Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (10)

zaisha Level 210 Stories
July 3, 2015 6 Mins Read
19 Comments

އިރުގެ އަލި މުޅީ ކެބިންތެރެއަށް އެޅިފައިވާއިރު މާކިން އިނީ އޭނާގެ މޭޒުކައިރީގައި ފޯނުން މީހަކާއި ވާހަކަދައްކާށެވެ. މޭޒުމަތީގައި ދެތިން ފައިލެއް އޮތްއިރު ކުރިމަތީގައި ހުޅުވާފައިވާ އޮތް ފައިލްގެ މަސައްކަތްތަށް ހުއްޓާލާފައި ވާއިރު އެ ފޯނު ކޯލު އޭނައަށް މާ މުހިއްމެވެ. “މިރޭ ދާނަން. އެކަމަކު ދަން ވަންދެން މަޑެއް ނުކުރެވޭނެ އިނގޭ.” މާކިން އަތުގައި އޮތް ގަލަމާއި ކުޅެމުން ބުނެލިއެވެ. “އޯކޭވާނެ މާކިންއަށް އާދެވެންޏާމު. އައި ރިއަލީ މިސްޑް ޔޫ އާފްޓާ ލާސްޓް ނައިޓް.” އެކޮޅުން ވާހަކަދެއްކި ޒެރީން ބުނެލިއެވެ. “މީ ޓޫ ލަވް. މަޑު ކުރައްޗޭ.” މާކިންގެ އޮފީސް ފޯނު ރިންގުވާން ފެށުމުން ބުނެލިއެވެ.

“ހަލޯ. ޔާ.. އޯކޭ.” މާކިން އެ ފޯނުން ވާހަކަދައްކަމުން ބުނެލިއެވެ. “ހޭއި ކުޑަކަމެއް ޖެހިއްޖެ ގުޅާނަން އިނގޭ ފަހުން.” މާކިން މިހެން  ބުނެފައި ފޯނު ބޭއްވި ތަނާ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު ނާޒިމް އެތެރެއަށް ވަނެވެ. މާކިން ވަގުތުން ކޮޅަށް ތެދުވެ ނާޒިމްއާއި ދިމާއަށް ދިޔައެވެ. “ބައްޕަ ކީއްކުރަންތޯ ތިއައީ. އަޅުގަނޑު ކައިރި ބުނެލިނަމަ.” ނާޒިމްގެ ކުރިމަތީގައި މަޑުކޮއްލަމުން މާކިން ބުނެލިއެވެ.

“ދެން ބައްޕަ އައިސްލަން ބޭނުންވިއްޔޭ. އާދެ މިތާ އިށީންނަން.” ދުރުގައި ހުރި ލެދާ ސޯފާއާއި ދިމާއަށް ހިނގައި ގަންނަމުން ނާޒިމް ބުނެލިއެވެ. ދެބަފައިން ސޯފާއިގައި އިށީދެ ހަމަޖެހިލުމުން ނާޒިމް ވާހަކަފެށިއެވެ. “ދަރިފުޅާ. މިހާރު އިނދެގެން އުޅޭތާ މަހެއްވަރުވީ. އިނާރާ ގޮވައިގެން ޗުއްޓީ ހަދާލަންވެސް ނުދަންތަ.” ނާޒިމް ފެށި ވާހަކައަކުން މާކިންގެ މޫޑު މުޅިން ސަކަރާތްވިއެވެ.

 “އަދި ނުދެވިގެން މި އުޅެނީ. އޮފީސްކަންތަކުގައި މާ ބުރަކޮން އުޅެން ޖެހުނީމަ ތަންކޮޅެއް ފަސްކޮއްލާފައި ދާން ކަމަށް.” މާކިން ބުނެލިއެވެ. “ދެން އެކަމަކު އިނާރާވެސް ބޭނުންވާނެ އެއްނުން ގޮސްލަން. އަނެއްކާ މިހާރު އޭނާ އޮފީސް މަސައްކަތްތަށް ވެސް ކުރަނީގޭގައި. ފޫހިވާނުން. އެހެންވެ ބައްޕަ ތި ދެކުދިންނަން ދަތުރެއް ރާވާފިން. ދެން މިހާރުގެ ކުދިން ކިޔާހެން ހަނީމޫނަށް ދާން.” ނާޒިމް މިހެން ބުނުމުން މާކިން ކުޑަކޮން ހީލިއެވެ.

