Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 30

darkangel Level 210 Stories
May 29, 2015 5 Mins Read
51 Comments

ޒާޔާގެ މޫނުގައި ދެއަތުން ހިފާލަމުން މަރާލެވިފައިވާ އެދެލޮލުގައި ޒަޔާން ބޮސްދިނެވެ. ދެކޯތާފަތުގައި ބޮސްދިނުމަށްފަހު އެތުންފަތުގައި ބޮސްދޭންފެށިއެވެ. ޒާޔާގެ ލޮލުން ކަރުނަ ފާއްދާލީ އެވަގުތު އައިސްގެން ނުވާނެ ހިޔާލުތަކެއްވެރިވުމުންނެވެ. އޭނައަށް އެވަގުތުވެސް އެދެވުނީ ރާއިންއަށެވެ. ރާއިންގެ ބީހުމަށެވެ. ހިތާއި ދެކޮޅަށް ކިތަންމެ ވަރަކަށް ހަނގުރާމާ ކުރިޔަސް ކުރިނުލިބޭނެކަން ޒާޔާއަށް އިހުސާސްވިއެވެ. މިވަރުން އޭނައަށް ޒަޔާން އާއި އެކު ކެތްކުރެވޭނީ ކިހިނެތްހެއްޔެވެ؟ ޒަޔާންގެ އެންމެބީހުލުމެއްވެސް ބަލައި ނުގަނެވޭއިރު އޭނަ ޒަޔާންގެ އަންބަކަށްވެގެން ދިރިއުޅޭނީ ކިހިނެތްހެއްޔެވެ. އެންމެފަހުން އޭނައަށްޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ޒަޔާންއާއި ދުރަށްޖެހިލުމަށްފަހު މޫނުގައި ދެއަތްއަޅާ ޒާޔާއަށް ރޮވެންފެށުނެވެ.

     ޒަޔާންއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ހީވީ ޒާޔާއަށް ވީގޮތް އެނގިގެން ކުރިކަމެއްހެނެވެ. ދެއަތުން މޫނުފޮރުވައިގެން ރޯލަރޯލައިން ޒާޔާގެ އަތުގައި ހިފަން އަތްދިއްކޮށްލާފަވެސް ތިރިކޮށްލިއެވެ. އަތްމުއްކަވާލުމަށްފަހު އޭނަ އަނެއްފަރާތަށް މޫނުއަނބުރާލިއެވެ.  ސީޓުގައި ހަށިގަނޑު ދަމާލައިގެން އިރުކޮޅަކު އިނީ ޒާޔާއަށް ރޯން ފުރުސަތުދޭންވެގެން ކަމެއް ނޫނީ ހިތަށްވެރިވެފައިވާ އުދާސްތައް ބޭރުވެދާނެތީކަމެއް ނޭނގެއެވެ. ލޯފެންކަޅިވީ އޭނަދުށް ރީތި ހުވަފެނުގައި ކުލަޖެހުމުގެ ކުރިން ވިއްސިވިހާލިވެއްޖެކަން އިހުސާސްވުމުންނެވެ. ޒާޔާއާއި ކައިވެނި ކުރެވުނު ކަމުގައިވިނަމަވެސް އޭނައަށް ޒާޔާގެ ހިތް މިލްކު ނުކުރެވުނީސް ކަންނޭނގެއެވެ. ނޫނީ އަދިވެސް އުންމީދުގެ ހުޅުކޮޅު ރޯކޮށްގެން އިތުރަށް މަސައްކަތް ކުރަންވީހެއްޔެވެ؟ ދެންވެސް ނާކާމިޔާބުވެއްޖެނަމަ ތަދުވާނީ ހަމަ އޭނަގެ ހިތަށެވެ. ވިސްނަން އިނދެވުނީ ކުޑައިރުކޮޅަކަށެވެ. ޒާޔާގެ މަޑުގިސްލުމުގެ އަޑު ކާރުތެރެއަށް ވެރިވުމުން އެއްވެސް ކަމަކާދޭތެރޭ ވިސްނާނެ ޖާގައެއް އޭނަގެ ސިކުނޑިއަކަށް ނުލިބުނެވެ. އެއްޗެކޭނުބުނެ އިންނަން ޒަޔާންއަށް އުނދަގޫވީ ދެނެވެ.

