Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލީމިންހޯ 7

Shine Level 6100 Stories10 Stories100 Comments100 Login
October 29, 2016 8 Mins Read
35 Comments

” ރޫބީ ލީދެކެ ލޯވިވޭތަ؟” ހަނާ އަނެއްކާވެސް  ސުވާލު ތަކުރާރުކޮށްލިއެވެ. އަހަރެން އަވަސް އަވަހަސް ނޫނެކޭބުނެ ދެފަރާތަށް ބޯހުރާލީމެވެ. އަދި އިތުރަށް އެންމެ ސުކުންތަކުވެސް މަޑުނުކޮށް ހަލުވިކަމާއެކު އެތެރެއަށް ވަނީމެވެ. އޭރު އަހަރެންގެ ހިތުގެ ހިނގުންވެސް ވަނީ ދެގުނައަށް އަވަސްވެފައެވެ. އެންމެފަހުން ހަނާއަށްވެސް އަހަރެންގެ ސިއްރު ބޭޒާރުވީއެވެ. އެވަރުވީއިރުވެސް ލީއަށް އެކަން ނޭނގުނު ހެއްޔެވެ؟ ނޫނެކެވެ. ނޭނގެކަމަށް ހަދައިގެން ހުރީކަން ޔަޤީނެވެ. މިއަދު އެދެމީހުންގެ މެދުގައި ދެބަސްވުން އުފެދުނީ އަހަރެންގެ ސަބަބުން ހެއްޔެވެ؟ ލީ ހަޤީޤަތުގައިވެސް އަހަރެންދެކެ ލޯބިވަނީބާއެވެ. އޭނާގެ ލޮލުން ފެނުނު ހިތާމައިގެ އަސްލަކީ އެއީ ހެއްޔެވެ؟ ނޫނެކެވެ. އެއީ އަހަރެންނަށް ކުރެވޭ ކުށްހީއެކެވެ. ލީއަކީ ހަމައެކަނި ހަނާގެ މިލްކެކެވެ. އަހަރެން މިދަނީ އޭނާގެ ހަޔާތާއި ދުރަށެވެ. ދެންދުވަހަކުވެސް އެނބުރި ނާންނަގޮތަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަހަރެންގެ ހިތްމިވަނީ ބޭޒާރުވެފައެވެ.

އިރުކޮޅެއްފަހުން ފްލައިޓްޑިލޭވި ވާހަކަ އިޢުލާންކުރެވުނެވެ. އެހެންކަމުން، އަހަރެން ދިޔައީ އެއާޕޯޓްތެރޭގައި ހުރި ޝޮޕްތައް ބަލާލުމެބޭނުމުގައެވެ. ޚިޔާލެއްގައިހުރެ އަހަރެން ކުރިޔަށްދިޔައިރު ކައިރިންދާ މީހުންގެ ހިލަމެއްވެސް އަހަރެންނަކަށް ނުވެއެވެ. ވަކި މިސްރާބެށް ނެތިދާ އުޅަނދެއް ފަދައިން އަހަރެން ގޮސްގޮސް ހުއްޓައި މީހަކު އަހަރެންގެ ކުރިމައްޗަށް އެރިއެވެ. އަހަރެން އެއްކައިރިއަކަށް ޖެހުމުން އަނެއްކާވެސް ކުރިބަންދު ކުރިއެވެ. އަހަރެން އިސްއުފުލާބަލާލިއިރު، ކުރިމަތީގައި ހުރީ ކޯޓް ފަޓްލޫނުގައިހުރި ޒުވާން ފިރިހެނެކެވެ.

” ކިހިނެއްވީ؟” އަހަރެން ނުރުހިފައި އަހާލީމެވެ.

” މޭމް….މިކޮޅަކަށް ނޫން…އެކޮޅަށްދާންވީ” އަހަރެން އައިކޮޅަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ. ފަހަތްބަލާލިއިރު ވަކިހިސާބެއްގެ ދުރުގައި މީހުންތައް އެއްވެގެން ބަލަންތިއްބެވެ. ބައެއްމީހުން ފޯނުން ފޮޓޯނަގަމުންވެސް ދިޔައެވެ. އަހަރެން ހައިރާންވެގެން އެމީހާގެ މޫނަށް ބަލާލުމުން ތަންކޮޅެއް ދުރުގައި ކޮންމެވެސް އެއްޗެއްލިޔެފައިހުރި ބޯޑެއް ދެއްކިއެވެ. އަހަރެންނަށް މިއާދެވުނީ ވަނުން މަނާދިމާލަކަށޭ ހިތައި ރަކިވެގެން، ސޮރީއޭ ބުނެފައި ދާން ހިނގައިގަތް ވަގުތު ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން އަހަރެންގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އެއަޑަކީ އަހަރެންގެ ކަންފަތް އެތައް ދުވަހަކުން ސުރެ ހޭނިފައިވާ އަޑެކެވެ. އަހަރެން ފަހަތް ބަލާލިއިރު، އަހަރެންނާ ވިއްސަކަށް ފޫޓްދުރުގައި އެހުރީ ދެވަނަމީހެއް ނޫނެވެ. ލީމިންހޯއެވެ.

