Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 21

Ihthu
July 4, 2015
3 Mins Read
21 Comments

ފަހަރަކު މަލެއްގައި ވަސްބަލާފައި މައިޝާ އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއްހެނެވެ. މައިޝާއަށް އޭނާ ނޫން އެހެންއެއްވެސް މީހަކުއެތަނުގައި ހުރިހެނެއް ހިޔެއްނުވެއެވެ.

“މަންމާ…! ” ގޭގެ ދޮރުމަތީގައި މަޑުކޮއްލައިގެންހުރި ވަދީފާ ފެނުމުން މައިޝާއަށް ބޭއިހްތިޔާރުގައި ގޮވާލެވުނެވެ. އޭރު މައިޝާ ހުރީ ވަދީފާ ބަލަހައްޓައިގެން ހުރިގޮތުން ހިސާބަކަށް ލަދުވެސް ގެންފައެވެ. މާގަސް ތަކެއް ފެނިއްޖެނަމަ މައިޝާއަށް ވާގޮތް ހުދު އޭނައަށްވެސް ނޭގެއެވެ. ވަދީފާވެސް ހިނިތުންވެފައި ހުރެ އައިސް މައިޝާ ކައިރީގައި މަޑުކޮއްލިއެވެ.

” މަންމާ…! އަހަރެން މިގަހުން މަލެއް ބިނދެލިޔަސް މައްސަލައެއްނެތްތަ…! ” މައިޝާ ކައިރީގައި ހުރި ފިޔައިތޮށި ފިނިފެންމާގަސް ދައްކާލަމުން ބުނެލިއެވެ.

” މަންމައަށް މައްސަލައެއްނެތް….! ތިކަމާ އެއްޗެކޭ ބުންޏަސް ބުނާނީ ފާޒިން…! އޭނަ ވަރަށް ލޯބިން ހެއްދި ގަސްތަކެއްތީ….! ކިޔަވަންވެސް ދިޔައީ ގަސްތައް ބަލަހައްޓާނެ މީހަކު ގެނައިމަ….! ” ފާޒިންގެ ފަރާތުން އެނގިފައި ނުވާ ކަމެއްގެ ވާހަކަ ވަދީފާ ބުނެލިއެވެ.

” ފާޒިންއޭ…! ” ފާޒިންގެ ވާހަކަ ބުނުމުން މައިޝާއަށް ގަބޫލްކުރަން ދަތިވިއެވެ.

” އާނ…! ފާޒިންއެއް ނުބުނޭތަ….؟ ފާޒިންގެ މާމަވެސް ވަރަށް ފޯރި ހުންނާނެ ތިކަމަށް…! ތިހިރަ ގަރާޖުވެސް ބައްޕަޔަށް ހެދުނީ ހާދަވަރަކުންނޭ…! މާމަ އެއްގޮތަކަށް ގަބޫލެއްނުވި…! ” ވަދީފާ އެއާއިލާގެ ބައެއް ވާހަކަތަށް މައިޝާއަށް ކިޔައިދޭން ފެށީ އެއިން އެއްވެސް ކަމެއް މައިޝާއަށް ނޭނގޭކަން އެނގުމުންނެވެ.

” ކީއްވެ ގަރާޖް ހަދަން ގަބޫލް ނުވީ…؟  ” މައިޝާއަށް ވަދީފާ ދެއްކި ވާހަކައެއް ނުވިސްނުނެވެ.

” އެއީ މާމަ ކުރިން އެތަނުގައި ހުންނާނެ ވަރަށް ގިނަ ވައްތަރުގެ ގަސްތަށް ހައްދާފަ… އެހެންވެ..! ” ވަދީފާ ހިނިތުންވެލަމުން ބުނެލިއެވެ. ކުޑައިރުކޮޅެއްފަހުން މާލްއާއި ސިފާވެސް އައިސް ވަދީފާމެންކައިރީގައި މަޑުކޮއްލިއެވެ. ފެހިވިނަގަނޑު މަތީގައި ބަހައްޓާފައި ހުރި ބެންޗުގައި އެންމެން ވާހަކަ ދައްކަން ތިއްބާ ފާޒިންމެން އައިސް ގެއަށް ވަނެވެ.

