Skip to content
އެސްފިޔަ

ހަވާތިފް….. 11 ވަނަ ބައި

މަގުގެ އެކި ދިމަދިމާލުގައި ހެދިފައިހުރި ބޮޑެތި ފެންކޯރުތަކަށް، ވާރޭގެ ތިކިތައް ޖެހެމުންދިޔަ މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. ރަށުގެ އެ ބޮޑުމަގުގައި ޔައީޝް ނޫން އެހެން އެކަކުވެސް އެވަގުތު ފެންނާކަށް ނެތެވެ. މަގުގެ މެދުން މިނިވަންކަމާއެކު ޔައީޝް ހިނގާލާފައިދިޔައިރު އޭނާ މަޑުމަޑުން ތުނބުންފުމެމުންދިޔައެވެ. ޔައީޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، މަގުގެ އެއްފަޅީގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތުމުންނެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މަންޒަރު ވަނީ ފުސްވެފައެވެ. އެހެން ކަމުން ޔައީޝް އެ ކުއްޖާ ކައިރިއަށް ދިއުމަޓަކައި މަޑުމަޑުން ހިނގައިގަތެވެ.

ޔައީޝް އައިސް އެ ކުއްޖާ ކައިރިއަށް ހުއްޓިލުމަށްފަހު ފުން ނަޒަރަކުން އެ ކުއްޖާ އަށް ބަލާލިއެވެ. އަޅާފައިވާ ބުރުގަލުގެ ސަބަބުން އިސްޖަހައިގެން އިން އެ އަންހެން ކުއްޖާގެ މޫނެއް ޔައީޝްއަކަށް ނުފެނެއެވެ. ތުރުތުރު އަޅަމުން ދިޔަ އެ ނިކަމެތި ހަށިގަނޑު ފެނުމާއެކު ޔައީޝްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އަތްދަނޑި މަތީ ބާއްވާލާފައި އޮތް ތުއްތު ތުއްތު ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތީ މާ ފަހުންނެވެ.

“ކޮން ކުއްޖެއް؟” ޔައީޝް އަހާލިއެވެ.

ލޯމަރާލައިގެން އިން ޝިއާނާ އަށް ލޯ ހުޅުވާލެވުނީ ފިރިހެނެއްގެ އަޑަށެވެ. އެއާއެކު އޭނާގެ ކަޅި ގޮސް ހުއްޓުނީ ކުރިމަތީ ހުރި ފިރިހެންމީހާގެ ފަޔަށެވެ. އޭނާ މަޑުމަޑުން އިސް އުފުލާލަމުން މަތި ބަލާލިއެވެ.

“ޝިއާނާ؟؟!!” އަންހެން ކުއްޖާގެ މޫނު ފެނުމާއެކު ޔައީޝްއަށް ބުނެވުނެވެ. ޝިއާނާއަށްވެސް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ހިތާމައިން ފުރިގެންވީ ދެލޮލުން ޔައީޝްގެ މޫނަށް ބަލަހައްޓައިގެން ޝިއާނާއަށް ހުރެވުނީ ގަނޑުވެފައެވެ. އޭނާގެ މޫނުގައި ޖެހެމުންދިޔަ ފެންތިކިތައް، އެ އޮމާން ހަންގަނޑުގައި ބިހިލުމަށްފަހު ދަތްދޮޅުން ފައިބައިގެން ދެއެވެ. ހީކަރުވާފައިވާލެއް ބޮޑުކަމުން އޭނާގެ ކަތުރު ކަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ.

ޔައީޝް އަވަސް އަވަހަށް ޝިއާނާގެ އަތުގައި އޮތް އިކާން އުރާލުމަށްފަހު އޭނާގެ ކޮނޑުމަތީ ބާއްވާލިއެވެ. އެއިރު އެ ކުޑަކުޑަ އިކާން އޮތީ ފުން ނިންޖަކުން ނިދާލާފައެވެ.

ޝިއާނާގެ ކެތްތެރިކަން ކޮޅުންލީ އެހާ ހިސާބުންނެވެ. ރޮއެ ގަންނަމުން ޔައީޝްގެ ގައިގާ އޭނާއަށް އޮޅުލައިގަނެވުނެވެ. ގިސްލެވެމުންދިޔައިރު ހަށިގަނޑުގައި އެކުލެވިފައިވާ ތުރުތުރުލުން ޔައީޝްގެ ހަށިގަނޑަށްވެސް ދިޔައީ އިހުސާސް ކުރެވެމުންނެވެ.