އެމީހަކަށްޓަކައި އަހަރެން އަމިއްލަ ވަޒަންދޫކޮށް އައި މީހާއެވެ. އެންމެ ފަހަރަކު ނަމަވެސް އެމީހެއްގެ މޫނުދެކިލުމުގެ ބޭނުމުގައި އެތައް ޑޮލަރެއް ޚަރަދުކުރިމީހާއެވެ. އެމީހެއްގެ ޚިޔާލުގައި އެތައް ރެއެއްގެ ނިދިނަގާލި މީހާއެވެ. މިއަދު އޭނާއެހުރީ އަހަރެންނާ ދިމާކުރިމަތީގައެވެ. ނަމަވެސް ހިނިތުންވާންވެސް ނޭނގިފައި އަހަރެންނަށް ހުރެވުނީއެވެ. އަހަރެން ބަސްހުއްޓިފައި ލީމިންހޯއާ ދިމާއަށް ބަލަން ހުންނަން ފެށުމުން، އޭނާ ގުދުވެ ގާތުގައިހުރި މީހާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިއެވެ.  އެމީހާ ހަލުވިކަމާއެކު އަހަރެންގެ ގާތަށް އައިސް ލީމިންހޯ ގާތަށް ދިއުމަށް އެދުނެވެ. އަހަރެން މަޑުމަޑުން އޭނާގެ ގާތަށް ދިޔައީ އޭނާ އެގޮވީ ހަމަ އަހަރެންނަށް ކަން ޔަގީންނުވެފައި ހުރެއެވެ. އަހަރެން ދިއުމުން އޭނާ އަހަރެން ގޮވައިގެންވަނީ ކައިރީގައިހުރި ކޮފީޝޮޕަކަށެވެ. އަދި މޭޒެއްގެ ކައިރީހުރި ގޮނޑިއެއްދަމާލަމުން އަހަރެން އިށީނުމަށް ތަންދެއްކިއެވެ. އަހަރެންނަށް އަދިވެސްހުރެވުނީ މިއީ ހަޤީޤަތެއްކަން ގަބޫލުކުރަން ދަތިވެފައެވެ. ފިލްމެއްގައި ނޫނީ މިފަދަކަމެއް ވާނެ ކަމަކަށް ދުވަހެއްގައިވެސް އަހަރެން ގަބޫލެއް ނުކުރަމެވެ. ލީމިންހޯ ދެއްކި ގޮނޑީގައި އަހަރެން އިށީނީމެވެ. އަހަރެންނާ ޖެހިހެން ހުރި ގޮނޑީގައި އޭނާ އިށީނެވެ. އެކޮފީޝޮޕްގައިވެސް މުޅިއެކު ތިބީ ދިހަވަރަކަށް މީހުނެވެ. އެއީ ލީމިންހޯއާ އެކުތިބި މީހުންނެވެ. ލީމިންހޯއާ އެހާގާތުގައި އިންނަން ވުމުން އަހަރެންހުރީ އަތްފައިފިނިވެފައެވެ. ކޮންމެގޮތެއްވިޔަސް އެއީ އެއް އިރެއްގައި އަހަރެންގެ ހުވަފެންތަކުގެ ރާޖާ ވިއްޔާއެވެ. ލިމިންހޯ އަހަރެންގެ ނަން އެހުމުން އަހަރެން، ނަން ބުނީމެވެ. ދެން އޭނާއެހީ އަހަރެން ކޮރެއާއަށް އައީ ކީއްކުރަންތޯއެވެ. އެހެން އެހުމުން އަހަރެންގާތަށް ހިނިއައީ އެސުވާލަށް ދޭންޖެހޭ ޖަވާބު ހިތަށް އަރާފައެވެ.

” އަހަރެން ހޯދަންދޯ ކޮރެއާއަށް އައީ” އަހަރެން ޖަވާބުނުދީ އިނުމުން ހިނިގަނޑެއް ޖަހާލަމުން އޭނާ ބުންޏެވެ. ހައިރާންވެފައި އަހަރެންނަށް އޭނާއާދިމާ ބަލާލެވުނުއިރު ހިތްވަނީ ސުވާލުން ފުރިފައެވެ.

” މީ މިސް ރޫބީތަ” އޭނަގެ ފޯނު ސްކުރީން ދައްކާލަމުން އަހަރެންނާ ސުވާލުކޮށްލިއެވެ. އަހަރެންނަށް އަނގަ ހުޅުވިފައި ފޯނަށް ބަލަންއިނދެވުނީ އޭގައި އިނީ އަހަރެންގެ ފޮޓޯކަމަށްވީތީއެވެ. އެއީ އަހަރެން ކިމްއާ ބައްދަލުވި ދުވަހު ލީމިންހޯއަށް ނޯޓްލިޔަން ހުއްޓައި ނަގާފައިވާ ފޮޓޯއެކެވެ. ކިމް އަހަރެންގެ ފޮޓޯއެއް ނެގިކަމެއް އަހަރެން ނުވެސް ދެނެހުރީމެވެ. އަހަރެން ވިސްނާލީމެވެ. އެހެން ވެއްޖެއްޔާ މިހާރު ލީމިންހޯއަށްވާނީ އެނޯޓްވެސް ލިބިފައިތާއެވެ. އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އިންދައި ލީމިންހޯ އޭނާގެ ވޮލެޓް ނެގުމަށްފަހު އެއްކަލަ ނޯޓްނެގިއެވެ. އޭނާ އަހަރެން ގެނައީ އަހަރެންނަކީ ކާކުކަން އެނގިގެންނެވެ. އިއްތިފާގުން އަހަރެންނަށް ހުރެވުނީ އެފޮޓޯގައިވާ ހެދުންލައި އެޝޯލް އަޅައިގެންނެވެ. އެހާފަސޭހައިން އޭނާއަށް އަހަރެން އެނގުނު ސަބަބަކީ އެއީއެވެ. އޭނާ ހިނިއައިސް އިނދެ އެމެސެޖް ކިޔަން ފެށުމުން އަހަރެން ލަދުން ގޮސް ހަލާލުވާވަރުވިއެވެ. އޭގައި ލިޔެވިފައިހުރި ކޮސް ވާހަކަ ތަކުންނެވެ. ކުރެވިފައި ހުރި އާދޭސްތަކުންނެވެ. ދެން އޭނާގެ އޮފިޝަލް ޕޭޖަށް އެކިދުވަސް މަތިން އަހަރެން ފޮނުވާފައި ހުރި މެސެޖްތައްވެސް ދައްކާލިއެވެ. ލީމިންހޯގެ ލޯބީގައި ދީވާނަވެ މޮޔަވެގެން ލިޔެވިފައި ހުރި އެއްޗެހި ފެނިފައި، އެއީ ހަމަ އަހަރެން ލިޔުނު އެއްޗެހިބާއޭ ހިތަށް އަރާވަރުވިއެވެ. އަހަރެން ހުރި ހުރިހާ ހޮޓާތަކުގެ ނަމާއި އަހަރެން ލީމިންހޯ ހޯދަން ދިޔަހުރިހާ ތަނެއްގެ ނަންވެސް ލިޔެވިފައި ހުއްޓެވެ. ދުވަހުން ދުވަހަށް އަހަރެންކުރި ހުރިހާ މަސައްކަތެއްހެން މެސެޖްކުރެވިފައި ހުއްޓެވެ. އެންމެފަހުން ގޮތްނޭނގޭ މީހެއްގެ ގޭގައި ބަންދުވެފައި ހުރިވާހަކަވެސް ލިޔެވިފައި އޮތެވެ. ލީމިންހޯ ބުނިގޮތުން ވިއްޔާ އޭނާއަށް އަހަރެންގެ ނޯޓްލިބުނީ ދެދުވަސްކުރިން ކިމްގެ ސެކެޓްރީގެ ފަރާތުންނެވެ. ކިމްއަށް ބިޒީކަމުން ލީމިންހޯއާ ބައްދަލުނުވީ ކަމުގައިވެސް ބުންޏެވެ. ނަމަވެސް ކިމް ލީމިންހޯގެ އީމެއިލްއަށް މެސެޖެއް ފޮނުވިކަމުގައި ބުނެ އެމެސެޖްވެސް ދެއްކިއެވެ. އެމެސެޖާއެކު ފޮޓޯވެސް ފޮނުވީއެވެ. އޭގައި ލިޔެފައި އޮތެވެ.

