Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (8)

zaisha
July 1, 2015
5 Mins Read
28 Comments

އޭ.ޑީ.ކޭއަށް ވަންނަންދިޔަ އިނާރާގެ އަތުގައި މާކިން ހިފާލައިގެން ހުރިއިރު އެ ދެމީހުނަށް ބަލައިލާފައި ކޮންމެ މީހަކަށް ވެސް ހީވާނީ މިއީ ވަރަށް އުފަލުންއުޅޭ ދެމީހުން ހެންނެވެ. ނަމަވެސް މި ކަންދެއްކުމުގެ ފަހަތުގައިވާ ހަޤީޤަތް އިނގޭނެނަމައެވެ. މާކިންގޮސް ނަމްބަރެއް ނަގައިގެން އައިސް އިނާރާއާއި އެކީ އިށީދެލިއެވެ. މިހެން އިންނައިރު މާކިން މަޑުމަޑުން އިނާރާގެ އަތުގައި ބޮސްދޭއިރު އޭނާއަށް ޖެހެނީ ގަދަކަމުން ހީލަހީލަ އިންނާށެވެ. ނަމަވެސް އެތެރެއިން އޭނާ ރޮއެ ހަޅޭލަވަމުންދިޔަ ނަމަވެސް މިމަންޒަރުވަނީ ލޯތަކަށް ފޮރުވިފައެވެ.

 ބޭސްއަޅައިގެން ނިކުމެވުނު އިރު ހަވީރު ފަހެއްޖަހައި މަގުތަކަށް ހިޔާއަރައިފިއެވެ. ކާރާއި ދިމާއަށް މިސްރާބުޖަހާފައި ހުރި މާކިން ދިޔައީ އިނާރާގެ އަތުގައި ހިފައިގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް މާކިން އޭނާގެ އަތުން ދުލެއްނުކުރިއެވެ. ކާރުގެ ދޮރުފަތްވެސް ހުޅުވައިދިނީ މާކިންއެވެ. “ހިނގާ ދުއްވާލާފައި އެއްޗެއް ބޯލަން ދާން ދޯ.” މާކިން ކާރު ދުއްވާލަމުން މިހެން ބުނިއިރު އިނާރާ ހަމައެކަނި ހީލީއެވެ.

ބޭރުމަގުން ދުއްވާދިޔައިރު އިނާރާއިނީ ވާހަކައެއް ނުދައްކާ ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. ޓްރެކް ސަރަހައްދުގައި މީހުން މޫދަށް އެރެމުން ދިޔައިރު ހަވީރު ފިންޏަށް ކުޑަކުދިން ގޮވައިގެން ދުއްވާލަން ނިކުމެ އުޅޭ މީހުންވެސް މަދެއް ނޫނެވެ. މިނިވަންދުވަސް ފާހަގަ ކުރުމައްޓަކައި ބޭރުމަގުގައި ދަމާފައި ހުރި ހުދާއި ފެއްސާއި ރަތުގެ ކުދި ދިދަތައް ވަޔާއި ވިހުރެމުން ދިޔަ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ދުއްވަމުން ދިޔަކާރު އުސްފަސްގަނޑު ކައިރީގައި ޕާކު ކޮއްލުމަށްފަހު މާކިން އިނާރާ ގޮވައިގެން ފޭބިއެވެ.

“ހިނގާ ހިނގާލަން.” މާކިން އިނާރާގެ އަތުގައި ހިފައިގެން މަގު ހުރަސްކުރަމުން ބުނެލިއެވެ. އުސްފަސްގަނޑު މަތީގައި ކުޑަކުދިންތަށް ދުވެ އުޅޭއިރު އަތް ގުޅުވާލައިގެން އުޅޭ ޖޯޑުތަށް މަދެއްނޫނެވެ. އެ މީހުން ހީ ސަކަރާތްޖަހައި މަންޒަރުފެނި އިނާރާގެ ހިތަށް އަސަރުކުރިއެވެ. އެއީ އޭނާވެސް އުޅެން ބޭނުންވި ގޮތެވެ. މާކިން އާއިއެކީ ހިނގާލަންގޮސް ސަކަރާތްޖަހާލަ ހެދުމަށް އޭނާވެސް އުއްމީދުކުރިއެވެ. ނަމަވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެއް ނޫނެވެ. ހިނިތުންވުމެއްނޫނެވެ. ބަލައިބެލުމަށް ހަމަ އެހެން މީހުންނެކޭ އެއްގޮތަށް އުފާވެރި ވަގަތުކޮޅެއް ހޭދަކުރާ ދެ މީހުންހެން ހީވިއަސް އެއީ މުޅިން ވަހުމެވެ.

