
ހިތް ވިންދާނުލައި… (6)
ކޮޓަރީގެ ޓައިލްސްތަކު މަތީގައި ފުޅިތޮށިތަށް ހުރިއިރު އެތަނުގައިވަނީ ލޭ ހޭކިފައެވެ. އެނދުގައި އޮތް ކުއިލްޓްގެ އެއްބައި ބިންމަތީގައި އޮތްއިރު އޭގައާއި އެނދުގައި ހުރި ބައެއް ބާލިސްތަކުގައިވެސް ލޭގެ އަސަރު ހުއްޓެވެ. ފުޅިތޮށިތައް ކައިރީގައި އިން އިނާރާގެ އަތުން ލޭ ތިކި ޖަހަމުން ދިޔައިރު ލައިގެން ހުރި ބޮޑު ހުދު ހެދުމުގައިވެސް ލޭހުއްޓެވެ. ރަތް ފިނިފެންމަލުގެ ކަރިތަށް ބިންމައްޗަށް ވެރިފައިހުރި އިރު ދިއްލާފައިހުރި ހުދު ބޮކިން ކޮޓަރިތެރޭގެ މި މަންޒަރު ސާފަކޮން ފެންނަން ހުއްޓެވެ.
އިނާރާގެ ދެލޯ ދުޅަވެފައިވީއިރު އޮހޮރެމުން ދިޔަކަރުނައިން ލޮލުގައި އަޅާފައިވާ އަނދުން ފޭދެމުންދިޔައެވެ. އެ ދޮން މޫނު މިހާރު ރަތްވެފައި ވާއިރު ތުންފަތުގައި ހުރި ލިޕްސްޓިކްވެސް ވަނީ އަނގަމަތީގައި ހޭކިފައެވެ. އޭނާގެ ވިސްނުމުގައި އެނބުރެމުންދިޔައީ މީގެ އެއްދުވަސް ކުރީގެ ހަނދާންތަކެވެ….
(އެއްދުވަސް ކުރި)
ގޮނޑީގައި އިށީދެގެން އިން އިނާރަ ބަލަމުންދިޔައީ ކުރިމަތީގައި ހުރި ލޯގަނޑަށެވެ. އޭނާގެ އިސްތަށިގަނޑު މައްޗަށްނަގައި ވަރަށް ފުރިހަމައަށް ހަދާލެވިފައި ހުރިއިރު ކުދި މާތަކެއް ބޮލުގައި ހަރުކުރެވިފައި ހުއްޓެވެ. “ވާއޮ. ވަރަށް ސަޅި.” އިނާރާގެ ފަހަތުގައި ހުރި ރިއުމާން ބުނެލިއެވެ. ރިއުމާންއަކީ އިނާރާ އޮފީހަށް ނިކުތީންސުރެ އޭނާގެ އެންމެގާތް ރަޚުމަތްތެރިއާއެވެ. “އަވަސް ހިނގާ ވެޑިން ޑްރެސް ލާން.” ރިއުމާން އިނާރާގެ އަތުގައި ހިފަމުން ބުނެލިއެވެ.
“މި ދަނިއްޔޭ.. ކޮބާތަ މަންމަ. މިހާރު އެތަނަށްދާން ގަޑިއިރަކަށް ވީ.” އިނާރާ އަހާލިއެވެ. އެވަގުތު ކޮޓަރިއަށް ޝީލާ ވަދެގެންއައެވެ. “މި އައީއެއްނުން. ދެންވެސް އަވަސްކުރޭ.” ވެޑިން ޑްރެސްނަގައި ދެމުން ޝީލާ ބުނެލިއެވެ. އިރުކޮޅެއްގެ ތެރޭގައި ބޮޑު ހުދުހެދުމެއްގައި އިނާރާ ނިކުންއިރު ހީވަނީ ޕަރީއެއްހެންނެވެ. ޝީލާ އުފަލުން ގޮސް އިނާރާގެ ގައިގައި ބައްދައިގަތެވެ.
