
” އަހަރެން ބަނޑު ބޮޑުތަ؟” އެހެން ހުރެފައި ފަހުމާ ކޮށްލި ސުވާލަކުން އީނާޝް ކުށިއަރައިގަތެވެ. ނަޝީދުވެސް ހާސްވާން ފެށީ ދެން ގަދަކަމުންވެސް އޭނާއަށް ކިޔާންއާއި ފަހުމާ ނުގުޅުވޭނެ ކަމުގެ ރަތް ސިގްނަލް ލިބުމުންނެވެ.
” އަހަރެން އީނާޝް ކައިރީ މިއަހަނީ އަހަރެން ބަނޑު ބޮޑުހޭ؟” ހަމަ އެހުރި ގޮތަށް ހުރެ ފަހުމާ އަހައިލިއެވެ. ފަހީމާއަށްވެސް އީނާޝްއާއި ދިމާލަށް ބަލަން ފެށުނީ އެބުނީ ތެދެއް ހޭ އަހާ ކަހަލަ ގޮތަކަށްށެވެ. އީނާޝްއަކަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ އަމިއްލަ ނަޒަރުގައިވެސް ކުށްވެރިޔަކީ އޭނާއެވެ. ފަހުމާ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އީނާޝްގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނާއަށް ޖަވާބު ދެނެގަނުން އުނދަގުލެއް ނޫނެވެ.
” ނުދޭނަން ދޯ ޖަވާބެއް. އެކަމް އަހަންނަށް ޖަވާބު ލިބިއްޖެ. އަދި މާ ހެޔޮ ވެގެން އުޅެފަ މީދޯ މަށަށް ދިން ލަނޑު. އެކަމް އީނޫ ޔޫ….” އަނެއްކާވެސް ފަހުމާ ބުންޏެވެ. ފަހުމާގެ ބަސްތަކުން ހިތު ޖެހިގެން ރޮވެން ފެށުނެވެ. ނަޝިދުވެސް އިސްޖަހައިލީއެވެ.” ފަހުމާއަކީ މީހަކާ ދިމާލަށް އެއްޗެކޭ ބުނެވޭވަރުގެ މީހެއްނޫން. ބައްޕަމެންގެ އުންމީދުތަކުގަ ކޮޅުފައިން ޖެހި ނުލަފާ ކުއްޖެއް ތީ. އީނޫއާ ދިމާލަށް އެއްޗެކޭ ބުނެވޭ ވަރަށް ވުރެ މާ ގޮތް ކުޑަ ކުއްޖެއް ތީ. ” ފަހީމާއަކަށް އަނގަ މަޑުންލައިގެން ހުންނާކަށް ނޭނގުނެވެ. ފަހުމާ ކައިވެންޏަށް ދެކޮޅު ހެދުމުން އޭނާ ފަހުމާއާއި މެދު ފޫހިވީއެވެ.
” އާނ. ފަހީމާ ތިބުނީ ރަނގަޅަށް. އެހެން ނޫނަސް ބައްޕަގެ ކުޑަކުޑަ އެދުމަކަށް އީނޫ މިހުރިހާ ކަމެއް އެކުރީ. އެއީ އަހަރެންގެ އުފަން ކުއްޖެއްވެސް ނޫން. އޭނާއަށް ވެސް ނުކެރުނު ބައްޕަގެ އަމުރަށް ދެކޮޅު ހަދާކަށް. އެކަމް އަހަރެންގެ ކުއްޖާ ފާޅުގަ މިކަމަށް ދެކޮޅު ހެދީ. ތީ އަހަރެންގެ ލޭ. އެކަމް ކަލޭ ތިދަނީ ބައްޕަގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ކުރަމުން.” ނަޝިދުވެސް ފުރުސަތުގެ ބޭނުން ހިފާލިއެވެ. ފަހުމާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. ރޮއިލަ ރޮއިލާ ހުރީއެވެ. އީނާޝް އޭނާގެ ލޮލުން ކަރުނަތަށް ފޮހެލަމުން ފަހުމާގެ ކޮނޑުގައި އަތް އަޅާލީ ފަހުމާގެ ހިތަށް ކުރާނެ އަސރު އެނގޭތީއެވެ. އީނާޝްއަކީ ކެތްތެރި ކުއްޖަކަށް ވިޔަސް ހުރިހާ އެންމެން އެއްގޮތެއް ނުވާނެކަން އެނގޭތީއެވެ. މިއޮއް ހުރިހާ ދުވަހު އުނޫޝްއަށްޓަކައި އެޅި ކަރުނަތަށް އެހެން މީހުންނަށް ފޮރުވޭނީ ވަރަށް ހިތްވަރު ގަދަވީމައެވެ.