“ކީއްވެތަ ވާހަކަ ނުދައްކާ މަޑުން ތި ހުންނަނީ. އަތަށް ތަދުވަނީތަ.؟” އިނާރާގެ ބޭސްއަޅާފައި އޮތް އަތުގައި ހިފާލަމުން މާކިން ބުނެލިއެވެ. ނަމަވެސް އިނާރާ އެއްވެސް އެއްޗެކޭ ނުބުނެ އަތް ދުރުކޮއްލިއިރު އެ މޫނުމަތިން ފެނުނީ ނުރުހުމެވެ. “އަހަރެން ރީއްޗަށް ވާހަކަދައްކާއިރު ތިވައްތަރަށް އުޅެންޏާ މާކަށް ރަނގަޅެއްނުވާނެ. ކޮން ރުޅިއެއް ތިއަންނަނީކީ!” އިނާރާގެ އަތަށް ފިއްތާލަމުން މާކިން މިހެން ބުނެލިއެވެ. އޭރު އިނާރާއަށް ވީ ތަދުން ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެގޮތަށް ނުހުރުހުންވެފައި ހުންނަންޏާ މާކިންގެ ފަރާތުން އަނިޔާއެއްވެދާނެކަން އޭނާއަށް އިހުސާސްކުރެވުނެވެ.

“ނޫން. ރުޅިއެއްނާދެ. ކުޑަކޮން ތަދުވަނީ. ހިނގާ ކުރުބާއެއް ބޯން.” އިނާރާ ކަރުނަތަށް ފޮރުވަމުން ރީތިކޮން ވާހަކަދައްކަން މަސައްކަތް ކުރިއެވެ. “ގުޑް ގާލް. ތިހެން ރީތިކޮން ވާހަކަ ދައްކަބަ. ހިނގާ ކުރުނބާބޯން. ބަމްބީ ބޭނުން ކޮންމެއެއްޗެއް ދޭނަން އިނގޭ.” އިނާރާގެ ނޭފަތުގައި ކުޑަކޮން ހިފާލަމުން މާކިން ބުނެލިއެވެ. އިނާރާ ހިނިތުންވެލީ ގަދަކަމުންނެވެ.

ކުރުނބާ ހިފައިގެން ދުރުގައި ގޮސް ދެމީހުން އިށީދެލިއެވެ. އަތުގައި ބޭސް އަޅާފައި އޮތުމުން ކުރުނބާ ހިފަހައްޓަން އުނދަގޫވާތީ މާކިން އިނާރާގެ ކުރުނބާގައި ހިފަހައްޓަދިނެވެ. މާކިންގެ ފަރާތުން ލިބެމުން ދިޔަ އޯގާތެރިކަން އަބަދުވެސް ލިބޭނަނެ ނަމައޭ އެވަގުތު އިނާރާގެ ހިތަށްއެރިއެވެ.

“އިނާރާ. ކޮބާ މާ ފޮޅުވަނީ ދޯ.” އެމީހުންގެ ކައިރިއަށް ހުއްޓެލި ރިއުމާން ބުނެލިއެވެ. އިނާރާއަށް ރިއުމާން ފެނުމުން ލިބުނު އުފާވެރިކަން ބަޔާން ކޮއްދޭން ދަތިވިއެވެ. މާކިން ނޫން އެހެން މީހަކާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބުނީތީއެވެ. “ރިއު.. ކީއްކުރަނީ މިތާ.” ރިއުމާންގެ އަތުގައި ހިފާލަމުން އިނާރާ ބުނެލިއެވެ. އޭރު މާކިން އެއްޗެކޭ ނުބުނެ ހިނުތުންވެލައިގެން އިނެވެ. “މި ރައްޓެހިން ތަކަކާއިއެކީ މިހެން ލާފަދަމުން އިނާ ފެނުނީމަ އައީ.” އިނާރާ ކައިރީގައި އިށީދެލަމުން ރިއުމާން ބުނެލިއެވެ.

އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އިނާރާގެ އަތުގައި އަޅާފައި އޮތް ބޭސްގަނޑެވެ. “އިނާ ކިހިނެތްވަފަ މިއީ. ގައިމު މިއަދު ހެނދުނަކު ނެތެއްނުން. އޯ ޔެސް ހެނދުނު ދިމައެއް ނުވޭ ދޯ. ބަޓް ކިހިނެތް ވީ؟” ރިއުމާން ކަންބޮޑުވެފައި އިނދެ އަހާލިއެވެ. އެވަގުތު ރިއުމާންއަށް ހުރިހާ ހަޤީޤަތެއް ކިޔާދޭން ހިތަށް އެރިނަމަވެސް މާކިން އިނުމުން އިނާރާ ފަސްޖެހުނެވެ.

“މިއީ ތަށި ދޮންނަން އުޅެނިކޮން ތަޅައިގެން ދިޔައީ. މަންމަމެން ކިހިނެތް؟” އިނާރާ އަވަހަށް މިހެން ބުނެލިއިރު ރިއުމާންއަށް ޝައްކުވިއެވެ. އޭނާއަށް އިނާރާގެ ގޮތް ވަރަށް ރަނގަޅަށް އިނގެއެވެ. އެގޮތަށް އަވަސް އަރުވާލާފައި އޭނާ އެއްޗެއް ބުނާނީ ކަމެއް ފޮރުވަންޏާމުއެވެ. އަދި އެގޮތަށް ވާހަކަ ބަދަލުކޮއްލުމުން ވެސް އޭނާއަށް އިތުރަށް ޝައްކުވިއެވެ. އަނެއްކާ އިނާރާގެ މޫނުމަތިންވެސް ފާހަގަވީ މޮޅިވެރިކަމެވެ.

“ދެންވެސް ބަލައިގެން އުޅޭތި.” މާކިން އިނުމުން ރިއުމާން ދައްކަން އުޅުނުވާހަކަ ބޭއްވީއެވެ. “އެބަ އަންނަން ލާރި ދައްކާފައި.” މާކިން އެތަނުން ތެދުވެގެން ދިޔައީ އިނާރާ އެއްވެސް ވާހަކައެއް ނުދައްކާނެކަން ޔަޤީންވާތީއެވެ. “އިނާ. ކަމެއް ގޯސްވީތަ.” ރިއުމާން އަވަހަށް މާކިން ދިއުމުން ސުވާލުކުރިއެވެ. ހިނދުކޮޅަކަށް އިނާރާ ހުރިހާ ކަމެއްކިޔާދޭން ނިންމިއެވެ. ނަމަވެސް އެއްލި ކަޅިއަކުން ދުރުގައި ހުރި މާކިން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރިގޮތްފެނި ޚިޔާލު ބަދަލުކޮއްލިއެވެ. އެ ބަލައިލުމުންވެސް މާކިން އެ ދިނީ އިންޒާރެއްކަން އިނގުމުން ގައިގެ ލޯލިތަށް ކޮޅަށް ޖެހުނެވެ.

“ނޫނޭ. ތިއީ ހީވާއެއްޗެއް. މި އުޅެނީ އަތަށް ތަދުވާތި.” އިނާރާ ނުތަނަވަސްކަން ފޮރުވަމުން ބުނެލިއެވެ. “އޯކޭ. އެކަމަކު ކަމެއް ގޯސް ވަންޏާ އަހަރެން ކައިރި ބުނާތި. އައި ވިލް އޯލްވޭސް ބީ ހިއާ. އިނގޭ.” ރިއުމާން ހިނިތުންވެލަމުން ބުނެލިއެވެ. “އިނގޭ. ތޭންކްސް.” އެފަދަ ރަޚުމަތްތެރިއެއް ހުރީތީ އިނާރާ ޝުކުރުވެރި ވިޔަސް އޭނާއަށް މިއަދު ހުރިހާކަމެއް ރިއުމާންއަށް ސިއްރުކުރަން މަޖުބޫރުވިއެވެ. އޮފީހަށް ދެވޭނެނަމަ އެ ސިއްރު ހާމަކުރެވުނީހެވެ. ނަމަވެސް މިހާރު އެ ދޮރުވެސް ވަނީ ބަންދުވެފައެވެ. އިނާރާ ހީހީފައި ވާހަކަދެއްކީ މާކިންއަށް ޝައްކުވެދާނެތީއެވެ.