ގަޑީން ހަތްގަޑި ބައިވީއިރު ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް ދަރުބާރުގެ ކުރިމައްޗަށް ހުއްޓާލިއެވެ. ޔާމިން މަޑު ހިނގުމެއްގައިގޮސް ކާރުގެ ދޮރު ހުޅުވާލުމުން އިނާރާ ކާރުން ފޭބިއެވެ. ޔާމިންއާއި އެކީ ދަރުބަރުގެއަށް ވަންނަން ދިޔަ އިނާރާއާއި ދިމާއަށް އެންމެންގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. ލާފައި ހުރި ހެދުމުގެ ފަސްބައި ޓައިލްސްތަކުމަތީ ދެމެމުން ދިޔައިރު ހެދުމުގައި ހުރި އެސްތަކުން ވިދުންއަރައެވެ. ލޭސްފޮތިން އެދޮންއަތް ހާމަވަމުންދިޔައިރު މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުތަށް އެ މޫނުގައި ބޮސްދެމުން ދިޔަކަހަލައެވެ.
އެ ބޮޑު ދެލޯ އަދުންއަޅައި ރީތި ކޮއްލެވިފައިވާއިރު އެ ދިގު އެސްފިޔަތަކުން މީހުން އާޝޯހު ކުރުވައެވެ. ދުރުގައި ހުރި މާކިންއަށް އިނާރާ ހާއްސަކުރެވިފައިވާ ތަނަށް ވަދެގެން އައިތަން ފެނުނެވެ. އެ ރީތިކަންފެނި މިރޭގެ ހަނދުވެސް ލަދުންފިލާނެކަން ކަށަވަރެވެ. މާކިން އެސްފިޔަ ޖަހާލަންނޭގި އިނާރާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
އިނަރާއައުމުން ޤާޒީ ކައިވެނި ފެއްޓެވިއެވެ. އިސްޖެހިފައިއިން އިނާރާ އިންތިޒާރުކުރަމުން ދިޔައީ މާކިން އެ ބަސް ބުނެލާނެ އިރަކަށެވެ. “އަނބި ޤަބޫލުކޮއްފިން.” މާކިން އެ ބަސްކޮޅު ބުނެލުމާއިއެކީ އިނާރާ މުޅި އުމުރަށް މާކިންގެ މިލްކަށްވީއެވެ. ކުރެވުނު ފޮނި އިހުސާސުން އިނާރާގެ ލޯ ކަރުނުން ފުސްވިއެވެ. ކައިރީގައި އިން މާކިން ސިއްރުން އިނާރާގެ ފިނިވެފައިވާ އަތުގައި ހިފައި ބާރުކޮއްލި އިރު އެ ތުންފަތަށް ވެރިވެފައިވަނީ ކާމިޔާބީގެ ހިނިތުންވުމެވެ.
ކައިވެނި ޕާޓީ ފެށިގެން ކުރިއަށް ދިޔައެވެ. މާކިން ލައިގެން ހުރި ކަޅު ސޫޓްގައި ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ހުދު ގަމީހަކާއި އެކީ އަޅާފައި ހުރި ކަޅުކުލައިގެ ބޯ ޓައީ އޭނާއާއި ވަރަށް ގުޅެއެވެ. ކަޅުކުލައިގެ ކޯޓު ގައިގައި ހިފާފައި ވާއިރު އެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ދެ މީހުން ކައިރީގައި ތިބި އިރު އެ ޖޯޑަށް ތަޢުރީފް ނުކުރާ މީހަކު ނުވެއެވެ. ދެމީހުން އެކީގައި ފެންނަލެއް ފުރިހަމަވެފައި އެހާވެސް ހިތްގައިމެވެ.
ދުރުގައި ހުރި މޭޒެއްކައިރީގައި އިށީދެލައިގެން އިން މަލަކްއިނީ ހިތްހަމަނުޖެހިފައެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ނާޒިމްމެން އޭނައާއި ދުރުން އުޅުމާއި މިހާރު ރާހިލްގެ އެހީގައި މަސްތުވާތަކެތިން ދުރުވުމަށް މަސައްކަތް ކުރަމުން ދިޔުމުން އޭނާގެ ވަނީ މީހުންނާއި އެކަހެރިވެފައެވެ. މަލަކް އެއްވެސް ވަރަކަށް އެކަން ކުރުން ހުއްޓާލަން ބޭނުންނުވިއަސް މަޖުބޫރުން މިޖެހެނީ އެކަންވެސް ކުރާށެވެ. މަލަކްގެ ނަޒަރު ހުއްޓުނީ ރާހިލްއަށްށެވެ. އޭނާ މިހާރު ރާހިލް ފެނުނަސް ރުޅި އާދެއެވެ. ކޮންމެވެސް ގޮތެއް ހަދައިގެން މިކަމުން ސަލާމަތް ވުމަށް އޭނާ ނިންމިއެވެ.