” އީނޫ ބަހައްޓާ އޭނަ އެހުރި ގޮތަށް. އޭނައަކަށް ނުވިސްނޭނެ. އީނޫއާ ދިމާލަށްވެސް ކީ އެއްޗެހި ރީއްޗެއް ނޫނެއްނު. އޭނާއަށް ވިސްނޭނީ އޭނާގެ ބަނޑުގަ އޮތް ކުއްޖާ ބައްޕަ ކޮބާ ހޭ އަހަން ފެށީމަ. ޔަތީމް ކުއްޖެއްގެ ގޮތުގަ ދުނިޔެއަށް އުފަންވެ އެތައް ރެއަކު ހިތާމަކޮށް ރޮއި ހަދާތަން ފެނުނީމަ. އެދުވަހު ހިތަށް އަރާނެ މަންމަމެން ބުނި ބަސް ގަބޫލް ކުރެވުނު ނަމައޭ. އެކަމް އެދުވަހުން ކާކު ބޭނުންވާނީ؟ މިހާރުވެސް ބަނޑު ބޮޑުކަން މީހަކަށް އެނގުނު ނަމަހީ ބޭނުމެއް ނުވާނެ. ” އެއްވެސް ވިސްނުމަކާއިނުލާ ފަހީމާ ބޭރުކުރި ކޮންމެ ބަހެއް ފަހުމާގެ ކަންފަތާއި ހަމައަށް ދަތުރު ކުރިގޮތް އެނގޭނީ ހަމަ އޭނާއަށްށެވެ. އީނާޝްއަށްވެސް ފަހުމާގެ ހާލު އިހްސާސްވެއެވެ. އެހެނަސް ދައްތަމެންނާއި ދެކޮޅަށް ބަހެއް ބުނުމުގެ ގާބިލްކަމެއް އޭނާއަށް ލިބިފައެއް ނެތެވެ.
” އަދި އެބަ ރޮއެއްނު. ހިތަށް އަރާ ދޯ ތިމަންނައަށް މިކުރެވެނީ ވަރަށް ރަނގަޅު ކަމެކޭ. އެކަމް އެނގޭތަ؟ ތި ކަރުނަތަށް ފޮހެދޭކަށް އެލާމިއު އެއް ނާންނާނެ. ތި ކަރުނަތަށް ކުރިމަތި ވުމުގެ އަސްލަކީވެސް ހުދު ލާމިއު. ދެން ކިހިނެއް ލާމިއު ތި ކަރުނަތަށް ފޮހާނީ؟ އެހެންވެޔޭ ބުނީ ތިކަރުނަތަށް ފޮހެދެވޭނެ ކަހަލަ މީހަކު ގެނެސްފައި އިންނާށޭ.” ފަހީމާ ހުރީ އަނގަ މަޑުންލާ ގޮތަކަށް ނޫނެވެ. ހިތަށް އެރިހާ އެއްޗެސް ކިޔަމުން އޭނާ ދިޔައިރު ހީވީ އެތައް ދުވަހެއް ވަންދެން ނުބުނެ ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ އެއްޗެއް ބޭރު ކުރަމުން ދިޔަހެނެވެ.