ލޯފޮހެލުމަށްފަހު ނޭފަތްއެތެރެއަށް ދަމާލައި މީހާ ހަމައަކަށް އެޅިލިއެވެ. އޭރުވެސް ޒާޔާއިނީ މޫނުގައި ދެއަތްއަޅާލައިގެނެވެ. މަޑުމަޑުން ޒާޔާގެ އަތުގައި ޒަޔާން އަތްލިއެވެ. މޫނާއި ދެއަތްވަކިކޮށްލުމުން އެކުޑަމޫނު އޭޏަގެ އަތުތެރެއަށްލިއެވެ. އަދި ހިނިތުންވެލަމުން މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ ނުރޯށޭ ބުނާފަދަގޮތަކަށެވެ. ނަމަވެސް ޒަޔާންގެ މޫނުފެނުމުން ޒާޔާއަށް ކުރިއަށްވުރެ ބޮޑަށް ރޮވުނީއެވެ. ދެރަވެފައި އިންކަން ކިތަންމެ ފޮރުވަން މަސައްކަތްކުރިނަމަވެސް ޒަޔާންގެ ލޮލަށް ޖަމާވެފައިހުރި ކަރުނައިގެ ސަބަބުން އެހިތަށް ކޮށްފައިވާ އަސަރު އިހުސާސްވުމުންނެވެ. ތިމާލޯބިވާމީހަކު ބީވުމުން ކުރާއަސަރުވަނީ އޭނަވެސް ތަޖުރިބާކޮށްފައެވެ.

“ޒާ ޕްލީޒް، ހުއްޓާލަބަ” ޒާޔާ ހުއްޓާނުލުމުން އެންމެފަހުން ޒާޔާގެނެސް މޭގައި ޖައްސާލަމުން ޒަޔާން ބުނެލިއެވެ. “އެމް ސޮރީ” ރުއިމުގެ ތެރެއިން ޒާޔާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. އެތައްއިރަކު ޒަޔާންގެ މޭގައި މޫނުފޮރުވައިގެން ޒާޔާރޯންއިނެވެ. ޒާޔާހަމައަކަށް އެޅުމުން ޒަޔާންއާއި ދުރަށްޖެހިލިއެވެ. އޭރު އެދެލޯވަނި ރަތްވެ ދުޅަވެފައެވެ. ނޭފަތް ރަތްވެ ތުންފަތްވެސް ހުރީކޮންމެވެސް ވަރަކަށް ދުޅަވެފައެވެ.

 ކުރިމަތީގައި ހުރި ޓިޝޫފޮށިން ދެތިންޓިޝޫ ނެގުމަށްފަހު ޒަޔާން ޒާޔާގެ މޫނުފޮހެލަދިނެވެ. “އެމްސޮރީ” އެދެމެދަށް ވެރިވެފައިވާ ހިމޭންކަން ކަނޑުވާލީ ޒަޔާންއެވެ. އިތުރަށް ބުނާނެ އެއްޗެއްއޭނަގެ ވިސްނުމަކަށް ނައެވެ. “މާފަށް އެދެންޖެހޭ މީހަކީ އަހަރެންކަން ޒަޔާންއަށްވެސް އެނގޭނެ” މަޑުމަޑުން ޒާޔާ ބުނެލިއެވެ.

“އަހަރެން ސުވާލެއް ކޮށްފިއްޔާ ތެދުތެދަށް ޖަވާބުދޭނަންތަ؟” ޒަޔާން ޒާޔާއާއި ދިމާއަށް ބަލާލަމުން ސުވާލުކޮށްފިއެވެ. ބޮލުގެ އިޝާރާތުން އާއެކޭބުނުމުން ޒަޔާންއާއި ދިމާއަށް ޒާޔާބަލާލިއެވެ.

“އެއްވެސްމީހަކު ޒާއަށް ފޯޒްކުރިތަ އަހަންނާ މެރީކުރަން؟” ޖަވާބުގައި ޒާޔާއެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. އެލޮލަށް ޖަމާވިކަރުނަތައް ޒަޔާންއަށް ސިއްރުވީ އެހެންވެގެނެވެ. ޒާޔާގެ ޖަވާބު ޒަޔާންއަށް އެނގުނެވެ. އެހެންވެ އެމީހަކީ ސަލްމާތޯ އަހާލިއެވެ. ނަމަވެސް ޒާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އިސްޖަހައިގެން އިންގޮތަށް އިށިއިނދެގެން އިނީއެވެ.

“ޒާ އެހެންމީހަކާ ގުޅެންބޭނުންވަނީތަ؟” މިފަހަރުވެސް ޒާޔާއެއްވެސް ޖަވާބެއް ނުދިނެވެ. “އޭނަ ޒާގެ ލައިފްއަށް އަނބުރާއައީތަ؟” އެސުވާލުގެ ޖަވާބުގައި ޒާޔާ ދެފަރާތަށް ބޯހޫރާލިއެވެ. އެވަގުތު އޭނަ ހިފަހައްޓައިގެން އިން ކަރުނަތައް އޭގެ މަގާމުދޫކޮށް ކޯތާފަތްމައްޗަށް އޮހޮރުނެވެ.

