Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވާތިފް….. 9 ވަނަ ބައި

Hoody Level 310 Stories100 Comments
July 1, 2015 5 Mins Read
78 Comments

އެކޮޓަރީގައި ވެރިކަން ކުރަމުންދިޔައީ ހަމަހިމޭންކަމެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ޝާލިނީ ނަޒަރު ހިންގާލިއެވެ. ފާރުގެ ބޮޑު ބައެއްގައި ވަނީ ބަލްޝަމްގެ ލިޔުމެވެ. ތަޅުންގަނޑުމަތީގައިވެސް ގިނަ އަދަދަކަށް ޗޯކު ބުރިތައް އުކާފައި ހުއްޓެވެ.

އެއިރު ބަލްޝަމް އިނީ ފާރު ކައިރީގައި އިށީނދެލައިގެންނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިންއިރު އޭނާގެ މޫނުވަނީ ކަކޫ މަތީ ފޮރުވާލެވިފައެވެ. އިސްތަށިގަނޑުން ބޮޑުބައެއް ވަނި މޫނުމައްޗަށް އެޅިފައެވެ.

ޝާލިނީ އައިސް ބަލްޝަމްގެ ކައިރިއަށް ހުއްޓިލިއެވެ. އަދި މަޑުމަޑުން ބަލްޝަމް ކައިރީ އިށީނދެލަމުން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއާއެކު ބަލްޝަމްގެ ހަށިގަނޑު އެއްވެސް ހިފެހެއްޓުމެއް ނެތި ދޫވެގެންގޮސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. ހުދުވެފައިވާ ބަލްޝަމްގެ މޫނުފެނުމާއެކު ޝާލިނީގެ ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެނެންނެވެ. އޭނާ އަވަސް އަވަހަށް ބަލްޝަމް ނަގައި އޭނާގެ އުނގުމަތީ ބޭއްވުމަށްފަހު ދެކޮލުގައި މަޑުމަޑުން ތަޅަންފެށިއެވެ.

“ކޮއްކޯ ކޮއްކޯ! ލޯ ހުޅުވަބަލަ!” ޝާލިނީގެ ހަރަކާތްތައް ވަނީ އަވަސް ވެފައެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާންފެށިއެވެ.

ބަލްޝަމްގެ ހަށިގަނޑަކަށް ކުޑަވެސް ބަދަލެއް ނައެވެ. ޝާލިނީގެ ހަރަކާތްތައް ހުއްޓުމަކަށް އައީ ބަލްޝަމް އޮތީ މަރުވެފައިކަން ޔަޤީން ވުމުންނެވެ. ބަލްޝަމްގެ މައުސޫމު މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ޝަލިނީ ކަރުބުޑުން ހަޅޭލަވައިގަތެވެ.

“މާހިލް!!!!!!”

***

ބަލްޝަމްގެ ސަންދޯން، ވަޅަށް ތިރިކުރަމުންދިޔަ މަންޒަރު ބަލަން ދުރުގައިހުރި ޝާލިނީގެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމަޔާއި ރުޅިވެރިކަން އެކުވެގެން އުފެދުނު މަސްހުނި އިހުސާސްތަކެކެވެ. ހިތުގައި އުތުރިއަރަމުންދިޔަ ނަފުރަތުގެ ތޫފާނުގެ އަސަރު މޫނަށް ވެރިކުރުވައިގެން ހުރިއިރު، މާހިލް ގެކިބައިން ބަދަލު ހިފުމަށްޓަކައި އެހިތްވަނީ ދަހި ލަވައިގެންފައެވެ. ވެހެމުންދިޔަ ހިމަފޮދު ވާރޭއިން އޭނާ ތެމިފޯވަމުންދިޔައިރު އެކަމަކަށް އޭނާގެ ފަރުވާލެއް ނެތްފަދައެވެ.

***

ބަލްޝަމްގެ ޖަނާޒާގެ ކަންތައް ނިންމާލުމަށްފަހު ޝާލިނީއާއި ޒުލްފާ ގެއަށް އައިސްވެސް ކުރި ކަމަކީ ރުއިމެވެ. އެތައް ދަތިތަކަކާއި ކުރިމަތި ލުމަށްފަހު ބަލްޝަމްވެސް މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. އެއީ ޒުލްފާ ނުހަނު ލޯބިން ބަލާބޮޑު ކުރި ދަރިއެކެވެ. ނަމަވެސް ލޯބީގައި ދީވާނާވުމުގެ ސަބަބުން ހަމަ ބުއްދި ފިލާ ދިޔައީއެވެ. އަވާމެންދުރެއް ފަހަތުން ދުވިފަދައިން މާހިލްގެ ފަހަތުން ދުވީއެވެ.

“އަހަރެން މިއުޅެނީ މީހަކާ އިންނަން!” ސިޓިން ރޫމަށް ވެރިވެފައިވާ ހަމަހިމޭންކަން ކަނޑުވާލީ ޝާލިނިއެވެ. ދެލޮލުން ކަރުނަ ފުހެލަމުން ޒުލްފާ ޝާލިނީގެ މޫނަށް ބާލިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ.