” މިއަދު އަލަށް އަހަރެންނަށް އާދަޔާ ޚިލާފު ކުއްޖެއް ފެނުނެވެ.  މީހުންތައް އަހަރެންގެ އޮޓޯގްރާފް ހޯދަން ދުވިއިރު އޭނާ އަހަރެން ފަސްދީ ދުވީ އެހެންމީހަކު ހޯދާށެވެ. އެއީ ލީމިންހޯއެވެ. މިއަދު ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ ސަމާލުކަން ނުލިބުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. އޭނަގެ ފަރާތުން ލީއަށް ދިން އަމާނާތެއް އަހަރެންގެ އަތުގައު އެބައޮތެވެ. ވަގުތުވީއިރަކުން ރައްދުކޮށްދޭނަމެވެ. އެއީ އެއަންހެން ކުއްޖާއަށް އަގުބޮޑު އެއްޗެއްކަން އޭނާގެ ލޮލުން އަހަރެންނަށް ދޭހަވިއެވެ. އެއީ ރީތިލޮލެއް ލިބިގެންވާ ކުއްޖެކެވެ. އެހާރީތި ލޮލަކުން ކަރުނައައުމަކީ އަހަރެން ރުހޭކަމެއް ނޫނެވެ”

އެމެސެޖް ކިޔާފައި އަހަރެން ލޮލުން ކަރުނައައީ އުފަލުންނެވެ. އެހާ މަޝްހޫރު ތަރިއެއް އަހަރެން ފަދަ މޮޔައެއްގެ އިހުސާސް ތަކަށް ޤަދަރުކުރީތިއެވެ. އަހަރެންގެ ލޮލުން ކަރުނައައިތަން ފެނުމުން ލީމިންހޯ އޭނާގެ ކޯޓްގެ ޖީބުން ހުދުރުމާލެއް ނަގާފައިދިނެވެ. އަހަރެން ލޯފުހެލާފައި ހިނިތުން ވެލީމެވެ. އަހަރެން ކޮރެއާއަށް ލީމިންހޯ ހޯދަން ކުރި ދަތުރު ތަފްސީލްކޮށް އޭނާއަށް ކިޔައިދިނީމެވެ. އަހަރެންގެ އަތުން ޚަރަދުވި ރުފިޔާގެ އަދަދާއި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރެވުނު ވަރެވެ. ކާއެއްޗެހީގެ ސަބަބުން ދިމާވި އުނދަގޫތަކެވެ. އެންމެފަހުން ގޮތްނޭނގޭމީހެއްގެ އަތްދަށުވާން ޖެހުނުގޮތެވެ.

” އަހަރެންދެކެ ހަމައެހާލޯބިވޭތަ؟” އަހަރެންގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނދެފައި އޭނާ ސުވާލު ކުރިއެވެ. ސީރިއަސްވެފައި ލީމިންހޯ އަހާލި ނަމަވެސް އަހަރެންނަށް ސިފަވީ ސީރީޒްއެއްގެ ޑައިލޮގެއް ފަދައިންނެވެ. އަހަރެންގެ ގާތަށް އައީ ހިންޏެވެ. އޭނާ ކިތަންމެ ސީރިއަސްވެފައި ވާހަކަ ދެއްކިޔަސް އަހަރެންނަށް އެއީ ހަޤީޤަތެއްހެން ހިއެއްނުވެއެވެ.

” ނޫން… އަހަރެން ލޯތްބެއްނުވޭ……..އެއީ އަހަރެންގެ މޮޔަކަމުން އުޅެވުނުގޮތް….އެކަމަކު މިހާރު ހަމަވިސްނުން ލިބިއްޖެ” އަހަރެން ދެއްކި ވާހަކައިން އޭނާ ހައިރާންކަމާއެކި އަހަރެންގެ މޫނަށް ބަލަން އިނީއެވެ. އަހަރެން ބުނި އެއްޗެއް ގަބޫލުވެސް ނުކުރެވުނީ ކަންނޭނގެއެވެ.

” މިހާރު އަހަރެންގެ ހިތްވަނީ އެހެންމީކަހު ވަގަށް ނަގާފަ….ލީމިންހޯ ނުކީނަމަވެސް އޭނަގެ ނަމުގެ ކުރިއަށްވެސް ކިޔަނީ ހަމަ ލީއެއް…” އެންމެފަހުން އަހަރެންގެ ހިތުގައި އޮތްސިއްރު އަހަރެން ހާމަކޮށްލީމެވެ.

” ދެންކޮބާ މިހާރު އޭނަ؟” ލިމިންހޯ ގަޔާވެފައި ސުވާލުކޮށްލިއެވެ.

” އެއީ އަހަރެން ބަންދުކޮށްގެން ގެންގުޅުނު ޒުވާނާ…އޭނަ ލޯބިވަނީ އެހެންމީހެއްދެކެ….އޭނަގެ ލޯބިވެރިޔާ އައިސްގެން މިހާރު އުޅެނީ ވަރަށް އުފަލުގަ.” އަހަރެންނަށް އެހެން ބުނެވުނުއިރު އަހަރެންގެ އަޑުވަނީ ކުރެހިފައެވެ.

” ދެން އޭނައަށް އެނގޭތަ ރޫބީ ލޯބިވާކަން….” އަނެއްކާވެސް ލިމިންހޯ އަހާލިއެވެ.

” ނޫން ނޭނގޭ….އެނގުމުން ވާނެ ފައިދާއެއްވެސް ނެތެއްނު…އެންމެ ރަނގަޅުވާނީވެސް ނޭގުނިއްޔާ” އަހަރެން ފަނޑު ހިނިތުންވުމަކާއެކު ބުނެލީމެވެ.

” ދެން އެންމެ ރަނގަޅު….ތިބުނާ މީހެއްގެ އެޑްރެސް، ފޯންނަމްބަރ، މެއިލް އެޑްރެސް ނޫނީ ފޭސްބްކް އައިޑީ އެބައިންތަ؟….އިނިއްޔާ އަހަރެންނަށް ދީމަބަލަ!”