” ޖޫރިމަނާ ވާވަރުގެ ކަމެއް ތީ….؟ ” ފާޒިންއަށް މައިޝާގެ އަތުގައި އޮތް ފިނިފެންމާ ފެނުމުން ފުރަތަމަވެސް ބުނެލީ އެހެނެވެ.

” މަންމަ ބުނީމެންނު ފާޒިން ވަރަށް ވަރުހުންނާނޭ…! ” ހިނިތުންވެލަމުން ވަދީފާ ބުނެލިއެވެ. މައިޝާވެސް ފާޒިންއަށް ބަލާލާފައި ހިނިތުންވެލިއެވެ.

” މައި އާދެބަލަ…! ” ފާޒިން ގެއާއި ދިމާލަށް ހިނގައިގަންނަމުންބުނެލިއެވެ. މައިޝާވެސް ވަދީފާމެންނަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ހިނގައިގަތެވެ. ފާޒިން މައިޝާއަންނަން ދެން މަޑުވެސް ކޮއްނުލާ ދިޔަގޮތަށްގޮސް ކޮޓަރިއަށްވަނެވެ. މައިޝާ ގޮސް ކޮޓަރިއަށްވަންއިރު ފާޒިންއެއް ފެންނާކަށްނެތެވެ. މައިޝާ ހީކުރީ ފާޒިން ފާހާނަޔަށް ވަންކަށެވެ. ނަމަވެސް އޭރު ފާޒިން ދޮރުފަތުގެ ނިވަލަށް ވަދެ ފިލާ ހުއްޓެވެ. މައިޝާ އެތެރެއަށް ވަނުމުން ފާޒިން ފުރަގަހުންގޮސް ބައްދާލިއެވެ. މައިޝާއަށް ސިހިފައި ހަޅޭލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ.

” ފާޒިން ކުރާ ކަންތަށް…! ކިރިޔާއެއްނު ބިރުންމަރުނުވީ….! ” މައިޝާ އެހުރިގޮތަށްހުރެ ބުނެލިއެވެ. ފާޒިން މައިޝާ އުފުއްލާލައިގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. މައިޝާ ކައިރީގައި އޮތް ބާލީސް ނަގާ މެޔާ ކައިރިކޮއްލީ އައްޑަނައެއް ގޮތަށެވެ. ފާޒިން މައިޝާގެ އަތުން ބާލިސް އަތުލާފައި މަޑުމަޑުން މައިޝާއާއި ކައިރިވިއެވެ.

” އަހަރެންގެ މާގަސްތަކުން މާބިނދެފައެއްނު ތިހިރީ… އޭގެ އަދަބު ވަރަށް ބޮޑުވާނެ..! ” ފާޒިންގެ މޫނު މައިޝާގެ މޫނާއި ކައިރި ކޮއްލަމުން ފާޒިން ބުނެލިއެވެ.

” ދަރިފުޅާ ފާޒިން… ބައްޕަ އެބަހޯދާ…! އާދެބަލަ މައިޝާވެސް ގޮވައިގެން…! ” ވަދީފާއައިސް ދޮރުގައި ޓަކިދެމުން ބުނެލިއެވެ.

” ދެން ބައްޕަވެސް ދޯ..! މިގަޑީގަތަ އަންނަން އެނގުނީ…! ” ފާޒިން އަތުން ބޮލުގައި ފުނާއަޅާލަމުން ބުނެލިއެވެ. މައިޝާ އެއޮތްގޮތަށް ފާޒިންއަށް ބަލަހައްޓައިގެން ހެވިފައި އޮތީއެވެ.

