Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (12)

zaisha Level 210 Stories
July 5, 2015 6 Mins Read
53 Comments

“ބަމްބީ.. އޭތް.. ހޭ އަރާބަ.. ޕްލީސް..” މާކިން ހާސްވެފައި ހުރެ އިނާރާގެ މެޔަށް ފިއްތަމުން ބުނެލިއެވެ. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ. މާކިންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު އެ ލޮލަށް ބޮނޑިވެގެން ކަރުނައިން ލޯ ފުސްވިއެވެ. ނަމަވެސް އެނާއަށް އަދި މިކުމުގެ ހިލަމެއްނުވެއެވެ. މާކިން ހުއްޓުމެއްނެތި އިނާރާގެ މެޔަށް ފިއްތަމުން ދިޔައެވެ.

ކުއްލިއަކަށް އިނާރާ ތެޅިގެންފައި ކޮށިއެރިއެވެ. މާކިން އަވަހަށް އޭނާ ނަގައި ބުރަކަށީގައި ޖަހާލުމުން އިނާރާއަށް ހަމަނޭވާ ލެވެން ފެށުނެވެ. “އޯ ތޭކް ގޯޑް.. ބަމްބީ އޯކޭ ތަ؟؟ އައިމް ސޮރީ.. ސޯ ސޮރީ.” އިނާރާ ގެނެސް މެޔާލާ ބޮނޑިކޮއްލަމުން މާކިން ބުނެލިއެވެ. ނަމަވެސް އޭރުވެސް އިނާރާއަށް ރަނގަޅަށް ވާނުވާއެއް ނޭނގުނެވެ. އޭނާ ކުޑަކޮން ދެލޯ ހުޅުވާލުމަށްފަހު މާކިންއަށް ނަޒަރު ހުއްޓާލިއެވެ. އޭރު މާކިންގެ ކޯތާފަތުގައި ހުރި ކަރުނަކަން އޭނާއަށް ނޭނގުނަސް އެވަގުތު މާކިންއަށް ހުރީ ރޮވިފައެވެ. އެކަން ޚުދު އޭނާއަށް ވެސް އަދި އިހުސާސްއެއް ނުވެއެވެ.

“މާކިން..” އިނާރާ މިހެން ބުނެލާފައި ތެދުވަން މަސައްކަތް ކުރިއެވެ. މާކިން އަވަހަށް އޭނާ އަތްދަނޑި މައްޗަށް ނަގައިގެން ދުރުގައި ހުރި ގޮނޑިއާއި ދިމާއަށް މިސްރާބުޖެހިއެވެ. އިނާރާ ގޮނޑީގައި ބާއްވާލުމަށްފަހު މާކިން އަވަސްވެގަތީ ފެންފުޅިއެއް ބަލައި ދިއުމަށްށެވެ. ފެންފުޅި ހިފައިގެން އައިސް އިނާރާގެ މޫނަށްށާއި ބޮލަށް ފެން އެޅުމަށްފަހު އޭނާއަށް ފެންދިނެވެ. މާކިން މަޑުމަޑުން އިނާރާގެ ހުދުކަން މަޑުވަމުން ދިޔަ މޫނުގައި ފެން ހާކަމުން ދިޔައެވެ. އެހެން އިންނައިރު މާކިން މަޑުމަޑުން އިނާރާގެ މަޑު ކޯތާފަތުގައި ފިރުމަމުން ދިޔައެވެ.

“ސޮރީ.. އޯކޭތަ..؟” މާކިން ސުވާލުކުރުމުން އިނާރާ ބޯ ޖަހާލިއެވެ. އިނާރާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުންދިޔައެވެ. “އޯކޭ… މާކިން ކީއްވެ؟” އިނާރާގެ ދެލޯ ކަރުނުން ފުރުމުން މި މަންޒަރު ނުބަލާން މާކިން ތެދުވިއެވެ. “ނޭނގޭނުން ފަތަން ނޭގޭ ކަމެއް. އަހަރެން ހީކުރީ އެއީ ބަމްބީ ޖެއްސުމަށް ބުނިއެއްޗެއް ކަމަށް.” މާކިން މިހެން ބުނެފައި ފެންފުޅި ބޮލަށްއަޅާލިއެވެ.

 އުޅެވުނު ގޮތް ހިތަށް އެރުމުން މާކިން ކުޑަކޮން ލަދުގަތެވެ. އިނާރާ ލޯ ނުހުޅުވުމުން އެ ހިތަށް ކުރިއަސަރު އޭނާއަށް ބަޔާން ކޮއްދެކަށް ނޭނގުނެވެ. އެއީ އޭނާ ބިރުގަތުމުން ވީ ކަމެއް ކަމަށް ނިންމާ އެކަމުގެ އެއްވެސް އިތުރު މާނައެއް ނެތްކަން އޭނަ އަމިއްލަ ހިތަށް ވިސްނައިދިނެވެ. މާކިންއަށް އިހުސާސް ނުވިއަސް އެ ހިތުގައި އާ ވިންދެއް ޖަހާލިއެވެ.

