Skip to content
އެސްފިޔަ

އަސަރު 19

ހެނދުނުގެ ވަގުތެވެ. އަހުލާ ސްކޫލު ތެރެއަށް ވަދެގެން އައެވެ. އެހެން ކުދިން އޭނާއާ ދިމާއަށް ބަލަބަލާފަ ސިއްރު ސިއްރުން ވާހަކަ ދައްކާތަން ފެނުމުން އޭނާ އިސްޖަހާލިއެވެ.  ރަނގަޅަށް ވިއްޔާ އެ ދައްކަނީ އޭނާ ޝިކާއަށް ހެދި ގޮތުގެ ވާހަކައެވެ. އެފަދަ ކަމެއް ކުރެވުނީތީ މިހާރު އޭނާ ލަދުގަނެއްޖެވެ. ނަމަވެސް މިހާރު އެވަނީ ވަގުތު ފާއިތުވެފައެވެ. އެރަށުތެރޭ މިހާރު އެއަޑު ފެތުރިގެން ހިނގައްޖެވެ. ކުދިންތަށް އޭނާ ހިނގަމުން ގެންދިޔަ މަގުން އެއްފަރާތް ވަމުން ގެންދިއައިރު ހީވަނީ އޭނާއަކީ ނަޖިހެއް ހެންނެވެ. އެންމެންގެ ތެރޭ ބާކީ ވެފައިވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިއައެވެ.

“އަހުލާ ! ކަލޭ އަހަރުން ދެެކެ ރުޅިއަންނަ އިރަށް އަހަރުންނަށް ވެސް ސިހުރު ހަދާނަން ދޯ!” ތަންކޮޅެއް ދުރުން ކުއްޖަކު ގޮވާލި އަޑު އިވުނެވެ. އެއާއެކު ކުދިންތަކެއް ހިނިގަނޑެއް ޖަހާލި އަޑު ވެސް އިވިގެން ދިއައެވެ. އަހުލާ އިސްއުފުލާ ބަލާވެސް ނުލާ ކުރިއަށް ހިނގަމުން ގެންދިއައެވެ. އޭރު އޭނާގެ ދެލޯ ދިއައީ ފެންކަޅި ވަމުންނެވެ. އެހެން ހިނގަމުން ގޮސް އޭނާ ލައިގަތީ ކުރިމަތީގައި ހުއްޓިގެން ހުރި މީހެއްގެ ގައިގައެވެ. އިސްއުފުލާ ބަލާލިއިރު އޭނާގެ މޭގަނޑު އަނގައަށް އައި ފަދައެވެ. އެމީހަކު އޭނާގެ ގައިގައި އަޅާފައި ބާރަކަށް ފަހަތަށް ކޮއްޕާލިއެވެ. އެއާ އެކު އޭނާ ގޮސް ބިންމައްޗަށް ވެއްޓުނެވެ. ދަބަސްވެސް މާ ދުރަށް ވިއްސައިގެން ހިނގައްޖެވެ.

“ޕިސް ޕިސް ޕިސް…! ތީ ތިވަރުގެ މީހެއް ކަމަށް މަށެއް ހިޔެއް ނުކުރަން….” ކުރިމަތީގައި ހުރީ އޭނާގެ އެންމެ ގާތް ކޮށް އުޅުނު ކުއްޖެއް ކަމުގައިވާ ލީޒާއެވެ. ލީޒާއަކީ އަހުލާއާ އެކު ކުދިންނާ ދިމާއަށް މަލާމާތްކޮށް އެއްޗެސް ކިޔާ އުޅުނު ކުއްޖެކެވެ. ލީޒާ އެހެން ބުނުމާއެކު އޭނާގެ ފަހަތުން ނިކުތީ އަމްރާ އާއި މާހާ އެވެ. އެއީ ވެސް އޭނާއާ އެކީ އެހެން ކުދިންނާ ބެހި މަލާމާތް ކުރުމުގައި އެ ސްކޫލުގައި ނަން މަޝްހޫރު ވެފައިވާ ދެކުދިންނެވެ. ހަށަން ބަނދެގެން އެކުދިން އަހުލާއާ ދިމާއަށް ބަލަން ހުރި ގޮތުން އޭނާ ހިންދިރުވާލިއެވެ. އަހުލާ ކުރި ކަންތަކުގެ ސަބަބުން މިހާރު އޭނާ އެގުރޫޕުން ބާކީ ވީއެވެ. އަދި ދެން އޭނާ އަށް އެކުދިންގެ މަލާމާތާ ފުރައްސާރަތަށް ކުރިމަތިވާނޭކަން އެނގުނު ހިނދު އޭނާއަށް އަނގަމަތީގައި އަތް އަޅާލިއެވެ. އަވަހަށް އެތަނުން ތެދުވެގެން ދާން ބޭނުންވި ނަމަވެސް އޭނާގެ ދެފައި ހިލަގަނޑެއްހާ ބަރުކަމުގެ އިހުސާސް ކުރެވުނެވެ. ބަރުހެލި ގޮތަކަށް ތެދުވުމަށްފަހު އޭނާ މިސްރާބު ޖެހީ ދަބަހާ ދިމާއަށެވެ. އޭނާ ބޭނުންވީ ދަބަސް ނަގައިގެން އަވަހަށް ކުލާހަށް ދިއުމަށެވެ. ނަމަވެސް އޭނާ ދަބަސް ނަގަން ގުދު ވެލިތަނާ މާހާ މާކުރިން ދުވެފައި ގޮސް އެ ނެގިއެވެ.