ގަޑިން އެގާރަގަޑި ބައިވީއިރު ތަނުން މެހެމާނުން ހުސްވެ މިހާރު ތިބީހުސް ތިމައިގެ މީހުންނެވެ. މަލަކް އޭނާގެ މަންމައާއި އެކީ ބޭރުގައި އޮތް ކާރާއި ދިމާއަށް މިސްރާބުޖެހިއެވެ. ފަހަތުން މާކިންވެސް އާދެއެވެ. “މަރުޚަބާ ދެކުދިންނަށް. އަހަރެންގެ ދެލޯފަދަ އިނާރާ ބަލައިގެން ގެންގުޅޭތި. އޭނާ ވަރަށް ހަވަހަށް ދެރަވެ ރޯނެ. ރަނގަޅަށް އަޅާލާތި.” އިނާރާގެ އަތުގައި ފިރުމަމަން ޝީލާ ވާހަކަދެއްކިއެވެ.
“މަންމަ ހާސްނުވޭ. އަޅުގަނޑު އިނާރާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނަ ނުދޭނަން.” މާކިން ޝީލާއަށް ޔަޤީންކަން ދެމުން ބުނެލިއެވެ. ކާރުގެ ފަހަތު ސީޓުގައި އިނާރާ އިށީދެލިއިރު ލޮލުގައި ކަރުނައިގެ އަސަރުހުއްޓެވެ. މަންމައާއި ދުރަގައި ވަކިން އުޅެން ޖެހުމުން ކުރީގެ ހަނދާންތަށް އާވާންފެށިއެވެ. ކާރު މިސްރާބު ޖަހާފައިވަނީ މާކިންގެ ގެއަށްށެވެ. އިނާރާގެ ކައިރީގައި އިން މާކިން ވާހަކައެއް ނުދައްކަ އިނީ އިނާރާ ހަމައަކަށް އެޅިލަންދެންނެވެ.
ލިފްޓުން މައްޗަށް އަރަން ދިޔައިރު މާކިން ހުރީ އިނާރާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެ ދެމެދުގައި ވާހަކައެއް ނުދެކެވުނުމަވެސް ހިނިތުންވުން ބަދަލު ކުރެވުނެވެ. މާކިން އުޅޭބަޔަށް ލިފްޓް މަޑުކޮއްލުމުން ދެމީހުން ގޭތެރެއަށް ވަނެވެ. މަޑު ހިނގުމެއްގައިގޮސް ކޮޓަރީގެ ދޮރުހުޅުވާލުމުން ބިންމަތީގައި ބަރިއަކަށް އުއްބަތިޖަހައި މަގެއް ހެދިފައި އޮތެވެ. މާކިން ކޮޓަރީގެ ލައިޓު ދިއްލާލުމުން މުޅިތަން އަލިވެގެން ދިޔައެވެ. އެ މަގު ކުރިމަތީގައި ހުރި ހުދުކުލައިގެ ބޮޑު އެނދާއި ދިމާއަށް ދިޔައިރު އެނދުގައި އޮތީހުސް ރަތް ފިނިފެންމަލުގެ ކަރިއެވެ.
އުއްބަތީގެ މީރުވަސް މުޅި ކޮޓަރީގައި ހިފާލާފައި ވާއިރު އޭސީގެ މަޑު ފިނިން ކޮޓަރިތެރެ ފިނިކޮއްދެމުން ދިޔައެވެ. އިނާރާ ހުރި މި މަންޒަރުފެނި ވަންނަންވެސް ނުކެރިފައެވެ. އޭނާ ސިހުނީ ކުއްލިއަކަށް މާކިން އޭނާ އަތްދަނޑިމައްޗަށް ނެގުމުންނެވެ. މަޑު ހިނގުމެއްގައި އެނދާއި ދިމާއަށް ދިޔަ މާކިންއަށް ނަޒަރު ހުއްޓާލައިގެން އޮތް އިނާރާ ހިނިތުންވެލިއެވެ. އެނދުކައިރީގައި އިނާރާ ބެހެއްޓުމަށްފަހު މަޑުމަޑުން އެ ދޮން ކޯތާފަތުގައި މާކިން އަތްބީއްސާލުމުން އިނާރާ ލޯ މަރާލިއެވެ.