“ޔޫ ސްޓިލް ލަވްހިމް، ރައިޓް؟” ޒާޔާގެ މޫނުގައި ދެއަތުންހިފާ އުފުލާލަމުން ޒަޔާން ބުނެލިއެވެ. އެއްވެސް އެއްޗެކޭނުބުނެ އިނީ އެސުވާލުގެ ޖަވާބު އިއްވައިގެން ޒަޔާންގެ ހިތަށް އިތުރު ތަކުލީފެއް ދޭންބޭނުންނުވާތީއެވެ. “އަހަރެންގާތުގައެއް ނުބުނާނަންތަ އެއީ ކާކުކަމެއް؟”

“އަހަރެން ބުނަންބޭނުންވިޔަސް ނުބުނެވޭޏެ އެއީ ކާކުކަމެއް، އޭނަގެ ނަމެއްވެސް، ދުވަހަކުވެސް އަހަރެން އޭނަގެ ނަމެއް އެއްވެސް މީހަކު ގާތަކު ނުބުނަން، އަދި ކުރިއަށްއޮތްތާގަވެސް އެނަން ބުނެވޭކަށް ނެތް، އެވާހަކަ ނިއުޅައިގެން ކުރިމަތިވާނީ އިތުރު މައްސަލައެއް، ޒަޔާން އަހަރެންނާ އިންނަން ހުރިއްޔާ އަދިވެސް އަހަރެންގެ ޖަވާބަކީ އާއެކޭ، އެކަމް… އަހަރެން ޓްރައި ކުރިން އޭނަމަތިން ހަނދާން ނައްތާލަން، ދިރިއުޅުމުގައި ކުރިއަށްދާން، އެކަމް އަހަންނަކަށް ނުވިއެކަމެއް، އަހަންނަށް އަދިވެސް އެދެވެނީ އޭނައަށް، ދެންމެ ޒަޔާން ކިސްކުރީމަވެސް އަހަރެންނަށް އެދެވުނީ އޭނައަށް، އެހެންވެ ރޮވުނީ، އެނގޭ އެހެން ފީލްވެގެން ނުވާނެކަން… އެކަމް އަހަންނަކަށް އަހަރެންގެ ހިތުގަމިވާ ފީލިންގްސް އެއް ބަދަލެއް ނުކުރެވުނު.. އެމް ސޮރީ” އިސްއޮބާލައިގެން އިނދެގެން ޒާޔާވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޒާޔާގެ ވާހަކަތަކުން ޒަޔާންގެ ހިތް ތޮރުފަމުން ދިޔަނަމަވެސް އޭނައިނީ ކެތްކޮށްލައިގެނެވެ.

“މީހަކުދެކެ ލޯބިވުމަކީ ސޮރީ ބުނަންޖެހޭވަރުގެ ކަމެއްނޫންދޯ، އެކަމް އޭނަގެނަން މީހަކަށް އެނގިގެން މައްސަލައަކަށްވާންވީ ކީއްވެ؟” ޒަޔާން ކުރީ އޭނަގެ ހިތުގައި އުފެދެމުންއައި ސުވާލެވެ.

“މިއީ އަހަންނަށް ހީވާ ހީވުމެއްކަމަށްވެސް ވެދާނެ، ބަޓް ފަހަކަށްއައިސް ޒާއަށް ފީލްވަނީ އޭނަ ޒާއާ ދުރަށްދިއުމުގައި އެހެން ސަބަބެއް ވެއޭ، ފީލްވަނީ އަދިވެސް އޭނަ ޒާދެކެ ލޯބިވެއޭ، ކޮންމެވެސްކަހަލަ މަޖިބޫރީއެއްއޮވެގެނޭ އޭނަ ދުރުގައި އެހުންނަނީ، މޭބީ ފެމިލީއާއިހެދި އަހަރެން އެކްސެޕްޓް ކުރެވެން ނެތީކަންނޭނގެ” ބޭރުބަލަހައްޓައިގެން އިނދެ ޒާޔާވާހަކަދެއްކިއެވެ.

“އިޓްސް އޯކޭ، ހިނގާދޯ ގެއަށްދާން، ރިމެމްބަރ ވަންތިންގ ޒާޔާ އެމް އޯލްވޭސް ހިޔަރ ޓުހެލްޕް ޔޫ، އުންމީދުކުރަން ޒާ އަހަރެން އެހާ ދުރުނުކޮށްލާނެކަމަށް، އެން އަހަރެން ނެތިން މިވާހަކަ އަދި އެއްވެސް މީހެއްގެގާތުގައި ބުނާކަށް، އައިނޯ ޒާޔާދެކެ ރުޅިއަންނާނެކަން، އަހަރެން ބޭނުމެއް ނޫން ޒާއަށް އެއްވެސް އުނދަގުލެއް ކުރިމަތިވާކަށް…. އިންޝާﷲ ޒާއަށް ޒާ ލޯބިވާފަރާތް ވަރަށް އަވަހަށް ލިބޭނެ” ޒާޔާއާއި ދިމާއަށް ބަލައިލަމުން ހިނިތުންވެލާފައި ޒަޔާން ބުނެލިއެވެ.