“ދެ ކުދިން ކޮންވާހަކައެއް.” މާކިން އައިސް އިށީދެލަމުން ބުނެލިއެވެ. “އެއީ އޮފީހުގައި ވީ މަޖާކަމެއްގެ ވާހަކަ ދޯ. ދެން ދަނިއްޔޭ. ޓޭކް ކެއާ.” ރިއުމާން މިހެން ބުނެފައި އެތަނުން ދާން ހިނގައިގަތެވެ. އިނާރާގެ މޫނަށް ވެއްޓިފައި އިން އިސްތަށިކޮޅު ރަނގަޅު ކޮއްލަމުން މާކިން އޭނާއަށް ހިނިތުންވެލިއެވެ. އޮއްސެމުންދިޔަ އިރުން އެޅިފައިވާ އަލި އިނާރާގެ މޫނަށް އެޅިފައިވާއިރު އެ ދެލޮލުގެ ވިދުން ގަދަވިކަހަލައެވެ. އެ އޮމާން މޫނުގައި މާކިން އަތްބީއްސާލިއިރު އެ ހިތް އެދުނީ އަމިއްލަ އެދުމެވެ. “ހިނގާ ދާން.” މާކިން ބޭނުންވީ އަވަހަށް ގެއަށް ދިއުމަށްށެވެ.

ގައިގައި ރަޖާ އޮޅާލައިގެން އޮތް އިނާރާގެ ލޮލުގައި ވަނީ ތެއްކަމެވެ. މާކިން އެހާ އޯގާތެރިކޮން ލޯބިދިން އިރުވެސް އިނާރާއަށް އެކަމަކުން ހިތްހަމަޖެހުމެއް ނުލިބުނެވެ. މާކިންގެ ޢަމަލުތަކަކީ ކޮންމެހެން އޭނާ އިނާރާދެކެ ލޯބިވާތީ ކޮއްދިން ކަމެއް ނޫންކަން އޭނާއަށް އިނގެއެވެ. އެއީ ހަމައެކަނި އަމިއްލަ ބޭނުންތައް ފުއްދުމައްޓަކައި ކުރި ކަމަކަށް ވުމުން އިނާރާ ހިތުގައި ޖެހުނެވެ. މާކިން ގަދަބާރުން ނުއުޅުނަސް އެއިން އެންމެ ބީހިލުމެއްގައިވެސް ލޯބި އެކުލެވުގެންނެއް ނުވެއެވެ.

އެނދުގެ އަނެއްފަރާތުގައި ނިދިފައި އޮތް މާކިންގެ ގައިން ކުއިލްޓްގެ އެއްބައި ކެހިފައި އޮތްއިރު އެ ހިތްގައިމު ހަށިގަނޑުއޮތީ ހާމައަށްށެވެ. އޭނާއަށް އިނާރާގެ ގިސްލުމުގެ އަޑު އިވޭހެންވެސް ހީ ނުވެއެވެ. އިޝާ ނަމާދުގެ ބަންގީގެ އަޑަށް އެނދުގައި އޮތް އިނާރާ ތެދުވެ ބިންމަތީގައި އޮތް އޭނާގެ ޓީޝާޓުގަޔަށް މަހާލުމަށްފަހު ފާޚާނާއަށްވަނެވެ. ފެންވަރައިގެން އައިސް ނަމާދު ކޮއްނިމިގެން އިނާރާ އިނީ ދެއަތް މައްޗަށް ނަގައިގެން ހެއްދެވި ފަރާތައް ދުޢާކުރާށެވޭ. މާކިންގެ އެ އުޅުން ބަދަލު ވޭތޯއާއި އޭނާއަށް ހިތްވަރު ދިނުންއެދި ދުޢާކުރިއިރު އެ ލޮލުން އޮހުނު ކަރުތަކުން ކޯތާފަތް ތެމެނުންދިޔައެވެ. އޭރުވެސް މާކިން އޮތީ ގަދަ ނިދީގައެވެ.