” އެކީއްކުރަން؟” އަހަރެން އަވަސް އަވަހަށް އަހާލީމެވެ.

” އެނަސީބުވެރިޔަކީ ކާކުކަން އެނގެންބޭނުންވާތީ…..އަހަރެންދެކެ ލޯބިވެގެން ޤައުމުންދޫކޮށް، އަހަރެންނަށްޓަކާ އެތައްތަކުލީފެއް އުފުލި ކުއްޖެއްގެ ހިތުން އަހަރެންގެ ނަންފުހެ، އޭނަގެ ނަންލިޔަން މަޖުބޫރުކުރީތީ….އަހަރެން އޭނައާމެދު ހަސަދަވެރިވާތީ” ސިރީޒެއްގެ ޑައިލޮގާއި އެއްވެސް ތަފާތެއްނެތި ލީމިންހޯ ކިޔާލިއެވެ. އެއަޑު އަހާފައި އަހަރެންނަށް ހެވުނެވެ. އަހަރެން ފޯނުގެ ސްކްރީންގައި އިން ފޮޓޯ އޭނާއަށް ދައްކާލީމެކެވެ.

” ޗީފް ޕްރޮސެކިއުޓަރ ލީ ހުއާން ޖޫންގް؟!!!” ފޯނުސްކްރީންއަށް ރަނގަޅަށް ބަލާލާފައި ދެލޯބޮޑުކޮށްލަމުން ބުނެލި ގޮތުން އެއީ އޭނާދަންނަ މީހެއްކަންވެސް އަހަރެންނަށް އެނގުނެވެ.

” ކީކޭ؟…ލީމިންހޯ ދަންނަންތަ މީނަ؟” ހައިރާންވެފައި އަހަރެންވެސް އަހާލީމެވެ.

” ކާކަށް އޭނަނޭނގޭނީ….އެއީ ސެއޯލްގެ ޕްރޮސެކިއުޓަރ ޖެނެރަލް….ކުރައިމް އިންވެސްޓިގޭޝަންގެ ހެޑް…..ސެއޯލްގެ ކުޑަކުއްޖާއަށްވެސް އޭނަ އެނގޭނެ….”

” ހަމަ ޔަޤީންތަ ތިބުނީ ތެދެއްކަން؟؟’ އެބުނި އެއްޗެއް ޔަގީންނުވެގެން އަހަރެން އަހާލީމެވެ. ލީ އޭނަގެ ޓެބުން ނޫސް ވެބްސައިޓަކަށް ވަދެ ލީހުއާން ދީފައިވާ އިންޓަވިއުއަކާއި އޭނާގެ ފޮޓޯވެސް ދެއްކިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އިނދެވުނީއެވެ. އަހަރެންނަށް މިލޯބިވެވުނީ އެހާމަތީފެންވަރުގެ މީހެއްދެކެ ހެއްޔެވެ؟ އަހަރެންގެ ގަމާރުކަމުން އަބަދުވެސް އޭނައާމެދު ވިސްނުނީ އެންމެ ގޯސްކޮށެވެ. އަހަރެންގެ މޮޔަކަމުން އަހަރެންގެ ގާތަށް ހިނިއައެވެ. އަހަރެންނަށް ލީހުއާންގެ އެވަރުގެ މައުލޫމާތެއްވެސް ނޭނގި އޭނަދެކެލޯބިވީތީ ލީމިންހޯ ޖޯކްވެސް ޖެހިއެވެ. އަދި ދެން އޭނާކުޅޭ ސީރީޒެއް ކުޅޭނީ އަހަރެންގެ ދަތުރުގެ މައްޗަށް ބިނާކޮށްކަމުގައިވެސް ބުންޏެވެ. އޭނަބުނީ ލީހުއާންގެ ރޯލް އޭނާއަށް ކުޅެވުނަސް އަހަރެންގެ ރޯލްކުޅެން ޖެހޭނީ ހަމަ އަހަރެން ކަމުގައެވެ. އިތުރު އަންހެން ކުއްޖެއް އެކަމަށް އެކަށީގެން ނުވާނެ ކަމުގައިވެސް ބުންޏެވެ. ދެމީހުން މަޖާކޮށް ވާހަކަދައްކަމުން ދިޔައިރުހީވީ އެތައް ދުވަހަކު އެކީގައި އުޅެފައިވާ ދެރަހުމަތްތެރީން ހެންނެވެ. ލީމިންހޯގެ ގާޑުންވެސް  ތިބީ އަޖާއިބުވެފައެވެ. ދިވެހިރާއްޖޭގެ ރީތިކަމާބެހޭގޮތުންވެސް ލީމިންހޯ ވާހަކަ ދެއްކިއެވެ. އަދިވެސް ރާއްޖެދާން ބޭނުންކަމުގައިވެސް ބުންޏެވެ. ފުރާގަޑި ޖެހުމުން އަހަރެން ލީމިންހޯއެކު ސެލްފީއެއް ނެގުމަށްފަހު، ޓާޓާކިޔާލަމުން ދާން ހިނގައިގަތީމެވެ. ލީމިންހޯގެ ފްލައިޓް އޮތީ އަދި އެއްގަޑިއިރުފަހުންނެވެ. އޭނާ މިހާރު ކުޅެމުންދާ ޑްރާމާއެއްގެ ޝޫޓިންއަކަށް ޖަޕާނަށްދަނީއެވެ.  އޭނާވެސް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަހަރެންނަށް އަތްހޫރާލިއެވެ. އަހަރެން ހިނިތުންވެހުރެ ކޮފީޝޮޕުން ނުކުތް މަންޒަރުބަލަން ތިބިމީހުންގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. މިހާރު އަހަރެން މިވަނީ ލީމިންހޯގެ “ބިގަސްޓް ފޭން” ގެގޮތުގައި ވެނިމިފައެވެ. އެލަޤަބު އަހަރެންނަށް ދިނީ ޚުދުއޭނާއެވެ.