“އަނަންތަރާ ކިހާވަކަށް ދާން ހަމަޖެއްސީ. އޭރުން އޮފީސް ކަމަކު އަންނަން ޖެހިއްޖެއްޔާ ވެސް އަވަހަށް އާދެވޭނުން. މާދަމާ ހެނދުނު ފުރުން އޮތީ. މީ ބައްޕަމެންގެ ފަރާތުން ދޭ ހަދިޔާއަކަށް ބަލާ އިނގޭ.” މާކިން ކޮނޑުގައި ޖަހާލަމުން ނާޒިމް ބުނެލިއެވެ. މާކިން އިތުރަށް އެކަމާއި ދެކޮޅު ނުހެދީ ބައްޕައަށް ވީމައެވެ. މާކިން ހުރީ އެއްވެސް ވަރަކަށް އިނާރާއާއި ވަކިން ތަނަކަށް ދާހިތަކުން ނޫނެވެ. އޭރުން ދުވާލުދާ ހަތަރުދަމު އުޅެން ޖެހޭނީ އިނާރާ ފަހަތުންނެވެ.

ސޯފާއަށް ދެފައި އަރުވައިގެން އިން މަލަކް އިނާ ބެލްކަންޏާއި ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭރު ކުރިމަތީގައި ހުރި ބީން ބޭގެއްގައި އިށީދެލައިގެން ރާހިލް އިނެވެ. އިރުގެ އަލި މަލަކްގެ މޫނަށް އެޅިފައިވާއިރު އެ އިސްތަށިކޮޅުގައި ހައިލައިޓް ކުރެވިފައި ހުރި އިސްތަށިތަށް ބަބުޅަމުން ދިޔައެވެ. މި މަންޒަރު ބަލަން ރާހިލް އިނީ ގެއްލިފައެވެ.

ފަހަކަށް އައިސް އޭނާއަށް މަލަކްއާއި ދެތެރޭ ވިސްނޭލެއް ގިނަވެއްޖެއެވެ. އެކަނިވެރިވާ ވަގުތުތަކުގައި ވެސް އެނާގެ ޚިޔާލުގައިވަނީ މަލަކްއެވެ. ރާހިލްގެ އެދުމަކީ މަލަކް އެކަންތައްތަކާއި މުޅިން ދުރުވެ ރަނގަޅުވުމެވެ. އޭނާއަށް އެވަރަށް މަލަކްއާއި ދޭތެރޭ އެ ވިސްނެނީ އެހެންވެކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކުމެ އޭނައަށް އިންތިޒާރު ކުރެވެނީ މަލަކް ކައިރިއަށް އާދެވޭނެ އިރަކަށްށެވެ. އޭނާ އެ ހުންނަ ބަސްމަދުކަމާއި އެ މޫނުމަތީގެ މައުސޫމުކަމަށް ރާހިލް ގަޔާވިއެވެ. އެހެން އިންނައިރު އެ ރީތިކަން މާ ފުރިހައެވެ.

ކުއްލިއަކަށް ރާހިލް މި ޚިޔާލުތަކުން ދުރުވިއެވެ. މި ކުރެވެނީ އަދި ރަނގަޅު ކަމެއް ނޫނެވެ. މިއީ މާކިންގެ ކޮއްކޮއެވެ. އޭނާގެވެސް ކޮއްކޮއެއްފަދަ ކުއްޖެކެވެ. އެފަދަ ޚިޔާލުތަށް ކުރަން ވެއްޖެނަމަ ކުރިމަތިލާން ޖެހިދާނެ ނުރައްކަލެއްގެ އިންޒާރު އޭނާގެ ސިކުނޑި ދިނެވެ. “ޑޮކްޓަރ ރާހިލް. ކިހިނެއްވި މިއަދު ވާހަކަ ނުދައްކަނީ.” މަލަކްގެ އަޑު އިވުމުން ރާހިލް އެކަމަށް ސަމާލުކަން ދިނެވެ. “ނަތިން. މަލަކް މާ މަޑުން އިނީމަ. ކޯއްޗެއް ތި ބަލަނީ.” ރާހިލް މަޢުލޫއު ބަދަލު ކޮއްލިއެވެ.