” އަދިވެސް އޮތީތަ…! ” ފާޒިން މައިޝާގެ އަތުގައި ހިފައި ނަގަމުންބުނެލިއެވެ. މައިޝާވެސް ލޯގަނޑު ކުރިމަތީގައި ހުއްޓި އިސްތަށިގަޑު ރީތިކޮއްލުމަށްފަހު ފާޒިންގެ ފަހަތުން ހިނގައިގަތެވެ. ފާޒިންމެން ނިކުތްއިރު އާމިރުއާއި ވަދީފާ ގޮނޑިސެޓުގައި މަޑުކޮއްލައިގެންތިއްބެވެ. އޭރު ފައިހާވެސް ފޮތެއް ހިފައިގެން ކިޔަންއިނެވެ.

” މިއޮތީ ދަރިފުޅަށް ބައްޕައާއި މަންމަގެ ފަރާތުން ދޭ ހަދިޔާ…! ” މައިޝާއާއި ދިމާލަށް ސިޓީއުރައެއް ދިއްކޮއްލުމުން ވަދީފާ ބުނެލިއެވެ.

” ކޯޗެއްމީ…! މަށަކަށް ނެތްތަ އެކައްޗެއްވެސް…! ” މައިޝާ އެސިޓީއުރައިގައި ހިފުމުގެ ކުރިން ފާޒިން ވަދީފާގެ އަތުން އެސިޓީއުރަ ޖަހައިގަންނަމުން ގޮނޑިސެޓަށް ވެއްޓިގަތެވެ. ފާޒިން އެސިޓީއުރަށް ބަލާލުމުން އޭގައި އޮތީ ކޯޗެއްކަން އޭނައަށް އެނގުނެވެ. އެހެންވެ އަވަސް އަވަހަށް މައިޝާގެ އަތަށް އެސިޓީއުރަ ދިނީ މައިޝާ ލައްވާ އެކެޑުވުމުގެ ބޭނުމުގައެވެ.

” ކޮންތަނަކަށް…؟ ” މައިޝާ ސިޓީއުރަ ކަނޑާލާފައި ދެ ޓިކެޓް ނެގުމުން ފާޒިން އަހައިލިއެވެ.

” އިޓަލީއަށް… ” ފާޒިންގެ އަތަށް ޓިކެޓް ދިއްކޮއްލަމުން މައިޝާ ބުނެލިއެވެ.

” އަވަހަށް ދޭ ތައްޔާރުވާން…! މިރޭ ނުވައެއް ޖަހާއިރު ފުރަންޖެހެއޭ….! ” ވަދީފާ ހިނިތުންވެލަމުން ބުނެލިއެވެ. މައިޝާ އިސްޖަހާލައިގެން އިނީ ލަދުންނެވެ. ފާޒިންއަށް އެކަން ވިސްނިގެން މައިޝާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިމާލަށް ހިނގައިތެވެ.

” ފާޒިން…! ހަވީރުވާނެ މަންމަމެންގެއަށް ގޮސްލަން… ” ފާޒިންގެ ގަމީސްތަށް އިސްތިރިކުރަން ހުރެފަ މައިޝާ ބުނެލިއެވެ. އޭރު ފާޒިން ސޯފާގައި އޮތީ ލެޕްޓޮޕް ހުޅުވާލައިގެންނެވެ.

” މައި…! ކޮން ގައުމަކަށް އެންމެ ދާހިތްވަނީ…..؟ ” އިޓަލީގެ ދެކޮޅު ޓިކެޓު ނަގާފައި އޮތްކަމުގައި ވީނަމަވެސް ފާޒިން ބޭނުންވީ މައިޝާ ބޭނުން ގައުމަކަށް ދާށެވެ.

” އެހެން ބުނާކަށް ނޭގެ… ނިއުޒިލެންޑްވެސް ވަރަށް ސަޅި….! ” މައިޝާ އައިސް ފާޒިންގެ ކައިރީގައި އިށީންދެލަމުން ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. މިސްރާ ތައްޔާރު ވަމުންދިޔައީ އިމާދުއާއި އެކު ބޭރަށް ދާށެވެ. އޭރު މުނީރާވެސް މިޝާ ގޮވައިގެން ފާޒިންމެންގެއަށް ދާން ތައްޔާރުވަނީއެވެ. ގޭގެ ބެލް ޖަހާލިއަޑަށް މިޝާ ގޮސް ދޮރުހުޅުވާލިއިރު މައިޝާމެން ދޮރުމަތީގައި ތިއްބެވެ.