ފްލައިޓަށް އެރީއްސުރެ އަހަރެންނަށް ވިސްނެނީ ލީހުއާން ޖޫންގްއާ މެދުގައެވެ. އޭނާއަށް އަހަރެންގެ މައުލޫމާތު ލިބުނުގޮތެއްނޭގުނަސް، އެއީ އޭނާއަށް ބޮޑުކަމެއް ނޫންކަން މިހާރު އަހަރެން ގަބޫލުކޮށްފީމެވެ. ފެންނަހާތާކުން މީހުން ބޯގުދުކޮށްކޮށްފައި ސަލާމްކުރި ސަބަބުވެސް މިއެނގުނީތާއެވެ. ކޮރެއާގެ ރައީސް ކައިރީ އުޅެފައި އާދެވުނު ނަމަވެސް އަހަރެން ނޭނގުނީހޭ ހިތަށް އަރާފައި އަހަރެންނަށް ހަމަހެވެނީއެވެ. އުފާވެރި ދަތުރަކަށްފަހު އަހަރެންނަށް އަހަރެންގެ މަންޒިލަށް އާދެވިއްޖެއެވެ. އަހަރެން ހިނިތުންވެފައި އިނީ އަހަރެން ކޮރެއާއަށް ކުރިދަތުރު ބޭކާރުނުވީތީއެވެ. ގަދައަޅާ މަސައްކަތްކޮށްފިއްޔާ ކޮންމެކަމެއްވެސް ކާމިޔާބުވާނެކަން އަހަރެންނަށް ޔަޤީންވިއެވެ. ދޮޅުލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެތައްތަކުލީފެއް އުފުލަން ޖެހުނުމަނަވެސް މައްސަލައެއް ނެތްތާއެވެ. ކޮރެއާގެ ބިން ދޫކޮށް އައުމުގެ ކުރިން އަހަރެންގެ މަޤުސަދުވެސް ހާސިލްވިއެވެ. ލީމިންހޯއާއެކީ ކޮފީއެއް ބޯލުމުގެ ޝަރަފުވެސް ލިބިއްޖެއެވެ. ކޮރެއާ އަންހެން ކުއްޖަކަށްވެސް އެފަދަ ފުރުސަތެއް ލިބުނުކަމެއް ނޭނގެއެވެ.

ތެޅިތެޅި އޮތްހިތަކާއެކު ގޭތެރެއަށް ވަންއިރު މަންމައާއި ބައްޕަ ކަންތައްކުރާނެ ގޮތެއްނޭގޭތީ އަހަރެން ހުރީ ބިރުންނެވެ. ސިޓިންރޫމުގެ ސޯފާގައި ތިބި މަންމަމެން ނަށް އަހަރެން ފެނުމާއެކު ކޮޅަށް ތެދުވިއެވެ. އަހަރެން އެހުރި ފިޔަވަލުމަތީ ގުޑާލަންވެސް ނުކެރިފައި ހުއްޓިހުރީމެވެ. މަންމަދުވެފައި އައިސް އަހަރެންގެ ގައިގާ އޮޅުލައިގެން އިރުހީވީ ހަޤީޤަތުގައިވެސް އެތައްދުވަހަކު ހޯދާނުފެނިގެން އުޅުނުމީހަކު ފެނުނުހެންނެވެ. މަންމަ އުޅުނުގޮތުން އަހަރެންނަށްވެސް ރޮވުނެވެ. ނަމަވެސް ބައްޕައެއިން ގޮތަށް އިނީއެވެ. ބައްޕަ އެއިނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އެނގުމުން އަހަރެން ވަރަށްދެރަވިއެވެ. އަހަރެން މަންމަގެ އެހީއާއެކު ފޮށީތަކާއި ސާމާނުތައް ހިފައިގެން ކޮޓަރިއަށް ދިޔައީމެވެ. މަންމަ ބަދިގެޔަށްގޮސް މައިލޯތައްޓަކާއި ބިސްގަނޑެއް ހިފައިގެން އައެވެ. އަހަރެން ހިކިފައި ހުރިވަރުން މަންމަ ހިތާމަކުރިއެވެ. އަދި އަހަރެން އެކޮޅަށް ގޮސް އެއްވެސް ޚަބަރެއް ނުވުމުން ކަންތައްކުރިގޮތް މަންމަކިޔައިދިނެވެ.

” ދަރިފުޅުގެ ފޯނެއްގެ އިންތިޒާރުގަ ތިބެތިބެ ތިންދުވަސްވިއިރުވެސް ޚަބަރެއްނުވި….އެންމެފަހުން ބައްޕަ ދަރިފުޅުގެ ލަންކާގައުޅޭ ރަށްޓެހި ސާދާއަށް ގުޅައިގެން ބެލިއިރު އޭނައަށް ދަރިފުޅުގެ ޚަބަރެއް އެނގޭކަމަކަށްނުވި….ދެން އަނެއްކާވެސް ގުޅާނެ ދުވަހެއްގެ އިންތިޒާރުގަތިބީ….ފޭސްބުކުންއިންވެސް ޚަބަރުވީތޯ ދަރިފުޅުގެ އޮފީސްކުއްޖެއް ގާތުވެސް ބައްޕައެހި….ދިހަދުވަސްވެގެން ދިއުމުން އަހަރެމެން ބިރުން ޕޮލިހަށް ދިޔައީ….އަދި އެއްވެސް މީޑިއާއަކަށް ނޭގޭގޮތަށް ސިއްރުން ދަރިފުޅުގެ ޚަބަރެއްވޭތޯ ބަލާލަދޭށޭބުނިން….އެމީހުންގެ މަސައްކަތުން އެނގުނީ ދަރިފުޅު އެދުވަހުދިޔައީ ލަންކާނޫންކަން ކޮރެއާއަށްކަން…..މިކޮޅު ސަރުކާރު މެދުވެރިވެގެން ކޮރެއާގަ ދަރިފުޅުހުރިތޯ ބަލާދިނުމަށް އެދުމުން އެމީހުން ކޮރެއާގެ ސަރުކާރާ ގުޅިގެން ދަރިފުޅު ހޯދުމުގެ މަސައްކަތްފެށި….ބަރާބަރު ހަފްތާއެއްފަހުން އެނގުނީ ދަރިފުޅު އެކޮޅުގާ ހުރިކަން…އަދި ދަރިފުޅުހުރީ ގަދަވެ ސަލާމަތުންކަންވެސް….އެއީ ދަރިފުޅުގެ މެއިލް ފެނުނީމަ…ދެން އަހަރެމެން ޕޮލިހުންނަށް އެންގީމަ އެމީހުން ދަރިފުޅު ހޯދުމުގެ މަސައްކަތް ހުއްޓާލީ…..” މަންމަ ވަރަށް ތަފްސީލްކޮށް ހުރިހާވާހަކައެއް ކިޔައިދިން އިރު އަހަރެންނަށް މަޑުމަޑުން ކަންކަން ވިސްނެމުން ދިޔައެވެ. އަހަރެން ނުބުނަނީސް އަހަރެންގެ މައުލޫމާތު ލީއަށް ލިބުނުގޮތްވެސް މިހާރު ވިސްނިއްޖެއެވެ. ލީއާ ހަމައަށްވެސް އަހަރެންގެ ކޭސްދިޔައީއެވެ. ނަމަވެސް ލީއެއްވެސް ވަރަކަށް އަހަރެން ރާއްޖެފޮނުވަން ނޫޅެ އޭނާގާތުގައި ބެހެއްޓީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެސުވާލުގެ ޖަވާބު އެނގޭނީ ހަމައޭނާއަށެވެ.