“ޔައީޝް! އަހަރެން ސަލާމަތް ކޮށްދީ!! އަހަރެން މުޅިން ބާކީ ވެއްޖެ! މާހިލް އަހަރެން ވަރިކޮށްލައިފި!” ޝިއާނާގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ. ޔައީޝް، ޝިއާނާ ގަޔާ ދުރުކޮށްލަމުން އޭނަގެ މުށި ކުލައިގެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ.

“ޝިއާނާ! އަހަރެން އަބަދުވެސް ޝިއާނާ އަށް އެހީތެރި ވެދޭން މި ހުންނަނީ ތައްޔާރަށް!! ހިނގާ އަހަރެމެން ގެއަށް!!” ޔައީޝް ޝިއާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ….

***

އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނުމަށްފަހު ސީމާ އަނެއްކާވެސް ޔައީޝްގެ ނަންބަރަށް ޑައިލް ކޮށްލަމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ތިޔަ ގުޅުންވި ނަންބަރު މިވަގުތު ވަނީ ނިއްވާލާފައި!” ލިބުނީ ހަމަ އެ މެސެޖެވެ. ސީމާގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ޔައީޝް އޮފީހަށް ދިޔަ ގޮތަށް ނައިސް ލަސްވާތީ އޭނާ އިނީ ނިކަން ކަންތައް ބޮޑުވެފައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން އޮފީހުގައި ޔައީޝް ތާށިވެފައި ހުރީކަމަށް ހީކޮށް، ކުޑައެއް ހިފައިގެން އޮފީސް ދޮށަށް ދާންވެސް އޭނާ އުޅެފިއެވެ. އެހާވެސް ޔައީޝް ދެކެ އޭނާ ލޯބިވެއެވެ. ދަރިފުޅު ކިތަންމެ ބޮޑުވެފައި ހުރި ނަމަވެސް މަންމަ އަށް ވުރެ ބޮޑެއް ނުވާނެތާއެވެ.

އެވަގުތު ގޭގެ ދޮރު ހުޅުވާލިއަޑު އިވުނެވެ. ސީމާ ބަލާލިއިރު ޔައީޝް އެތެރެއަށް ވަންނަނީއެވެ. މީހާ ހުރީ ތެމި ފޯވެފައެވެ. ނަމަވެސް ސީމާގެ ސަމާލުކަން އަތުލީ ޔައީޝްގެ ހާލަތެއް ނޫނެވެ. އޭނާގެ ކޮނޑުމަތީ ބޯ އަޅާލައިގެން އޮތް ކުޑަ ކުއްޖާއެވެ. ސީމާގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައީ ޔައީޝްގެ ފަހަތުން ގޭތެރެއަށް ވަން ޝިއާނާ ފެނުމުންނެވެ.

“ދަރިފުޅާ މީ ކޮށްކުއްޖެއް؟” ސީމާ އަވަސް އަވަހަށް ގޮސް އިކާން އުރާލިއެވެ. އަދި ޝިއާނާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“މީ ޝިއާނާ! ވެގެން އުޅޭ ގޮތް ކިޔައިދޭނަން ފަހުން!” ޖީބުން ފޯނު ނެގުމަށްފަހު އޮން ކޮށްލަމުން ޔައީޝް ބުންޏެވެ. “ޝިއާނާ އަށް ހިކިލަން ތުވާއްޔެއް ދީ އިނގޭ! މަ މިދަނީ ކޮފީ ހަދަން!!”

