Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވާތިފް…. 10 ވަނަ ބައި

Hoody Level 310 Stories100 Comments
July 2, 2015 7 Mins Read
76 Comments

އޮފީހަށް ވަން ޔައީޝްއަށް ލިބުނީ ހައިރާން ކަމެކެވެ. އޮފީހުގައި އެއްވެސް މީހަކު ނެތެވެ. ރިޝެޕްޝަން ވެސް ހުރީ ހުސްކޮށެވެ. އެކި ތަންތަނަށް ނަޒަރު ހިންގަމުން އައިސް ޔައީޝް އޭނާގެ ކެބިން ކައިރި މަޑުކޮށްލިއެވެ. ކެބިން އަށް ވަނުމުގެ ކުރިން އޭނާ ޖެހިގެން ހުރި ކެބިންގެ ތެރެ ވެސް ބަލާލިއެވެ. އެތަން ވެސް ހުރީ ހުސްކޮށެވެ. ހިތުގައި ސުވާލު އުފެދެމުންދިޔައެވެ. މިއަދު މީ ކޮން ދުވަހެއް ތޯ ޗެކް ކޮށްލުމައްޓަކައި ފޯނުވެސް ބަލާލެވުނެވެ. މިއަދު މީ ހަމަ ރަސްމީ ދުވަހެކެވެ. އަނެއްކޮޅުން އެއްވެސް މީހަކު ނެތިސް އޮފީސް ހުޅުފާވައެއްވެސް ނުހުންނާނެއެވެ. އެހެން ކަމުން އޮފީހުގެ މުވައްޒަފުން އައިސްފައި ވާކަން ޔަގީން ކުރެވުނެވެ.

ކުޑަކޮށް ވިސްނާލުމަށްފަހު ޔައީޝް އޭނާގެ ކެބިންގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެއާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ.

“ހެޕީ ބާރތް ޑޭ ޔައީޝް!!” ހުރިހާ މުވައްޒަފުން އެއް އަޑަކުން ބުނެލިއެވެ. ޔައީޝް ހައިރާން ކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުރެވުނީއެވެ. މިއަދު މީ އޭނާގެ އުފަން ދުވަސް ކަން ޚުދު އޭނާ ވެސް ހަނދާނެއް ނެތެވެ.

މުޅި ކެބިން ތެރޭގެ އެކި ދިމަދިމާލުގައި ވަނީ ހުސް ރަތް ކުލައިގެ ފުއްޕާ ހަންތަކެވެ. ޔައީޝްގެ މޭޒުމަތީގައި ޗޮކްލެޓް ކޭކެއް ބަހައްޓާފައި ހުއްޓެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރި ހިނިތުންވުމެކެވެ. މި ހުރިހާ މަންޒަރުތަކަށް ބަލަން ޔައީޝް އަށް ހުރެވުނީ ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ.

“ޔައީޝް! ކިހިނެއް ވެފަ ތި ހުންނަނީ!” ފަޒީލް އައިސް ޔައީޝްގެ ކޮނޑަށް އަތް ވައްޓާލުމަށްފަހު އޭނާ ގެ މޭޒާ ދިމާއަށް ހިނގައިގަތެވެ. “ހިނގާ އަވަހަށް ކޭކު ފަޅަން!!”

އެންމެންވެސް ހަމަ ހިމޭންވެފައި ތިބީ ކޮންމެވެސް ކަމަކަށް ރެޑީވެގެން ތިބޭ ކަހަލަ ގޮތަކަށެވެ. ޔަގީނެވެ. އެއުޅެނީ ޔައީޝްއަށް ލަނޑެއް ދޭންވެގެންނެވެ.

ޔައީޝް އައިސް ކޭކު ކައިރިއަށް މަޑުކޮށްލުމާއެކު އެންމެ ކައިރީގައި ހުރި ސަމީމާ ޔައީޝްގެ މޫނުމަތީ އަތް ހައިކައިގަތެވެ. ލިބުނު ސިހުމުގެ ސަބަބުން ޔައީޝްއަށް ފަހަތަށް ޖެހިލެވުނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނީ އެންމެން ހޭން ފެށުމުންނެވެ. އޭނާ މަޑުމަޑުން މޫނުގައި އަތް ހާކާލުމަށްފަހު އަތަށް ބަލާލިއެވެ. އެއާއެކު އޭނާ ގާތަށްވެސް ހިނިއަތުވެއްޖެއެވެ.

ޔައީޝްގެ މުޅި މޫނުމަތީ ވަނީ ރަތް ކުލައެވެ. ހުރިހާ މުވައްޒަފުންނާއެކު އެ ދުވަހު ޔައީޝް ހޭދަކުރީ އުފާވެރި ވަގުތު ތަކެކެވެ. ގިނަ ދުވަސްތަކަކަށްފަހު ޔައީޝްގެ ކުރީގެ އުޅުމަށް އަނބުރާ ރުޖޫޢަވިއެވެ. އޭނާގެ ޙަޔާތުގައި ކުރިމަތިވި ހިތްދަތި ހާދިސާތަކަށްފަހު، އަނެއްކާވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެ ދުވަހުއެވެ. ހުރިހާ މުވައްޒަފުން ވެގެން ޔައީޝްގެ އުފަންދުވަސް ފާހަގަކުރީވެސް މި ބޭނުމުގައެވެ. އޮފީހުގެ ކޮންމެ މުވައްޒަފަކުވެސް ޔައީޝް ދެކެ ލޯބިވަމުންދިޔައީ އާއިލާގެ މެންބަރެއް ފަދައިންނެވެ. ޔައީޝްގެ ކިބައިގައިވާ ރިވެތި އާދަތަކާއި އަޙުލާޤުގެ ސަބަބުން ހަމަ ކޮންމެ މީހަކުވެސް ޔައީޝްއަށް އިޚްތިރާމް ކުރެއެވެ. އޮފީހުގެ ބޮސްވެސް ޔައީޝްއާއެކު ހީ ސަމާސާ ކުރުމުގައި ބައިވެރިވެގެން އުޅުނެވެ.

