Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-47

Zidu
Zidu Level 210 Stories
September 13, 2026 4 Mins Read
3 Comments

*އެތިން ފިރިހެނުން ގޮސް ވަނީ ކެފޭއަކަށެވެ. މީހުން މަދު ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އެމީހުން އިށީނެވެ.*

“މާޔާ އަށް އެވީ ކިހިނެއް؟” އަދިޔަން ކެތްމަދުވެފައި އަހައިލިއެވެ.

“ކަލޭ ވެސް ހުންނާނީ މާޔާ އާއި ދުރުގަ!” ކުއްލިއަކަށް ރީހާން ތެދުވި އެވެ.

“އޭތް! އޭތް! ހަމަޖެހިބަލަ. ހަމަޖެހިފަ ވީގޮތް ކިޔާބަލަ.” ވިއާމް އިށީނުމަށް އިޝާރާތް ކޮއްލަމުން ބުންޏެވެ.

“ކޮބާ ކިހިނެއް ކަންކަން ދަނީ؟ އަހަރެން ނެތް ދުވަސްކޮޅު ހާދަ ކަންކަން ބަދަލުވެއްޖެހެން ހީވެއޭ.” ޒައިދު މުހާތަބު ކުރީ މަރިޔަމް އާއި އެވެ.

“އައިސަ ހުރި ބަދަލުތައް މިހުރީ ފެންނާކަށްނު.”

“ކުދިންތަށް ވެސް ބޮޑެތިވާ ދޯ؟”

“އާނ. ދެން ބޮޑެތިވެގެން މީހުންނާ ވެސް އިންނަނީނު. މިހާރު މިންހާހެ ކައިވެންޏަށް މިތައްޔާރުވަނީ. ޒައިދު އައީމަ ވަރަށް ވެސް ރަނގަޅު.”

“މިންހާގެ ކައިވެނި. މައިހާ މީހަކާ އިނދެފި. މިންނަ މިހާރު މީހަކާ އިނދެގެން ބަނޑު ވެސް ބޮޑުވެއްޖެ. އެކަމަކު މީގެން ކަމެއް އެކުދިންގެ ބޮޑުބޭބެ އަށް އަންގައިލީކީ ނޫން.”

“ދެން ކަންދިމާވި ގޮތުން…”

“ހައިރާންވެ ކަމަކީ މިންހާ އަދިކިރިޔާ މީހަކާ އިންނަން އުޅެނީ. އެކަމަކު މިންނަ މިހާރު ބަނޑުވެސް ބޮޑުވެފަ ހުރީ. ހަނާ އަށް ވުރެ ދެތިން އަހަރެއް މިންނަ ބޮޑުވާނީ. މީ ކިހިނެއް ވީ ކަމެއް؟” ޒައިދު މަލާމަތުގެ ނަޒަރަކުން ބަލައިލީ ނަދީމް އަށެވެ.

“އެއީ ބޭބެ ވިސްނަންޖެހޭ ކަންކަމެއް ނޫން.” ރައުފާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“ރައުފާ! ބޭބެ އެހާ ގިނަދުވަސް ފަހުން އައީމަ ވެސް ތިގޮތައްތަ ވާހަކަ ދައްކަނީ.” މަރިޔަމް ހިތްހަމަނުޖެގުން ފާޅުކުރިއެވެ.

“މަންމާ. އަހަރެން ހަނދާނެއް ނުނެތެ ބޭބެ ކުރި ކަންތަކެއް.” ރައުފާ ބުންޏެވެ.

“ބަލަ ބޭބެ އަށް ކުށެއް ކުރެވުނީއޭ. އެކަން ދެން ހަނދާން ނައްތައިލާފަ އުފާވެރި އާއިލާ އެއްގެ ގޮތުގަ އުޅެވިދާނެ އެއްނު.” ޒައިދު ސީރިއަސް ވެލަމުން ބުންޏެވެ.

“ކުށެއް ކުރެވުނީކީ ނޫން. ކުއް ކުރީ އަމިއްލަ އަށް ކުށެއްކަން އެނގިހުރެ. އަހަރެންގެ ދަރިންނާ ދުރުގަހުންނާތި. ބޭބެ އެއް ނުޖެހޭނެ މިންނަގެ ކަންކަމާ ވިސްނާކަށް.” މިހެން ބުނެފައި ރައުފާ އެތަނުން ދިޔައެވެ.