“ޝިއާނާ އަވަހަށް އާދޭ!” ޝިއާނާގެ އަތުގައި ހިފައިގެން ސީމާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. “އެހެރީ ފާހާނަ އިނގޭ! ހުންނާނެ ހޫނުފެނުން ފެންވެރޭ ގޮތަށް! ތިހުރީ ހީކަރުވައި ގަނެފައެންނު!” ސީމާ އޭސީ އޮފްކޮށްލުމަށްފަހު ޝިއާނާ އަތަށް ތުވާއްޔެއް ދިނެވެ. އަދި އިކާން ގެނެސް އެނދުގައި ބާއްވާލިއެވެ. އެއިރުވެސް އިކާން އޮތީ ގަދައަށް ނިދާފައެވެ. އެ މައުސޫމް މޫނަށް ބަލަހައްޓައިގެން ހުރިއިރު ސީމާގެ ހިތުގައި ސުވާލުތައް ދިޔައީ އުތުރި އަރަމުންނެވެ.

“މަންމާ! ޝިއާނާ ފެންވަރައިގެން ނުކުތީމަ ޝައިމާގެ ހެދުމަކާ ބުރުގަލެއް ދީ އިނގޭ!” ޔައީޝް ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ބުންޏެވެ. “މާދަން ދާނަން އެ ގެއަށް ޝިއާނާގެ އަންނައުނުތައް ބަލައި!!”

ޔައީޝް ދިއުމުން ސީމާ ވިސްނާލިއެވެ. އަންހެން ކުއްޖަކަށް އެހާ ބޮޑަށް ސަމާލުކަން ދީ، އެހީތެރިވާނީ ހިތުގައި ކޮންމެވެސް ކަހަލަ ހާއްސަކަމެއް އޮތީމައިކަން ޔަގީނެވެ. ޝިއާނާ ފަދަ ހާލުގައި ޖެހިފައިވާ އަންހެން ކުއްޖަކަށް ޔައީޝް އެހީތެރި ވާން ނިންމީތީ ސީމާ ނުހަނު އުފާކުރިއެވެ.

 ސީމާ މަޑުމަޑުން އިކާންގެ މޫނުގައި ފިރުމާލިއެވެ. އެވަގުތު އިކާންގެ ހަށިގަނޑު ހޫނުވަމުން އަންނަކަން އޭނާ އަށް އިހުސާސް ކުރެވުނެވެ. އެހެންކަމުން އޭނާ އިކާންގެ ކަރުދޮށުގައި އަތް ޖައްސާލިއެވެ. ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އިކާން އެވަނީ ހުން އަންނަން ފަށާފައެވެ. އޭނާ އަވަސް އަވަހަށް އިކާންގެ ޓީޝާޓް ކޮޅު ބޭލުވުމަށްފަހު ގައިމަތީ ފޮތިގަނޑެއް އަޅާލަދިނެވެ. ޝިއާނާވެސް ފާހާނައިން ނުކުތީ އެވަގުތެވެ.

ޝިއާނާގެ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ފެނުމުން ސީމާގެ ހިތުގައި ސުވާލު އުފެދުނެވެ. ބަލާލުމުންވެސް ގަދަކަމުން ކޮށާލާފައިވާ އިސްތަށިގަނޑެއް ކަން އެނގެއެވެ. އެކި ދިމަދިމާއަށް ހުރީ އެކި ވަރަށެވެ.

 އަލަމާރިން ޝައިމާގެ ހެދުމަކާއި ބުރުގަލެއް ނަގާ އެނދުމަތީ ބޭއްވުމަށްފަހު، ސީމާ ކޮޓަރިން ނުކުތުމައްޓަކައި ހިނގައިގަތީ، އެވަގުތަކީ ސުވާލު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތަށް ނުވާތީއެވެ.

“ހެދުން ލައިގެން އާދޭ ކޮފީބޯން އިނގޭ!!” ކޮޓަރީގެ ދޮރު ލައްޕާލަމުން ސީމާ ބުންޏެވެ.

***

“ކުޑަ ސޮރު އެއޮތީ ހުން އައިއްސަ!” ސީމާ ކާގެއަށް ވަންއިރު ޔައީޝް ހުރީ ކޮފީ ހަދާށެވެ.

“އިކާން ހުން އައިއްސައޭ؟” ޔައީޝް ދެތަށި ކޮފީ ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. “ހުން އަންނާނެ އެއްނު! މަ އޮފީހުން އަންނަނިކޮށް ފެނުނީ ޝިއާނާ މަގުމަތީ އިށީނދެގެން އިންދާ! އެ ކުއްޖާ ފަކީރު އިނީ ހީކަރުވައިގަނެގެން ގޮސް ހަލާކު ވާ ވަރުވެފަ!!”