***

“އައްދިއްޔޯ!!” ބަރތްޑޭ ސެލެބްރޭޝަން އަށް ފަހު ހުރިހާ މުވައްޒަފަހުން ކެބިން އިން ނުކުމެގެން ދިއުމުން ޔައީޝް އޭނާގެ ގޮނޑީގައި ހަމަޖެހިލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “މަ މަރައިފި!!”

“ކޮބާ ކިހިނެއް ވަނީ ސަޕްރައިސް؟” ފަޒީލް ޔައީޝްގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު އަހާލިއެވެ.

“ވަރަށް ސަޅި! ކާކުގެ އައިޑިއާއެއްތަ!؟”

“އެންމެންގެ! ކަލޭ ހަފްތާއެއް ފަހުން އޮފީހަށް ނުކުންނަން އުޅޭތީ ހުރިހާ އެންމެން ތިބީ ވަރަށް އުފަލުން! ކަލޭ ނުކުންނަން އޮތް ދުވަހަކީ ކަލޭގެ އުފަން ދުވަސް ކަން އެނގުނީ މާ ފަހުން! އެހެންވެ އެންމެން ވެގެން އަވަސް އަވަހަށް ރެޑީ ކޮށްލީ!” ފަޒީލް ބުންޏެވެ. ޔައީޝް ޓިޝޫއަކުން މޫނު ފުހެލުމަށްފަހު ލޯ މަރާލަމުން ގޮނޑީގައި ލެނގިލިއެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް ތަސްވީރުވެގެން ދިޔައީ ޝިއާނާގެ މުށި ކުލައިގެ ދެ ލޮލެވެ. ޔައީޝް އަވަސް އަވަހަށް ލޯ ހުޅުވާލިއެވެ. އެއިރު އޭނާގެ ހިތުގެ ތެޅުން ވަނީ އިހުނަށްވުރެ ބާރުވެފައެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ އޭނާ ރަނގަޅަށް ނުވެސް ދަންނަ އަންހެން ކުއްޖަކާމެދު އޭނާއަށް ހިޔާލު ކުރެވެންވީ ކީއްވެހެއްޔެވެ؟ ޝިއާނާ އަކީ އަނެއްކާ މީހެއްގެ އަންބެއްވެސް މެއެވެ. މި ފަދަ ހިޔާލުތަކެއް ޔައީޝްގެ ސިކުނޑިއަށް ވެރިވުމާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ކަލޭ ކޮން ކަމަކާ ތި ހިނިއަންނަނީ؟” ޔައީޝްގެ ހަރަކާތްތަކަށް ބަލަން އިން ފަޒީލް ލާނެއް ރާގަކަށް ބުނެލިއެވެ.

“އޭނ؟؟ ނޫން! ކަމެއް ނުވޭ!!” ޔައީޝް އަވަސް އަވަހަށް ބުނެލިއެވެ.

“އުހުން!!! ކޮންމެވެސް ކަމެއް ވެއްޖެ!” ފަޒީލް ދުލެއް ނުކުރިއެވެ. “އަނެއްކާ އަނެއް ފަހަރަށް ކުއްޖަކު ކަލޭގެ ހިތް ދަމައިގަތީތަ؟”

ޔައީޝް ހިނިގަނޑެއް ޖަހާލީ، ފަޒީލް އެ ބުނީ މުޅިއަކުން ދޮގަކަށް ނުވާތީއެވެ. ގަބޫލު ކުރަން ކިތަންމެ ބޭނުން ނުވިކަމުގައި ވިއަސް ޔައީޝްގެ ހިތުގައި ޝިއާނާއަށް ކޮންމެވެސްކަހަލަ ހާއްސަ މަގާމެއް ދެވިއްޖެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އިތުރު “ހާދިސާތަކެއް” ނުހިނގާނެ ބާއެވެ؟ ޝިއާނާއަށް ފާރަލަމުން ދާ އެހެން މަހުލޫގެއްވެސް އެބައުޅެއެވެ……

***

ހެނދުނު އަރައިގެން އައި އިރުގެ ރަން ދޯދިތަށް، ހުޅުވިފައި ހުރި ކުޑަދޮރުން ކޮޓަރިތެރެއަށް އެޅިގެން ދިޔައެވެ. ކޮޓަރީގެ ކަނަކަށް ބިތްޖެހިފައި އިން ޝިއާނާއަށް އިނީ ނިދިފައެވެ. އަނގަމަތީ ޓޭޕު އަޅާފައި އޮތްއިރު ދެއަތް ވަނީ ފުރަގަހަށް ވާގޮތަށް ބަނދެލާފައެވެ. ނޭފަތުން ފޭބި ލޭތަކުން، ލާފައި ހުރި ހެދުން ކަޅިވެފައި ވެއެވެ. ރޭ ހަތަރު ދަމު ރުއިމުގެ ސަބަބުން، ދެލޯ ވަނީ ދުޅަވެފައެވެ. ދެލޮލުން ފޭބި ކަރުނަތައް، ރޮނގެއްގެ ސިފައިގައި ޝިއަނާގެ އޮމާން ކޯތާފަތްމަތީ ފާހަގަ ވާން ހުއްޓެވެ.

އަވީގެ ހޫނުކަން އިހުސާސްވާން ފެށުމާއެކު ޝިއާނާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ވަރުބަލިކަމާއެކު ދެލޯ ހުޅުވާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުންނާއި ހަމަ ނިދި ނުލިބުމުގެ ސަބަބުން ދެލޮލުގެ ހުދުބައި ވަނީ ރަތްވެފައެވެ.

