Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 20

BONDAY Level 210 Stories
July 3, 2015 3 Mins Read
9 Comments

” ސަޕްރައިޒް ކަމުދިޔަތަ..؟ ” ފާޒިން އައިސް މައިޝާގެ ފުރަގަހުން ބައްދާލުމުން މައިޝާ ދިޔައީ ސިއްސައިގެންނެވެ. މައިޝާ އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލީއެވެ. ފާޒިން މައިޝާ އޭނައާއި ވީފަރާތަށް އަނބުރާލިއިރު މައިޝާ ހުރީ އިސްޖަލާލައިގެން ދެއަތް ދެއަތާލައި މޮޑޭށެވެ. ފާޒިން މައިޝާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވާލައި މޫނުކައިރިކޮއްލުމުން މައިޝާއަށް ލޯމަރާލެވުނީ ބޭއިހްތިޔާރުގައެވެ. ފާޒިން ހިނިތުންވެލަމުން މައިޝާގެ ތުނިތުންފަތުގައި ބޮސްދީފައި ބަލާލިއިރު މައިޝާގެ މޫނުމަތިން ފެންނަން ހުރި ލަދުވެތިކަން ފިލައި ލޮލުގައިވި ވިދުން ބަދަލްވެއްޖެއެވެ. ލުލުއިލުއި ފަތްކޮޅެއްހެން މައިޝާގެ ހަށިގަނޑު އުފުލާލައިގެން ފާޒިން ގޮސް މައިޝާ އެނދުގައި ބޭއްވިއިރު ދެޖިސްމުގައިވެސް ހުޅުރޯވެ އަނދަމުން ދިޔައީ އިންތިހާއަށެވެ.

މައިޝާއަށް ހޭލެވުނުއިރު ފާޒިން ގަދަ ނިދީގައި ނިދާލާފައި އޮތެވެ. އޭރު ހެދުންތައްވެސް ހުރީ އެނދާ ދިމާލުން ތިރީގައެވެ. ފާޒިންއަށް ހޭލެވިދާނެތީ އެދުންވެސް ފޭބީ ވަރަށް މަޑުމަޑުންނެވެ. ބިންމަތީގައި ހުރި ހެދުންތައް ނަގާ ސޯފާ މައްޗަށް އުކާލަމުން މައިޝާ އަވަސް އަވަހަށް ގޮސް ވަނީ ފާހާނައަށެވެ. ހޫނުފެނުން ފެންވަރައިލައިގެން ނިކުތްއިރު މީހާ ހުރީ ވަރަށް ތާޒާ ވެފައެވެ. މަޑު މަޑު ރާގެއް އަޅުވާލައިގެން ހުރެ ފާހާނައިން ނިކުތްއިރު ފާޒިން އެނދުމަތީގައި އޮތީ ސީދާ މައިޝާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭރު މައިޝާ ހުރީ ގައިގައި ހަމައެކަނި ތުވާލި އޮޅާލައިގެންކަމުން ފައިގެ ބޮޑުބައެއްވެސް އޮތީ ހާޔަށެވެ. މައިޝާއަށް ހުރެވުނު ގޮތް ހަދާން ވުމުން އިސްޖަހާލެވުނީ ލަދުންނެވެ. މައިޝާ އިސްޖަހާލިތަން ފެނި ފާޒިންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ގާމަތީގައި އޮތް ކުއިލްޓް ނަގަމުން ފާޒިން މައިޝާއާއި ދިމާލަށް ހިނގައިގަތުމުން މައިޝާ އިސްއުފުލާ ބަލާލިއެވެ. ދެވަނަ ސިކުންތުގައި ފާހާނާގެ ދޮރާއި ދިމާލަށް މައިޝާ ބަލާލި ގޮތުންވެސް މައިޝާ ކަންތައް ކުރަން ރޭވިގޮތް ފާޒިންގެ ތަނަވަސް ސިކުނޑިއަށް ވިސްނިގެންދިޔައެވެ. ފަހަތަށް ދެފިޔަވަޅެއް އަޅާފައި ހުޅުވާފައި ހުރި ފާހާނާގެ ދޮރުތެރެއަށް މައިޝާ ދެމިގަތެވެ. އެކަމަށް ތައްޔާރުވެގެން ހުރި ފާޒިން މައިޝާ ދޮރުލެއްޕުނަނުދީ ހިފަހައްޓާލީ ހުށިޔާރުކަމާއެކުގައެވެ.