” ދޮންތާ…! މަންމާ ދޮންތަ އައިސްސި… ” މިޝާ މައިޝާގެ ގައިގައި ބައްދާލަމުން މުނީރާއަށް ގޮވާލިއެވެ. މުނީރާވެސް ކޮޓަރީގައި ރީތިވަންހުރެފައި ބޭރަށް ނިކުތީ މިޝާގެ އަޑަށެވެ. މުނީރާގެ ފަހަތުން ކަހަލަ ގޮތަކަށް މިސްރާވެސް ނިކުތެވެ. މިސްރާ ހުރީ ބުރުގާ ނާޅާކަމުން ފާޒިން ފެނުމުން މިސްރާ އަވަހަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތީއެވެ.

” މަންމަމެންވެސް އަދި ދަރިފުޅުމެންކައިރިއަށް ދާން މިތައްޔާރުވަނީ… ބައްޕަވެސް އަންނާނެ އިރުކޮޅަކުން…! ” މުނީރާ އައިސް މައިޝާގެ ގައިގައި ބައްދާލިއެވެ.

” މަންމަ އަންނާނަން ސައިބޯން ހެދިކާކޮޅެއް ގަނެގެން…! ” މުނީރާ އޭނަގެ އަތްދަބަހުން ލާރިއެއް ނަގައިގެން ގެއިން ނިކުންނާން ދަމުން ބުނެލިއެވެ.

” ކީއްވެ މަންމަ ކައިރީގައި ނުބުނީ… ” މުނީރާ ނިކުމެގެން ދިއުމުން ފާޒިން ބުނެލިއެވެ.

” އަދި ބުނާނަމޭ…! ” މައިޝާ ފާޒިންގެ ނޭފަތުގައި ހިފާލަމުން ތެދުވެގެންގޮސް ވަނީ ކޮޓަރިއަށެވެ. އޭރުވެސް މިސްރާ ރީތިވަން ހުއްޓެވެ.

” ކޮންތަނަކަށް ދާންތަ މާރީއްޗެއްތިވަނީ…؟ ” މައިޝާ އައިސް މިސްރާގެ ކައިރީގައި މަޑުކޮއްލަމުން ބުނެލިއެވެ.

” އިންމައާއެކު ބޭރަށް ގޮސްލަންވެގެން…! ” މިސްރާ ބޮލުގައި ފުނާއަޅަމުން ބުނެލިއެވެ.

” ކޮންއިރަކު އިންމަ އައީ…! ” މައިޝާގޮސް އެނދުގައި އިށީންނަމުން ބުނެލިއެވެ.

” ބުނީ ދެތިން ދުވަހެއް ވެދާނެއޭ މާލެ އައިތާ…! ” މިސްރާ ބޮލަށް ބުރުގާ ހެޔޮވަރު ކޮއްލަމުން ބުނެލެވެ.

” ދަރިފުޅާ މައިޝާ…! ފާޒިން އެކަންޏެއްނު އެއިނީ ސިޓިންގްރޫމްގައި…! ” ކޮޓަރީގެ ދޮރު ހުޅުވާލާފައި މުނީރާ ބުނެލީ ތަންކޮޅެއް މަޑުންނެވެ. މުނީރާ އެހެންބުނެފައި ދޮރުލައްޕާލާފައި ނިކުތީއެވެ. މުނީރާ ދިއުމުން މައިޝާ ބޭރަށް ނިކުތްއިރު ފާޒިން އޭނަގެ ފޯނުން ކޮންމެވެސް ގޭމެއް ކުޅެއް އިނެވެ.