“މަންމަ އަށް މައްސަލައެއް ނެތް! ދަރިފުޅުވެސް ތި ހުރީ ބޮޑުވެފައި ވިއްޔަ….”

“މާހިލްއާ!!” މަންމަގެ ވާހަކަ މެދުކަނޑާލަމުން ޝާލިނީ ބުނެލިއެވެ. އެ އަޑު އިވުމާއެކު ޒުލްފާގެ ހައިރާންކަން ދެގުނައަށް އިތުރުވެގެންދިޔައެވެ.

“މާހިލް؟؟ ދަރިފުޅާ އެއީ މީހެއްގެ….’

“އެނގޭ މަންމާ! މަ ބޭނުން މާހިލްގެ ކިބައިން ބަދަލު ހިފަން! އެ ޝިއާނާ ވެސް އުފަލުގަ އުޅުނަކަ ނުދޭނަން! އޭނަ އަތުލައިގެން އެ ހުންނަނީ ބަލޫ ކޮއްކޮ ގެ މަގާމު!!” ޝާލިނީގެ ރާގުގައި ވަނީ ހަރުކަށިކަމެވެ.

“އެކަމަކު ދަރިފުޅާ! އެމީހަކު ކުރިކަމެއް އެމީހަކަށް! ބަދަލު ހިފާކަށް ނުވާނެ!” ޒުލްފާ ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

“މަށަށް ރަނގަޅީ މަންމަ ވެސް މިކަން ހުއްޓުވަން ނޫޅުނިއްޔާ! އަހަރެން މާހިލް އާ ވަރަށް އަވަހަށް އިންނާނަން! އަދި ބަލޫ ކޮއްކޮ އަށް ޓަކައި ބަދަލު ވެސް ހިފާނަން!!” ޝާލިނީ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބަން ކިޔާފައި ދޮރުޖެހިއެވެ. މި މަންޒަރު ބަލަހައްޓައިގެން އިން ޒުލްފާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ޔަގީނެވެ. ޝާލިނީ އެ އުޅެނީ ކޮންމެވެސް ހައިޖާނު ގަނޑެއް ހިންގާލާށެވެ. އޭނާ ކުރަން އެއުޅޭކަމެއްގެ ސަބަބުން މަސަލަހަތު އިންތިހާއަށް ގޯސްވާން ދެން މާގިނައިރެއް ނެތްކަން ޒުލްފާއަށް އެނގެއެވެ. ނަމަވެސް އޭނާއަކަށްވެސް ޝާލިނީ ކުރަން އުޅޭކަމެއް ގަދަކަމަކުން ނުހުއްޓުވޭނެއެވެ.

***

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ އަބުއި ހަމަ ހިމޭން ކަމެކެވެ. ހުޅުވާފައިހުރި ކުޑަ ދޮރުން ވަންނަމުދިޔަ ފިނި ވައިރޯޅިތަކުގެ ސަބަބުން އިރުއިރުކޮޅާ ދޮރުފޮތިގަނޑު ފިހުރިގެން ދެއެވެ. މުޅި ކޮޓަރިތެރެއަށް ފެތުރިފައިވަނީ، ދިއްލާފައިހުރި އޮރެންގު ކުލައިގެ ނިދާބޮކީގެ ފަނޑު އައްޔެވެ.

އެނދުގައި އިށީނދެލައިގެން އިން ޝިއާނާގެ ނަޒަރު ހުއްޓިފައިހުރީ ނިދާފައި އޮތް އިކާންގެ މޫނަށެވެ. ގިނައިރުވަންދެން ރުއިމުގެ ސަބަބުން އެ ކުޑަކުޑަ ދެލޯ ވަނީ ދުޅަވެ އަރާފައެވެ. އިރުއިރުކޮޅުން ސިއްސައިގެން ގޮސް ނިދީގައި އޮވެ ރޯންފަށައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ޝިއާނާގެ ހިތަށް ތަދުވެއެވެ. އޭނާގެ ދަރިފުޅަށް ނަފްސާނީ ގޮތުން ގެއްލުންވެފައި ވާއިރު އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ ދަރިފުޅުގެ ބައްޕަ ނޫން އެހެން ކާކު ހެއްޔެވެ؟ ފިރިން އަބިންނަށް އަނިޔާ ކުރާ މަންޒަރު ދަރިންނަށް ފެންނަނަމަ އެ ފަދަ މައްސަލަތަކާއި ދިމާވާނެއެވެ. އެފަދަ ކިތަންމެ ހާދިސާއެއްގެ ސަބަބުން އިކާން ފަދަ އެތަށް ކުދިންނެއްގެ މުސްތަގުބަލު ހަލާކުވެގެން ގޮސްފައިވާނޭކަމީ ޝައްކެތް އޮތަކަމެއް ނޫނެވެ.

އިކާންގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު ޝިއާނާ މަޑުމަޑުން އިކާން ގާތު އޮށޯވެލިއެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ބަލަހައްޓައިގެން އޮއްވާ މަޑުމަޑުން ޝިއާނާގެ އެސްފިޔަތަކަށް ބަރުވާން ފެށިއެވެ. އިސާހިތަކު ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ޝިއާނާގެ މެރިފައިވާ ދެލޮލަށް ނުހަނު ގާތުން ބަލަހައްޓައިގެން އަބްރާސް ހުއްޓެވެ. އޭނާގެ ހިތުގައި ޝިއާނާއަށް ދެވިފައިވަނީ ވަރަށްވެސް އެހެން ކަހަލަ މަގާމެކެވެ. ޝިއާނާއަށް ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތް ކުރަން އޭނާ ބޭނުމެވެ. ނަމަވެސް އަކަން ކުރުމުގެ ކުޅަދާނަކަމެއް އޭނަގެ ކިބައަކު ނެތެވެ. މާހިލްގެ ވިސްނުމާއި ކުޅެލަން އަބްރާސް އަށް މަޖުބޫރު ކުރުވީ ދޮންއަހުމަދެވެ. ޝިއާނާއަށް ލިބެމުން އެދާ އަނިޔާގެ ހަގީގީ ޒިންމާދާރަކީ އަބްރާސް އެވެ.

އަބްރާސް މަޑުމަޑުން ޝިއާނާގެ ނިތްކުރިމަތީ ފިރުމާލިއެވެ. އެއާއެކު ނިތްކުރިމަތީ ފަޅައިގެން ގޮސްފައި ހުރި ތަން ފަސޭހަ ވެގެން ގޮސް ލަކުނުވެސް ފިލައިގެން ދިޔައެވެ. އަބްރާސް އޭނާގެ އަތް މަޑުމަޑުން ތިރިއަށްގެނެސް ޝިއާނާގެ އަތުގެ މުލައްދަނޑީގައި ކަފައިގެން ގޮސްފައި ހުރި ތަނުގައިވެސް ފިރުމާލިއެވެ. އެތަންވެސް ފަސޭހަވެގެންދިޔައީ ދެތިން ސިކުންތު ތެރޭގައެވެ.

އެވަގުތު ކޮޓަރީގެ ދޮރު ހުޅުވެން އުޅޭހެން ހީވުމާއެކު އަބްރާސް ލުއި ދުންކޮޅަކަށް ބަދަލު ވުމަށްފަހު ކުޑަދޮރުން ބޭރަށް ނުކުތެވެ.

ހުޅުވުނު ދޮރުން އެތެރެއަށް ވަނީ މާހިލްއެވެ. އޭނާއާ އެއްކޮން ކަހަލަ ގޮތަކަށް ޝާލިނީވެސް ވަނެވެ. ދެމީހުންގެ އަތް ގުޅި ލާމެހިފައިވާއިރު ހީވަނީ ފުރާވަރު އުމުރުގެ ދެ “ބިޓުން” ހެންނެވެ.

އެނދުގައި އަރާމުކޮށް ނިދާފައި އޮތް ޝިއާނާ ފެނުމާއެކު މާހިލްގެ ހިތުގައި އެނބުރިގަތީ ފޫހި ކަމެވެ. ދެބުމަ ގޮށްޖެހި، އަތް މުށްކެވިގެން ދިޔައެވެ. ރުޅިވެރި ނަޒަރަކުން ބަލަހައްޓައިގެން ހުރުމަށްފަހު އޭނާ ޝިއާނާގެ އަތުގައި ހިފައި ދަމައިގަތެވެ. އެއާއެކު ޝިއާނާ ފުރޮޅިގެން ގޮސް އެނދުން ވެއްޓުނެވެ.

ޝިއާނާއަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. ލިބުނު ސިހުމުގެ ސަބަބުން ހަޅޭވެސް ލަވައިގަނެވުނެވެ. ވެއްޓި ޖެހުނު ގޮތުގެ ސަބަބުން އޭނާގެ އަރިކަށީގައި ގަދައަށް ރިއްސަމުންދިޔައެވެ. އަރިކަށީގައި ފިރުމާލަމުން ޝިއާނާ މަޑުމަޑުން ތެދުވިއެވެ. އެއާއެކު އޭނާގެ ކަޅި ގޮސް ހުއްޓުނީ މާހިލްގެ މޫނަށެވެ. މާހިލްގެ ފުރަގަހުގައި ހުއްޓިލައިގެން ހުރި ޝާލިނީވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.