“ކަލޭ ތިއުޅެނީ މި ބޭނުން ވެގެންތަ؟” މާހާ ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެލިއެވެ. އަދި ދަބަހިގެ ޒިބު ހުޅުވާލުމަށްފަހު އެތެރޭގައި ހުރި ހުރިހާ އެއްޗެހި ބިންމައްޗަށް ވަރާލިއެވެ. އެވަގުތު އަހުލާގެ ލޮލުން ކަރުނަ ނިރާލިއެވެ. އޭރު މަންޒަރު ބަލަން އެތަނަށް އެއްވެ ތިބި ކުދިންގެ އަދަދު ވެސް މަދެއް ނޫނެވެ. އަހުލާ އަވަސް އަވަހަށް ދަބަހުން ވެރުނު އެއްޗެސްތަށް ހޮވަން ފެށިއެވެ. އޭރު އެކި ދިމަދިމާލުން އޭނާއަށް މަލާމާތުގެ ބަސްތަށް ރައްދުވަމުން ދިއައެވެ.

“އޭނާ ބޭނުންވަނީ މުޅި ދުނިޔޭގެ އެންމެ މޮޅު މީހާއަށް ވާން ތޯއްޗެ!”

“ލިބޭ މިންވަރަށް ޝުކުރު ނުކުރެވޭ މީހެއް އެއީ…”

“ޕިސް..ޕިސް! ގޮތް ކުޑަ ކަމުން ދޯ މީހަކަށް ސިހުރު ހަދާނީ…”

ތަފާތު ބަސްތަށް އޭނާގެ ކަންފަތަށް އަޑު އިވެމުން ދިއައިރު އޭނާއަށް ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ. ލަދުން ގޮސް މަރުވާވަރު ވެފައެވެ. އެހެން މީހުންނާ ދިމާއަށް އޭނާ ކިތަންމެ ގިނައިން އިހާނެތި ބަސްތަށް ބުނެއުޅުނުކަމުގައި ވިޔަސް އެހެން މީހުންގެ އެފަދަ ބަސްތަކަށް އޭނާއަށް ކެތެއް ނުކުރެވުނެވެ. އެފަދަ ބަސްތަށް މީހަކާ ދިމާއަށް ބުނުމުން އެމީހަކު ވާނެ ދެރަ މިހާރު އޭނާއަށް ރަނގަޅަށް ވެސް އިހުސާސް ކުރެވިއްޖެއެވެ.

“ކިހިނެއް ވެގެން މިއުޅެނީ؟” މީހެއް އެހެން ބުނެލި އަޑަށް އުޑުފައިން އިށީންދެގެން އެއްޗެހިތަށް ހޮވަން އިން އަހުލާއަށް މަތި ބަލާލެވުނެވެ. އޭރު ކުދިންތަށް ތެރެއަށް ޓީޗަރަކު ވަދެގެން އާދެއެވެ. އަހުލާ އަވަސް އަވަހަށް ދެލޯ ފުހެލިއެވެ. އެވަގުތު ކައިރީގައި ކޮޅަށް ހުރި ލީޒާ އާއި އަމްރާ ތިރިވެ އަހުލާއަށް އެހީތެރިވާ ގޮތް ދައްކާލިއެވެ. އެއްވެފައި ތިބި ކުދިންތަށް ވެސް ދުރަށް ހިނގަން ފެށީ އެ ޓީޗަރު އެކުދިންނާ ސުވާލެއްކޮށްފާނެތީއެވެ.

“ކިހިނެއް ވެގެން މިއުޅެނީ؟” އެ ޓީޗަރު އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“މިއުޅެނީ އަހުލާ ވެއްޓިގެން އޭނާގެ ދަބަހުގަ ހުރި އެއްޗެހި ވެރިގެން… އަހަރެމެން އޭނާއަށް އެހީވަނީ….” އަމްރާ ހަމްދަރުދީވާ ގޮތް ދައްކާލަމުން ބުނެލިއެވެ. ޓީޗަރު އެކުދިންނާ ދިމާއަށް ނިތް އަރުވާލަމުން ބަލާލުމަށްފަހު އެންމެ ރަނގަޅޭ ބުނެފައި މިސްރާބު ޖެހީ ސްޓާފްރޫމާ ދިމާއަށެވެ. އޭރު އަމްރާއާއި ލީޒާ އަދި މާހާ ވެސް އަހުލާއާ އެކީ ކުލާހާ ދިމާއަށް ހިނގައިގަންނަނީއެވެ.

“ހަނދާން ކުރާތި… ތީ މީގެ ފަހުން އެއްވެސް މީހެއްގެ ރަހުމަތްތެރިއެއްނޫން… ކަލެއާ އެކަކަށް ވެސް ގުޅުމެއް ބާއްވާކަށް ލާހިކެއް ނޫން…” އަހުލާގެ އަތުގައި ބާރަކަށް ހިފާލަމުން މާހާ އެހެން ބުނެލީ ޓީޗަރު އަޑު ނީވޭ ހިސާބަށް ދިޔަކަން ޔަޤީންވުމުންނެވެ. އެއާއެކު އަހުލާ ފަސް ދީފައި އެތިން މީހުން މާކުރިން ގޮސް ކުލާހަށް ވަދެފިއެވެ.