“އޭނަ ބޮޑު ގަހަށް. އަސްލު ފެންއިރު ވަރަށް ރީތި. އެކަމަކު އަނެއްހެން ފެންނައިރު ހީވާނީ އެ ގަސްވެސް ހަރަކާތް ކުރާހެން. ބުނެދޭން ނޭނގޭ އިހުސާސްތަކެއް ވާނެ. އާންމު ލޯތަކަށް ނުފެންނަ މަންޒަރު ތަކެއް ފެންނާނެ.” މަލަކް އެ ގަހާއި ދިމާއަށް ބަލަން އިނދެ ވާހަކަދެއްކިއެވެ. ރާހިލްއަށް އޭނާ އެދައްކަނީ ކޮން ވާހަކައެއްކަން ނަގައި ގަނެވުނެވެ. “އެކަމު އިނގޭ ދޯ އެ ފެންނަ މަންޒަރު ތަކަކީ ވަހުމެއްކަން.” ރާހިލް ބުނެލިއެވެ.

“ނޫން. އެއީ ވަހުމެއް ނޫން. އައި ވޯންޓް އިޓް. އެކަކަށް ވެސް ނޭނގޭނެ.” މަލަކްގެ މޫނުމައްޗަށް ރުޅިވެރިކަން ފާޅުވިއެވެ. “އަހަރެންނަށް އިނގޭ. ތި ކަންތަކުން ދުރުވީމަ އިނގޭނީ އެއީ ހަޤީޤަތުގައި ހުސް ދަޅަކަން. އެ ދުވަހުން މަލަކް އުފާކުރާނެ.” ރާހިލްގެ ވާހަކައިން އޭނާއަށް ވީ އިތުރު އުނދަގުލެކެވެ. މިއަދު އަދި އެތަކެތި ބޭނުން ނުކުރެވޭތީ އޭނާ ހުރީ ރުޅިއައިސް ފޫހިވެފައެވެ.

“މި ބުނީއެއް ނުން ނޫނެކޭ!” މަލަކް ކައިރީގައި އޮތް ކުޝަން ރާހިލްއާއި ދިމާއަށް އެއްލަމުން ބުންޏެވެ. އެވަގުތު ގޭގައި އެ ދެމީހުން ފިޔާވާ އުޅެނީ މަސައްކަތު މިހާއެވެ. އާޝިޔާ ވެސް ވީ ހުޅުމާލެއަށް ގޮސްފައެވެ. “މަލަކް ހަމަޖެހިބަލަ.” ރާހިލް ކުޝަން ހިފައިގެން ތެދުވަމުން ބުނެލިއެވެ. ނަމަވެސް މަލަކް އައިސްފައި ހުރި ރުޅީގައި ސޯފާ މަތީގައި ހުރި ކުޝަންތައް ނަގާ އުކަންފެށިއެވެ.

ރާހިލް އެނާ ހަމައަކަށް އެޅުވުމަށްޓަކައި ގޮސް މަލަކްގެ ދެއަތުގައި ހިފިނަމަވެސް އެނާ ތެޅެފޮޅެނީއެވެ. “ނޯ!” މަލަކް މިހެން ބުނެ ރާހިލް ކޮއްޕާލިތަނާ ދެ މީހުން އެއްކޮން ގޮސް ބިއްމައްޗަށް ވެއްޓުނެވެ. އޭރު މަލަކްގެ އިސްތަށިގަނޑު ރާހިލްގެ މޫނުމައްޗަށް ވެއްޓިފައިވީއިރު އޭނާގެ އަތްވަނީ މަލަކްގެ އުނަގަނޑުގައި ވަށާލެވިފައެވެ. މަލަކް އިސްނަގައި ރާހިލްއާއި ދިމާއަށް ބަލައިލުމުން އެ ލޮލުގައި ވީ ސިއްރު ހާމަވެގެން ދިޔައެވެ. ރާހިލް އޭނާގެ ގައިމަތީގައި އޮތް މަލަކްގެ އެ މޫނަށް ގެއްލިފައި އޮތްއިރު މި ކުރެވެނީ ކީއްކަމެއްވެސް ރޭކާއެއްނުލިއެވެ.

