“އައި އޭމް ބެކް ޑޯލް..” ލަޔާންގެ ދެލޯ ބޮޑުވިއެވެ. އޭނާ އާއި ދިމާއަށް “ޑޯލް” އޭ ކިޔާފަ ގޮވާނީ އެއްމެ މީހެކެވެ. ލަޔާންގެ ހިތް ތެޅިގަތެވެ. ދެލޯ ބޮޑުވިއެވެ. *ޕާރޓް-25* ގޭތެރެއަށް ވަދެގެން އައި ސެހްރިޝް ފެނި އާކިފް ސޯފާއިން ތެދުވިއެވެ. އަދި އޭނާގެ ދެއަތް ހުޅުވާލިއެވެ. އައިސް އެދެއަތުގެ ތެރެއަށް ވަނުމަށް ބުނުމުގެ ގޮތުންނެވެ. ސެހްރިޝްގެ ތުންފަތް މަތީ ފެވުނީ އުފާވެރި ހިނިތުންވުމެކެވެ. ސެހްރިޝް ދުވެފައި އައިސް އާކިފް ގައިގައި އޮޅުލައިގަތެވެ. އާކިފް އޭނާގެ ބާރުގަދަ […]
“މިންހާ އެބަ އޮތް އެޑްމިޓްކޮށްފަ…” ރީމް ބުނެލީ އަމީލާ ދިމާލަށް ބަލަން ހުރެއެވެ. “ބޭބީ އޮތީ.. މިސްކެރިއޭޖް ވެފަ…” ހުއްޓިފައި އިން އަމީލާ ދިމާލަށް ބަލަން ހުރެ އަނެއްކާ ވެސް ރީމް ބުންޏެވެ. ރީމްގެ އަޑުގައި ވަނީ ހިތާމައިގެ އަސަރެވެ. އަމީލު ވަގުތުން ތެދުވެ ހަމަޖެހިލައިން އިށީންދެލިއެވެ. އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރުން އަންގައިދެނީ އެ މޫނުމައްޗަށް ވެރިވި ހާސްކަމެވެ. ********** “އޭނ!…. މިންހާ… ހައްޔަރުން ނެއްޓުނީއޭ؟ ކިހިނެއް…. ކިހިނެއް ތިކަން…. ރީމަށް އެނގުނީ؟” […]
“އަހަރެން މިއީ ރައިޝާއެއް ނޫން. މިއީ އަސްލު ޖޫނާ.” އެ އަޑު އިވުނުހެން ސަމާ ޖޫނާ ގައިގައި ބައްދައިގަތެވެ. “އަހަރެން ހީކުރީ ކަލޭ ހަމަ އަސްލުވެސް މަރުވެ ދިޔައީ ކަމަށް. އަޅެ ތިހެން ހަދާކަށް ނުވާނެއެއްނު.” ސަމާ ޖޫނާއަށް އަޑު އިވޭވަރަށް ބުންޏެވެ. ޖޫނާ ދާރިސް ކިލާހަށް އައުމާ ހަމައަށް އޭނާއަށް ވީގޮތް ޚުލާސާކޮށް ކިޔައިދިނެވެ. “މީގެ ހަ މަސް ކުރިން ބަލި އެނދުގައި އޮވެ އަހަރެން ރާވަމުން ދިޔައީ މަލާމާތްކޮށް އުނދަގޫކުރި އެންމެންނަށް ބަދަލު ހިފުމަށް. […]
ޝައުރާގެ މުޅި ދުނިޔެ އެ ފިނި ކެބިން ތެރޭގައި އެނބުރިގަތް ކަހަލައެވެ. އެއްފަރާތުން އޭނާގެ ފަސް އަހަރުވީ ލޯބި ޒައިދާން، ޝައުރާގެ އާ ގުޅުމުގެ ސަބަބުން ހަސަދަވެރިވެ، ދެރަވަމުން ދަނީއެވެ. އަނެއްފަރާތުން، އޭނާގެ ހިތްހަލާކުވެފައިވާ ވަގުތު، އޭނާއަށް ހިމާޔަތްދީ ހިތްވަރުދިން ދާއިން، އޭނާދެކެ ހަގީގީ ލޯބިވާކަން މި ހާމަކުރީއެވެ. ޝައުރާ އިނީ ދެކަފި މަގެއްގެ މެދުގައި ބާކީވެފައެވެ. 4 ވަނަ ބައި… ދާއިންގެ ކެބިން ތެރެއަށް ވެރިވެފައި އޮތީ ބަރު ހިމޭންކަމެކެވެ. ޝައުރާ އިނީ އޭނާގެ ދެއަތުގައި […]
އާދުވަހަކަށް މަރުޚަބާކީ ޝަދާނާއި މެހެކުގެ ދިރިއުޅުމަށް އާރޯކަމާއި ފާގަތިކަން ދެމުންނެވެ. އާ ޚަޔާތެއްގެ ފޮނި މީރުކަން އެރެއިން އެރެއަށް އިހުސާސުކުރަން ނުލިބުނަސް ޝަދާން ކެތްތެރިކަން އިސްކުރީ މެހެކަށް ވަގުތު ބޭނުންވާނެކަން އިނގޭތިއެވެ. ދެ ޙަޔާތެއްގެ ގުޅުން ވަރުގަދަވާނީ އޭގައި އިތުބާރާއި ޔަޤީންކަން އޮންނަ ކަމަށްވާނަމައެވެ. އިތުބާރަކީ ދިރިއުޅުމުގެ ތަޅުދަނޑިއެވެ. އެހެނަސް ދެ މީހުން ވެސް ބޭނުންވީ ގެއްލުނު އިތުބާރު ހޯދަންށެވެ. އެގޮތުން މެހެކު ވެސް ޝަދާނާއި ހީނަރުވެފައި އޮތް ގުޅުން ވަރުގަދަ ކުރާނެއެވެ. ހަމައެހެންމެ ޝަދާން ވެސް […]
