
ސީމާގެ ހަޔާތް އަމާން ވެގެން ދިޔައީ އެ ދުވަހުއެވެ. އޭގެ ފަހުން ސީމާ ދިރިއުޅެމުން ދިޔައީ ބަނޑުގައި ވިންދު ޖަހަމުންދިޔަ ކުޑަކުޑަ ފުރާނައަށް ޓަކައެވެ. އާމްދަނީ ހޯދީ ހެދިކާ ހަދައި ވިއްކައިގެންނެވެ. މީސްމީހުންނަށް ހެދުން ފަހައި ދީގެންނެވެ. ސީމާއަކީ ރަށު މުދިމު ގެ އަންހެނުން ކަމުން ރަށުގެ ގިނަ ބައެއްގެ އިހުތިރާމާއި އެހީތެރިކަން ސީމާއަށް ދިޔައީ ލިބެމުންނެވެ. 9 މަސް ފަހުން ސީމާ ވިހޭ ކުޑަކުޑަ ލޯބި ލޯބި ފިރިހެން ކުއްޖާއަކީ ތިޔަ ލޮބުވެތި ކިޔުންތެރިންގެ ހިތުން ޖާގަ ހޯދާފައިވާ ޔައީޝް އެވެ….
(މާޒީ ނިމުނީ)
ސީމާ މަަޑުމަޑުން ދެލޯ ފުހެލިއެވެ. ހިނިތުންވެލަމުން ކައިރީގައި އިން ޔައީޝްގެ މޫނަށް ބަލައިލީ ލޯތްބާ އެކުގައެވެ. ސީމާ ފޮތްތެރެއިން ނެގި އަންވަރުގެ ފޮޓޯގަނޑު އެއިރު އޮތީ ޔައީޝްގެ އަތުގައެވެ. ފޮޓޯގަނޑަށް ނަޒަރު ހުއްޓާލައިގެން އިން ޔައީޝްގެ ދެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ.
“ދަރިފުޅު ހީވަނީ ހަމަ ބައްޕަހެން!!” ކަރުނަ ފުހެލަ ދެމުން ސީމާ ބުންޏެވެ. ޔައީޝްގެ ތުންފަތަށް ވެރިވެގެން ދިޔައީ ފަނޑު ހިނިތުންވުމެކެވެ.
***
ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަން ޝާލިނީ ފެނުމާއެކު މާހިލްގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ މާހިލްގެ ހިތުގައި ޝާލިނީ ފިޔަވާ އެހެން ނަމެއް މިހާރު ނުވެއެވެ. އޭނާ ހީކުރާގޮތުގައި ޝާލިނީ އަކީ އޭނާއާ އެންމެ އެކަށީގެންވާ، އޭނަ ދެކެ އެންމެ ލޯބިވާ އަންހެން ކުއްޖާއެވެ. ޝިއާނާއަކީ މިހާރު ބޭކަރު މީހެކެވެ. މިހާރުވެސް ޝާލިނީ އޭނާ އާ އިންނަން އެއްބަސް ވާއިރަށް ޝިއާނާ ވަރިކޮށްލަން އޭނާ އެހެރީ ތައްޔާރަށެވެ. ދޮންއަހުމަދުގެ ސިހުރު އެހާވެސް ބާރު ގަދައެވެ.
[sociallocker id=”9724″]
“ޝާލީ! މިއަދު ހާދަ ލަހަކުން ތި އައީ!!” ޝާލިނީ އައިސް މާހިލް ކައިރީ އިން ގޮނޑީގައި އިށީނުމުން މާހިލް ބުނެލިއެވެ. “އިންތިޒާރުކޮށްކޮށް މިހާރު އަހަރެން މިއޮއް މަރުވަނީ!!”
“އެހެންތަ؟ ހަމަ އެހާ ލޯބިވޭތަ؟” ޝާލިނީ ތުއިވެލަމުން، ނިތްކުރިމައްޗަށް ވެއްޓާލާފައިވާ އިސްތަށިކޮޅު ޝަހާދަތް އިނގިއްޔަށް އޮޅާލިއެވެ. “މިއަދުގެ ހުރިހާ ޕޭޝަންޓުން ނިމުނީތަ؟”
“ހުމްމް! ތީ އެންމެ ފަހު ޕޭޝެންޓް!” ޝާލިނީގެ ނޭފަތުގައި ކޮއްޓާލަމުން މާހިލް ބުންޏެވެ.