“ކިހިނެއް ވެގެން ނޯ ޝިއާނާ މަގުމަތި ވީ؟”

“ޝިއާނާގެ ފިރިމީހާ ވަރިކޮށްލާފަ ބޭރަށް ނެރުނިއްޔޯ؟” ޔައީޝް ގޮނޑީގައި އިށީނދެލިއެވެ. “އެކަމަކު މަށަކަށް ހިޔެއް ނުވޭ އެއީ މީހަކު ވަރިކޮށްލާފަ އެއްލާލާ ވަރުގެ ނުބައި ކުއްޖެއް ހެންނެއް!!”

“ދަރިފުޅު ހާދަ އަވަހަކަށް ޝިއާނާއާ މެދު ގޮތެއް ތި ނިންމީ؟” ސީމާ ބުންޏެވެ.

“ތަންކޮޅެއް ކުރިން ދުވަހަކުވެސް ޝިއާނާ އާ ދިމާވި! ވަރަށް ރީތި ކޮށް ވާހަކަ ވެސް ދެއްކި!” ޔައީޝްގެ ވާހަކަ މެނދުކެނޑުނީ، ކޮޓަރިން ނުކުމެގެން އައިސް ކާގޭގެ ދޮރު މައްޗަށް ހުއްޓުނު ޝިއާނާ ފެނިފައެވެ. ޔައީޝްއަށް ކަޅި ޖަހާ ނުލައި ޝިއާނާ އާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޝިއާނާ ލައިގެން ހުރި ހެދުމުގެ ސަބަބުން މާޒީގެ ކޮންމެވެސް ހިސާބެއްގެ ހާދިސާތަކެއް އޭނާގެ ހަނދާނަށް އައީއެވެ.

“ޝިއާނާ! އާދޭ އަވަހަށް ކޮފީ އެއް ބޯލަން!!” ޔައީޝް ބުންޏެވެ. ޝިއާނާ މަޑުމަޑުން ހިނގާލާފައި އައިސް ގޮނޑީގައި އިށީނދެލިއެވެ. އެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމައިގެ އަސަރުތަކެވެ. އެއިރުވެސް ދެލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ހުއްޓެވެ.

“ޝިއާ! ކިހިނެއް ވެގެންނޯ މާހިލް އާ މައްސަލަ ޖެހުނީ؟” ކޮފީތަށިން ކޯވަރެއް ބޯލަމުން ޔައީޝް ސުވާލުކޮށްލިއެވެ. ޝިއާނާ މަޑުމަޑުން ދެލޯ މަރާލިއެވެ. އެއާއެކު ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޮހޮރިގަތެވެ.

“މާހިލް އަށް ވާ ގޮތެއް އަހަންނަކަށްވެސް ނޭނގެ! ކުރިން އޭނާ އަކީ ވަރަށް ރަނގަޅު ފިރިއެއް! އަހަރެން ދެކެ ވަރަށް ލޯބިވެސް ވާނެ! އެކަމަކު އެއްދުވަހު ހަމަ ކުއްލިއަކަށް އަނިޔާ ކުރަން ފެށީ!! ވީ ގޮތެއް އަހަންނަކަށްވެސް ނޭނގުނު! އޭނާ ކިޔަނީ… އަހަރެން ހިލޭ ފިރިހެނުން ވައްދަނިއްޔޭ! އެހެން ކިޔާފަ… އަހަރެންގެ އިސަތަށިގަނޑުވެސް ބުރި ކޮށްލި! އެކަމަކު… ﷲ ގަންދީ ހުވާ ކޮށްފަ މި ބުނަނީ! އަހަރެން ދުވަހަކުވެސް ހިލޭ ފިރިހެނެއް ގެއަކަށް ނުވައްދަން!…” ޝިއާނާ ރޮމުން ހިތުގެ އުދާސް ތައް ބޭރުކުރަމުންދިޔައެވެ.

“ޝިއާނާ އެއޮއް ހުރިހާ އިރު ބޭރުގަ އިންއިރު އަހަންނަށް އެކަނި ދޯ އެހީތެރިކަމެއް ފޯރުކޮށްދޭން މި އެނގުނީ! ޝިއާނާ ދަންނަ އެހެން މީހަކު ނެތީތަ މިރަށުގަ؟” ޔައީޝް އަހާލިއެވެ.