ޝާލިނީގެ މޫނުމަތިން ފެންނަމުންދިޔައީ ބޮޑާ ކަމާއި ކިބުރުވެރިކަމެވެ. ލާފައިވާ ބާރު ހެދުމުގެ ސަބަބުން އޭނާގެ ރީތިކަން ފާޅުވޭވޭ ހުއްޓެވެ. ލޮލުގެ ވަށައިގެން އަނދުން އަޅާފައިވުމުން، އެ ދެލޮލުގެ ކަޅިރަވަ އިހުނަށްވުރެ ތޫނުކަމަށް ދައްކައެވެ. ޝާލިނީގެ މި ބުޅާ ބެލުމުގެ ސަބަބުން ޝިއާނާގެ ހިތުގައި ބިރުވެރިކަމުގެ ބާންޏެއް ދަތުރުކޮށްލިއެވެ.

މާހިލް އަށް މިއައި ބަދަލުތަކުގެ ސިއްރަކީ މިއީ ބާއެވެ؟ އޭނާއޭ ކިޔައިގެން ދޮގު ވާހަކަތައް ފަތުރަނީ މި ކުއްޖާ ބާއެވެ؟ ޝިއާނާގެ ހިތަށް އެކިއެއްޗެހި އަރާ ފައިބަމުންދިޔައެވެ.

“ކީއްވެ ފާޑަކަށް ބަލަހައްޓައިގެން ތި ހުންނަނީ؟” މާހިލް ޝާލިނީގެ އުނަގަނޑުގައި އަތްއަޅުވާލަމުން ބުންޏެވެ. “އިކާން ކުޑަ އެނދަށް ލާ!”

ޝިއާނައަކަށް އެންމެ ސިކުންތެއްވެސް ލަސްކުރާކަށް ނުކެރުނެވެ. ނިދާފައި އޮތް އިކާން ގެނެސް ކުޑަ އެނދަށް ލިއެވެ.

 އެވަގުތު މާހިލް އެނދުގައި ޖައްސާލިއެވެ. އެއާއެކު ޝާލިނީވެސް އެނދުގައި އޮށޯވެލަމުން މާހިލްގެ މޭގައި ބޯއަޅާލިއެވެ. ދެމީހުންގެ މި ގައިގޯޅި އަމަލުތައް ފެނުމާއެކު ޝިއާނާގެ ހިތަށް އުނދަގޫ ވާގޮތްވިއެވެ. މާހިލް ދެކެ ލޯބި ނުވި ކަމުގައިވިއަސް އަމިއްލަ ފިރިމީހާ އެގޮތަށް ކަންތައް ކުރުމުން ކޮންމެ މީހަކު ނަމަވެސް ހިތުގައި ޖެހޭނެއެވެ.

މާހިލް އާއި ޝާލިނީ އެކަކު އަނެކަކަށް ގިލިގިލި ކޮށްޓާ ހީ މަޖާ ކުރަމުންދިޔައިރު ޝިއާނާ އެކޮޓަރީގައި ހުރީ އެކަނި ވެފައެވެ. އެންމެ ފަހުން ރޮވެން ފެށުމާއެކު އޭނާ ކޮޓަރިން ނުކުތުމައްޓަކައި ހިނގައިގަތެވެ.

“އޭ! ދާނެ ކަމެއް ނެތް! އާދޭ!” މާހިލް ޝިއާނާ ހުއްޓުވިއެވެ. “ކަލޭ އެހެން ފިރިހެނުން ވައްދާހެން އަހަރެން އަދި އެންމެ އަންހެނަކު ވައްދާލިއަސް އެއީ މައްސަލައަކަށް ހަދާނެ ކަމެއް ނެތް! އަހަރެމެން ކުރާ ކަންތައް ބާލަލަން މިތާ އިނދޭ!!”

“މާހިލް! ކޮބާތަ އަހަރެންގެ ކުށަކީ؟ އަހަރެން ހިލޭ ފިރިހެނުން ވައްދަނީއޭ ކިޔާ ދޮގު ވާހަކަތައް މާހިލް ކައިރީ މީހަކު ދެއްކީ ވިއްޔާ އެމީހަކު އެއުޅެނީ އަހަރެމެން ދޭތެރެ ޖައްސަން!!” ޝިއާނާއަށް އޭނާގެ ހިތުގެ އާދޭސްތައް ބޭރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު މާހިލް ހީވީ ފުފިގަތް ހެންނެވެ. ޝިއާނާ އާ ދިމާއަށް ފުންމައިގެން އައިސް ނޭފަތް މަތީ މުށްކަވާފައި ޖެހިޖެހީނުން ނޭފަތް ފަޅާލިއެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއް ނެތި ނޭފަތުން ހޯސްލާފައި ލޭގަނޑު ފައިބައިގަތެވެ.

“މިހާރު މަގޭ ކުރިމަތީ ބަސްވެސް ބުނަން ފެށީދޯ؟!” މާހިލް ޝިއާނާ ގެނެސް ކޮޓަރީގެ ކަނަކަށް ކޮށްޕާލިއެވެ. އަދި ޑްރެސިން ޓޭބަލް މަތީ އޮތް ބޮޑު ޓޭޕް ރޯލުން ޝިއާނާގެ އަނގަމަތި ބަންދުކުރުމަށްފަހު އޭނާގެ އަތްވެސް ހަތްޔަރު ކުރިއެވެ. ނިކަމެތި ޝިއާނާއަށް ޖެހުނީ ފާރު ބުޑަށް ބިތްޖެހިފައި އިންނާށެވެ.