“ނުވާނެ ދެން މިކަމެއް! ކޮންމެ ދުވަހަކު އެ ފިރިހެނާ އައިސް އަހަރެންގެ ބޯ ގޮއްވާނެ. ގެއިން ނިކުމެގެން ދާންވެސް ހިތަށް އަރައި.” އެނދުގައި އޮވެ ފޯނުން ވާހަކަދައްކަމުން ދިޔަ މަލަކް ބުނެލިއެވެ. އޭނާ އޮތީ ސިޑޭއަށް ގުޅައިގެންނެވެ. މަލަކްގެ ފޯނު އަތުލުންމުން އޭނާ ގެންގުޅޭ ވަގު ފޯނެއްގެ އެހީގައި އޭނާގެ ރަޚުމަތްތެރިންނާއި ވާހަކަދައްކާތާ ކިތަންމެ ދުވަހެކެވެ. “ޗިލް ބޭބް. އަހަރެން ކިތަށް ފަހަރު ބުނެފިން ތި ރާހިލްގެ ކަންތަން ނިންމާލަން ވީހޭ. އެކަމަކު މަލަކް އެއްބަސް ވިއްޔާތާ.” އެކޮޅުން ވާހަކަދެއްކި ސިޑޭ ބުނެލިއެވެ.

“ނޫނެކޭ. އަހަރެން ބޭނުމެއް ނޫން ކޮންމެހެން އޭނައަށް އަނިޔާކުރާކަށް. އެއީ ދޮންބެގެ ބެސްޓް ފެރެންޑްއޭ. އެހެން ހަދައިފިއްޔާ ދޮންބެއަށް ބަސްޓުވާނެ ދޯ އެއީ އަހަރެން ކުރިމަކެއްކަން. ކޮންމެސް އެހެން ގޮތެއް ހޯދަން ޖެހޭނީ. ދޮންބެ ރާހިލްއަށް ހޭޓް ކުރާވަރުގެ ކަމެއް ކުރަންވީ. އެ ދެމެދުގައި ބޮޑު ކަންތައްގަނޑެއް ހިންގާލެވިއްޖެނަމަ އެ ރާހިލްއަކަށް ދެން ނާދެވޭނެ. އެނޑް ދެޓްސް ފްރީޑޮމް.” ރަނގަޅު ޕްލޭންއެއް ރާވަން މަލަކް ވިސްނިއެވެ.

ސިޓިންރޫމުގައި އިން ޝީލާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭރު ޓީވީން ދައްކަމުން ދިޔަ އަށެއްގެ ޚަބަރު ބަލަން އިން ޔާމިންއަށް މިކަން ފާހަގަވެގެން ޝީލާގެ ގައިގައި ކުޑަކޮން ކޮއްޓާލިއެވެ. “ކޮން ޚިޔާލަކަށް ގެއްލިފަ.” ޝީލާ ބަލައިލުމުން ޔާމިން އެހިއެވެ. “އިނާ ނެތީމަ ކިހާ ފަޅު. ބައެއްފަހަރަށް ހީވެ އޭނާ މަންމާއޭ ކިޔާ ގޮވާލާ ހެންވެސް. ނޭނގެ މިއަދު ހަމަ ހީވަނީ އޭނާ އަހަރެންނަށް ވަރަށް ބޭނުންވެގެން އުޅޭހެން.” ޝީލާ ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ. މަންމައަކަށް އޭނާގެ ދަރިއަށް ގޯސްކޮން ކަމެއްވާނަމަ އެ އިހުސާސް ވާނެއެވެ. ދުރުގައި ހުއްޓަކަސް މަޔަކަށް އެކަން ސިއްރު ނުވާނެކަން ކަށަވަރެވެ.

“އެއްކަލަ ޝީލާ. ބަލަ އޭނާ ކިހާ އުފަލުން މިހާރު ހުންނާނީ. އިނގޭ ފުރަތަމަ ދުވަސްކޮޅު އުނދަގޫ ވާނެކަން އަހަރެންނަށް ވުރެން ބޮޑަށް އިނާރާއާއި އެކީ އުޅުނީ ޝީލާ. އެހެންވީމަވެސް އެކަން އިހުސާސްވާނެ. ދެން އެހާ ހަނދާން ވަންޏާ ގުޅާލާ ވާހަކަދައްކަބަލަ. އޭރުން ތި ހުރިހާ ކުއްހީތަކެއް ފިލައި ހިތްހަމަޖެހިދާނެ.” ޔާމިން ފޯނު ދެމުން ބުނެލިއެވެ. ޝީލާ ކެތްމަދުވެފައި އިނދެ ފޯނުގައި ހިފިއެވެ.

