Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 34

darkangel Level 210 Stories
June 29, 2015 3 Mins Read
26 Comments

“ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއް، ކޮންމެތާކު ހުރިނަމަވެސް ދަރިފުޅުގެ ހާލު ބޭބެބަލާނަން، އެއްވެސް ކަމަކު އެދެން ފަސްނުޖެހޭތި، ކަމެއްބޭނުންވެގެން އެކަމަކަށް ނޭދި ނުހުންނާތި، ދަރިފުޅު ބޭނުން އިރަކު އަންނަންވީ، ބޭބެގެ އުފަން ދަރިއަކަށް ނުވިކަމުގައިވިނަމަވެސް ބޭބެ ބަލަނީ ތިއީ ބޭބެގެ އުފަން ދަރިއެއްގޮތުގަ، ބަލައިގެން އުޅޭތި” އެންމެ ފަހުވަގުތު ޒާޔާގެ ބޮލުގައި ފިރުމާލަމުން ޔާސިރު ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލާފައި ޒާޔާ ބޯޖަހާލިއެވެ. ޝާން އާއި ސަލާމް ކޮށްލުމަށްފަހު ސަނާގައިގައި ޒާޔާ ބައްދާލިއެވެ. ކަރުނުންފުރިގެންވީ ލޮލަކުން ރާއިންއަށް ބަލައިލަމުން ޒާޔާ ހީނިތުންވުމެއް ހަދިޔާކުރިއެވެ. ރާއިންއަށް އިސްޖަހާލެވުނީ އެމަންޒަރު ބަލަން ކެތްނުވެގެނެވެ.

ކާރުން ފޭބިގޮތަށް ރާއިންގެ މިސްރާބުހުރީ ކޮޓަރިއާއި ދިމާއަށެވެ. އެއްވެސް މީހަކާ ވާހަކަވެސް ނުދައްކާ އޭނަ ގޭތެރެއަށްވަދެގެން ދިޔައެވެ. އައިސްފައި ހުރި ރުޅީގައި ސިޑިންވެސް އެރުނީ ދުވެފައެވެ. ސަލްމާގޮވާލުމުންވެސް އޭނަމަޑުކުރުމެއް ނެތި ދިޔައީއެވެ. ދަރިފުޅުގެ މޫނުމަތީގައިވި ކުލަވަރުފެނި ސަލްމާއަށްވެސް ރާއިންގެ މޫޑުގޯސްވެފައި ހުރިކަން ނަގައިގަނެވުނެވެ. އެކަމަކު އެހާރުޅިއައިސްގެން އޭނަގެ އަޑުވެސް އިވުނު ކަމަށްނުހަދައި ދަނެވަރުގެ ކަމެއް އޭނަގެ ސިކުނޑިއަކަށް ނައެވެ.

ކޮޓަރިއަށް ވަތްގޮތަށް ބާރަށް ދޮރުޖެހުމަށްފަހު ފާރުގައި ގޮށްމުށުންވެސް ޖެހިއެވެ. އައިސްފައި ހުރި ރުޅިން އެތަދުވެސް އޭނައަށް އިހުސާސް ނުވީކަންނޭނގެއެވެ. ކޮޓަރީގައި ދެކޮޅަށް ހިގަންހުރެފައި އެންމެފަހުން މޫނުގައި ދެއަތްއަޅާލުމަށްފަހު އެނދުގައި އިށިއިނދެލިއެވެ.

“ރާއިންއާ ވާހަކަ ދައްކަންވީނުން…” ސިޑިން މައްޗަށް އަރަމުން ސަނާ ބުނެލިއެވެ.

“ސަނާއަށް ހީވޭތަ އޭނަ ވާހަކަ ދައްކާނެހެން، އޭނަގާތުގައި ނުބުނެސިއްރުކުރީމަ އެކަމަށް އަހަންނަށް ބްލޭމްކުރާނީ، އަހަރެން ދައްކާވާހަކައެއްވެސް އަޑެއްނާހާނެ، މިހާރު ނޭނގެ ރުޅިގަދަވެގެންގޮސް ކަމެއް ނުކުރާކަމެއްވެސް” އުންމީދެއްނެތްގޮތަށް ޝާން ބުނެލިއެވެ.