“ކޮބާ އެއްކަލަ ޝިއާނާ ގަނޑު!!” މޫނަށް ވައްތަރެއް ޖައްސާލަމުން ޝާލިނީ ބުނެލިއެވެ.
“އޭނާ ވެސް އެބަ އުޅޭ! ކުރިންދުވަހު މަ ގާތަށް އައި ރުޅީގަ އިސްތަށިގަނޑުގެ ބުރި ކޮށްލެވުނު!”
“ހުހް! އެވަރު އަދި ކުޑަ! އަދިވެސް އަނިޔާކުރޭ! ރަށަށް ދާވަރުކުރާތި!” ޝާލިނީގެ ހިތުގައި ޝިއާނާއާ ދޭތެރޭ އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ނެތެވެ. “އިނގޭތަ! މީހަކު ބުނިއަޑު އެހިން އިއްޔެވެސް ޝިއާނާ ތި ގެއަށް ފިރިހެނަކު ވައްދަނިކޮށް ދުށީމޯ!!”
މާހިލްގެ މޫނުމަތި ރަތްވެގެން ދިޔައެވެ. ވަގުތުން ގެއަށްގޮސް ޝިއާނާއަށް ކޮންމެވެސް އަނިޔާއެއް ކޮށްލާ ހިތްވިއެވެ. ހިތުގައި އަނދަމުންދިޔަ ނަފްރަތުގެ ހުޅުގަނޑު ނިވޭނީ އެ ފަކީރަށް ކޮންމެވެސް ގޮތެއް ހަދާލެވުމުންނެވެ.
“ވާހަކަ އެއް އަހަންތަ؟” ޝާލިނީ ބުންޏެވެ.
“ހުމްމް! އަހާބަލަ! ވާހަކައެއް އަހަންވެސް މެމޯ ހައްދަން ޖެހޭތަ؟”
“އަހަރެން ބޭނުން މާހިލް އާ އިންނަން! ވަރަށް އަވަހަށް!! އެކަމަކު ޝިއާނާ ގަނޑު ވަރިކޮށްފަ!!” ޝާލިނީ މާހިލްގެ މޫނަށް ބަލާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލިއެވެ. އެއިރު އެ ތުންފަތަށް ވެރިވެފައިވާ ޝައިޠާނީ ހިނިތުންވުން މާހިލްއަކަށް ނުފެނެއެވެ. އޭނާގެ ކޮއްކޮއަށް މާހިލް ޖެއްސި ހާލުގެ ބަދަލު ހިފަން ޝާލިނީ ވަނީ ފެން ބޮވައިގެންފައެވެ.
“އަހަރެންވެސް މި ހުންނަނީ ޝާލިނީ ކައިރިން އަހަން ކަމަށް! އެކަމަކު ޝާލިނީ އާ ބެހޭ އެއްވެސް މައުލޫމާތެއްވެސް ނުލިބެ އަދި! ތީ މިރަށު ކުއްޖެއްތަ؟ ކުރިއަކުން ނުދެކެން!!”
ޝާލިނީ ވިސްނާލިއެވެ. އޭނާ އަކީ ބަލްޝަމްގެ ދައްތަކަން އެނގިއްޖެ ނަމަ އެ ގުޅުމަށް ބުރޫ އަރާފާނެއެވެ. އެހެން ކަމުން އޭނާ ދޮގެން ހަދާލިއެވެ.
“ނޫން! އަހަރެން މީ މާލެ ކުއްޖެއް! ޗުއްޓީއެއް ލިބުނީމަ ހަމަ ރާއްޖެތެރޭގެ ރަށަކަށް ޖައްސާލީ!”
***
ޝިއާނާ އިނީ އޭނާގެ ދަރިފުޅު ނީންދަވާށެވެ. މަޑުމަޑުން ނާނާ ކިޔަމުންދިޔައިރު އޭނާގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. އިސްތަށިގަނޑު ބުރިކޮށްލާފައި ވުމުގެ ސަބަބުން އޭނާގެ ރީތިކަން ވަނީ ގެއްލިފައެވެ. ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވާތަނުގައި މަލަން ކޮޅެއް އަޅާފައި ހުއްޓެވެ. އަތުގެ މުލައްދަނޑިން ކަފައިގެން ގޮސްފައިވާ ތަނުގައި ބޮޑުކޮށް ބެނޑޭޖް އޮޅާފައި އޮތެވެ.