“ދެން މިއަދު ޕޫލްއަށް އެރިގެން ނުވާނެ… ރުއިން ހުއްޓާލާފައި ދެން ދޭ ފެންވަރަން.” މާކިން ބެލީ އިނާރާއަށް ސަމާލުކަން ނުދެވި ވޭތޯއެވެ. “އައި އެމް ސޮރީ. ސްމައިލް..” އިނާރާ ދެރަވެފައި އިނުމުންމާކިން ބުނެލިއެވެ. ހިތް ބޭނުން ނުވިއަސް އޭނާ ތުންފަތަށް ކުޑަ ހިނިތުންވުމެއް ފާޅުކުރަމުން އިނާރާ ދާން ތެދުވިތަނާ އަރިއަޅާލިއެވެ.

ކައިރީގައި ހުރިމާކިން ހުށީޔާރު ކަމާއިއެކީ އިނާރާގެނެސް އެ އަތުގެ ތެރެއަށް ލިޔެވެ. “ބަލައިގެން.. އަދި ވީކް ވާނެ.” މާކިން މިހެން ބުނެފައި އިނާރާ ނަގައިގަނެގެން އެތެރެއަށް ވަންނަން ދިޔައެވެ. މާކިންގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިނާރާ އޮތީ އޭނާއަށް އިހުސާސް ކުރެވެންވީ ކޯއްޗެއްކަން ނޭނގިފައެވެ.

އޭނާ ގެނބެންދެން ދޫކޮއްލާފައި ހުރި މާކިން ދެންމެ އެ އުޅުނު ގޮތަކީ އެހެން ނޫނިއްޔާ އޭނާ ދަންނަ މާކިން އުޅޭނެ ގޮތެއް ނޫނެވެ. އޭނާ ހުރީ ގެނބުމުން ސިހިފައި ކަމުގައި ވިޔަސް މާކިންގެ އަތުތެރޭގައި އޮތުމުން އެ ހުރިހާ ނުތަނަވަސް ކަމެއް ފިލައި ހިނގައްޖެއެވެ. މާކިންއަށް ނަފްރަތުކުރަން ބޭނުންވިޔަސް އެކަމެއް ނުވެއެވެ.

“ރާހިލް…” މަލަކް މަޑުމަޑުން ރާހިލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. މެންދުރުން އަނބުރާ އެކެއް ޖެހިއިރު ރާހިލް އިނީ މަލަކްގެ ގޭގެ ސިޓިން ރޫމުގައެވެ. އެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކައަށް ހުއްޓުންއައީ މަލަކް ކުއްލިއަކަށް ރާހިލްގެ އަތުގައި ހިފުމުންނެވެ. “ޔެސް.. ” ރާހިލް އަވަހަށް އަތް ދުރުކޮއްލަމުން ބުނެލިއެވެ.

“ހިނގާބަ ބޭރަށް ގޮސްލަން. އަބަދު ގޭތެރޭގައި އިންނަން ވީމަ ހީވަނީ ހާސްވެގެން މަރުވެދާނެހެން. ރާހިލް ސައިކަލުވެސް ދުއްވަމެއްނުން. ހަވީރު ދާނީ. އިތުރަށް މި ގޭތެރޭގައި ހުންނަންވެއްޖެއްޔާ އަހަރެން ސުއިސްއިޑް ކުރާނަން.” މަލަކް މޫނުން ރުޅިވެރިކަން ފާޅުކުރަމުން ބުނެލިއެވެ.

“މަލަކް އެހެން ބުނާއިރަކަށް ބޭރަކަށް ނުދެވޭނެ. މަލަކްގެ ޑޭޑްއެއް ނުފޮނުވާނެ. އަނެއްކާ އަހަރެންމީ މަލަކްގެ ޑޮކްޓަރ. އެހެންވީމަ އެގޮތަށް ބޭރަށް ދުއްވާލަން ދިޔުން ރީއްޗެއް ނުވާނެ.” ރާހިލް މަސައްކަތް ކުރީ މަލަކްއަށް ވިސްނައި ދެވޭތޯއެވެ. ރާހިލް އިތުރަށް މަލަކްއާއި ގާތްވާކަށް ބޭނުމެއް ނުވެއެވެ. އެކުގައި ތަންތަނަށް ދާން ވެއްޖެނަމަ ރާހިލް ހިތް އެދުނަސް އެންމެ ނޭދޭ ކަންތަން ވެގެން ދިޔުމަށް މަގުފަހިވާނެއެވެ.