“ބަމްބީ… ޔޫ ލުކް ގޯޖިއަސް.” މާކިން މިހެން ބުނެ އިނާރާގެ ދެއަތުގައި ހިފާލިއެވެ. “ލަވް. ދޭބަ ފެންތައްޓެއް ހިފައިގެން އަންނަން. ވަރަށް ކަރު ހިތްކައިގެންފައި މިހިރީ.” މާކިން ވަރަށް ލޯބިން ބުނެލިއެވެ. “މި ގެންނަނީ. ވަރަށް ލޯބިވޭ.” އިނާރާ ދަމުން މާކިން ކޮލުގައި ބޮސްދިނެވެ. މަޑު ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔަ އިނަރާއަށް ބަލަން ހުރި މާކިން އަތުން ކޮލުގައި އަތްލިއިރު މޫނުމަތިން ފާޅުވަމުންދިޔައީ ރުޅިވެރިކަމެވެ.
ފެންތަށި ހިފައިގެންއައި އިނާރާގެ ނަޒަރު ހުއްޓުނީ އެނދުގައި އިށީދެލައިގެން އިން މާކިންއަށްށެވެ. އިނާރާ އައިސް އިށީންނަން އުޅުމުން މާކިން ކޮޅަށް ތެދުވެ އިނާރާއާއި ހަތަރުކަޅި ހަމަކުރިއެވެ. “އިނގޭތަ ކިހާ ދުވަހެއް ވެއްޖެކަން އަހަރެން މި ވަގުތުކޮޅަށް އިންތިޒާރު ކުރާތާ.” މާކިން ވާހަކަ ދައްކަމުން އިނާރާ ފެންތަށި ހިފައިގެން ހުރި އަތުގައި ހިފިއެވެ. އިނާރާ ލަދުގަންއިރު ދެކޮލަށް ލޭއަރައި ރަތްވިއެވެ. އޭނާ ހިނިތުންވެލައިގެން ހުރެ މާކިންގެ ވާހަކަ އަޑުއަހަމުން ދިޔައެވެ.
“އިނާރާ ފެނުނު ފުރަތަމަ ދުވަހުވެސް ތި ރީތިކަން ހާސިލް ކުރަން އަޒުމް ކަނޑައެޅިން.. ތި މަޑު އަތުގެ ބީހިލުމަކަށް އިންތިޒާރުކުރިން..” މާކިން ވާހަކަ ދައްކަމުން ދިޔަވަރަކަށް އޭނާ އިނާރާގެ އަތުގައި ހިފަހައްޓައިގެން ހުރިވަރު ދިޔައީ ބާރުވަމުންނެވެ. “އެކަމަކު.. އެކަމަކު އިނާރާ އަހަރެންނަށް މި އަތުން ދިނީ ކޮންފަދަ ބީހިލުމެއް..” ވާހަކަ މި ހިސާބަށް ދިޔައިރު އިނާރާގެ އަތަށް ތަދު އިހުސާސް ކުރެވުނުއިރު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުންދިޔައެވެ. “މާކިން.. ތަންކޮޅެއް މަޑުން.. ތަދުވެ..” އިނާރާ މިހެން ބުނެލުމުން މާކިން އަދި އިތުރަށް އަތުގެ ހިފުން ބާރުކޮއްލީއެވެ. އޭރު އިނާރާގެ އަތުގައި ހުރި ފެންތަށިން ކުޑަކޮން ފެންވެރެން ފެށިއެވެ.
“ތަދުވެއޭ؟؟ އަހަރެންނަށްވެސް ތަދުވި.. މި ހިތަށް. އެންމެންގެ ކުރިމަތީގައި އަހަރެންގެ ލަދުގަންނަވާލީ ހަމަ މި އަތުން..” މާކިންގެ މޫނުމަތިން މިހާރު ކުރިން ހުރި ހިނިތުންވުންގެއްލި ރުޅިވެރިކަން ފާޅުވާންހުއްޓެވެ. އޭރު އިނާރާ އަތް ނަށްޓުވަން މަސައްކަތްކުރި ނަމަވެސް މާކިން ގެ ބާރު އެއަށްވުރެން ގަދައެވެ.