ނުކުރާ ކުށެއްގެ އަދަބު އޭނާއަށް ލިބެންވީ ސަބަބެއް ޝިއާނާ އަކަށް ނޭނގުނެވެ. ހިލޭ ފިރިހެނުން ވައްދަނިއްޔޭ ކިޔާ ދޮގު ވާހަކަ އޭނާގެ ފިރިމީހާ ގާތު ދެއްކީ ކާކުބާއެވެ؟ މާހިލްވެސް ކުއްލިއަކަށް ބަދަލުވީ ކީއްވެބާއެވެ؟ މީހަކު ބުނާހާ އެއްޗެއް އަޑު އަހައިގެން އައިސް ތަންދޮރު ނުބަލާ އޭނާއަށް އަނިޔާކުރުމުގެ ހައްގެއް މާހިލްއަކަށް ނޯންނާނެއެވެ. އަނބިމީހާއަށްވިއަސް ކޮންމެވެސް ހައްގުތަކެއް އޮންނަން ޖެހޭނެއެވެ.
ހިޔާލުތަކަށް ގެއްލިފައި އިން ޝިއާނާ ސިއްސައިގެން ދިޔައީ މާހިލް އައިސް ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. މާހިލްގެ ރުޅިވެރި މޫނު ފެނުމާއެކު ޝިއާނާގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. އައިސްފައި ހުރި ރުޅީގެ ވަރުގަދަކަން މާހިލްގެ މޫނުމަތިން ފެންނަމުންދިޔައިރު، ޝިއާނާ އަށް ކުރާނެ އަނިޔާ އޭނާގެ ހިތުގައި ރޭވެމުންދިޔަފަދައެވެ.
“ހުންނަ ހަޔާތް ކުޑަކަން!!” މާހިލް ކަރުބުޑުން ހަޅޭ ލަވައިގަތެވެ. އެއާއެކު ޝިއާނާގެ އުނގުގައި ނިދާފައި އޮތް އިކާން ޖެހުނީ ކޮޅަށެވެ. ލިބުނު ސިހުމުގެ ސަބަބުން ދެލޯ ބޮޑުކޮށްގެން އިނުމަށްފަހު އިކާން ފެށީ ރޯށެވެ. ޝިއާނާ އަވަސް އަވަހަށް އިކާން މެޔާ ލާ ބޮނޑިކޮށްލިއެވެ.
“އިސްތަށިގަނޑު ބުރިއަރުވާލީމަވެސް މައިތިރި ވާކަށް ނޫޅުނެއްނު! ކަލޭ ތި ކުޅި ހުއްޓާނީ ކިހާވަރެއް އަރުވާލީމަތަ!؟” މާހިލް އެއައި ގޮތަށް އައިސް ޝިއާނާ ގެ އަތުތެރޭ އޮތް އިކާން ޖަހައިގަތެވެ.
“ނޫން މާހިލް ތިހެން ނުހަދާ!” ޝިއާނާއަށް ރޮއެގަނެވުނެވެ.
“ރޯނެ ކަމެއްނެތް! ތީ ހަމަ ފައްކާ ނާސި އަންހެނެއް! މަ ނެތް ގަޑީގަ ފިރިހެނުންތައް ވައްދައިގެން ކުޅި ކުޅި ކުޅޭ އިރު ހީކުރަނީ މަށަށް ނޭނގޭނެ ކަމަށްތަ؟” މާހިލް އިކާން އެނދުމައްޗަށް ހޫރާލުމަށްފަހު ޝިއާނާގެ ކަންފަތުގައި ހިފާ ދަމާފައި ސިޓިން ރޫމަށް ނެރުނެވެ. އެއިރު އިކާން އެނދުމަތީ އޮވެގެން ރޯ އަޑު އިވެއެވެ. އެ ފަކީރު ގެ އަޑު ތުރުތުރު ލަމުންދިޔައިރު ހިތް ހީވަނީ ހުއްޓިދާނެ ހެންނެވެ.