ގިނައިރު އެތާ މަޑުނުކޮއް ރިޝްފާ އާއި ހަސަންގެ އިތުރުން ނަދީމް ވެސް އެތަނުން ދިޔައެވެ. މަރިޔަމް އާއި ޒައުދު ތިބީ އެކަންޏެވެ.

“އަޅާނުލާ. ދުވަސްކޮޅަކުން ރުޅިމަޑުވެދާނެ. ހަނާ ވެސް ހަމައަކަށް އެޅިދާނެ.” މަރިޔަމް ބުންޏެވެ.

ރީހާންގެ ވާހަކަ ނިމުނު އިރު އަދިޔަން އިނީ ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފައިލައިގެންނެވެ. މާޔާ ކުރިމަތި ލައިފައި ވަނީ ކޮންފަދަ ބިރުވެރި ކަމަކާ ބާއެވެ. އޭނާ އަށް މާޔާ އާއި މެދު ހަމްދަރުދީ ވެވުނެވެ.

“އަހަރެން ވެސް ހަނދާންވޭ މިންނަ އެއްފަހަރަކު ބުނި އޭނާގެ ބޮޑުބޭބެމެން ވެސް ތިބެއޭ. އެމީހުން ކުރި ކަމަކުން ޖަލަށްލިއޭ. އެކަމަކު ވީ ގޮތެއް ނުބުނެ. އަހަރެން ވެސް އަޅައެއްނުލަން.” ވިއާމް ހަނދާންކުރަމުން ބުންޏެވެ.

“މިންނަ އަށް ރަނގަޅަށް ބަލާތި. ބޭބެ ކޮއްފާނެ ކޮންމެ ކަމެއްވެސް. މިހާރު ދެން މާމަ ވެސް ހުރީ ބޭބެއާއި އެއްކޮޅަށް.” ރީހަން ބުންޏެވެ.

“މާމަ އެކަމަކާ ރުޅިއެއް ނާދޭތަ؟” ވިއާމް އަހައިލި އެވެ.

“އެރޭ މަށެއް ނެތްއެތާކު. އެކަމަކު މައިހާ ބުނި މާމަ އަމިއްލަ އަށް ވެސް ބުންޏޭ އެމީހުން ފުލުހުންނާ ހަވާލުކުރާށޭ. ދެން ނޭނގެ މިވާގޮތެއް.” ރީހާން ބުންޏެވެ.

ކަނުލާ އަޑުއަހަން ހުރެފައި އަދިޔަން ކުއްލިއަކަށް ތެދުވެ ނުކުންނަން ހިނގައިގަތެވެ. ރީހާން އާއި ވިއާމް ގޮވި އެއް ކަމަކު އޭނާ އަޅައެއް ނުލިއެވެ.

މަޑުމަޑުން ދޮރުގައި ޓަކިދީފައި އެތެރެއަށް ވަނީ ހަސަން އެވެ.

“ބައްޕާ. ފަހުން އާދޭ.” މައިހާ ބުންޏެވެ. ބޯޖަހައިލައިފައި ހަސަން ނުކުތެވެ.

މާޔާ އޮތީ އެނދުމަތީ ބަންޑުން އޮށޯވެލައިގެން މޫނު ފޮރުވައިގެންނެވެ. ކައިރީގައި މައިހާ އާއި މިންހާ ތިއްބެވެ.

“މާޔާ…ދެން ތިހެން ނޯވެ އެއްޗެކޭ ކިޔާބަލަ…” މައިހާ ބުނެލިއެވެ.

“ކީކޭތަ ކިޔަންވީ؟” މާޔާ މަޑުމަޑުން ބުންޏެވެ.

“ކޮންމެސް އެއްޗެކޭ. އެޓްލީސްޓް ހިތުގަ އޮތް އެއްޗެއް ބޭރުކޮއްލެވިދާނެއްނު.” މައިހާ މަޑުމައިތިރި ކަމާއި އެކު ބުންޏެވެ.

މާޔާ މަޑުމަޑުން ތެދުވެ އިށީނެވެ. އޭރު އޭނާގެ ދެލޯ ހުރީ ރަތްވެ ދުޅަވެފަ އެވެ.

“އޭގެން އެއްވެސް ފައިދާއެއް ކުރާނެތަ؟ ކޮންމެ މީހަކު ވެސް އެމީހެއް ބުނަން ބޭނުންވާ އެއްޗެއް ބުނެލާފަ ނިންމާލީ. އެހެން މީހަކާ ދޭތެރޭގައެވެ ނުވިސްނާ. އަމިއްލަ ގޭގަ ވެސް ރައްކާތެރިކަމާއެކު އުޅެވޭކަށް ނޯވެ.” މާޔާ އެނދުން ފައިބައިގެން ދޮރާއި ދިމާލަށް ދާންފެށިއެވެ.

