ފައިހާ ހިނިތުންވެލަމުންބުނެލިއެވެ.
” އަހަރެންނަކަށް ނޭގެ ފައިގެ އައި.ޑީއެއްވެސް…! އެހެންނޫންނަމަތާ އެޑްވެސް ކޮއްލެވޭނީ…! ” އަރުސަދު ދެރަވެލަމުން ބުނެލިއެވެ. ފައިހާ އެތަނުން ތެދުވެގެން ދިޔައީ އަރުސަދަށް އޭނަގެ އެފް.ބީ އައި.ޑީ ދީފައެވެ.
” ޕާޓޫ…! ސެޓްވީތަ…؟ ނަމްބަރު ހޯދިންތަ…! އެހެން ބިޓެއް ނަގައިގެންތަ އުޅެނީ…! ” ފިލާއޮވެފައި އާނިސް އައިސް އަރުސަދު ކައިރީގައި ހުރި ގޮޑީގައި އިށީނެވެ.
” ނޫން…! ހުރިހާ ސުވާލެއްގެ ޖަވާބަކަށްވެސް ނޫން…! ” އަރުސަދު ތެދުވެގެން ހިނގައިގަތުމުން އާނިސްވެސް އަރުސަދުގެ ފަހަތުން ހިނގައިގަތެވެ.
” ސީރިއަސްކޮއްބުނެބަލަ…! ނަމްބަރު ހޯދިންތަ…؟ ” އާނިސް އަނެއްކާވެސް އަރުސަދު ކައިރީގައި އަހައިލިއެވެ. އަރުސަދު އެއްބަހެއްވެސް ނުބުނެ ތައްޓައް އެއްޗިހި އަޅަމުން ދިޔައެވެ. އާނިސްވެސް އަރުސަދުއާއި ވާދައަށް ތައްޓައް އެއްޗެހި އެޅީ އެއެއްމިއެއް ނުބަލައެވެ. އަރުސަދު އެވަގުތު ހަދާންވީ މިސްޓަރ ބީންގެ މަތިންނެވެ. އާނިސް އުޅޭގޮތުން އަރުސަދު ހުންނަނީ ހީހީ ހަލާކުވާވަރު ވެފައެވެ. އޭގެ ފަހަކުން އަރުސަދަކާއި ފައިހާ ދިމަލެއްނުވެއެވެ. އަނެއްދުވަހު ހެނދުނު ފައިހާމެން ފުރައިގެންދިޔައީ މާލެއައެވެ. އަރުސަދުއަށް ހޭލެވުނީ ވަރަށް ލަސްވިފަހުންނެވެ. އެރޭ ޕާޓީ ނިންމާފައި އެއްޗެހި ނަގާ ނިމުނީ ފަތިސްވާން އުޅެނިކޮށެވެ. އަރުސަދަށް ހޭލެވުމާއެކު އަވަހަށް ތެދުވެ ފޭސްބުކު ކަނެކްޓް ކޮއްލިއެވެ. ފައިހާ ބުނި ނަންޖަހާފައި ސާޗް ކޮއްލުމުން ބައިވަރު ނަންތަށްއައެވެ. ނަމަވެސް ފައިހާގެ އައި.ޑީއަށް ލާފައިއިނީ ފައިހާގެ ފޮޓޯއެއްކަމުން އަރުސަދަށް އެގުނީއެވެ. އަރުސަދު އަވަސްއަވަހަށް ރިކްއެސްޓް ފޮނުވާފައި ގޮސް ފާހާނަޔަށްވަނެވެ. އަރުސަދު ފާހާނައިން ނިކުތްއިރު ފައިހާ އެޑްކޮއްފައި އިނެވެ. ނަމަވެސް ފައިހާ އޮންލައިންގައި ނެތުމުން ލެޕްޓޮޕް ބަހައްޓާފައި ބޭރަށް ނިކުތެވެ.