ގެއަށް ދެވެންދެންވެސް އެދެމެދުގައި އޮތީ ހަމަހިމޭންކަމެވެ. ކާރު މަޑުކޮށްލާފައި ޒަޔާން ޒާޔާއިން ފަރާތުގެ ދޮރުހުޅުވާލަދިނެވެ. ގޭތެރެއަށްވަނީ ޒާޔާގެ އަތުގައި ހިފާލައިގެނެވެ. ޓެރަސްމަތީގައި މިމަންޒަރު ބަލަންހުރި ރާއިންގެ ލޭހޫނުވާންފެށިއެވެ. ރެއިލިންގައި ހިފަހައްޓާލައިގެން އޮތްދެއަތަށް ބާރުކޮށްލެވުނީ އިނގިލިތަކަށް ތަދުވާވަރަށެވެ.

ޒާޔާގެ ކޮޓަރިއާއި ހަމައަށް ލައިދެމުން ޒަޔާން އަދިވެސް އެއްފަހަރު ނުރޮއި ހިތްވަރުކުރުމަށް ޒާޔާގާތުގައި ބުނެލިއެވެ. އަދި “ގުޑްނައިޓް” ކިޔުމަށްފަހު އަމިއްލަ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރީގެ ސޯފާގައި އިށިއިނދެލައިގެން އިނދެގެން ޒަޔާން ވިސްނަމުން ދިޔައީ ޒާޔާ އެމީހަކު ދެކެ ލޯބިވާ މީހަކީ ކާކުކަމާއި ދޭތެރޭގައެވެ. ރާއިންގާތުގައި އަހާލަން ހިތަށްއަރާފައިވެސް އޭނައަކަށް ނޭނގޭނެއޭ ހިތާ އެހިޔާލު ދޫކޮށްލިއެވެ. ނޫރާއަށްވެސް އެއީ ކާކުކަމެއް ނޭނގެއެވެ. އެއްވެސް މީހެއްގެ ގާތުގައި އެއީ ކާކުކަމެއް ނުބުނެ ހުރުމުގެ ބޭނުމަކީ ކޮބާބާއެވެ. އެމީހަކު ހޯދޭނެ އެއްވެސް ގޮތެއްވެސް ނެތެވެ. ޒާޔާގެ އަނގައިން އެއީކާކުކަމެއް ނުބުނާނެއެވެ. ޒާޔާ އުފަލަގައި ހުންނާނީ އެމީހަކާއި އެއްކޮށްކަން ޒަޔާންއަށް ވިސްނުނެވެ. އެހެންވެއްޖެނަމަ އެގޮތްވެސް ޒާޔާއަށް ހޯދަދޭން އޭނަ ބޭނުމެވެ. ވިސްނާ ވިސްނާވެސް އެކަން ކުރާނެގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ.

ޖެހިގެން އައި ދުވަހު ޝާން އާއި ރާއިން އޮފީހަށް ދިއުމުން ޒަޔާންބެލީ ސަނާއާއި އެކަނި ވާހާކަ ދައްކާލެވޭނެ އިރަކަށެވެ. ފަހަރެއްގައި ސަނާއަށް އެއީ ކާކުކަން އެނގިފައި އޮވެދާނެތީއެވެ. އަދި ނެތްނަމަވެސް އަހާލުމަކުން ގޯހެއް ނެތްތާއެވެ. ނަމަވެސް އަބަދުވެސް ފެންނަނީ ކޮންމެވެސް މީހަކު އޭނަގާތުގައި ހުއްޓައެވެ. ހީވަނީ މިއަދު އޭނަ ވާހަކައެއް ދައްކަން އުޅޭކަން އެނގިތިބެގެން ޖެއްސުމައް ދިމާވާކަމެއް ހެނެވެ. ސަނާއާއި އެކަނި ވާހަކަ ދައްކާލެވޭނެ ވަގުތަކާ ދިމާވީ ހަވީރުއެވެ. އޭނަ އެންމެފުރަތަމަވެސް ސުވާލުކުރީ ޒާޔާގެ ހިތުގައި ރަސްކަން ކުރަމުންދާ މީހަކާއި ބެހޭގޮތުންނެވެ. އެސުވާލުވީ ސަނާއަށްވެސް ހައިރާންކަން ގެނުވި ސުވަލަކަށެވެ. ޒަޔާންއާއި ޒާޔާއާއި ދެމީހުން މައްސަލަޖެހުނީތޯ ސުވާލުކުރުމުން ޒަޔާންއަށްޖެހުނީ ހުރިހާ ހަގީގަތެއް ތެދަށް ކިޔާދޭށެވެ. ސަނާއަކަށްވެސް ޒާޔާ ކުރިން ރައްޓެހިވެގެން އުޅުނީ ކާކާއި ކަމެއް ނޭނގުނެވެ. ޒަޔާން ދެރަވެފައިހުރިވަރު ފެނުމުން ސަނާ ހަމްދަރުދީވިއެވެ. އަދި ޒާޔާ ލޯބިވާ މީހަކު ހޯދާ ވާހަކަ ދައްކަން އުޅޭތީ ޒަޔާންގެ ހިތްސާފުކަން އެނގި އުފާވެސް ވިއެވެ.