ޝިއާނާ މަޑުމަޑުން ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އެއިރު މާހިލް އެނދުގައި ގަދައަށް ނިދާފައި އޮތެވެ. ނަމަވެސް ޝަލިނީއެއް ފެންނާކަށްނެތެވެ. ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެއިން އިވޭ ހަމަ އެކަނި އަޑަކީ ފަންކާ އެނބުރެމުންދިޔަ އަޑެވެ.

އޭގެ އިރުކޮޅެއް ފަހުން އިކާން ހޭލައިގެން ރޯންފެށިއެވެ. ޝިއާނާ އަވަސް އަވަހަށް އެތަނުން ތެދުވެވޭތޯ މަސައްކަތް ކުރަންމުދިޔައެވެ. ފުރަގަހަށް އަތް އައްސާފައިވުމުން އޭނާއަށް ކޮޅަށް ތެދުވެވުނީ ވަރަށް އުނދަގުލުންނެވެ.

އަވަސް ފިޔަވަޅުތަކެއްގައި ޝިއާނާ ގޮސް އިކާންގެ ކުޑަ އެނދުކައިރިއަށް ހުއްޓިލިއެވެ. އެއިރު އިކާން ދިޔައީ އަޑުން އަޑުނަގާ ރޮމުންނެވެ. ނަމަވެސް ޝިއާނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާގެ އަތް ވަނީ ހައްޔަރު ވެފައެވެ. އެންމެ ކުޑަމިނުން ދަރިފުޅު މަސަލަސް ކޮށްލުމައްޓަކައި އަނގައިންވެސް ބުނެވޭކަށްނެތެވެ. އިކާންގެ ރުއިމުގެ އަޑުން ޝިއާނާގެ ހިތް ކުދިކުދި ވަމުންދިޔައިރު އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެންމެ ފަހުން އޭނާއަށް މަޖުބޫރު ވީ ނިދާފާއި އޮތް މާހިލް ހޭލައްވާލާށެވެ.

ޝިއާނާ އެނދުކައިރިއަށް ޖެހިލުމަށްފަހު އެނދުގެ ފިލާގަނޑުގައި ކަކުލުން ޖަހާލިއެވެ. ނަމަވެސް މާހިލް ނުހޭލިއެވެ. އޭނާ އަނެއްކާވެސް ދެތިން ފަހަރަކު ތަންކޮޅެއް ބާރަށް ޖަހާލިއެވެ.

“ކިހިނެއްވަނީތަ؟ އެއޮއް ބީތާ އަނގަމަތީ ނުޖަހަނީސް މައިތިރި ކޮށްބަލަ!!” މާހިލް ލޯ ހުޅުވާލަމުން ޝިއާނާ އާ ދިމާއަށް ހަޅޭލަވައިގަތުމަށްފަހު މޫނުމަތީ ބާލީސް އަޅައިގެން އަނެއްކާވެސް ނިދީއެވެ. އިކާންގެ ރުއިމުގެ އަޑުން މާހިލް އަށް އުނދަގޫވާފަދައެވެ. އެހެން ގޮތެއް ހޯދަން ޝިއާނާއަށް މަޖުބޫރު ވީ އެހާހިސާބުންނެވެ.

ޝިއާނާ ކޮޓަރީގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގާލީ އޭނާގެ އަތުގައި އޮޅާފައި އޮތް ޓޭޕުގަނޑު ކަނޑާލެވޭކަހަލަ އެއްޗެއް ފެނޭތޯއެވެ. ޑްރެސިން ޓޭބަލް މަތީ އޮތް ކަޓަރު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.

ޑްރެސިން ޓޭބަލް ކައިރިއަށްގޮސް ފުރަގަހުން ވަރަށް މަސައްކަތުން ކަޓަރު ނެގުމަށްފަހު މަޑުމަޑުން ޓޭޕުގަނޑުގައި ކަޓަރުގެ ތިލަ ކާއްތަން ފެށިއެވެ. އަތް ތުރުތުރު އަޅަމުންދިއުމުގެ ސަބަބުން އެއްފަހަރު އަތުން ކަޓަރު ދޫވެގެން ވެއްޓުނުވެސްމެއެވެ. ނަމަވެސް ހިތްވަރު ދޫނުކޮށްލާ އޭނާ އަނެއްކާވެސް ތިރިވުމަށްފަހު ކަޓަރު ނަގައި މަސައްކަތް ފެށިއެވެ. ނަތީޖާ އަކަށްވީ އޭނަގެ އަތް މިނިވަންވުމެވެ.

އަނގަމަތީ ތަތްކޮށްފައި އޮތް ޓޭޕުގަނޑު ނައްޓުވާލަމުން ޝިއާނާ އަވަސް އަވަހަށް ގޮސް އިކާން އުރާލިއެވެ. ރޮމުންދިޔަ އިކާން ކޮނޑުމަތީ ބާއްވައިގެން މަސަލަސް ކުރަމުންދިޔައިރު، ޝިއާނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުންދިޔައެވެ. މިއީ އޭނާ ދުވަހަކުވެސް ދިރިއުޅުމުގައި ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަންތައްތަކެއް ނޫނެވެ. ނަމަވެސް މި ކަހަލަ އެތައް ކަމަކާއި ކުރިމަގުގައި ދިމާވާނެ ކަން ޝިއާނާއަށް އެނގި ކަށަވަރު ވެއްޖެއެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް އަމަލު ކުރިކަމުގައިވިއަސް ލޯބިވާ ދަރިފުޅު އިކާން އާ ދުރަށްދާން ޖެހިއްޖެ ނަމަ އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ.