އަހުލާ ކުލާހަށް ވަދެ ނަޒަރު ހިންގާލިއިރު އޭނާގެ ޑެސްކު ހުންނަތަން ހުރީ ހުސްކޮށެވެ. ރަނގަޅަށް ހޯދާލި އިރު އެޑެސްކު ހުރީ އެންމެ ފަހަތަށް ލާފައެވެ. އެއީ ލީޒާމެންގެ ކަމެއްކަން އެވަގުތު އަހުލާއަށް ޔަޤީންވިއެވެ. ލީޒާގެ މޫނަށް ބަލާލުމާއެކު އޭނާ އަހުލާއަށް އިށާރާތް ކޮށްލީ “ދެން އެއީ ކަލޭ އިންނަންޖެހޭ ތަނޭ” ބުނާ ފަދއިންނެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނާ އެ ޑެސްކާދިމާއަށް ހިނގައިގަތީ ފަސޭހަކަމާއެކު ލީޒާމެންގެ އުނދަގުލުން ސަލާމަތް ނުވެވޭނެކަން އެނގޭތީއެވެ. ހަމަޖެހިލުމަށްފަހު އޭނާ އިށީން އިރުވެސް ކުލާހުގައި ތިބި ކުދިންގެ ލޯތަށް ސިއްރުސިއްރުން އޭނާއަށް އަމާޒުވަމުން ދާކަން އޭނާއަށް އިހުސާސްކުރެވެމުން ދިއައެވެ. އެވަގުތު ކުލާހަށް ވަދެގެން އައި ޝިކާ ފެނިފައި އަހުލާ އަވަސްއަވަހަށް އިސްޖަހާލިއެވެ. އަދި ފޮތަކުން މޫނު ފޮރުވާލީ ޝިކާއަށް ފެނިދާނެތީ ބިރުން އުޅޭ ފަދަ ގޮތަކަށެވެ.

ޝިކާ ކުލާހަށް ވަދެގެން އައި އިރު އޭނާގެ ގެ ޑެސްކުގެ އެއްފަރާތުގައި ހުންނަ އަހުލާގެ ޑެސްކެއް ނެތެވެ. ހައިރާންވެފައި އޭނާ ހޯދާ ބަލާލިއިރު އެންމެ ފަހަތުގައި އަހުލާ އިންތަން ފެނުނެވެ. މޫނުމަތީގައި ފޮތެއް އަޅައިގެން އިނަސް އޭނާއަށް ހަމަ ރަނގަޅަށް އަހުލާ ފާހަގަ ކުރަން އެނގުނެވެ. އޭނާ ގެ ހިތުގައި ތަފާތު ސުވާލުތަށް އުފެދެން ފެށިއެވެ. އަހުލާ އެތަނުގައި އެ އިނީ ކީއްވެގެން ބާވައެވެ؟ އެވަރު ކަމެއް ކުރުމަށްފަހު މީހުންގެ ކުރިމައްޗަށް އަންނަން އޭނާ މިހާ އަވަހަށް ލަދުގަތީ ހެއްޔެވެ؟ އޭނާ އަހުލާ ގާތު އަހަން ބޭނުން ބައިވަރު އެއްޗެހި އެބަހުއްޓެވެ. ނަމަވެސް އެވަގުތު ކުލާހަށް ޓީޗަރު ދުރުވެ ކިޔަވައިދޭން ފެއްޓުމުން އޭނާ ގޮނޑީގައި އިށީނެވެ. ކިޔަވައިދެމުން ދިޔަ އިރު ވެސް އަހުލާ އިރުއިރުކޮޅާ ޝިކާ އާ ދިމާ ބަލާލައެވެ. ޝިކާ ވެސް އަހުލާއާ ދިމާ ބަލާލައެވެ. ޝިކާ ފަހަތް ބަލާލާއިރަށް އަހުލާ އިސް ޖަހާލައެވެ. ޝިކާ އާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

ނިމޭ ގަޑީގައި ރަނގަބީލު ޖެހުމާއެކީހެން އަހުލާ އަވަސް އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން ނިކުމެގެން ދިއައެވެ. އޭރު ޝިކާ އުޅުނީ ފޮތްތައް ދަބަހަށް އަޅަން ކަމުން އޭނާއަކަށް އަހުލާ ދިޔަ ކަމެއް ފާހަގައެއް ނުވިއެވެ. ދަބަސް ކޮނޑުގައި އަޅުވާލަމުން ފަހަތް ބަލާލިއިރު އަހުލާ ނެތްތަން ފެނުމުން އޭނާ ފުން ނޭވައެއް ދޫކޮއްލިއެވެ. މިއަދު ކޮންމެހެން ހަދާފައިވެސް އޭނާ އަހުލާއާ ކުރިމަތިލާން ބޭނުމެވެ. އޭނާ އާ ފިލައިގެން އުޅުމުން އަހުލާއަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީގޮތް ވެސް އޮޅުން ފިލާނީ ވާހަކަ ދައްކައިގެން ނޫން ހެއްޔެވެ؟ ނަމަވެސް މިއަދު ދެން ކުރާނެ ކަމެއް ނެތެވެ. އަހުލާ ހިނގައްޖެއެވެ. މަޑު ފިޔަވަޅުތަކެއް ގައި އޭނާ ކުލާހުން ނިކުމެގެން ދިއައެވެ.