“އެހެންވެގެނޭ މިބުނީ ވާހަކަ ދައްކާށޭ، ރުޅިގަދަވެގެން ގޮސް ކަމެއް ކޮށްފާނެތީ” ސަނާ ދެވަނަފަހަރަށްބުނުމުން ޝާން އެންމެފަހުން އެއްބަސްވިއެވެ. ނަމަވެސް ރާއިންއާ ވާހަކަ ދައްކަން ދިޔައީ ދެމީހުން އެއްކޮށެވެ.  އެމީހުން ރާއިންގެ ކޮޓަރިއަށްވަތް އިރުވެސް ރާއިން އިނީ ކުރިންވެސް އިންގޮތަށް މޫނުގައި އަތް އަޅާލައިގެން އެނދުގައި އިށިއިނދެގެނެވެ. އެނދުކައިރިއަށް އައިސް ހުއްޓެމުން ރާއިންގެ ކޮނޑުގައި އަތްބާއްވަމުން ޝާން ރާއިންއަށް ގޮވާލިއެވެ.

“ދޮންބެ ކީއްވެ އަހަރެންގާތުގައި ނުބުނީ، ޔޫހޭވް ނޯ ރައިޓް ޓްޑޫދެޓް” ޝާންގެ އަތް ފޮޅުވާލަމުން ރާއިން ތެދުވެފައި ބުނެލިއެވެ.

“ރާއިން ހަމަޖެހިބަ، ދޮންބެ ދައްކާވާހަކަ އެހައް އަޑުއަހާބަ، ޒާދާންބޭނުން ވަންޏާ އޭނައަށް އެފުރުސަތު ދިނުމުން ގޯހެއް ކޮބާތަ، އޭނަ އެގޮތަށް އެނިންމީވެސް ކޮންމެވެސް ކަމެއް ވީމަނުން…..”

“އަހަރެން ބޭނުމެއް ނޫން އެކަކު ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް، ޒާޔާ ދުރުގަ ހުންނާކަންނު ބޭނުންވަނީ، ދޮންބެމެންވެސް ބޭނުންވަނީ އަހަރެން ޒާޔާއަށް އެފުރުސަތު ދޭކަންނު، އޯކޭ ފައިން، އެމް ގިވިންދި ސްޕޭސް ޝީ ވޯންޓްސް އޯކޭ، ޖަސް ލީވްމީ އެލޯން” ސަނާގެ ވާހަކަ މެދުކަނޑާލަމުން ރާއިން ބުނެލިއެވެ.

     “ޖަސްޓ ގޯ” ޝާން ވާހަކަ ދައްކަން އުޅުމުން އަނެއްކާވެސް ރާއިން ތަކުރާރު ކޮށްލިއެވެ. އަދި އަނެއްފަރާތަށް އެނބުރުނެވެ. ޝާންވެސް ސަނާގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ.

“މިވަގުތު ދެން އޭނަ ބަހައްޓާ، ގިވް ހިމް ސަމް ޓައިމް…” ކޮޓަރިން ނުކުތުމާއި އެކުހެން ސަނާ އެއްޗެކޭ ބުނަން އުޅެނިކޮށް ޝާން ބުނެލިއެވެ.

********************************************************

“ޒާޔާ މިއަދު ގެއަށްވެސް ނުދާ ދުވަހަކީތަ؟” ސްޓާފްރޫމްގައި ފޮތްތަކެއް މާކުކުރަން އިން ޒާޔާގާތުގައި އެތާގައި މަސައްކަތްކުރާ އެހެން ޓީޗަރެއްކަމަށްވާ ރުހުޝާ އަހާލިއެވެ.