“މާހިލް!… ކާކު ކީކޭ ކިއީތަ؟ މަ ނޫޅެން ތި ބުނާ ގޮތަކަށް ހެޔޮނުވާނެ!….” ޝިއަނާ އޮޅުން ފިލުވައިދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް މާހިލް ހުރީ އެއްވެސް ވާހަކައެއް އަޑު އަހާ ގޮތަކަށް ނޫނެވެ.
“އަނގަ މައިތިރި ލައިގެން ހުރޭ!” ޝިއާނާ ގެނެސް ގުޅައަކަށް ޖެހުމަށްފަހު މާހިލް ޝިއާނާގެ އަނގައަށް އޮބައިގަތެވެ.
“މާހިލް ޕްލީޒް!”
“މައިތިރި ވެގެން އޮންނާށޭ! އަޑެއް ނީވޭތަ؟” މާހިލް ވަރުހުރި އެތިފަހަރެއް ޝިއާނާގެ ކަންކަށިމަތީ ޖެހިއެވެ. އެއަށްފަހު މާހިލް ޝިއާނާގެ ހެދުމުގެ ފުރަގަހުން ކަރުގައި ހިފައި ލުތްކެއް ޖެހިއެވެ. އެއާއެކު އޭނާގެ ހެދުމުން އަޑު ކިޔުމަށްފަހު، ވީދިގެން އައިސް ހަށިގަނޑާއި ހެދުން ވަކިވެގެން ދިޔައެވެ. ޝިއާނާއަށް ކުރެވުނުހާވެސް ކަމަކީ އަޑުން އަޑުނަގާ ރުއިމެވެ. އޭނާ ފަދަ ނިކަމެތި އަންހެން ކުއްޖަކަށް ކުރެވޭނީ އެނޫން އެހެން ކޮންކަމެއް ހެއްޔެވެ؟
މާހިލް ޝިއަނާގެ އަތުގައި ހިފާ ދަމާފައި ގެއިން ބޭރަށް ނެރެން އުޅުނެވެ. ޝިއާނާގެ ރުއިން އިހުނަށްވުރެ ބާރުވެގެން ދިޔައީ، އަމިއްލަ ފިރިމީހާގެ އަތުން އަމިއްލަ އަބުރާއި އިއްޒަތް ނަގާލަން އުޅޭތީއެވެ. ޝިއާނާގެ ރުއިމަކުން މާހިލްގެ ހިތަށް ކުރި އެއްވެސް އަސަރެއް ނެތެވެ.
އަމިއްލަ އަބުރު ރައްކާތެރިކުރުމައްޓަކައި ޝިއާނާ ނުކުރާކަށް ކަމެއް ނެތެވެ. ގަދަ ބާރުން ދަމާ ހަލާފައި ގެއިން ބޭރަށް ނެރެން އުޅުނުވަގުތު ޝިއާނާ އަތް އެޅުވީ ގޭގެ ބޮޑު ދޮރުގެ ދޮރުކަނީގައެވެ. ނަމަވެސް މާހިލްގެ ބާރު މާގަދައެވެ. ދޮރުކަނީގައި އަތް އެޅުވި ނަމަވެސް މާހިލްގެ ބާރައި ދެކޮޅަށް ކުރި މި މަސައްކަތުގެ ސަބަބުން ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. ޝިއަނާގެ އަތް ދޮރުކަނިން ވަކިވެގެން ދިޔައީ، އޭނާގެ އަބުރު ގެއްލެން އުޅޭކަމުގެ ރަތް ސިގުނަލް ދެމުންނެވެ.
ޝިއާނާ މަގުމައްޗަށް ނެރުމަށްފަހު މާހިލް އޭނަ އަތުކޮޅަށް ހޫރާލިއެވެ. ނިވާކަމެއް ނެތް ހާލު ޝިއާނާ ގޮސް ވެލިގަނޑު މައްޗަށް ޖެހުނެވެ. މަގުމަތީގައި އެވަގުތު އެ ދެމީހުން ނޫނީ އެކަކުވެސް ނެތެވެ. އެއީ ޝިއާނާގެ ހިތަށް ލިބުނު ކުޑަކުޑަ ހަމަ ޖެހުމެވެ. ނަމަވެސް މާހިލްގެ ރަހުމް އެއަށްވުރެ ކުޑައެވެ. އޭނާ ކަރުބުޑުން ހަޅޭލަވަން ފެށިއެވެ. އެއާއެކު ކައިރި ގޭގޭގެ މީހުންތައް ނުކުމެ އެތަނަށް އެއްވާންފެށިއެވެ.
