މިކްޔާ އޭނާގެ މޫނު އަނެއްފަރާތައް އަނބުރާލިއެވެ. ތަޤްދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. އެތައް ޒަމާންތަކަކަށްފަހު މިކްޔާ އޭނާގެ މަންމަ އާއި ދިމާވިއިރު ކުރިމަތިލާން ޖެހިފައި މިވަނީ ކޮންކަހަލަ ހަޤީގަތަކާ ހެއްޔެވެ؟ މިކްޔާ އެއިން ގޮތަށް އިނދެ ލޯމަރާލުމާއިއެކު އައުފް ގެ ސޫރަ ސިފަވެގެން ދިޔުމުން ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އަދި މެއާ ދިމާލުގައި އަތް އެޅުމަށްފަހު ފުން ނޭވައެއްދޫކޮށްލިއެވެ.

ސޮފިއްޔާ މަޑުމަޑުން ފިޔަވަޅު އަޅަމުން މިކްޔާ އާއި ދިމާއަށް ދިޔައެވެ. އެހިނދު އޭނާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. މިކްޔާކައިރިއަށް ދެވުމާއި އެކު ވިނަގަނޑުމަތީގައި ކުރުކަކޫ ޖައްސާލުމަށްފަހު މިކްޔާގެ އުނގުމަތީގައި އޮތްތިލައިގައި ހިފިއިރު ސޮފިއްޔާގެ ދެއަތް ތުރުތުރުލަމުން ދިޔައެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
“ދަރިފުޅާ މަންމައަށް މާފު ކުރޭ ..މަންމަ އަކީ ދަރިފުޅުގެ ކުށްވެރިއެއް..” ސޮފިއްޔާގެ އަޑުވެސް ތުރުތުރުލަމުން ދިޔައެވެ. އޭނާ މިއަދު މިކްޔާ އަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުމެވެ. އެ ދަރިފުޅު މަންމަ އަކަށް އެންމެ ބޭނުންވީ ދުވަހު ސޮފިއްޔާވަނީ އެކަމަށް ނުކުޅެދިފައިއެވެ. މިކްޔާ އެކަނިމާ އެކަނި ކިހާ ތަކުލީފެއް އުފުއްލިހެއްޔެވެ؟
” ކިތައް ދުވަހު އަޅުގަނޑު މަންމަ އަށް ގޮވީ؟..ކިތައްފަހަރު ތި ފިރުމުންތަކަށް އެދި މިހިތް ރުއީ؟..ކިހާ ދުވަހަކު އަޅުގަނޑުގެ މަންމަ އެ ނަރަކައިން ސަލާމަތް ކުރަން އަންނާނެ ކަމަށް ހީކުރެވުނީ؟ އެކަމަކު 16 އަހަރުވީއިރުވެސް އަޅުގަނޑުގެ ގޮވުންތަކެއް މިހިތުގެ އާދޭސް ތަކެއް ނީވުނު…ދެން މިއަދު އަޅުގަނޑުގެ މާފަށް ތި އެދެނީ ކޮންކަމަކުތޯ؟” ކޯތާފަތް މައްޗަށް ފޭބި ކަރުނަތިކި ފޮހެލަމުން މިކްޔާ ބުނެލިއެވެ.
“އެކަމަކު މިއަދު އަޅުގަނޑަށް ތިޔަ ކޮށްދެވި ކަންތައްތަކަށް ޝުކުރު އަދާ ކުރަން ބޭނުން..” މިކްޔާ އެހެން ބުނެލިއިރު މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ހުރިހާ ހިތާމަތަކެއް އެތެރެއަށް ހިނދާލައިގެން އެއިނީ ކެތްތެރިކަމާއިއެކުއެވެ. ސޮފިއްޔާ ގެ އަތް އޭނާގެ އަތާ ދުރުކޮށްލަމުން މިކްޔާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
” އަޅުގަނޑަށް އޭރުގައި މަންމަ އާއި ބައްޕަ ވަކިވީ ކީއްވެ ކަން ނޭނގުނަސް މިއަދު ހުރިހާ އެއްޗެއް ސާފުވެއްޖެ..ދެން ދައްކާނެ އިތުރު ވާހަކައެއް ނެތް..” އައުފް އާއި ދިމާއަށް ބަލާލަމުން މިކްޔާ އެހެން ބުނެލީ ސޮފިއްޔާ އާއި މުޚާތަބުކޮށެވެ.
އައުފް އަށް ހުރެވުނީ ކުރިމަތީގައި ނިއުޅެމުންދާ ބޮޑު މަންޒަރު ޤަބޫލު ކުރަންވެސް ދަތި ވެފައިއެވެ. މިކްޔާ އަކީ މިއީތާއޭ އައުފް ގެ ހިތައްއަރަމުން ދިޔައެވެ. ސޮފިއްޔާ ވަނީ މީގެ އަހަރުތަކެއް ކުރިން އެތައް ފަހަރަކު މިކްޔާގެ ވާހަކަ އައުފް ކައިރީގައި ދައްކާފައިއެވެ.
” ނޫން ދަރިފުޅާ ތިހެން ނުބުނޭ…މަންމަ އަށް ދަރިފުޅުގެ މާފް ނުލިބޭހާ ދުވަހަކު ހިތް ހަމަޖެހިގެން ނޫޅެވޭނެ..” ސޮފިއްޔާ އަށް ގިސްލެވެން ފެށުމާއި އެކު އަނގަމަތީގައި އަތް އެޅިއެވެ.
“މިވީހާ ދުވަހުވެސް ތިއުޅުނީ ހިތްހަމަ ޖެހިގެންނެއް ނޫންތޯ؟ ދެން ކުރިއަށް އޮތް ތަނުގައިވެސް ހަމަ އެގޮތަށް އުޅުނީމައި ރަނގަޅުވާނީ..އަޅުގަނޑު މިކަމުން ސަލާމަތްވީހާ އަވަހަކަށް މިތަނުން ދާން ބޭނުންވަނީ..އިރާދަ ކުރެއްވިއްޔާ އަޅުގަނޑަށް ކުރި ހަރަދު ދުނިޔޭގައި ހުރިހާ ދުވަހަކު އަދާކޮށްދެމުން ދާނަން…މާރިޔާއްތާ އަޅުގަނޑު ބޭނުމީ އެކަނިވެލަން..ކޮޓަރިއަށް ގެންގޮސްދީފާނާންތަ؟” އެވަގުތު އެތަނަށް އައިސް ހުއްޓުނު މާރިޔާ އަށް ބަލާލަމުން މިކްޔާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އޭނާގެ ހިތުތެރޭގައިވާ އިހުސާސްތައް ބަންޑުންވުމުގެ ކުރިން ހުރިހާ މީހުންނާ ދުރަށްދާން ބޭނުންވެއެވެ.
މާރިޔާ ހިފައިގެންއައި ފެންތަށި ތަބާކާއި އެކު ހަޓް ކައިރީގައި ހުރި މޭޒުމަތީގައި ބެހެއްޓުމަށްފަހު މިކްޔާގެ ގޮނޑި ދުއްވާލީ ގެޔާދިމާއަށެވެ. ސޮފިއްޔާ އައުފް އާއި ދިމާއަށް ބަލާލީ ރޮވިފައިވާހާލުގައިއެވެ. އޭރު އައުފް ގެ ދެލޯވެސް ވަނީ ފެންކަޅިވެފައިއެވެ.
**