އަލަމާރިއަށް ދޮވެފައި ހުރި ބެޑްޝީޓުތަށް ލާންހުރި އިނަރާއަށް ފޯނު ރިންގުވާ އަޑުއިވުނެވެ. މަޑު ހިނގުމެއްގައި ގޮސް ފޯނު ބަލައިލިރު އޭނާގެ މަންމަގެ ނަން އިނުމުން އެހިތް އުފަލުން ފޮޅެލިއެވެ. މިއަދު އެއްކޮން މަންމައަށް ނުގުޅަ ހުރީވެސް ދެރަވެގެން ރޮވިދާނެތީއެވެ. އޭރު މާކިން ފާޚާނާގައި ފެންވަރަން އުޅޭއަޑު އިވެމުން ދިޔުމުން އިނާރާ އަވަހަށް ފޯނުނެގިއެވެ.

“މަންމާ.” އިނާރާ ބުނެލިއެވެ. “ހަލޯ.. ދަރިފުޅާ. މަންމަގެ ދޫނި ކިހިނެތްތަ؟؟ ވަރަށް ހަނދާންވޭ.” ޝީލާގެ އަޑުޖެހުމާއިއެކީ އިނާރާ ހިތުގައި ޖެހުނެވެ. މަންމަ ކައިރީގައި ހިތްފުރެންދެން ރޯލަން ބޭނުންވިއެވެ. “މަންމާ… އަޅުގަނޑު ރަނގަޅު. މަންމަ ކިހިނެތް. އައި މިސް ޔޫ ޓޫ.” އިނާރާ މިހެން ބުނިއިރު ލޮލުންކަރުނަ އޮހޮރެމުން ދިޔައެވެ.

 އަޑުން އެކަން ނުދައްކާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ޝީލާއަށް އިނާރާ ރޮނީކަން ސިއްރެއްނުވިއެވެ. އަމިއްލަ ދަރިފުޅުގެ ރުއިން އޭނާއަކަށް އޮޅުވައެއް ނުލެވޭނެއެވެ. “ދަރިފުޅާ.. ރޮނީތަ.. މަންމައަށް ސިއްރު ނުކުރޭ. ކިހިނެތްވީ އަނެއްކާ.” ޝީލާ މިހެން ބުނުމުން އިނާރާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނާއަށް އިޚުތިޔާރަކާއި ނުލާ ރޮވެންފެށުނެވެ. “މަންމާ.. މަން.. މާކިން.. މާކިން އޭނަ.” އިނާރާއަށް ބުނެވުނީ މިހިސާބަށްށެވެ. ކުއްލިއަކަށް ފާޚާނާ ދޮރު ކުރިމަތީގައި ހުރި މާކިން ފެނުމުން ހީވީ ހިތް ގެނބުނުހެންނެވެ.

މާކިން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އިނާރާ އެ ދެއްކި ވާހަކަ މާކިންއަށް އަޑުއިވުނީކަން ކަށަވަރެވެ. އިނާރާ ގަންބިރުން އެ ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. އޭރު މާކިން އޭނާއާއި ދިމާއަށް އަންނަން ފެށިއެވެ. ލޮލުން ބަލައިގެން މީހަކު ފިހޭނެނަމަ މާކިންގެ އެ ބެލުމުން އިނާރާ ފިހޭނެކަން ޔަޤީނެވެ.

 “މާކިން ކީއްކުރީޔޭ.. އިނާ.. ދަރިފުޅާ.” އިނާރާ ވާހަކަ ނުދައްކާ ހުރުމުން ޝީލާ އޭނާއަށް ގޮވަމުންދިޔައަޑު އޭނާއަށް އިވެއެވެ. ނަމަވެސް ކުރިމަތީގައި ހުރި މާކިންފެނި އެ ދުލުގައި ވަނީ ތަޅު އެޅުވިފައިކަހަލައެވެ. މާކިން އައިސް އިނާރާގެ މޫނުގައި ޖެހޭނުޖެހޭ ވަރުގައި މަޑުކޮއްލިއިރު އޭނާގެ ހޫނުނޭވާ އިނާރާގެ މޫނަށް އެޅެމުންދިޔއެވެ. އިނާރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާ ބިރުން ޖަހާފައި ހުރި ބުދެއްހެން ހުރެވުނީއެވެ.