“ނޫން ދެން ދާންވީ، ގެއަށް ދިޔައީމަ މާފޫހިވަނީ، އެހެންވެ އަސްލު އިނދެވެނީ” މަސައްކަތައް ސަމާލުކަންދެމުން ޒާޔާ ޖަވާބުދިނެވެ.

“ފޫހިވެސް ވާނެދޯ، މިހާރު މިރަށަށް އައި ފަހުންވެސް ފަސްމަސްވަނީ، އެކަމަކު އިސްވެ އެއްވެސް މީހަކާ އަނގައިންވެސް ބުނަނީކީ ނޫން، ޒާޔާގެ ނަންފިޔަވައި އިތުރުއެއްޗެއް ނޭނގޭ މީހުން ސްކޫލުގައިވެސް އުޅެނީ، އަބަދު ކޮންމެވެސް ހިޔާލަކަށް ގެއްލިފަ، ޒާޔާއަށް ހިތް ނުކިޔާ ފިރިހެނެއް ނޭނގެ އުޅޭކަމެއް، އެކަމަކު ބިޓެއްވެސް ނަގަން އުޅެނީކީ ނޫން، ދެން މިހެން ބުނާއިރަށްވެސް ބުނާނެ ކޮންމެވެސް މޮޅުއެއްޗެއް” ރުހުޝާ މޭޒުކައިރީގައި އިށިއިންނަމުން ބުނެލިއެވެ. ޒާޔާ ހަމައެކަނި ހިނިތުންވުމަކުން ނިންމާލިއެވެ.

“ސީރިއަސް ކޮށޭ، ކީއްވެގެންތަ އެއްވެސް މީހަކާ ވާހަކަ ނުދައްކަނީ، ހީވަނީ ވަރަށްބައިވަރު ކަންތައްތަކެއް ހިތުގައި ފޮރުވައިގެން އުޅޭހެން، މީހަކާ ވާހަކަ ނުދައްކާ ކީއްވެގެންތަ ތިހެންއުޅެނީ، ދަންނަބައެއް ނޫޅޭ، ދުވަހަކު ނުވެސް އަންނަ ރަށަކުން ވަޒީފާ ހޯދައިގެން އައިސް ތިއުޅެނީވެސް ކޮންމެވެސް ކަމެއްވެގެންނު، އަދިއެވެސް އެންމެ އުތުރުން، ހއ.ކެލާއިން، ކޮންކަމަކުން ފިލަންތަ ތިމަސައްކަތްކުރަނީ…” ޒާޔާ ޖަވާބެއް ނުދިނުމުން ރުހުޝާ އަނެއްކާވެސް ވާހަކަދެއްކިއެވެ. ނަމަވެސް އެއީ ފާއިތުވެދިޔަ ދުވަސްތަކުގައިވެސް އޭނައަށް ޖަވާބު ނުލިބުނު ސުވާލުތަކެކެވެ. އެސުކޫލުގައި މަސައްކަތްކުރާ ޓީޗަރުންތަކުގެ ތެރެއިން ޒާޔާ އެންމެ އެކުވެރީ ރުހުޝާއާއި ކަމުގައިވިނަމަވެސް އޭނަގެ ހަޔާތާއި ބެހޭގޮތުން ކުޑަމިންވަރެއްވެސް ރުހުޝާއަކަށް ނޭނގެއެވެ.

