Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާރާ 2

Yoosuf Level 1
September 11, 2026 3 Mins Read
0 Comments

 މަހުދީ އާރާ އިން ޖޯއްޔާ އަރާ ހަމަވެއްޖެއެވެ. މަހުދީގެ މަޑު މުށިކުލައިގެ މޫނައް ބަލައިގެން އާރާ އަށް ހުރެވުނެވެ. ލޯބީގެ ބިޔަ ރާޅުތައް އެދެމީހުންގެ ހިތްތަކުގަވެސް ބިންވަޅު ނެގިގެންދިޔައެވެ. މަހުދީ އެދުނީ އާރާއާއިއެކު ގޮޑުދޮށައް ދާށެވެ. އާރާ މަހުދީއާއިއެކު ދިއުމައް އެއްބަސްވިއެވެ.

 ހަނދުވަރުގެ އަލިކަން ފެތުރިފައިވާ އެ ހިތްގައިމު މާހައުލިން ހިމުން ރީތި ހުދު ދޮންވެލިގަނޑު މަތިން އެދެމީހުން މަޑުމަޑުން ހިނގާފަ ގޮސް ދޮނެވެލިގަނޑު މަތީ އިށީނެވެ ”ކީއްވެ އަހަރެން ގޮވައިގެން މިތަނަށް އަށްނަން ބޭނުންވީ މިރޭ” އާރާ އަހާލިއެވެ. “މީ ވަރަށް ހިތްފަސޭހަ ތަނެއް ، ފޫހިފިލުވާ ހިތްހަމަ ޖައްސާލަންވެގެން މީ ރަގަނޅު ތަނެއް”މަހުދީ ބުންޏެވެ. “ތީ ތެދެއް” އާރާ ހީލާފައި ބުޏެނެވެ. “އާރާ ހާދަ މަޑުން ތީނީ”” މަހުދީ ބުޏްނެވެ. އަހައްނައް ދައްކާނެ ވާހަކައެއް ނޭނގޭތީ” އާރާ އިސްޖަހާލާފައިބުންޏެވެ.”މައްސަލައެއްނޫން އެއީ” މަހުދީ ބުނެޏެވެ އެ ހަމަހިމޭން މާހައުލުގައި ދެމީހުން ވާހަކަދެއްކުމާއި ހީލުމުގައި ވަގުތު ހޭދަކުރަމުން ގެނދިޔައެވެ. މިހާރު އާރާ އަށް މަހުދީ ވަރަށް ރަގަނޅައް އެނގި ގާތް ގުޅުމެއް އުފެދިއްޖެއެވެ. މަހުދީއަށް އާރާދެކި ލޯބިވެވި ލޯބީގެ  އިހުސާސްތައް ބަންޑުންވާންފަށާފިއެވެ. އާރާ އަށްވެސް މަހުދީ ވަރަށް ކަމުދެއެވެ. ދެމީހުނެ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ.