ކުއްލިއަކަށް އިވުނީ ތަށި ތަޅައިގެން ދިޔައަޑެވެ. އެއާއިއެކީ އިނާރާގެ އަތުން ހޯސްލާފައި ލޭތަށް އޮހޮރިގަންއިރު އެ ހުދުހެދުމަށްވެސް ލޭއެޅުނެވެ. އިނަރާއަށް ވީތަދުން ހަޅޭލަވައިގަނެވުނު އިރު މާކިން އިނާރާގެ އަނގަމަތީގައި އަތްއެޅިއެވެ. އޭރު އެ ލޮލުން އޮހޮރެމުން ދިޔަކަރުނައިން މާކިންގެ އަތް ތެމުނެވެ. “ހަޅޭ ލަވާނެކަމެއް ނެތް. އިނާރާ ހީކުރީ އަހަރެންނަށް އެވަރު އަރުވާލާފައި ހަމަޖެހިލާގެން އުޅެވޭނެ ކަމަށްތަ. މި އަތުން.. މި އަތުން އެދުހު އަހަރެންގެ ކޯމަތީގައި ޖެހީ.. އަހަރެން ދުވަހަކުވެސް ހަނދާނެތް ނުނެތޭނެ.. އަދި މިހާރު އިނަރާވެސް މުޅިއުމުރަށް އެކަން ހަދާން ހުންނާނެ.” އިނާރާގެ ކެނޑިފައިވާ އަތްތިލައިގައި ހިފަމުން މާކިން ބުންޏެވެ.
މާކިން ކުއްލިއަކަށް އިނާރާގެ އެ އަތުގައި ހިފައި އެނދުމައްޗަށް ހޫރާލިއެވެ. އިނާރާގެ އަތުން ފައިބަމަން ދިޔަ ލޭ ބާލިސް ތަކުގައި އުނގުޅުނު އިރު އޭނާގެ ރުއިން އިތުރުވެގެން ދިޔައެވެ. “ރޮއެ!! ބާރަށް ރޮއެ.. އެކަކުވެސް ދެން ނާންނާނެ. ތީ މިހާރު އަހަރެންގެ ހައްޤެއް.. އަހަރެން ހަމަ ބޭނުން ގޮތެއް ދެން ހަދަނީ.. އިނާރާ ހީކުރީ އަހަރެން އުޅުނީ ލޯބިން ކަމަށްތަ. ނޯ ވޭ. އަހަރެން އުޅުނީ ބަދަލުހިފަން. މިކަމުގެ ބަދަލުހިފަން. ދެން އިނާރާއަށް ޖެހޭނީ އަހަރެން ބުނި ގޮތަކަށް އުޅެންވެސް.” މާކިން ގޮސް އިނަރާގެ އަނގަމަތީގައި ހިފައި ބުނެލިއެވެ. އޭރު އިނާރާ ދުރަން ދާން މަސައްކަތް ކުރަމުން ދިޔައެވެ.
“ނިމުނީ މިއިން އެއްވެސް ވާހަކައެއް ބައްޕަމެން ކައިރި ބުނެފިއްޔާ! އޭރުން އެނގޭތަ ވާނެގޮތް.. އޭރުން އަހަރެން އިނާރާގެ ބައްޕައާއި އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާނަން.. އޭރުން އެ ތަނުން ހިއްސާއެއްވެސް ނުގަންނާނެ. ހުރިހާ ގެއްލުމެއް އިނާރާ ލޯބިވާ މައިންބަފައިންނަށް.. އަޑު އިވިއްޖެ!!” މާކިން ހަޅޭ ލަވައިގަތުމަށްފަހު އިނާރާގެ އަނގަމަތިން ދޫކޮއްލިއެވެ.
މާކިން ކޮޅަށް ތެދުވެ އިނާރާގެ ފައިގައި ހިފައި ތިރިއަށް ދަމާލުމުން އޭނާ ކުއިލްޓުގައި ހިފިނަމަވެސް އެއާއިއެކީ އައިސް ބިންމައްޗަށް ތިރިވިއެވެ. އެނދުގައި ބޯއަޅައިގެން އޮތް އިނާރާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު އަތުގެ ލެއިން ކުއިލްޓުގެ ބައެއް ރަތްވީއިރު ފިނިފެންމަލުގެ ކަރިތަށް ޓައިލްސްމައްޗަށް ފޭބިއެވެ. މާކިން ދުރަށް ޖެހިލުމަށްފަހު ލައިގެން ހުރި ކޯޓު ބޭލުމަށްފަހު ޓައިލްސްތަކުގެ މައްޗަށް ދޫކޮއްލުމަށްފަހު ގަމީހުގެ ގޮއްތަށް ނައްޓަމުން ދުރުގައި ހުރި ހަރުގަނޑުގައި އިން ތުވާލިނެގިއެވެ.
