Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ.. 6

iris Level 110 Stories
June 20, 2016 5 Mins Read
16 Comments

މަޑުމަޑުން ނާވީއާށް ކިޔެމުން ދިޔައެވެ.. އިތުރަށް އެމަންޒަރު ބަލަން ކެތް ނުވެގެން ނާވީ އެއްގަމަށް އަރަން ހިންގަގަތެވެ. ރުކެއްގެ ދަށުގައި އިދެގެން ނާވީ އޭނާގެ ގިޓާއިން މަޑުމޮޅި ރާގެއް ކުޅެމުން ދިޔައެވެ. ރުއް ދޮށުގައި އިން ނާވީ އާދަމް މަނިކުގެ ލޮލުގައި އަޅާއިގަތީ އެވަގުތު އެވެ. މަޑުމަޑުން އެދިމާލަށް އާދަމް މަނިކުގެ މިސްރާބު ބަދަލުކޮށްލިއެވެ. “އައްސަލާމް އަލައިކުމް.. ނާވީ ދޯ ކިޔަނީ.. މިއީ މިންޝާގެ ބައްޕަ..” އާދަމް މަނިކު އައިސް ނާވީކައިރީ އިށީނދެލަމުން ސަލާމަށް އަތް ދިތްކޮށްލިއެވެ. މިންޝާ ގެ ބައްޕައޭ ބުނުމުން ނާވީ ވެސް އިޙްތިރާމާއި އެކު އާދަމްމަނިކަށް ބަލާލަމުން ސަލާމް ކޮށްލިއެވެ. “ކިހިނެތްވެފަ އެކަނި މިތާ ތީނީ…؟ ” އާދަމް މަނިކު އަހއިލިއެވެ. ” މިއީ.. ސަކަރާތް ޖަހާ ޖަހާ ވަރުބަލިވެގެން.. ” މަޑުމަޑުން ނާވީ  ބުނެލިއެވެ. ނާވީ ގެ މަޑުމައިތިރި މިޒާޖާއި ހިތްހެޔޮކަން ވީ އާދަމް މަނިކުގެ ހިތުގައި  ނާވީ އާއި މެދު ލޯބި އިތުރުވިކަމަކަށެވެ.

***************************************

” މިން… ކިހިނެތްވެފަ މިތާ ތީނީ.. ހިނގާބަ ރަށްވަށާ ބުރެ ޖަހާލަން.. އަދި މިރަށް ބަލާވެސް ނުލެވެއެއްނު..” މޫދަށް އެރިގެން ވަރުބަލިވެފައި އިން މިންޝާ ކައިރީ ކައިލް ބުނެލިއެވެ. އެއައެކު މިންޝާ ކައިލް އާއި އެކު ދާން ހިނގަގައިގަތެވެ. މަޑުމަޑު ހިނގުމެއްގައި ދެމީހުންވެސް ރަށް ވަށާ ހިންގަމުން ދިޔަ އިރު އެކަކު އަނެކެއްގެ ހިތްވެސް ވަނީ އަވަސް ވެފައެވެ. ދެމެދުގައި އުފެދިފައިވަނީ ހިމޭންކަމެވެ. އިސްވެ ދެމީހުން ކުރެ އެކަކަށް ވެސް ވާހަކަ ދައްކަން ނުކެރިފައި ތިބި ފަދައެވެ. ކައިލްގެ ހިތުގައި އުފެދިފައިވާ ލޯބި މިންޝާގެ ކައިރިގައި ބުނާނެގޮތަކާއި މެދު އޭނާ ދިޔާއި ވިސްނަމުންނެވެ. މިންޝާގެ ހާލާކީވެސް ހަމަ މީއެވެ.

