Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 21

Ushaali Level 810 Stories100 Comments100 Stories500 Comments
November 27, 2016 10 Mins Read
40 Comments

ސިޓިންގްރޫމުގައި ޒޫނީ އަތްމައްޗަށް ލައިގެން މަޑުމަޑު ނާނާއެއް އަޅުވަމުން ދިޔަ ޒީޝާނަށް ހުއްޓުމެއް އައީ ކުރިމަތީގައި އައިސް ހުއްޓުނު މީހަކު ފެނިފައެވެ. ބިރުގަތް ވަރުން އަތުގައި އޮތް ޒޫނީ ވެސް ދޫވާން އުޅުނު ކަހަލައެވެ.

 

ވާނީވެސް އެހެންތާއެވެ. ޒީޝާންގެ ކުރިމަތީގައި އެހުރީ އޭނާ އަށް އެންމެ ނަފްރަތު ކުރާ ޝެނާ އެވެ. ޝެނާ ވަނީ ޒީޝާނަށް ޒޫނީ ގައިގަ އަތްލުން ވެސް މަނާކޮށްފައެވެ. މިދަނޑިވަޅުގައި ޒީޝާން އެންމެ ކަންބޮޑުވީ ފަހީމާ ކުރިމަތީގައި ޝެނާ އެއްޗެއް ބުނެފާނެތީއެވެ.

“ހިނގާ ޒޫ ކޮޓަރިއަށް ގެންދަން” ޒީޝާން ހީކުރި ގޮތާއި ހިލާފަށް ޝެނާގެ ވާހަކަދެއްކުމުގެ ރާގުގައި ވަނީ މަޑުމައިތިރި ކަމެވެ. ޝެނާގެ ފަހަތުން ޒީޝާން ޒޫނީ ގޮވައިގެން ކޮޓަރިއަށް ވަދެ އެނދުގައި ބޭއްވިއެވެ. އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެގިލި ޝެނާ އަށް ބަލާވެސް ނުލާ ޒީޝާން ބެލީ އަވަހަށް އެކޮޓަރިން ނިކުމެވޭތޯއެވެ. ޝެނާ ކައިރިން ހާލު އަހާލަން ބޭނުންވިޔަސް އެންމެ ބަހެއް ބުނާކަށް ވެސް ނުކެރުނެވެ.

ދެލޯމެރިފައި އިން ޝެނާ އަށް ކުއްލިއަކަށް ސިހުމެއް ލިބުނީ ނިތްކުރިމަތީގައި ދުޅަވެފައި ހުރި ތަނުން ފިނިތެތްކަމެއް އިހުސާސް ކުރެވުމުންނެވެ. ދެލޯ ހުޅުވާ ބަލާލިއިރު ޒީޝާން ހުރީ ކައިރީގައި އެތަނުގައި އައިސް ޖައްސައިގެންނެވެ. ޝެނާ ބަލާލިޔަސް ޒީޝާން އަޒުމް ކަނޑައެޅި ގޮތަށް ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ނުގެނެސް ކުރިއަށް ދިޔައެވެ.

ޒީޝާންގެ ދެލޯ ޝެނާގެ މޫނަށް ހަރަކާތްކޮށްލިވަގުތު ޝެނާގެ ދެލޮލުގެ އަރިމަތިން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފެނި ޒީޝާނަށް ހުއްޓުމެއް އައެވެ. އަވަހަށް އެކޮޓަރިން ނިކުންނަން އުޅުނު ވަގުތު ޝެނާ ހިފެހެއްޓީ ޒީޝާން އަތުގައެވެ. ހަމަ އެހާ އަވަހަށް ޒީޝާން ގެނެސް އެނދުގައި ބޭންދިއެވެ. ޒީޝާން އިނީ ވާންއުޅޭ ކަމެއް ނޭނގި ބިރުގަނެފައެވެ. މިރަށުން ފުރައިގެން ދާން ދޮންތަ ބުނެފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

“ޒީ” ޒީޝާނަށް ޝެނާ އަށް ބަލާލެވުނީ ގަބޫލުނުކުރެވިފައެވެ. އެއީ އެއާއިލާގައި މައްސަލަތައް ޖެހުމުގެ ކުރިން ވެސް ޝެނާ ޒީޝާނަށް މުހާތަބްކުރާ ނަމުން ގޮވާލީމައެވެ.

“ދޮންތަ އަށް މާފްކުރޭ. ދޮންތަ އަށް އެނގޭ ދޮންތަ އަށް ޒީ ދެކެ ނަފްރަތުކުރެވުނީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަން. އަދި ދޮންތަ ކިތަންމެ ބޭނުމަސް އާއިލީ ގުޅުމެއް ނުކެނޑޭނެކަން. ޝައިއްކޮ އަބަދުވެސް ބުނާނެ ކުޑައިރުން ފެށިގެން ލައި ދެކެ ވަރަށް ލައިކްވެޔޭ. ދޮންތަ އަށް ޒީ ދެކެ ރުޅިއާދެވުނީ ޝައިމް ދެކެ ވެވުނު ކަނު ލޯތްބެއްގެ ސަބަބުން. އެއީ ކަންނޭނގެ އަސްލު ސަބަބަކީ. ދޮންތަ ވެސް ބޭނުން ލައި ގޮތަށް ޒީ ވެސް ޝައިއްކޮ ގެ އަންބެއްގެ ގޮތުގައި ހުންނަން” ޝެނާ ބުނަމުން ދިޔައެވެ.

“ނޫނޭ ދޮންތާ.. މީ މަށަށް ހުރި ގޮތް. އަހަރެންވެސް އަބަދުވެސް ލޯބިވަނީ ޝައި ދެކެ. އަހަރެން ޝައިމް އާއި އިންއިރު އެނގިފައެއް ނެތް ޝައިމް ލައިކްވާ ކުއްޖަކު ހުރިކަމެއް. އެނގޭނަމަ ޝައިއަށްޓަކައި އަހަރެންގެ ލޯބި ގުރުބާން ކުރީމުސް. އެކަމަކު މިހާރު އެގޮތަށް ވާކަށް ނެތް. އަހަރެން ކައިރީގައި ޝައިގެ  ދެދަރިން އެބަތިބި. އެކުދިންނަށްޓަކައި ވެސް ޝައިމް ގެ ހަޔާތުން ދުރަށްދެވޭކަށް ނެތް. ދުވަހެއްގައި ވެސް އޭނަގެ އަމިއްލަ އެދުމަށް ނޫނީ އަހަރެންގެ މި ހަށިގަނޑުގައި ލޯބިން ފިރުމާލާފައެއް ވެސް ނެތް. ޝައި މަށަށް ނަފްރަތުކުރޭ….. އެކަމު މީ ބޭކާރު ވާހަކައެއް…. ދޮންތަ ނުޖެހޭނެ މާފަށް އެދޭކަށް… ދޮންތައާއި މެދު މިހިތުގައި އެއްވެސް ބުރަކަމެއް ނެތް” ޝެނާ ލޯތްބާއެކު ޒީޝާންގެ ކަރުނަތައް ފޮހެދިނެވެ. ދެމީހުން އެކަކު އަނެކަކު ގައިގާ ބައްދާލި މަންޒަރު އެވަގުތު ދޮރުމައްޗަށް އެރި އަލްޔާ އަށް ފެނުމުން ހީލިއެވެ. ނަމަވެސް ޖެހިގެން ހުރި ޝައިމްގެ މޫނުމައްޗަކުން އެއްވެސް އަސަރެއް ނުފެނުނެވެ. އެހެންކަމުން ޝައިމް އެކޮޓަރިއަށް ނުވަދެ އަނބުރާ ދިޔައީއެވެ.