” އަދިވެސް އަހަންނަށް ފިލަންތަ ތިއުޅެނީ…! ” ފާހާނައިގެ ތެރޭގައި ހުރި މައިޝާގެ އަތުގައި ހިފަމުން ފާޒިން ބުނެލިއެވެ. އަދި މައިޝާގެ ލުއިލުއި ހަށިގަނޑު އުފުލާލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ.

” ފާޒިން މަންމަ މިހާރު އުޅޭނެކަންނޭގެ ބަދިގޭގައި…! ” ފާޒިންގެ ކައިރިން ސަލާމަތްވުމުގެ ގޮތުން މައިޝާ ބަހަނާއެއް ދެއްކޭތޯ ބެލިއެވެ. ނަމަވެސް ފާޒިން ލޮލުގައިވި މަސްތުކަންފެނި ހަތިޔާރު ބަހައްޓަމުން ފާޒިންގެ އެދުމަށް މައިޝާ އިޖާބަ ދިނީ އުފަލާއެކުއެވެ.

” ކޮބާ ފާޒިން…! އަދިވެސް ހޭނުލަނީތަ…؟ ” ކޮޓަރިން ނިކުމެގެން އައިސް ބަދިގެއަށް ވަތް މައިޝާފެނުމުން ވަދީފާ އަހައިލިއެވެ. އޭރު ސިފާ ރޮށިފިހަން ހުއްޓެވެ. މައިޝާއަށް ބަލާލާފައި ސިފާ ހިނިތުންވެލިއެވެ. އެވަގުތު މާލްއާއި ފަޒީލްއައިސް ބަދިގެތެރެއަށް ވަނެވެ. ފަޒީލް އައިސް ވަނުމުން ސިފާ ފަޒީލްއަށް ކޮފީތައްޓެއް ހަދަން ފެށިއެވެ. ސިފާ ކޮފީ ހަދަންފެށުމުން މައިޝާގޮސް ބާކީހުރި ރޮށިކޮޅު ފިހަންފެއްޓިއެވެ.

” ދައްތާ…! ތިއްތި އަދިވެސް ހޭނުލަނީތަ…؟  ” ރޮށި ފިހަންހުރި މައިޝާކަރީގައި މާލް އަހައިލިއެވެ.

” ދެން ތިއްތިބޭދައްތަ ކިޔާބަލަ…! މިހާރު އެއީ ދަރިފުޅުގެ ތިއްތިބޭދައްތައޭ…! ” ސިފާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. މާލް އޭރު ހުރީ ހިސާބަކަށް ލަދުގެންފައިކަން އޭނަގެ މޫނަށް ވެރިވެފައިވާ ކުލައިން އެނގެއެވެ.

” މާލް..! ދަރިފުޅާ ދޭބަލަ ތިއްތިބެއަށް ގޮވާލަން…! އެހެން ނޫނީ މެންދުރުވިޔަސް ނުތެދުވާނެ… ” ވަދީފާ ތަރުކާރީ ކޮށަން އިނދެފައި ބުނެލިއެވެ. ވަދީފާ އެހެން ބުނުމުން މާލް ފާޒިންގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.

” މާމާ…! ތަޅުލާފަ ހުރީ…! ތިއްތިއަށް މާލް ގޮވާ ގޮވާވެސް ދޮރެއް ނުހުޅުވި…! ” ދިޔަވަރަށް ވުރެ ބާރަށް ދުވެފައައިސް ވަދީފާކައިރީގައި ހުއްޓެމުން މާލް ބުނެލިއެވެ.

” ތިވާނީ ތިއްތި ފާހާނަޔަށް ވަނީކަމަށް…! އިރުކޮޅަކުން ނިކުންނާނެ…! ” ވަދީފާ ބުނެލިއެވެ. މާލްގޮސް ފައިހާ ކައިރީގައި އިށީނެވެ.

ކައިރީގައި ހުރި ފިހާރައަށް މިސްރާ ދިޔައީ މުނީރާ ބުނެގެން މިރުސް ކޮޅެއް ގަންނަން ވެގެންނެވެ. މީގެ ކުރިން އަބަދުވެސް ތާޒާކޮއް ހުންނަ މިސްރާގެ މޫނު ވަނީ މިލާފައެވެ. ނުނިދާ ރުއިމުގެ ސަބަބުން ދެލޯވެސް ވަނީ ދުޅަވެ ރަތްވެފައެވެ. ފިހާރައަށް ވަދެ މިރުސްކޮޅު ގަނެލައިގެން މިސްރާ ގެއާއި ދިމާލަށް ހިނގައިގަތްވަގުތު މިސްރާއަށް މީހަކު ގޮވާލުމުން ފަސްއެނބުރި ބަލާނުލާ ހުރީ ދަންނަ އަޑެއް ވައްތަރު ޖެހުމުންނެވެ. މިސްރާ ބަލާނުލުމުން ދެވަނަ ފަހަރަށްވެސް މިސްރާއަށް ގޮވާލުމުން މިސްރާ ފަސްއެނބުރި ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނި ހިނިތުންވެލެވުނީ އުފަލުންނެވެ.