އާމިރުމެން އައިސް ފޭބިއިރު ފާޒިން އެމީހުން ބަލާގޮސް އޮތެވެ. އާމިރުމެން ގެންގޮސް ގެއަށް ލާފައި ފާޒިން ދިޔައީ އޮފީހަށެވެ. ފާޒިންގޮސް މައިޝާގެ ކެބިން ބަލާލިއިރު މައިޝާ ނެތުމުން ފޯނުނަގާ މައިޝާގެ ނަމްބަރަށް ގުޅާލިއިރު މޭޒުމަތީގައި އޮތް މައިޝާގެ ފޯން ރިންގްވާން ފެށިއެވެ. ފާޒިން މައިޝާގެ ފޯނު ހިފައިގެން ގޮސް އޭނަގެ ކެބިންއަށްވަނެވެ. އަދި މައިޝާގެ ފޯނުގައި ހުރި ފޮޓޯތައް ފާޒިން ބަލައިލިއެވެ. ފޯނުގައި ގިނައިން ހުރީ ފާޒިންގެ ފޮޓޯތަކެވެ. ފޮޓޯތަށް ބަލަން އިންދާ ކުޑައިރުކޮޅެއް ފަހުން އެއޮފީސް ނަންބަރަކުން ގުޅަންފެށިއެވެ. ފާޒިން އަވަހަށް މައިޝާގެ ފޯނު އޮފްކޮއްލާފައި ތެދުވެގެން ގޮސް މައިޝާގެ ކެބިންގެ ދޮރުމަތީގައި މަޑުކޮއްލިއެވެ. އޭރު މައިޝާ ހުރީ ދޮރަށް ފުރަގަސް ޖަހައިގެންކަމުން ފާޒިން އައިކަމެއް ނޭގެއެވެ.
” ކާކަށް ތިގުޅަނީ…؟ ” ފާޒިން ގޮސް މައިޝާގެ ގައިގައި ފުރަގަހުން ބައްދާލިއެވެ. ފާޒިންގެ އެހަރަކާތުން ކުޑަކޮއް ސިހުނު ނަމަވެސް އަޅާނުލާ ހުރީ ފާޒިން ކަން އެނގުމުންނެވެ.
” އަހަރެންގެ ފޯން ގެއްލިގެން މިއުޅެނީ…! ދެންމެ ގުޅާލީމަ ރިންގުވި..! އެކަމު މިހާރު ނިއްވާލާފައި އޮތީ… ފާޒިން މީހަކަށް ފެނިދާނެ….! ” މައިޝާ އަނެއްކާވެސް އޭނަގެ ނަންބަރަށް ގުޅާލިއެވެ.
” އޯކޭ އޭ ފެނުނަސް…! ” ފާޒިންހުރީ މައިޝާގެ ގައިން ދޫކޮއްލާ ހިތް ނުވެފައެވެ. މުޅިއުމުރަށްވެސް އެގޮތަށް މައިޝާގެ ގައިގައި ބައްދާލައިގެން ހުންނަން ފާޒިންގެ ހިތް ކިތަންމެހާވެސް ބޭނުމެވެ.
” އަޅެ ނިއްވާލާފައޭ އޮތީ…! ” މައިޝާ ހުރީ ވަރަށް ހާސްވެފައެވެ. އޭރު ފާޒިން ހުރީ ގަދަކަމުން ހިނިގަނޑު ހިފަހައްޓާލައިގެންނެވެ.
” ފޯނު ބާއްވާފައި ކޮންތާކަށްތަ ދިޔައީ…! ” ފާޒިންވެސް ސީރިއަސްވެލަމުން ބުނެލިއެވެ.
” ކަލެއަށް އޮފީހެއް އެހެންތަނެއް ނޯވޭދޯ…؟ ” އެވަގުތު ސިރާޖް އައިސް ކެބިންގެ ދޮރުމަތީގައި މަޑުކޮއްލަމުން ބުނެލިއެވެ. ސިރާޖު އެހެންބުނުމާއެކު ފާޒިން މައިޝާގެ ގައިން ދޫކޮއްލާފައި އެނބުރި ބަލައިލިއެވެ. އޭރު ސިރާޖު ހެވިފައި ބަލަހައްޓައިގެން ހުއްޓެވެ.