މައިކަލްގެ ދެދުވަހު ރަށުން ބޭރުގައި އުޅެފައި އެނބުރި އައި ދުވަހު ލޯބިވާ އަނބިމީހާ މިވަނީ ފުންހިތާމައިގެ ކަނޑަކަށް ގެނބިގެން ގޮސްފައިއެވެ.
އޭނާ ވެސް އެއްދުވަސްވަރެއްގައި މިފަދަ ހިތި ތަޖުރިބާއެއްވަނީ ކޮށްފައިއެވެ. އެހެންކަމުން ސޮފިއްޔާގެ ހިތުގެ ހާލު އެންމެރަނގަޅަށް އިނގޭނެ މީހަކީ އޭނާއެވެ. ދަރިއެއްގެ ނަފްރަތަކީ މައިންބަފައިންގެ ހިތް ހަލާކުވާ ކަމެކެވެ. އޭނާވެސް އެވަނީ އެފަދަ ނަފްރަތަކާއި ކުރިމަތިލުމަށްފަހު މިހާރު އެކަމުން އަރައިގަނެގެން އުފާވެރި ހަޔާތެއް ވޭތުކުރަމުންނެވެ. މިއަދު މިގޮތަށް އުފަލުގައި އޭނާ އަށް އެއުޅެވެނީ ސޮފިއްޔާގެ ސަބަބުންނެވެ.
” ސޯފީ…ޕްލީޒް ސްޓޮޕް ކްރައިންގް…ޔޫ ކޭން އެކްސްޕްލެއިން ޓް ހާރ…” މައިކަލް ލޯތްބާއިއެކު ވާހަކަދެއްކިއެވެ.
” ހައު ކޭން އައި؟..މީހަމަ އަހަރެންގެ ކުށުގެ ސަޒާ..މިކްޔާ އަށް މިއަދު އެހާލު ނުޖެހުނީސް އެދުވަހު އަހަރެން އޭނާ ދިޔަނުދީ ހިފެހެއްޓިނަމަ..” ސޮފިއްޔާ އަސަރާއެކު ބުންޏެވެ.
” މިކްޔާ އަށް އެލިބުނީ އޭނާ އަށް ލިބުން ހައްޤު އަނިޔާއެއް ނޫން..ދިޒް އިޒް އޯލް މައި ފޯލްޓް..” މިކްޔާގެ ދިރިއުޅުމުގައި ދިމާވި ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ އޭނާ ކަމުގައި ސޮފިއްޔާ އަބަދުވެސް ބުނެއެވެ.
” މައިކް! ޝީ އިޒް ނޮޓް ގިވިން މީ އެނީ ޗާންސް…ކިހިނެއް އަހަރެން ވާހަކެއް ދައްކާނީ.. މިކްޔާ އަހަރެންގެ މޫނު ފެންނަންވެސް ނޭދޭ..” ސޮފިއްޔާ މައިކަލްގެ މޭތެރޭ މޫނު ފޮރުވާލިއެވެ. މައިކަލްގެ ގަމީސް ތެމެމުން ދިޔައީ ސޮފިއްޔާގެ ލޮލުން އޮހޮރެމުންދާ ކަރުނައިންނެވެ. ސޮފިއްޔާ އަދިވެސް ބޮޑަށް އޭނާއާއި ކައިރި ކޮށްލަމުން ނުރޯށޭ ބުނެލުމަށްފަހު މައިކަލް ސޮފިއްޔާގެ ބޮލުގައި ފިރުމާލިއެވެ.