އިކާން ރުއިން ހުއްޓާލުމާއެކު ޝިއާނާ ގޮސް ފާހާނައަށް ވަނީ އިކާން ފެންވަރުވާލުމައްޓަކައެވެ. ފާހާނައިގެ މޫނު ބަލާ ބިއްލޫރިގަނޑުން އަމިއްލަ ސޫރަ ފެނުމާއެކު ޝިއާނާއަށް ހުއްޓެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ތަންކޮޅެއް ރަނގަޅަށް ބަލާލީ ކޮންމެވެސް ކަހަލަ ތަފާތުކަމެއް އިހުސާސް ވެގެންނެވެ.

ނިތްކުރިމަތިން ފަޅައިގެން ގޮސްފައި ހުރިތަން ފެންނަން ނެތުމާއެކު ޝިއާނާގެ ހައިރާން ކަން އިތުރުވެގެން ދިޔައެވެ. އޭނާ ބިއްލޫރިގަނޑު ކައިރިއަށް ޖެހުލުމަށްފަހު ވަރަށް ރަނގަޅަށް ނިތްކުރިއަށް ބަލާލިއެވެ. ނަމަވެސް މިހާރު އެންމެ ކުޑަމިނުން ލަކުނެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ދެން ޝިއާނާ ބަލާލީ އަތުގެ މުލައްދަނޑިއަށެވެ. އެތަންވެސް ވަނީ އެއްކޮށް ފަސޭހަވެ ރަނގަޅުވެފައެވެ. ރޭ ނިދަން އޮތްއިރުވެސް އެތަންތަން ހަލާކުވެފައި ހުރި ހަނދާން ޝިއާނާވެއެވެ. ނަމަވެސް……

އެއީ ކިތަންމެ ވަރަކަށް ވިސްނިއަސް ޖަވާބު ލިބޭނެ ސުވާލުތަކެއް ހެއްޔެވެ؟ ޝިއާނާ އިކާން ފެންވަރުވަން ފެށިއިރުވެސް ސިކުނޑިތެރޭ އެނބުރެމުންދިޔައީ އެ ހިޔާލުތަކެވެ. އެހެން ވާން ޖެހުނު ސަބަބެއް ހަމަ އެއްގޮތަކަށްވެސް ޝިއާނާގެ ސިކުނޑިއަކަށް ނައެވެ.

އިކާން ފެންވަރުވާ ރީތި ކުރުވުމަށްފަހު ޝިއާނާ އެކޮޓަރިން ނުކުތް އިރުވެސް މާހިލް ހަމަ އެ އޮތް ގޮތަށް  ނިދާފައި އޮތެވެ. އޭނާގެ ވަޒީފާ މަތިންވެސް ހަނދާން ނެތް ފަދައެވެ. ވާނީވެސް އެހެންނެއް ނޫންހެެއްޔެވެ؟ އެއަށްވުރެ އޭނާގެ ހިތުގައި ރަސްކަން ކުރަމުންދިޔަ ޝާލިނީގެ ބާރު މާގަދަ އެވެ.

ޝިއާނާ ބަދިގޭގައި އުޅުނީ ހެނދުނުގެ ސައި ތައްޔަރުކުރުމުގައި އަވަދިނެތިއެވެ. އެއަތުން އިކާން އުރައިގެން ހުރެ އަނެއް އަތުން މަސައްކަތް ކުރަމުންދިޔައިރު އޭނާ ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. އަނެއްކޮޅުން ރޭ އެނދުން ވެއްޓި ޖެހުނުތަނުގައި ރިއްސަމުންދިޔައެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. ކޮންމެވެސް ދުވަހަކުން މާހިލް އަށް ވިސްނި ކުރީގެ އުފާވެރި ދިރިއުޅުން އަނބުރާ ލިބޭނެ ކަމުގެ އުއްމީދުގައެވެ.

ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް ޝިއާނާ ބަދިގެއިން ނުކުމެ ގޭތެރެ ބަލާލިއެވެ. އެއިރު މާހިލް ފެންވަރާ ރީތި ވެލައިގެން ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ގެއިން ނުކުމެގެން ދަނީއެވެ. ޝިއާނާ މިއޮއް ހުރިހާއިރު ކުރި ބުރަ މަސައްކަތުން ވީ ފައިދާއެއް ނެތެވެ. އެއޮއް ވަރުން ސައި ތައްޔާރު ކުރުމުންވެސް މާހިލް އެދިޔައީ ސައި ނުބޮއެވެ.

***

“ލޯބި އަދޭ ތުނޑިއަށް! މިކަހަލަ ތާކު ތިބެގެން ވާހަކަވެސް ދައްކާލެވޭނީ!!” އެއް އަތް ޖީބަށް ޖަހާލައިގެން ހުރެ ފޯނުން ވާހަކަ ދައްކަމުން އައިސް މާހިލް އިށީނދެލީ ތުނޑީގެ ދޮންވެލި ގަނޑުމަތީގައެވެ.

“ހުމްމް!! މިދަނީ! 10 މިނެޓްސް އިނގޭ!!” އެކޮޅުން ޖަވާބު އައުމާއެކު މާހިލް ފޯނު ކަނޑާލުމަށްފަހު ޖީބަށް ވައްޓާލިއެވެ. އޭނާއަކަށް މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ފެނުނީ ޝާލިނީ އައިސް އޭނާ ގާތު އިށީންތަނެވެ.

“މާހިލް!! ދެން ކޮންއިރަކުންތަ އަހަރެމެން ކައިވެނި ކުރާނީ؟” މާހިލްގެ ކޮނޑުގައި ބޯ އަޅަލަމުން ޝާލިނީ ބުނެލިއެވެ.

“އަހަރެން ބޭނުން ހަމަ މިހާރުވެސް ޝާލީ އާ ކައިވެނި ކުރަން!!”