“ނާވި.. ހިނގާ އެއްޗެއް ކާން.. ހާދަ މަޑުން ތިއިންނަނީ.. ދަތުރުވެސް ތިއައީ  ތި ގިޓާ ގަނޑު ހިފައިގެން ދޯ.. ” އަފާފުއާއި އެކު އައި އާރާ ނާވީ އާއި އަރާ ހަމަކުރަމުން ބުނެލިއެވެ. ” އޭއީ… މީ ގިޓާ ގަނޑެއް ނޫން އެނގޭ.. ދިސް އިސް މައި ލައިފް.. ދެންވެސް އެހެން ނުކިޔައްޗޭ.. މިއަދު ހާދަ އުފާވެފަ ހުރިހެން ހީވެއޭ.. އަނެއްކާ ކިހިނެތްވީ.. ޒަލަފް އިންނަން އެހީތަ؟” އާރާ އާއި ދިމާލަށް ދެލޯ އަޅާލަމުން ނާވީ ދިމާކޮށްލިއެވެ. “ދެން ނާވީ ގަނޑާ…. ” ނާވީ މިހެން ބުނެލުމާއި އެކު އާރާ ނާވީ ފަހަތުން ދުއްވައިގަތެވެ. ދެމީހުންވެސް މައިތިރިވީ މޫދުގެ ލޮނުގަނޑުގައި ވެއްޓި ޖެހުމުންނެވެ. މަންޒަރު ބަލަން އަފާފު ހުރީ އާރާގެ ބަދަލުގައި  އެތަނުގައި އަފާފުހުރި ނަމައޭ ހިތަށް އަރުވަމުންނެވެ. އޭރު އެދެމީހުން އަފާފު އާއި އަރާ ހަމަވަނީއެވެ. “އިންނަން ނޭހިޔަސް ހެވެއްނު.. ޒަލަފް އާރާ ގާތު މިއަދު ރައްޓެހިވާން އަހައިފި.. އަދި އެނގޭތަ،.. ޒަލަފް ބުނި އެންމެ ފުރަތަމަ މިންކޮ އާއި އެކީ އެގެއަށް އައި ދުވަހުން ފެށިގެން ވެސް އާރާ ދެކެ ލައިކު ވާން ފައްޓައިފިޔޯ.. ބަލާ މިއޮތީ ޒަލަފް އަޅުވައިދިން އަނގޮޓިވެސް..” ކަށި އިނގިލީގައިވާ ރީތި އެސްޖެހި އަނގޮޓި ދައްކާލަމުން އާރާ ތުއިވެލިއެވެ. “އަންހެނާ ވަގުކަން…” އަފާފު އަށާއި ނާވީ އަށް މިހެން ބުނެލެވުނީ އެކުއެކީގައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލުމަށް ފަހު ހީލިއެވެ. “ކޮންއިރަކު ކިހިނެތް ވީކަމެއްތީ… ބުނެވެސް ނުލާ.. ” ނާވީ އަނެއްކާވެސް އަފާފު އާއި ދިމާކޮށްލިއެވެ.. “ތެދެއް.. މިއޮއް އެކީގަ އުޅޭ އިރު… އާރާ ވަގު އެނގޭ… މިންކޮ އަށް އެނގޭތަ؟ ” އަފާފުވެސް ނާވީ އާއި ބައިވެރިވެލިއެވެ.