“ނޯ. ތިއީ ދޮންބެގެ ބެސްޓް ފްރެންޑް. އެހެން ނޫނަސް ވީއާ ފްރެންޑްސް ނައު. ޕްލީސް.. ޕްލީސް.” މަލަކް އެއްގޮތަކަށް ވެސް ގޮތެއް ދުލެއް ނުކުރިއެވެ. “އެކަމަކު..” ރާހިލް ދެކޮޅުހަދަން މަސައްކަތް ކުރި ނަމަވެސް މަލަކް އޭނާގެ ވާހަކަ މެދުކުނޑާލިއެވެ. ‘ނޯ.ނޯ.ނޯ.ނޯ!” މަލަކް އިތުރަށް ގަދަކޮއްލުމުން ރާހިލްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

“އޯކޭ.. އޯކޭ. އެކަމަކު މަލަކްގެ ބައްޕަ ކައިރި އަހާފައިވާނީ.. މާކިން ގާތުވެސް އަހަންޖެހޭނެ. މިއަދަކު ނުދެވޭނެ. އަހަރެން މާދަން ހަވީރު ފްރީވާނީ” ރާހިލް މިހެން ބުނުމުން މަލަކް އުފަލުން ހިނިތުންވެލިއެވެ. “ތޭންކްސް.” މަލަކް މިހެން ބުނިއިރު އޭނާ ސިއްރުން ކުޅެމުން މިދާ ކުޅިގަނޑުގެ ހިލަމެއްވެސް ރާހިލްއަކަށް ނުވެއެވެ.

ލެޕްޓޮޕް އިން ފިލްމެއް ބަލަންއިން ޒެރީން ސިހުނީ ފޯނު ރިންގުވި އަޑަށްށެވެ. ޖަހައިގެން އިން ހެޑްސެޓް ނައްޓާލުމަށްފަހު ފޯނު ބަލައިލިއިރު ގުޅަނީ މާކިންއެވެ. ޒެރީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމުން އޭނާ އަވަހަށް ފޯނުނެގިއެވެ. “ހާއި ބޭބީ. ވަރަށް މިސްވޭ.” ޒެރީން ފޯނު ނެގުމާއިއެކީ ބުނެލިއެވެ.

“ހާއި.” މާކިން މިހެން ބުނަމުން އިނާރާ ކޮބައިތޯ ބަލައިއިރު ދުރުގައި ހުރި މޭޒެއް ކައިރީގައި ޖޫސް އޭނާ ބޯންއިނެވެ. “ޔާ.. އަނެއް ރޭގައި ކިހިނެތްވީ” ރެސްޓޯރަންޓަށް މީހުން ވަންނަން ތަންދެމުން މާކިން ކުޑަކޮން ދުރައްޖެހިލަމުން ބުނެލިއެވެ. “ރޭގައި ދޯ.. ހަނދާނެއްނެތް ތަ؟؟” ޒެރީން ބޭނުންވީ މާކިން ހަނދާންހުރި ވަރެއް ބަލާށެވެ. “ކުޑަކޮން.. ސޯފާގައި ތިބި ހަނދާންވީ.” މާކިން ނިތްކުރީގައި އަތް ހާކާލަމުން ބުނެލިއެވެ.

މާކިން ދިން ޖަވާބުން ޒެރީން ހިތްހަމަޖެހުނެވެ. “ވެލް.. މާކިން ބޮލުގައި ރިއްސާތީ އުޅޫނީ. އެންޑް ދެން ވީ. ޔޫ ނޯ.” ޒެރީން ހަޤީޤަތް ފޮރުވަމުން ބުނެލިއެވެ. “އޯ.” މާކިންއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ. އޭނާ އެއިން އެއްވެސް ކަމެއް ހަނދާންނެތީ ކީއްވެގެންކަމެއް ނޭނގުނެވެ. “ކިހިނެތް ވީ؟ ރުޅިއައީ ތަ؟” ޒެރީން ބުނެލިއެވެ. “ނޫނޭ.. ބައި އިނގޭ. ތި ކޮޅަށް ގޮސް ގުޅާނަން.” މާކިން އިނާރާއާއި ދިމާއަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.

ދުރުގައި އިން އިނާރާގެ ނަޒަރު ހުއްޓިފައި ހުރީ މާކިންއަށެވެ. ފޯނުން ވާހަކަ ދައްކަމުން ދިޔައިރު އެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސްކަން އޭނައަށް ވަރަށް ރަނގަޅަށް ފެނުނެވެ. މާކިންގެ ކަންތަކާއި ބެހުމަކީ އިނާރާ ކުރާކަމެއްނޫނެވެ. ނަމަވެސް މާކިންގެ ނުތަނަވަސްކަން ފިލުވަދޭން އޭނާ ބޭނުންވިއެވެ.

މަޑު ހިނގުމެއްގައި އައިސް އިނާރާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެލަމުން މާކިން ކެއުން ފެއްޓިއެވެ. “މިއަދު ކީއްކުރަނީ ދެން.” އިނާރާ އެ ދެމެދު ގައިވި ހިމޭންކަން ފިލުވާލުމަށް ސުވާލުކުރިއެވެ. “ނޭނގެ. ކީއްކުރަންވީ؟” މާކިން ކެއުން ކުރިޔަށް ގެންދަމުން ބުނެލިއެވެ. އިނާރާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މާކިން ކެއުން ހުއްޓާލާފައި އިނާރާއަށް ބަލައިލިއެވެ. އިސްޖަހައިގެން އިނދެ އުލުން ތަށީގައި ހުރި ބަތްތަށް ހާވަމުން ދިޔައިރު އެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ.