“އަހަރެން ބުނާ ކަމެއް ކުރަންޏާ މިރޭ އެ ޝިއާނާ ވަރިކޮށްފަ ގެއިން ނެރޭ! އޭރަށް ވިހާވެސް އަވަހަކަށް އަހަރެމެން ކައިވެނި ކުރަންވީ!!” ޝާލިނީ ބުންޏެވެ.

“ލޯބި ބުނުއްވި ގޮތެއް!!”

***

އިރުއޮއްސި އަނދިރިވެގެން އައިއިރު އުޑުމަތީ ކަޅު ބޯ ވިލާތައް ދިޔައީ ގިނަވަމުންނެވެ. މުޅި އުޑުމަތި އެކީ އެކައްޗަކަށް އަޅި ވިލާތަކުން ފުރާލާފައިވާއިރު ހިވަނީ ހަމަ ދެންމެ ދެންމެވެސް ބޯކޮށް ވަރޭ ވެހެން ފަށާފާނެ ހެންނެވެ. ވައިވެސް ބާރުވެފައިވަނީ އިންތިހާއަށެވެ. ގަސްގަހާގެހީގެ ފަތްތަށް އެގޮތް މިގޮތަށް ވިހުރެމުންދިޔައެވެ.

މާހިލް ގެއަށް ވަދެގެން އެއައިގޮތަށް އައިސް ޝިއާނާއަށް އަނިޔާ ކުރަންފެށީ އެއްވެސް ސަބަބަކާ ނުލައެވެ. އެއިރު ޝިއާނާ އިނީ އިކާން އަށް ކާންދޭށެވެ. ނަމަވެސް މާހިލް އެކަމަކާ އަޅައެއް ނުލިއެވެ. އޭނާ އެއައިގޮތަށް އައިސް ޝިއާނާގެ އަތުން އިކާން ޖަހައިގަތުމަށްފަހު ޝިއާނާ އާ ދިމާއަށް ހަޅޭލަވަން ފެށިއެވެ.

“މީއްޗާ ހެދި ނެތޭ މިހާރު މަށަށް އުޅެވޭކަށް! މަގެއް މައްޗަށް ނުކުމެވޭއިރަށް އިވެނީ ކަލޭގެ ހަޔާތް ކުޑަ ވާހަކަ! މަ ލަދުން ބޯ ހަލާކު!!” މާހިލް ބުންޏެވެ.

“މާހިލް ތިހެން އަނިޔާ ނުކޮށް އަހަރެން ވަރިކޮށްލާފަ ރަށަށް ފޮނުވައިދީ ހެޔޮ ނުވާނެ!!” ޝިއާނާ އަށް ރޮއެ ގަނެވުނެވެ.

“މަށެއް ނޫޅެމޭ ކަލެއާ އިނދެގެން އުޅޭކަށް!!” މާހިލް ޝިއާނާގެ އަތުގައި ހިފައި ދަމާފައި ގޭގެ ބޮޑު ދޮރާ ދިމާއަށް ގެންދަން ފެށިއެވެ. “ތިހުރީ ވަރިކޮށްފަ! ކަލޭ ދާ ތާކަށްދޭ!!” ޝިއާނާ ގެއިން ބޭރަށް ހޫރާލަމުން މާހިލް ބުންޏެވެ.

“މާހިލް! އިކާންއާ އަހަރެން ދުރުނުކުރޭ!” ޝިއާނާ އައިސް މާހިލްގެ ފައިބުޑަށް ވެއްޓިގަންނަމުން ރޮއެ ގަތެވެ.

“މަގޭ މިއުޅެނީ ކުރާނެ ކަންތައް މަދުވެގެންނެއް ނޫނޭ! އަން! މިވެސް ކަލޭއަށް!!” އިކާން ޝިއާނާގެ އަތަށް ޖެހުމަށްފަހު މާހިލް ގޭގެ ބޮޑު ދޮރު ލައްޕައި އެތެރެއިން ތަޅުލިއެވެ. ޝިއާނާ ގޭގެ ދޮރު ބުޑުގައި އިނދެގެން ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. މިއޮއް ބޮޑު ރަށުގައި އޭނާ މަގުމަތި ވީއެވެ. އޭނާ އަށް އަޅާލާނީ ކާކުބާއެވެ؟ އޭނާ ކިރިޔާ ދަންނަ މީހަކަށްވެސް ހުރީ ޔައީޝް އެވެ. ނަމަވެސް އެންމެ ދުވަހަކު ބައްދަލުވުމަށްފަހު އޭގެފަހުން ޔައީޝްގެވެސް ޚަބަރެއް ނުވެއެވެ.

ގޭގެ ފާރު ބުޑުގައި ޝިއާނާ އިށީނދެ ހަމަޖެހިލިއެވެ. އަދި އިކާންގެ ގައިގާ ވަރަށް ލޯބިން ބައްދާލަމުން އެ ކުޑަކުޑަ މޫނުމަތީ ބޮސްދިނެވެ. ކުރިމަތީ އޮތީ ކިހާ ހިތްދަތި ދުވަސްތަކެއްކަން ޝިއާނާއަށް ވިސްނުނު ކަހަލައެވެ. އެފަދަ ތޫފާނީ ރެއެއްގައި، ބޯހިޔާކޮށްލާނޭ ތަނެއް ނުލިބިއްޖެ ނަމަ………