އެންމެންގެ ނަޒަރުވެސް ގޮސް ހުއްޓިފައިވަނީ ވެއްޓިފައި އޮތް ޝިއާނާ އާ ދިމާއަށެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ސުވާލު މަކެކެވެ.
“ބަލާބަލަ މިއޮއް ހަޔާތް ކުޑަ އަންހެނެއް! މަ ގޭގަ ނެތް ވަގުތު ބަލާފަ ހިލޭ ފިރިހެނުން ވައްދައިގެން ހިތުހުރިހާ ގޮތަކަށް އެޅެމުން އެދަނީ! ކަލޭގެ ހުރި ނުބައި ކަން މި އެންމެންނަށް އަންގަން ޖެހޭނެ!” މާހިލްގެ މި ދޮގު އިލްޒާމުގެ ސަބަބުން ޝިއާނާގެ އަގު ވެއްޔާ މޮޑެވިގެން ދާނެ ކަން ކަށަވަރެވެ. ވެލިގަނޑުމައްޗަށް ވެއްޓިފައި އޮތް ޝިއާނާ ގުޑިލަން ވެސް ނުކެރިފައި އޮތީ އެއްވެފައި ތިބި މީހުންގެ ނަޒަރު ހުއްޓިފައިހުރީ އޭނައަށް ކަން އެނގޭތީއެވެ. އަނެއްކޮޅުން އޭނާގެ ހިތް ކުދި ކުދި ކުރަމުންދިޔައީ ގޭތެރެއިން އިވެމުންދިޔަ ކުޑަކުޑަ އިކާން ގެ ރުއިމުގެ އަޑެވެ. ދަރިފުޅުގެ ރުއިމުގެ އަޑު އިވި، އެ ހިސާބަށް ދިއުމުގެ ކުޅަދާނަކުން ނުލިބުމުން ލިބޭ ހިތްދަތިކަމަށްވުރެ ބޮޑު ހިތްދަތިކަމެއް މަޔަކަށް ލިބޭނެ ހެއްޔެވެ؟
“މާހިލޫ އެ މަންޖެއަށް އެހެން ހަދަން ހެޔޮ ނުވާނެ!” އެންމެ ފަހުން ހިތަށް ކެތް ނުވެގެން، ޖެހިގެން ހުރިގޭ ހަދީޖާ އައިސް ޝިއާނާ ކައިރީ އިށީނެވެ. އަދި އޭނާ އަޅައިގެން ހުރި ބުރުގަލުން ޝިއާނާގެ ހަށިގަނޑު ނިވާ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
” ތިކަހަލަ ނުބައި ނުލަފާ މީހުންނަށް ހަދަން ޖެހޭނީ ހަމަ މިހެން!! ދުރައްދޭ!” މާހިލް އަމުރުކުރިއެވެ.
“ނުދާނަން! ކަލޭމެން އަނބިންނަށް ހިތުހުރިގޮތެއް ހަދާލަނީ ކަމުގެ ދެކޮޅު ބަލާނުލާ! މަށެއް ނުދެކެން މިގެއަށް ހިލޭފިރިހެނަކު ވަންނަނިކޮންނެއް!!” ހަދީޖާ ޝިއާނާގެ ހިމާޔަތުގައި ވާހަކަދެއްކިއެވެ. މާހިލް އެއްޗެކޭ ނުބުނެ ގޭތެރެއަށް ވަދެގެން ދިޔައީއެވެ. ހަދީޖާ ޝިއާނާ ގެނެސް އޭނާގެ ގެއަށްވެއްދިއެވެ. އެއިރުވެސް ޝިއާނާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. މާހިލް އަނގައަށް އޮބައި ގަތްލެއް ބާރުކަމުން އަނގަތެރެ ފަޅައިގެން ގޮސް ދެމިއަކަނުން ލޭ އައިސް ފައި ހުއްޓެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑު އެއްވެސް ތަރުތީބެއްނެތި ހޭވިފައިވެއެވެ. ރޮއެރޮއެ އެ ރީތި ދެލޯ ވަނީ ދުޅަވެ އަރާފައެވެ.