މަންމަ ދައްކާނެހާ ވާހަކައެއް ދައްކަން ދެކަށް ފަހުމާ ހުރީއެވެ. ހީވަނީ ކަމަކާ ވިސްނާހެންނެވެ. އީނާޝް މަޑުމަޑުން ފަހުމާގެ ކޮނޑުގައި ހިފާ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ނަމަވެސް މަޑުޖެހިލެވުނީ އަނެއްކާވެސް މީހަކު ވާހަކަ ދައްކާހެން ހީވެގެންނެވެ. ” ފަހޫ. މިހާރު ބައްޕަމެންނަށް ވަރަށް ކެތްތެރި ވެވެއްޖި. އެކަމް މިހާރު ކަންތައްތައް މިދަނީ މާ މައްޗަށް. އަދިވެސް ފަހޫ ގޮތްދޫކުރަން ބޭނުން ނޫންނަމަ މިރޭން މިރެއަށް މިގެއިން ނިކުމެގެން ލާމިއު ކައިރިއަށްދޭ. އަހަރެން ބޭނުމެއް ނޫން ތިކަހަލަ ކުއްޖެއް ރޯތަން ބަލަން ހުންނާކަށް. ތި ރޯ މަންޒަރު ލާމިއުއަށް ދައްކާ. ނަޝީދު ބުނި އެއްޗަކުން ފަހުމާ މާ ބޮޑަކަށް ދެރަވިހެނެއް ހިޔެއް ނުވިއެވެ. އޭނާގެ ހިތުގައި ވަނީ އަވަހަށް މިގެއިން ދިއުމޭ ބުނާހެން ހީވާން ފެށިއެވެ.
****
ކޮޓަރިއަށް ވަދެވުމާއިއެކު ފަހުމާގެ ރުއިމުގެ އަޑު މުޅިން އެކީގައި ކެނޑިއްޖެއެވެ. އެނދުގެ ބޯލާ ކޮޅުގައި އިށީނދެގެން ފަންކާ އެނބުރޭ މަންޒަރު ބަލަން ހުރި ފަހުމާ ހީވަނީ ވަރަށް ބޮޑު ކަމަކާމެދު ވިސްނާ ހެންނެވެ. އާނއެކެވެ. އޭނާގެ ވިސްނުމުގައި މިއަދުވެސް ރަސްކަން ކުރަނީ ހަމަ ލާމިއުއެވެ. އެހެނަސް ލާމިއުގެ ތަފާތު ހިޔާލެކެވެ.
އެއީ ފަހުމާ ލައިޝަމްއަށް ބަނޑު ބޮޑުކަން އެނގުނ ދުވަހެވެ. ލާމިއު އޮފީހުގައި އުޅުނު ވަގުތުގައި ފަހުމާ މަރުކަޒަށް ޓެސްޓް ކުރަން ވެގެން ދިޔައީ ބަނޑު ވިޔަސް ލާމިއުއަށް ސިއްރުކޮށްފައި މާދަމައަކީ ލާމިއުގެ އުފަން ދުވަސް ކަމުން އިހަށް ފޮރުވާލާނިއްޔޭ ހިތާއެވެ. ނަމަވެސް މަރުކަޒުގައި އުޅުނު ލާމިއުގެ ރައްޓެހި އަންހެނ ްކުއްޖެއް އަނގަ ދިޔާވެގެން ގޮސް ލާމިއުއަށް ފޯނު ކޮށްލާ ހުރިހާ ވާހަކައެއް ކިޔައިދިނީއެވެ. އޮފީސް ނިންމާފައި މާ ބޮނޑިއެއް ހިފައިގެން ލަސްހިނގުމެއްގައި ލާމިއު ވަނީ ފުރަގަހަށް ލާ މާ ބޮނޑި ފޮރުވާލަމުންނެވެ.
އަދި ހަމަ ފަހުމާ ދޮރު ހުޅުވުމާއިއެކު އުރާލީ ކުއްލިއަކަށްށެވެ. ހައިރާންވެފައި ހުރި ފަހުމާއަށް ލާމިއުއަށް ފަޅާ އެރީއޭ ހިތައި ކުދި ކިޔެން ފެށުނެވެ. ލާމިއު ފަހުމާ ހަމަ ބިމަށް ބައިލަމުން އަހަރެންގެ ކުއްޖާ މަންމާއޭ ކިޔައި ގޮވާލަމުން މާ ބޮނޑި ދިއްކޮއްލިއެވެ. އަދި ސިޓިން ރޫމްގައި ބެހެއްޓިފައިވާ ސޯފާގާ އިށީނދެލައި ފަހުމާވެސް ކައިރީގައި ބޭންދިއެވެ. މިހާރު އެއުފާވެފައި ހުރި ލާމިއުގެ މޫނު މަތިން ފާޅުވަން ފެށީ ނުތަނަވަސްކަމެވެ. ފަހުމާ ލާމިއުގެ އަތުގައި ހިފައި ބާރު ކޮށްލަމުން ކިހިނެއްވީހޭ އަހައިލިއެވެ.