ސޮފިއްޔާ ކޮޓަރީގެ ބޭރުގައި ހުރި އައުފަށް އޭނާގެ މަންމަގެ ހިތާމަތައް ދެކެން އިތުރަށް ކެތެއް ނުކުރެވޭނެއެވެ. އެމޫނުމަތިން ރުޅިވެރިކަން ފާޅުވާއިރު ދެބުމަވަނީ ގޮށްޖެހިފައިއެވެ. މިކްޔާ އެއުޅެނީ ކީކޭ ހިތައްއަރައިގެން ހެއްޔެވެ؟ އެހެން މީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެނީ ކީއްވެ ހެއްޔެވެ؟ އޭނާވެސް މިއަދު ތިން ހަތަރު ފަހަރު މިކްޔާ އާއި ވާހަކަ ދައްކަން މަސައްކަތް ކޮށްފިއެވެ. ނަމަވެސް މިކްޔާ ސާފުބަހުން އޭނައާއި އަދި އެހެން އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެ ދޮރުތަޅުލައިގެން އެއިންނަނީއެވެ.
ބާރު ހިނގުމެއްގައި ސިޑިން މައްޗައް އަރައިގެން ދިޔަ އައުފްގެ ދެއަތް ވަނީ މުށްކެވިފައިއެވެ. މިފަހަރު މިކްޔާ ދޮރު ނުހުޅުވައިފިއްޔާ އެދޮރު ވައްޓާލަންވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. އޭނާގެ މަންމަ އެކުރާ ހިތާމަތަކަށް ނިމުން ގެންނަން މިއަދު އޭނާ އެވަނީ އަޒުމު ކަނޑައަޅާފައިއެވެ.

**
ޒީޝާ އޭނާގެ އެކުވެރިންތަކަކާއިއެކު ޕިކްނިކް ދަތުރެއް ނިންމާލުމަށްފަހު ގެއަށް އަންނަން ވެގެން އޭނާގެ ބައްޕަ އަށް ގުޅައިގެން އައުފް ފޮނުވާށޭ ބުނީމަވެސް ޖޯން ފޮނުވުމުން ޒީޝާ އެއިނީ އެކަމާ ނުހަނު ހިތްހަމަ ނުޖެހިފައިއެވެ. އައުފް ވެސް ހަމަ ގަސްދުގައި އޭނާ އިގްނޯ ކުރަނީއެވެ. އެކަމާ ބޯހާސް ވެގެން ޒިޝާ ބޭނުންވީ ގެއާ ދުރަށް ދިޔުމަށެވެ. ތިންދުވަހުގެ ޕިކްނިކް ދަތުރެއް ނިންމާލުމަށްފަހު މިއަދު އެނބުރި އެއަންނަނީ އައުފް އާއި ވާހަކަދައްކުމަށް ނިންމައިގެންނެވެ.
ޖޯންގެ ސަމާލުކަން އޭނާ އަށް ލިބެމުން ދިޔަނަމަވެސް ޒީޝާ އެކަން އިނގޭ ކަމަށް ނުހަދައެވެ. ފޯނާ ކުޅެމުން ދިޔަ ޒީޝާ ސިހިގެންދިޔައީ ކުއްލިއަކަށް ކާރު މަޑު ކުރުމުންނެވެ. ކާރުގެ ދޮރުން ބޭރަށް ބޯދިއްކޮށްލިއިރި ޖޯން ކާރު މަޑުކޮށްފައި މިއޮތީ މީހުން ނޫޅޭ ހިސާބެއްގައިއެވެ. ދެފަރާތުން ފެންނަމުން ދިޔައީ ވާ ބޯގަސް ތަކެވެ. ދުރުދުރަށްދާންދެން މީހެއްގެ ނިޝާނެއްވެސް ފެންނަން ނެތެވެ. ބާރު ސްޕީޑްގައި ދުއްވާފައިވާ އުޅަނޑުތަކުގެ އަޑު ފިޔާވާ އިތުރު އަޑެއް ނީވެއެވެ.
ޒީޝާ އެގޮތަށް ބަލަން އިންދާ ދެން ފެނުނީ ކާރުގެ ދޮރު އަނެއް ފަރާތުން ހުޅުވާލުމަށްފަހު ޖޯން އޭނާގެ އަތުގައި ހިފިތަނެވެ. ޒީޝާގެ އަތުގައި ހިފައިގެން ޖޯން ބޭރަށް ނިކުތުމަށްފަހު ދޮރު ލެއްޕިއެވެ. މީ ކިހިނެއްވެގެން އުޅޭ އިންސާނެއް ހެއްޔެވެ؟ ކިތައްމެ ފަހަރަކު އެއްވާހަކައެއް ބުންޏަސް އަޑު އިވެނީ އެއް ނޫނެވެ. ޒީޝާ ހިތާހިތުން ޖޯން އަށް ކުދިކިޔަމުން އެއަތް ނެއްޓުވޭތޯ އުޅުނެވެ. އެވަގުތު ޖޯން އޭނާގެ އަތުން ދޫކޮށްލުމަށްފަހު އަނެއް ފަރާތައް އެނބުރުނެވެ.
ޖޯންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ލޯމަރާލިއެވެ. އޭނާ ޒީޝާގެ ލޯތްބަށް އެދި އާދޭސް ކުރަމުންދާއިރުވެސް ޒީޝާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ. ކޮންމެ ފަހަރަކު ފަޅި ސިކުންތު ކޮޅެއްގެ ލޯބި ދިނުމަށްފަހު ޒީޝާ އޭނައާއި ދުރުވަނީ އެހިތައް އެތައް އަނިޔާއެއް ދެމުންނެވެ.
” ވައި ޒީ؟…ވައި އާރ ޔޫ ޑުއިން ދިސް؟..ކާންޓް ޔޫ ސީ ހައު މަޗް އައި ލަވް ޔޫ؟” ޖޯންގެ އަޑުގައިވި އަސަރުން ޒީޝާ އަށް އުނދަގޫވިއެވެ.
“ލުކް ޖޯން އައި ހޭވް ޓޯލްޑް ޔޫ ދެޓް ވޯސް އަ މިސްޓޭކް..އެމް ސޮރީ” ޒީޝާ ހަމަޖެހިލަމުން ބުނެލިއެވެ. އެވަގުތު ޖޯން އޭނާ އާއި ދިމާއަށް އެނބުރުނެވެ. ޖޯންގެ ރަތް ވެފައިވާ ދެލޯ ފެނި ޒީޝާ އަށް އިތުރަށް ބަހެއް ނުކިޔުނެވެ.
” ހައު މެނީ ޓައިމްސް އާރ ޔޫ ގޮއިންގް ރިޕީޓް ދެޓް މިސްޓޭކް؟..އެން ހައު މެނީ ޓައިމްސް އާރ ޔޫ ގޮއިންޓް ސޭ ސޮރީ؟ އާންސާރ މީ ޒީ..” ޖޯން މަޑުމަޑުން ޒީޝާ ކައިރިއަށް ޖެހިލަމުން އެހަށިގަނޑު މެއާލާ ފިއްތާލިއެވެ.
” ޕްލީޒް ޒީ..އައި ނީޑް ޔޫ.. މެރީ މީ..އައި ޕްރިމިސް ދެޓް ޔޫ ވިލް ބީ ހެޕީ..ޔޫ އާރ މައި އެވްރީތިންގް އައި ކާންޓް ލިވް ވިތައުޓް ޔޫ.. ސޭ ސަމްތިން މައި ލަވް..” ޖޯން އާދޭސް ކުރަމުން ދިޔައެވެ.
ހިނދުކޮޅަކަށް ނަމަވެސް ޒީޝާ ޖަޒުބާތުގައިޖެހި އޭނާގެ އަތް ޖޯންގައިގައި ވަށާލުމަށް ނެގުނުނަމަވެސް ލޯކުރިމަތިން ސިފަވި ސޫރައަކުން ދެއަތް ތިރި ކޮށްލެވުނެވެ. އެހުރި ގޮތަށް ދެއަތްތިރިކޮށްގެން ޒީޝާ ހުރީ އެއްވެސް ބަހެއް ނުބުނެއެވެ.
ކުޑަ އިރުކޮޅެއްފަހުން ޖޯން ޒީޝާ އޭނައާއި ދުރުކޮށްލުމަށްފަހު ކާރުގެ ފުރޮޅުގައި ބާރަކަށް ފައިން ޖަހާލިއެވެ.” ދެޓްސް ޔޯރ ބްރަދަރ ޑޭމް އިޓް..! ޔޫ ކާންޓް ލަވް ހިމް” ޖޯން ޒީޝާ އާއި ދިމާއަށް ބަލާލުމަށްފަހު ކާރަށް އެރުމަށް އިޝާރާތް ކުރިއެވެ. ޒީޝާ ކާރަށް އެރާ އިށީނުމުން ޖޯން ދެއަތުން އޭނާގެ މޫނު ފޮހެލުމަށްފަހު ކާރަށް އަރާ ސްޓާޓް ކޮށްލިއެވެ. މަންޒިލާ ހަމައަށް އާދެވުނު އިރުވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
**