“ކޮންތާކަށް ތިދަނީ؟” މިންހާ އަހައިލި އެވެ. މާޔާ ކުއްލި އަކަށް ހުއްޓުނެވެ.

“މީ މަގޭ ކޮޓަރި. ދެމީހުން ވެސް ނުކުމޭ.” މާޔާ އެނބުރި އައިސް އެނދުމަތީގައި އިށީނެވެ. މައިހާ އާއި މިންހާ ބަލަހައްޓައިގެން ހުރީ އެވެ.

“ކީއްވެތަ އަދި ވެސް ތިތިބެނީ. މިބުނީނު ނުކުންނާށޭ.” މާޔާ ގާތައް ރުޅިއައެވެ.

“އޯކޭ އޯކޭ. މިދަނީ. ހަމަޖެހިގެން ބައްޕައާއި ވާހަކަ ދައްކާލާތި.” މައިހާ ބުންޏެވެ.

“ތިއްތާ. ހަނާ ބޭނުމީ ތުއްތަ ކައިރީ އުޅެން.” މައިހާ އަށް މުހާތަބުކޮއް ހަނާ ބުންޏެވެ.

“ހަނާ ބޭނުން ނުވަންޏާ ނުޖެހޭނެ ހަނާ ބައްޕަ އާއި އެއްކޮށް ދާކަށް.” މައިހާ ބުންޏެވެ.

“އެކަމަކު ބައްޕަ ބޭނުންވެއްޖެއްޔާ؟” ހަނާގެ ދެލޮލުގައި ވަނީ ބިރުވެރިކަމެވެ.

“ނޫން. ހަނާ ބޭނުން ނުވަންޏާ ނުގެންދެވޭނެ.” މައިހާ ވިސްނައިދިނެވެ.

“ކޮބާ ކޫއްތަ؟” ހަނާ އަހައިލި އެވެ.

“އެކަނިވެލަން ބޭނުން ވެފަ ހުރީ.” މިންހާ ބުންޏެވެ.

“މިންހާ. އިރުކޮޅަކުން ދައްޗޭ މާޔާ ކައިރި އަށް.” މިހެން ބުނެފައި މައިހާ ނުކުމެގެން ދިޔައެވެ.

“އަރ ޔޫ އޯކޭ؟” މިންނަ ފާޑަކަށް ހުންނަންފެށުމުން މިންހާ އަހައިލި އެވެ.

“ނޭނގެ. ފާޑަކަށް އުނދަގޫ ވެފަ ހުންނަނީ.” ބަނޑުގައި އަތް ޖައްސައިލަމުން މިންނަ ބުންޏެވެ.

“ދޭ ރެސްޓް ކޮއްލަން.” މިންހާ ބުންޏެވެ.

“މިންނަ އޮވެބަލަ ހަނާ ކައިރީގަ.” ހަނާ އާދޭހުގެ ރާގަކަށް ބުންޏެވެ. މިންނަ ދެކޮޅުހެދުމަށް ނެތި އޮށޯވެލި އެވެ.

އެވަގުތު މިންހާގެ ފޯނު ރިންގުވާން ފެށިއެވެ. އަޅައިލުން ކުޑަ ގޮތަކަށް މިންހާ ފޯނު ކަޑައިލި އެވެ. ދެވަނަ ފަހަރަށް ވެސް ރިންގުވާން ފެށި އެވެ. ތިންވަނަ ފަހަރު މިންހާ ފޯނު ނިއްވައިލިއެވެ.

“ނާއިލްބޭބެގެ ކޮންކުށެއް އޮވެގެން ތިހެންތި ކަންތަށް ކުރީ؟” މިންނަ ބުނެލިއެވެ.

“ފަހުން ހަމަޖެހިގެން ވާހަކަ ދައްކާނަން.” މިންހާ ބުންޏެވެ.

“ދެން އެހެން ވެސް ބުނެލީމައެއްނު އެނގޭނީ.” މިންނަ ދެފަރާތަށް ބޯ ހޫރައިލަމުން ބުންޏެވެ. މިންހާ އެއްޗެކޭ ނުބުނެ ނުކުމެގެން ދިޔައީ އެވެ.