“އެއިވެނީ އަހަރެންގެ ދަރިފުޅު ރޯއަޑު! އަހަރެންގެ ދަރިފުޅު ގެނެސްދީ!” ޝިއާނާ ވަރަށް އާދޭހާއެކު ބުންޏެވެ. “ހަދީޖައްތަ ހެޔޮނުވާނެ މަގޭ އިކާން ގެނެސްދީ!!”
“ޝިއާނާ ދެރަނުވޭ! ދައްތަ އެބައަންނަން!!” ހަދީޖާގެ ހެދުމެއް ޝިއާނާއަތަށް ދިނުމަށްފަހު ހަދީޖާ ނުކުމެގެންގޮސް މާހިލްގެ ގެއަށް ވަނެވެ. އެއިރުވެސް އިކާން ގެ ރުއިމުގެ އަޑު ކަނޑައިގެން ނުދެއެވެ.
“މާހިލް ހެޔޮނުވާނެ ތި އިކާން ގެނޭ! އެ ސޮރު ފަކީރު ރޮއެރޮއެ އެޔޮއް ހަރުދަނޑިވަނީ!!” ހަދީޖާ ގެއަށް ވަންއިރު މާހިލް ދެފައި ދަމައިގެން ސޯފާގައިި އޮތެވެ. އިކާންގެ ރުއިމަކުން އޭނަގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ.
“މަ އެބަ ހިފަހައްޓަންތަ؟ ގެންދޭ! މަގޭ ބޮލަށްވެސް ނުކުޅަދާނަ!” މާހިލް މިހެން ބުނުމާއެކު ހަދީޖާ އަވަސް އަވަހަށް އިކާން ގޮވައިގެން އެގެއިން ނުކުތެވެ. ހަދީޖާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ އިކާން ގިސްލަ ގިސްލާފައި ރޮމުންދިޔައިރު އެ ކުޑަކުޑަ ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެވެ.
“ދަރިފުޅާ!!” އިކާން ގޮވައިގެން ވަން ހަދީޖާ ފެނިފައި ޝިއާނާގެ ހިތަށް ލިބުނީ ވަރަށްވެސް އެހެންކަހަލަ ފިނިކަމެކެވެ. އޭނާ އަވަސް އަވަހަށް އިކާން ގައިގާ އޮޅުލައިގަންނަމުން މޫނުގައި ބޮސްދޭންފެށިއެވެ. އިކާންގެ ހަށިގަނޑަށް ގެއްލުމެއް ވެފައިވޭތޯ ބެލުމަށްފަހު، ދަރިފުޅު މެޔާލާ ބޮނޑިކޮށްލަމުން ޝިއާނާ ހަމަޖެހިލިއެވެ. އެއިރުވެސް އޭނާގެ ލޮލުން ކަރުނަ ހިލެމުންދިޔައެވެ.
މި މަންޒަރު ބަލަން ހުރި ހަދީޖާގެ ލޮލުންވެސް ކަރު އަންނަމުންދިޔައެވެ. މަޔަކާއި ދަރިއެއް، ކިތަންމެ ކުޑަ ވަގުތުކޮޅަކަށްވިއަސް ދުރުކޮށްފިނަމަ ކުރެވޭ އިހުސާސް އޭނާއަށް ނުހަނު ގާތުން މިދަނީ ފެންނަމުންނެވެ. މައިންނާއި ދަރިންގެ ގުޅުމަކީ ހާދަހާވާ މާތް ވަރުގަދަ ގުޅުމެކެވެ. މައިންގެ ފައިދަށުގައި ސުވަރުގެ ލައްވާފައިވުމުންވެސް މިކަން ނުހަނު ސާފުކޮށް އެނގިގެންދެއެވެ.
އޭގެ ފަހުން ބައިގަޑިއިރުވެސް ނުވެއެވެ. ފެނުނީ މާހިލް އައިސް ހަދީޖާގެ ގެއަށް ވަންތަނެވެ.
“ކޮބާ ޝިއާނާ!؟” ސިޓީން ރޫމުގައި ފޮތެއްކިޔަން އިން ހަދީޖާ ފެނުމުން މާހިލް ސުވާލުކޮށްލިއެވެ.