މިކްޔާގެ ކޮޓަރީ ދޮރުގައި ޓަކި ދެމުން ދިޔަ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުންނެވެ. އައުފް ހުއްޓުމެއްނެތި ޓަކިދެމުންގޮސް އެންމެ ފަހުން ދޮރުގައި ބުރަކަށިވިއްދާ ދެތިން ފަހަރު ކޮށްޕާލުމާއިއެކު އެތެރެން އަޅުވާފައި ހުރި ތަންޑު ނެއްޓިގެން ދިޔައެވެ. އެކޮޓަރީ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަތް އައުފަށް ފެނުނު މަންޒަރުން ހުއްޓެވުނެވެ. މިކްޔާ އިނީ ދޮޅިއަޅައިގެން ދެއަތް މައްޗަށް އުފުލައިގެންނެވެ. މެރިފައިވާދެލޮލުގެ އެސްފިޔަ ދޭރެއިން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ކޮޓަރިތެރޭގެ ހަމަހިމޭންކަން ގެއްލިފައިވަނީ މިކްޔާގެ މަޑު ގިސްލުމުގެ އަޑުންނެވެ. އައުފް ކޮޓަރިން ނިކުންނަން އެނބުރުމަށްފަހު ހިޔާލު ބަދަލުވެ މިކްޔާގެ ފުރަގަހުން ހިނގާލާފައި ބެލްކަންޏަށް ނިކުތީ ހުޅުވިފައިވާ އެކޮޓަރީގެ ދޮރު ކައިރި ކޮށްލުމަށްފަހުއެވެ.

ނަމާދުކޮށް އަވަދިވީއިރު މިކްޔާގެ ހިތައް ރޫހާނީ ހަމަޖެހުމެއް ލިބިފައިވެއެވެ. ކެތްތެރިކަން ދެއްވުމަށް އެދި އެކަލާނގެ ހަޞްރަތުގައި އެތައްފަހަރކު މިކްޔާ ދުޢާ ދެންނެވިއެވެ. ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް އާހިތްވަރަކާއިއެކު މަސައްކަތް ކުރުމަށް އެވަގުތު މިކްޔާ އަމިއްލަ ނަފުސައް ވަޢުދުވިއެވެ. މިކްޔާ ދޮޅިފަތްޖަހާލުމަށްފަހު އެނދުމަތިގައި ބޭއްވިއެވެ. އަދި ކައިރީގައި އޮތް ބުރުގާ އަޅާލަމުން ބެލްކަންޏާއި ދިމާއަށް ބަލާލިވަގުތު ކޮޓަރިއަށް ފުރަގަސްދީގެން ހުއްޓި ހުރި ފިރިހެނެކު ފެނި މިކްޔާ ސިހިގެންދިޔައެވެ. ދާދި ކުޑަވަގުތުކޮޅެއްގައި އެއީ ކާކުކަން ނަގައިގަނެވުމާއިއެކު މިކްޔާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“ކީއްވެ އައުފް ފެންނަ ކޮންމެ ފަހަރަކު މިހިތް ތަފާތުގޮތަކަށް ވިންދު ޖަހާހެން ހީވަނީ؟..އަހަރެން މިގޮތަށް އަމިއްލަ ބޭބެ އާއި މެދު ވިސްނައިގެން ނުވާނެ…ދެން ކީއްވެތަ މި ބަސްނާހާ ހިތް އެކަން ޤަބޫލު ނުކުރަނީ؟ މިކްޔާ ހިތާ ހިތުން ވާހަކަ ދައްކަމުން ބެލްކަންޏާއި ދިމާއަށް ގޮނޑި ދުއްވާލިއެވެ.

