ލޯބިން ބުނާތީ 46
“ކަ…އިލް…!” ލިއާއަށް މަޑުމަޑުން ގޮވާލެވުނެވެ. ކައިލް އެއްވެސް އަސަރެއް ނެތި މަޑުމަޑުން ބޯ ޖަހާލުމާއެކު އައިސް ލިއާގެ ގާތަށް ހުއްޓުނެވެ. އެ ހުރިހާ އިރު ލިއާއަށް އޮވެވުނީ ނޭވާ ހިފާއްޓާލައިގެން ކައިލްއަށް ބަލާށެވެ.
“ހައި…” ކަޅި ޖަހާލުމެއް ނެތި ލިއާ ބަލަމުން ދަނިކޮށް އެއްވެސް އަސަރެއް ނެތް ގޮތަކަށް ކައިލް ބުނެލިއެވެ. އެ އަޑުގައިވި އަޅާލުން ކުޑަކަމުން ލިއާގެ ހިތަށް އުނދަގޫވިއެވެ. އޭރު ޝައުރާ ހުރެގެން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައީ ކަމެއް ދިރާސާ ކުރާ ފަދައަކުންނެވެ. މާހައުލުގައިވި ނުތަނަވަސްކަން އޭނާއަށް ފާހަގަވިއެވެ.
“އައި…އައިލް ގިވް ޔޫ ގައިޒް އެ މިނެޓް…” ޝައުރާ އާގަންނަމުން ބުނެލިއެވެ. ކައިލް ލިއާއަށް ބަލަން ހުރެ މަޑުމަޑުން ބޯ ޖަހައިލިއެވެ. އެ ހަރަކާތުންވެސް ޝައުރާގެ ގައިން ހީބިހި ނަގައިގަތެވެ. ހާދަހާ ފިރިހެންވަންތައޭ ޝައުރާގެ ހިތަށް އެރިއެވެ. އޭނާ އަވަހަށް ލިއާއަށް ނަޒަރެއް ދީފައި ގޮސް ވޯޑުން ނިކުތެވެ.
ދުވަސްގަނޑަކަށްފަހު ކައިލްއާއި އެކު އެކަނިވުމާއެކު ލިއާގެ ހިތް ފިނިވިއެވެ. އެ ފިރިހެންވަންތަ ސޫރަ އެހާ ގާތުން ފެނުމާއެކު ބޭނުންނުވިޔަސް ހިތަށް އެނގުންވެލައިފިއެވެ. ނުބަލަން ހުއްޓަސް ލިއާ އަށް ބެލެމުން ދިޔައެވެ. ހަމަ އެވަގުތު އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. މިހާ ނުރައްކާތެރި ދަރަޖައަކަށް ފުރިހަމަ ޒުވާނެއް ދެކެ ލޯބި ނުވެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ ކައިލްގެ މޫނުމަތީގައިވި ސީރިއަސްކަމާއެކުވެސް ލިއާއަށް އެ ލޮލުން ރިހުމެއްގެ އަސަރު ފެނުނެވެ.
“ކީއްވެ ތި އައީ…؟” ލިއާ މަޑުމަޑުން އަހާލިއެވެ.
“އައި ތޯޓް ޔޫ އާސްކްޑް މީ ޓު ކަމް…” ކައިލް ގޮނޑި ކައިރިއަށް ދަމާލުމާއެކު އިށީނެވެ. ލިއާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެވަގުތު ރިހާން ވީ ތަނަކާމެދު ހިތާ ހިތާ ސުވާލުކޮށްލެވުނެވެ. ކައިލްގެ ޖަވާބާއެކު ލިއާގެ އެސްފިޔަތަށް ތިރިކޮށްލެވުނެވެ. ދެން ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. ހަމައެކަނި އިވެމުންދިޔަ އަޑަކީ ސީލިންގުގައި އެނބުރެމުން ދިޔަ ފަންކާގެ އަޑާއި ދުރުދުރުން އިވެމުންދިޔަ ނަރުހުންގެ ވާހަކަ ދެއްކުމުގެ އަޑެވެ. ކައިލްގެ ހަށިގަނޑުން އަރަމުން ދިޔަ ފިރިހެންވަންތަ މީރު ވަހުން ލިއާއަށް ލޯ މަރާލެވުނެވެ. ސިކުނޑިއަށް އަރާމުކަމެއް ލިބިގެން ދިޔަހިނދު ބޮލުގެ ރިހުމަށްވެސް ލުއިވިހެން ހީވިއެވެ. އޭރު ކައިލްވެސް އިނީ ލިއާއަށް ބަލަހައްޓައިގެންނެވެ. ލިއާ ނަޒަރު ވަކިކޮށްލާފައިވާ ވަގުތުގައި ކައިލް ހިތް ފުރެންދެން އެ މޫނަށް ބަލަމުން އެ ދިލަ ހިތަށް ފިނިކަމެއް ގެންނަން މަސައްކަތް ކުރިއެވެ.