“ދެން ހަމަ އެއްވެސް ގޮތެއް ނޯންނާނެތަ އެމީހަކު ހޯދުމަށް” ސަނާއަށްވެސް އެއީ ކާކުކަން ނޭނގުމުން ޒަޔާން މާޔޫސްވާގޮތްވިއެވެ. “ދެން އޮތްގޮތަކީ ޒާގެ ރޫމް ބެލުން، ޒާ ގެންގުޅޭނެ ޅެންލިޔަން ފޮތެއް، ފަހަރެއްގަ އޭގައި ތިމީހެއްގެ ނަން އޮވެދާނެކަންނޭނގެ” ވިސްނަން އިނުމަށްފަހު ސަނާ ބުނެލިއެވެ. ޒާޔާ އެފޮތް އެހާފޮރުވައިގެން އުޅޭނީވެސް އެހެންވީމައޭ ހިތަށް އެރިއެވެ. ޒަޔާންއަށްވެސް އެހިޔާލު ކަމުދިޔައެވެ. ނަމަވެސް ޒާޔާގެ ރޫމް ބަލަނީ ކިހިނެތް ކަމާއިމެދު ވިސްނިއެވެ. ހަމަގައިމުވެސް އެދުވަހަކު ދެން އެކަމެއް ނުކުރެވޭނެއެވެ. ޖެހިގެން އޮތީ ހުކުރު ހޮނިހިރު ދުވަހަށްވެފައި އެދެދުވަހު އެންމެންވެސް ގިނަދުވަހު އުޅޭނީ ގޭގައެވެ.

“ޒާގެ ޗުއްޓީނިމޭނެ މިވީކްގަ، ސަންޑޭގަ އޭނަ ކޮލެޖަށްދިޔައީމަ އެކަމާ އުޅެންވީނު” ސަނާ ހިޔާލެއް ހުށައެޅިއެވެ. ނަމަވެސް ޒަޔާންއަށް އެވަރުމާލަހެވެ. މިހާރުވެސް މާލަހެވެ. އޭނަ ބޭނުންވަނީ މިވަގުތުން މިވަގުތަށްވެސް ބަލާށެވެ.

“ދޮންބެ ދައްތަވީނުން ޒާ ތިރިއަށްގެންނަން، އެއްޗެއް ކައްކަންށޭ ކިޔާފަ، އަހަރެން އެގަޑީގަ ގޮސް ޒާގެ ރޫމް ޗެކްކޮށްލާނަން” އެންމެ ފަހުން ޒަޔާން ޕްލޭންއެއް ހުށައަޅާލިއެވެ. ސަނާވެސް އެންމެ ރަނގަޅޭކިޔާފަ އެކަމަށް އެއްބަސް ވިއެވެ.

ސަނާ ޒާޔާގެ ކޮޓަރިއަށް ދިއުމުން ޒަޔާން ސިޓިންގ ރޫމުގައި މަޑުކޮށްލިއެވެ. 10 ވަރަކަށް މިނެޓްފަހުން ސަނާ ޒާޔާ ގޮވައިގެން ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. ދެމީހުންގޮސް ބަދިގެ ތެރެއަށްވަނުމުން އަވަސްއަވަހަށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ޒާޔާގެ ކޮޓަރިއާއި ހަމައަށް ދިޔައިރު ހިތްބިރުން ތެޅެއެވެ. ދެކޮޅުބަލާލިއިރު ހީވަނީ ވައްކަމެއް ކުރަން އުޅޭހެނެވެ. ޒާޔާގެ ކޮޓަރިއަށް ވަނުމަށްފަހު ތަޅުލީ މީހަކު އައިސްވެސް ދޮރުހުޅުވާލަފާނެތީއެވެ.