“އެބައަންނަން ފެންވަރައިގެން.. ބަސްއަހައިގެން މިތާ އިނދޭ.” މާކިން އިނާރާގެ އިސްތަށިގަނޑުގައި ހިފާލަމުން މިހެން ބުނެފައި ގޮސް ފާޚާނާއަށްވެނެވެ. އިސްތަށިގަނޑު ހޭވި މުޅިމިހާ ރޮއެ ރޮއެ ގިސްލެވެމުން ދިޔައިރުވެސް އެ މާކިންގެ ހިތަކަށް ކުލުނުގެ ކަންފުޅެއްވެސް ނުވަނެވެ. އިނާރާ އެއިންތާ ގުޑިލަންވެސް ނޭނގި އިންއިރު އެ މޫނުވަނީ މިލާ މޯޅިވެފައެވެ. މުޅި ކޮޓަރިންވެސް އިވެމުންދިޔައީ އިނާރާގެ ގިސްލުމުގެ އަޑެވެ.
(މިހާރު)
ފާޚާނާއިން އިވެމުންދިޔަ ފެން ޝަވަރުގެ އަޑު ހުއްޓުނެވެ. އިރުކޮޅަކުން އުނުގައި ތުވާލި އޮޅާލައިގެން ނިކުން މާކިން އަތުން ބޮލުގައި ހުރި ފެން ފޮޅަމުން ދިޔައެވެ. އަނދެގެން ހުރި ތުވާލިން އެ ރީތި ހަށިގަނޑު ހާމައަށް އޮތް އިރު އިނާރާ މިކަމަށް ސަމާލުކަން ނުދެވި ގަބުވެފައި އިނެވެ. މާކިން ގޮސް އިނާރާގެ ކައިރިއަށް ތިރިވެލުމަށްފަހު އޭނާ ގެނެސް އެނދުމަތީގައި ބޭންދިއެވެ. އޭރު އޭނާގެ އަތުން ލޭ މަނާވި ނަމަވެސް އަތްވަނި ދުޅަވެފައެވެ.
“އަވަހަށް ހިނގާ ބޭސްއަޅަން.. އެހާ ފުންކޮށެއް ނެތް ގޮއްސައެއް.” މާކިން މަޑުމަޑުން އިނާރާގެ އަތަށް ބަލައިލަމުން ބުނެލިއެވެ. ކުއްލިއަކަށް ސިހުނު އިނަރާ ތެޅިގަތުމުން މާކިން އޭނާގެ ދެ ކޮނޑުގައި ހިފޭއްޓިއެވެ. “މަޑުން އިނދެބަލަ. އެހެންނޫނީ އިތުރަށް އަނިޔާއެއް ވާނީ . ބަސް އަހައިގެން ބޭސް އަޅަން ދީ އިނގޭ ބަމްބީ.” މާކިން ހީލަމުން އިނާރަގެ ކޮލުގައި އަތްލިއެވެ. “ހިނގާ ފުރަތަމަ އަތް ދޮވެލަން ދޯ.” މާކިން މިހެން ބުނެ އިނާރާ ގޮވައިގެން ފާޚާނާއާއި ދިމާއަށް މިސްރާބުޖެހިއެވެ.
މާކިން ފަސްޓް އެއިޑް ފޮށި ހިފައިގެން އައިސް އިނާރާގެ އަތުގައި ބޭސް އަޅަމުން ދިޔައިރުވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ބޭސްއަޅައި ނިމެންދެން މަޑުން އިން އިނާރާގެ ހިތް ޝަކުވާއިން ފުރެމުންދިޔައެވެ. ދެންމެ މިވަރަށް އަނިޔާ ކޮއްފައި މިހާރު މާ ރަނގަޅުވެގެން މި އުޅޭނީ ކީއްވެގެން ކަމެއް އިނަރާއަކަށް ނުވިސްނުނެވެ. އޭނާ ހުރިހާ ކަމެއް މަންމަމެންނަށް ކިޔާދޭން ބޭނުންވިނަމަވެސް މިވަނީ މަޖުބޫރުވެފައެވެ. އެމީހުންނަށް ދަތި ހާލެއް ޖެހޭކަށް އިނާރާ ނޭދެއެވެ. އޭރުވެސް މަޑުމަޑުން ގިސްލެވެމުން ދިޔައިރު އިނާރާގެ ކިބައިގައި ވާހާކަ ދައްކާނެހައި ހިތްވަރެއްނެތެވެ.