ކައިރިން މީހެއްގެ ހިލަމެއް ވީހެން ހީވެގެން އައުފް ބަލާލިއިރު މިކްޔާ ބެލްކަންޏަށް ނިކުންނަނީއެވެ. އައުފް މިކްޔާ އާއި ދިމާއަށް ބަލާލުމާއިއެކު މިކްޔާ އިސްދަށަށް ޖަހާލީ އެދެލޮލަށް ބަލަން ނުކުޅަދާނަ ވުމުންނެވެ. އޭވަގުތު އައުފް ހުރީ އޭނާ ދައްކަން އެއައި ވާހަކަ ފަށާނެ ގޮތެއް ނޭނގިފައިއެވެ.
” މިކްޔާ ކީއްވެ މަންމަ އަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދެނީ؟…އެންމެ ފަހަރަކުވެސް ދައްކާވާހަކަ އަޑުއެހުމުން އިނގޭނީ ކަންތައްވީ ގޮތް..” އައުފް އެދެއްކީ މިކްޔަ ހީކޮށްގެން ހުރި ވާހަކައެވެ. މިކްޔާ އެއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާ ވެސް އެވަނީ އެތަކެއް އިހުސާސް ތަކަކުން ބަނދެވިފައިއެވެ.
” ޔޫ އާރ އަ ވެރީ ލަކީ ގާލް.. އެމަންމަގެ ބަނޑުން އުފަންވުމަކީ މިކްޔާގެ އެންމެ ބޮޑު ނަސީބަކީ..” މިކްޔާގެ ބަހެއް ނުލިބުމުން އައުފް ބުނެލިއެވެ.
” ނަސީބު ގަދަކަމުން ދޯ އަހަރެން މިހާލުގައި މިއިނީ..؟ މަންމަ ދިޔަ ތާކަށް އަހަރެން ނުގެންދިޔައީމަ އެކަމުގެ ސަބަބުން އަހަރެންނަށް ޖެހުނު ހާލަކީދޯ ތިބުނާ ނަސީބަކީ؟…ޅައިރުންފެށިގެން އަނިޔާވެރިކަމާ ހިތާމަ ތަހައްމަލު ކުރަމުން މިއައީ އެކަނިމާ އެކަނި.. މިހިތައް ކުރި އަސަރެއް އެއްވެސް މީހަކަށް އަންދާޒާއެއް ނުކޮށްލެވޭނެ..އެމަންމަގެ ލޯބިން މަހުރޫމުވެގެން 16 އަހަރު އަހަރެން އިންތިޒާރު ކުރީ އެންމެ ފަހަރަކު ނަމަވެސް އެ މޫނު ދެކިލުމަށް އެ އޯގާތެރި އަތުން ފިރުމާލާނެ އިރަކަށް..ދެން މިއަދު ކުއްލިއަކަށް އަހަރެންގެ މާފް ބޭނުންވާ ސަބަބެއް ނުވިސްނުނު..މިހާ ދުވަސް ފަހުންތަ ދަރިޔަކު ހުރިކަން ހަނދާންވީ؟ ” މިކްޔާ އަށް ރޮވެން ފެށުމުން މޫނުމަތީގައި އަތް އެޅިއެވެ. އައުފްގެ ކުރިމަތީގައި އޭނާ ފިނޑިވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ޖަޒުބާތުތައް އޮޔާ ބެހިގެން ދިޔައީ އިޙްތިޔާރުން ބޭރުގައިއެވެ.
މިކްޔާ އެގޮތަށް ރޯ މަންޒަރު ފެނި އައުފް ހިތައް މީހަކު ކަށި ކޮށްޕަމުންދާ ކަހަލަ ތަދެއް އިހްސާސް ކުރެވެމުން ދިޔައެވެ. ކިތައްމެ ފަހަރަކު މި އަންހެން ކުއްޖާ އޭނާގެ މޭގައި ޖައްސާލުމަށް ހިތް އެދެމުން ދިޔަ ނަމަވެސް ހިއްސުތައް ކޮންޓްރޯލު ކޮށްގެން އައުފް ހުރީ ސާބިތުކަމާއިއެކުއެވެ.
” ލައިފް އިޒް ލައިކް ދިޒް މިކްޔާ..ސަމްޓައިމްސް ޔޫ ހޭވް ޓް ފޭސް ބީޓާރ ޓްރުތް..އެންމެ ރަނގަޅުގޮތަކީ އެއްވެސް މީހަކާ މެދުގައި ހިތް ބުރަ ކަމެއް ނުބޭއްވުން..އޭރުން ހިތައް ހަމަޖެހުމެއް ލިބޭނެ.. ރުޅިވެރިކަމާއި ނަފްރަތަކީ އިންސާނާގެ ހަލާކު..އެގޮތުގައި ނިމިގެން ދިޔުމަށްވުރެ މާރަނގަޅުވާނެ ދުނިޔެމަތީގައި މިއުޅޭ މަދު ދުވަސް ތަކުގައި ހިތްހަމަޖެހުމާއި އުފަލުގައި އުޅެން..މާފަށް އެދޭ މީހާ އަށްވުރެ މާފް ކުރާ މީހާ އަކީ އެންމެ ރަނގަޅުމީހަކީ..” އަމިއްލަ އަށް ތަޖުރިބާކޮށްފައިވާ ކަމެއް ހިއްސާ ކުރަމުން އައުފް ބުނެލީ ބެލްކަނީގެ ރެއިލިން ދަގަނޑުގައި ލެނގިލަމުންނެވެ.
” ތިބުނީ ވަރަށް ރަނގަޅުވާހަކައެއް…ބައެއްފަހަރު ދިރިއުޅުން އަހަރެމެންނާ ހީނުކުރާ ގޮތަކަށް ސަމާސާ ކުރާނެ..އަހަރެމެންގެ މޮޔަކަމުން ފެންނަހާ އެއްޗަކަށް ހިތް އެދެވެނީ..” ހިތި ގޮތަކަށް މިކްޔާ އެބުނި އެއްޗެއް އައުފަށް ފަހުމެއް ނުވިއެވެ.
“އަހަރެން މީ އެހާ ނަސީބު ގަދަ މީހެއް ވިއްޔާ އައުފަކީ ވެސް ވަކި ނަސީބުދެރަ މީހެއް ނޫނެއްނު..އެކެއްގެ ދެދަރިން ވީމާ ދެން ކޮބާތަ އަހަރެން އެކަނި މީ ނަސީބުގަދަ މީހާ އަށް ވެފައި..” މިކްޔާ އެހެން ބުނަމުން އައުފް އާއި ދިމާއަށް ބަލާލިއެވެ. އެވަގުތު އެމޫނުން ފެނިގެން ދިޔައީ ހައިރާންކަމެވެ. މިކްޔާ އެހެން އެބުނި ސަބަބެއް އައުފަށް ނުވިސްނުނެވެ.
” އަހަރެންގެ ބަދުނަސީބުކަން އެއީ އެމަންމަގެ ބަނޑުން އުފަން ނުވިކަން…އުމުރުން 10 އަހަރުން ފެށިގެން މައެއްގެ ފަރާތުން ލިބެންޖެހޭ އޯގާތެރިކަމާއި އަޅާލުން ލިބުނީ އެމަންމަގެ ފަރާތުން..އަހަރެންގެ އުފަން މަންމަގެ ގެއިން ނުލިބުނު ހިމާޔަތާއި ރައްކާތެރިކަން އަހަރެންނަށް އިހުސާސް ކުރެވުނީ އެމަންމަގެ އުނގުން..މަންމައެއްގެ ފަރާތުން ލިބެންޖެހޭ ލޯބި އަހަރެންނަށް ލިބުނީ އެމަންމަގެ ފަރާތުން..އަހަރެން ދެކޭ ގޮތުގައި އަހަރެންގެ މަންމަ އަކީ އެއީ…” އައުފް ގެ އަޑުގައި ވަނީ ހިތާމައާއި ވޭން އެކުލެވިފައިއެވެ. އޭނާއަށް ވަނީ ޅައިރުގައި އަމީލިޔާގެ ފަރާތުން އެތައް އަނިޔާއެއް ލިބިފައިއެވެ. އަމީލިޔާ އަކީ އޭނާގެ މަންމަ ކަމާމެދުވެސް އައުފަށް ޝައްކުވެއެވެ. އައުފަށް ޤަބޫލު ނުކުރެވުނަސް ހަޤީގަތަކީ އެއީ އެވެ. އަމިއްލަ ދަރިކާ ދިމާއަށް މަންމަ އަކު ނުބުނާފަދަ ބަދު ބަސްތަކާއި އަނިޔާ އޭނާގެ އުފަން މަންމަގެ ފަރާތުން އައުފަށް ވަނީ ތަޖުރިބާ ކުރެވިފައިއެވެ.
” އެހެންވީމާ ތީގެ މާނައަކީ ތީ އަހަރެންގެ ބޭ….” މިކްޔާ ބުނަން އުޅުނު ޖުމަލައެއް ފުރިހަމަ ނުކުރެވުނެވެ.
އައުފް އޭނާ އަށް ބަލަން ހުރި ގޮތުން ދުލުގައި ތަޅެއް ލެވުނެވެ. އައުފް ސިކުނޑީގައި އެނބުރެމުން ދިޔައީ މިކްޔާ އޭރު ސޮފިއްޔާ އާއި ދިމާއަށް ބުނި ވާހަކަ ތަކެވެ.މިކްޔާ ހީކުރާ ގޮތުންނަމަ އައުފް އެއީ ސޮފިއްޔާގެ ދަރިއެކެވެ. އޭނާގެ މަންމަ އާއި ބައްޕަ ދުރުވަން ޖެހުނީ އެސަބަބާހުރެ ކަމަށް މިކްޔާއަށް ހީކުރެވުނީއެވެ. މަޑުމަޑުން ހުރިހާ ކަމެއް އައުފަށް ވިސްނެމުންދިޔައެވެ.