” އަހަރެން ބިރު ގަންނަނީ. މިކުއްޖާ ވިހާން ވާއިރަށް އަހަރެމެން ދެމީހުން އެކުގަ އުޅޭނެ ބާއޭ ހިތަށް އެރުމުން. އަހަރެމެން ދެމީހުން ދުނިޔޭގަ ހުންނާނެ ބާއޭ ހިތަށް އެރުމުން. މިކުއްޖާ ބޮޑުވާނީ ކޮންކަހަލަ ކުއްޖެއްގެ ގޮތުގަ ބާއޭ ހިތަށް އެރުމުން. އަހަރެން ބޭނުމެއް ނޫން. ޔަތީމް ކުއްޖެއްގެ ގޮތުގަ މިކުއްޖާ ދުނިޔެއަށް ނޭވާލާކަށް. އަހަރެންނަށް ވީގޮތް އަހަރެންގެ މިކުއްޖާއަށް ވާކަށް. އެނގޭތަ؟ އަހަރެން ބަލާ ބޮޑުކުރީ ކާކު އަހަރެންގެ ކާކު ކަމެއް އަހަންނަކަށްވެސް ނޭނގެ. އެނގޭހާވެސް އެއްޗަކީ ކޮންމެސް ހަފަޒައްތަ އެއް ކަން. މަންމަޔާއި ބައޕްގެ ލޯއްބާއި ނުލާ އަހަރެން ދިރިއުޅުނު ގޮތް ދެނެވޮިގެން ވާނީ ހަމައެކަނި މާތް ﷲ. ފަހޫ އަހަންނަށް ހުވާ ކޮށްދީ ދުވަހަކުވެސް އަހަރެންނަށް ޖެހުނު ހާލު މިކުއްޖާއަށް ނުޖައްސާނެ ކަމަށް. އަހަރެމެން ދެމީހުން ވަކިވިޔަސް އަދި މަރުވިޔަސް..” އެދުވަހު ލާމިއުގެ ލޮލުން ވެރުނު ކަރުނައިގެ އަގު އެންމެ ބޮޑަށް އެނގޭނެ އެކަކީ އޭނައެވެ. އެފަދަ ހާލުގައި އޭނާގެ ދަރިފުޅު ޖައްސަން ބޭނުން ވާނީ ކޮން މައެއް ބަފައެއް ހެއްޔެވެ؟
ފަހުމާގެ ސިކުނޑިގައި ލާމިއުގެ އެބަސްތައް ތަކުރާރު ވާން ފެށިއެވެ. އޭނާއަށް ކަންފަތް މަތީ އަތް އަޅާ ލެވުނީއެވެ. އެއަޑު އޭނާގެ ދަރިފުޅުގެ ދުލުން ބޭރުވިޔަކަ ހަމަ ހިލާ އޭނާ ނުދޭނެއެވެ.
” ފަހޫ. ދެން ޕްލީޒް. ކޭން ޔޫ ފޮގެޓް ދެޓް. މަންމަމެން އެހެން އެބުނީ ކީއްވެކަން އެނގޭތަ؟ އެއީ އެމީހުންނަށް އަދި ނުވިސްނޭތީއޭ. އަހަރެން ބުނިމެއްނު މިދަނީ ލާމިއު ބަލައޭ. ދެން ސްޓޮޕް ދެޓް. ” ކަންފަތްމަތީގައި އަތްއަޅާއިގެން ހުރި ފަހުމާގެ އަތް ދުރު ކުރުމަށްފަހު ބޭރަށް ދާން ހިނގައިގަންނަމުން އީނާޝް ބުންޏެވެ. އެވަގުތު މަޑު ޖެހިލެވުނީ ފަހުމާ އޭނާގެ އަތުގައި ހިފާލުމުންނެވެ.
” ނޫން. ލާމީ ބަލާ ދާނެ ކަމެއް ނެތް.” ފަހުމާ ބުނި އެއްޗަކުން އީނާޝްގެ ސިކުނޑިގައި ބޮޑު ސުވާލު މާކެއް ކުރެހުނެވެ. އަދި ވަޓް އޭ ބުނެވުނީ ހައިރާންވިލެއް ބޮޑުކަމުންނެވެ.