މިންކޮއޭ ބުނުމުން ނާވީ ވަށައިގެން ހޯދައިލީ އެހުރިހާ އިރު ވީއިރުވެސް މިންޝާ ގެ ހަބަރެއް ނުވުމުންނެވެ. ވަށައިގެން ހޯދާލިއިރު ވެސް މިންޝާ ފެންނަން ނެތުމުން ނާވީ ދެން ބަލައިލީ ކައިލް ފެންނަން ހުރިތޯއެވެ. ދަތުރު އައި އެންމެން ވަށައިގެން އެކި ކަންކަމުގައި ތިބި އިރުވެސް މިންޝާ އާއި ކައިލް ފެންނަން ނެތުމުން ނާވީގެ ހިތުގައި ރިއްސާލިއެވެ. “މަޑުކޮށްބަލަ އަދި މާގިނަ އިރެއް ނުވެއޭ.. އަދި ނެތެއްނު ނުކިޔާ ދެވިފައެއް.. މިއީ… އެންމެން މޫދަށް އެރިގެން އުޅުނެއްނު ގަޑިއެއް ދޯ.. އެގަޑީގަ ޒަލަފް  އެތާ ހުރި ގަސްތަކެއްގަ ނިވަލަށް ވަދެފަ  ކުރިކަމެއް މީ.. އިޓް ވޯސް ސޯ ރޮމޭންޓިކް.. ޒަލަފު ބުނީ މިންކޮ ގެ ފަރާތުން އާރާ މިދަތު އަންނަކަށް އެނގިގެން ހިތަށް އެއީ އޯ ދަތުރު ތެރޭގައި ޕްރޮޕޯސް ކުރާނީއޭ.. އެނގެއޯ އާރާ ވެސް ލައިކް ވާކަން” އާރާ ތަފްސީލް ދިނެވެ. ” ވައޮ.. ޔޫ އަރ ސޯ ލަކީ.. ވަރަށް އުފާ ވެއްޖެ އެނގޭ.. ” އަފާފު އާރާގެ އުފަލުގައި ބައިވެރި ވެލިއެވެ. ” ޔާ ތެންކްސް.. އެންޑް ދެޓް މެގީ.. ދަތުރު އައި ފަހުން އަދި ދިމާ ނުވޭ.. ނޭންގެ މިހާރު ދެމީހުން ވީ ކޮންތާކު ކަމެއްވެސް.. ރަނގަޅު ޗާނެސްއެއް ދެން އެއޮތީ ލިބިފަ..” އާރާ ބުނެލި އެއްޗަކުން ނާވީގެ ހިތް ތެޅިލިއެވެ. ” ތިބުނީ ކީކޭ؟ ކޮން ދެމީހުނެއް.. ކޮން ޗާންސެއްގެ ވާހަކައެއް ތިދައްކަނީ..” ނާވީ އަހައިލިއެވެ. ” ޝްޝްޝް.. މާ ބާރަށް ނުކިޔަބަލަ.. މެގީ  އެންޑް ކައިލް އެއްނު.. ނާވީއަށް ފާހަގަ ނުވޭތަ އެމީހުން އެޔޮއް އެއްކޮށް އުޅޭއިރުވެސް.. މެގީ ލައިކްސް ކައިލް އަލޮޓް އެކަމް ބުނަން ނުކެރިގެން އުޅެނީ.. ހީވެޔޯ ކައިލް ވެސް ލައިކް ވާހެން.. އެވެސް ބޮޑު ނުވާ ދެމީހުން..” އާރާގެ ޖުމްލަތަކާއި އެކު ނާވީ ގެ މެއަށް ހީވީ އެތަށް ސަތޭކަ ތީރު ތަކެއް އެއްފަހަރާ ހަރައިލެވުން ހެންނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް އަތް މުއްކާވާލެވުނެވެ.