“ނޫން!… އެއް ދުވަހު މާހިލް އަހަރެން އޮރިޔާން ކޮށްފަ ބޭރަށްވެސް ނެރުނު! އެ ދުވަހު މާހިލް ވަރަށް ހަޑި އެއްޗެހި ކިޔާ އަހަރެންގެ އަބުރު ނަގާލީ! އަދި އަހަރެން…. ހިލޭ ފިރިހެނުން ވައްދަނިއްޔޭ ކިޔާ ހިސާބުގަނޑު އެންމެންނަށް އެކަން އެންގީ! އެހެންވެ ހިސާބުގަނޑު މީހުން ތިބޭނީ އަހަރެން ދެކެ ރުޅި އައިއްސަ! އެ ދުވަހުވެސް އަހަންނަށް އެހީތެރިވެދިނީ ޖެހިގެން ހުރިގޭ ހަދީޖައްތަ! މިރޭވެސް އުޅުނިން އެގެއަށް ވަންނަން! އެކަމަކު ނުކެރުނީ!”

“މާހިލް އެހެން އަންހެނަކާ އެކު ގުޅުން ހިންގާކަން އެނގޭތަ؟” ޝިއާނާގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު ސީމާ އަހާލިއެވެ.

“އާނ! ކޮންމެވެސް އަންހެން ކުއްޖެއް ގޮވައިގެން ގެއަށްވެސް އައި!!” ޝިއާނާ ބުންޏެވެ. އެވަގުތު އިކާން ރޯން ފެށިއަޑުއިވުނެވެ. ޝިއާނާ އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީ އޮތް އިކާން އުރާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ އިކާންގެ ހަށިގަނޑު އާދަޔާ ހިލާފަށް ހޫނުވެފައި ވާކަން އިހުސާސް ކުރެވުމުންނެވެ.

“އިކާން ދަރިފޫ! އުމްމް އުމްމް!!” ޝިއާނާ އިކާން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް އިކާންގެ ރުއިން ހައްތަހާ ބާރުވުން ނޫން އެހެން ކަމެއް ނުވިއެވެ. އެވަގުތު ސީމާވެސް އައިސް ކޮޓަރިއަށް ވަނެވެ.

“ސުބުހާނަﷲ! މި ސޮރު މިއޮއް ހުމާ ފިހެނީނު!!” އިކާންގެ ގައިގާ އަތްލުމަށްފަހު ސީމާ ބުނެލިއެވެ. “ޝިއާނާ ދޭބަލަ ކާގެއަށްގޮސް ޔައީޝް ކައިރި ބުނަން ފިނި ފެންފުޅިއެއް ދީބަލާށޭ!!” އިކާން އުރާލަމުން ސީމާ ބުންޏެވެ.

އިކާންގެ ރުއިން މައިތިރި ވީ، ފިނިފެނުން އޭނާގެ ހަށިގަނޑު ބޮނޑި ތާން ކުރުމުންނެވެ. ހުންގަނޑު މައިތިރި ވި ނަމަވެސް މުޅިއަކުން ހުން ފިލައިގެންނެއް ނުދިޔައެވެ. އިކާން އަނެއްކާވެސް ނިދުމުން ޝިއާނާ އިކާންގެ ކައިރީގައި އޮށޯވެލީ އިންތިހާއަށް ވަރުބަލިކަން އިހުސާސް ވާތީއެވެ. އެއާއެކު އޭނާވެސް ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.

***

ތޫފާނީ ރެއަކަށްފަހު އަނެއްކާވެސް އިރު، އުދަރެހުން ބޯދިއްކޮށްލީ ރީތި އަމާން ދުވަހަކަށް ހަނާ އަޅަމުންނެވެ. އަރައިގެން އައި އިރުގެ ރަން ދޯދިތައް، މަގުތަކުގައި ހެދިފައިވާ ފެން ކޯރުތަކަށް އެޅެމުންދިޔައިރު، ގަސްގަހުގެ ފަތްތަކުގައި ހަރުލާފައިވާ ފެންތިކިތައް ވިދަމުންދިޔައީ ކުދި ކުދި ރަންކޮޅުތަކެއް ފަދައިންނެވެ. ފަޒާގައި ހިފާލާފައިވާ ފިނިކަން ފަނޑުވެ، މަޑުމަޑު ހޫނުކަމެއް ވެރިވާންފެށިއެވެ. ކާޅާއި ކޮވެލީގެ ރާގުތަކުން މާހައުލު ގެ ހަމަހިމޭންކަން ގެއްލެމުދިޔައެވެ.