ސްކޫލުގެ ގޯތިތެރެއިން ނިކުތުމާއެކު އަހުލާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޝިކާ ނުފެންނަ ހިސާބަށް ދެވުމުން އޭނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އަވަސް އަރުވާލާފައި ގެއަށް ދާން ހިނގައިގަތްތަނާ އޭނާ ގެ ހަރަކާތްތަކަށް ހުއްޓުން އެރީ މީހަކު އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ބިރުން ހުރެ އޭނާ ފަހަތް ބަލާލިއިރު އޭނާ ހީކުރި ގޮތަށް ލީޒާއެވެ. ފަހަތުގައި މާހާ އާއި އަމްރާ ހެވިފައި ހުއްޓެވެ.

“ހާދަ އަވަހަކަށް ދާން ތިއުޅެނީ؟ އަދި ތިޔަހެނެއް ނުދެވޭނެ…” އަހުލާގެ އަތުގައި ހިފަހައްޓައިގެން ހުރެ ލީޒާ ބުނެލިއެވެ. އަދި ލޮލުން އަމްރާއަށް އިޝާރާތްކޮށްލުމުން އޭނާ އާއި މާހާ ސްކޫލުތެރެއަށް ވަދެގެން ދިއައެވެ.

“އެންމެ މުހިންމު ކަންތައް ނުކޮށް އެއްނު ތި އުޅެނީ…. އަހަރެން ހިތަށް އަރާ ކަލޭ ތިހާ ގޮތްކުޑަ ވީ ކޮންއިރަކު ބާއޭ….” މާހާ މެން ދިއުމުން އަހުލާ ގާތު ލީޒާ ބުނެލިއެވެ.

އިރުކޮޅަކުން މާހާ އާއި އަމްރާ ސްކޫލު ތެރެއިން ނިކުމެގެން އައެވެ. އެދެމީހުންގެ ފަހަތުގައި ހުރި ޝިކާ ފެނުމުން އަހުލާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އޭނާ ބޭނުންވީ އަވަހަށް މިތަނުން ދާށެވެ. ނަމަވެސް ލީޒާ ހިފަހައްޓައިގެން ހުރުމުން ގަދަ ހަދާކަށް އޭނާއަކަށް ނުކެރުނެވެ. ބަލަބަލާ ހުއްޓާ ޝިކާ އެމީހުންނާ އެކީ އައިސް އަހުލާގެ ކުރިމަތީގައި ހުއްޓުނެވެ.

“ޝިކާ ގާތުން މާފަށް އެދޭ….” އަހުލާގެ އަތުގައި ބާރަކަށް ވިކައިގަންނަމުން ލީޒާ ބުނެލިއެވެ. ވީތަދުން އޭނާގެ ދެލޯ ފެންކަޅި ވިއެވެ. ލީޒާ އެހެން ބުނުމުން ވެސް އޭނާ އަށް ޝިކާގެ ކިބައިން މާފަށް އެދޭކަށް ނުކެރުނެވެ. އޭނާ ހުރީ މާފަށް އެދޭ ވަރަށް ވުރެ މާ ލަދު ގަނެފައެވެ. އޭނާ އިސްޖަހާލައިގެން އެހުރި ގޮތަށް ހުރީއެވެ. ޝިކާ އަހުލާ އާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަހުލާ މާފަށް އެދެފި ނަމަ އޭނާ މިހާރުވެސް އަހުލާއަށް މާފު ކުރާނެއެވެ. ނަމަވެސް ލީޒާ އެހެން ބުނުމުން ވެސް އަހުލާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަހުލާ އޭނާ ގާތުން މާފަށް އެދެން ވެސް ބޭނުން ނުވަނީހެއްޔެވެ؟

“މާފަށް އެދޭށޭ…..!” އަހުލާ އެއްޗެކޭ ނުބުނެ ހުރުމުން ލީޒާ އެހެން ބުނުމަށްފަހު އަހުލާގެ ބޮލުގައި އަޅައި ކުރިއަށް ކޮއްޕާލިއެވެ. އެވަގުތު ޝިކާ އަހުލާ ގައިގައި ހިފަން އަތް ދިއްކޮށްލި ނަމަވެސް އޭނާ އަކަށް އެހިތްވަރެއް ނުލިބުނެވެ. އަނެއްކާ ވެސް އަތް ތިރިކޮށްލުމަށްފަހު މުއްކަވާލިއެވެ. އަހުލާ އެދިޔަ ބާރު މިނުގައި ގޮސް ޖެހުނީ ޝިކާގެ ފައި ބުޑަށެވެ. އޭރު އޭނާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ގެންދިއައެވެ.

“އަ.. އަހަރެންނަށް… މާ… މާފު ކުރޭ…” އެހުރި ގޮތަށް ހުރެ އަހުލާ އެންމެ ފަހުން ބުނެލިއެވެ. ޝިކާ އަހުލާގެ ކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ. އަދި އަހުލާގެ ލޮލުން ފައިބަމުން ދިއަ ކަރުނަތަށް ފުހެލަދިނެވެ.

“މާފުކުރަމޭ…” ޝިކާ ބުނެލިއެވެ. “އެކަމަކު އަހުލާ ބުނެބަލަ… ކީއްވެތަ އެހެން ހެދީ؟” ޝިކާ އޭނާ ކުރަން ބޭނުން ވެފައި ހުރި ސުވާލުކޮށްލިއެވެ. ނަމަވެސް އަހުލާ އެއްވެސް ޖަވާބެއް ނުދިނެވެ. އިސްޖަހާލައިގެން ހުރީއެވެ.