*****************************

“މިން..” ދެމީހުން ދެމެދުގައި އުފެދިފައިވާ ހިމޭން ކަމުގެ ތެރެއިން ކައިލް މިންޝާ އާއި ގޮވާލުމަށް ފަހު އޭނާއާއި ވީ ފަރާތަށް  އަނބުރާލިއެވެ. އެވަގުތުވީ ދެމީހުންގެ ވެސް ހަތަރުކަޅި ހަމަވިވަގުތަށެވެ. އަނގައިން ބަހެއް ނުބުނިނަމަވެސް ދެމީހުންގެ ވެސް ލޮލުން އޭރު އެތަށް  ވާހަކައެއް ބުނެދީފިއެވެ. ދެމީހުންގެ ދެތެރޭގައި ނޭންގޭ ދަމާބާރެއް އުފެދިގެން ދިޔަކަހަލައެވެ. މަޑުމަޑުން ކައިލް މިންޝާ އާއި ކައިރިވަމުން ދިޔައެވެ. މިންޝާއަށް އަށް ހުރެވުނީ ހަރާކާތެއްވެސް ކޮށްލަން ނޭންގި ކައިލްގެ އެދެލޮށް ގެއްލިފައެވެ. ހަމަހޭވެރިކަން ވީ ކައިލްގެ ތުންފަތް އައިސް މިންޝާގެ މަޑުމަޑު ތުންފަތުގައި ބީހިލުމުނެނެވެ. މިންޝާއަށް ހީވީ ހަށިގަނޑު ތެރޭގައި ކަރަންޓް އޮއިވަރެއް ދަތުރުކޮށްލިހެންނެވެ. ބޭއިޚްތިޔާރުގައި ލޯ މަރާލަމުން މިންޝާ އަށް ވެސް ކައިލްއާއި ބައެވެރިވެލެވުނެވެ. ދެމީހުން ދޭތެރޭގައި ވި ދުރުމިން ނެތިގޮސް ވައި ރޯޅިއަކަށް ވެސް އެދެމެދަށް ނުވާދެވޭހާ ދެމީހުން ވަނީ ގާތް ވެފައެވެ.  “އައި ލަވް ޔޫ މިން.. ވަރަށް ބޮޑަށް ލޯބިވޭ..” ކުޑަކޮށް މިންޝާ އާއި ދުރުވެލަމުން ކައިލް އިއްވާލިއެވެ. “ވީ އުފަލުން މިންޝާ ފެންކަޅިވެ ކުރިއަށް ވުރެ ބާރަށް ކައިލް ގައިގާ ބައްދާލިއެވެ. އެތަށް އިރަކު އެހެން ހުރުމަށް ފަހު މިންޝާ ވެސް މަޑުމަޑުން އޭނާގެ ހިތުގެ ހާލު އިއްވާލިއެވެ. ” މީ ޓޫ.. ” މިންޝާގެ ދުލަށް އައިހާވެސް ވެސް ލަފުޒަކީ އެއީ އެވެ. ދެން އެދެމެދުގައި ހިނގައިގެން ދިޔައީ ލޯބީގެ އުފާވެރި ވަގުތު ކޮޅެކެވެ. ހަޔާތުގައި އަލަށް ލޯބިވެވުނު ކުއްޖާ ކާމިޔާބު ވީތީ އެކަމާ މިންޝާ ހުރީ ވަރަށް އުފަލުންނެވެ.

“އެތިބަ އަންނަނީ ދެމީހުން… ނޭންގެ ކޮންތާކަށް ވަދެފަ ކަމެއްވެސް..” ދުރުން ހިނގާފައި އަންނަ ކައިލް އާއި މިންޝާ ފެނުމުން އަފާފު އާރާ އެދިމާލަށް ދުއްވައިގަތެވެ. “މެގީ.. ކޮންތާކަށް ގޮސްފަތަ ތިއައީ ނުވެސް ބުނެ.. ” އާރަގެ ސުވާލުން މިންޝާއަށް އަށް ލަދުން އިސްޖަހާލެވުނެވެ. ވަގުތުން އަފާފު އަށާއި އާރާއަށް އެދެމެދުގައި ކަމެއް ހިނގައިފިކަން ނަގައިގަނެވުނެވެ.  ދެމީހުންވެސް އެކީގައި ކަރުކެހިލާ ކުޑަކޮށް މިންޝާ އާއި ދިމާކޮށްލިއެވެ.  “ސާބަސް ތިދެމީހުންނަށް.. މިއާއި މިރަށް ބަލާލަފާއެއޭ.. ރަށް ވަށާ ބުރެއް ޖަހާލަފާ..” އިސްޖަހައިގެން ހުރި މިންޝާ އަށް ބަލާލަމުން ކައިލް ބުނެލިއެވެ. “އުހުމް އުހުމް.. އެކަމަކު ވެސް ބުނެލާފަ ދިޔަ ނަމަ ދޯ ބުރުޖަހަން ވެސް.. މެގީ ޑޭޑް ދެނެމް އަހަފި ކޮބާހޯ މެގީ.. ކައިލް އާއި ދެމީހުނެއް ނެތޯ..” އާރާ ގެ ޖުމްލަ އާއި އެކު ދެލޯ ބޮޑުކޮށްލަމުން މިންޝާ އިސް އުފުލާ ބަލައިލިއެވެ. އަވަހަށް އާދަމް މަނިކު ހުރި ދިލާލަށް ހިންގައިގަތެވެ. މިންޝާ ދިޔަ އިރު އާދަމް މަނިކު ހުރީ ނާވީ އާއި ކޮންމެސް ވާހަކައެއް ދައްކާށެވެ. “ޑޭޑް…” މިންޝާ ގޮވާލިއެވެ. މިންޝާގެ އަޑާއި އެކު އާދަމް މަނިކަށާއި ނާވީއަށް އެއްފަހަރާ އެދިމާލަށް ބަލައިލެވުނެވެ. ވަގުތުން ނާވީގެ ލޮލުގައި މިންޝާގެ ރަތް ވެފައިވާ ދެތުންފަތް އަޅާއިގަތެވެ. ހަސަދައިން ފުގެންވާ ނަޒަރަކުން ނާވީ ބަލައިލީ ދުރުގައި އާރާ އާއި އަފާފު އާއި ކޮންމެސް ވާހަކައެއްގައި ހުރީ ކައިލް އާދިމާލަށެވެ. ކައިލްގެ އެ އުފާވެރި ހިނިތުންވުން ފެނި ނާވީގެ ލޭކެކި ގަތެވެ.