” އާން. އަހަރެން މިބުނީ ލާމީ ބަލާ ދާނެ ކަމެއް ނެތޭ. އީނޫ ތިންކް ޑީޕްލީ. އޭނާ ބަލާ ގޮސްގެން އެއްވެސް ފައިދާއެއް ކުރާނެތަ؟ އޭނަ ބަލާ އެތައް މީހަކު ގޮއްސި. އެކަމް ގެނެވުނުތަ؟ މަންމަމެންނާ ދެކޮޅަށް އަހަންނަށް ގޮތްދޫނުކޮށް ހުރެވުނީ މޮޔަކަމުން. އެކަމް މިރޭ ވިސްނިއްޖެ. ދެން އެ ކަހަލ ކުށެއް ދެވަނަ ފަހަރަކަށް ނުކުރާނަން. އަހަރެން ބޭނުންވަނީ ކިޔާންއާ ކައިވެނި ކުރަން…” މިފަހަރު ކުރިއަށްވުރެ ބޮޑަށް އީނާޝް ހައިރާންވިއެވެ.
” ފަހޫ އަށް އެނގޭތަ ތިކިޔޭ އެއްޗެއް؟ ފަހޫ ތިހުރީ ހަމައިގަތަ؟ ” ކުޑަކޮށް ފަހުމާގެ ބުރަކަށީގަ ހިފާ ތަޅުވާލަމުން އީނާޝް އަހައިލިއެވެ. ފަހުމާ ބޯޖަހައިލާ އާނއެކޭ ބުންޏެވެ.
” އަދި ކިރިޔާ އަހަރެންނަށް ހަމަހޭ ވެރިކަން ވީ. މިއޮއް ހުރިހާ ދުވަހު އަހަންނަށް ހުރެވުނީ އެހެން ދުނިޔެއަކު. ލާމީގެ ލޯއްބާއި ހެދި ހަގީގަތްވެސް ބަލާ ނުގަނެވި. ބަޓް އަހަރެންގެ ކުއްޖާ ޔަތީމް ވިޔަކަ އަހަރެން ނުދޭނަން. ލާމީއެއް ނާންނާނެ. އެހެނެކޭ ކިޔާފަ އަހަރެންގެ ކުއްޖާގެ ދިރިއުޅުން ބަރުބާދު ކޮށްލާކަށް ބޭނުމެއް. ” ފަހުމާއަށް ވިސްނޭގޮތް އޭނާ ކިޔައިދިނެވެ. އީނާޝް ތިހެން ނުބުނާށޭ ބުނެ އެތައް ފަހަރަކު ފަހުމާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެފުރުސަތު ނުދީ އީނާޝްގެ އަތުގައި ހިފާ ދަމަމުން ފަހުމާ ނިކުތީ ބޭރަށްށެވެ. އީނާޝްއަށް ވާނުވާއެއް މާ ބޮޑަކަށް ނޭނގެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހާށްވާން ފެށީ ފަހުމާ ކިޔާންއާއި ކައިވެނި ކުރާތީއެވެ.
” ބައްޕާ. އަހަރެން ބޭނުން ކިޔާންއާ ކައިވެނި ކުރަން.” ނަޝީދުމެންގެ ކުރިމަތީގައި ހުއްޓިލަމުން ފަހުމާ ބުނި އެއްޗަކުން ހުރިހާ މޫނުތަށް އުޖާަވިޔަސް އީނާޝްގެ މޫނު މިލައިގެން ދިޔައެވެ. ފަހުމާއަށް ކުއްލިއަކަށް އެވީ ކިހިނެއް ހެއްޔެވެ؟ އޭނާ އެހާ ބޮޑަށް ބަދަލު ވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ނަޝީދު ގޭން ނިކުންނާށޭ ބުނީމަ ހެއްޔެވެ؟ ނޫނެކެވެ. ހަމަ އެވަރުގެ ކަމަކާ މިހާ ބޮޑު ވަރެއް ފަހުމާއެއް ނުކުރާނެއެވެ. ކޮންމެސް ބޮޑު ކަމެއް ވެއްޖެއެވެ. އީނާޗްގެ ހިތަށް އެތައް އެއްޗެއް އަރަން ފެށިއެވެ. ހުރިހާ ކަމެއްގެ ހައްލަކަށް އަބަދު އޭނަ ވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ އެއްއަތުގައި ހިފާ އެހީތެރިވާނެ މީހެއް ނުހުންނަނީ ކީއްވެ ހެއްޔެވެ؟ އެންމެ ކުޑައިރުވެސް އަމިއްލަ ލޯބި ގުރުބާން ކޮށްގެން ކަންކަން ހައްލުކުރަން ޖެހުނީ އޭނާއަށްށެވެ. އެހެން އެއްވެސް މީހެއްގެ އެހީއަކާއި ނުލައެވެ. އޭނާއަށް އުނޫޝް ނުލިބުނަސް ހެވެއެވެ. އެއީ ދެން ލިބޭނެ ކަމަށް އުންމީދު ކުރާވަރުގެ މީހެއްވެސް ނޫނެވެ. ނަމަވެސް ލާމިުއއާއި ފަހުމާ ގުޅުވަން ކޮންމެ ގޮތެއް ހަދާފަވެސް އޭނާ ބޭނުމެވެ. މިކަމުގައިވެސް އެހީވާނެ އެކަކުވެސް ނުވިއެވެ. ކިރިޔާހެންވެސް އެހީވާނެކަމަށް ހީ ކޮށްގެން ހުރި ފަހުމާވެސް އެ ދިޔައީއެވެ. ސާއިމްވެސް ދިޔައީއެވެ. މާތް ކަލާކޯއެވެ. ކޮންމެހެނެއް ވިޔަސް ކަންކަމުގެ ހައްލަކީ އީނާޝްއެވެ. މިފަހަރުވެސް އޭނާ ހުރިހާ ކަމެއް ހައްލު ކުރާނޭ ހީ ކޮށްލާށެވެ.
ފަހީމާ އައިސް ފަހުމާގެ ގައިގާ އޮޅުލާއިރު ހީވަނީ އަލަށް އުފަލެއް ލިބިގެން އުޅޭ ހެންނެވެ. ނަޝީދުވެސް އުފަލުން ގޮސް ދަތްޕިލަ ހުރީ ސޭލް އަޅުވާލައިގެންނެވެ. ނަޝާޔާ ވެސް ކޮންގްރާއޭ ކިޔައި ފަހުމާގެ ގައިގާ ބައްދާލިއެވެ. އެވަގުތު ގެއަށް ވަދެގެން އައި ކިޔާން ފެނިފައި އެންމެނަށް ހަމަ ހިމޭން ވެވުނެވެ.
” ކިހިނެކޯ ވީ މާ އުފާވެފަ އެންމެން؟” ކިޔާން އަހައިލި އަޑު އިވުނެވެ. އެންމެންވެސް މާދަމާ ރަން ކިއުން އޮންނާތީ އޭ ބުނެ އެވާހަކަ ހިންދާލިއެވެ.
ކިޔާން އެގޭގައި އެތައް އިރަކު ވާހަކައިގައި ހުއްޓެވެ. އީނާޝް އިންތިޒާރު ކުރަމުން ދިޔައީ ކިޔާން ގެއިން ނިކުންނާނެ އިރަކަށްށެވެ. ނަމަވެސް އަވަސް ރަހުމަތެއްގައި އެކަން ވެދާނެ ކަމަކަށް އޭނާ އެއްވެސް އުންމީދެއް ނުކުރެއެވެ. އެނާ ކިޔާންއަށްޓަކައި ކޮށްފައިވާ ޝައްކެއް ނުފިލާނެއެވެ. ދޮޅު ގަޑި އިރެއްހާ އިރު ހުރެފައި ކިޔާން ގޮނޑިން ތެދުވުމާއިއެކު އީނާޝްގެ ހިތް އަވަސް ވާން ފެށިއެވެ. އޭނާ މިރޭގައި ކުރަން މިއުޅެނީ ވަރަށް ބޮޑު ކަމެކޭ ހިތަށް އަރުވާލެވުމުންނެވެ. ހަގީގަތުގައިވެސް ކިޔާންއަކީ ވަރަށް ނުލަފާ މީހެކެވެ. އޭނާ އީނާޝްއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެއެވެ.