     ރާއްޖެތެރެއިން ވަޒީފާ ހަމަޖެއްސުމަށް ސިޓީލުމުން ޒާޔާއަށް ވަޒީފާ ހަމަޖެހުނީ ހއ.ކެލާއިންނެވެ. ކިތަންމެ ދުރުކަމުގައިވިނަމަވެސް ޒާޔާ ހުރީ ދާންނިންމައިގެނެވެ. ބޭނުންވީވެސް މާލެއާއި ވީހާވެސް ދުރަކަށްދާށެވެ. އެއްވެސް މީހަކަށް އޭނައަކީ ކާކުކަން ނޭނގޭތަނަކަށް ދާށެވެ. ރާއިންގެ ކުރިމަތިން ދުރަށްދާށެވެ. އެރަށަށް އައިސް ދިރިއުޅުމުގައި އާހިތްވަރަކާއި އެކު ކުރިއަށްދާން މަސައްކަތްފެށިއެވެ. އޭނަގެ ދިރިއުޅުމުގައިވާ ހަމައެކަނި މަސައްކަތަކީ ކިޔަވައިދިނުމުނގެ ދާއިރާއިން މަސައްކަތް ކުރުމުގައި އެވަގުތު ނިންމިއެވެ. އިތުރުއެއްވެސް ކަމަކާ ނުވިސްނާ ހުރިހާ ވަގުތެއް ހަމައެކަނި އެކަމަށް ހުސްކޮށްލިއެވެ.

     “ޕިސް ޕިސް، އެފެއްޓީދެން… ހޫމް މިނިމުނީ، ހިނގާ ގެއަށްދާންދެން” އިތުރަށް އެވާހަކަތައް އަޑުއަހަން ބޭނުން ނުވުމުން އެކަމުން ރެކޭނެގޮތެއް އަވަހަށް ޒާޔާ ހޯދިއެވެ. އަދި ބޭގް ޕެކްކޮށްލައިގެން ރުހުޝާއާއި އެކު ސުކޫލުން ނުކުންނަން ހިނގައިގަތެވެ. ޒާޔާ ކޮޓަރި ކުއްޔަށް ނަގައިގެން ހުންނަ ގެހުންނަނީ ރުހުޝާމެންގެއާއި ޖެހިގެންކަމުން ކޮންމެ ދުވަހަކުހެންވެސް ދެމީހުން ގެއަށްދަނީ އެކީގައެވެ.

     “މިރޭ ތުނޑީގައި އޮންނަ ބާބަކިޔުއަށް ދާންވާނެ އިނގޭ، ނޫނެކޭ ބުނެގެން ނުވާނެ، އަހަރެން އޮންނާނީ ޒާޔާގެ ނަންވެސް ލިސްޓުގައި ޖަހާފަ، ރެޑީވެގެން އަހަރެން އަންނާނަން 8 އަށް” ގެއާއި އަރާހަމަވުމުން ރުހުޝާ ޒާޔާއަށް ބުނެލިއެވެ. ހޫމްއެކޭ ބުނެލަމުން ޒާޔާވެސް ކުރިއަށް ހިނގައިގަތީ ގެއަށް ވަނުމަށެވެ. ކޮޓަރިއަށްވަދެ އެނދުގައި އޮށުއޮވެލަމުން ފޯނުން ތައުޒަން އިޔާޒް ލަވަ ޖަހާލިއެވެ. އަދި ލޯމަރައިގެން އިރުކޮޅަކު އޮތެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން އުޅުނަސް ރާއިންގެ މަތިން ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް އޭނަގެ ހަޔާތަކުން ވޭތުވެގެން ނުދެއެވެ. ނަމަވެސް އެކަން ނުދައްކަ އުޅެނީ އެއީ ކޮންމެހެން މުހިންމު ކަމަކަށް ނުވީމައެވެ. އެރަށަށް އައިފަހުން ރާއިންވެސް އެންމެފަހަރަކުވެސް އޭނައަކަށް ނުގުޅައެވެ. ސަނާމެން މީހަކު ގުޅިޔަސް ރާއިންގެ ވާހަކައެއް އެކަކުވެސް ނުދައްކައެވެ. ނޫރާވެސް އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޒަޔާން ހުރިހާ ހަގީގަތެއް ކިޔައިދިންފަހުންވެސް އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން ހުރީ ޒަޔާންގެ އެދުމުގެ މަތިންނެވެ. އަދި ޒާޔާ އިތުރަށް ދެރަނުކުރަންވެގެނެވެ.