“މީނައެއް ޖަވާބެއް ނުދޭނެ ހޭނާރުވާލަނީހެއް،…” އަހުލާގެ އަތުގައި ހިފަހައްޓަމުން ލީޒާ ބުނެލިއެވެ.

“ނޫން…. ދެން ތި މީހުން އަހުލާ އާ ނުބެހޭތި… އަހަރެން އޭނައަށް މާފުކޮށްފިން….. ތި މީހުން ދެން ދޭ…. އަހަރުމެންނަށް އެކަނި ވަގުތުކޮޅެއް ދީ…” ޝިކާ ލީޒާގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. އެއާއެކު ލީޒާ ޝިކާއަށް ބަލާލީ ހައިރާން ވެފައެވެ. އަހުލާ އެވަރުގެ ކަމެއް ކުރީމަ ވެސް ޝިކާ މިހާ އަވަހަށް މާފު ކުރީ ހެއްޔެވެ؟ ހާދަހާ ވާ ހިތްހެޔޮ ކުއްޖެކެވެ. އިތުރު އެއްޗެކޭ ނުބުނެ ލީޒާ މެން ގެއަށް ދާން ހިނގައިގަތެވެ. ޖެހިގެން ހުރި ގޯޅިން އެމީހުން އަޅާލުމާއެކީ އަހުލާގެ ބަޑި ފަޅައިގެން ދިއައެވެ. އޭނާ ބާރު ބާރަށް ރޮމުން ގެންދިއައިރު މަގުމަތިންދާ މީހުން އެދިމާ ބަލަމުން ގެންދިއައެވެ.

އަހުލާ ރޮމުން ގެންދިއަތަން ފެނުމުން ޝިކާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާ ޝިކާ އާ މެދު ކިތަންމެ ގޯސްކޮށް ކަންތަށް ކުރިނަމަވެސް ޝިކާ އަދިވެސް ދެކެނީ އޭނާއަކީ ޝިކާގެ ގާތް ރަހުމަތްތެރިއެއް ގޮތުގައެވެ. މީހުންގެ ނަޒަރު އެމީހުންނަށް އަމާޒުވަމުން ގެންދާތީވެ، އޭނާ އަހުލާގެ އަތުގައި ހިފައިގެން ސްކޫލު ތެރެއަށް ހިނގައިގަތެވެ. އޭރު އަހުލާވެސް ހުއްޓާލަން މަސައްކަތްކުރަމުން ގެންދިއައެވެ. ޝިކާ އަހުލާ އާ އެކު މިސްރާބު ޖެހީ ސްކޫލްގެ ލައިބްރެރީއާ ދިމާއަށެވެ. ލައިބްރެރީ ދޮރު މަތީގައި ހުއްޓިފައި އަހުލާ އޭނާގެ ދެލޯ ފުހެލިއެވެ. އަދި ދެމީހުން އެކީ އެތެރެއަށް ވަދެ އިށީނެވެ.

” ޝިކާ… އައި އެމް ސޮރީ….” އަހުލާ އިސްޖަހައިގެން ހުރެ ބުނެލިއެވެ.

“އިޓްސް އޯކޭ އޭ…” ޝިކާ އަހުލާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. “އެކަމަކު އަހުލާ ޕްރޮމިސްކުރޭ… ދެން އެކަހަލަ ކަމެއް ދުވަހަކުވެސް ނުކުރާނެ ކަމަށް….” ޝިކާ ސީރިއަސް ކަމާއެކު ބުނެލިއެވެ.

“އައި ޕްރޮމިސް…” އަހުލާ ބުނެލިއެވެ. “އަހަރެން ބޭނުންވީ އެންމެ މަތި ހޯދަން… ދެޓްސް ވައި އައި ޑިޑް ދެޓް.. އައި އެމް ސޯ ސޮރީ…. ހިޔެއް ނުކުރަން ޝިކާ ދުވަހަކުވެސް އަހަންނަށް މާފުކުރާނެކަމަކަށް….”

“ނޫން… ކޮންމެ މީހަކަށް ވެސް ކުށް ކުރެވޭނެ…..” އަހުލާގެ އަތުގައި ހިފައި ހިނތުންވެލަމުން ޝިކާ ބުނެލިއެވެ. އަހުލާ ވެސް އެވަގުތު ޝިކާއަށް ބަލާލަމުން ހީލިއެވެ.

********

ޝިކާ ގެއަށް އައި އިރު ހުރީ ވަރަށް ވެސް ހިތްހަމަޖެހިފައެވެ. އަހުލާއާ އެގޮތަށް ވާހަކަދައްކާލެވުމުންނެވެ. އަހުލާގެ މަންމަ އެގެއިން ދިޔަ ވާހަކަ ބުނުމުން އޭނާ ދެރަވިއެވެ. ނަމަވެސް ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ އަދި އަހުލާ ގެ މަންމަަ އަނބުރާ ގެނަސްދޭނެއެވެ. އެއްޗެހި ބަދަލުކޮށްގެން އެނދުގައި އޮށޯވެލި ތަނާ އޭނާއަށް ނިދުނީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.