ދެތިން ދުވަސްފަހެވެ. ވޮލީ މުބާރާތުގެ ފައިނަލް މެޗު ފަށަން ވަގުތު ކުޑަތަން ވެއްޖެއެވެ. ފައިނަލް މެޗުގައި އާރާގެ ޓީމު ކުޅެއެވެ. މިއީ ރަށުގެ އަވަށްތަކުގެ މެދުގައި ކުޅެވޭ ވާދަވެރި މުބާރާތެކެވެ. އެތައް ދުވަހެއްގެ ފަރިތަކުރުންތަކާއި ތަމްރީންތަކައްފަހު ދެ ޓީމު ދަނޑަށް ހާޒިރުވެއްޖެއެވެ. ފައިނަލް މެޗުގައި މިކުޅެނީ އިރު އުތުރު އަވަށާއި ދެކޮޅައް ދެކުނު މެދު އަވަށެވެ. އާރާގެ ޓީމަކީ ދެވުނު މެދު އަވަށެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނައް އައިސްފައެވެ. ދެ ޓީމުގެ ސަޕޯޓަރުންގެ އަޑާއިއެކު މެޗުގެ ފޯރި ވަރަށް ގަދައެވެ.ދަނޑުގައި ހުރި ސިޑިބަރިި ފިތި ބާރުވެ އިތުރަށް މީހުން އަރާނެ ޖާގައެއްވެސް ނެތެވެ. އިދިކޮޅު ޓީމުން މިހާރު 2 ސެޓު ކާމިޔާބު ކޮއްފިއެވެ. ފެންނަފެނުމަށް އާރާގެ ޓީމު ކާމިޔާބެއް ނޫނެނެވެ. ކުޅުންތެރިއްނާއި ކޯޗާއި މަޝްވަރާތަކެއްކުރުމައްފަހު  އަނެއްކާވެސް ކުޅުން ފެށިއްޖެއެވެ. އިތުރު ހިތްވަރަކާއެކު އާރާ އާއި ޓީމުން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް 10 ޕޮއިންޓުގެ ފަރަގަކާއެކު އަދި ވެސް ކާމިޔާބުވާ ގޮތެއް ނުވެެއެވެ. ޓީމު މާޔޫސްވާން ފަށާފިއެވެ. ނަމަވެސް ހިއްވަރު އެލުވާނުލައި އާރާ ކުޅުނީ ޓީމް މޮޅުކޮއްދިނުމަށެވެ. އެ ސެޓުގައި ފަހަތުން އަރައި ކާމިޔާބު ކޮއްފިއެެވެ. ޓީމުގެ އުންމީދު އައިވެއްޖެއެވެ. ވާދަވެރި ކުޅުމުގެ ތެރެއިން އަނެއް 2 ސެޓުން މޮޅުވެ، އާރާގެ ޓީމުން މުބާރާތުގެ ތަށި ނަގައިފިއެވެ. މިއީ އާރާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ޓީމުގެ ކުޅުންތެރިންގެ މޫނުން ފެއްނަނީ ހިނިތުންވުމެވެ. އާރާގެ އާއިލާ އާއި ރައްޓެހިން އޭނާ އަށް ވަރަށް ބޮޑަށް މަރުހަބާ އާއި ތަހުނިޔާ ކިޔެވެ.

ޖަހަމުންދިޔަ ބިޔަ ރާޅުތަކުގެތެރެއިން ބްރީޒް 5 ނަމަކަށްކިޔާ ބޯޓު އައްޑޫ ސިޓީ އިން ފުރައިގެން މިހާރު ހުވަދޫ ކަނޑު ހުރަސްކުަރަނީއެވެ. ހުންގާނާއި ހަވާލުވެގެން ހުރީ ނައިލްއެވެ. “އޭއި ކަލޭ، ގެނޭ ފެން ފުޅިއެއް މަށައް” ބާރު ބަރު އަނޑަކުން ޝިމާލް އަށް އޭނާ ގޮވާލިއެވެ. ޝިމާލް  އޭނާ ބުނި ކަންތައް ކޮއްދިނެވެ. ޝަމްހީދު ބޯޓުގެ އެއްފަރާތުގައި މޫދަށް ބަލަހައްޓައިގެން ހުއްޓެވެ. ބޯޓުގެ މަންޒިލަށް ދެވެން 5 ދުވަސް ނަގާނެއެވެ. ބޯޓު ދަތުރުކުރި މިސްރާބަށް ބަނަ ވިލާ ގަނޑެއް ފާޅުވެއްޖެ އެވެ. އެ ވިލާގަނޑާއިއެކު ބޯ ވިއްސާރާ ވެހެންފަށާފިއެވެ. ވައިގަދަވުމާއިއެކު ގުގުރައި ހޮނު އަޅަން ފަަށާފިއެވެ. ރާޅުގަނޑުގެ އުސްމިން އެތައް ގުނައެއް މަތިވެއްޖެއެވެ. ރޯ މަހެއް ބުޅީގަ  އެޅި މަސްވެރިޔާ ގާތު އޮއްނައިރު ނުތެޅޭ ވަރަށް ބޯޓު ތެޅެނީއެވެ. ބޯޓުގެ ތިބި ފަރާތްތައް ބިރު ގަނެ ހާސްވާން ފަށާފިއެވެ. އިރު އޭގެ ވާޖިބް އަދާކުރުމައްފަހު އޮއްސި، ކަނު އަނދިރިކަން ވެރިވާން ފަށާފިއެވެ.