 

ދެހަފްތާ ފަހެވެ. ކުރިން ރަށަށް އަންނަ ގޮތަށް ހަމަޖެހިފައި އޮތަސް ދިމާވި ސަބަބަކާއި ހުރެ އާދަނާއި ބަތޫލް ރަށަށް އަންނަ ގޮތަށް ހަމަޖެހުނީ މިއަދު އެވެ. އެހެންކަމުން ހަވީރު ގެ ހިތްފަސޭހަ ވަގުތުގައި ބަނދަރުގައި ހުރި ހިލަގޮނޑިއެއް މަތީގައި ސަޖޫލް އިނީ އޭނާގެ ހުރި ހަމައެކަނި ކޮއްކޮ ބަލާ އައިހެވެ. ކައިރީގައި ކުޑަމަނިކެ އާއި މަޖާ އަނގަތެޅުމުގައި ޝަރީފާ އިނެވެ. އިރުކޮޅަކާއި އުނގުގައި ހުރި ދުފާ ދަޅުން އަނގައަށް ބިލެއްކޮޅެއް ލައެވެ. ޖެޓީމަތީގައި ޔޫޝައު މޫދަށް ގާއުކަން ހުރިއިރު ރަފީފާ ކައިރީގައި ހުރީ އެދަރިފުޅުގެ ސަލާމަތަށްޓަކައެވެ.

ފޫހިކަމާއެކު އަތުކުރީގައި އޮތް ގަޑިއަށް އިރުކޮޅަކާއި ސަޖޫލް ބަލާލަނީ އަލްޔާ މިއަންނަނީއޭ ބުނެފައިވާތިއެވެ. ނަމަވެސް އެހެންބުނި ފަހުން ވެސް މިހާރު ބައިގަޑީރު ފަހަނައަޅާ ދިޔުމުން ސަޖޫލް ތެދުވެގެން ދެކޮޅަށް ހިނގަން ފެށިއެވެ.

 

ސިޑިން ފައިބައިގެން އައި އަލްޔާގެ ނިތަށް ޝައިމް ބޮސްދިން މަންޒަރު ތިރީގައި ހުރި ޒީޝާނަށް ފެނުމުން ހިތުގައި ރިއްސާލިއެވެ. ފިރިމީހާގެ ފަރާތުން އެފަދަ ލޯތްބެއް ދުވަހަކު ވެސް އަހަރެންނަށް ނުލިބޭނީ ހެއްޔެވެ؟ ދުވަހަކު ވެސް އަހަރެންނަށް ލޯބިން ޝައިމް ބަލާނުލާނީ ހެއްޔެވެ؟ އަހަރެންގެ ހުރި އުނި ސިފައަކީ ކޮބާހެއްޔެވެ؟ ހިޔާލުތަކަށް ގެއްލިފައި ހުރި ޒީޝާން ސިހުނީ ޝެނާ ކައިރީގައި ހުއްޓި ދާން ބުނުމުންނެވެ.

އެންމެން އެކުގައި ބޭރަށް ނިކުތުމުން އަލްޔާ ބަލާލީ ޝައިމް އަށެވެ.

“ޝެމް ކޮންތާކަށް ދާނީ. ގޭގައި އެކަނި އޮންނާނީތަ” ޝައިމް ކައިރިން އަލްޔާ އަހާލިއެވެ.

“ނޫނޭ.. ރެޑީވެގެން ދަނޑަށް ދާނީ ކުޅެލަން. ތިއެންމެން ދިޔާމަ މަގޭގައި އޮވެ ކީއްކުރާނީ. ހާއްސަކޮށް ދޮންބެގެ ޒޫ ނެތިސް ގޭގައި ކިހިނެއް ހުންނާނީ” ޝެނާގެ އަތުގައި އިން ޒޫނީ އާއި ލޯބިކޮށްލަމުން ޝައިމް ބުންޏެވެ.

ހީލާފައި އެންމެން ދާން ހިނގައިގަތުމުން ޝައިމް ޖީބުގައި އޮތް ފޯނުނަގާ ޒީޝާނަށް މެސެޖެއް ކޮށްލިއެވެ.

އަލްޔާ އާއި އެއްވަރަށް ހިނގަމުންދިޔަ ޒީޝާން ފޯނަށް ބަލާލަމުން ޝައިމްގެ މެސެޖް ކިޔާލިއެވެ.

“ބައްދަލުކޮށްލަން ބޭނުން. މިހާރު. މަޑުކުރަންވީނުން ގޭގައި” މީހަކަށް ނޭނގޭނެހެން ޒީޝާން ތަންކޮޅެއް ފަހަތަށް ޖެހިލާ މެސެޖަށް ރިޕްލައި ދިނެވެ.

“އެއީ ކޮންކަމަކު… މިގަޑީގައި ނުވާނެ” ޒީޝާން ލިޔެލިއެވެ.

ދެން ބަދަލުގައި ޝައިމް ފޮނުވާލި މެސެޖުން ޒީޝާން ދެރަވިއެވެ. ދުވަހަކު ވެސް މިނޫން ކަމެއްގައި ޝައިމް އަހަރެން ބޭނުންނުވާނީ ހެއްޔެވެ؟ އަހަރެންނަކީ ޝައިމްގެ ކަރުހިއްކުން ފިލުވުމަށް ގެންގުޅޭ ބުދެއް ހެއްޔެވެ؟

“އެބަޖެހޭ ގެއަށް ގޮސްލަން. ލައިމެންދޭ އެނގޭ. ފަހުން މަ ޖޮއިން ވާނަން” އަލްޔާގެ ކަންފަތް ކައިރީގައި ސިއްރުން ޒީޝާން ބުންޏެވެ. އޭރު ޝެނާ ފޯނެއްގައި ހުރެ ކުރިއަށް ދޭއެވެ.

“ކިހިނެއްވީ. ބޯއީފްރެންޑް ބޭނުންވީތަ… ދޭ… އެކަމު މިފަހަރު ގޮސް އޭނަ އަށް ވިސްނާދީ. އިންނަން ބޭނުންވާ ކަމުގައި ބުނޭ. ގޯސްކަމެއް ނުކުރާތި” ޒީޝާންގެ އަތުގައި ހިފާލަމުން އަލްޔާ ބުންޏެވެ.

ވިސްނުމެއްގައި ހުރެ ކޮޓަރިއަށް ވަން ޒީޝާން ސިހުނީ އޭނާގެ އުނަގަނޑުގައި ފަހަތުން ބައްދައިގަނެގެން ޝައިމް އޭނާ އެނދުމައްޗަށް ވައްޓާލުމުންނެވެ. ހަމައެހާ އަވަހަށް ޒީޝާން ތެދުވެ ޝައިމް އަށް ފުރަގަސްދިނެވެ. ޒީޝާންގެ އެއަމަލުން ޝައިމް ހުރީ ބަސްހުއްޓިފައެވެ.

“އަހަރެން ފިރިއެއްގެ ފަރާތުން އެއްވެސް އުފަލެއް ބޭނުމެއްނޫން. ތިކުޅިގަނޑު ޝައި ފެށީ ވެސް އަހަރެން ލައި އަށް ހަގީގަތް ކިޔާދޭނަމޭ ބުނެގެނެއްނު. މިހާރު ދެވަނަ ފަހަރަށް މިބުނަނީ އަހަރެން ބުނި ބަސް އަނބުރާ ގެނެއްސިން. އަހަރެން ވަރަށް އަވަހަށް އެނބުރި މާލެ ދާން ފުރާނަން” ޒީޝާންގެ ތުންފަތުގައި ޝައިމް އިނގިލި ހުރަސްކޮށްލުމާއެކު ބަސް ހުއްޓުނެވެ.