ޝިކާއަށް ހޭލެވުނު އިރު ރޭގަނޑު އެގާރަ ގަޑި ބައި ވެއްޖެއެވެ. ހާދަ ގިނައިރު ނިދިއްޖެއޭ އޭނާ ގެ ހިތަށް އެރިއެވެ. މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ބަލާލިއިރު ރަނާ އާއި ރީނާ އޮތީ ގަދަ ނިދީގައެވެ. ހާފުރެމުން ފޯނުގެ ސްކްރީނަށް ބަލާލިއިރު އަހުސަންގެ ހަތަރު މެސެޖް އައިސްފައި އޮތެވެ. އެއާއެކު ޝިކާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެ މެސެޖްތަކަށް ރިޕްލައިކޮށްލުމަށް ފަހު އޮވެލިއެވެ. އޭނާ އަށް އަހުސަން ދެކެ މިހާރު ލޯބިވެވިއްޖެއެވެ. އަހުސަން ގެ އަމަލުތަކުން އޭނާވެސް ޝިކާ ދެކެ ލޯބިވާކަމަށް އޭނާގެ ހިތް ބުނަމުން ގެންދިއައެވެ. އަހުސަން އޭނާއަށް ލޯބި ހުށައަޅާނީ ކޮންއިރަކުން ބާވައެވެ؟ އަހުސަން އޭނާ ދެކެ ލޯބިވާއިރު އޭނާ ދެކެ ލޯބިވާ ވާހަކަ ނުބުނަނީ ކީއްވެހެއްޔެވެ؟ އޭނާ އަހުސަން ގާތު ލޯބިވާ ވާހަކަ ބުނަންވީ ބާވައެވެ؟ އޭނާ ހިތަށް އެރިއެވެ. އާއެކެވެ. މިފަހަރު އޭނާގެ ހިތުގެ ހާލަތު އަހުސަން އަށް ހާމަކުރާނަމެވެ. މެސެޖިންގް ހުޅުވާލުމަށް ފަހު ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ޓައިޕް ކުރަން ފެށިއެވެ.

“ވާހަކައެއް އަހާލަންތަ؟” ޝިކާ މެސެޖުގައި ލިޔެލައި ފޮނުވާލިއެވެ.

“ޔެސް…” އަހުސަންގެ ރިޕްލައި އައެވެ.

“އަހުސަން…” މިހިސާބަށް ލިޔެލުމަށްފަހު ޝިކާގެ ހަރަކާތްތަށް މަޑުޖެހުނެވެ. ހަމަ އަސްލުވެސް އަހުސަން ގާތު އެވާހަކަ ބުނަންވީބާވައެވެ؟ އަހުސަން އޭނާ ރިޖެކްޓްކޮށްފިއްޔާ……؟ އޭނާ ދެއަތަށް ބޯހޫރުވާލިއެވެ. ނޫނެކެވެ. އަހުސަން އެހެނެއް ނަހަދާނެއެވެ. އަހުސަން ވެސް އޭނާ ދެކެ ލޯބިވެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އަނެއްބައި ލިޔެލިއެވެ. “އައި ލަވް ޔޫ….” ސެންޑަށް ފިތާލިއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ގެންދިއައެވެ. އިރުކޮޅަކުން އަހުސަން ގެ ރިޕްލައި އައެވެ. މޭގައި އަތްއަޅައިގެން ހުރެ އޭނާ އެމެސެޖް ހުޅުވާލިއެވެ.

“ވަޓް؟ ބަޓް އައި ޑޯންޓް ލަވް ޔޫ… ދިސް އިޒް ދަ އެންޑް… ދެން މަށަށް މެސެޖް ނުކުރާތި…” ޝިކާ އަހުސަން ގެ އެ މެސެޖް ދެތިން ފަހަރަށް ކިޔާލީ އޭގައިވާ އެއްޗެއް ޤަބޫލުކުރަން ބޭނުންނުވެގެންނެވެ. އޭރު ހަމަ ރަނގަޅަށް ވެސް އޭނާއަށް ރޮވިއްޖެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަހުސަން ހަމަ އޭނާ ރިޖެކްޓް ކޮށްލީހެއްޔެވެ؟ އަހުސަން އޭނާ ދެކެ ކުޑަކޮށް ވެސް ލޯބި ނުވަނީހެއްޔެވެ؟ އޭނާ އެހާ ފޮނި އުންމީދުތަކެއް ކޮށްފައި ލޯބި ހުށައެޅުމުންވެސް އަހުސަން އޭނާގެ ލޯބީގައި ކޮޅުފައިން ޖެހީއެވެ. ދެން އޭނާ ހަދާނީ ކިހިނެއްހެއްޔެވެ؟ އޭނާ ކިހާ ނަސީބުދެރަ ހެއްޔެވެ؟ ފުރަތަމަ އޭނާއަށް ތާމިންގެ ލޯބި ގެއްލުނީއެވެ. މިހާރު އޭނާއަށް އަހުސަން ވެސް ނުލިބުނީއެވެ. އޭނާ އަކީ ހަމަ ބޮޑު ބަދުނަސީބު ވެރިއެކެވެ.

އެތަށް އިރަކު އެނދުގައި ފުރޮޅުނު އިރުވެސް އޭނާއަކަށް ނުނިދުނެވެ. އެންމެފަހުން އޭނާ ކޮޓަރިން ނިކުމެގެން ގޮސް ސިޓިންގރޫމުގައި ހުންނަ ބިއްލޫރި ދޮރު ކައިރީ އިށީންދެލިއެވެ. ކުޑަކޮށް ދޮރު ކަހާލުމާއެކީ މަޑު ވައިރޯޅިތަށް އައިސް އޭނާގެ ހަށިގަނޑުގައި ބީހެމުން ގެންދިއައެވެ. މިކަމުން އޭނާއަށް ކުޑަ ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިއައެވެ.