މާކިން މިއަދު އިތުރަށް އޭނާއަށް ޖެއްސުން ކުރާހިތެއްނުވިއެވެ. ހިނގާދިޔަ ހާދިސާއަށްފަހު މާކިންވެސް ހުރީ އިނާރާއާއި ދޭތެރޭ ދެރަވެފައެވެ. މާކިންއަށް މިއަދު އެ ކުރެވުނު ކަމަކުން އިނާރާގެ ފުރާނައަށް ގެއްލުންވިނަމަ އޭނާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފުނުކުރީހެވެ.

 “ލުކް.. ވަރަށް ބޮޑަށް ސޮރީ މިއަދު ވީ ކަންތަކާ. އަސްލު އަހަރެން މޫޑު ސަކަރާތްވެފަ ހުއްޓަ ބަމްބީ ވެއްޖެ އިތުރަށް އަހަރެން ރުޅިއަރުވަން. ސޮރީ.” މާކިން އެކަން އިތުރަށް އޮޅުންފިލުވާ ދެވުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. އެހެން ނޫނިއްޔާ އޭނާއަކީ އެއްވެސް ކަމެއްގެ ތަފްޞީލް ދޭނެ މީހެއްނޫނެވެ.

“އިޓްސް އޯކޭ. އަޅާނުލައިބަ ދެން. އެކަން ނިމުނީއެއްނުން އެ. އެހެންނޫނަސް އަހަރެން އޯކޭއޭ.” އިނާރާ ހީލަމުން ބުނެލިއެވެ. “އޯކޭ. އެހެންވީމަ އަވަހަށް ބުނޭ ބަމްބީ ކުރަން ބޭނުން ކަމެއް..” މާކިން ބޭނުންވީ މިއަދު ދެން އިނާރާ ހިތްހަމަޖައްސާލަ ދޭށެވެ. “ހިނގާބަ މިރޭ މިތާ އިންނަ އަންޑަ ވޯޓާ ރެސްޓޯރަންޓަށް ދާން.. ޕްލީސް.” އިނާރާ ހިނިތުންވެ އިނދެ ބުނެލިއެވެ. “އޯކޭ. އެހެންވީމަ މިރޭ ދާނީ ދޯ.” މާކިން ބުނެލިއެވެ.

ދުވަސް ހޭދަވެގެން ދިޔައީ ރިސޯޓް ބެލުމުގަޔާއި ފޮޓޯނެގުމުގައެވެ. އިނާރާގެ އެދުމުގެ މަތިން މާކިން އޭނާގެ އެތަށް ފޮޓޯއެއް ނެގިއެވެ. ބައެއްފަހަރު އިނާރާއަށް ނޭގިވެސް އޭނާ ފޮޓޯނަގައެވެ. އޮއްސެމުން ދިޔަ އިރާއި ދިމާއަށް ބަލަހައްޓައިގެން އިން އިނާރާގެ ފޮޓޯ މާކިން ސިއްރުން ފޯނުގައި ފޮރުވާލިއެވެ. ކެމެރާ ދުރުގައި ބޭއްވުމަށްފަހު މި މަންޒަރު އޭނާ ބޭނުންވީ ފޯނުގައި ފޮރުވާށެވެ. މާކިން އެ ފޮޓޯއަށް ބަލައިލިއެވެ. އިރުގެ ފަނޑުއަލި އިނާރާގެ މޫނަށް އެޅިފައިވާއިރު އޭނާގެ އިސްތަށިގަނޑު ދިޔައި ވިހުރެމުންނެވެ. ފޮޓޯއަށް ބަލަންއިން މާކިން ސިހުނީ އިނާރާ ގޮވާލުމުންނެވެ. “ހިނގާ ދާން. ވަރަށް ވަރުބަލި ވެއްޖެ.” އިނާރާ އިންތަނުން ތެދުވެ އެއްއަތުން ފައިވާންނެގިއެވެ. މާކިން ވެސް ކެމެރާ ހިފައިގެން ދާން ހިނގައިގަތުމުން އިނާރާ އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ނަމަވެސް މާކިން އޭނާ ދުރުކުރާކަށް ނޫޅުނެވެ. ދެމީހުން މަޑުހިނގުމެއްގައި ދޮންވެލިގަނޑުން ހިނގައިފައި ދިޔައިރު އެމީހުންގެ ފިޔަވަލުތަށް ބީއްސާލި ރާޅު ފިލުވާލިއެވެ.