ޝައިމް ކުރަމުންދިޔަ ކަންތައް ހުއްޓުވާނެހާ ބާރެއް ޒިޝާންގެ ނިކަމެތި ހަށިގަނޑަކަށް ލިބިގެނެއް ނުވޭއެވެ. އެންމެ ފަހުން ޝައިމް އޭނާ އެންމެ އެދޭ ގޮތަށް ހުރިހާ ކަންތަކެއްވެ ނިމުމުން ޒީޝާންގެ ހަށިގަނޑު މަތިން ތެދުވިއެވެ. ގިސްލާ ރޮމުންދިޔަ ޒީޝާން އަންނައުނުތައް ހިފައިގެން ދުވެފައި ވަނީ ފާހާނާއަށެވެ.

ފާހާނާއިގާ ހިތްފުރޭ ވަރަށް ރޯލުމަށްފަހު ފެންވަރައިގެން ނިކުތްއިރު އެނދުގައި ތުވާލި އަނދެގެން އިސްޖެހިފައި އިން ޝައިމް ފެނި ހުއްޓުން އެރިއެވެ. ޝައިމް އަދިވެސް ނުގޮސް އެއިނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ފަރާތުން އަދިވެސް ބޭނުންވަނީ ހެއްޔެވެ؟ މިނޫން ގޮތެއް އަހަރެންނަށް ނެތީ ހެއްޔެވެ؟

“ނުދަންތަ.. ކިހިނެއްވެފަ ތިއިންނަނީ” ޒީޝާން ކުރި ސުވާލުގެ ބަދަލުގައި ޝައިމް ޒީޝާންގެ އަތުގައި ހިފާލުމަށްފަހު އެނދުގައި ބޭންދިއެވެ. ފުރަތަމަ ފަހަރަށް ހަތަރުކަޅި ހަމަކޮށް ޒީޝާނަށް ބަލާލިއެވެ. ޝައިމްގެ އެބަލާލުމުން ޒީޝާން ރަކިވިއެވެ. އިސާހިތަކު ޝައިމް އޭނާގެ އަތް އުފުއްލާލާ ޒީޝާންގެ މޫނުގައި ފިރުމާލިއެވެ. އަތްތިލަ ހުއްޓުނީ މަޑު ތުރުތުރެއް އުފެދިފައިވާ ޒީޝާންގެ ތުންފަތާއި ހަމައިގައެވެ.

ފުރަތަމަ ފަހަރަށް ޝައިމް އަށް ޒީޝާނަށް ތައުރީފް ކުރެވުނެވެ. ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ؟ މުޅި ރާއްޖޭގައި ވެސް ޒީޝާންގެ ރީތިކަމާއި އެއްވަރުގައި ވާދަކޮށްލެވޭނެ ދެވަނަ ފަރާތެއް ނުވާނެ ކަމުގައި ޝައިމްގެ ހިތާއި ހިތުން އެއްބަސް ވެވުނެވެ. ޒީޝަންގެ ހެދުން އެޅުމުގެ ވައްޓަފާޅި ވެސް އެވަގުތުކޮޅު ޝައިމް އަށް ކަމުދިޔައެވެ. މިހުރިހާ ކަމެއް ޝައިމް އަށް ޒީޝާންގެ ފަރާތުން ކުރިން ނުފެނުނީ ކީއްވެހެއްޔެވެ؟ އަނެއްކާ ޝައިމްގެ ހިތުގައި ޒީޝާނަށްޓަކައި ޖަޒުބާތުތަކެއް އުފެދެނީ ހެއްޔެވެ؟

“އަހަރެންނަށް ކުށެއް ކުރެވިފައި ވާނަމަ މާފަށް އެދެން. ހީކޮށްފާނެ ލައި ގެ ފަރާތުން މަށަށް އަންބެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ އުފާތަކެއް ލިބެޔޭ. އެކަމަކު އެހެނެއްނޫން. މިއަދާއި ހަމައަށް ވެސް ލައި އަހަރެންދެކެ ލޯބިވެފައެއްނުވޭ. ލައި ގެ ހިތުގައި ލޯބި އުފެދިފައިވަނީ ކޮންމެސް އެހެންމީހަކަށޭ އަހަރެންގެ ހިތް ބުނަނީ. އަހަރެންގެ އަނބެއްގެ މަގާމުގައި ލައި އެހުރީ އެއީ އަހަރެން ވަރަށް ގަޔާވާ ކުއްޖަކަށްވާތީ. އާނ! އަހަރެން ބުނިން ލައި ދެކެ ވަރަށް ބޮޑަށް ލޯބިވަމޭ. އެކަމަކު މިހާރު މަށަށް އޮޅިއްޖެ. އަހަރެންނަކީ ވެސް ހިއްސު ސަލާމަތުންހުރި ފިރިހެނެއް. ޒީ މިރަށަށް ނައިނަމަ ފަހަރެއްގައި މިއަމަލުތަކެއް އަހަރެންގެ ފަރާތުން ނުފެނުނީސް. އެކަމަކު. މިހާރު ތިހަށިގނަޑަށް އިންތިހާ އަށް އަހަރެން ބޭނުންވޭ. އަހަރެން މިހާރު ޒީ ކައިރިއަށް މިއަންނަނީ ޒީ ގެ އިންޒާރަށް ބިރުންނެއް ނޫން. އަހަރެން ބޭނުންވެގެން. އަހަރެންނަށް ޒީ ވަރަށް ކަމުދާން ފަށައިފި” ޒީޝާންގެ އަތްތިލަ ޝައިމްގެ އަތްތިލަ ތެރެއަށް ލައިގެން އިނދެ ވާހަކަދައްކާ ނިންމާލަމުން ޒީޝާނަށް ބަލާލިއެވެ. އެއަށްފަހު އެއްޗެއް ނުބުނެ ފާހާނާ އަށް ވަނެވެ.

ޒީޝާން އިނީ ޝައިމް ދެއްކި ވާހަކަތައް ގަބޫލު ނުކުރެވިފައެވެ. ކުއްލިއަކަށް ޝައިމް އެދެއްކީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ ޝައިމް އަށް އަހަރެން ކަމުދާން ފެށީ ހެއްޔެވެ؟ އަލްހަމްދުލިއްލާހިއެވެ. އަހަރެން ދުއާ އިޖާބަ ކުރައްވައިފިއެވެ. އަލްޔާ އާއި ޝައިމް އާމެދު އެކަހަލަ ގުޅުމެއް ނެތް ކަން އެނގުނު ހިނދު ލިބިގެންދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

 

ބޯޓުން ފައިބައިގެން އައި ބަތޫލް ޝަރީފާ ގައިގާ ބައްދާގަތެވެ. ޝަރީފާ ވެސް ހުރީ ކޮލުދަތް ފެންނަ ވަރަށް ހިނިތުން ވެލައިގެންނެވެ.

“އޯ މަންމާ…. މަންމަ ވަރަށް ހިކި” ޝަރީފާގެ ހަށިގަނޑަށް ބަލާލަމުން ބަތޫލް ބުންޏެވެ.