ކިޔާން ސޯފާ މަތިން ތެދުވެލައި ގޭގެ ދޮރުން ނިކުމެލުމާއިއެކު އީނާޝްވެސް ދަނިއްޔޭ ބުނެ ބޭރަށް ނިކުތެވެ. އޭރުވެސް އެހިތުގައި ފުދޭ ވަރަކަށް ބިރު އުފެދިފައި ވެއެވެ. އެހެންކަމުން އެކަނި ދާކަށް ނުކެރޭނެއޭ ހިތައި ސާއިމްއަށް ގުޅައިލިއެވެ. ” އަދިވެސް ނާދެވޭތަ؟” އީނާޝް އަހައިލިއެވެ.
” ނޫނޭ. މިލެފުނީ. ކިހިނެއްވީ އަނެއްކާ؟ ކަމަކުތަ؟ ” ސާއިމް އެހެން އަހައިލީ އީނާޝް އޭނާއަށް ގުޅާނީ ކޮންމެސް ކަމެއް ޖެހުނީމަކަން އެނގޭތީއެވެ.
” ހޫމްމްމް.. އަހަރެން މިހުރީ ފަހޫ މެންގޭގަ. އާދެބަލަ ވަރަށް އަވަހަށް. ‘ މިހެން ބުނެ ފޯނު ކަނޑާލަމުން އީނާޝް ބަލައިލީ ކިޔާންއާއި ދިމާލަށްށެވެ. އޭރު ކިޔާން އެހެން ގޯޅިއަކަށް އަޅަނީއެވެ. އީނާޝް އަވަހަށް ހިނގައިގަތީ ސާއިމް އަންނަން ވާއިރަށް މާ ލަސްވާނެކަން އެނގޭތީއެވެ. އަދި މަޑުމަޑުން ހިނގަން ފެށީ ކިޔާންއަށް ޝައްކު ވެއްޖެނަމަ ވާނެ ގޮތް ހިތަށް ގެންނަން އުނދަގުލީމައެވެ،
ކިޔާން ހިނގަމުން ދިޔައީ މީހުން މަދު ގޯޅި ތަކުންނެވެ. ކީއްވެކަމެއް އީނާޝްއަކަށްވެސް ނޭނގުނެވެ. އީނާޝްވެސް ކިޔާންގެ ފަހަތުން ގަސްތައްތަކާއި އަދި އެފަދަ އެހެން އެއްޗެހީގެ ފުރަގަހަށް ވަދެ ނިވާވަމުން ފާރަލަމުން ދިޔައެވެ. އޭރު ކޮންމެސް މީހަކު އޭނާއަށް ފާރަލާހެން ހީވާން ފެށިއެވެ. އަދި ހިތުގައި ބިރުވެރިކަން އިންތިހާއަށް އުފެދުނެވެ. މިރޭގައި ކަންތައްތައް ވާނީ ކިހިނެއް ހެއްޔެވެ؟
ކިޔާން ގޮސް ލާމިއުމެންގެ ކުރިމަތީގައި ހުއްޓިލުމުން އީނާޝްގެ ޝައްކު ޔަގީނާ ގާތް ވާން ފެށިއެވެ. އަދި މަޑުމަޑުން ލާމިއުމެންގެއަށް ވަނެވެ. އޭރު ކިޔާން ގޮސް ވަލު ދޮރާށިން ނިކުންނަނީއެވެ. އެތަން އަނދިރިކަމުން ބިރު ގަތެއް ކަމަކު މިނޫން ގޮތެއް ނެތޭ ހިތައި އީނާޝް ވަލު ދޮރާށިން ނިކުތް އިރު ބިރު ގަނެގެން ގޮސް ގައިން ތުރު ލައެވެ. އަދި ދެކޮޅު ދެކޮޅަށް އެނބުރެން ފެށީ މީހަކު އައިސް އޭނާ ކައިލާ ފާނެއޭ ހިތަށް އެރުމުންނެވެ. އެވަގުތު ފެނުނު މަންޒަރަކުން އީނާޝް ގައިން ހީބިހި ނަގައިގެން ނުދިޔައީ ކިރިޔާއެވެ. އަދި ހަޅޭއްލަވައި ގަނެ ބާރަކަށް އައި ކޮޅަށް ދުއްވައިގަނެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އެވަގުތު އޭނާގެ އަތުގައި ޖެހުނު ކޮންމެސް އެއްޗެއްގެ ގައިގާ ބައްދައިގަނެވުނެވެ. އެއީ އިންސާނެއްކަމެއް، ޖިންނިއެއް ކަމެއް ނުވަތަ ރުކެއް ކަމެއްވެސް ބިރުން ހުރިވަރުން ނޭނގުނެވެ.