“ދަރިފުޅާ.. ކޮންތާކުން ތިއައީ.. ނުވެސް ކަމެއްނު އަދި.. ދާންވީނު އެއްޗެއް ކާން.. ދާއިރު ނާވިމެން ވެސް ގޮވައިގެން ދާތި.. އެކަކުވެސް އެތިބީ އަދި ދަރިފުޅުގެ އިންތިޒާރުގައި ނުކައި..” އާދަމް މަނިކު މިންޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “މީ… މިއައީ… ކައިލް އާއި އެކު މިރަށްބަލާލަން ގޮއްސަ..” އަޅާ އަޅާއި ގަންނަމުން މިންޝާ ބުނެލިއެވެ. “އެހެންތަ.. ދެން ދަރިފުޅު ދިޔައިރު ނާވީ ވެސް ގޮތައިގެން ދިޔަނަމަ. ނާވީ ދަތުރު އައިސުރެއް އެއިންނަނީ ފޫހި ވެފަ.. ދޯ.. ”  ނާވީ އަށް ދޯ ދެމުން އަދަމް މަނިކު މިންޝާ ކައިރީ  ބުނެލިއެވެ. އާދަމް މަނިކުގެ މަޤުސަދަކަށް ވީ އެދެކުދިން އެކުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުވުމަށެވެ. “އަޅުގަޑުމެން ދިޔައިރު ނާވީ ކައިރީ އަފާފު އިނީމަ އަޅާ ނުލީ..” މިންޝާ އަދަބުވެރި ކަމާއި އެކު ޖަވާބުދިނެވެ. “ދެން ހިންގާ ކާން … އަދި އެކަކުވެސް ނުކަނީތަ؟ ” ނާވި އަތުގައި ހިފާ ކައިލްމެން ތިބި ދިމާލަށް ދަމުން މިންޝާ ބުނެލިއެވެ. ނާވީ އަށް ހުރެވުނީ މިންޝާ ހިފިއަތަށް ބަލަހައްޓާއިގެނެވެ. މިދަތުރު އާދެ ވުނު މޮޔަ ހިތަށް އަރާފައެވެ. މިދަތުރުގެ ސަބަބުން އޭނާގެ އުފާވެރި މިޒާޖު މުޅިން ބަދަލުކޮށްލައެފިއެވެ

ހާދާނެ ގޮތް ހުސްވެފައިވާ މުސާފިރެއް ފަދައިން މިންޝާގެ ފަހަތުން އޭނާ އާފާފު މެންނާއި އަރާ ހަމަކުރުއެވެ. ނަމަވެސް ކައިލް ފެނަ ކޮންމެ ފަހަރަކު ނާވީ ހިތުގައި ނަފުރަތުގެ އަލިފާން ގަނޑެއް ރޯވެގެން ދާފަދައެވެ. އެހެން ނަމަވެސް އޭނާ ހުރީ އެހާ އަވަހަށް ބަލި ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. މިންޝާގެ ބައްޕަގެ އަމަލުތަކާއި ވާހަކަ ހުންނަ ގޮތުން ނާވީ ގެ ހިތުގައި އުންމީދުގެ ކުޑަ ހުޅުކޮޅެއް ދިއްލިފައިވެއެވެ. އާދަމް މަނިކު މިއަދު ވަނީ އޭނާގެ ހަޔާތާއި ބެހޭ ގޮތުން ވަރަށް ގިނަ ސުވާލުކޮށްފައެވެ. ވިޔާވާރީގެ ކަންތަކާއި ޒާތީ އެތަށް ކަމަކާއި ބެހޭ ގޮތުން ސުވާލުކޮށްފައިވެއެވެ.