ކުއްލިއަކަށް މަލަކް އޭނާގެ ގައިމަތިން ދުރަށް ޖައްސާލުމަށްފަހު ތެދުވިއިރު އެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. “ސޮރީ. ގަސްތަކު ނޫން.” މަލަކް ތެދުވެ މިހެން ބުނެލިއިރު އޭނާ ދިޔައީ ފަރުވާތެރި ކަމާއިއެކު ރާހިލްގެ މޫނަށް ބަލަމުންނެވެ. “އިޓްސް އޯކޭ. މާދަން ދެން ކުރިއަށް ގެންދާނީ. އައި އެމް ގެޓިން ލޭޓް.” ރާހިލް މިހެން ބުނެފައި މަލަކްގެ މޫނަށް ބަލައިލުމެއް ނެތި އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. މި މަންޒަރު ބަލަންހުރި މަލަކް ހިނިތުންވެލިއިރު އޭނާ ރަނގަޅު ރޭވުމެއް ރާވާލިއެވެ.

“ބައްޕަ ބުނީ އަހަރެމެން ޗުއްޓީ ހޭދަކޮއްލަން ރިސޯޓަކަށް ދާން ވިއްޔޯ.” ގޭތެރެއަށް ވަދެގެން އައި މާކިން އިނާރާއަށް ބުނެލިއެވެ. އޭރު ސިޓިން ރޫމުގައި ލެޕްޓޮޕާއި ފައިލްތަކެއް ހިފައިގެން އިން އިނާރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. މާކިންއާއި އެކީ އެކަނި ރިސޯޓަށް ގޮސްފިއްޔާމު އޭނައަށް ވެދާނެ ގޮތާއިމެދު ވިސްނާލުމުންވެސް ގައިން ހީބިހި ނަގައިގެން ދިޔައެވެ. “އެކަމަކު އަހަރެން ބައިވަރު މަސައްކަތް ކުރަންވެފަ އެބަހުރި.” އިނާރާ ބެލީ ނުގޮސްވާނެ ގޮތެކެވެ.

 މާކިން ގޮސް އިނާރާކައިރީ މަޑުކޮއްލީ އޭނާވެސް ދާން ބޭނުންނުވާ ވާހަކަބުނަންށެވެ. ނަމަވެސް އިނާރާ ގެ ނުތަނަވަސްކަމާއި އޭނާ އިންލެން ނާޒުކު ކަންފެނި މާކިންގެ ޚިޔާލު ބަދަލުވިއެވެ. މި ދަތުރު ގޮސްފިއްޔާމު އޭނާއަށް އިނާރާއަށް ކުރެވިދާނެ ޖެއްސުންތައް ހިތަށްއެރިއެވެ. މުޅި ދުވަހު އެނާ ބޭނުންގޮތަކަށް އިނާރާ ގެންގުޅެވިދާނެއެވެ. އޭނާއަށް އިނާރާއަށް ކުރެވިދާނެ ކަންތައްތައް ހިތަށް އެރުމުން އެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެން ބޭނުމޭ ދާން. އެހެންނޫނަސް ބައްޕަ އެވަރުން ހަމަޖައްސައި ދިނީމަ ދާން ވާނެއެއްނުން. ވީ ކެން އެންޖޯއި.” އިނާރާގެ ކޮލުގައި ބީހިލަމުން މާކިން ބުނެލިއެވެ. މާކިންގެ މި ހަރަކާތުން އިނަރާ ކުޑަކޮން ފަހަތަށް ޖެހެލެވުނެވެ. މާކިން އެ ބުނާ ‘އެންޖޯއި’ ކުރުމަކީ ކޮބައިކަން ހިތަށް އެރުމުން އިނާރާ ހާސްވިއެވެ.