މުޅި ޖައްވު ހަމަހިމޭންކޮށް އޮތުމަށްފަހު ބޮޑު ތިކި ވަރޭ އޮއްސާލީ ހަމަ ކުއްލިއަކަށެވެ. ފަޒާގައިވާ ތެތް ފިނިކަން ދެ ގުނައަށް ބޮޑުވެގެން ދިޔައެވެ. ޝިއާނާ އާއި އޭނަގެ ދަރިފުޅު އިކާން ވަގުތުން ތެމި ފޯވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް އެބޮތްހެއްޔެވެ؟ ފިނި ބޮޑުވުމުގެ ސަބަބުން ހަށިގަނޑު ތުރުތުރު އަޅަމުންދިޔައިރު، ލޮލުން އޮހޮރެމުންދިޔަ ކަރުނަތަށް، ވެހެމުންދިޔަ ވަރޭގެ ފެނާއި އެކުވެ ވަންހަނާ ވަމުންދިޔައެވެ. އިކާން ފިނިން ސަލާމަތް ކުރުމައްޓަކައި ޝިއާނާ ވަރަށް ބާރަށް އިކާންގެ ގައިގާ އޮޅުލައިގަތެވެ. ނަމަވެސް އިކާންގެ ކުޑަ ކުޑަ ހަށިގަނޑުވެސް، އިހުސާސް ކުރަމުން ދިޔަ ގަދަފަދަ ފިންޏަށް ކެތް ނުކުރެވިގެން ތުރުތުރު އަޅަމުންދިޔައެވެ. ލިބެމުންދިޔަ ހިތާމައަށާއި ވޭނަށް ކެތްނުކުރެވުމުގެ ސަބަބުން ޝިއާނާއަށް ކަރުބުޑުން ހަޅޭ ލަވައިގަންނަމުން ބާރަށް ރޮއެގަނެވުނެވެ. އެ އަޑު، ވެހެމުންދިޔަ ވާރޭގެ އަޑާ އެކުވެގެން ގޮސް ޖައްވުގެ ތެރެއަށް އޮބިގެން ދިޔައެވެ.

***

 އޮފީހުގެ ހުރިހާ މަސައްކަތްތައް ނިންމާލެވުނުއިރު ރޭގަނޑު 7 ޖަހަނީއެވެ. ގެއަށް ދިއުމައްޓަކައި ޔައީޝް ރެޑީވެލިއެވެ. ނަމަވެސް ބޯކޮށް ވާރޭ އޮއްސާލީވެސް ހަމަ އެވަގުތެވެ. ޔައީޝް ޗޮކެއް ކަނޑާލުމަފަހު ދޮރުމަތީ މަޑުކޮށްލިއެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ފޭދިފައިވަނީ މަގުމަތީ ޖަހާފައިހުރި ހޮޅިބުރީގެ ފަނޑު އައްޔެވެ. ވެހެމުންދިޔަ ވާރޭގެ ތިކިތަށް، އެ ހުދު އަލީގައި ފެންނަމުންދިޔައީ ކުދި ކުދި ޖަވާހިރު ތަކެއް ފަދައިންނެވެ. ވަރޭ ވެހޭ މަންޒަރަކީ މިހާ ރިތި މަންޒަރެއްކަމެއް ކުރިއަކުން އޭނާއަކަށް ނޭނގެއެވެ. އެ ރީތި މަންޒަރަށް ބަލަހައްޓައިގެން އެހާ ގިނައިރުވަންދެން އޭނާއަށް ހުރެވުނީ އެހެންވެއެވެ. އެވަގުތުވެސް އޭނާގެ ހިތުގައި އެނބުރެމުންދިޔައީ ޝިއާނާގެ ނަމެވެ. މިފަދަ ފިނި ފިނި ރެއެއްގައި ޝިއާނާއާ އެކު ހޭދަކޮށްލަން ލިބޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އެ ތުނިތުނި ހަށިގަނޑު ފިނިން ސަލާމަތް ކޮށްދޭން ޔައީޝް ނުހަނު ބޭނުންވެއެވެ.

މިފަދަ ހިޔާލުތައް އައުމާއެކު އަނެއްކާވެސް ޔައިޝް ގާތަށް ހިނިއައެެވެ. އޭނާ އަކީ ހާދަހާވާ ބޮޑު މޮޔައެކެވެ. މީހެއްގެ އަންބެއްގެ މަތިން ހަނދާންކޮށް ހިޔާލީ ފޮލާ ކައްކާނީ މޮޔައެއް ނުނީ ދެން ކާކު ހެއްޔެވެ؟

ޔައީޝް ބޭނުންވީ ވެހެމުންދިޔަ ވާރޭގެ ފޮނިކަން ތަޖުރިބާ ކޮށްލާށެވެ. ސޮނީ އެކްސްޕީރިއާ ޒެޑް ފޯނު ނިއްވާލުމަށްފަހު ޖީބަށްލަމުން ޔައީޝް މަޑުމަޑުން ވާރޭގެ ތެރެއަށް ނުކުތެވެ. އިސާހިތަކު އޭނަ ތެމި ފޯވެއްޖެއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ދެޖީބަށް އަތް ޖަހާލަމުން އޭނާ ހިނގައިގަތި ގެއާ ދިމާއަށެވެ. ސައިކަލު ހުރި ކަމުގައި ވިއަސް އޭނާ ބޭނުންވީ ވާރޭތެރޭ ހިނގާލާފައި ދާށެވެ.

މަގުގެ އެކި ދިމަދިމާލުގައި ހެދިފައިހުރި ބޮޑެތި ފެންކޯރުތަކަށް، ވާރޭގެ ތިކިތައް ޖެހެމުންދިޔަ މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. ރަށުގެ އެ ބޮޑުމަގުގައި ޔައީޝް ނޫން އެހެން އެކަކުވެސް އެވަގުތު ފެންނާކަށް ނެތެވެ. މަގުގެ މެދުން މިނިވަންކަމާއެކު ޔައީޝް ހިނގާލާފައިދިޔައިރު އޭނާ މަޑުމަޑުން ތުނބުންފުމެމުންދިޔައެވެ. ޔައީޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، މަގުގެ އެއްފަޅީގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތުމުންނެވެ…….