ރާއްޖެއައިތާ ތިންދުވަސްފަހުން ބައްޕަވެސް ރުހުމުގައި އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ބައްޕަގާތުން މާފަށް އެދުނީމެވެ. ދެން ދުވަހަކުވެސް އެފަދަކަމެއް ނުކުރަން ކަމަށް ވައުދުވެސް ވީމެވެ. އަހަރެން މާލެއައިއިރު އޮފީހުގެ ޗުއްޓީހަމަވެގެން އޮފީހުން އޮތީ “ރެޑްނޯޓިސް” އައިސްފައެވެ. އަހަރެން ދެން އިތުރަށް އޮފީހަށްދާން ބޭނުން ނުވުމުން އިސްތިއުފާ ދިނީމެވެ. މިހާރު އަހަރެން އެއްވެސް ކަމެއްކުރާހިތެއް ނުވެއެވެ. އެއްކަމަކުންވެސް އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ދޭތެރެ ދޭތެރޭން ލީމިންހޯ އަހަރެންގެ ހާލުބަލާލަން ދެފަހަރަކު މެސެޖްކޮށްލިއެވެ. ނަމަވެސް، އަހަރެން އެމީހެއްގެ މެސެޖެއް ނުވަތަ ކޯލެއްގެ އިންތިޒާރުގައި ފޯނުއަތަށް ލައިގެން ވަގުތުތައް ހޭދަކުރަމުންދާ މީހާގެ ހަމައެންމެ މެސެޖެއްހައި ހިސާބުވެސް ނައެވެ. ކުޑަމިނުން އަހަރެންނަށް ސަލާމަތުން ރާއްޖެއާދެވުނުތޯވެސް އޭނާ ބަލައެއް ނުލައެވެ. ހިތެއްނެތް އިންސާނެކެވެ. އަހަރެންދެކެ ލޯބިނުވިޔަސް ހާލުބަލާލެވިދާނެ ނޫން ހެއްޔެވެ؟  އަހަރެން އައީ މާލޭގެ އެޑްރެހާއި ފޯނުނަމްބަރުވެސް ދީފައެވެ. ހަމަ އެންމެ ފަހަރަކުވެސް އަހަރެންގެ ހާލުބަލާލާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނާގެ ފޮނިކަމުން އަހަރެން ދިރިހުރިތޯވެސް ބަލާނުލިއެވެ. އެއީ އެހެންމީހުންގެ އިހުސާސްތައް ނުދަންނަ ބޮޑާ ކިބުރުވެރި އިންސާނަކީއެވެ.

ނަމަވެސް ހިތާމައަކީ އެހުރިހާކަމެއް އެނގޭއިރުވެސް މިހިތުގައި އުފެދުނު ލޯތްބަށް ބަދަލެއްނައީތީއެވެ. ތާއަބަދު އެޚިޔާލު ކުރެވޭތީއެވެ. ފޯނަށާއި ލެޕްޓޮޕަށް އަޅައިގެން އުޅުނު ލީމިންހޯގެ ފޮޓޯތަކުގެ ބަދަލުގައި މިހާރުހުރީ ލީހުއާންގެ ފޮޓޯއެވެ. ކާރނިވަލްއަށް އަށާއި ޝޮޕިންމޯލަށް ދިޔަދުވަހުގެ ފޮޓޯތަކެވެ. ނިއުސް ވެބްސައިޓެއްގައި ފޮޓޯއެއް އިނަސް އެވެސް ނެގީމެވެ. ރެއާދުވާލު އެފޮޓޯތައް ބަލާފައި ޝަކުވާކޮށް ރޮއެހަދަމެވެ. ލީމިންހޯއާ ހެދި މޮޔަވެގެން އުޅުނުއިރުވެސް އަހަރެންނަށް ނިދިގެއްލިގެން އުޅޭކަން ނުޖެހެއެވެ. ބަނޑުހައިވީމާ ކާންވެސް ކަމެވެ. ނަމަވެސް މިހާރު އެއިން އެއްކަމެއްވެސް ނުވެއެވެ. ރަނގަޅަށް ނުނިދޭތާނގައި ނުވެސް ކެވެއެވެ. ތާއަބަދު ކޮޓަރިއަށްވަދެ ތަޅުލައިގެން އޮންނަނީއެވެ. އަހަރެން އުޅޭގޮތުން މަންމަމެން ތިބެނީ ކަންބޮޑުވެފައެވެ. އަހަރެން ގޮވައިގެން ތަންތަނަށް ދާންވެސް ވަރަށް މަސައްކަތްކުރެވެ. ނަމަވެސް ދާހިތެއްނުވެއެވެ.

ދުވަސްތައް ފޫހިކަމާ މާޔޫސްކަމާއެކު ވޭތުވަމުން ދިޔައެވެ. އެއްދުވަހަކު އަހަރެންގެ ރަހުމަތްތެރި އީޝާ އަހަރެންގެ ހާލުބަލާލަން އައެވެ. އަހަރެން ކޮރެއާ ޑްރާމާ ބަލާހިތުން އުޅޭތީ އޭނާއައީވެސް އަލަށް ލިބުނު ޑްރާމާއެއް ހިފައިގެންނެވެ. އަހަރެން އެބަލަން ޝައުޤުނެތްނަމަވެސް އޭނާއެދުނީތީ ބަލަންއޮތީމެވެ. ކުއްލިއަކަށް ފެނުނުމަންޒަރަކުން އަހަރެންނަށް ލީގެމަތިން ހަނދާންވިއެވެ. ޑްރާމާގައި އުޅޭބަތަލް ފެންވަރަން ހުއްޓައި ބަލަތާއަށް އޮޅިގެން ވަދެވުނީއެވެ. ހަމަހީވީ ހޮޓެލް ޕާކްވިއުގެ މަންޒަރުލޯމަތީ ސިފަވިހެންނެވެ. އެފިރިހެންމީހާއަށް ވީގޮތްފެނި އަހަރެންގެ ގާތަށްހިނިއައީ، އެދުވަހު ލީއަށްވެސް ވާނީހަމަ އެފަދަގޮތެކޭ ހިތަށް އަރާފައެވެ. ހެމުން ހެމުން ގޮސް އެންމެފަހުން އަހަރެންނަށް ރޮވުނީއެވެ. އަހަރެންނަށް ވީގޮތްފެނި އީޝާ ހައިރާންވެފައި އިނެވެ. އަހަރެން ދުވެފައި ފާޚާނާއަށް ދިޔައީމެވެ. އެތާހުރެ ހިތްފުރޭންދެން ރުއީމެވެ. ލީގެމަތިން ހަނދާންވުމުން ހަމަދެރަވަނީއެވެ. ނަސީބުގައިނެތް ލޯތްބަކަށްޓަކައި ބޭކާރުގޮތުގައި ކަރުނައަޅަނީއެވެ. އަހަރެން ފާޚާނާއިން ނުކުތުމުން އީޝާ ސުވާލުކުރިއެވެ. އަހަރެންބުނީ އެމަންޒަރު ހަމަ މަޖަލީކަމުގައެވެ. ދެންއިތުރަށް އެސީރީޒް ބަލާހިތެއްވެސް އަހަރެންނުވިއެވެ.