ރޭގަނޑުގެ ކެއުމަށް އަންޑަރ ވޯޓާ ރެސްޓޯރަންގައި ހުރި އިނާރާގެ ނަޒަރު ހުއްޓިފައި ހުރީ ކައިރިންލާފަ ދާ މަސްތަކަށްށެވެ. ބިއްލޫރިގަނޑުގެ ފަހަތުން ފެންނަމުން ދިޔަ މުރަކަތަކާއި ބޮޑެތި މަސްތަކަށް ގެއްލިފައި ހުރި އިނާރާގެ ކައިރީގައި ހުރި މާކިން ދިޔައީ ފޯނާއި ކުޅެމުންނެވެ. “މާކިން ބަލާބަ.. އެޔޮއްދަނީ ޑޯލްފިންއެއް..” މާކިންގެ އަތުގައި ކޮއްޓާލާފައި އިނާރާ މިހެން ބުނުމުން މާކިން އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. މާކިންވެސް އިނާރާއާއި ބައިވެރިވިއެވެ. އިނާރާ ހުރީ މާކިންއާއި އެކީ ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮއްލެވޭތީ އުފަލުންނެވެ. އޭނާ އެދެނީ އަބަދުވެސް އެގޮތުގައި މާކިން ހުރުމެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އިނާރާ ބޭނުންވީ ހިނގާލަން ދާށެވެ. ދެމުން ދިޔަ މިލަ ހަނދުވަރުގެ އަލީގައި އިނާރާ ފެންނަލެއް އެހާމެ ހިތްގައިމެވެ. ދެމީހުން އެކީގައި ހިނގާފައި ގޮސް ރުކެއް ކައިރީގައި މަޑުކޮއްލިއެވެ. “މާކިން. ތޭންކްސް.” އިނާރާ ބުނެލިއެވެ. “އެ ކީއްވެ؟” މާކިން ރުކުގައި ލެނގިލަމުން އަހާލިއެވެ. “ތިވަރަށް ކެއާ ކުރާތީ. ޕްލީސް.. ހިނގާބަ ނޯމަލް މީހުން އުޅޭހެން ލޯބިން އުޅެން. އަހަރެންނަށް މިސްޓޭކެއް ހެދުނީ. އެކަމުގެ އަދަބު މުޅި އުމުރު ދޭނީތަ.” އިނާރާ މާކިންއާއި ގާތްވެލަމުން ބުނެލިއެވެ.

އިނާރާގެ ވާހަކަތަކުން މާކިން ނުތަނަވަސްވިއެވެ. “އަހަރެން ކޮންމެ ދުވަހަކު އިންތިޒާރު ކުރަނީ މާކިން ލޯބިން އަޅާލާނެ އިރަކަށް. މާކިން އެގޮތަށް އަނިޔާ ކުރީމަ ހާދަ ދެރަވެއޭ. ޕްލީސް. އެހެން ނަހަދައްޗޭ ދެން.” އިނާރާ ދެރަވެފައި ހުރެ ވާހަކަދެއްކި އިރު ހަނދުވަރުގެ އަލިން އެ ލޯ ބަބުޅަމުން ދިޔައެވެ.

މާކިންގެ ކޮލުގައި އަތްލަމުން އިނާރާ ކައިރި ވިވަރަކަށް މާކިން ދިޔައީ ފަސްޖެހެމުނެނެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އިނާރާގެ އަތުގައި އިން ލަކުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި މާކިންގެ ހަނދާނަން އިނާރާ އޭނާގެ ކޯމަތީގައި ޖެހި ހަނދާން އާވެގެން ދިޔައެވެ. ހީވީ ހަމަ ދެންމެ ވީކަމެއް ހެންނެވެ. އެވަގުތު މާކިންގެ ފޮރުވިފައިވީ ނަފްރަތު ތާޒާވެ އޭނާގެ މަޤްސަދު މަތިން ހަދާންވިއެވެ. މާކިން ދުވަހަކުވެސް އިނާރާއާއި ދެތޭރޭ ލޯބީގެ ގޮތަކުންނެއް ނުދެކޭނެއެވެ. އޭނާގެ ކުރިމަތީގައި މިހިރީ މާކިންގެ އަގު ވައްޓާލި އިނާރާއެވެ.

“އައި ލަވް ޔޫ.” އިނާރާގެ ދުލުން މި ލަފްޒު އިވުމާއިއެކީ މާކިންގެ ދެބުމަ ގޮއްޖެހުނެވެ. “އިނާރާ! ކޮންމެހެން އަހަރެން ހައްލަން އުޅޭނެ ކަމެއްނެތް!” އިނާރާގެ ދެ ކޮނޑުގައި ހިފައި ދުރުކޮއްލަމުން މާކިން ބުނެލިއެވެ. އޭނާގެ އަޑުގައި ހުރި ރުޅިވެރިކަން ހާމަވުމުން އިނާރާއަށް އޮޅުނެވެ. “އެކަމަކު.. މިއަދު.” އިނަރާގެ ވާހަކަ މެދުކަނޑާލީ މާކިންއެވެ.