” ރުޅި އައީތަ….؟ ” މައިޝާގޮސް ފާޒިންގެ ކައިރީގައި އިށިންނަމުން ބުނެލިއެވެ. ފާޒިން ބަހެއް ނުކިއުމުން މައިޝާ ގޮސްވަނީ ބަދިގެއަށެވެ. އޭރު މުނީރާ ސައިގިރަން ހުއްޓެވެ. ސައި ތައްޔާރުކޮއް ނިންމާފައި މުނީރާ ގޮސް ފާޒިން ކައރީގައި ސައިބޯން އަންނަން ބުނީ މައިޝާގެ އެދުމުގެ މަތިންނެވެ. ފާޒިން ބަދިގެ ބަޔަށް ވަތްއިރު މައިޝާ ތަށިތަކަށް ފެންއަޅަން ހުއްޓެވެ. ފާޒިން ބަލާލި ގޮތުން މައިޝާއަށް އިސްޖަހާލެވުނީ ޖެހިލުންވި ވަރުންނެވެ.

42
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ihthu

Other Articles

Previous

ހަވާތިފް….. 11 ވަނަ ބައި

Next

ހިތް ވިންދާނުލައި… (11)

Next
July 4, 2015

ހިތް ވިންދާނުލައި… (11)

Previews
July 3, 2015

ހަވާތިފް….. 11 ވަނަ ބައި

21 Comments

  1. zai says:
    July 4, 2015 at 10:40 am

    Aneh part uo vaany koniraku? Mi part ves reethi. Bt vara kuru.

  2. zai says:
    July 4, 2015 at 10:40 am

    Up*

  3. ihthu says:
    July 4, 2015 at 10:45 am

    Thanks zai… next part monday ge kurin up kohdhevey thw balaanan…

  4. me says:
    July 4, 2015 at 11:15 am

    varah reethi ,,,,,avas

  5. naxhaa says:
    July 4, 2015 at 11:23 am

    Me vaahaka vara reethi but up kolaale laheeee

  6. zaa says:
    July 4, 2015 at 11:36 am

    V salhi avas koh up kohdhehchey

  7. naj says:
    July 4, 2015 at 12:06 pm

    thnks avaha up kondhineythy..vv reethi

  8. Rishmee says:
    July 4, 2015 at 12:38 pm

    Nice mi part vex… but maakuru vefe up kohlaa ge lahy

  9. Rishmee says:
    July 4, 2015 at 12:38 pm

    Goh*

  10. ihthu says:
    July 4, 2015 at 1:02 pm

    thanks all

  11. butterfly says:
    July 4, 2015 at 1:16 pm

    V nice mi part ves avahah next part up kohladhy miahvuren dhigukoh
    ……… I love this story….

  12. nazi says:
    July 4, 2015 at 2:06 pm

    vvvvv reethi vara ufaavejje avaha up kolladhineema unmeedhu kuran thigotha vaahaka kuriya dhaanekama thanks so much ihthu ♥

  13. Suma says:
    July 4, 2015 at 2:29 pm

    Thankx ihthu ehaa avaha mi part up kohdhineema.. next part ves avaha up kohdhehchey.. vara kiyaa hiy vefa huhtaa mi bai nimmaalee thi.. waiting 4 next part..

  14. ihthu says:
    July 4, 2015 at 3:05 pm

    Thanks butterfly , nazi and suma…

  15. naaz says:
    July 4, 2015 at 5:57 pm

    V.nice

  16. naaz says:
    July 4, 2015 at 5:57 pm

    V.nice

  17. ihthu says:
    July 4, 2015 at 6:09 pm

    Thanks naaz

  18. mako says:
    July 4, 2015 at 10:43 pm

    v las upload vaaleh

  19. shiha says:
    July 5, 2015 at 8:38 pm

    Alhey haadha lahey up kuraaleh… v nice nge… plx thankolheh avahah up kohdhybo!

  20. Suma says:
    July 6, 2015 at 12:12 pm

    Ihthu koba aneh part?? Mi Monday ennu.. plx make it fast.. i want to read.. 🙂

  21. elyshaa says:
    July 6, 2015 at 5:12 pm

    ihthu kobaa next part , ?

Comments are closed.

All Right Reserved!