” އިންމަ…! ކޮންއިރަކު ރާއްޖެއައީ…؟ ” ކުރިމަތީގައި ހުރި އިމާދު ފެނުމުން ހަގީގަތުގައިވެސް މިސްރާ ވަރަށް އުފާވިއެވެ. އިމާދުއަކީ އެންމެ ކުޑައިރުން ފެށިގެންވެސް މިސްރާމެންގެ ވަރަށް ގާތް އެކުވެރިއެކެވެ. އިމާދުގެ އާއިލާ މީހުން މީގެ ފަސްއަހަރު ކުރިން ލަންކާއަށް ދިރިއުޅުން ބަދަލްކުރިފަހުން ދިމާވިމީ ފުރަތަމަ ފަހަރެވެ.

” މިހާރު ދެދުވަސް ވަރުވެއްޖެ…! މުއާޒުއާއި ދިމާވުމުން ބުނި މިސްމެންވެސް މިހާރު އުޅެނީ މާލޭގައޭ…! އެހެންވެ މިސްމެންނާއި ދިމާނުވަނީސް ރަށަށްވެސް ނުދާންވެގެން މިހުންނަނީ….! ” ހިނިތުންވެލަމުން އިމާދު ބުނެލިއެވެ.

” އަޅޭ… އިންމަ ހާދަ ރަނގަޅޭ….! އާދޭ ގެއަށް ދާން… ކުޑީވެސް ވަރަށް އުފާވާނެ އިންމަ ފެނުނީމަ… ” މިސްރާ ހިނގައިގަންނަމުންބުނެލިއެވެ. އިމާދުވެސް ބޯޖަހާލަމުން މިސްރާގެ ފަހަތުން ހިނގައިގަތެވެ.

ރޮށިފިހެ ނިންމާލާފައި މައިޝާ ގޮސް ކޮޓަރީދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދެފަހަރަކަށް ޓަކިޖަހާލުމުން ފާޒިން ދޮރުހުޅުވާލިއެވެ. އޭރު މައިޝާގެ ފަހަތުގައި މާލްވެސް މަޑުކޮއްލައިގެން ހުއްޓެވެ. ފާޒިން ދޮރުހުޅުވާލުމުން މާލްދުވެފައިގޮސް ވެއްޓިގަތީ އެނދުމަށްޗަށެވެ.

” ހިނގާ ސައިބޯން…! ” އެނދުމައްޗައް އެއްލާފައި އޮތް ތުވާލިނަގާ ހަރުގަނޑުގައި އަޅުވާލަމުން މައިޝާ ބުނެލިއެވެ.

” މާލް ސައިބޮއިފިންތަ…؟ ” އެނދުގައި އޮށޯވެގެން އޮތް މާލްއަށް ބަލާލަމުން ފާޒިން ބުނެލިއެވެ. މާލް ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. ފާޒިން ރީތިވެލައިގެން ބޭރަށް ނިކުތީ މާލްވެސް ގޮވައިގެނެވެ.

” އަހަނ.. އިމާދު…! ކޮންއިރަކު އައީ…! ” ގެއަށް ވަދެގެން އައި އިމާދު ފެނުމުން މުނީރާ އަހައިލިއެވެ. އޭރު މިޝާ ޓީވީ ބަލަން އިނެވެ.

” ދެދުވަސް ވެއްޖެ…! މިޝާ ހާދަ ބޮޑުވެއްޖޭދޯ މިހާރު…! ” އިމާދުގޮސް މިޝާ ކައިރީގައި ހުރި ގޮޑިއެއްގައި އިށީނެވެ. މިސްރާ ގޮސް އިމާދުއަށް ސައިހަދާފައި ސައިބޯން ގޮވާލިއެވެ.

” ކޮބާ ދޮންތަ….؟ ” މައިޝާ ފެންނަން ނެތުމުން އިމާދު އަހައިލިއެވެ.