މި ހުރިހާ މަންޒަރެއް ބަލަން އެނދުމަތީ އޮތް ޝާލިނީގެ ތުންފަތަށް ވެރިވެފައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާގެ ހިތުގައި ޝިއާނާ އަށް ޓަކައި ކުޑަވެސް ރަހުމެއް ނެތީ ހެއްޔެވެ؟ އެއީ ވެސް ހަމަ ޝާލިނީ ފަދަ އަންހެން ކުއްޖެކެވެ. ޖެހުމުން ތަދުވާނެއެވެ. އެއްޗެހި ގޮވާ ދެރަކޮށްލުމުން ހިތުގައި ޖެހޭނެއެވެ. ނަމަވެސް މި ހުރިހާ ކަމެއް ވިސްނޭ ވަރަށްވުރެ ޝާލިނީގެ ހިތް މާ ހަރެވެ.

މާހިލް އަނެއްކާވެސް އޭނާ ކުރަމުންދިޔަ ފާހިޝް އަމަލަށް އެބުރުނެވެ. ދެމީހުންގެ މުޑުދާރު އަމަލުތައް ބަލަން ބޭނުން ނުވެގެން ޝިއަނާ ދެލޯ މަރާ ފިއްތާލިއެވެ. ނަމަވެސް އިވެމުންދިޔަ އަޑާމެދު ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ…..

***

ކަރުގައި އޮތް ޓައީ ރަނގަޅުކޮށްލަމުން ޔައީޝް އަނެއްކާވެސް ލޯގަނޑުން އޭނާގެ އަމިއްލަ ސިފަ ބަލާލިއެވެ. މަޑު ދަނބު ކުލައިގެ ގަމީސް ދަށަށް ޖަހާލާފައި ވާއިރު، ކަޅު ކުލައިގެ ހިމަ ޓައީއެއް އަޅާފައިވުމުން އޭނާގެ ސްމާޓްކަން ދެ ގުނައަށް އިތުރު ވެފައިވެއެވެ. މޫނުމަތިން ފެންނަމުންދިޔައީ ތާޒާކަމެވެ. ބޮލުގެ އިސްތަށިގަނޑު އަތުން ހަމައަކަށް އަޅުވާލަމުން އޭނާ ކޮޓަރިން ނުކުތެވެ.

“ދަރިފުޅާ އަވަހަށް އާދޭ ކޮފީ ބޯން!!” ކާގޭގައި ކޮފީ ގިރަން ހުރި ސީމާ ގޮވާލިއަޑުއިވުނެވެ. “އެއޮއް ގަޑި ޖެހެނީ!!”

ޔައީޝް އަވަސް އަވަހަށް އައިސް ސީމާ އަތުން ކޮފީތަށި އަތުލުމަށްފަހު ދެތިން ކޯވަރުން ކޮފީ ތަށި ހުސްކޮށްލިއެވެ.

“ދަރިފުޅު ހަފްތާއެއް ފަހުން އޮފީހަށް ތި ނުކުންނަނީ! ވަރަށް މަސައްކަތް އޮންނާނެ ދޯ!”

“އާނ! މިރޭ ކަންނޭނގެ ދެން އާދެވޭނީ!!” ރޭބަން އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލުމަށްފަހު ޔައީޝް ގެއިން ނުކުމެެގެން ދިޔައެވެ. މި މަންޒަރު ބަލަން ހުރި ސީމާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އެކަނި މާ އެކަނި ބަލާ ބޮޑު ކުރި ދަރިފުޅު މިހާ ޒިންމާދާރު ހަރުދަނާ ޒުވާނަކަށް ވުމުން ފަޚުރުވެރި ކަން އިހުސާސް ކުރެވޭނެ ނޫންހެއްޔެވެ؟

***

ސައިކަލު އޮފީސް ޕާކިން ޒޯންގައި ޕާކް ކޮށްލުމަށްފަހު ޔައީޝް އޮފީހަށް ވަދެގެން ދިޔައެވެ. އެއިރު ގަޑިޖެހިގެން ގޮސް އިތުރަށް ފަސްމިނެޓް ހިނގައިފިއެވެ.