“ޖަސްޓް ޔޫ އެންޑް މީ. އެކަނި. މުޅި ދުވަހު. ދާން ވާނެއެއްނުން.” މާކިން އިތުރަށް އިނާރާއާއި ގާތްވަމުން ބުނެލިއިރު އިނާރާ ދިޔައީ ދުރަށް ޖެހެމުންނެވެ. ކުއްލިއަކަށް މާކިންގެ ފޯނު ރިންގުވުމުން އޭނާ ދުރަށް ޖެހިލިއެވެ. އިނާރާ ހިތާހިތުން ފޯނު ރިންގު ވީތީ ޝުކުރުކުރިއެވެ. މާކިން ފޯނުން ވާހަކަދެއްކުމައްފަހު ތެދުވިއެވެ.

“އެއްޗެހި ޕެކްކުރޭ. މާދަން ހެނދުނު އަށެއް ޖަހާއިރު ޕްލައިޓް އިނީ. ސޯ އޭގެ ކުރިން ދާންޖެހޭނެ.” މާކިން ބުނެލިއެވެ. “ކޮން ފްލައިޓެއް؟ ރިސޯޓަކަށް ނޫންތަ ދަނީ.” އިނާރާ އަހާލިއެވެ. “ޔެސް ބަމްބީ. އަނަންތަރާއަށް ދަނީ. އެ ރިސޯޓު އޮންނާނީ ބާ އަތޮޅުގައި. އެހެންވީމަ ފްލައިޓުން ދަރަވަންދޫއަށް ގޮއްސަ ލޯޗުން ރިސޯޓަށް ދެވޭނީ. އިތުރު ތަފްސީލް މާދަން.” މާކިން މިހެން ބުނެފައި ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ.

ސޯފާގައި އިން އިނާރާ އޭނާގެ އަތުގެ އިނގިލިތައް ތުންފަތުގައި ޖައްސާލަމުން ޚިޔާލަކަށް ގެއްލުނެވެ. މިހެން އިންދާ އޭނާގެ ނަޒަރު ހުއްޓުނީ އަތުގައި އިން ލަކުނަށްށެވެ. ތަށި ތަޅައިގެން ގޮސް ކަނޑައިގެންދިޔަ ތަނުގައި މިހާރުވަނީ ދިގު ލަކުނެކެވެ. އިނާރާ އަނެއްއަތުން އެ ލަކުނުގައި އިނގިލި ހާކާލިއެވެ. އެ ދުވަހު މާކިންގެ ކޮލުގައި ޖެހުނީތީ މިއި އެކަމުގެ އަދަބެވެ. މި ލަކުނު އޭނާއަށް އަބަދުމެ އެ ކުރެވުނު ކުށުގެ ހަނދާން އާކޮއްދެއެވެ. ރިސޯޓަށް ދިޔުމުން މާކިން ދޭނީ ކޮންފަދަ އަނިޔާއެއްކަމެއް ނޭނގެއެވެ.

ފަން އިސްތަށި ގަނޑު ފަހަތަށް ލަމުން ބޮލުގައި ކުޑަދައްޗެއް ޖަހާލިއެވެ. ރަތްކުލައިގެ ލިޕްސްޓިކެއް ނެގުމަށްފަހު ތުންފަތުގައި ހާކާލީ ފަރުވާތެރިކަމާއި އެކުއެވެ. ލޮލުގައި މަސްކަރާ ޖައްސާލުމަށްފަހު އަނދުން އަޅާލިއިރު އެ ލޮލުގެ ސިހުރުގައި ކޮންމެ މީހަކުވެސް ޖެހޭނެއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލަމުން ހިނިތުންވެލިއިރު ކޮލަށް އެޅުނު އަޑިކޮޅުން އޭނާގެ ރީތިކަން ފުރިހަމަ ކޮއްދެއެވެ. “މާކިން.” ޒެރީން މިހެން ބުނެލުމަށްފަހު ހިނިގަނޑެއް ޖަހާލިއިރު މުޅި ކޮޓަރީގައި އެ އަޑު ހިފާލިއެވެ.