ނުނިމޭ

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iris

Level 110 Stories

Other Articles

Previous

ޤުރުބާންވުމީ މިހިތުގެ އުފާ 28 ވަނަ ބައި

Next

ވިސްނުނީ މާ ފަހުންނެވެ.

Next
June 20, 2016

ވިސްނުނީ މާ ފަހުންނެވެ.

Previews
June 20, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 28 ވަނަ ބައި

16 Comments!

  1. iris says:
    June 20, 2016 at 12:58 pm

    so guys here is this week’s episode of the story.. hope u guys like it.. huriha kudhinge comments ah vx welcome.. 🙂

  2. Ushaa says:
    June 20, 2016 at 1:13 pm

    Dhn pis iris… PLX PLX PLX PLX Navee villain akah nahadhahchey… Dhn vaveevx hasadhaeri vaakah nuvaane dw… E ee hrdhr goas kamekeyy… Ahe iris navee ah visnaidheebalaaa… BTW stwrii vvvvvvvvvvvvvv reethii.. Gud luck…

    1. iris says:
      June 20, 2016 at 3:45 pm

      Dw.. Afaaf hutta naavy haas vaane kameh nethehnnu.. Ekm Afaaf ah bunan nukerenya naavy akah vx neyngeynnu

  3. iris says:
    June 20, 2016 at 1:39 pm

    Thanks.. ??Hehe.. Dw ushaa… Vedhaane ehnnu naavy ehaa ummeedhu kohggen hutta kail ekan kureema dhera vegen ehn v kamah vx.. Baeh faharu dheravegen vx rulhi aadheve ehnnu.. Iris balaanan naavy ah v visnaa dheveythw engey… Happi?? ??

    1. Ushaa says:
      June 20, 2016 at 2:13 pm

      Asluvx… Kail vejjje dw navee dhera kollan.. Ekam navee dnt worryyy.. Afaaf ix with u ingey…… Nd ingeythrrr u ill luv afaaf mr than megyy… hehehe.. Jxt gusss ingey iris… Vvvvvv happyy.. Thts a great nws… Navee gabuul kuraavarah visnadhehchey….

  4. baby says:
    June 20, 2016 at 1:51 pm

    Awwn salhi I like these kinda stories very much ??

    1. iris says:
      June 20, 2016 at 3:40 pm

      Hehe.. Thanks baby.. ?

  5. nicha says:
    June 20, 2016 at 2:06 pm

    Esfiya ah regisyter nukurevey
    Kiyaadhyba kuraane gotheh

    1. iris says:
      June 20, 2016 at 3:42 pm

      Esfiya ah register kuraane gothuge video eh mi storyge thireega vx innane nicha

  6. Nauher says:
    June 20, 2016 at 2:08 pm

    Kail nd minshaa…..ekam naavy villain akah nuhadhahchey plx…minsha bappa ves qaboolu kohba kail aa…stry varah rethi ingeyy…nxt part ah inthizaaru kureveny…..???????

    1. iris says:
      June 20, 2016 at 3:43 pm

      Hehe.. Dw nauher.. Lets see what happens.. ☺

  7. niha says:
    June 20, 2016 at 2:29 pm

    vvvv reethi
    pls kaail aa minsage dathara naavi nuvadhathi

    1. iris says:
      June 20, 2016 at 3:44 pm

      Hehe.. Niha.. Mihaa avahah naavy dheke foohi v tha? ?

  8. natha says:
    June 20, 2016 at 8:08 pm

    Kail aa gulhenyves minko dhw ! Minko ves like wany kail dheke ehenvyma naavy akah nulibeyne dhw! Story v nice

    1. iris says:
      June 20, 2016 at 10:53 pm

      Yh dw natha ☺thanks

  9. Hidden says:
    June 20, 2016 at 11:42 pm

    Varah reethi mi baives…. Waiting for next.

Comments are closed.

Next Episodeލޯބިވެވުން އެއީ ކުށަކަށް ވާނަމަ 7←


All Right Reserved!