80
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

zaisha

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ރަހީނު.. 07 ވަނަ ބައި…

Next

ހަވާތިފް….. 9 ވަނަ ބައި

Next
July 1, 2015

ހަވާތިފް….. 9 ވަނަ ބައި

Previews
July 1, 2015

ރަހީނު.. 07 ވަނަ ބައި…

28 Comments

  1. shahidha says:
    July 1, 2015 at 5:22 pm

    Miee 8 van part dhw vvv nice story

  2. nihaa says:
    July 1, 2015 at 5:23 pm

    Vrh obi….

  3. Nuzzath says:
    July 1, 2015 at 5:26 pm

    alhe ina..

  4. Raahy says:
    July 1, 2015 at 5:28 pm

    Vvv reethi…waiting for the next part…. Plx avaha upkohdheythi

  5. naj says:
    July 1, 2015 at 5:31 pm

    Vvv reethi…inaraa ah go the nuhadha gey..vv reethi..maasha allah

  6. finni says:
    July 1, 2015 at 5:53 pm

    vvvvvvv loabi keep it up…

  7. Crazi says:
    July 1, 2015 at 7:09 pm

    Shalhi but kuruvee mah sad

  8. xim says:
    July 1, 2015 at 7:24 pm

    Inaaraa haadha kehgadhaye xim ah vex ehaa hiyvaruvlibeyne nama

  9. Thoo says:
    July 1, 2015 at 8:15 pm

    V salhi next part avs koh dheeba plx

  10. cute says:
    July 1, 2015 at 8:29 pm

    when is the next…..???

  11. ais says:
    July 1, 2015 at 8:40 pm

    Hmmmm asluves vrh obi

  12. lai says:
    July 1, 2015 at 9:19 pm

    Alhey. Meega evves ehcheh miharu read nuvey. 🙁

  13. zuha says:
    July 1, 2015 at 9:28 pm

    Mi site ah mi vee keehbaa, phonun nukiyey mihaaru. Haadha dhera ey

  14. naxhaa says:
    July 1, 2015 at 9:33 pm

    Vaahaka vara salhi

  15. Lali says:
    July 1, 2015 at 9:35 pm

    Vv nice…..

  16. elysh says:
    July 1, 2015 at 9:51 pm

    alhe inaa ah ehen hadhan heyo nuvaane , yaa allah inaa salaamay kuravvaashi

  17. Anonymous says:
    July 1, 2015 at 9:52 pm

    V asaru kohfi.. mark in ge characta change vaanebaa.. inaaraa ah sympathy vejje

  18. kairy says:
    July 1, 2015 at 10:06 pm

    NIce

  19. Anonymous says:
    July 1, 2015 at 10:30 pm

    Vaahaka v salhi. Avahah up kollathi. Eyrun salhivaane.

  20. zaisha says:
    July 1, 2015 at 10:38 pm

    thank you guyz. 🙂

  21. Niyaza says:
    July 2, 2015 at 1:12 am

    Ma shaa allah varah furihama

  22. nathoo says:
    July 2, 2015 at 3:10 am

    Varah reethi

  23. reesh says:
    July 2, 2015 at 3:45 am

    Varah reethi

  24. butterfly says:
    July 2, 2015 at 8:26 am

    Wow wow its really v nice..I love this story so keep it up u are the best…maakin ah adhi visneyney eyna Inaa dheke Loabi vaakan dhw zai…..

  25. aishaa says:
    July 2, 2015 at 10:37 am

    this story is habeys.

  26. flower says:
    July 2, 2015 at 10:47 am

    kobaaaa anehbai avaskohlahchey mihaaru hureveneekeee nooon kiyaahithun….

  27. wooly says:
    July 2, 2015 at 11:21 am

    When is the next part…. 🙂

  28. cute says:
    July 2, 2015 at 2:32 pm

    when is the next?????

Comments are closed.

All Right Reserved!