ގޭގެ ބެލް ޖެހުނު އަޑުއިވުމުން ޒެރީން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ކުރިމަތީގައި ހުރި މާކިންއަށް ޒެރީން ފެނި ތަލިން ކުޅު ހިކުނެވެ. އެ ރަތް ތުންފަތާއި ސިހުރުވެރި ދެލޯފެނި އިޚުތިޔާރަކާއި ނުލާ މާކިން އެތެރެއަށް ވަނެވެ. ޒެރީން ހިނިތުން ވެލުމަށްފަހު މާކިންއަށް ފުރަގަސް ދެމުން ފަރި ހިނގުމެއްގައި އެތެރެއަށް ދިޔައެވެ. އޭރު މާކިންގެ ނަޒަރު ހުރީ ޒެރީންއަށް ހުއްޓިފައެވެ. ލައިގެން ހުރި ކުރު ކަޅުކުލައިގެ ހެދުން ގައިގައި ހިފާފައިވާއިރު ނަގާ ކޮންމެ ފިޔަވަޅަކާއި އެކީ އެ ލޫޅާފަތި ހަށިގަނޑަށް އަންނަ ބަދަލުން މާކިން ހުރީ އާޝޯހުވެފައެވެ. މިފަދަ ރީތިކަމެއް އަދި ދުވަހަކުވެސް ނުދެކޭފަދައެވެ.

“އާދެ އިށީންނަން. ކޯއްޗެއް ބޯނީ؟” ސޯފާކައިރީގައި މަޑުކޮއްލަމުން ޒެރީން އަހާލިއެވެ. “އޯކޭ ކޮންމެ އެއްޗަކަސް.” މާކިން މިހެން ބުނެފައި ސޯފާއިގައި އިށީދެލިއެވެ. ޒެރީން އޭނާގެ ފަރި ހިނގުމުގައި ގޮސް އައިސް އަލަމާރި ހުޅުވާލުމަށްފަހު ގުދުވެލާފައި ކޯކުފުޅިއެއް ނެގިއެވެ. މި މަންޒަރު ބަލަން ގެއްލިފައި އިން މާކިން ތިރީ ތުންފަތުގައި ދަތް އަޅާލިއިރު އެއަތް މުއްކެވުނެވެ.

 ޒެރީން އިރުކޮޅެއްގެ ތެރޭގައި ކޯކު ތައްޓެއް ހިފައިގެން އައިސް މާކިންއާއި ޖެހި ފިތިގެން އިނެވެ. “ތޭންކްސް.” މާކިން މިހެން ބުނުމަށްފަހު ކޯކުތަށީގައި ހިފިއެވެ. މާކިން އެއްވެސް ވާހަކައެއް ނުދައްކާ ކޯކު ބޮމުން ދިޔައިރު އެ ނަޒަރު ޒެރީންގެ މޫނުން ވަތްކެއްނުވެއެވެ. “ދެން ތިހެން ބަލަން ނީދެ ވާހަކަ ދައްކަބަލަ.” ޒެރީން ހިނިތުންވެލަމުން ބުނެލިއެވެ. “ކީކޭ ކިޔަންވީ.. މާދަން މި އުޅެނީ ރިސޯޓަކަށް ދާންވެގެން.” މާކިން ބުނެލިއެވެ. ” އެހެންތަ. އަހަރެން ގޮވައިގެން ދާން ވީއެއްނުން. އަހަރެން އަދި ދުވަހަކުވެސް ރިސޯޓަކަށް ނުދަން.” ޒެރީން ބުނެލިއެވެ.

“އެހެން ފަހަރަކުން ދޯ. މިފަހަރު މިދަނީ އަންހެނުން ގޮވައިގެން..” މާކިން މިހެން ބުނެލިއިރު އޭނާގެ މޫނުމައްޗަށް ކުޑަކޮން ފުސްވިހެން ހީވިއެވެ. “އަންހެނުން ދޯ. މާކިން އަންހެނުންދެކެ ވަރަށް ލޯބިވޭތަ؟” މާކިންއަށް ވީގޮތް ފެނި ޒެރީން ސުވާލުކުރިއެވެ. “ނޫން! ވަރަށް ފޫހިވޭ. އައި ހޭޓް ހާ.” މިހެން ބުނެލިއިރު މާކިންގެ ބޮލަށްވެސް އެނބުރުން އަރަން ފަށާފިއެވެ. އޭނާ ކޯކުތަށި ހުސްވާން ކައިރިވެފައި ހުއްޓައި ކުރިމަތީގައި ހުރި ކުޑަ މޭޒެއްގައި ތަށިބެހެއްޓިއެވެ. އަދި އަތުން ނިތްކުރީގައި ހިފަހައްޓާލުމުން ސޯފާގައި ބޯ އަޅާލިއެވެ.