އެންމެ ފުރަތަމަ އޭނައަށް އަޅައިގަތީ ސްޓަޑީ ޓޭބަލްމަތީގައި ހުރި ފޮތްތަކެވެ. އަވަސްއަވަހަށް ފަހަރަކު ފޮތެއް ބަލަމުން ދިޔައިރުވެސް އެބުނާ ކަހަލަ ފޮތެއް ނުފެނުނެވެ. މޭޒުގެ އެހެން ވަތްގަޑުތައް ބެލިއިރުވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. ޑްރެސިންގ ޓޭބަލްވެސް ބެލިއްޖެއެވެ. އެއްއަތުން ބޮލުގައި ހިފަހައްޓާލައިގެން ހުރުމަށްފަހު އަލަމާރި ހުޅުވާލިއެވެ. ފަހަރަކު ވަތްގަނޑެއް ބަލަމުން ދަނިކޮށް ޝޯލްތަކެއްގެ އަޑިގައި އޮތް ފޮތެއް ފެނުނެވެ. ފުރަތަމަ ގަނޑު ހުޅުވާލުމުންވެސް އެއީ ޅެންލިޔެފައިވާ ފޮތެއްކަން އެނގުނެވެ. އިތުރަށް އެއްޗެއް ހޯދަން މަސައްކަތްނުކޮށް އަވަސް އަވަހަށް ފޮތްހިފައިގެން އެކޮޓަރިން ނުކުތެވެ. ކޮޓަރިއަށްވަދެ ދޮރުޖަހާލުމަށްފަހު ތަޅުލިއެވެ. އޭނައަށް ހަމަޖެހުމުގެ ނޭވައެއްވެސް ލެވުނީދެނެވެ. ދޮރުގައި ލެނގިލުމަށްފަހު ހީލިއެވެ. އަދި ސޯފާގައި އިނުމަށްފަހު އެފޮތް ހުޅުވާލިއެވެ. ސަނާ ބުނިގޮތަށް އެފޮތުގައިހުރީ ޅެންތަކެކެވެ. ބައެއްގަނޑުގައި އެންމެ ބައިތެއް ލިޔެލާފައިވެސް ހުރެއެވެ. “ހުރީމޭ ތި އިންތިޒާރުގައި”  ކޮންމެ ޅެމެއް ނިންމާލައިފައި އެހެން ލިޔެލާފައި އިނެވެ. ފޮތުގެ މެދެއްހާ ހިސާބުގައި އެއްޗެއް އޮތްހެންހީވެގެން ބަލާލިއިރު ގަނޑެއްގެ ކަނެއްގައި ހަރުކޮށްފައި އޮތީ ރިހިކުލައިގެ ހިމަ ކެވެލިކޮޅެކެވެ.

“މިންޖުކުރަމުން އަހަރެންގެ ހިތް، މިންޖުކުރަމުން ތިޔަ އިންތިޒާރުން،

     މިންޖުކުރަމުން ތިޔަހަނދާންތަކުން، މިންޖުކުރީ ތިޔަލޯބީގެ ނިޝާން، “

އެގަނޑުގައި ލިޔެފައި އޮތް ޅެންބައިތު ޒަޔާން ކިޔާލިއެވެ. ހަމަޔަގީނުންވެސް މިފޮތުން އެމީހަކީ ކާކުކަން އެނގޭނެއޭ މިހާރު ޒަޔާންއަށް ޔަގީންވެއްޖެއެވެ. ފޮތުގެ ގަނޑުތައް އުކަންފެށީ އެހެންވެސް އެއްޗެއް ފެނިދާނެކަމަށެވެ. އަތަށް ހުއްޓުމެއް ގެނެވުނީ ފަތްޖަހާލާފައިއޮތް ގަނޑެއް ފެނުމުންނެވެ. ނެގުމުން އެއީ ފޮޓޯގަނޑެއްކަން އެނގުނެވެ. މޭޒުމަތީގައި ފޮތްބޭއްވުމަށްފަހު ފަތްޖަހާފައި އޮތް ފޮޓޯގަނޑު ހުޅުވާލިއެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 16

Next

ކަޅު ފިނިފެންމާ… 5 ވަނަ ބައި

Next
May 30, 2015

ކަޅު ފިނިފެންމާ… 5 ވަނަ ބައި

Previews
May 28, 2015

ހިތަކުން ނުފިލާނެ 16

51 Comments!

  1. ummi says:
    May 29, 2015 at 10:32 pm

    Haadha dhuvas fahun ey thi up kureee thank u dear

  2. mufff says:
    May 29, 2015 at 10:38 pm

    Next part vrh kiyaalaa hithun mihiree… Mi part vrh reethi

  3. finni says:
    May 29, 2015 at 10:40 pm

    me 2nd dhw 1st nuvi dhw 1st comment kohffa read kuraany my favourit story…all the best u dear

  4. aisha says:
    May 29, 2015 at 10:44 pm

    next part kn irakun up vaanee

  5. Nash says:
    May 29, 2015 at 10:47 pm

    Waaau owsm story

  6. yaaya says:
    May 29, 2015 at 10:54 pm

    Varah reethi mi part
    Kon dhuvahakun aneh part kiyaalan libeyny

  7. darkangle says:
    May 29, 2015 at 10:58 pm

    i ll try my best to upload next ep on monday.
    monday ga up nukurevunas definitely tuesday ga up kohdheynan.