އެވަގުތު އައުފް މިކްޔާ އަށް ސޮފިއްޔާ އާއި މެދު އޭނާގެ ބައްޕަ ކަންތައް ކުރި ގޮތުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި މިކްޔާ ގެންދިއުމުން ދެން ކަންތައްވީ ގޮތާއި ޝަކީލާ ދިން އިންޒާރުވެސް މިކްޔާ އާއި ހިއްސާ ކުރިއެވެ. ސޮފިއްޔާ މިކްޔާ ހޯދަން އުޅެފިނަމަ އޭނާ އަށް ދެން ފެންނާނި މިކްޔާގެ ފުރާނަނެތް މަސްގަނޑުގައި ކަމަށް ބުނެ ޝަކީލާ ވަނީ ސޮފިއްޔާގެ ހިތައް ބިރުވެރިކަން ވައްދާފައިއެވެ.
“އަދި އިނގޭތަ؟ މަންމަގެ ވަރަށް ގާތް ރަހުމަތްތެރިއެއް އުޅޭނެ މާލޭގައި..އޭނަ އަކީ މިކްޔާމެން ރަށު މީހަކަށް ވިޔަސް މީޙަކާ އިންފަހުން ނުދޭ ރަށަކަށް އެކަމަކު އޭނަގެ މައިންބަފައިން އުޅޭނެ ރަށުގައި.. މަންމަ މިކޮޅަށް އަންނަމުން އޭނަ ކައިރީގައި އެދުނީ މިކްޔާ އަށް އަޅާލުމަށް..ވަރަށް ގިނައިން އޭނަ އަށް ކުރިން ފޯނުކޮށް ހާލު އޮޅުންފިލުވާނެ އެކަމަކު ފަހުން ފަހަކަށް އައިސް ދެމީހުންވެސް އެހާ ވަރަށް ވާހަދައްކާ ނޫޅޭ..މިބުނީ އެދެމީހުންނަށްވެސް ވަގުތު ނުލިބޭތީވެ..މަންމަ އަބަދު މިކޮޅުގައި އުޅޭނީ ވަރަށް ބިޒީކޮށް..ބިޒްނަސް ކަންތަކުގައި ދެން ދަރިންގެ ކަންތަކުގައި.. އެހެންނަމަވެސް ވަގުތު ވީ ވަރަކުން ހާލު ބަލާ ހަދާނެ..” އައުފް އިތުރަށް ތަފްސީލު ކޮށްދިނެވެ.