އޮފީހަށް ވަން ޔައީޝްއަށް ލިބުނީ ހައިރާން ކަމެކެވެ. އޮފީހުގައި އެއްވެސް މީހަކު ނެތެވެ. ރިޝެޕްޝަން ވެސް ހުރީ ހުސްކޮށެވެ. އެކި ތަންތަނަށް ނަޒަރު ހިންގަމުން އައިސް ޔައީޝް އޭނާގެ ކެބިން ކައިރި މަޑުކޮށްލިއެވެ. ކެބިން އަށް ވަނުމުގެ ކުރިން އޭނާ ޖެހިގެން ހުރި ކެބިންގެ ތެރެ ވެސް ބަލާލިއެވެ. އެތަން ވެސް ހުރީ ހުސްކޮށެވެ. ހިތުގައި ސުވާލު އުފެދެމުންދިޔައެވެ. މިއަދު މީ ކޮން ދުވަހެއް ތޯ ޗެކް ކޮށްލުމައްޓަކައި ފޯނުވެސް ބަލާލެވުނެވެ. މިއަދު މީ ހަމަ ރަސްމީ ދުވަހެކެވެ. އަނެއްކޮޅުން އެއްވެސް މީހަކު ނެތިސް އޮފީސް ހުޅުފާވައެއްވެސް ނުހުންނާނެއެވެ. އެހެން ކަމުން އޮފީހުގެ މުވައްޒަފުން އައިސްފައި ވާކަން ޔަގީން ކުރެވުނެވެ.

ކުޑަކޮށް ވިސްނާލުމަށްފަހު ޔައީޝް އޭނާގެ ކެބިންގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެއާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ………..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ހިތް ވިންދާނުލައި… (8)

Next

ހިތް ވިންދާނުލައި… (9)

Next
July 2, 2015

ހިތް ވިންދާނުލައި… (9)

Previews
July 1, 2015

ހިތް ވިންދާނުލައި… (8)

78 Comments!

  1. Hoody says:
    July 1, 2015 at 11:26 pm

    Mi bai vex kamudhaane kamah ummeedhu kuran….

  2. Izka Ishka says:
    July 1, 2015 at 11:27 pm

    Areesh Izka Ishka

  3. Hoody says:
    July 1, 2015 at 11:28 pm

    and mistakes huriyyaa bunedheythi ingey…. eyrah rangalhu kureveynee…

  4. Nabhaan says:
    July 1, 2015 at 11:32 pm

    wow…vrh salhi mi part vx…nxt part avas

  5. Nabhaan says:
    July 1, 2015 at 11:32 pm

    Yey ma dhw frst

  6. kayaan says:
    July 1, 2015 at 11:34 pm

    V salhi ingey.waitin 4 nxt part

  7. Hoody says:
    July 1, 2015 at 11:35 pm

    hehe…. dhn up koffa kmme faharaku naboo kairi viyya bunan jehenee… dhn first kiyene ehnu… hehehe….. thnk you bro….

  8. Mixna says:
    July 1, 2015 at 11:36 pm

    Vrh vrh vrh reethi… Hoods ur awsme…… N ma second

  9. Hoody says:
    July 1, 2015 at 11:39 pm

    Thnk you kayaan and mixu….. No you’re third mixu…. kayaan second…. :p

  10. Nabhaan says:
    July 1, 2015 at 11:39 pm

    Ya dhw…anyways thnkw bunedheythy ingey…nd axlu vx vrh salhi mi part vx….nxt part vx up kohffa angaalaathi..nd wlcm

  11. liu says:
    July 1, 2015 at 11:48 pm

    Haadha dhera vejjeyyyy…..hoody v v molhu ingey

  12. jui says:
    July 1, 2015 at 11:52 pm

    very nice hoody..:) hama perfect.. hehhe.. koba tha e ulhey myskolhu? fb chat log hen mithaneh noon ingey dhn hadhaany… pis pis… mee vaahaka aai behey gothun faadu kiyan onna thaneh. thimyhun ge love story aai ehchex myhunnah angan ulhey thaneh noon mee kee… kobatha e mysmeehun kolhu? dhn e gothah mitha liyan ulhefiyya heyaruvaalanan… huvaa mibuny .. bolah undhagoo vaa varu ve ey… dhn nikan mithan fb chat log ah hadhaabala… bodu vehjje undhaguleh….

    1. katrina says:
      July 2, 2015 at 6:05 am

      aslu ves dhw.. heevany alah bitun libigen ulheyhen.. thui vaathy ma enme foohi vany

  13. elysha says:
    July 1, 2015 at 11:54 pm

    vv reethi mi prt ves

  14. Hoody says:
    July 1, 2015 at 11:58 pm

    Thnkx liu.. jui and elysha…
    hehe… Jui… mihaaru ekudhin ekan huttaalaifi…. maafah vex edhefi… So…. No worries…. 🙂

    1. jui says:
      July 2, 2015 at 1:35 pm

      yeah! mihaaru dhen ok. nufeney mihaaru e myhun ge cmt eh vex. hehehe. huvaa varah undhagoo ve ey… anyway, hoody konirakun next part? 🙂

  15. Fayaz says:
    July 1, 2015 at 11:59 pm

    Vvv reethi mibaaves hanrovihje vrahmolhu ingey I love the story

  16. shy says:
    July 2, 2015 at 12:00 am

    Vrh ..vrh.,.. Vrh.,. Reethi….. When nxt. Part up kurany….