ޒެރީން ކޯކުތައްޓަށް ބަލައިލިއިރު އޭގެ ފުލުގައި ނުގިރި ހުރި ހުދުކުލައިގެ ކުޑަ އެތިކޮޅު ފެނުމުން އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “ބޮލުގައި ރިއްސަނީތަ.” ޒެރީން ކައިރީގައި އިން މާކިންގެ ބޮލުގައި އަތް ބާއްވާލަމުން ބުނެލިއެވެ. މާކިންއަށް ޒެރީން ފެންނައިރު ހީވަނި ދެމީހުން ތިބިހެންނެވެ.

ދިއްލާފައި ހުރި ލައިޓުގެ އަލި އެނބުރެމުން ދިޔަހެން ހީވިއިރު އޭނާއަށް މުޅިތަން ފެންނަނީ ފުސްކޮށެވެ. “ފާޑެއްގެ ގޮތެއް.. ވަނީ.” މާކިން މިހެން ބުނެލިއިރު ޒެރީން އިނީ އައިސް އޭނާގެ އުނގަށް އަރައެވެ. “އަހަރެން މިހިރީއެއްނުން. ހުރިހާ ކަމެއްވެސް ރަނގަޅު.. ވާ..ނެ” މާކިންއަށް ޒެރީންގެ އަޑު އިވުނީ އެހިސާބަށްށެވެ.

މާކިންއަށް ސިއްސައިގެން ހޭލެވުނު އިރު ބޮލަށް ބަރުވެގެން ދެލޯ މަރާ ބާރުކޮއްލިއެވެ. މަޑުމަޑުން އެސްފިޔަތައް ދުރުކޮއްލުމަށްފަހު ވަށައިގެންވާ ތަނަށް ނަޒަރު ހިންގާލިއެވެ. އެނދުގައި އޮވެވުނުއިރު ކައިރީގައި ނިދާފައި އޮތް ޒެރީންގެގައި ފޮރުވާ ލެވިފައިވަނީ ބެޑްޝީޓަކުންނެވެ. ބިންމަތީގައި ހުރި އެނާގެ އަންނައުނުތަށް ފެނުމުން އަވަހަށް ތެދުވެ ޖިންސު ލީތަނާ ޖީބުގައި އޮތްފޯނު ރިންގުވާންފެށިއެވެ. މާކިން ރަނގަޅަށް ދެލޯ ހުޅުވާލުމަށްފަހު ފޯނު ބާލާލިއިރު ނާޒިމް ގުޅަނީއެވެ. އޭރު ގަޑިން ހަތެއް ޖެހިއިރު އޭނާ ރިސޯޓަށް ދާން ޖެހޭކަން ހަނދާންވިއެވެ.

ނަމަވެސް އޭނާއަށް ރޭގައި ވީކަންތަކެއް މާ ބޮޑަކަށް ހަނދާނަކަށް ނައެވެ. ޒެރީންއާއި ވާހަކަދައްކަން ސޯފާގައި އިނދެފައި މި ކޮޓަރިއަށް އާދެވުނު ގޮތެއްވެސް ނޭނގުނެވެ. ރޭ ހަތަރުދަމު ގެޔަށް ނުދާކަން މިހާރު ނާޒިމްމެންނަށް އިނގޭނެއެވެ. އެ ސުވާލުތަކަށް އޭނާ ދެނީ ކޮންޖަވާބެއް ހެއްޔެވެ. އަނެއްކޮޅުން އޭނާގެ ބޮލަށް ބަރުވެފައިވާއިރު މޭ ނުބައި ކުރަމުން ދިޔައެވެ.