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

އިންތިޒާރު 35

Next

ހިތަކުން ނުފިލާނެ 20

Next
July 3, 2015

ހިތަކުން ނުފިލާނެ 20

Previews
July 2, 2015

އިންތިޒާރު 35

76 Comments!

  1. Hoody says:
    July 2, 2015 at 11:38 pm

    mi bai vex reethi vaane kamah ummeedhu kuran…. and mistakes huriyaa bune dhehchey…. 🙂

  2. Mixna says:
    July 2, 2015 at 11:39 pm

    Vrh vrh reethi… Awsme…

  3. demon says:
    July 2, 2015 at 11:39 pm

    i am first hehe

  4. Mixna says:
    July 2, 2015 at 11:43 pm

    N m first… Lol…

  5. Nabhaan says:
    July 2, 2015 at 11:45 pm

    Wow vrh salhi mi part vx….sry maaa lahun hoody ge msg fenuny ehnma mirey 1st nukiyuny…nxt part avas up kohdhy

  6. demon says:
    July 2, 2015 at 11:47 pm

    maybe

  7. Dantes says:
    July 2, 2015 at 11:48 pm

    Alhey v reethi

  8. demon says:
    July 2, 2015 at 11:49 pm

    its a pain since two comments are at same time

  9. demon says:
    July 2, 2015 at 11:50 pm

    btw mibaives vvvvvv reethi

  10. Aifa says:
    July 2, 2015 at 11:51 pm

    Thankolheh kuree.. Sun ga hunna gothah dhigu ko genes dheeba..

    Hoody ❤️

  11. Mixna says:
    July 2, 2015 at 11:52 pm

    Eii dhw aslu v gothaky demon

    1. demon says:
      July 3, 2015 at 12:07 am

      yaa ma comment kuri iru ekakuves comment eh kohfa nethyma neygeyne ehnu dhw

  12. Minmi says:
    July 2, 2015 at 11:53 pm

    Its awesome hoody…u r the best

  13. Mixna says:
    July 2, 2015 at 11:54 pm

    Hoody… HBD

    1. Hoody says:
      July 3, 2015 at 12:02 am

      Owwn…. 🙂 thnk you mixu….

    2. Mixna says:
      July 3, 2015 at 10:43 am

      Ur mst wc… Hoodss

  14. Hoody says:
    July 2, 2015 at 11:54 pm

    Thnka All!! 🙂

    1. Mixna says:
      July 3, 2015 at 10:42 am

      Ur mst wc… Hoodss

  15. Nabhaan says:
    July 2, 2015 at 11:54 pm

    Ur the bst nd here comes the bst day in ur life…happy brth day my frnd…advance koh ingey….adhi eba in dhw 6 minx

    1. Hoody says:
      July 3, 2015 at 12:02 am

      Thnk you naboo dude,,,, :p 🙂

    2. Nabhaan says:
      July 3, 2015 at 12:05 am

      Wlcm

  16. naj says:
    July 2, 2015 at 11:56 pm

    Vvv reeethi..I just luv it

  17. demon says:
    July 3, 2015 at 12:10 am

    happy born day hoody

  18. shieu says:
    July 3, 2015 at 12:11 am

    varah nice mi story!! its amazing… ur the best!!

  19. shieu says:
    July 3, 2015 at 12:12 am

    yh!! happy b’day hoody!!..

  20. Hoody says:
    July 3, 2015 at 12:14 am

    thnks naj, demon and shieu… 🙂

  21. shieu says:
    July 3, 2015 at 12:17 am

    wc!!! n waitin for the nxt prt

  22. nishy says:
    July 3, 2015 at 12:20 am

    HBD hooodhy.. Mi part ves v reethi.

  23. aaku says:
    July 3, 2015 at 12:21 am

    V nice mi part
    hbd hoodhy

  24. smilebuddy says:
    July 3, 2015 at 12:23 am

    Wow vvvvvvv salhi igey keep it up waiting 4 next part…. Avahah anehpart up kohlahchey

  25. smilebuddy says:
    July 3, 2015 at 12:25 am

    HBD HOODY

  26. shyn says:
    July 3, 2015 at 12:29 am

    Nice & u r the best hoody…

  27. shyn says:
    July 3, 2015 at 12:30 am

    Ow.. HBD hoody…

  28. nunnu says:
    July 3, 2015 at 12:31 am

    Aslu e rashuga shiana dhahna myhakah ulheny yaish ekani ey bunyma ehaa hama eh nujehey dhww.. koba shiana ah kurin help vi avahteriyaa??
    eyna vx dhahnaane dhww hama…

  29. sana says:
    July 3, 2015 at 12:31 am

    happy birthday hoody.vrh salhi mi story ves

  30. Hoody says:
    July 3, 2015 at 12:37 am

    Thnkx all….

  31. sun says:
    July 3, 2015 at 1:03 am

    Vaahaka reethi…. but vaahaka ge bas magu rangalhu kohdhevun edhn

  32. sun says:
    July 3, 2015 at 1:04 am

    Wish u v happy b day…. if u correct tht mistake the story would be vvvvv nice

  33. aisha says:
    July 3, 2015 at 1:18 am

    woww.. v salhii.. when next part ??? cant wait.. :3

  34. Crazi says:
    July 3, 2015 at 1:44 am

    Ehgotha ninmaaleetha…plz anehkaa anehbaan ves gnes dhy ahvaha..mrng gah inthizaaru kuraanan ehgey

  35. rifoo says:
    July 3, 2015 at 1:48 am

    avantteriyaa male fonuvaalinama eyrun yaish ekani hunnaany dhanna meehakan 🙂

  36. shaph says:
    July 3, 2015 at 2:01 am

    Wish u a v happy b’day hoooody….
    Story vvvv nyc….