ރުހުޝާބުނިގޮތަށް 8 ޖެހިއިރު އޭނަ ތައްޔާރުވެގެން ޒާޔާމެންގެއަށް އައިސްފިއެވެ. ޒާޔާގެ ކޮޓަރީގައި ޓަކިޖަހާލާފައި ގޮވާލުމުން ޒާޔާ އެތެރެއަށް ވަނުމަށް ބުންޏެވެ. އޭރު ޒާޔާހުރީ އަދި ޝޯލް އަޅަންވެގެނެވެ. ޒާޔާރީތިވެ ނިމިގެން ފޯނުބަލާލިއިރު ފޯނުއޮތީ ނިވިފައެވެ.

“ދެން ފޯނު ބާއްވާފަ ހިނގާދޯ” ފޯނު ޗާޖަށްޖަހާފައި ހުޅުވާލަމުން ޒާޔާބުނެލިއެވެ. އަދި އިތުރަށް މަޑުނުކޮށް ދެމީހުންވެގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެގަޑީގައި ޒާޔާގެ ފޯނަށް ކޯލެއް އަންނަންފެށިއެވެ. ނަމަވެސް ރިންގް ކަނޑާލައިފައި އޮތުމުގެ ސަބަބުން ޒާޔާއަށް އެކަން އެނގިނުހުރެ ނުކުންނަން ހިނގައިގަތެވެ.

ޒާޔާއަށް ގެއަށް އާދެވުނީ 12 ޖަހަން އުޅެނިކޮށެވެ. ވަރުބަލިވެފައި ހުރުމާއިއެކު ބެލީ ގައިދޮވެލައިގެން ނިދޭތޯއެވެ. ޖެހިގެން އޮތީ ޗުއްޓީދުވަހެއްކަމުން ހަމަޖެހިގެން ނިދާލާށެވެ. ފޯނު ބަލައިލަން ހަނދާންވެސް އޭނަ ނެތެވެ. ފަހަކަށް އައިސް ފޯނަށް ދެވޭ ސަމާލުކަން ކުޑަވީމަކަމަށްވެސް ވެދާނެއެވެ. ހެނދުނު ހޭލައިގެން ފޯނު ބަލާލިއިރު މިސްވެފައި 25 މިސްކޯލް އޮތެވެ. ބޭރު ދެނަންބަރަކުން ގުޅާފައި އޮތްއިރު ޒަޔާންވެސް ގުޅާފައި އޮތެވެ. އަދި ސަނާވެސް ގުޅާފައި އޮތެވެ. ޒަޔާން އަށް ވައިބަރއިން މެސެޖު ކޮށްލުމަށްފަހު ދެން އިންނަންބަރަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ވިސްނާލުމަށްފަހު ގުޅާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުމުން އަޅާނުލައި ހުރީއެވެ. އެރޭގެ 10 ޖަހާއެހާކަށްހާއިރު ޒަޔާން އަނެއްކައިވެސް އޭނައަށް ގުޅިއެވެ. ނަމަވެސް ވާހަކަ ދެއްކީ ޒަޔާންއެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ހިތް ވިންދާނުލައި… (6)

Next

ހަވާތިފް… 7 ވަނަ ބައި

Next
June 29, 2015

ހަވާތިފް… 7 ވަނަ ބައި

Previews
June 29, 2015

ހިތް ވިންދާނުލައި… (6)

26 Comments!

  1. darkangle says:
    June 29, 2015 at 1:17 am

    next part is on thursday insha Allah. gud nyt guys

  2. ummi says:
    June 29, 2015 at 1:18 am

    Oww v v reethiiii

  3. hidhaa says:
    June 29, 2015 at 1:28 am

    Dhen maa haasaru dhigu vany anehkaa vaahaka up vaaleves lahee foohi

  4. Meesh says:
    June 29, 2015 at 1:36 am

    Upvey tho balaba mihiree inthixaaruga…. Thank you darkangle… lovely story eh

  5. maanu says:
    June 29, 2015 at 2:16 am

    Ehaa dhuvas kohfaves up kury haadha kuru kohney awww…

  6. Liu says:
    June 29, 2015 at 2:29 am

    Foohi waahaka eh ehaa lahun up kurany anehkaa ehaa kuru.thiwarun dhen waahaka nuliyaah weenu