ދުނިޔޭން ދުވަހެއް އުމުރުން ދުވަހެއް ހިމޭންކަމުގައި ވޭދުވެގެން ދެއެވެ. އަހަރެންގެ އުޅުމަކަށް ބަދަލެއްނާދެކެވެ. މީހަކާ ވާހަކަނުދައްކާތާނގައި އުފާވެފައި ހިނިތުންވާކަށްވެސް މިހާރު އަހަރެންނަކަށް ނޭނގެއެވެ. މާބޮޑަށް ދެރަވެ ރޮވޭގޮތްވުމުން ވުޟޫކޮށްގެން ޤުރުއާން ކިޔަވަނީއެވެ. ނަމާދުކޮށްގެން ހިތަށް ހަމަޖެހުން ލިބޭތޯ ދުޢާވެސް ކުރަމެވެ. އަހަރެން ބަރާބަރަށް ނަމާދުކޮށް ޤުރުޢާން ކިޔަވާ އުޅޭތަން ފެނުމުން މަންމަމެން އުފާވިއެވެ. ނަމަވެސް އަހަރެންގެ މޫނުމަތީގައި ހުންނަ މާޔޫސީކަމުން އެމީހުންގެ ހިތަށް ތަދުވެސްވެއެވެ.

“ދަރިފުޅު އެކޮޅުގަ އުޅުނުއިރު ގޯސްކަމެއްކުރެވުނީތަ؟” އަހަރެން އުޅޭގޮތުން ނުބައިޝައްކެއް ވެގެން އެއްދުވަހު މަންމަ ސުވާލުކުރިއެވެ.

” ނޫން މަންމާ….މަންމަތިހީކުރާ ކަހަލަ ވިޔާނުދާ އެއްވެސް ކަމެއް އަހަރެންނެއް ނުކުރަން….މަންމައަށް އެނގެއެއްނު އަހަރެންނަކި އެކަހަލަމީހެއްނޫންކަން….” އަހަރެންނަށް ރޮވުނެވެ. އަހަރެންގެ ހިތުގެ ހާލަތު މަންމައަށް ބުނެދެވެން ނެތުމުންނެވެ. މަންމަ އަހަރެންގެ ވާހަކަތައް ގަބޫކުރިއެވެ. އެމީހުން އަހަރެންނަށް އިތުބާރުކުރިއެވެ.

އެދުވަހަށްފަހު އަހަރެން އަޒުމެއް ކަނޑައެޅީމެވެ. އަހަރެން ދެން ބޭކާރުގޮތުގައި ހިތާމަ ނުކުރުމަށެވެ. އަވާމެންދުރެއްފަދަ ލޯތްބަށްޓަކައި އިތުރަށް ކަރުނަ ނޭޅުމަށެވެ. އީޝާއާ އަދި އިތުރު ރައްޓެހިންތަކަކާއެކު އަހަރެން ދަތުރުދާން ނިންމީމެވެ. އެންމެން އެކީބާޒާރަށް ގޮސް ދަތުރަށް ބޭނުންވާ ތަކެތިގަތީމެވެ. ފަތިހު ފަތިހާ އަހަރެމެން ފުރައިގެން ކުޑަބަނޑޮހަން ދިޔައީމެވެ. ރަހުމަތްތެރީންނާއެކު މަޖާކޮށް މޫދުގައި ސަކަރާތްޖެހީމެވެ. އެންމެންވެގެން ވާދައަށް ފަތަންފެށުމުން ނެގިމަޑުވެފައި އަހަރެންނަށް ހުރެވުނީ ހަނާއާއެކު ފަތާފެންގަނޑުގައި ފެތިދުވަސް ހަނދާންވެފައެވެ. އެދުވަހު ފޯރިއާއެކު އަހަރެމެން ފަތަނިކޮށް ލީ އެމަންޒަރުބަލަން ހެވިފައިހުރިގޮތް އަހަރެންގެ ލޯމަތީ ސިފަވެގެން ދިޔައެވެ. އެހަނދާންވުމުން އެއްގަމަށް އަރައި ގޮނޑުދޮށުގައި އަހަރެން އިށީނީމެވެ. އަހަރެންނަށް އެހަނދާންތަކާއި ދުރުނުވެވެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ޚިޔާލުގައި އިންދައި އީޝާގޮވަން ފެށުމުން އަނެއްކާވެސް މޫދަށް އެރުނީމެވެ. މެންދުރުވެގެން ކާގަޑިޖެހުމުން އެންމެން ތަށިތައްޓަށް ނޫޑްލްސް އަޅައިގެން ކާންފެށިއެވެ. ކުއްލިއަކަށް އީޝާއަށް މިރުސްގަނޑެއް ކެވިގެން ތެޅިފޮޅިގަތެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ ޚިޔާލަށްއައީ ކޮރެއާގައި އުޅުނުއިރު އަހަރެންނަށް ދިމާވިހާދިސާއެވެ. އެދުވަހުވެސް ބަދިގެދޮރުމަތީ ލީހެވިފައި ބަލަންހުރިގޮތް ދުވަހަކުވެސް އަހަރެންގެ ހިތުން ފިލާނުދާނެވެ.