“ދޮންތި ދެން ހުރިހާ ރުޅިއެއް ބަލާނީ ނާއިލްބޭބެ އަށް.” މިންހާ ދިއުމުން ހަނާ ބުންޏެވެ.

“ހިމް. އެޓްލީސްޓް ނާއިލްބޭބެ އަންޑަރސްޓޭންޑިންގް.” މިންނަ ބުނެލިއެވެ.

“އާނ. އެކަމަކު ނޭނގޭނެ ވާނުވާ އެއް. ޕުއަރ ނާއިލްބޭބެ.” ފުންނޭވާއެއް ދޫކޮއްލަމުން ހަނާ ބުންޏެވެ.

މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. އަދިޔަން ގެއަށް ވަންއިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ހުއްޓުނީ މާޔާގެ ކޮޓަރި ދޮރުކައިރީގަިއި އެވެ. ޓަކި ދިނުމަށް މަޑުމަޑުން އުފުލައިލި އަތް އޭނާ ތިރިކޮއްލީ މާޔާ އަށް އުނދަގޫ ކުރަން ބޭނުންނުވާތީ އެވެ. ނަމަވެސް އޭނާ އެތަނުން ދުރަކަށް ނުދެއެވެ.

އަދިޔަން ސިއްސައިގެން ދިޔައީ ބަދިގެ ތެރެއިން އެއްޗެއް ވެއްޓި ފަޅައިގެންދިޔަ އަޑަށެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ބަދިގެ އާއި ދިމާލަށް ދިޔައެވެ. އޭރު މިންހާ އުޅުނީ ބިންމައްޗަށް ބުރައިގެން ގޮސްފައިވާ ބިއްލޫރި ކޮޅުތައް ނަގާށެވެ.

“ޔޫ އޯކޭ؟” އަދިޔަން އަހައިލި އެވެ.

“ޔަރ. އަތުން ޖެހިފަ ތަށި ވެއްޓުނީ. އަދިޔަން ކޮންއިރަކު އައީ؟ ކަމެއް ބޭނުންވީތަ؟”

“ނޫން. ދެންމެ އަކު ހަމަ މިއައީ. މިންހާ މިގަޑީ ކީއްކުރަނީ؟”

“މާޔާ އަށް އެއްޗެއް ހަދާދެނީ. މިއަދު ރަނގަޅަށް ނުވެސް ކައި އެހުރީ. ނޭނގެ މިގަޑީގަ ވެސް ކަނެކަމެއް.” މިންހާ އައިސްއަލަމާރި ހުޅުވައިލަމުން ބުންޏެވެ.

“މީ…މާޔާ އޯކޭތަ މިހާރު؟” ދެހިޔާލެއްގައި ހުރެފައި އަދިޔަން އަހައިލި އެވެ.

“ނޯ. އެކަކާ ވެސް އަނގައަކުން ނުބުނެ.” ކަންބޮޑުވެފައި މިންހާ ބުންޏެވެ.

“އަހަރެންނާ ވެސް ވާހަކައެއް ނުދައްކާނެތަ؟” އިރުކޮޅަކު ހުރެފައި އަދިޔަން އަހައިލި އެވެ.

“ނޭނގެ. އަޅެ އަދިޔަން މާޔާ އާއި ވާހަކަ ދެއްކޭތޯ ބަލާލައްޗޭ.”

އެވަގުތު ކާކޮޓަރި މޭޒުމަތީ އޮތް މިންހާގެ ފޯނު ރިންގުވާން ފެށިއެވެ. އަތުގެ އިޝާރާތުން ފޮނު ގެނެސްދިނުމަށް މިންހާ އަދިޔަން ގާތު އެދުނެވެ.

“ބިޓު ސޮރު މިއޮއް ގުޅަނީ.” ސަމާސާ ރާގަކަށް އަދިޔަން ބުންޏެވެ. “މަ މާދަން މާޔާ އާއި ވާހަކަ ދައްކާލާނަން. ދެން ދިޔައީއޭ.”

“މިން. ކޮންތާކުތަ ތިއުޅެނީ؟ ހަދާ ވަރަކަށް ގުޅައިފީމޭ. ކީއްވެތަ ފޯނު ނިއްވާލާފަ އޮތީ؟” މިންހާ ފޯނަށް ޖަވާބު ދިނުމާއި އެކު ނާއިލް ބުންޏެވެ. އޭނާ ހުރީ ހާސްވެ ކަންބޮޑުވެފަ އެވެ.