އިލޮށިފަތީގެ ބުޑު އެއްވަރުކޮށްލަމުން ސީމާ މަގުމައްޗަށް ނުކުމެ ވަށައިގެން ފެންނަމުންދިޔަ މަންޒަރުތަކަށް ނަޒަރު ހިންގާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ފަތިހުގެ ތާޒާކަން މަތީ ސީމާ މަގުމައްޗަށް ނުކުތީ، ހަޑިވެފައިވާ މަގުމަތި ރީތި ކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް ތެމިފައިވާ ވެލިގަނޑުމަތީ ހުރި ފަތްތައް ސާފު ކުރުން ވީ، ސީމާއަށް އިންތިހާއަށް އުނދަގޫ ކަމަކަށެވެ.

ޔައީޝްވެސް އޮފީހަށް ދިއުމައްޓަކައި ތައްޔާރުވެލައިގެން ބޭރަށް ނުކުތީ އެވަގުތެވެ.

“ދަރިފުޅު ކޮފީ ބޮއެފިންތަ؟ ހުންނާނެ މޭޒުމަތީ!!” ބޭރަށް ނުކުތް ޔައީޝް ފެނުމުން ސީމާ ބުނެލިއެވެ.

“ބޮއެފިން!! ކޮބާ ޝިއާނާ!؟”

“ނިދިފަ އޮތީ! ރޭގަ ކުޑަ ސޮރު ހުންގަދަވެގެން އުޅުނު! އެކަމަކު ފަހުން ހަމައަކަށް އެޅުނު!!” ސީމާ އަނެއްކަވެސް ގުދުވުމަށްފަހު އޭނާ ކުރަމުންދިޔަ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

“ކޮބާ ސައިކު؟” މަގުގެ ދެކޮޅު ބަލާލަމުން ޔައީޝް އަހާލިއެވެ. “ހޫމްމް ހޫމްމް!! ރޭގަ އޮފީހުގަ ބަހައްޓާފައޭ އައީ! މަ ހަނދާން ނެތުނީ!!” ޔައީޝް މިސްރާބު ޖެހީ އޮފީހާ ދިމާއަށެވެ.

***

އަރާމު ނިންޖަކަށްފަހު ޝިއާނާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން 7 ގަޑި 15 ހިނގަނީއެވެ. މޯޅިއަކަށް ދެމިލުމަށްފަހު އާފުރިލަމުން އޭނާ ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ކައިރީގައި ނިދާފައި އޮތް އިކާންގެ މޫނަށް ބަލާލިއެވެ. އޭނާ އިކާންގެ ކަރުގައި އަތް ޖައްސާލީ އަދިވެސް ހުމުގެ އަސަރު ހުރިތޯ ބަލާލުމަށްޓަކައެވެ. ނަމަވެސް އޭނާ ގެ އަތް އިކާންގެ ކަރުގައި ޖައްސާލުމަށްފަހު ކުއްލިއަކަށް ދަމައިގަނެވުނީ އިކާންގެ ހަށިގަނޑު، ގަނޑުވެފެން ފަދައިން ފިނިވެފައި ވަތީއެވެ……

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (74)

  1. Hoody

    Dear readers, varah bodah sorry mi part kuru koh genes dhevuneema…. varah masahkai kurin vaguthu libeythia dhigukoh liyan…. Anyways, reethi vaane kamah ummeedhu kuran…

  2. Nabhaan

    Wow vrh salhi..nxt part avas..m the 1st dhw…yey

    1. Hoody
      Nabhaan

      hehe…. You should be the first… Naboo kairi ekani viyya bunanee upload koffa… Thnkx bro!! 🙂