“ހައު އާރ ޔޫ ފީލިންގް…؟” ކައިލްގެ ފިރިހެންވަންތަ އަޑު އިވުމުން ލިއާގެ ހަށިގަނޑުގައި ވީހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.
“ބެޓާރ…” ލިއާ މަޑުމަޑުން ޖަވާބު ދިނެވެ. ކައިލް އާއި އެކު އެކަނިވުމުން މީގެ ކުރިން ލިއާއަށް ނުކުރެވޭފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ކައިލް އެތަނުގައި ހުއްޓާ ރިހާން އައިސްފާނެ ކަމަށްޓަކާވެސް ޖެހިލުން ނުވާފަދައެވެ.
“ގުޑް…” ލިއާގެ ޖަވާބު އަޑު އިވުމުން ކައިލް ގޮނޑީގައި ލެނގިލީ ފިރިހެންވަންތަ ގޮތަކަށެވެ. އަނެއްކާވެސް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.
ލިއާއަށް މަޑުމަޑުން ކައިލްއަށް ބަލާލެވުނެވެ. ކައިލްގެ ހަބަރު ކައިރާ ދިނީއްސުރެ މި ވަގުތަށް އޭނާ އިންތިޒާރު ކުރިއެވެ. އޭނާ ކައިލް ގާތު ބުނަން ބޭނުންވިއެވެ. ކައިލް އައިކަން އޭނާއަށް ނޭނގުނީ ކަމެވެ. ކައިލް އެތަނުން ދާން ޖެހުނު ސަބަބު އޮޅުންފިލުވަން ބޭނުންވިއެވެ. ކައިލްގެ ހިތަށް އަނިޔާ ލިބޭފަދަ ކަންތައް ވާކަށް ލިއާ ނޭދެއެވެ.
އިރުކޮޅެއް ވަންދެން ހިމޭނުން އޮވެފައި ލިއާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދައްކަން އުޅޭ ވާހަކައަކަށް ނަފްސު ތައްޔާރުކޮށްލި ފަދައެވެ. ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ވާހަކަ ފަށާނެ ރަނގަޅު ގޮތެއް ނޭނގިގެން އުޅޭ ކަހަލައެވެ.
“ކައިލް އައިކަން ނޭނގުނީ…ވަރަށް ބޮޑަށް ސޮރީ…އަމް… މީ… މާތައް ވަރަށް ރީތި…” އަނގަ އޮޅެމުން ކަހަލަ ގޮތަކަށް ލިއާ ވާހަކަ ދެއްކިއެވެ. ކައިލް އެ އިންގޮތަށް އިނދެ ބުމަ ހިއްލާލިއެވެ.
“ސޯ ޔޫ ގޮޓް ދެމް… ގުޑް…” ކައިލް ފިނި އަޑަކުން ބުނެލިއެވެ. އެ އަޑު ޖެހިފައި ބޭނުން ނުވިޔަސް ލިއާގެ ހިތަށް ތަދުވެއްޖެއެވެ. އޭނާގެ ހަނދާނުގެ މަންޒަރަށް ސިފަވާންފެށީ ކުރީގެ ދުވަސްތަކެވެ. ކައިލްއާއި އެންމެ ފުރަތަމަ އެކުވެރިވީ ދުވަސްތަކުގެ ހަނދާންތައް ސިކުނޑީގައި ފިޔަޖަހާލިއެވެ. ގިނަ ބަޔަކަށް ފެނުން ނާދިރުވެގެންވާ ކައިލްގެ ހާއްސަ މަޖާ ސަމާސާ ވަގުތުކޮޅުތައް ސިފަވުމުން މޭ ފިތިގެން އައެވެ. އޭރުގެ ކައިލް އާއި މިހާރު ކުރިމަތީ އިން ކައިލް ހާސްބައި ތަފާތެވެ. ސީރިއަސް މިޒާޖެއްގައި އިން އިރު ފެންނަލެއް ހިތްހުއްޓޭހާ ފިރިހެންވަންތަ ކަމަށް ދެއްކިޔަސް، އެ ބަދަލުގެ ސަބަބުން ލިއާގެ ހިތަށް ދަތިވަމުން އައެވެ. ހަމައެއާއެކު އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ ކައިލްއަށް އެ އައި ބަދަލުގެ އަސްލަކީ ލިއާ ކަމަށް ވާތީއެވެ.