މިކްޔާ އަށް އިނދެވުނީ ކިޔާނެ ބަހެއް ނޭނގިފައިއެވެ. އޭނާގެ މަންމަ އާއިމެދު ބައްޕަ ކަންތައް އެކުރީ ވަރަށް ގޯސްކޮށެވެ. ދެން ޝަކީލާގެ ނުބައިކަމުގެ ވަހަކަ އޭނަ ކައިރީގައި ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މިކްޔާ އަށް އެވަގުތު އަމިއްލަ ކުށް އިހުސާސްވުމާއިއެކު އިސްޖަހާލެވުނެވެ. އޭނަ ހާދަ ގޯހެވެ. އަމިއްލަ މަންމައާއި މެދު ކަންތައް އެކުރެވުނީ ރަނގަޅަކަށް ނޫނެވެ. އެމަންމަ އެވަރަށް ރޮއެ އާދޭސް ކުރަމުންދިޔައިރުވެސް މިކްޔާގެ ހިތް ހިލަކޮށްގެން އިނދެވުނީތީވެ މިހާރު އެކަމާ އޭނާ ނުހަނު ދެރަވެއެވެ. އެތައްޒަމާނެއްފަހުންވެސް އޭނާގެ މަންމަ އާއި ދިމާވުމުން އޭނާ އަށް ކަންތައް ކުރެވުނު ގޮތުން މިއަދު މިކްޔާ ލަދުގަނެއެވެ. އެމަންމަގެ ކިބައިން މާފަށް އެދެން މިކްޔާ ބޭނުންވިއެވެ. ދެފައިގައި ހިފާ އާދޭސްކުރަން ޖެހުނަސް މިއަދު އޭނާ ފަހެއް ނުޖެހޭނެއެވެ. އެހެނީ ސުވަރުގެ ވަނީވެސް އެމަންމަގެ ފައިތިލަ ދަށުގައިއެވެ.
“މަންމާ! އަޅުގަނޑަށް މާފު ކުރޭ…މީ ވަރަށް ގޯސް ކުއްޖެއް…އެކަމަކުވެސް މަންމަ އަޅުގަނޑަށް މާފް ކުރާނަން ދޯ؟” މިކްޔާ އަވަހަށް އޭނާގެ މަންމަ ކައިރިއަށް ދާން ވެގެން ގޮނޑި ދުއްވަމުން ބެލްކަނިން ނިކުމެ ކޮޓަރިއަށް ވަންނަން އުޅުނެވެ. އަވަސް ކުރަންވެގެން ހެދުނު ގޮތެއް ނޭނގި މިކްޔާގެ ގޮނޑި އަރި އަޅާލައިގެން ވެއްޓުނެވެ. އައުފަށް މިކްޔާއާއި ދިމާއަށް އާދެވުމުގެ ކުރިން މިކްޔާގޮނޑި އާއި އެކު ވެއްޓިއްޖެއެވެ. އެވަގުތު މިކްޔާގެ އަނގައިން މަޑު އާހެއް ނިކުތެވެ.
” ކިހިނެއް ތިހެދީ…ކޮންތާކަށް މާ އަވަސްއަރުވާލައިގެން ތިދަނީ؟…ބުނެލައިގެން އުޅުނީމަ ދޯ އެހެން މީހުންނަށްވެސް އިނގޭނީ…” ހާސްވެ ކަންބޮޑުވެ ހުރެ އައުފް އެހެންބުނަމުން މިކްޔާގެ ގޮނޑި ނަގާ އެއްކައިރި ކޮށްލިއެވެ. އެވަގުތު އުނދަގޫ ގޮތަކަށް ތެދުވެ މިކްޔާ އިނީ އެތާހުރި މޭޒުގެ ފައިގައި ލެނގިލައިގެންނެވެ.
” މަންމަ ކައިރިއަށް ދާން..އަހަރެން މަންމަ ކައިރިއަށް ގެންގޮސްދީ…ޕްލީޒް..” ރޮވިފައި އިނދެ މިކްޔާ ވާހަކަ ދެއްކިއެވެ.
” ނޭނގެ ދޯ ތިމާގެ ހާލަތެއް..އަހަރެން މިތާ ހުރިކަމެއް ނޭނގޭތަ؟ އެކަނިން ދާން އުޅެގެން ދެވޭތަ؟” ހިތް ހަމަނުޖެހި ހުރެ އައުފަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އައުފް ގެ އެ ޖުމްލަތަކުން މިކްޔާ އަށް އަމިއްލަ ނުކުޅެދުންތެރިކަން އިހްސާސްވެ ހިތުގައި ޖެހުނެވެ. މިކްޔާ މޫނުގައި އަތް އެޅުމަށްފަހު ރޯންފެށިއެވެ.