*******

އެނދުގައި އޮތް އަހުސަންގެ ހިތުގައި ތޫފާނެއް އުފެދިފައިވާ ކަހަލައެވެ. އޭނާ ދެންމެ ޝިކާއަށް ފޮނުވި މެސެޖަށް ބަލަހައްޓައިގެން އެއް އަތުން ބޮލުގައި ހިފާލިއެވެ. އޭނާއަށް މި ކަންތަށް ކުރެވުނީ އެންމެ ރަނގަޅަށް ބާވައެވެ؟ އޭނާ ވެސް ޝިކާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އޭނާ ދެކޭ ގޮތުގައި ޝިކާއަށް އޭނާ ފަދަ ކުއްޖަކު އެކަށީގެނެއް ނުވެއެވެ. ކީީއްވެކަމެއް ވެސް ނޭނގެއެވެ. އޭނާއަށް ހަމަ އެގޮތަށް ދެކެވެނީއެވެ. ނަމަވެސް ދެންމެ އޭނާ އެފޮނުވާލި މެސެޖުގެ ސަބަަބުން ޝިކާ ވަރަށް ވެސް ދެރަވާނެކަން އޭނާއަށް ޔަޤީންވެއެވެ. ނަމަވެސް ޝިކާގެ ހިތުން އޭނާގެ ނަން ފުހެލުމަށްޓަކައި ހަދަން އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާއަށް ވިސްނުނީ އެގޮތެވެ.

މިރޭ ވެސް ލިވާން އެނދުގައި އޮވެލައިގެން އޮތީ ނުނިދިފައެވެ. ޝިކާ ގެ ޚިޔާލުތަކުން އޭނާގެ ހިތަށް އުނދަގޫ ކުރުވަނީއެވެ. އެނދުން ތެދުވުމަށްފަހު އޭނާ ކޮޓަރިން ބޭރަށް ނިކުތީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. މިމަންޒަރު ފެނުނު އަހުސަން ވެސް ގަސްތުކުރީ ލިވާން ގެ ފަހަތުން ބޭރަށް ނިކުތުމަށެެވެ. އޭނާގެ ސިކުނޑިއަަށް ކުޑަ ލުޔެއް ލިބޭތޯއެވެ.

******

ލިވާން ހިނގަމުން ގޮސް ހުއްޓިލީ ބިއްލޫރި ދޮރު ކައިރީގައެވެ. އެއީ އަބަދުވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ހޯދުމަށް އޭނާ އަންނަ ތަނެވެ. ދޮރުގައި ލާފައިވާ ފޮތިގަނޑު ވަޔާ ކުޑަކޮށް ވިހުރެމުން ދާތަން ފެނުމުން އޭނާއަށް ކުޑަ ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. ފޮތި ގަނޑު ކުޑަކޮށް ކަހާލައި ބަލާލިއިރު އެ ދޮރު ކަހާލާފައިވާތަން ފެނުމުން އޭނާ ގެ ހިތުގައި ސުވާލު އުފެދުނެވެ. ދޮރު ކައިރި ތިރީގައި އިން ޝިކާ އޭނާއަށް ފެނުނީ އެވަގުތެވެ. ޝިކާ ބޭރުބަލަން އިން ގޮތުން އޭނާ އެއިނީ ފުން ވިސްނުމެއްގައިކަން ލިވާންއަށް ވިސްނުނެވެ. އޭނާ ވެސް އެތަނުގައި އިށީންދެ ބޭރު ބަލަން ފެށިއެވެ.

“ނުނިދިގެން؟” ޝިކާ ލިވާން ގާތު އަހާލިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ވަނީ ބޭރަށް ހުއްޓިފައެވެ. ލިވާން ޝިކާއަށް ބަލާލަމުން ބޯޖަހާލިއެވެ.

“އަހަރެން ވެސް ނުނިދިގެން…” ޝިކާ އެހުރި ގޮތަށް ހުރެ ބުނެލިއެވެ.

ލިވާން ގެ ހިތަށް އަރަމުން ދިއައެވެ. މިއީ އޭނާގެ ހިތުގެ ހާލު ޝިކާގެ ކުރިމަތީގައި ހާމަކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ. އޭނާ ޝިކާ ދެކެ ލޯބިވާ ވާހަކަ ބުނަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނާ ޝިކާގެ މޫނަށް ނަޒަރު ހިންގާލިއެވެ.

“ޝިކާ…… އައި ލަވް ޔޫ….” ދެލޯ މަރާ ފިއްތާލަމުން ލިވާން ބުނެލިއެވެ. އެވަގުތު ޝިކާ ގެ ދެލޯ ބޮޑު ވެގެން ދިއައެވެ. އަދި ހައިރާންކަމާއެކު ލިވާން އާ ދިމާ ބަލަމުން ގެންދިއައެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (48)

  1. Liaa

    sorry guys for the late update.. Liaa v busy koh ulhunyma las vee… once again sorryy 🙁
    Next part miah vureh avahah up kureveythw balaanan …
    Heekuran mi baives kamudhaane kamah …

    1. kokkee
      Liaa

      !މިބައި ވެސް ހަމަ ހީކުރި ގޮތަށް ވަރަށް ވެސް ރީތި …ތިކުރާ މަސައްކަތަށް ހަމަ ސާބަސް …… :)އަނެއް ބައިގެ އިންތިޒާރުގައި ހުރިން އިންތިޒާރުގެ ގިޓާ ކުޅެލަ ކުޅެލަ

  2. MalMal

    Wow. ❤❤❤ V reethi… Dhn kihinehbaa shikaa hadhaany??