“އަސްލުވެސްތަ ދަރިފުޅާ… ތެންކޫ ދަރިފުޅާ” ޝަރީފާ އުފާވެފައި ބުނެލިއެވެ. ކައިރީގައި ތިބި އަލްޔާ އާއި ސަޖޫލް ތިބީ ބަތޫލްގެ ހެދިފައި ހުރި ހަށިގނަޑަށް ތައުރީފް ކުރާށެވެ. އަތްދިގު ކަޅު ކުލައިގެ ޓޮޕް ކޮޅާއެކު ކަޅާއި ހުދު އެކުލެވޭ ދިގު ސްކާރޓުގައި ބަތޫލް ފެންނަނީ ވަރަށް ލޯބިކޮށެވެ. ފަންކޮށްފައި އޮތް އިސްތަށިގަނޑު ފޫކޮޅަށް ވުރެ ތިރިއަށް ހުއްޓެވެ.

“ކިސީކީ ނަޒަރްނާލަގޭ މެރީ ބެހެނާކޯ” ބަތޫލް ކައިރިއަށް ހުއްޓުމަށްފަހު ހަރަކާތެއް ކޮށްލަމުން މޮޅު އެއްޗެއް ސަޖޫލް ބުންޏެވެ. އެވަގުތު ކައިރީގައި ހުރި އަލްޔާ އާއި ޝެނާ ކައިރިއަށް ހިނިއައެވެ. ބަތޫލް ވެސް އުފަލުން އޭނާގެ ދޮންތި ގައިގާ ބައްދާލިއެވެ. ހުރިހާ މީހުން އެކުގައި ގެއަށް ދިޔުމަށް ހިނގައިގަތް ވަގުތު އެއީ ޒީޝާން އަރާ ހަމަވިި ވަގުތެވެ. ޝެނާ ޒީޝާން ގޮވައިގެން ބީޗްކެފޭ އާއި ދިމާލަށް ދިޔައީ ސައިބޯލުމަށެވެ. އެކުގައި އަލްޔާ ބައިވެރިނުކުރީ މިވަގުތު އެގޭ މީހުންނާއި އެކުގައި ހުންނަން އަލްޔާ ބޭނުންވާނެތީއެވެ.

ހަލުވިކަމާއެކު ރަށުގައި ފެތުރެންފެށި ރޯގާ ގަޏޑެއް ޒީޝާނާއި ކުރިމަތިވެ އެނދުމަތި ކޮށްލިއެވެ. އެދުވަސްކޮޅު ޒިޝާން އުޅުނީ ކޮޓަރިން ނުނިކުމެއެވެ. އަލްޔާ އެތައް ފަހަރަކު ބުނެ ކިޔައިގެން ވެސް ޑޮކްޓަރަށް ދާކަށް ޒީޝާން އެއްބަހެއް ނުވިއެވެ. ވޭނުގައި ގަޑިތައް ގވޭތުކުރަމުން ދަނިކޮށް ޒީޝާނަށް އިތުރު ވޭނެއް ކުރިމަތިވީ އެއްމަސްކޮށްފައި ޕީރިއަޑް ވުމުންނެވެ. އެކަމުން ވެސް ޒީޝާނަށް ހީވީ އޭނާގެ ބޮލުން އެތައް ޓަނުގެ ބުރަދަނެއް ނައްޓައިގެން ދިޔަހެންނެވެ. ތާރީހު ލަސްވުމާއި ގުޅިގެން ޒީޝާން ހުރީ ދެފިކުރެއްގައެވެ.

ޝެނާ ގެ ފަރާތުން ޝައިމް އަށް ޒިޝާން ބަލި ހަބަރު ލިބުމުން ހިތުގައި ރިއްސާލިއެވެ. ޒީޝާންގެ ހަށިގަނޑަށް އަޅާ ވޭން ޝައިމް އަށް އިހުސާސް ކުރެވުނު ކަހަލައެވެ. އެއްގޭ ތެރޭގައި އުޅުނަސް ޝައިމް ބަލަނީ ވީހާވެސް ޒީޝާނަށް ނުފެނި އުޅެވޭތޯއެވެ. އޭނާގެ ހިތަށް އުނދަގުވަނީއެވެ. ހިތުގައި އުފެދެމުންދާ ޖަޒުބާތަށް ފިލަން ދުވަނީއެވެ. ހިތާއި ސިކުނޑި ކުރަމުންދާ އިޝާރާތްތަކަށް ނޫނެކޭ ބުނަން ބޭނުންވަނީއެވެ. ނަމަވެސް ބޯން އިން ކޮފީތަށި ދެން އިތުރަށް ނުބޮވޭނެކަން އެނގުމުން ޝައިމް ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ.

ޝެނާ ޒީޝާންގެ ކޮޓަރިއަށް ވަނީ ނޫޑްލްސް ސޫޕް ހަދައިގެންނެވެ. ޒީޝަންގެ ނިތްކުރީގައި އަތްޖައްސާލިއިރު ހޫނުކަމެެއް އިހުސާސް ކުރެވުނެވެ. ޓެމްޕަރޭޗަރ ޗެކް ކޮށްލިއިރު ހުން ހުރީ ސަތޭކަ ހަތަރެއްގައެވެ. އެހާލުގައި ވެސް ޒީޝާން ޝެނާ އަށް ދިނީ ހިނިތުންވުމެކެވެ. ޝެނާ ޒީޝާނަށް ބޭސްކާންދީ ބޯ މޮޑެދިނެވެ. ގައިގާ ފެންފޮތިލާދީ ތަދުވާ ތަންތަނުގައި މަސާޖް ކޮށްދިނެވެ. އަލްޔާ ވެސް އޭނާ އަށް ގޭގައި ހުރެވޭ ދުވަހެއް ވެއްޖިއްޔާ ޒީޝާނަށް އެހީވެދޭއެވެ.

އުޑުމެދުގައި ހުރި ހަނދަށް ބަލަހައްޓައިގެން ހުރި ޝައިމްގެ ހިތުގައި ވަނީ ޝަކުވާއެވެ. އޭނާ ލޯބިވަނީ އަލްޔާ ދެކެއެވެ. ވީއިރު މިހާރު އަބަދު ޒީޝާން މަތިން ހަނދާންވަނީ ކީއްވެހެއްޔެވެ؟ ޝައިމްގެ ހިތް ކުރިން އެދުނީ ވެސް އަލްޔާ އަށެވެ. މިހާރު އަލްޔާ ފެނުނަސް އޭނާގެ ހިތަށް ކުރިންވާ ގޮތްތަކެއް ނުވޭއެވެ. ޒީޝާން ކައިރީގައި ހުންނަން އެހިތް އެދެނީއެވެ. ވާހަކަދައްކަން ބޭނުންވަނީއެވެ. އެހަށިގަނޑުގެ ހޫނުކަމަށް އެދެވެނީއެވެ. މިވީ ދުވަސްތަކުގައި ޒީޝާން ފެންނަ ހިސާބަށް ނުގޮސް އޭނަ ކެތްކުރީވަރު ދެނެވޮޑިގެންވަނީ އެހެން ފަރާތަކުންނުެވެ.