“ސޮރީ…” މިންހާ އިތުރު އެއްޗެކޭ ނުބުނެއެވެ.

“މިން؟ އަރ ޔޫ އޯކޭ؟” މިންހާގެ އަޑުގައިވީ މޮޅިވެރިކަން ނާއިލް އަށް ފާހަގަވިއެވެ.

“ޔަރ…އައިމް ފައިން.”

“އައި ނޯރ ޔޫ އަރ ނޮޓް. ބުނެބަލަ. ކިހިނެއްވީ؟”

“ނޮޓް ނައު.”

“އޯކޭ. މާދަންރޭ މީޓް ކުރެވޭނެ؟”

“ހިމް. އޯކޭ.” މިންހާ ވަގުތުން އެއްބަސްވި އެވެ.

ޒައިދު އުޅޭކަން ހަނދާންވީ ދެނެވެ. އޭނާގެ ކޮންމެ ފިޔަވަޅެއް ގާތުން ބަލައި އުނދަގޫ ކުރާނެކަން ހަނދާންވި އެވެ. އޭނާ އަށް ގޭތެރެ ވެސް ރައްކާތެރި ނޫންކަން ހަނދާންވިއެވެ.

“ނާއީ. އަހަރެން ބަލައި އަންނައްޗޭ.” މިންހާ އަވަސް އަވަހަށް ބުންޏެވެ.

“އަބަދުވެސް ދަމެއްނު.” ނާއިލް ގާތަށް ކުޑަކޮއް ހިނިއައެވެ.

“މިބުނީ ބައްޕަ ކައިރީ ބުނެފައޭ ދާނީ…” ޒައިދުގެ ވާހަކަ ނާއިލް ކައިރީ ބުނާކަށް މިންހާ ބޭނުމެއް ނޫނެވެ.

“ދެންތިބުނީ އެހެންނޫނީ މިން އަހަރެންނާއި އެކު ބޭރަށް ދަނީ ފިލައިގެންނޭތަ؟” ނާއިލް ސަމާސާ ކޮއްލި އެވެ.

“ނާއީ. ނޮޓް ފަނީ.” މިންހާ ހިތްހަމަނުޖެހިފައި ބުންޏެވެ.

“އޯކޭ. މިން ބޭނުން ގޮތެއް. ކަމެއްވީތަ؟” ނާއިލް ސީރިއަސް ވެލިއެވެ.

“ނޯ. އޯކޭ. ވަރަށް ޓަޔަރޑް. ގުޑް ނައިޓް.” ނާއިލް އަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ މިންހާ އަވަހަށް ފޯނުކަޑައިލި އެވެ.

ކެއްކި ނޫޑުލީސް ކޮޅު ތައްޓަކަށް އަޅައިގެން މިންހާ ދިޔައީ މާޔާގެ ކޮޓަރިއަށެވެ. އޭރު މާޔާ އިނީ ދެކަކޫ މޭގައި ޖައްސައިލައިގެން އެނދުގެ ހެޑްބޯޑު ލެގިލައިގެން ފުން ހިޔާލަކަށް ގެއްލިފަ އެވެ.

“އެއްވެސް ބަހަނާއެއް ނުދައްކާ މިހުސްކުރޭ.” މާޔާ ކައިރީ ގައި އިށީންނަމުން މިންހާ ބުންޏެވެ.

“ދޮންތީ. އެއްޗެއް އަހާލަންތަ؟” އިންގޮތަށް އިނދެ މާޔާ އަހައިލި އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Zidu
Follow Me Written By

Zidu

Level 210 Stories

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 80

Next

މަލަކް

Next
September 13, 2026

މަލަކް

Previews
September 13, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 80

3 Comments!

  1. _MuXo_ _MuXo_ says:
    September 13, 2026 at 8:02 pm

    Oh myyy goodddd 🤭
    My husband mashaa vhk nudheh kee keehvve? 😤
    Anyways.. I love the story
    Like this maama gadu is litterly rage baiting meh 👀
    Anyways when next 💙😘

    1. Zidu Zidu says:
      September 13, 2026 at 10:06 pm

      thank you 🩷
      and my husband ey? 😭

  2. Amu says:
    September 14, 2026 at 4:31 pm

    Hiiiiii after soo long dhww
    anywaysss i love your story sooooo muchh
    BTW haadha habareh vx nuvey ey mhr
    when is next part

Comments are closed.

Next Episodeލޯބި-38←


All Right Reserved!