  7. faai says:
    June 29, 2015 at 2:31 am

    Dhn wehje ehnu mihaaru mi waahaka ninman… Maa dhigu waathy hadi wany

  8. finni says:
    June 29, 2015 at 4:08 am

    Thursday ga ey lahun mi story nikunnany inthizaaru kiyaa theeve tha ekamaku dhen thivarah kiun therinn lahvvaa inthizaar nukuruva balha…vvvv avas avaha up kohbalh….

  9. neha says:
    June 29, 2015 at 4:58 am

    Haasaru bondieh

  10. Den says:
    June 29, 2015 at 9:01 am

    Darkangle… You have said that next part is on Thursday ey igey…! Hope to see that happening..! Anyway Thanks..! Den

  11. swyty girl.. says:
    June 29, 2015 at 10:40 am

    Alhey knme faharaku vx rythi thankolhu aisfa dhn e parteh nimeyny… Ekm Thursday maa lahey…. Bt anywayxx vvvvvvvv nice…. Hope u will update soon as u can……. Vvvvv nice…. Amazingly…

  12. NaaN says:
    June 29, 2015 at 10:49 am

    Nice mi part ves….. Next part dhigukoh genes dhehchey

  13. Meriposaa says:
    June 29, 2015 at 11:13 am

    V nice mi part vs…

  14. naj says:
    June 29, 2015 at 12:09 pm

    Nice vara

  15. nazi says:
    June 29, 2015 at 1:39 pm

    vvvvv reethi kuruko liyaairu thankolhey avaha up kollanenama haadha rangalhuveehey

  16. Ellen says:
    June 29, 2015 at 1:40 pm

    Story’ is superb but maa lahun up vany.. Lahun up viyas ok nuliyunu days thakah vaa varah liyaanama…. Plx be fast

  17. Me says:
    June 29, 2015 at 8:00 pm

    Thankolheh avahah upload kohdhinnun varah eden emme inthizaaru kurevey vaahaka eh mee 🙂

  18. Nashaya says:
    June 29, 2015 at 10:08 pm

    Haadha kuru koh gensdhenii..
    ekam vx vaahaka varah reethuu 🙂

  19. pispis says:
    June 30, 2015 at 8:16 am

    varah haasaru dhigu mi vaahakaige

  20. semei says:
    July 1, 2015 at 4:41 pm

    vAnuvA nEge.. ibunA haQIQatewq denq kiyanq vI nunq .. rAwinq vesq kowqcewq wehadanI…

  21. meech says:
    July 2, 2015 at 12:25 am

    Varah salhi mi partvx……

  22. hidhaa says:
    July 2, 2015 at 11:31 am

    Thivarun vaahaka liyun huhtanvyny. Ehbai kiyaafa handhaan nethey fahun anehbai dhen boduvaru

  23. Hasanaabe says:
    July 2, 2015 at 1:55 pm

    koba thursday dhiyaee dhoa

  24. shizna says:
    July 2, 2015 at 3:05 pm

    koba thursday ve mi nimuny dn anna thursday vahaka tha anehkka bunee

  25. Aishaa says:
    July 2, 2015 at 9:35 pm

    Haadha lahey up vaaleh.. inthizaaruga gadi gunaa gunaa varubali vaan kaari vehje… avahah up koh dyhba plz

  26. Aishaa says:
    July 2, 2015 at 9:38 pm

    Mee mihaaru esfiyaan kiyaa enme rythi eh vaahaka….. love this story… ummmmwah

Comments are closed.

Next Episodeއިންތިޒާރު 35←


All Right Reserved!