މިރޭވެސް އާރާ މިސްރާބުޖެހީ މަހުދީއާއިއެކު ގޮނޑުދޮށަށެވެ.މަހުދީ އާރާއަށް ގުޅީއެވެ. އާރާ ހުރީ މިކަމާ ވަރަށް އުފަލުންނެވެ. މަހުދީއާއި އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އާރާގެ ހިތުގަިއިވަނީ މަހުދީގެ ނަން ރަން އަކުރުން ލިޔެވިފައެވެ. މަހުދީގެ ރީތި ސޫރަޔާއި އޭނައިގެ އޯގައިތެރިކަމާއި ހުރެ އާރާއަށް ހުރެވެނީ އިޝްގީ އޮއްވަރެއްގެ ތެރޭގައެވެ. މިރޭވެސް އެދެމީހުން ރޭ ފަދައިން ވާހަކާގައި ތިއްބެވެ. “ވަރަށް ބޮޑަށް މަރުހަބާ އާރާ” މަހުދީ އާރާއަށް ތަށި ލިބުނީމައި މަރުހަބާ ކިޔެވެ.”ޝުކުރިއްޔާ” ހީލުމަށްފަހު އާރާ ބުންޏެވެ. މިރޭ “އެބައިން ވާހަކައެއް ބުނަން” ލަދުންހުރެ މަހުދީ ބުންޏެވެ. “ކޮން ވާހަކައެއް؟” އާރާ ސުވާލުކޮށްލިއެވެ. ވަރަށް ބިރުންހުރެ ބުންޏެވެ.” އަހަރެން އާރާދެކެ ލޯބިވޭ” ލަދުގަނެފާ އިސްޖަހައިގެނެ ހުރެ މަހުދީއަށް ބުނެވުނެވެ. ވާނެ ގޮތެއް ނޭނގޭ ހާލުގައެވެ.”އަސްލުތަ؟”މަހުދީ އަނއެކޭ ބުންޏެވެ. ” އަހަރެންވެސް ލޯބިވޭ މަހުދީދެކެ” އިސްޖަހާލާގެން ހުރެ އާރާ އަށް ބުނެވުނެވެ. އާރާގެ ފަރާތުން އޭނާ އުންމީދުކޮއްގެން ހުރި ގޮތަށް ކަންތައްވުމުން މަހުދީ ހިނިތުންވެލިއެވެ. އާރާވެސް މަހުދީގެ މޫނައް ބަލައިގެންހުރެ ހީލިއެވެ. ދެމީހުން ރައްޓެހިވެ އެކީގައި ދުވަސްތަށް ހޭދަކުރަމުންދިޔައެވެ. އެކަކު އަނެކަކުގެ ފަރާތުނެ ލޯތްބާއި ހިތްހަމަޖެހުން ލިބެމުންދިޔައެވެ.

ރޭގަނޑު މެންދަމުގެ ވަގުތުޖެހެނީއެވެ. ބްރީޒް 5 ބޯޓު އަދި ވެސްވީ ތޫފާނުގެ ތެރޭގައެވެ. ބާރުމިނުގައި ޖެހެމުންދައި ވަޔާއި ރާޅުތަކައް ނިމުމެއް ނާދެއެވެ. ހުންގާނާ ހަވާލުވެހުރީ ޝިމާްލްއެވެ. ޝިމާްލް ކައިރީގައި ހުރީ ޝައްފާނެވެ. އެދެމީހުން ފިޔަވާ ހުރިހާ މީހުން ތިބީ ބޯޓުގެ ކޮޓަރިޔަށް ވަދެ ނިދާފައެވެ. “ހާދަ ހީނުކުރާ ކަހަލަ މޫސުމެއް ދޯ މި ލައްވާލީ. މިވަރަށް ސީރިއަސް އިރު މެޓް  އޮފީސް އެލާޓެއްވެސް ނުނެރޭ”  ޝިމާލް ބުންޏެވެ. ޝައްފާން އާނއެކޭ ބުނިއެވެ. ޝައްފާން ޝިމާލްއާއިއެކު ވާހަކަ ދައްކަން ހުރެފައި ނިދަން ހިނގައްޖެއެވެ. ފަތިސްވަންދެން ހުންގާނާ ހަވާލުވެ ހުރީ ޝިމާލެވެ. ފަތިހު ނައިލް ހޭލައިގެން ހުންގާނާއި ހަވާލުވިއެވެ. ނައިލް އައުމުން ޝިމާލް ނިދަން ވަނެވެ. 

[ ނުނިމޭ ]

 

Share Article

Follow Me Written By

Yoosuf

Level 1

Other Articles

Previous

އާރާ 1

Previews
September 11, 2026

އާރާ 1



All Right Reserved!