    1. Liaa
      MalMal

      Thankyw MalMal 🙂

  3. Blue Lady

    Alhea Ahusan Shika reject kureetha. Haadha dhera ea. Shikaa dhen avahah Leevan aa gulhea. Leevan Shika akah dhera gotheh nahadhaane. L Liaa avahah up kohdeeba. Cant wait.. mipart vvvvvvvvvvvvv reethi

    1. Liaa
      Blue Lady

      Thanks Blue Lady 🙂

  4. Ushaa

    Vvvvvvvvvvvvvvvvvvvv reethii.. Shika libeynyy kaakahbaa?? Gud wrk… Kyp goin Liaa…

    1. Liaa
      Ushaa

      thankss Ushaa 🙂

  5. Lady In Red

    Wowwwwwwwwwwwwww. Awesome.

  6. Lady In Red

    Liaa you are a really great writer. I like u are story

    1. Liaa
      Lady In Red

      Thankyw Lady In Red 🙂

  7. Shaai

    Vvvvvv rythi. Shikaa aloe Livaan ah yes buneba

    1. Liaa
      Shaai

      Thanks Shaai 🙂 Shikaa gulheny kaakaa kan engeyne nxt part ga

  8. Sama

    Nice storyyyyy

    1. Liaa
      Sama

      Thanks sama 🙂

  9. Appy

    V rythi. .bt mistake eh faahaga kohlevunyma bunelaanan. ..”ehchis”v ginain beynun kohfa hurey n “ishynun iru vx”mi part ga in baheh e ee aslu ishyn iru vx dhw kiyany

    1. Liaa
      Appy

      alhey Appy … Liaa ah v ginain hedhey mistake eh eiy 🙁 haah… Nw baeh than than rangalhu kohlaafin… hama liyaa gadyga handhaan nuwany ey ..
      thank u btw 🙂

  10. meera

    Hehhee….mi part v intresting….??????……???

    1. Liaa
      meera

      Thank u meera 🙂

  11. Asurumaa

    Late eh nun varah late kihaa dhuvahehtha inthizaarukuraathaa liaa as usual varah koli hama habeys ingey??

    1. Liaa
      Asurumaa

      thanks asurumaa 🙂 hama busy kamun late vee ey 🙁

  12. Anonymous

    Very very very. Nice…….

    1. Liaa
      Anonymous

      Thanks Anonymous 🙂

  13. Saadhu

    Reethi

    1. Liaa
      Saadhu

      Thankyw Saadhu

  14. same

    nice story

    1. Liaa
      same

      Thanks same 🙂

  15. Xaan

    Mipartves v salhi

    1. Liaa
      Xaan

      Thankss Xaan 🙂

  16. Saajidh

    V reethi mibaives… 20 vana bai avas kollahchey…

    1. Liaa
      Saajidh

      Thanks Saajidh 🙂 veehaaves avahah up kuraanan Insha Allah

  17. rafa

    Niceeeeeeeeeeeeee ?????

    1. Liaa
      rafa

      Thankss rafa 🙂

  18. Thaany

    V reethu ekm v inthixaaru kurifahun kiyaalan chance libunee ahusan dhera kohllan leawaan r shik gulhuwaa dhn eyrah vissneyne dw eynayah…reethikamakee hurihaa ehcheh noon ahulaaq ragalhu vefa dheen veri kujjeh shik a kee dhn e v nun dw hehe..ahusan foni meehaa gadu v foohi..

    1. Liaa
      Thaany

      Thankyw Thaany 🙂 Hmm dhw Ahusan v foni ..hehe

  19. Soabi

    Wow v salhi khineh mivany sikaa beynun vegen dho ehmehves hehe ❤❤❤❤

  20. Soabi

    Wow v salhi khineh mivany sikaa beynun vegen dho ehmehves hehe ❤❤❤❤ waiting for next part

    1. Liaa
      Soabi

      Thankyw Soabi 🙂

  21. Axoo

    Vvv reethi mibaives. Heevany emmafahuvaguthu gulheynee Shika n Thamin hen.

    1. Liaa
      Axoo

      Thankyw Axoo 🙂

  22. harry

    Awwn.. Shik emme fahun ahusan gaathu buny dhw lobivaa vaahaka… ekem ahusan ves dhw… Nuvaannu e fakeeerah ehen hadhaakah… I think shikAa gulheynyy hama ahusan aa kanneynge,… hehe…. V v reethi Story ..MY FAV <3

    1. harry
      harry

      Adhi e ahulaa ves dhw.. She desreves that… Ekam shikaa kihaa rangalhu 🙂 i lov shikaa

    2. Liaa
      harry

      Thankyw harry fr ur support 🙂

  23. shima

    Nice story so far…let’s see how it ends

    1. Liaa
      shima

      Thanks shima 🙂

  24. shimaa

    Keewetha now comment nukureweny? ?

  25. xprincess

    Hama wow ey buneveyny 🙂 Liaa.. U r the best ! i lov this story… mi story mihaaru mi kiyany mi site in hama ekani….bec i lov it <3

    1. Liaa
      xprincess

      Thankss xprincess <3 🙂

Comments are closed.