އައުފަށް އޭނާ އަށް ކިޔުނު އެއްޗެހި ރޭކާލުމާއިއެކު މިކްޔާ ކައިރިއަށް ތިރިވެލިއެވެ. އޭރުވެސް މިކްޔާގެ ރުއިމުގެ އަޑު އިވިއިވިހުއްޓެވެ. އެއަޑުގައިވި ރިހުން އައުފްގެ ހިތުގެ އެންމެ ހިމަ ނާރަށް ބާރު ފޯރުވަމުން ދިޔައެވެ. އައުފް މިކްޔާގެ އަތުގައި ހިފާ މޫނާ އެއަތް ދުރުކޮށްލިއެވެ. އެވަގުތު ރަތްވެފައިވާ މިކްޔާގެ ދެލޯފެނި އައުފްގެ ހިތް ހުއްޓުނު ކަހަލައެވެ. އެދެލޮލުން އައުފަށް ފެންނަމުން ދިޔައީ ބަޔާންކުރަންދަތި ހިތްދަތިކަމެވެ. މިކްޔާއަށްވެސް އިނދެވުނީ އައުފްގެ ލޮލުން ފެންނަމުންދާ ތަފާތު ކަމަކުން އެދެލޮލަށް ބަލަހައްޓައިގެންނެވެ. އައުފްގެ އޭނާގެ ދެއަތުން މިކްޔާގެ މޫނުގައި ހިފުމަށްފަހު ތުންފަތުގައި ބޮސްދެވުނީ ހިތް އޭގެ މަޤާމުން ދޫވެ ޖަޒުބާތުތައް އިތުރަށް ކޮންޓްރޯލް ނުވުމުންނެވެ. އެވަގުތު މިކްޔާ އަށް ދެލޯބޮޑުކޮށްލެވުނީ ލިބުނު ސިހުމަކުންނެވެ. ނަމަވެސް އޭނާގެ އިހްތިޔާރުން ބޭރުގައި އައުފްގެ އެ އަމަލަށް މަރުހަބާ ކިޔުނީ މިކްޔާވެސް އެކަމުގައި ބައިވެރިވަމުންނެވެ.
ދެމީހުންވެސް ޖަޒުބާތުގެ އޮއިވަރެއްގައި ޖެހުނީ ހާލަތާއި ވަގުތުގެ ގޮތުންނެވެ. އެގޮތުގައި އިރުކޮޅެއްވުމުން ދެމީހުން ދުރުވެލިއެވެ. މިކްޔާ އިނީ ކުރެވުނު އަމަލުން ލަދުގަނެފައެވެ. ދެލޯ މަރާލައިގެން އިން މިކްޔާގެ ނިތުގައި އައުފްގެ ނިތް ޖައްސާލަމުން ދެލޯމަރާލީ ކުރެވުނު އިހްސާސަކުންނެވެ.
” އައި އޭމް ސޮރީ..” އައުފް އެއިންގޮތަށް ބުނެލީ ވައި އަޑުންނެވެ. އޭރުވެސް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ.

މިކްޔާގެ ކޮޓަރީ ދޮރުމަތީގައި ހުރި މީހަކަށް ދެންމެ އެދެމީހުންގެ މެދުގައި ހިނގި ކަންތައް ފެނުނުކަން އެމޫނުމަތިން ދޭހަވެއެވެ. މަޑުމަޑުން ދޮރު ކައިރި ކޮށްލުމަށްފަހު އެމީހަކުގެ ފިޔަވަޅުގެ އަޑުވެސް ނީވޭހާ ސިއްރުން ސިޑިން ފައިބަޢިގެން ތިރިޔަށް ދިޔައެވެ.

18

14 Comments

  1. kayashandy

    October 29, 2016 at 6:18 pm

    hey all heekuran mi part ves kamudhaane kamah..☺? n kudhin kudhin satisfy vaa varah dhigukoh up kohdhevijje kamah hope kuranee mi ?…plx leave ur comments ☺
    thank u all for ur lovely comments..? luv u all n hav a wonderful evening ☺☺☺

  2. julie

    October 29, 2016 at 6:32 pm

    Varah nice story…nxt part konirakun…avahah up kohdhehchey

    • kayashandy

      October 29, 2016 at 7:08 pm

      thank you..:) insha allah soon i ll upload next part..keep waiting..:)

  3. shai

    October 29, 2016 at 6:44 pm

    v reethi

    • kayashandy

      October 29, 2016 at 7:09 pm

      thank you:)

  4. cindrella

    October 29, 2016 at 6:48 pm

    Alhe next part kon irakun ta?????? Kayashandy I love this story

    • kayashandy

      October 29, 2016 at 7:10 pm

      thank you so much..:) next part soon..:)

  5. Aish

    October 29, 2016 at 7:54 pm

    Vvvv reethi…

  6. Akky

    October 29, 2016 at 8:07 pm

    Vvvv rythi. Migothah huriya liyuntherinves vaanama. ::)))

  7. Saandy

    October 29, 2016 at 8:20 pm

    ވަރަށް ވަރަށް ރީތި… އެންމެފަހުން މިކްޔާއަށް ޙަޤީޤަތް އެނގުނީ ދޯ؟ ދެން ކާކަށްބާ މިކްޔާ ލިބޭނީ؟ ޝަމާންއަށްބާ ނޫނީ އައުފަށްބާ؟ ކުރިއަށް ހުރި ބައިތަކަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 17ވަނަ ބައިވެސް އަވަސްކޮށްލައްޗޭ

  8. Faathun

    October 29, 2016 at 10:07 pm

    Auf akee shamaan tha? Or eii dhemeehehtha?

    • UNKNOWN PERSON.

      May 1, 2017 at 2:05 pm

      Gamaaru ?

  9. fai

    October 29, 2016 at 10:09 pm

    V v salhi…..inthixaaru kuran avahaa kiyaalan libeyne kamah

  10. Azuna

    October 29, 2016 at 10:46 pm

    V salhi

Comments are closed.