  37. Crazi says:
    July 3, 2015 at 2:33 am

    Hoody b day tha…eh hen viya hoody happy b day

  38. faai says:
    July 3, 2015 at 3:38 am

    Happy b’day hoody… Mi part vx v rythi…

  39. hajja says:
    July 3, 2015 at 4:42 am

    Evarah aniyaa veri veema hithah umdhagoo vany…ehenve ebai thah dhoo kollafa mikiyany…adhi kuda kijjakah aniyaa verivaathy hama roveny….Vaahaka up veema ufaavey ekam aniyaaverikan dheke biru gannaaghy nukiyan…

  40. shaisha says:
    July 3, 2015 at 4:56 am

    Stry is da best stry yet!!love you?!!!!wish u the most awesome birthday!Hw many yrs r u now hoody?

  41. Saana says:
    July 3, 2015 at 5:01 am

    Happy birthday hoodhy mi part v salhi:)

  42. zaa says:
    July 3, 2015 at 5:03 am

    V nice hbd hoody

  43. kanbulo says:
    July 3, 2015 at 5:06 am

    Koba avahterin?

  44. zai says:
    July 3, 2015 at 5:15 am

    V salhi mibaivex btw HBD hoody..

  45. hana says:
    July 3, 2015 at 5:23 am

    Mi part vx v rythi, luv ur story, n HAPPY B’DAY hoody….. 🙂

  46. muru shidha says:
    July 3, 2015 at 5:40 am

    Nice 🙂

  47. yash says:
    July 3, 2015 at 7:10 am

    HBD varah reethi mibaives

  48. unknown says:
    July 3, 2015 at 7:43 am

    Mi episode vess v reethi .aharen hoody ge story always read kuran but comment eh nukuran ehenas wish you v HAPPY “B” DAY……

  49. Sam says:
    July 3, 2015 at 8:52 am

    Happy Birthday Day Hoody…! itx a gift from me..! Feneytha anekka.,?

  50. Sam says:
    July 3, 2015 at 8:52 am

    Nufeney dhw..!

  51. shaaree says:
    July 3, 2015 at 9:22 am

    hbd hoody… ure story z nice… ure a best writer… kobaatha fb ge adaky hoody ge….. plssss let ne knw…. i am a big supporter of u….

  52. new reader says:
    July 3, 2015 at 9:37 am

    Awesome.. Nice work.. keep it up. Waiting for the next Part

  53. Fary says:
    July 3, 2015 at 9:49 am

    Mibai ves vara vara nice . Next part up kuranee kone iraku . U are the best avaha up kolati

  54. mooko says:
    July 3, 2015 at 10:06 am

    OMG….Today is HOODY’S B’DAY…..WISH U THE HAPPIEST B’DAY EVER……

  55. aisha says:
    July 3, 2015 at 10:23 am

    Today is Yaish and Hoody’s B’DAY……Happy B’day 2 kudinah….

  56. zaa says:
    July 3, 2015 at 11:38 am

    Vaahaka varah varah reethi. Happy birthday hoooody 🙂

  57. Same says:
    July 3, 2015 at 11:44 am

    Happiii b day dhe kudhinnah…. Khirakuh nxr part… N v habeyxx

  58. juma says:
    July 3, 2015 at 1:18 pm

    Vara nice story & happy birth day hooodyyy!!! 🙂

  59. elyshaa says:
    July 3, 2015 at 1:26 pm

    v reethi mi prt ves , waiting 4 next part

  60. Fayaz says:
    July 3, 2015 at 1:54 pm

    Mibaavarah reethi avahahanehbaagenes dhehchy I can’t wait

  61. elyshaa says:
    July 3, 2015 at 1:55 pm

    yaish ah ves happy birth day , hoody ah ves

  62. neem says:
    July 3, 2015 at 2:25 pm

    Happy birth day hoody, may allah bless you,n givea long lasting life.. vaahaka v v vv nice.. kuda dhivas kolhakah vaahakaya dhuruga huryma v v miss vi, data nagaafa avahah mi vaahaka mi ky, v v v v nice ngey

  63. sif says:
    July 3, 2015 at 2:34 pm

    yaish aky hoody dhwww. ehn vma ehnu eh dhuvaheh ga birth v….ehehe. any way vvvvvvv rythi.

  64. Sam says:
    July 3, 2015 at 3:50 pm

    story mi kee adhi kiriyaa… Itx awesome…! Full of black magic dhw… Furathama kalhu finifenmaa kiyann fashaafavx biruveri story eh v ma foohi v… But mi part kiyaalyma kiyaa hiyy v hama… Hoody bro…! Yu r great… Bro libey myhaku Masha Allah v lucky vaane..

  65. Mau says:
    July 3, 2015 at 4:54 pm

    vaahaka reethi.vaahakaige ebain ikhiraam liyevifa.ihthiraam kiyaany.haa ge dot innany thireega.reethi bahuruva beynun kurumah hadhaan koh dheyn hoody ah.misaalakah beethaa kahala bas thah beynun nukurumah

  66. Yaish says:
    July 3, 2015 at 5:33 pm

    Shuaana oriyaan kohliduvahu gens iya galena sajy gage geah gain shiyaadhiyanama vahdhaane dhoa

    1. Anonymous says:
      December 17, 2016 at 2:14 am

      Ingey gothah liyeba plx

  67. Sheryn says:
    July 3, 2015 at 7:07 pm

    Hedhe hoody happy birthday…. n mibaivexx v v habeys…. 😀

  68. elyshaa says:
    July 3, 2015 at 8:37 pm

    kon irakun next part, kiyaa hithun , moya vany ,next part vv reethi vaane hen hy way , i love ur story hoody , n plz , shiaana abraas ah nudhehchey

  69. shiaa says:
    July 3, 2015 at 9:34 pm

    shiaa bunihen , dhw , thihadhaadhiny , i mean shiaa bunymennun b day genes dheyba varah rythi kohlachey , hehehe , vv rythi ingey mi prt

Comments are closed.


All Right Reserved!