  8. faari says:
    May 29, 2015 at 11:00 pm

    .. Mi prt ves vrh reethi

  9. Ner says:
    May 29, 2015 at 11:07 pm

    Varah reethi mi part
    avahah up kohlla dhehchey ingey this story is the best

  10. maahi says:
    May 29, 2015 at 11:09 pm

    Wow best story ever. Waiting for nextup

  11. awesome says:
    May 29, 2015 at 11:25 pm

    Woooo!!!!
    V v v v nice, iru irukolha mi balany kn irakuthw up vaany.. waiting for the nxt part eagerlyyy..

  12. naj says:
    May 29, 2015 at 11:41 pm

    Vara reethi

  13. dimple says:
    May 29, 2015 at 11:52 pm

    V reethi… avahah up kurajchey… i

  14. Aal says:
    May 30, 2015 at 12:08 am

    Holidays boring kamun miulheny. Dark angle plx dhigukoh+avahah story up koddheeba

  15. butterfly says:
    May 30, 2015 at 12:54 am

    Nice mi part ves avsahah next part up kohdhyba plx miah vuren dhigukoh plx

  16. Amm says:
    May 30, 2015 at 1:24 am

    Thanks v kiyaahithun huhtta update thi Kohly ……. Mi part ves v reethi …. Dhen oi part v reethi vaane kan neyge….. Waiting for next part … Ehaa inthizaaru nukuru vaane Kamah unmeedhu Karan…..

  17. nihaa says:
    May 30, 2015 at 6:32 am

    Wow…

  18. Maajy says:
    May 30, 2015 at 8:04 am

    V reethi mi part ves.anehbai avahah up kohdhehchey

  19. swyty girl says:
    May 30, 2015 at 10:16 am

    Alhey adhivx maaa kurey dhn dhw……. Dhn dhigu kh Gena’s dhyba pplx plx plx…… Vvvvvvvvvvvvvvvvvvvvvv nice mi baivx… Dhn v reethi vaane kan neynge. Monday lahey dhn plx plx Ava’s khdhynala darkangel….:-* 🙂

  20. swyty girl says:
    May 30, 2015 at 10:17 am

    Wow vvvv reethi……

  21. nishy says:
    May 30, 2015 at 12:56 pm

    Alheyyy hama hiyyy thalhuvaaalaaafa Thi nihmaaleee ….anehbai kiyaahithun kehmadhu vefa …avahah up kohdhehchey plx

  22. swyty girl says:
    May 30, 2015 at 7:46 pm

    Alhey avas khdhyba

  23. lam says:
    May 30, 2015 at 8:12 pm

    Salhi

  24. Iiiiiiiiiiiiiiiiiii says:
    May 30, 2015 at 10:30 pm

    Wow wow wow wow wow so

  25. NaaN says:
    May 31, 2015 at 2:15 pm

    V v v v Nice …. Next part avahah up kohdheeba plz….☺

  26. jenny says:
    June 1, 2015 at 3:26 pm

    Wooow..serious koh mi buny mi stry vvvvvvvv salhi…waiting for the next part please upl soon can’t wait….

  27. INNU .. says:
    June 1, 2015 at 5:10 pm

    Wow v reethi … Luv this story

  28. INAA says:
    June 1, 2015 at 5:11 pm

    Wow wow wow

  29. RIU... says:
    June 1, 2015 at 5:13 pm

    Wow wow wow kiyaa baath he I…. Alhey luv this story

  30. fathun says:
    June 1, 2015 at 9:28 pm

    vvvvvv reethi

  31. fathun says:
    June 2, 2015 at 11:05 am

    adhivesup nuvey avs koh up koh dhyba pls

  32. swyty girl.. says:
    June 2, 2015 at 11:26 am

    Kba today is Tuesday ey .. Have u forgot thr?????? OK hope u will up soooonnn

  33. ssssssssssssss says:
    June 2, 2015 at 1:03 pm

    very fast to part : 31 ok ok ok ok ok ok ?????????????????????

  34. darkangle says:
    June 2, 2015 at 7:27 pm

    sorry guys i knw i told i ll upload it tday. i was travelling all night so still not feeling well. v kudakoh liyevifa iny. beynumeh nun eha kudakoh liyefaup kuraakah ehenve mi madukurany. m trying to upload tnyt.