  17. Hoody says:
    July 2, 2015 at 12:01 am

    Thnk you fayaz and Shy 🙂

  18. grl says:
    July 2, 2015 at 12:24 am

    Nice

  19. Sheez says:
    July 2, 2015 at 12:30 am

    V v reeeti mi partvex haada moley stry liyan v molu ingey

  20. Rish says:
    July 2, 2015 at 12:34 am

    Vvvvv reethi story… waiting 4 the ext part…..n thanx hoody

  21. Faz says:
    July 2, 2015 at 12:41 am

    Interesting

  22. tintin says:
    July 2, 2015 at 12:45 am

    V v v salhi

  23. sun says:
    July 2, 2015 at 12:48 am

    This story is nice .. but I think emmeh fahun jaish ay shiyaana kaneygeh gulheny so ikaan ves hunaaneh jaish ge kid a ka..
    . Dhn hama maahil ashaa shalini ah vany hama zaxlaa ah vy goiy

  24. kainy says:
    July 2, 2015 at 12:48 am

    V nice story eh … watin 4 da next part

  25. shaph says:
    July 2, 2015 at 12:57 am

    Vvvv reethi…♡♡♡♡♡keep it up hoody…

  26. ifaa says:
    July 2, 2015 at 1:39 am

    mi emme avahan up vaa story n me emme kiyaahiy vaa story v v v v reethi mi story 🙂

  27. Crazi says:
    July 2, 2015 at 2:27 am

    Wow vrh shalhi ehgey..keep it up

  28. Hoody says:
    July 2, 2015 at 3:58 am

    Thnkx all…..
    Sun… Adhi Abraas ves eba huttennu… So adhi fahun vaane githeh neyngeyne……

  29. muru shidha says:
    July 2, 2015 at 4:41 am

    Varah nice…. <3

  30. shaisha says:
    July 2, 2015 at 4:59 am

    Hoody ! Mihaaru school thah bandhu v ma dhen avahah upp kureveyne dhoa !! So hoping for two parts each day!! BTW my favorite stry yet

  31. demon says:
    July 2, 2015 at 5:00 am

    mibaives varah rangalhu

  32. Zuu says:
    July 2, 2015 at 5:05 am

    Varah salhi mi part ves… waiting for the next part…

  33. shif says:
    July 2, 2015 at 6:15 am

    Nice nice.. avaha next parrt up kohlaba.. yageeney yaish ah suprixe party ekkan othy cabin ga.. Happy birthday to yaish ♡

  34. yash says:
    July 2, 2015 at 7:21 am

    V v v salhi mibaives waiting for the next part ♥♥♥

  35. zee says:
    July 2, 2015 at 7:41 am

    asluves vvvvvvvvvvvvvvvvvvvvvvvvvvvvvvvv…….reethi

  36. naxhaa says:
    July 2, 2015 at 8:28 am

    Vara salhi mi part ves……hoody ur best.. waiting waiting next part…….

  37. Hoody says:
    July 2, 2015 at 8:36 am

    Thnkx all…
    Shaisha… School thah bandhu viyakas Hoody mennah kiyavaidhey… grade 10, 11 and 12 ah kiyevun ovey mi school ga….

  38. Sum says:
    July 2, 2015 at 8:59 am

    Wow hoody.. This part is also awesome.. Mi story kiyaa iru describe kohdhyfa hunnaleh furihama kamun hama hyvany lolah fennan hunna hen.. Btw this is the first time mi site ga comment kuraa.. Nd hoody ge story akah dhw furathama ves comment mi kurevuny.. Heheh.. Nxt part avahah up kohdhehchey.. 😀

  39. mooko says:
    July 2, 2015 at 9:03 am

    vvvv salhi mi part vx kn dhuahakun tha next part up vaanyyy

  40. Ellie says:
    July 2, 2015 at 9:59 am

    Wow mi bai vx v reethi..

  41. juma says:
    July 2, 2015 at 10:21 am

    V v v v v teethi mi bai ves… hoody vareh nei… next part avahah up kohdhehchey hooodyy… love this story.. and also love u hoody….. 🙂 🙂

  42. juma says:
    July 2, 2015 at 10:21 am

    V v v v v reethi mi bai ves… hoody vareh nei… next part avahah up kohdhehchey hooodyy… love this story.. and also love u hoody….. 🙂 🙂

  43. Hoody says:
    July 2, 2015 at 10:36 am

    Thnkyou!!…
    Next part mirey up koh dheynan In Sha Allah…

  44. Saana says:
    July 2, 2015 at 10:54 am

    V nice waiting for next part

    1. Hoody says:
      July 2, 2015 at 11:13 am

      Thnkyou saana..

  45. Fary says:
    July 2, 2015 at 11:33 am

    Vara nala dhen next part up kurani konirakuntha

  46. ruku says:
    July 2, 2015 at 11:53 am

    Wow.. love thix story.. keep the gud work.