އޭނާގެ ރީތި ކަމަށް ހަސަދަވެރިވެވުނީރު އަހަރެންގެ އަތްފައި ވަނީ ފިނިވެފައެވެ. އަހަރެން ސަލާންކޮއްލަން އޭނާގެ އަތުގައި ހިފާލީ ކުރިއަށް އަންނަން އޮތް ތޫފާނުގެ ހިލަމެއް ނުވާ ހާލުގައެވެ. **************** ފޯރީގައި ކުޅެން ތިބި ކުދިންނަށް ހޭވެރިކަމެއް އައީ ބަނގީގެ މޫރިތި ކަލިމަތަކުންނެވެ. އެހެންކުދިންނެކޭ އެއްފަދައިން އަހަރެން ވެސް މިސްރާާބު ޖެހީ ގެއަށް ދިޔުމަށެވެ. ނަމަވެސް އަހަރެންގެ މަގުސަދެއް އަދި ހާސިލެއް ނުވެއެވެ. އަހަރެންގެ މަގުސަދު ހާސިލް ވާނީ އޭނާއާ ބައްދަލުވެގެންނެވެ.ނަސީބު ވެސް ރަގަނޅީތާއެވެ. މާދުރުނޫން ހިސާބަކުން ޔައިނާ […]
ޖިންނީންނަށް ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ސޫރައެއް ދެއްވާފައެވެ. އެހެންނަމަވެސް އެސޮރުމެންގެ ހަގީގީ ސިފައިގައި އަލުގަނޑުމެންނަށް ނުފެނެއެވެ. ޖިންނީންނަކީ އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަދެ އިންސާނާގެ މުޅި ކޮންޓްރޯލް އެސޮރުމެންގެ ބާރުގެ ދަށަށް ގެންނަން ކުޅަދާނަ ބައެކެވެ. މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ. ހަތަރުވަނަ ބައި އަސްމާ އަށް ހެވުނެވެ. މިއާ ދެއްކި ވާހަކަތަކުން އޭނާ އަށް މާނަ ނެގުނު އެއްޗަކީ […]
*”ކިހާ ރީތި. ދާނެ އިތުރު ތަނެއް ހުރީކީ ނޫން. ބައްޕާ ވިއްޔާ. ހިތުގަ ރަހުމެއް ހުންނާނެއްނު. ރައުފާ މިންނަ ކައިރީ ބުނޭ މިގޭގަ އުޅުނަސް އެހެން މީހުންގެ ކުރިމައްޗަށް ނުނުކުމެ އުޅޭށޭ.” ނަދީމް ބުންޏެވެ.* “މަށައް ނޫޅެން އޭނާއާ އަނގައިން ބުނާކަށް. ރަނާ ގޮސް ބުނެ މިންނަ ކައިރީއެހެން.” ރައުފާ ރުޅި އައިސްފައި ބުންޏެވެ. އެކަކުވެސް އިތުރައް އެކަމަކާ އެއްޗެކޭ ނުބުންޏެވެ. “އިއްޔެ ވަރަށް ބޮޑު އިންޕްރޫވްމެންޓް އެއް ފެނުނު. އެގޮތަށް ވީހާވެސް ޕޮޒިޓިވް ކޮއް ބަހައްޓާ. […]
ހިތުގެ ވިންދު – އެޕިސޯޑް 15: ހޮސްޕިޓަލުގެ ކޮޓަރިތެރެއަށް ވަދެގެން އައި އިރުގެ އަލިކަމާއެކު، އާ ދުވަހަކަށް މަރުޙަބާ ކިއެވެ. ޒައިން ގެ ކޮނޑުގައި އަޅާފައިވާ ބެންޑޭޖާއެކުވެސް އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. އެނދު ކައިރީގައި ހުރި ކަބަޑުމަތީގައި ހުރި ޒައިންގެ އެއްޗެހި ދަބަހަށް އަޅަމުން ދިޔަ ޒައިނަބް ގެ ތުންފަތްމަތީގައި ވަނީ ފަނޑުވުމެއް ނެތް ހިނިތުންވުމެކެވެ. މިއަދަކީ ޒައިން ހޮސްޕިޓަލުން ދޫކޮށްލާ ދުވަހެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ކިޔާނާ އާއި އަމާރު އެވެ. […]