“އެންމެ ފަހަރަކު ލޯބިން އުޅުނިއްޔޭ ކިޔާފަ ހިތަށް ނާރުވައްޗޭ އަހަރެން އިނާރާދެކެ ލޯބި ވިއްޔޭ. އޯ ޕްލީސް. އައި ހޭޓް ޔޫ. އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެ.” މާކިންގެ ވާހަކައިން އިނާރާގެ ހިތް ކުދިކުދި ވިއެވެ. ކުރި ފޮނި އުއްމީދުތަށް ފެންނަން ވެގެންދިޔައިރު އެ ލޮލުން ކަރުނަ ބަބުޅަމުންދިޔައެވެ.

“ދެން އަނެއްކާއި ރޯން ފަށާ. ތި ނޫންކަމެއް ކުރަން ހަމަ ނޭގެނީތަ. އަހަރެން އެއްޗެކޭ ނުބުނެވިފައި ހުންނާނީ ރޯން ފަށަން.” މާކިން މިހެން ބުނެފައި އިނާރާއާއި ދުރަށް ހިނގައިގަތެވެ. “މާކިން ނޫން. ތިހެން ނަހަދަބަ. ނޭނގެނީތަ އަހަރެން ދެރަ.. ވާނެވަރެއް.” އިނާރާ ރޮވިފައި ހުރެ މާކިންގެ އަތުގައި ހިފޭއްޓިއެވެ. އެގޮތަށް އިނާރަ މާކިންގެ ކުރިމަތީގައި ސުވާލުކޮށް އޭނާ ހުއްޓުވި މިއީ ފުރަތަމަ ފަހަރެވެ. އިނާރާއަށް އިތުރަށް ކެތްނުކުރެވުނީއެވެ.

މާކިން އިނާރާގެ އަތް ފޮޅުވާލުމަށްފަހު ގެންގޮސް ރުކުގައި ޖެއްސިއެވެ. “މިހާރު އަހަރެން ހުއްޓުވަން ވެސް ކެރުނީތަ. ބަލަ އަހަރެން އެދުވަހު ލަދުގަންވަރު އިނގޭތަ! ދުވަހަކުވެސް.. ދުވަހަކުވެސް އަންހެން ކުއްޖަކު އެގޮތަކަށް އަހަރެންނާއި ދޭތެރޭ ކަންތަކެއް ނުކުރޭ. އިނާރާއަށް އެ ހިތްވަރު ލިބުނީތީވެސް އަހެރެން ހައިރާން ވި.” އިނާރާގެ ކަރުނަ ފައިބަމުންދިޔަ ލޮލަށް ބަލަހައްޓައިގެން ހުރެ މާކިން ވާހަކަދެއްކިއެވެ.

“ކިތަންމެ ވަރަކަށް ރުޔަސް މި ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ. އިނާރާ ހީކުރީތަ އަހަރެން ލޯބިވިއްޔޭ! ނުވާނަން! އަހަރެން ނޭވާ ހިނގާހާ ހިނދަކު ތި އިނާރާ ދެކެއެއް މި މާކިންއެއް ލޯތްބެއް ނުވާނޭ! ހަނދާން ކުރާތި!” އިނަރާއާއި ދިމާއަށް އިނގިލި ދިއްކޮއްލަމުން މިހެން ބުނެފައި މާކިން އެތަނުން ދާން ހިނގައިގަތެވެ.

ރުކުގެ ބުޑުގައި އިނާރާއަށް އިށީދެވުންއިރު އެ ހިތަށް ދުވަހަކުވެސް އަސަރު ނުކުރާވަރަށް މިރޭ ކޮއްފިއެވެ. މާކިން އޭނާ ދެކެ ލޯބި ނުވާނާނެ ކަން ހާމަކުރުމުން އިނާރާ މުޅި ދުނިޔެ ފުނޑު ފުނޑުވި ކަހަލައެވެ. އެއްވެސް އުއްމީދެއް ނެތް ދިރިއުޅުމެއްގައި ދިރި ހުންނާކަން އެހިތް މިހާރަކު ނޭދެއެވެ.

މާކިން ކޮޓަރިއަށް ވަދެގެން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ޚިޔާލުތަކުގައި އެނބުރެމުން ދިޔައީ އިނާރާއެވެ. އޭނާއާއި ދިމާއަށް ކިޔުނު ކޮންމެ ލަފްޒެއް އަޑުއިވެމުން ދިޔަކަހަލައެވެ. މާކިން ތެދުވެ ބޭރަށް ނިކުމެ ޕޫލް ކައިރީގައި އިށީދެލީ އެ ޚީޔާލުތަކާއި ދުރުވުމަށްށެވެ. އިނާރާއާއި ދިމާއަށް ބުނި ކޮންމެ ލަފްޒަކީ އޭނާ ބޭނުންވެގެން ކީ އެއްޗެއްސެވެ. ނަމަވެސް އެ ހިތް އެ ކަންތައްތަކާއި ދެކޮޅުހަދަނީ ކީއްވެގެން ކަމެއް ނޭނގުނެވެ.