  47. ruku says:
    July 2, 2015 at 11:54 am

    Wow.. love thix story.. keep up the gud work.

  48. naj says:
    July 2, 2015 at 12:09 pm

    I have no words to express how beautiful this story is..maasha Allah vv reethi 🙂

  49. elyshaa says:
    July 2, 2015 at 1:53 pm

    maasha allah vvv rythi , mi story , hoody u r the best

    1. Hoody says:
      July 2, 2015 at 2:05 pm

      Hey elyshaa… I know that you are Shiaa… kalhu finifemmaa ge first part ah koffa huri comments thah hoody keen ingey…. there is no need to change your name Shiaa…. Anyways Thnkx… 🙂

  50. shiaa says:
    July 2, 2015 at 2:01 pm

    hurihaa kudhin naves vvvv bodah sorry , i will never repeat that

    1. Hoody says:
      July 2, 2015 at 2:06 pm

      Shiaa thi name use kohabala ingey comment kuraairu… and varah happy visnuneema…. thnkx….

  51. sif says:
    July 2, 2015 at 3:04 pm

    grl kudhin rohvaakah nuvaane. hood

    1. Hoody says:
      July 2, 2015 at 3:16 pm

      hehe… Hoody kn kujje rovaalee sif?? 🙂

    2. sif says:
      July 2, 2015 at 9:43 pm

      me.

  52. shiaa says:
    July 2, 2015 at 3:10 pm

    mihaaru eky , . hehehe . ok

  53. shiaa says:
    July 2, 2015 at 3:12 pm

    kon irakun next part

    1. Hoody says:
      July 2, 2015 at 3:16 pm

      Tonight In Sha Allah

  54. shiaa says:
    July 2, 2015 at 3:22 pm

    hoody rovvaaly shiaanaa

  55. sif says:
    July 2, 2015 at 3:29 pm

    grl kudhin roh vaakah nuvaane .

  56. nazla says:
    July 2, 2015 at 3:35 pm

    eh kala shiaa thui vani. heevani dhen hoodh ah thui dheken ulheyhen. lol. kuda kuje key adhi.

  57. Eye-shaa says:
    July 2, 2015 at 5:30 pm

    Awwwn… This story ix awsum hoody… waiting for da nxt part… n hoody u r my favourite writer…

    1. Hoody says:
      July 2, 2015 at 6:56 pm

      thnkyou Eye-shaa

  58. Sheryn says:
    July 2, 2015 at 8:12 pm

    This prt is also awesome hoody….. :-)… hope tonight u’ll up nxt part…. love this..

  59. shiaa says:
    July 2, 2015 at 8:19 pm

    kuda kujjeh noon 18 vefa , hehehe

  60. vishaa(vishu) says:
    July 2, 2015 at 9:23 pm

    mirey kon irakun tha hoody? mihaaru kiyaa hithun hurevnyy eh noon… iru iru kolhaa eba vadhevey esfiya ah vaahaka upload vefa intho balailan .. mirey next part upload koh dheyne kamh unmeedhu kuran .. mi part vess v salhi .. keep up the gud work hoody… 🙂 🙂 🙂 <3 <3

  61. vishaa(vishu) says:
    July 2, 2015 at 9:25 pm

    ❤ ❤ ❤ ❤ ❤ ❤

  62. Sheryn says:
    July 2, 2015 at 10:01 pm

    Hoody vishu ebunu thedheh…shery ah vexx iru iru kolhaa eba vadhevey esfiya site ah hoody next part up kurithoa balaan….hoody avahah up khdhehchey…shery ah mihaaru kiyaahithun hurevenyky nooon…. 😛

  63. elysha says:
    July 2, 2015 at 10:55 pm

    alhe hoody mihaaru keymadhu vejje , mi story kiyan,. yaish ah vaagotheh balalan

  64. elysha says:
    July 2, 2015 at 10:55 pm

    avas plx

  65. Asha says:
    July 2, 2015 at 11:06 pm

    Hoodyyy.. Avas kohba dhw dhn..

  66. juma says:
    July 2, 2015 at 11:16 pm

    You have been there for me no matter what. I love you, my dear friend, and I am so excited to share your special day with you. Your birthday is going to be truly special. happy birth day hoody… i had to go so thankolheh kurin wish kohlee.. hope u wont mind..

  67. shiaa says:
    July 2, 2015 at 11:26 pm

    next part maadhan dhw

  68. shiaa says:
    July 2, 2015 at 11:27 pm

    hoody , b day dhw , once again wish u a very very happy b day

  69. Aifa says:
    July 2, 2015 at 11:38 pm

    Hoody story v nice ekm maa avas aruvAalaafa light koh thi gendhanee. dnt think negative ingey. Hama best ey buneveynee ehen liyuntherinna compare kuraa iru.

    Hoody dheke obivaa Aikko

Comments are closed.

Next Episodeހަވާތިފް…. 10 ވަނަ ބައި←


All Right Reserved!