“ކީއްކުރަން ޝިއާނާ ހޯދަނީ؟”
“އެއީ މަގޭ އަނބި މީހާ! މަ ބޭނުންވަގުތަކު ބޭނުން ގޮތެއް ހެދޭނެ!!” މާހިލް ރުންކުރުކަމާއެކު ޖަވާބު ދިނެވެ. އެއަޑު ކޮޓަރީގައި އިން ޝިއާނާއަށް އިވުމާއެކު އިކާން ގޮވައިގެން މަަޑުމަޑުން އޭނާ ބޭރަށް ނުކުތެވެ.
“ގެއަށް ދާން އާދޭ!” މާހިލް ޝިއާނާގެ އަތުގައި ހިފުމަށްފަހު އެ ގެއިން ނުކުތުމައްޓަކައި ހިނގައިގަތެވެ. ޝިއާނާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާއަށް ބަލާލެވުނީ ހަދީޖާ އާ ދިމާއަށެވެ.
“މި ފިރިހެނުންނަށް އަންހެނުންގެ ބޭނުން އެނގޭނީ ކަމަކަށް ޖެހުނީމަ!” ހަދީޖާ ބުނެލިއެވެ.
މާހިލް ޝިއާނާ ގޮވައިގެން އައިސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. އެއިރު އިކާން އޮތީ ޝިއާނާގެ ކޮނޑުމަތީ ބޯއަޅާލައިގެން ނިދާފައެވެ. ޝިއާނާއަށް އިކާން ގެނެސް ކުޑަ އެނދުގައި ބާއްވާލެވުނީ ހަމަ ކިރިޔާއެވެ. މާހިލް ޝިއާނާ ގެނެސް އެނދުމައްޗަށް ހޫރާލުމަށްފަހު އޭނާގެ ގައިމައްޗަށް ދަހި ސިންގާއެއްފަދައިން ޖެހިގަތެވެ. މާހިލް އޭނާ ގެއަށް ގެނައި ބޭނުން މި އެނގުނީ އަދިކިރިޔާއެވެ. ހިތަށް އެރިހާ ގޮތެއް ހަދާލުމަށްފަހުވެސް……..
***
ބޯ ވިލަތަކުން އުޑުމަތި ވަނީ ބައްދާލާފައެވެ. ރޭގަނޑުގެ އަނދިރިކަން ނެތް ނަމަ އެ ވިލާތައް އެންމެންނަށްވެސް ފެނުނީހެވެ. ވައިވެސް ވަނީ އިހުނަށްވުރެ ބާރުވެފައެވެ. ޖައްވުގައި ހިފާލާފައިވަނީ ތެތް ފިނިކަމެކެވެ.
ގޭގެ ބޭރުގައި ހަދާފައި ހުރި ޖޯލިފަތީގައި ޝާލިނީ އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުންދިޔައީ އޭނަގެ ކޮއްކޮ ބަލްޝަމްގެ ހިޔާލުތަކެވެ. އެފަކީރު ދުނިޔެއިން މޮޔަވާނީ މާހިލްއާ ހެދި ހާދަ ވަރެއް ވީމަ ތާއެވެ. ބަލްޝަމް އަކީ ރީތި ކުއްޖެކެވެ. އަހުލާގުވެސް ގޯހެއް ނުވާނެއެވެ. ވީއިރު މާހިލް އޭނާއަށް ލަނޑު ދޭންވީ ކީއްވެ ބާއެވެ؟ ސުވާލު އުފެދުނު ނަމަވެސް އެ ސުވާލުުގެ ޖަވާބު ޝާލިނީ އަކަށް މުހިންމެއް ނޫނެވެ. އޭނާ ބޭނުންވަނީ މާހިލްގެ ކިބައިން ބަދަލު ހިފާށެވެ. އެކަން ހާސިލް ވާން ދެން މާގިނަ ދުވަސްތަކެއް ނެތެވެ.
އެހެން އިރުކޮޅަކު އޮތުމަށްފަހު ޝާލިނީ ގޭތެރެއަށް ވަންއިރު ޒުލްފާ އިނީ ޓީވީ ބަލާށެވެ. ޝާލިނީ ގޮސް ބަލްސަމްގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލަމުން އެތެރެއަށް ވަނެވެ.