45 Comments!
Comments are closed.
Vrh lahun dw mi up v… Swrii 4 tht… Ushaa vrh mxy mi dhuvas kolhu.. Dhn ekm nxt prt avahah up veytho vvvvvvv balaanan…. Nw avahah cmmnt khlaa… Hop u ill lyk dis prt 2….
V nice
Thnkxxx…
Thats unoosh dhwww…????stry varah reethi ingey ushaa…loved it…
Lets c dw Nauher… Thnkxxx…
Story vrah salhi ingey. But thankolheh kuru hen heevany. Vrah kiyaa hithun huryma. Anyways its awesome as always. And good luck!
Thnkxx alot.. Ushaayhvx fyyl vey thankolheh kuru hen… Bt ill try my bxt…
Vrh rythi.. fahu dnt marry him… hehe.. waiting 4 the next part.. i ❤ ur story
hehehe.. dw kia…. Thnkxx.. Kyp waitin…
Nice
Thnkyu…
Varah reethi. Mibai ves thankolheh kuruhen heevany…
Thnkxxxxx.. Ya mi prt thankolheh kuru kanneynge…
Salhi avaskodechey uoosh
Thnkxx… Insha allah avas khllaanan..
V salhi mi part vx next part avas kohdhehchey.
Thnkyew… Insha allah avas veytho balaanan..
Ushee.. Alhe story vvvvvvv reethi.. ??? ei saaim dw.. Mihaaru iris unoosh dheke v foohi vejje… Saaim ah vaan beynumee.. Saaim abadhu vx inash ah help vaathyve.. ?? story kuruhen heevey.. Ekm vedhaane maa bodah kiyaa hithun ineema kamah dw.. Luv this story.. ????
Thnkxx so much iris…. E ee kaaku thw balaalama!!! Hmm.. Ur true… Saaim ix so gud dw… Bt u have 2 read 2 knw… Ya… Miprt thankolheh kuru…
V salhi mi part vs. E aee unoo dhw, v heevey ehen. Eagery waiting ingey
Lets c dw unoo thw…. Thnkxx alotxx,,, Kyp waitin…
Ushee Story hama habeys ingey .. e ee unoosh dhw.. hehe .. next prt avaskoh genesdhehcheii.. love it..☺
Aff… Nxt prt kiyaalam dw kaaku thw balaalan… Insha allah avahah up vaane.. Thnkxx a lot…
Varah reethi,next part Ava’s kohlahchey
Thnkxx… Insha allah acs khllaanan..
last thankolhu nufeney dhoa?
Nooney.. e ee olhegen jehifa in letter eh… I ill crrct it… Thnkxx…
Nice Ushee plx nxt prt avahah up kohdheeba. Moya vany♡
Hehehehe moya nuvey.. Insha allah avahah up khdheynan.. Thnkxxx Blue Lady….
Vvv nyc mi prt vx… luv ur story n kyp it up ushaa
Thnkyew Siraa.. Kyp lovin my stwrii…..
Poor fahu…??? Vvvvv reethi mi part vx… Next part avahah up kohdheh chey…waiting… ❤❤❤
Thnkxxx… Isha allah nxt prt avahah.. Kyp waitin..
Vv reethi story eii..Masha Allah..waiting 4 the next part ?
Thnkxx alotxx Enu… Kyp waitin…
Very nice hama 🙂 <3 keep it up!
Thnkxx Liaa..
Wow ???
Waiting for next part
thnkyew.. Kyp waitin..
V nice mi part vxx.. Keep it up ushaa.. Waiting 4 nxt prt
Thnkxxx Dhonthii.. Kyp waitin 4 nxt prt…
I know who it is .. e ee unoosh I think hehe .. mi bai vess hama habeys .. v rythiiiiiiiiii .. next prt avahah up kohdhehchey ushyyy .. ur the best .. luv uuuu ???☺??
Hehehe.. Lts c dw e ee kaakukan…. Thnkxx a lot… Ushyyah up vaa emme avahakah up kuraanan… Luv yuh 2…
Story nyc bt maa kuree ??
Thnkx.. Nd um swrii mi prt kuru v ma… Nxt prt dhigu khllanan In sha allah…