  35. neel says:
    June 2, 2015 at 7:43 pm

    Inthizaaru vaahaka aky varehge vaahaka eh! Inthizaaru inthizaaru inthizaaru

  36. aisha says:
    June 2, 2015 at 8:14 pm

    Inthizaaru koh koh foohivanee avas up plxxxxxx

  37. Phaxee says:
    June 2, 2015 at 9:34 pm

    Thee ehaa dhigukoh liyaaves kujjehnoonennu.ok vaane thuvaru.abadhuves v kudathakolheh kiyaalan libeyvaruvanee.ehn v ma mirey v dhigukoh libeyne dhw kiyaalan

  38. Raa e says:
    June 2, 2015 at 10:40 pm

    Kobaatha story darkangel pls avahah upkohdhybala..Inthixaaru kiyan hama mi vaahaka rangalhu inthixaaru kohkoh varubali vaafahun kiyaalan libenny evas kuda thankolhei.I knw hama bxyvs vedhaanne bt kiyuntherinnah genais dheynamey bune thivarah inthixaaru nukuruvabala,:’-(

  39. swyty girl.. says:
    June 2, 2015 at 10:59 pm

    U told that u will upload tonight BT not yet.. Ehn voyya thi bai kiyaa kiyaa foohi vx vaane that dhw … Thi dhn Ava’s khbala thihaa inthixaareh kuruvaaakah nuvaane whnu … Plx plx plx plx plx plx plx plx plx

  40. neem says:
    June 2, 2015 at 11:26 pm

    ..Okay, maadhan v dhigu koh kiyaalan libeyne dhw ehn v ma
    Anyway hama mi inthizaaru kuranyy

  41. Swyt dems......?.. says:
    June 3, 2015 at 9:16 am

    Reyga bunymennu miadhu ey dhn thihn nahadhaba hadha kiyaahiyyvefa ey mihury plx plxlx plx plx upload new.. Miharu Tuesday vx dhiyaey ekameh vx nuvi dhw dhn thankolheh boduvaru dhw….. One part up kuran 1 month adhi eves kuru kuru thankolheh dhw

  42. shau says:
    June 3, 2015 at 10:40 am

    darkangel huvaa mihaaru v v foohi vejje… dhogu hedhiyas thee dhn bodu vareh…….

  43. hassu says:
    June 3, 2015 at 10:47 am

    Darkangle koba tha alhea story? Kniraku tha upload kurevyni. Can u plx upload the story sooon. Plzxxxxxxxx

  44. swyty girl.. says:
    June 3, 2015 at 12:01 pm

    Rey ga up kuraanamey kiyaafa up eh nukurevunu adhivx dhw. Adhivxte nunimeny thr.. Dhn inthixaareh kuruviyas thihn hadhaakah nuvaanehnu dhw.. Dhn vvvv foohi thihen hadhayya… Dhn Ava’s khbala plxxxx… Upload as soon .. Miharu nimeyne …

  45. dhuna says:
    June 3, 2015 at 12:47 pm

    inthizaaru ge inthizaarugaii… where is the next part? mi vaahaka nunimaa dhookoh nulahchey… esfiyaige baeh vaahakathakah vaagotheh eii

  46. lalala says:
    June 3, 2015 at 1:41 pm

    nuvaa varun noolhun emme rangalhu vaany barh kairy dhogu hedhu mah vure

  47. swyty girl.. says:
    June 3, 2015 at 5:08 pm

    Miharu kitha faharu bellih jethr adhivx up eh nuve thi dhn thankolheh boduvaru dhw… Nuvaavarun nukuraany ey dhn e nimuny ehnu.. Dhnndhw vvvvvvvvvv foohi vejje hama huva khfa mibuna NY… Upppppppp nwwwww OK … Mirey up khdhyba plx…. Thi hadha dhigu vaahaka part ekey dhw……. Anehka vaahaka nimuny thr……. Dhn avasavsa….

  48. butterfly says:
    June 3, 2015 at 5:53 pm

    Thigothah dhigu hadhaafa inthixaaru kuruvaathy mihaaru foohi vehje dhuvahaku bunaa dhuvahakah up eh nukurevey so its better to don’t tell lie to us

  49. Jeee says:
    June 3, 2015 at 6:46 pm

    plx make it fast.. neyge kithah faharu kameh misite miadhu mi hulhuvuny

  50. swyty girl.. says:
    June 3, 2015 at 7:19 pm

    Miadhu I ah mi site hulhu vijje like 100 times.. Ehn nu vany ehaa kiyaa hiyyvefa hunna they’ve dhn p
    Xxx

  51. swyty girl.. says:
    June 3, 2015 at 9:04 pm

    Kba dhn nugenas dheynanthr… Plx plx plx genasmdhybala dhn thi avahah plx plx plx I hope u will upload tnyt dhw…. Dhn plx plx plx plx plx plx plx

Comments are closed.

Next Episodeއިންތިޒާރު 31←


All Right Reserved!