” ރޭގަ ދޮންތަ މީހަކާ އިނދެގެން ގޮއްސި…! ” މިސްރާ މޭޒުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.

” ކާކާ…؟ ” އިމާދު މިސްރާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

” މާލޭ މީހަކާ…! ” މިސްރާވެސް އިމާދާއެކު ސައިބޯންފެށިއެވެ.

” ފައިހާ ދެން އާދެބަލަ ސައިބޯން…! ” ގޮނޑިސެޓުގައި އިށިންދެގެން އިން ފައިހާއަށް ވަދީފާ ގޮވާލިއެވެ. އެވަގުތު ފާޒިން ކޮޓަރިން ނިކުތްތަން ފެނުމުން ފައިހާ އަވަހަށް ލެޕްޓޮޕް ބަހައްޓާފައި ސައިބޯން ދިޔައެވެ. ފައިހާ ފޮތްކިޔާ ވަގުތު ނޫނީ އަބަދުވެސް އިންނަނީ ލެޕްޓޮޕް ނޫނީ އައިޕެޑް ހިފައިގެންނެވެ.

ގޭގެ އެންމެންވެސް ސައިބުއިމަށްޓަކައި ގޮސް މޭޒު ދަށުގައި އިށީނެވެ. އެންމެންވެސް ސައިބޮއިނިންމާލައިގެން ތިބީ ޕާޓީގެ ވާހަކަ ދައްކާށެވެ. ފައިހާ ކިތަންމެ ދާން ބޭނުންވި ކަމުގައިވީނަމަވެސް ދާން ނުކެރިފައި އިނީއެވެ. އަރުސަދު އޭނަ ސައިބޮއިގެން އަންނަންދެން މަޑުކުރާނެ ވާހަކަ ބުނެފައި އޮތުމުންނެވެ.

ސައިބޮއި ނިންމާލައިގެން ފާޒިންއާއި ފަޒީލް ބޭރަށް ދިއުމުން މައިޝާ ބޭރަށް ނިކުތީ ބަގީޗާގައިވާ މާގަސްތަށް ބަލާލުމުގެ ބޭނުމުގައެވެ. މައިޝާ ބަގީޗާގައި ފޮޅިފައި ހުރި ފިނިފެންމާތަކުގައި ވަސްބަލަމުން ދިޔައިރު ވަދީފާ ގޭގެ ދޮރުމަތީގައި މައިޝާއާއި ދިމާލަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ. ގަސްތަށް ބަލަހައްޓާމީހާ ގަސްތަކަށް ފެންޖަހަން ތަންކޮޅެއްދުރުގައި ހުއްޓެވެ. ފަހަރަކު މަލެއްގައި ވަސްބަލާފައި މައިޝާ އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއްހެނެވެ. މައިޝާއަށް އޭނާ ނޫން އެހެންއެއްވެސް މީހަކުއެތަނުގައި ހުރިހެނެއް ހިޔެއްނުވެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހަވާތިފް…. 10 ވަނަ ބައި

Next

ހިތް ވިންދާނުލައި… (10)

Next
July 3, 2015

ހިތް ވިންދާނުލައި… (10)

Previews
July 2, 2015

ހަވާތިފް…. 10 ވަނަ ބައި

9 Comments!

  1. naj says:
    July 3, 2015 at 11:14 am

    Yay.me first….vvv reethi…but laahi..kon irakun next part?:-)

  2. nash says:
    July 3, 2015 at 11:20 am

    V reethi ekam lahee up vaaleh mi vaahaka..kon irakun next part othy

  3. shyn says:
    July 3, 2015 at 11:43 am

    Haadha lahey up kuraaleh… Ekam vrh reethi.. When next prt …

  4. ihthu says:
    July 3, 2015 at 12:35 pm

    Next part v avahah up kohladheynan…

  5. suzi says:
    July 3, 2015 at 1:10 pm

    Haadha Rom ey!!!!!!!!! Nyc.

  6. elyshaa says:
    July 3, 2015 at 1:37 pm

    vv reethi mi part ves , kon irakun next part

  7. Suma says:
    July 3, 2015 at 3:02 pm

    Thanks Ihthu… and mi part vara obi… vvv avaha next part up kohdhehchey.. :):)

  8. Enmesh says:
    July 3, 2015 at 7:42 pm

    vvvv rom…. waiting for the next part…..

  9. ifa says:
    July 3, 2015 at 8:35 pm

    haadha rom eyy dhwww….vr vr vr rythi ingey mi part…bt maa lahyy upL vaaleh!!!!

Comments are closed.


All Right Reserved!