އެކޮޓަރީގައި ވެރިކަން ކުރަމުންދިޔައީ ހަމަހިމޭންކަމެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ޝާލިނީ ނަޒަރު ހިންގާލިއެވެ. ފާރުގެ ބޮޑު ބައެއްގައި ވަނީ ބަލްޝަމްގެ ލިޔުމެވެ. ތަޅުންގަނޑުމަތީގައިވެސް ގިނަ އަދަދަކަށް ޗޯކު ބުރިތައް އުކާފައި ހުއްޓެވެ.
އެއިރު ބަލްޝަމް އިނީ ފާރު ކައިރީގައި އިށީނދެލައިގެންނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިންއިރު އޭނާގެ މޫނުވަނީ ކަކޫ މަތީ ފޮރުވާލެވިފައެވެ. އިސްތަށިގަނޑުން ބޮޑުބައެއް ވަނި މޫނުމައްޗަށް އެޅިފައެވެ.
ޝާލިނީ އައިސް ބަލްޝަމްގެ ކައިރިއަށް ހުއްޓިލިއެވެ. އަދި މަޑުމަޑުން ބަލްސަމް ކައިރީ އިށީނދެލަމުން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއާއެކު ބަލްސަމްގެ ހަށިގަނޑު އެއްވެސް ހިފެހެއްޓުމެއް ނެތި ދޫވެގެންގޮސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ……
ނުނިމޭ
[/sociallocker]
28 Comments!
Comments are closed.
Yay im the 1st…hoody ur a great writer…awesome… 😀
Haadha kury mibaaa
Haadha kurey
Amy…. mihaaru innaanee kuda change eh genessa ingey… fennan innaanee storyge ehbai… anehbai kiyeynee FB in like eh dhineema…. ethaa eba inehnu ehn liyefa….. HURIHAA KIYUNTHERINAH VEX OLHUN FILAIFI KAMAH UMMEEDHU KURAN…!!!
Fb use nukuraa meehakah dhen mi story mukiyetha?
Hoody i dont use fb. So that means i cant read ey dhw … so sad :'(
Hoody thihen nuhadhaba please FB use nukuraa kudhin akah nukiyene ehnu thihen hedheema
those who doesnt use facebook can use any other social network. they can also register on esfiya.. registered users does not have to click like to read the story.. to register on esfiya goto http://www.esfiya.com/wp-login.php?action=register
v dhera mi bai kiyan varah masalai konfin but nuvi ..heekuran kurin gendhiya gotha mi story gendhaane kamah
V massaikai kurevihje…bt hama ehgothakah vs nuvi…v kada den thi hedi gothun
Hoody kihineh thihedhee den Rish ah ves nukiyeyne mi vaahaka eh… kureege gothah change nukureveyne tha..plz
Story shalhi but plz dnt say to click fb
Dhen v kada fb in noony dhen nukiyeyne dw plx change hooooody plxx
Haadh kurukohlee vvvvv salhi I gave u r the first place
Ma shaa allah mibaives vvvvvreethi
Ma shaa allah vvv reethi mibaives
Hoody v unfair engey….. huriha kudhinnaky fb use kuraa kudhinneh noon dhw…. hoody ah mash’hooru kan liben feshyma proud feel v tha….. ok…dhn….. mi noonas site thakun vaahaka kiyan libene dhw….. v dheragotheh thee…. 500 eh haa feynun 100 ah vettunu kahala kameh thi kury
thi kada v.gina kiuntheringe maayoos kuruvaa kameh thi kuree. so sad
Hoody faai fb use nukuran…:'( Thihen hadhaakah nuwaane ehnu
Alhey. Haadha dhera ey. Fb use nukura kudhin kihineh hadhaany? 🙁 eha interest r eku kiya story eh mi. Dhn mihen v ma nukiyeyne nun.
Ow…. :(…
Thats too sad dhw…. OK I’ll try to do somrthing ok…..
Admin mi goeh kadaey… kurin huri goeh fahi hama
So sad 🙁
Thi varah kamavee. Ulhe Ulhe mikameh nuvi 🙁
Salhi ekam ma kuru……
I love this . V salhi but haadha kuda ey. Eyoh kiaa hithun hutta
wow vrh salhi mi story . buxy kamun comment nukurevenee. but regiular koh kiyam nd hoodey ah vrh bodah thanks ingey abadhu hama story ah inthixaaru kurevenee
Mi part normal koh up koffa innaanee mihaaru ingey….