    2. Nabhaan
      Nabhaan

      Kekeke……wlcm

  3. Sheryn

    Its ok hoody..n thank u…im the 1st yay…awesome story 😀

    1. Hoody
      Sheryn

      thnkyou Sheryn… you’re the second sheryn…. :p 🙂

  4. Sheryn

    Ey nabahaan ey dhw 1st so im the 2nd…bllll 😛

  5. Sheryn

    Hoody hama nabhaan dhonve dhw nabhaan kairy ekani bunee upp khfaa.. hmmm v foohivey

    1. Hoody
      Sheryn

      I have nabhaan’s phone number, ehnve bunevenee… sheryn ge FB ID vex hoody athaku neh…. dhn kihineh bunaanee??

    2. Nabhaan
      Sheryn

      Kekeke…sheryn ma my ehaa dhon myheh noonw…

  6. juma

    Its ok.. hoody birth day veema bxy vee dhw?? Btw story is awesome as always.. 🙂 🙂

  7. sif

    wowww. vvvvvvv.thithi.

  8. shiaa

    , vvvv reethi ingey , mi part ,. kyve , ikaan dhooni ehaa finivy , maruvytha annehkaa , plx ehen nahadhah chey , earun shiaa moyavedhaane

  9. Hoody

    Thnkz juma and sif and Shiaa

  10. Mixna

    Vrh vrh reethi….

  11. zai

    V reethi mi part.

  12. shiaa

    eyy mee ayy dhw b day ga genes dhin part aky , shiaa heekury , kuryge prt kamah, kurakas vv rythi

  13. Hoody

    Thnkx all….

  14. nukko

    Hooodyy…. ur story is awesome.. nxt part avas ingeyyy.. waiting…..

  15. jenny

    Hoody anekka ikaan ah kihineh v??please.hoody shia ah dhn dhera gotheh nahadhah chey..

  16. Sanshaa

    What hapen to jazla? Where is part 17 in season 1. Plx rep

    1. Hoody
      Sanshaa

      Part 17 neh tha? innaane!! chech it again… Biruveri category in balanyaa nufennaane 17 vana part eh! aneh hen balaabala!! nufenuniyyaa just let me know ingey… I’ll send the link!!

    2. Sanshaa
      Sanshaa

      Thnkx hoody, found 17th part, upload the next part as soon as possible, plx, cant wait

  17. shiaa

    when next part

    1. Hoody
      shiaa

      Next episode maadhan rey In Sha Allah!!

  18. Hoody

    BTW, thnkyou jenny and nukko

  19. neem

    Hey, its v v nice
    Dhe faharah kiyijje, kalhu finifenma ah vure vx reethi kanneyge.. ek keehve kuhlli akah hun madu v.. e jinni hun madu koh dhinytha

    1. Hoody
      neem

      Nooney neem… kulli akah nooneh nu hun maduvee…. finifenun bondithaan kureema eiy…. BTW, thnkx!!!

  20. shiaa

    so abraas , dhw ikaan hun madu koh dhiny , but , kyve gandu fenhaa finy , lets see , next part kyma dw igea ny , aamukoh meehun maruvyma hashigadu maabodah finivany . shiaa ge thihthi manma ah ves vy ehen . niyaavumun othy mulhi myhaa finivefa,. oh god , plx save ikaan

  21. shiaa

    n hun aisfa onna iru kudhin roan fashaany finifen ugulheema , but ikaan ruyun huttaaly,

  22. Sany

    Wow….kiyuntheringe comment thakah reply kuraathy v best… anyway the story is just awsom..

  23. Zuu

    Varah rythi… waiting for the next part… ☺

  24. Hoody

    Thnkx all!!!

  25. sun

    Wow wow.

    .this is it.. wow..its really nice wow u did it…. u won all the readers heart

    1. Hoody
      sun

      Thnks sun 🙂

  26. shaaree

    ure story z awsome…. grt…. plssss hooody let me knw ure fb adddd

    1. Hoody
      shaaree

      Thnkx sharee… Hoody ge FB ID ga innaanee “Hoodh Ibrahim” jahaafa, Black kulaige profile picture eh laafa! Cover ga innaanee writing pen eh!! 🙂

  27. Saana

    Vahakah v v reethi dhen kohne erakun app vany.waiting for next part

  28. Fayaz

    Wow mibaaves kiyaahithun huhtaa maaavahah thinihmaakee

  29. saaniya

    Salhi

  30. Naju

    Habeys story eh. Keep it up Hoody..