ޝައިމް ޖީބުގައި އޮތް ފޯނު ނެގިއެވެ. ގެލެރީ ހުޅުވާލުމަށްފަހު ޒީޝާންގެ ފޮޓޯތައް ބަލަން ފެށިއެވެ. އިރުކޮޅަކުން ފޯނު ހޫރާލީ ބެލްކަނިން ތިރިއަށެވެ. މިވަނީކީއްހެއްޔެވެ؟ މިހުރިހާ ދުވަހު އަލްޔާ ދެކެ ވީ ލޯބި ކޮބާހެއްޔެވެ؟ އަނެއްކާ އެއީ ހަގީގީ ލޯބި ނޫންބާއެވެ؟ އެހެންކަމަށް ވާނަމަ މިވީ ވަރަށް ދެރަގޮތެކެވެ. އަލްޔާގެ އިހުސާސްތަކާއި ކުޅުމުގެ ހައްގެއް އަހަންނަކަށް ލިބިގެނެއް ނުވޭއެވެ. ނޫނެކެވެ. ޒީޝާން މަތިން ހަނދާންވިޔަސް މީކި މާބޮޑު ކަމެއް ނޫނެވެ. އަހަރެން ދޮންތަ މަތިން ވެސް ހަނދާންވެއެވެ. އެހެންވިޔަސް މިދެ އިހުސާސް ތަފާތު މިވަނީ ކީއްވެހެއްޔެވެ؟

މިރޭ ޝައިމް މިކަން ކޮންމެސް އެއްކޮޅެއްގައި ޖައްސާނެއެވެ. އެހިތުގައި ލޯބި އުފެދިފައިވަނީ ކާކަށްތޯ ޔަގީން ކުރާނެއެވެ. ޝައިމް ދެއަތުން ބޮލު ދެފަރާތުގައި ހިފަހައްޓާލިއެވެ. ބޮލުގައި ވަނީ ތޫނު ތަދެއް ހަރުލާފައެވެ. ޝައިމް އަށް މިވަނީ އޭނާގެ ސިކުނޑި އާއި ހިތާއި މެދު ބޮޑު ހަނގުރާމައެއް ކުރަން ޖެހިފައެވެ.

ސާދަވިލޭރެގެ އެބޮޮޑު ހަނދަށް ބަލަންހުރެ ޝައިމް ދެލޯ މަރާލީ އެހިތަށް އެންމެ ފުރަތަމަ ފެންނަ އިންސާނަކީ ކާކުތޯ ބެލުމަށެވެ. އަލްޔާގެ ސޫރަ ސިފަވޭތޯ ހިތާއިހިތުން ދުއާ ކުރަމުންނެވެ. ނަމަވެސް ހަމަ އެހިނދުގައި ދެެލޯ ހުޅުވާ ހުރި ދިމާލަށް ދެކަކޫމައްޗަށް ތިރިވިއެވެ.

ނޫނެކެވެ. މީ ނުބައެކެވެ. އަހަރެން އަބަދުވެސް ލޯބިވަނީ އަލްޔާ ދެކެއެވެ. ވީއިރު އަހަރެންގެ ހިތް ޒީޝާން ޗޫޒް އެކުރީ ކީއްވެހެއްޔެވެ؟ ޝައިމްގެ ދެެލޮލުން ކަރުނަަ ފައިބަނީއެވެ. ހަގީގަތް ގަބޫލުކުރަން ބޭނުންނުވާތީ ބޮލުގައިވި ރިހުން ގަދަވަމުން ދިޔައެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ އެވަގުތު ބެލްކަނީ ފާރު ކައިރީގައި ހުރި ޕްލާސްޓިކް ގޮނޑި ވެސް ގޯތި ތެރެއަށް ހޫރާލިއެވެ.

އާއެނކެވެ. ހަގީގަތަކީ ޝައިމް ގެ ހިތުގައި މިހާރު ރަނިކަން ކުރަމުންދަނީ ޒީޝާން ކަމެވެ. ޝައިމް އަށް ވަނީ ޒީޝާންދެކެ އިންތިހާ އަށް ލޯބިވެވިފައެވެ. ފަހަރެއްގައި ޝައިމް ހީކުރާ ވަރަށް ވުރެ ވެސް ބޮޑަށެވެ. އަލްޔާ ވަނީ އެހިތުން ފަނޑުވެފައެވެ. ޝައިމް ކިތަންމެ ބޭނުމަސް މިހަގީގަތް ދެން ބަދަލެއް ނުކުރެވޭނެއެވެ.

ޖެހިގެން އައި ހަފްތާގައި ހަސަންފުތާއި ލޫކް އަދި އަފްހަމް ކުއްލިގޮތަކަށް ގުރައިދު އަށް އަންނަންޖެހުނީ ރަށުގައި އުޅުނު ހުމުގެ ރޯގާގަނޑު ކުޑަމަނިކެ އަށް ލައްވާލުމުންނެވެ. އެރަށަށް އެނބުރި ނައުމަށް ހިތާހިތުން ހުވާ ކޮށްގެން ހުއްޓަސް މިފަހަރު ލޫކަށް ޖެހުނީ ހުވާ ބާތިލް ކުރާށެވެ. ސަބަބަކީ އޭނާގެ މަންމަ އަށް ވުރެ މިހުއްމު އެއްވެސް އެއްޗެއް އޭނާ އަށް މިދުނިޔޭގައި ނުވޭއެވެ. އޭނާގެ ލޯތްބާއި މައިންބަފައިންނާއި ދޭތެރެން އެކައްޗެއް ހިޔާރު ކުރަން ޖެހިއްޖެނަމަ އޭނާ އިސްކަމެއް ދޭނީ މައިންބަފައިންނަށެވެ. އެއްފަހަރު އޭނާ ވަނީ އެކަން ސާބިތުވެސް ކޮށްދީފައެވެ.

ތިން ދުވަސްވީރު ވެސް ކުޑަމަނިގެ ހުން ނުފިލާ ހުރުމުން ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓްތަކުން އެނގުނީ އެއީ ޑެންގޫ ހުންކަމެވެ. އެކަމާއި ލޫކް ދިޔައީ އިންތިހާއަށް ހިތާމަކުރަމުންނެވެ. އެރަށަށް ލޫކް އައިފަހުން ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވީރުވެސް އަލްޔާ ފެނިފައެއް ނުވޭއެވެ. އެރަށަށް އައި ދުވަހު ލޫކް ވަނީ ސަޖޫލް ކައިރީގައި ބުނެގެން އޭނަ އުޅޭ ގަޑީގައި އެގެއަށް ނައުމަށް އަލްޔާ އަށް އަންގާފައެވެ. ސަބަބަކީ ދެވަނަ ފަހަރަށް އޭނާގެ އިހުސާސްތައް އަތުން ދޫވެގެންދާން ބޭނުންނުވާތީއެވެ.

ސިއްހީމަރުކަޒުގައި ބާއްވައިގެން ކުޑަމަނިކެ އަށް ދިން ފަރުވާ އިން ހުންގަނޑު މައިތިރިކުރެވޭ ގޮތް ވުމުން ލޫކް ނިންމީ އެނބުރި ގަމަށް ދާށެވެ. ނަމަވެސް ހަސަންފުތާއި އަފްހަމް ބޭނުންވީ ލޫކް މަހެއްހައި ދުވަސްވަންދެން އެރަށުގައި މަޑުކުރުމަށެވެ. ގެ ހެދުމަށްޓަކައި ލޫކް ޑިއުޓީން ދޫކޮށްފައި ވިޔަސް އެގޮތަށް އެރަށުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ގަމު ޕޮލިސް ސްޓޭޝަން އިންޗާރޖާއި ވާހަކަދައްކައިގެން އަދި ގުރައިދޫ ސްޓޭޝަން އިންޗާރޖާއި ބައްދަލުކުރުމުން ހީވެސް ނުކުރާހާ ފަސޭހައިން ތިން މަހަށް ޓާރމެއްގައި މަޑުކުރެވޭ ގޮތްވިއެވެ. އެއީ ލޫކް ބޭނުންވާ ގޮތް ނޫނަސް މަންމަ އާއި ބައްޕަ ވެސް ބޭނުންވީ އެގޮތް ކަމުގައި ވީތީ ލޫކް އެކަމަށް ފުރަގަސްދޭން ބޭނުންނުވީއެވެ.