މާކިން އަވަހަށް ޓީޝާޓު ގަޔަށް މަހާލައިގެން އެތަނުން ނިކުތެވެ. މަގުމައްޗަށް ނިކުމެވުނުއިރު އިރުގެ އަލި މޫނަށް އެޅުމުން ދެލޯ ހުޅުވާލަން އުނދަގޫވެގެން ދިޔައެވެ. އޭނާ މިސްރާބު ޖަހާފައި ހުރި ޕާކުކޮއްފައި އޮތް އޭނާގެ ކާރާއި ދިމާއަށްށެވެ. އެތަނުގައި އެވަގުތު މީހުން ނެތުމުން އެ ހަނި ގޯޅިތެރެއިން ލާފައި މަގުމައްޗަށް ނިކުންނަން ދިޔައެވެ.

 ވަކި ހިސާބަކަށް ދެވުނުތަނާ ކައިރީގައި ހުރި ފާރުކަރިއަށް ގޮސް މާކިންއަށް ހޮޑުލެވުނެވެ. ތެދުވެ ހިންދެމެލިތަނާ ބޮލަށް ލުއިވެގެން ދިޔުމުން އަވަހަށް ކަރާއި ދިމާއަށް ދިޔައެވެ. މާކިން ކާރުގެ ދޮރުހުޅުވާލުމަށްފަހު ފެންފުޅިއެއް ނަގިއިގެން ފެންބޮއެ މޫނަށްވެސް ފެންއެޅިއެވެ. ރަނގަޅަށް ހަމައަކަށް އެޅުމުން އޭނާ އަވަހަށް ކާރު ދުއްވާލީ ގެއަށް ދިއުމަށްށެވެ. ނާޒިމްގެ ސުވާލުތަކާއި ކުރިމަތި ލާނީ ކިހިނެތްކަން ނޭނގުނުއިރު ރޭގައި ޒެރީން އެހެދީ ކިހިނެތް ކަމެއްވެސް އޭނާއަކަށް އޮޅުމެއް ނުފިލިއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހިތަކުން ނުފިލާނެ 20

Next

ހަވާތިފް….. 11 ވަނަ ބައި

Next
July 3, 2015

ހަވާތިފް….. 11 ވަނަ ބައި

Previews
July 3, 2015

ހިތަކުން ނުފިލާނެ 20

19 Comments!

  1. shyn says:
    July 3, 2015 at 4:03 pm

    Vrh reethi..when nxt prt… N me 1 first…heheh…

  2. axu says:
    July 3, 2015 at 4:16 pm

    V nice. BT story v kuru kan faahaga kurevey.

  3. aaku says:
    July 3, 2015 at 4:19 pm

    Wow

  4. cute says:
    July 3, 2015 at 4:23 pm

    very nice… when is the next?

  5. zaisha says:
    July 3, 2015 at 4:41 pm

    thank u. next part tmrw evening ga. 🙂

    1. cute says:
      July 4, 2015 at 10:06 am

      you are really good…

  6. elyshaa says:
    July 3, 2015 at 4:55 pm

    thnks zaisha , vvv rythi mi prt ves

  7. ishy says:
    July 3, 2015 at 6:20 pm

    v nice …waiting for next part

  8. azki says:
    July 3, 2015 at 6:22 pm

    Thanx Zai, Ehaa avahah up kohdhinyma 🙂
    mi part ves varah reethi 🙂
    and makin islahu vaakah dhen maagina dhuvahe nunagaane hen heevany

  9. bulbul says:
    July 3, 2015 at 7:47 pm

    Viber Reeth. So romantic

  10. finni says:
    July 3, 2015 at 8:53 pm

    vvvvvv reethi adhi komme dhuvahaku up kohdhey thi vvvvv happy vey…..keep it up…

  11. Rishmee says:
    July 3, 2015 at 10:06 pm

    Nice story…… but so short…..

  12. rash says:
    July 3, 2015 at 10:23 pm

    Very nice

  13. jenny says:
    July 3, 2015 at 10:35 pm

    V reethi mi part vzz

    1. naj says:
      July 4, 2015 at 12:32 am

      Reethi..maasha allah

  14. nonni says:
    July 4, 2015 at 10:55 am

    V v v nice

  15. naxhaa says:
    July 4, 2015 at 11:00 am

    Vahaka vara reethi

  16. love says:
    July 4, 2015 at 2:56 pm

    V salhi mi part vx.. waiting for next part..

  17. elyshaa says:
    July 4, 2015 at 4:30 pm

    mashaa Allah , vv rythi

Comments are closed.


All Right Reserved!