ދިހަ މިނެޓު ފާއިތުވެގެން ދިޔައިރުވެސް އިނާރާ ނައުމުން މާކިން ކަންބޮޑުވާންފެށިއެވެ. އެނާ ހީކުރީ އެތަނުން އައުމުން އިނާރާވެސް ފަހަތުން އަންނާނެކަމަށްށެވެ. މި ރޭގަނޑު އެތަނުގައި އެކަނި ހުންނަން އިނާރާއަށް ނުކެރޭނެކަން މާކިންއަށް އިނގެއެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު އިނާރާގެ އެއްވެސް ހިލަމެއް ނުވުމުން މާކިން ހިތުގެ ވިންދު އަވަސްވިއެވެ.

ބާރު ހިނގުމެއްގައި އެތަނުން ނިކުމެގެން މާކިން މިސްރާބުޖެހީ ކުރިން އެމީހުން ތިބި ރުކައި ދިމާއަށްށެވެ. ދިޔަ މަގުމަތީގައިވެސް އިނާރާ ފެންނަން ނެތުމުން މާކިން ފޯނުނަގައި އޭނާއަށް ގުޅަންފެށިއެވެ. ތިން ފަހަރު ގުޅުނުއިރު ވެސް އެފޯނު ވަނީ ނިއްވާލާފައެވެ. މާކިން ހިނގުން ހުއްޓާލާފައި އެދިމާއަށް ދުވެފައި ދިޔައެވެ.

ފެނުނު މަންޒަރުން މާކިން ސިހުނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައިވާއިރު އޭނާ ހާސްކަން އެތަށް ގުނައެއް އިތުރުވިއެވެ. ކުރިމަތީގައި ފެންނަން ހުރި މަންޒަރަށް ބަލަހައްޓައިގެން ހުރި މާކިންގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ. “އިނާރާ..”.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ރަހީނު.. 08 ވަނަ ބައި…

Next

ހަވާތިފް…. 13 ވަނަ ބައި

Next
July 5, 2015

ހަވާތިފް…. 13 ވަނަ ބައި

Previews
July 5, 2015

ރަހީނު.. 08 ވަނަ ބައި…

53 Comments!

  1. finni says:
    July 5, 2015 at 5:10 pm

    thanx dear ur the best…keep it up.

  2. mai says:
    July 5, 2015 at 5:11 pm

    Varah rythi..

  3. naj says:
    July 5, 2015 at 5:20 pm

    thnkx..i was waiting for this part..vv reethi..mirey anne part genesdhevi dhaanetha?:)

  4. arsy says:
    July 5, 2015 at 5:29 pm

    wow… varah salhi…..

  5. shiaa says:
    July 5, 2015 at 5:31 pm

    oh my gosh , annehkaa ves kiyaa hithun indhaa ninmaaly , bt vvv rythi mipart ves , love u n ur story zai

  6. Lali says:
    July 5, 2015 at 5:40 pm

    Vvvvvvv nice……avahah vaahaka up kuraathy v happy

  7. Unknown. says:
    July 5, 2015 at 5:45 pm

    Wow v nice avahah anneh part up kohdheeba..

  8. Sheryn says:
    July 5, 2015 at 5:46 pm

    Wow…adhi mivaru vaahaka eh shery akah nukiyey…..abadhu mivaahaka mathin handhaan vany…hithah araa dhen vaanee kihineh?? But zai hama ehmmenge hiyy thah thalhuvany komme dhuvahaku….hama ehmme thelhiganna hisaabun thi nimmaalany kohmme dhuvahakuvexx…. nd i hop mirey zai nxt prt genesdheynekamah….i really hope 😀

  9. nazi says:
    July 5, 2015 at 5:48 pm

    mi vaahaka vvvvv reethi

  10. Crazi says:
    July 5, 2015 at 5:48 pm

    Vrh nice

  11. Fary says:
    July 5, 2015 at 5:50 pm

    Vvv nice u are the best dhen kone irakun next part upkolani

  12. wooly says:
    July 5, 2015 at 5:53 pm

    I love this… v nice mi part ves…. next part when update kurani ZAI…. 🙂

  13. lai says:
    July 5, 2015 at 5:54 pm

    Aneh part avas kohdhehchey… plssss

  14. zaisha says:
    July 5, 2015 at 5:56 pm

    thank you guyz. next part tmrw evening ga insha allah. 🙂

    1. cute says:
      July 5, 2015 at 8:43 pm

      thanks…

  15. butterfly says:
    July 5, 2015 at 6:01 pm

    Wow wow this is my favorite sotry I love it.thanks a lot knme dhuvahaku up kuraathy ur the best….keep it up…❤❤❤❤❤❤❤❤❤❤❤❤

  16. mary says:
    July 5, 2015 at 6:09 pm

    Wow nice mi part vex

  17. Tigrious says:
    July 5, 2015 at 6:18 pm

    Inaara ah dhera gotheh nahadhachay plx

  18. Liu says:
    July 5, 2015 at 6:55 pm

    Salhi

  19. zee says:
    July 5, 2015 at 7:03 pm

    Tomorow ah kihineh madu kuraany. Mihaaru vs mihury aneh part kiyaa hithun keh madhu vefa. Mirey nuves nidheyne aneh part nukiya eh.