ޖެހިގެން އައި ހުކުރު ދުވަހު އަފްހަމް އާއި ހަސަންފުތާއި އެއްކޮށް ލޫކް ގަމަށް ދިޔައީ އޭނާގެ ޔުނީފޯރމް އައިޓަމްތައް ބަލައެވެ. ގަމު ސްޓޭޝަން ކުދިން ލޫކް ގެ ވަކިވުމާއި ހިތާމަ ކުރިޔަސް ލޫކް އެމީހުންނަށް ވިސްނާދިނެވެ. އެމީހުންނާއި ވަރަށް އަވަހަށް ޖޮއިންވާނެ ކަމުގައި ބުނެ އުފާކޮށްދިނެވެ.

ސަޖޫލް ގެ ފަރާތުން ލޫކް އެރަށު ސްޓޭޝަނަށް ބަދަލުވިިކަން އަލްޔާ އަށް އެނގުމުން ހިތްނުތަނަވަސްވިިއެވެ. ނަމަވެސް ނޭނގޭ ސަބަކާއި ހުރެ އެހިތުގެ ކޮންމެސް ހިސާބަކުން އުފާ ވެސް ކުރިއެވެ. ހަމައެހާ ވަރަށް ފިރިމީހާ އަސް ވަފާތެރިވެވޭނެ ކަމުގައި ހިތުގައި ޝައްކު އުފެދުނެވެ.

މިއަދަކީ ކުޑަމަނިކެ މަރުކަޒުން ދޫކޮށްލާ ދުވަހަށް ވުމާއެކު ލޫކް އިނީ އެވަގުތު މަރުކަޒުގައެވެ. ކައިރީގައި ރަފީފާ ވެސް ކުޑަމަނިކެ ބޭނުންކުރި ބައެއް ސާމާނު ކޮތަޅުތަކަށް އަޅަން އުޅެއެވެ.

“]މަންމާ… ދެންވެސް ބަލައިގެން ވާނީ އުޅެން.. މިރަށު ވަރަށް މަދިރި ގިނަ. މަދިރި ލޯޝަން ހާކައިގެން ނޫންގޮަތަކަށް ނުވާނެ ބޭރަށް ނިކުމެގެނެއް. ދޮންބެދައްތަ ވެސް ޔޫއްކޮ ނިންދާފައި އޮންނަ އިރުގައި ވެސް ލޯޝަން ހާކާފަ ބާއްވަބަލަ. މިހާރު ވެސް މި މަރުކަޒް މިއޮތީ ފުރިފައި. ގިނައީ މުޅިން ވެސް ކުޑަކުދިން” ފޯނާ ކުޅެމުން ވާހަކަދައްކަމުން ދިޔަ ލޫކް ގެ ބަހަށް ރަފީފާ ތާއީދު ކުރިއެވެ.

“އަޅުގަނޑުމެންގެ ގޭވިއްޔާ މަންމަ ގެ ގަސްތަކު ތެރޭގައެއްނު ފެން ހެދިފައި ހުންނަނީ. މިހާރު އެހެނެއް ނުވާނެ. އެތަން ވަރަށް ސާފުކޮށްފި ބައްޕަ. މަންމާ! ވަރަށް ރީތިވާނެ މިހާރު ގެ. ހުރިހާ ކޮޓަރިތަކެއް ނިމިއްޖެ. ދޮންބެމެން ކޮޓަރިއަށް ގެންނަ ބެޑްރޫމްސެޓް މިހަފްތާގައި ލިބޭނެ. އަޅުގަނޑު އިންނާނެ ޔޫއްކޮ އަށް ވަކިން ބެޑެއް ގަނެފައި. ޔޫއްކޮ ގެ ބާތްޑޭ ޕްރެޒެންޓަކަށް ދޭނީ” ލޫކް އެއްފައިމަތީގެ ކަކުމަތީގައި އަނެއް ފައިތިލަ އަޅުވާލަމުން ބުންޏެވެ.

“ދަރިފުޅާ ކާގެއާއި ބަދިގެ ވަކިންތަ ހެދީ” ކުޑަމަނިކެ އޭނާގެ ހިތަށް އުނދަގު ކުރަމުން ދިޔަ ސުވާލެއް ކުރިއެވެ.

“އާނ! މަންމާ މަންމަ ކިޔާދިން ގޮތަށް ހުރިހާ ކަމެއް ވެސް ކުރީ. މިހާރު ކުރިއަށް ވުރެ ޖާގަބޮޑުހެން ވެސް ހީވާނެ” ލޫކް ހީލާފައި ޖަވާބުދިނެވެ.

ނަރުހުންގެ ޔުނީފޯރމުގައި އެތެރެއަށް ވަދެގެން އައި ސަޖޫލް ކުޑަމަނިކެގެ އަތަށް ގުޅާފައި އިން ކެނިއުލާ ނައްޓާލަމުން ހުރިހާ ކަމެއް ނިމިއްޖެ ކަމުގައި ބުނެ ގެއަށް ދިޔުމަށް ބުންޏެވެ. ރަފީފާ ކުޑަމަނިކެގެ އަތުގައި ހިފައިގެން ހިނގައިގަތުމުން ލޫކް ދިޔައީ ކުޑަމަނިކެގެ އައިޑީ ކާރޑް ހިފައިގެން ކައުންޓަރާއި ދިމާލަށެވެ.

 

“ދޮންތަ އަށް އެނގޭތަ. ޖެހިގެން މިހިރަ ގުލާބީގެއިން އަންހެނަކު ހައްޔަރުކޮށްފި. މަށަށް ހީވަނީ އެއުޅޭ ހައުލާ ހެން” އަލްޔާ އެދިން ހަބަރަކުން ފިޔާ ކޮށަން އިން ޝެނާ އަޖައިބުވިއެވެ. ހައުލާ އަކީ ޝެނާ އާއި އެކު ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ގާތް އެކުވެރިއެކެވެ.

“ކުއްލިއަކަށް ހާދަ އަޑުގަދަވެއްޖޭ. ހިނގާބަލަ” އަލްޔާ އާއި ޝެނާ އަދި ޒީޝާން ގެއިން ބޭރަށް ނިކުމެލީ މަގުމަތީގައި ތަންކޮޅެއް އަޑުގަދަހެން ހީވުމުންނެވެ. އޭރު އެއްކައިރީގައި ފުލުހުންގެ ޖިޕު ބާއްވާލާފައި އޮތް އިރު އޭގެ ތެރޭގައި ފިރިހެނަކާއި އަންހެނަކު އިނެވެ. ގޭގޭދޮަށް މީހުން ނިކުމެ ޗުކުޗުކު ލައްވަމުން ދިޔައެވެ.

ފުލުހުންނަށް އަބަދުވެސް ނަފްރަތުކުރާ ގުލާބީގޭ ނަސީރާ މިހާރު ވެސް އެގޭ ދޮރުމަތީގައި ހުރީ އެއްޗެހި ކިޔާށެވެ. އޭނާގެ ދެދަރިންނަކީ ސޯލިހް ކުދިންކަމުގައި ބުނެއެވެ. ފުލުހުންގެ ވެހިކަލް ކުރިއަށް ދުއްވައިލުމުން ފައިސަލް ޕޮލިސް ސައިކަލުގައި އައިސް އެގެއާއި މާދުރުނޫން ހިސާބެއްގައި މަޑުކޮށްލިތަން އަލްޔާ އަށް ފެނުނެވެ. އެތަނުގައި ލޫކް ހުރެދާނޭ އަލްޔާގެ ހިތަށް ވެސް ނާރައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ މަގުމަތީގެ ކުޅިގަނޑު ބަލާހިތްވެފައެވެ.