“ނިމުނީ. ދެން ހިނގާ ހެދުން ބަދަލު ކޮއްގެން ނިދަން. ބަޓް އެހަށް މި ފުޅި ތޮށިތަކާއި ލޭ ސާފުކޮއްލަންދެން މިތާ މަޑުން އިނދޭ އިނގޭ.” މާކިން މިހެން ބުނެފައި ކުޑަ ފިހިގަނޑެއް ހިފައިގެން އައެވެ. އިރުކޮޅެއްގެ ތެރޭގައި އެތަން ސާފުކޮއްލުމަށްފަހު އެނދުގެ ކުއިލްޓުނަގައި އާ ކުއިލްޓެއް އެޅުމަށްފަހު ބާލިސްތަށް ބަދަލިކޮއްލިއެވެ. “މާދަން ބެޑްޝީޓާއި މި އެއްޗެހި ދޮންނައްޗޭ. ބަމްބީ އަތް ހަލާކުވީމަ މި ކަންތައް ނުކުރެވޭނެތީ މި ކޮއްލީ. ހިނގާ ނިދިން. އެންޑް ޔެސް އަހަރެން ބުނާ ގޮތަށް ހަދައިގެން އުޅެންޏާ ބަމްބީއަށް ރަނގަޅުވާނީ. ސޯ ސްމައިލް.” މާކިންގެ ވިހަ ގޮތަކަށް ހީލަމުން މިހެން ބުނިނަމަވެސް އިނާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިއެއް ނުވިއެވެ. “އައި ސެއިޑް ސްމައިލް!!” މާކިން ހަޅޭލަވައިގަތުމުން އިނަރާ ގަދަކަމުން ހިނިތުންވެލިއެވެ.
ފަހުން އިނާރާގެ މޭކަޕު ފިލުވަދީ ހެދުން ބަދަލު ކޮއްދިނީވެސް މާކިން އަމިއްލައަށްށެވެ. އޭނާ ކުރަމުންއައި އިންތިޒާރު ނިމުނީއެވެ. މިހާރު އިނާރާއަކީ އެނާ ބޭނުން ގޮތަކަށް ކުޅެލެވޭނެ ފަދަ ކުޅޭއްއެއްޗެކެވެ. އޭނާގެ މިލްކެކެވެ. ހިތަށް އެރިއްޔާ ލޯބި ދީފައި ހިތްފުރެންދެން އަނިޔާވެސް ކުރެވިދާނެއެވެ. ދަންވަރުގެ ހަމަހިމޭން ކަންމަތީ މާކިންއަށް ނިދިފައި އޮތްއިރު އިނާރާގެ މަޑު ގިސްލުން އިވެމުންދިޔައެވެ. އޭނާގެ ބާކީއޮތް ދިރިއުޅުމުގެ ދުވަސްތަށް ވޭތުކުރަންވީ މި ގިސްލުމުގައި ބާއޭ އިނާރާ ހިތަށްއަރަމުން ދިޔައެވެ.
12 Comments!
Comments are closed.
Makin ehen nahadhaba inara ah varah dheravey
Waau nic epi waitin for the next part
Haadha kurey mi part ves vvvvvv nice aney part ves avaha up kohdheychey….
Reethi… Waitingg
V reethi
Reethi but mi part thankolhe kuru
inaaraa haadha hidhathi dhiru ulhumega eey e’ulheny
thanks zaisha sis..
dhen kon irakuthr up kurany>
vvvvvvvvvvvvvvv reethi mi prt ves
Vrh reethi but eh hen hadaakah nuvaane…..dahun makin ron jehi daane ehgey…vrh nice stroy eh…update. Next part
Alhe inaaraa ah dheravanyaa sheryn vexx dheravey…dhen zaisha keehvetha inaaaraa dhera kurany…anyway its gud…buy adhi thankolheh dhigu khlaathi …. n nxt prt tonight dhw 😛