  31. naj

    Vvv salhi..u r the best hoody

  32. azoo

    Nice..alhe baby maruweethami faharu yaish ah dhera eh nudhehchey..mihaaru dhefaharah dhera libijjehnu dhw

  33. demon

    vvvv furihama – no comments

  34. dhonthi

    alhe hoody ikaan maru v tha??? varah reethi mi part vex 🙂

  35. naz

    Nice story.. Liyumuge baeh kuhthah hurikan faahaga kohlan … Dhn faharakun rangalhu kohlahchey … Waitin for nxt part

  36. Nin

    hoody yur da bst :*

  37. au

    This part is also really nice, but yaeysh aa shiya dhimavma ufedhey jaxubathu rangalhah sifakohli nama ithurah furihamavs

  38. rish

    Vvv nice mi part tx… waitin

  39. Crazi

    Vrh shalhi mrng ahvaha update ehgey

  40. muru shidha

    <3 <3

  41. Serizawa

    Mi vaahaka varah reethi… mashakee dhuvahakuves vaahaka eh kee meeheh nun ekam ma gf buneema mivaahaka kiyaalee… varah salhI… avahah up kolladhehchey next part 🙂

  42. yash

    Wow v v v v v reethi mibaa ves u r the best hoody ♥♥♥♥

  43. naxhaa

    Vara vara salhi mi part ves..waiting next part

  44. zaa

    Woww.. ikaan maraa nulahchey.. dhn yaeesh n shiaana marry kuruvaba., mifaharu yaeesh ah dhera eh nudhehchey hoody.

  45. naaax

    habeyxxxxxx..

  46. smile

    HAPPY n day.. hoody story salhi

  47. elyshaa

    happy birth day hoody

  48. ibthi
  49. roy

    aslu mi vaahaka vara kada kon mi dhani mihaaru. abadhu sihureh hadhaada, maraafa, anekaa sihuru hadhaafa, indhefa varikohfa, maraafa, sihurru hadhaafa. dhen hama hus ekahche. furataham season aslhi deh aslu mi bai ga hama ekahche. nothing new. hama sihuru hadhaa sihuru hadhaa.

  50. shaisha

    Roy ah foohiyaa nukeema nimunynun dhoa hoody akee vv molhu liyuntheriyeh hama vv molhu adhi ehen liyuntherinaa vv thafaathu salhi meeheh

  51. Chau

    Hoods koba. Mihaaru varah belijje up veytho avas kohba dhn. Love u 🙂

  52. elyshaa

    hoody , my best author , koba tha next part , plz vanyaa mun 11 ge kurin genes dhevidhaa netha , plz , n do u remember , xaa mirey marry kure eh nun ,

  53. elyshaa

    hoody , kathuru kashiganda ky kobaa tha

  54. Nadhy

    Hoody ur the best story writor

  55. Nadhy

    Hoody ur the best

  56. Sam

    masha allah.. itx awsome… hoody… ikaan baby maraa nulache plx… lurv him loads…<3

  57. Suma

    Hooooodyyy!!!
    Next part avahah up kohdheeba..
    we all r waiting… 🙂 🙂

  58. shiaa

    alhe hoody , irukolhakaa balaale vay eba up vefa intho , avas plx

  59. vishaa(vishu)

    kon irakun tha next part hoody ?? 11:30 ha iru tha??? plzz upload it fast …mihaaru mihiryy aneh part kiyaahithun kehmadhu vefa .. 🙁 hehehe 😉

  60. elyshaa

    vishuu bunaa hen dhen avas kohba , mihaaru kiyaa hithun maruvany

  61. elyshaa

    next part vv reethi kollachey

  62. juma

    Hoody koba next part.. avas kohdheeba.. v v v v v kiyaahiy vey eba.. plx make it fast.. 🙂

  63. twinkle

    Mihaaru etha faharaku bellije ene part upload vefa intho.. plx v kiyaa huthun mihunnanee.. n hoody ur story is the best

Comments are closed.