ގުލާބީގެއިން އެވިޑެންސް ބޭގެއް އަތު އަޅުވައިގެން ނިކުތް ލޫކް ފައިސަލް އިން ސައިކަލާއި ހަމައަށް ދިޔުމަށް އައީ މަގުމަތީގައި މީހުން ގިނަކަމުން އިސްޖަހާލައިގެން ހުރެއެވެ. ނަމަވެސް އިސް އުފުލާލި ވަގުތު މާދުރުނޫން ހިސާބެއްގައި ކުރިަމަތީގައި ހުރި އަލްޔާ ފެނުމުން ލޫކް ފައި ހީވީ ބިންމަތީގައި ތަތްލިހެންނެވެ. އަލްޔާ ގެ ދެލޮލަށް ލޫކް ގެ ދެލޯ އަމާޒުވެފައިވީއިރު ހިތާއި ސިކުނޑީގައި ރޯލްވަމުން ދަނީ އަލްޔާ އާއި އެކުގައި ހޭދަވި ‘ރޮމޭންޓިކް’ ވަގުތުކޮޅެވެ.

ނަމަވެސް އަލްޔާ އަށް ހުރީ މުޅިން އަލަށް ފުލުހުންގެ ޔުނީފޯރުމުގައި ހުއްޓާ ލޫކް ފެނުމުން ތަލިން ކުޅު ހިކިފައެވެ. ބަލާ މީހަކު ފޫހިނުވާނެކަން ގައިމެވެ. ޔަގީނެވެ. އެރީތި އިންސާނާގެ ހިތުގެ މިލްކުވެރިޔަކީ އަހަންނެވެ. އެވަގުތު ކޮޅުގައި އަލްޔާ ހިތަށް އެރިއެވެ. ފުލުހުންގެ ޔުނީފޯރމުގައި ލޫކް ހާދަ ސްމާރޓެވެ. އެހަށިގަނޑުގައި ބައްދައިގަންނަން އަލްޔާ ހިތް އެދުނެވެ. އަލްޔާ އަށް ނޭނގުނީ ހިތަށް އަރަންފެށި އެއްޗަކުން އަލްޔާ ގެ ތުންފަތަށް ފަނޑު ހނިތުންވުމެއް ވެރިވެފައިވާ ކަމެވެ.

އަބަދުވެސް ލާނެއް އެއްޗެކޭ ބުނެ އަލްޔާ ލަދުގަންނަވާފައި ވިޔަސް މިފަހަރު އަލްޔާގެ ބެލުންތަކުން ލޫކް ލަދުގަންނަ ގޮތް ވިއެވެ. މީގެ ކުރިން އެހާ ވަރަށް ލޫކަށް އެނގިގެން އަލްޔާ ލޫކަށް ބަލާފައެއް ނުވޭއެވެ. ނޭނގޭނެހެން ލޫކް ފަޓްލޫނު ޖީބުގައި އޮތް ފޯނު ނަގާ ކަންފަތުގައި ޖަހާލީ ފޯނެއް އައިސްގެނެއް ނޫނެވެ. އެސަރަހައްދުގައި އެއްވެފައި ތިބި މަދު މީސްކޮޅުގެ ނަޒަރުން ސަލާމާތްވުމަށެވެ. އަދި އެސޫރައަށް އަލްޔާ އަށް ބަލާނެ ވަރަކަށް ބަލަން ފުރުސަތު ދީގެން ހުންނަން ބޭނުންވުމުންނެވެ.

ލޫކް ދެފަރާތް ބަލާލިއރު ގޭގޭދޮަށަށް އެއްވެފައި ތިބި މީހުން މަދު ނަމަވެސް ދެތިންގޭ ކައިރީގައި މީހުން ތިއްބެވެ. ފައިސަލް ވެސް ބަޔަކާއި ވާހަކަދައްކަން ސައިކަލް ޕާރކް ކޮށްގެން މަގުމަތީގައި ހުއްޓެވެ. ލޫކް ނޭނގޭ ކަމަށް ހަދާފައި ދެވަނަ ފަހަރަށް އަލްޔާ އަށް ބަލާލިއިރު އަދިވެސް އަލްޔާ ހުރީ ލޫކަށް ބަލަހައްޓައިގެންނެވެ. ލޫކް މިފަހަރު މާބޮޮޑަށް ލަދުގަތެވެ. އަލްޔާ އެބަލަނީ ހާދަ ވަރަކަށެވެ.

ލައި އަށް އަހަރެންނަކީ ރީތި މީހެއް ކަން އެނގުނީ އަދި ކިރިޔާ ކަންނޭނގެއެވެ. ހިތަށް އެރި އެއްޗަކުން ލޫކް ކައިރިއަށް ހިނިއައެވެ. ދެފަރާތަށް ބޯ ހަލުވާލުމަށްފަހު ލޫކް ހިނގައިގަތީ ޝެނާ ހީލައިގެން ލޫކަށް ބަލަން ހުރުމުން އޭނަ ކައިރިއަށެވެ. ޝެނާ ކައިރީގައި ލޫކް އައިސް ހުއްޓުމުން އަލްޔާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. އަލްޔާ އަށް ވެފައި ހުރި ގޮތަކުން ހުދު އޭނާ ވެސް ހުރީ ގަބޫލުނުކުރެވިފައެވެ.

“ލޫކް މިކޮޅަށް ބަދަލުވި ކަމެއް ދޮންތަމެންނަކަށް ނުވެސް އެނގޭ…. ނުވެން އަންނަމެއްނު” ޝެނާ ހިތްހަމަޖެހިފައި ބުންޏެވެ.

“އާނ. މި ކުއްލިއަކަށް ވި ކަމެއް. މަންމަ ބަލިކަމުން އަސްލު. އެކަމު ހުންނަނީ ސްޓޭޝަނުގަ” ލޫކް ޝެނާ އަށް ޖަވާބުދެމުން ދޮރު ކައިރިއަށް ޖެހިލީ އެތަނަށް އަވި އަރަމުން އަންނާތީއެވެ.

“އޮފް ޑިއުޓީގައި ވާނެ މިގެއަށް އައިސްލަން. ދެން އަންގާވެސް ނުލާ ފުރައިގެން ދާނީކީ އެއް ނޫން” ލޫކާއި ސަމާސާ ކޮށްލަމުން ޝެނާ ބުންޏެވެ.

“ކިހިނެއްދާނީ. ހިތް މިކޮޅުގައި ބާއްވާފައި އެކޮޅުގައި އަހަރެން ކިހިނެއް ހުންނާނީ. ލޫކް އަލްޔާ އަށް ބަލާލީ ކަތިނަޒަރަކުންނެވެ. އެހިނދު އަލްޔާ ތެޅިގަނެފައި ލޫކަށް ބަލާލިއެވެ. ހަމަ ބަލާލުމާއެކު ލޫކް އަލްޔާ އަށް އެއްލޯ މަރާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޢަޞްރު (އަށްވަނަ ބައި)

Next

ޝެލީން 11

Next
November 28, 2016

ޝެލީން 11

Previews
November 27, 2016

ޢަޞްރު (އަށްވަނަ ބައި)

40 Comments!

  1. Ushaali says:
    November 27, 2016 at 2:13 pm

    assalam alaikum and alhamdhlillah…. varah masakkathun mi bai ves upload kurevijje 🙂 huriha kudhinnah ves mi bai kamudhaane kamah heekuran 🙂

    1. hayyu says:
      November 27, 2016 at 2:16 pm

      awwwnnnn… v reethi mi baives

  2. Pink says:
    November 27, 2016 at 2:39 pm

    Wow.
    V salhi.
    Dhn lai n luk gulhuva.