” ކަލެއާ ހެދި ނޯވޭ ވިއްޔަ ކަ.. ” ފާޒިން ބުނަން އުޅުނު ޖުމުލަ ހުއްޓާލީ މައިޝާ ފާޒިންގެ އަތުގައި ވިކައިލުމުންނެވެ. ފާޒިން ސިރާޖާއެކު ނިކުމެގެން ދިޔައީ ފާޒިންގެ ކެބިންއަށެވެ. އިރުގަނޑެއް ވަންދެން ވާހަކަ ދައްކަން ތިބެފައި ސިރާޖު ދިއުމުން ފާޒިން އަނެއްކާވެސް ދިޔައީ މައިޝާގެ ކެބިންއަށެވެ. އޭރުވެސް މައިޝާ މޭޒުމަތީގައި ހުރި ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލައިގެން ހުއްޓެވެ.
” އާދެބަލަ…! ” ފާޒިން ގޮސް މައިޝާގެ އަތުގައި ހިފަމުން ބުނެލިއެވެ.
” ކޮންތާކަށްތަ…؟ އަޅެ ފޯނެއް ނުފެނުނޭ…! ” މައިޝާހުރީ ދެރަވެފަކަން އޭނަގެ އަޑުންވެސް ފާޒިންއަށް ފާހަގަކުރެވުނެވެ. މައިޝާގެ އަތުގައި ހިފައިގޮން ގޮސް ފާޒިން އޭނަގެ ކެބިންއަށްވަދެ ގޮނޑިއެއްގައި ބޭންދިއެވެ. އަދި ކަބަޑުގައި އޮތް ކުޑަ ޕާރުސަލްއެއްނަގާ މައިޝާގެ އަތަށްދިނެވެ.
” މީކޯޗެއް…! ” މައިޝާ ޕާރުސަލް ހަލުވާލަމުން ބުނެލިއެވެ.
” ދެން ކަނޑާބަލަ….! ” ފާޒިން އިނީ މޭޒުމަތީގައި އިށިންދެގެންނެވެ. މައިޝާ ވަރަށް ފަރުވާތެރިކަމާއެކު އެކުޑަ ޕާރުސަލްކަނޑަމުން ދިޔައެވެ. ޕާރުސަލްތެރޭގައި އޮތް އެތި ފެނުމުން މައިޝާއަށް ބޭއިހްތިޔާރުގައި ފާޒިންއަށް ބަލައިލެވުނެވެ.
3821 Comments
Comments are closed.
naj
May 28, 2015 at 4:10 pmVara reethi….thankolhe dhigu kola dheybaa…..plx
mary
May 28, 2015 at 6:01 pmhaadha kurey alheu dhigu kohbalaaa
zee
May 28, 2015 at 6:15 pmwow loabyge vaahakaige 1 vana
laali
May 28, 2015 at 6:55 pmNice.haadha haadha kurey
mary
May 28, 2015 at 9:00 pmHaadha dhigey..dhigu jamun nuvx kiyunu mirey.. Nukiyeybai madhama kiyalaany..hus beykaaru vahaka dhahkafa.. Ehvx interesting kamehvx nuvey
july
May 28, 2015 at 10:34 pmv nice
Ulnaa
May 28, 2015 at 10:44 pm!!!!Hotkamun narakaige branch eh Henney seriously
Maajy
May 29, 2015 at 7:00 amVv reethi ekam haadha kurey
Maajy
May 29, 2015 at 7:03 amV reethi mi part ves
shaa
May 29, 2015 at 12:08 pmDhorah furagas dheegen huhnaanee dhorah furagas jahaanee kee noon lol
mee
May 29, 2015 at 1:19 pmV salhi story eh
don't care
May 29, 2015 at 1:32 pmEhaa hadi ehnoo lol.
9
juma
May 30, 2015 at 7:48 pmVvv nice mi part. When next part??
aaku
June 1, 2015 at 12:13 amPlx next part avahah up kohdhyba
me
June 1, 2015 at 1:38 ammee korcheh.. hus haasaru
shhh
June 1, 2015 at 9:32 amnice story
Alko
June 1, 2015 at 4:51 pmVarah reethi vaahaka ekamaku haadha lahey update vaaleh
shaaly
June 1, 2015 at 6:09 pmwhen next part . plx make it fast ihthu
vyna
June 1, 2015 at 6:10 pmkemmadhu va nings
nazi
June 1, 2015 at 10:22 pmhaadha inthizaaruge vagulhu dhigey plz plz avaha up kolla dheebala
nazi
June 3, 2015 at 1:24 pmihthu kobaa haadha kamey nethey baleetha