  20. shdow says:
    July 5, 2015 at 7:03 pm

    vahaka varh reethi thankolheh kuree

  21. shdow says:
    July 5, 2015 at 7:04 pm

    vahakareethi thankolheh kuree

  22. Anonymous says:
    July 5, 2015 at 7:11 pm

    Vv reethi vaahaka

  23. Crazi says:
    July 5, 2015 at 7:12 pm

    Sheryn thibunee ragalha.. Ahvah dhu crazi ahves belenee..vahaka update vi tho

  24. Fayaz says:
    July 5, 2015 at 7:33 pm

    Vrh reethi keep it up

  25. ash says:
    July 5, 2015 at 7:40 pm

    V salhi

  26. lai says:
    July 5, 2015 at 7:42 pm

    Ebunaahen mirey e part up kobba. Inara ah v gotheh neygi nuves nidheyne nun. V kiya hithun mihury.

  27. mary says:
    July 5, 2015 at 7:48 pm

    Varan salhi mi vaahaka .abadhu mi vaahaka kiyaa hiy vanee

  28. Jam says:
    July 5, 2015 at 7:53 pm

    v v reethi keep it up

  29. shafu says:
    July 5, 2015 at 8:29 pm

    I love this story. Laara and yasma ah dhoonukurey

  30. Imattey says:
    July 5, 2015 at 8:32 pm

    Varah habeys…
    v salhi mi vaahaka keep uploadin cnt wait for the next part

  31. shiha says:
    July 5, 2015 at 8:36 pm

    alhe dhn inara ah ehn nuhadhabo! V hithugaa jehey… v habeys vaahaka… avahah up kohdheythy nikan happy

  32. cute says:
    July 5, 2015 at 8:44 pm

    perfect…………

  33. Shaa says:
    July 5, 2015 at 8:52 pm

    Hayaathugaves migothah vaahaka akah inthizaareh nukureve….. Varah rythi mi vaahaka… Waiting for next part. Zaisha u are great

  34. Shiu says:
    July 5, 2015 at 8:54 pm

    Vvvvv reethi story…..

  35. Hanna says:
    July 5, 2015 at 9:29 pm

    Lovely story..keep it up..

  36. cherish says:
    July 5, 2015 at 9:54 pm

    Its beautiful….

  37. IMEE says:
    July 5, 2015 at 9:56 pm

    Vvv reethi mi partves..waitin for next part

  38. aish says:
    July 5, 2015 at 10:06 pm

    Vvv reethi mi bai ves. Aneh bayah inthizaaru ga

  39. Nuzzath says:
    July 5, 2015 at 10:37 pm

    Too intresting… v v v intrest.. hama best.. i love it.. 🙂

    1. nuzoo says:
      July 6, 2015 at 12:07 am

      Nice…

  40. Meesh says:
    July 6, 2015 at 12:20 am

    V reethi… next part ge inthixaaruga

  41. Anonymous says:
    July 6, 2015 at 3:15 am

    Vaahaka fedhigen ai iru ehaa reehcheh noon. Ekamaku fahathah dhaa varakah reethi. Varah salhi. Unmeedhu kurany reethi nimu makun vaahaka nimeyne kamah. Varah salhi…

  42. maya says:
    July 6, 2015 at 4:18 am

    v v reethi mi vaahaka…

  43. cute says:
    July 6, 2015 at 10:55 am

    2 ge kurinn update kurevidhaanethr?

  44. cute says:
    July 6, 2015 at 10:55 am

    waiting waiting waiting

  45. cute says:
    July 6, 2015 at 10:59 am

    finally maakin ah inaaraa libeyne dhw?
    think so………..
    hope it would happen…,,.,.,.,.,,,.,……….,.,.,.,.,.

  46. aroooo says:
    July 6, 2015 at 11:00 am

    V v v nice

  47. shiyaa says:
    July 6, 2015 at 11:25 am

    omg… reethi varah.. thnx mihaa reethi vaahaka eh gensdheythee.. best story ever… 😛

  48. flower says:
    July 6, 2015 at 11:26 am

    alheyyyyy haaaadha salhi ey…. anehbai nereyneee konirakun….

  49. Nuzzath says:
    July 6, 2015 at 12:20 pm

    avas koh dhehchey… inaaraa ah vee kihineh thoa balaa hithun kei madhu vejje

  50. rish says:
    July 6, 2015 at 12:32 pm

    V v nice mi part vx

  51. mixu says:
    July 6, 2015 at 12:41 pm

    Mifaharu ge prt v v dhigu kohlahche zai. Waiting for nxt n v nice story

Comments are closed.

Next Episodeހިތް ވިންދާނުލައި… (13)←


All Right Reserved!