  3. Blackangel says:
    November 27, 2016 at 2:42 pm

    Aslu Hindi in liyefa othy kykey thr???I don’t knw Hindi.pls can anybody tell me?!!

    1. Saandy says:
      November 27, 2016 at 4:18 pm

      އޭގަ އެބުނީ މަގޭ ކޮއްކޮއަށް މީހެއްގެ އެސްފީނާއެއް ނުޖައްސަވާށިއޭ

    2. Yook says:
      November 27, 2016 at 5:01 pm

      Meehegge esfeenaa magey kokko ah nujahsavaathii

    3. Blackangel says:
      November 28, 2016 at 1:31 pm

      Thankx for telling me.

  4. sanu says:
    November 27, 2016 at 2:49 pm

    Knme dhuvahaku dhefaharah up kndhynveynu haadha salhi ey huvaa

  5. aasee says:
    November 27, 2016 at 3:07 pm

    Haadha salhiyey.

  6. Shahina says:
    November 27, 2016 at 3:09 pm

    Masha allah v reethi mibaivas .kon irakun next part? Dan look n lai gulhuvaba.waiting waiting waiting.

  7. Mine says:
    November 27, 2016 at 3:18 pm

    Alhey varah varah reeethi..masha Allah.. Waiting waiting waiting for da next part..one of da best story I have read so far????

  8. faidhaS says:
    November 27, 2016 at 4:03 pm

    Thihaa masaikathun ves upload kuri kamahtakaaa, Ushaali ah thanks, vv reethi

  9. Saandy says:
    November 27, 2016 at 4:19 pm

    ވަރަށް ސަޅި… ފައިނަލީ އަލްޔާ ލޫކްއާއި ގުޅޭ ވަގުތު ވަރަށް ކައިރިވެއްޖެހެން ހީވަނީ… 22ވަނަ ބައި އަވަސްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

  10. mai says:
    November 27, 2016 at 6:49 pm

    Nice

  11. Navya says:
    November 27, 2016 at 7:27 pm

    Vvv vvvvv rreeeethi❤❤❤❤

  12. axu says:
    November 27, 2016 at 7:30 pm

    eba ragalhu vey… look ah lai libey vaguthu v kaari vejje hen hyvaniii.. v v v v nice stry.. waiting 4 next part

  13. Kiyunteriyaa says:
    November 27, 2016 at 7:36 pm

    Vvvv reeeti next part avaha up kohladeyti pls.pls ushaalee

  14. Thaany says:
    November 27, 2016 at 7:47 pm

    V reethi dhigu inthizaaruge nimun v furihama waahaka hama supeb..

  15. laii says:
    November 27, 2016 at 8:56 pm

    Haadha reehchey mi part vx…thanx ushaa

  16. xaf says:
    November 27, 2016 at 9:01 pm

    wow… haadha salhieh mi baivex…

  17. Fathun says:
    November 27, 2016 at 11:16 pm

    abadh vx salhi mi vaahaka bt mihaar adhi maa salhi, habeyx, waitin

  18. Aish says:
    November 27, 2016 at 11:37 pm

    Wow haadha reehchey vhk kuriah gendhaaleh…vvv reethi..keep it up..?☺

  19. Emneez says:
    November 27, 2016 at 11:47 pm

    Oh yes eothee saim rangalhu athah alhaafa hehehe dhen avahah look and alyaa gulhuvabala ???
    Heheh alyaa dw mifaharu look ladhun ganavaali lol not bad ?????
    Dhen saim and zee ves gulhuvaa
    Oh mihaaru I might sound selfish dw ??

  20. Booooo says:
    November 27, 2016 at 11:48 pm

    Upload kuraaleh adhives lahee.
    Aharemen kehtherikan kudaee eh noon ingey…Hehehe..
    Haadha inthizaarekey mikurvenee 22 vana bayah.
    Ushaalitha liushaatha ok konme nameh viyas liyunteriyaa… vaahaka thi gendhaa goiy varah kamudhey. Mihaa reethi vaahakaeh liyedheythee THANKS.

  21. BoooooK says:
    November 27, 2016 at 11:50 pm

    Upload kuraaleh adhives lahee.
    Aharemen kehtherikan kudaee eh noon ingey…Hehehe..
    Haadha inthizaarekey mikurvenee 22 vana bayah.
    Ushaalitha liushaatha ok konme nameh viyas liyunteriyaa… vaahaka thi gendhaa goiy varah kamudhey. Mihaa reethi vaahakaeh liyedheythee THANKS.

  22. xenn says:
    November 27, 2016 at 11:53 pm

    Adhi shaim bunefi ennun “kusheh kurevifa vaa nama maaf kuraashey”….nama nama ey kiyaa iru neygey tha kusheh kure vunu kameh…haadha rulhi eh aaadheye a faadah ulhey boys dheke…

  23. Booooot says:
    November 28, 2016 at 12:13 am

    Xenn. Ley mahchah dhaavarah rulhi naanahchey. Hehe vrah majaa vaahakaeh bunantha.
    Kurin ma heekuranee boys kamah lobeega balikashee. Ekamaku mi vaahakathah kiyanfesheema mi engenee girl kudhinkan lobeegaves balikashee. So faharehgaa ley mahcha dhiumugaives balikashee girl kudhinnah vedhaane. Hahahaaaaa…..

    1. xenn says:
      November 28, 2016 at 10:44 am

      Hehehe…evarah vx rulhi gadha vaane dhw a ulhey shaim eh ulhey gothun

  24. mixoo says:
    November 28, 2016 at 7:12 am

    vvvvvvvvv reethi.

  25. Herrr says:
    November 28, 2016 at 7:37 am

    Amaxing. ?. Alhea mi vaahaka up nuvegen neavaa ves nulevea varu vejje. Avahah lai aa luke gulhuva shaim aa divorce vefa.. avahah up kohlachey

  26. nanyyyy says:
    November 28, 2016 at 2:45 pm

    varah varah reethi mi vaahaka. adhi mi part khaassakoh. abadhu belenee mi vaahaka up koffai indheytho. varah varah varah ginain beley. varah bodah shukuriyya.

  27. Mona says:
    November 28, 2016 at 5:59 pm

    Koba story???

  28. Shaff says:
    November 28, 2016 at 8:06 pm

    V v reethi mi bai. Alhey hama roveny kiyaafa. Aneh bai avahah up kohdheh che

  29. Girl says:
    November 29, 2016 at 3:21 pm

    Dhen avahah upload kohladheebala… Kiyaa hithun keh madhuvefa mi innany.. Haadha reethi vaahaka ekey mi.. This is the best story ?❤

  30. Ana says:
    November 29, 2016 at 5:30 pm

    Hi,usha …y the story is late?,alhey ,engytha mi story ah miva loabi engey nama usha ah thi gothah up koh nudhy laheh nukure vunys aaaah…waiting waiting

  31. Noo says:
    November 29, 2016 at 6:36 pm

    Varah reethi mi story please up kohdhyba avahah

  32. Kiyunteriyaa says:
    November 29, 2016 at 7:47 pm

    Ushalee Kobaa ta Aleyyyyy 22vana part pls pls fast

  33. Xaan says:
    November 29, 2016 at 7:54 pm

    Vaahaka kiyaahithun kehmadhuvefa

  34. Girl says:
    November 29, 2016 at 8:51 pm

    Dhen heyo nuvaane.. Avahah upload kohdheebala.. Can’t wait ey.. Please please

  35. Ainth says:
    November 29, 2016 at 10:15 pm

    Kobaa next part kn irakun up vany

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 22←


All Right Reserved!