ހަމަކޮންމެ ކަމަކުން ލީގެ ހަނދާންތައް އަހަރެންނަށް އެބައުނދަގޫ ކުރެއެވެ. ދަތުރު ނިމިގެން މާލެއައިރު އަހަރެންގެ މިޒާޖަށް އަނެއްކާވެސް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ކުރިންވެސް ހުރިހިތާމަވެރި ކުލަވަރު މޫނުމައްޗަށް ވެރިވެއްޖެއެވެ. ފެންވަރައި ނަމާދުކޮށްގެން އެނދުގައި ޖައްސާލުމުން ނިދިއަންނަ ގޮތްވިއެވެ. ނިދެމުން ނިދެމުން ދަނިކޮށް މަންމަ ދޮރުގައި ޓަކިދިނުމުން ސިހިފައި ތެދުވެވުނެވެ.

” ބުރުގާ އަޅައިގެން ބޭރަށް އާދެބަލަ އަވަހަށް” މަންމަ ކަންބޮޑުވެފައި ބުނިގޮތުން އަހަރެން ހާސްވިއެވެ. އަދި އަވަސް އަވަހަށް ލައިގެންހުރި ޓީޝާޓްމަތިން ޖިލްބާބެއްލައި ބޮލުގައި ޝޯލް އޮޅާލައިގެން ނުކުތީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

މިހިތުގެ ފަސާނާ 16

Next

އެފިނިމެންދަން 13

Next
October 29, 2016

އެފިނިމެންދަން 13

Previews
October 29, 2016

މިހިތުގެ ފަސާނާ 16

35 Comments!

  1. ~Arfau~ says:
    October 29, 2016 at 10:44 pm

    Adhi nukiyan ekam kiyaa laafa comment kohlaan

  2. Shine says:
    October 29, 2016 at 10:48 pm

    vaahaka kiyaigen ragalhah nidhaathi hurihaa kudhinves….

  3. ninni says:
    October 29, 2016 at 10:59 pm

    v v v salhi..?waiting for da next part..☺

  4. maee says:
    October 29, 2016 at 11:08 pm

    Wow.. Best story ever

  5. riffu says:
    October 29, 2016 at 11:12 pm

    Adhi eh part up kohdhiba mirey.. Kohine nidhaany? ??e aee lee dhw?

  6. Aksh.. says:
    October 29, 2016 at 11:13 pm

    Heevany hama korean series eh beley hen. V salhi ??

  7. Thaany says:
    October 29, 2016 at 11:14 pm

    Hehe finally mirey vx kiyaalan libunee dw…

  8. Axi says:
    October 29, 2016 at 11:18 pm

    Wow… so nice.. waiting for the next part…??

  9. Eyna says:
    October 29, 2016 at 11:20 pm

    woow.. v salhi. Miadhu 3 faharumathin check kurifahun kiyaalan mi libunee. heheheh..Huvaa.. Haadha salhi ey mivaahaka, Thank u so much Shine.

  10. shaai says:
    October 29, 2016 at 11:23 pm

    wow nice inge. tnks upload kohdhinithi….

  11. cindrella says:
    October 29, 2016 at 11:26 pm

    Superb when next part

  12. Azu says:
    October 29, 2016 at 11:29 pm

    Alhey….lee aeetha???aneh bai kiyaa hih vaneeeeee….mirey huvafenun ves fennaane……????

  13. Thaany says:
    October 29, 2016 at 11:35 pm

    Anehkka lee huaan a e key nun baa? V v v reethi…

  14. Inee says:
    October 29, 2016 at 11:44 pm

    Varah reethi mi part ves

  15. galaxy says:
    October 29, 2016 at 11:54 pm

    Vrh vrh reethi.thank you

  16. nasha says:
    October 30, 2016 at 12:04 am

    Nice

  17. Ba says:
    October 30, 2016 at 12:17 am

    Lee ah vaane nama dhw???

  18. Saandy says:
    October 30, 2016 at 1:07 am

    ވަރަށް ރީތި… އެންމެފަހުން ލީމިންހޯއާވެސް ދިމާވެއްޖެ… އެއައީ ކޮން ލީއެއްބާ؟ 8ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 8ވަނަ ބައިވެސް އަވަހަށް ގެނެސްދެއްޗޭ

  19. ulvy says:
    October 30, 2016 at 2:33 am

    Shine hama molhy ey ??

  20. yaania says:
    October 30, 2016 at 6:59 am

    Mee alhugandu mivaahaka kiyaa furathama faharu. Alhugandaky abadhuvx vaahaka kiyaa hihvaa kuhjeh. Shine u the best. Masha Allah..☺

  21. new says:
    October 30, 2016 at 7:19 am

    Varah reethi. kiyaa hithun kehnuvey.

  22. shuhoo says:
    October 30, 2016 at 8:04 am

    8vana bayah vrh inthixaaru kurevey……avahah 8vana bai upload kohlaa….this is awesome story….I just love it……

  23. zaa says:
    October 30, 2016 at 9:00 am

    just awesome..

  24. Haazi says:
    October 30, 2016 at 9:11 am

    Alhey koba aneh part

  25. Mary says:
    October 30, 2016 at 9:14 am

    Lee aee e

  26. emko says:
    October 30, 2016 at 10:42 am

    e aee hithuge rajaa lee

  27. manje says:
    October 30, 2016 at 11:28 am

    kn irakun upkodheny

  28. ninni says:
    October 30, 2016 at 12:16 pm

    Shine..!! avaha next part up kohdhyba…cant wait…?

  29. riffu says:
    October 30, 2016 at 12:17 pm

    Shine darling kobaatha next part..
    Avahah uo kohdheeba ??

  30. Hooooo. says:
    October 30, 2016 at 12:38 pm

    Shaine. Pls up kohdeeba. ?????

  31. Aroo says:
    October 30, 2016 at 12:45 pm

    Alhugandu mivaahaka nimenjen keen v v v v v vv vvv reethi mivaahaka ….. Shaine is the best writter

  32. Lam says:
    October 30, 2016 at 12:50 pm

    Vv nice….mihaaru 2 burah mi kiyanee….ekamu v reethi

  33. nasru says:
    October 30, 2016 at 1:08 pm

    v v v v v v varah Habeyss, avahah Up kureyy….plxxx

  34. cindrella says:
    October 30, 2016 at 8:15 pm

    Alhey kon irakunta next part up vaani shine

  35. cindrella says:
    October 31, 2016 at 4:21 pm

    Plx…………..up kohdyba next part

Comments are closed.

Next Episodeލީމިންހޯ (ފަހުބައި)←


All Right Reserved!