“ޑޫ ޔޫ ރިމެމްބަރ ދަ ފަރސްޓް ޓައިމް ވީ މެޓް…؟” ކައިލް އެ އިން ގޮތަށް އިނދެފައި ވާހަކަ ދެއްކުމުން ހިޔާލުތަކެއް ތެރޭ ޢަރަގުވަމުން ދިޔަ ލިއާ ދިޔައީ ސިހިގެންނެވެ. އޭނާއަށް މަޑުމަޑުން އެސްފިޔަ ޖަހާލެވުނެވެ. އޭރު ކައިލް އިނީ ބަލަހައްޓައިގެންނެވެ. އިރުކޮޅެއް ވަންދެން ކައިލްއަށް ބަލަން އޮވެފައި ލިއާ އާނއެކޭ ބުނެލިއެވެ. ލިއާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
“ބީޗްގައޭނު…ޔޫ ހިޓް މައި ހެޑް ވިތް ދަ ބޯލް…” ލިއާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. ނަމަވެސް ލިއާގެ އެ ޖަވާބާއެކު އެރޭގެ ފުރަތަމަ ފަހަރަށް ކައިލްގެ މިޒާޖު ބަދަލުވެއްޖެއެވެ. ރިހުން އެކުލެވިގެންވާ ފަނޑު ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ. ކައިލް މަޑުމަޑުން އިސްޖަހާލިއެވެ.
“ނޯ…” ކައިލް ބުނެލިއެވެ. ލިއާގެ އަތްފައި ފިނިވެގެން އައީ ކީއްވެ ކަމެއް ނޭނގެއެވެ. ވަކި ހާއްސަ ރެއެއްގެ މަންޒަރުތައް ލޯ ކުރިމަތިން ސިފަވި ހިނދު ލިއާއަށް ކައިލްއަށް ބަލަން އޮވެވުނެވެ. “ރެސްޓޯރެންޓް ކައިރިން…” ލިއާއަށް އަމިއްލަ ނަފްސާ ވާހަކަ ދައްކާ ގޮތަކަށް މަޑުމަޑުން ބުނެވުނެވެ. ކައިލް ބޯ ޖަހާލިއެވެ.
ލިއާގެ ހިތަށް މީހަކު ފިތާލި ކަހަލަ އިހުސާސެއް ކުރެވުނީ ކައިލް ވާ ލޯބި އިހުސާސްވެފައެވެ. އެރޭގެ އެ ވަގުތުކޮޅު އޭނާ ހަނދާނެއް ނުނެތެއެވެ. ނަމަވެސް އެރޭގެ ވާހަކަ އޭނާ ނުބުނީ ކައިލް ހަނދާން ނުހުންނާނެ ކަމަށް ގަބޫލުކުރެވޭތީއެވެ. އެރޭގައި ދެމީހުން ފުރަތަމަ ފަހަރަށް އެކަކު އަނެކަކަށް ފެނުނެއް ކަމަކު މާ ހާއްސަކަމެއް ހިނގީކީ ނޫނެވެ. ކައިލް ރީތިވެގެން ސުމާ އާއި އަލްޔާ ދެއްކި ވާހަކަތައް މިހާރުވެސް ލިއާ ހަނދާން އެބަހުއްޓެވެ. ނަމަވެސް ކައިލް އެރޭ މަތިން ހަނދާން ހުންނަންވީ ކީއްވެހެއްޔެވެ؟
“ލިއާއާއި ގުޅުން ހުރި އެއްވެސް ކަމެއް އަހަރެން ހަނދާން ނުނެތޭ…” ލިއާގެ ބެލުން ދޭހަވާ ފަދައަކުން ކައިލް ބުނެލިއެވެ. ނޭނގި އޮއްވާ ލިއާ ފެންކަޅިވާގޮތްވިއެވެ. އެތައް މަސްހުނި އިހުސާސަކުން ހިތް ފުރިގެން އައެވެ. ރިހާން ލިއާދެކެ މިހާ ލޯބިވެދާނެ ބާއެވެ.
އެނދުމަތީގައި ދެއަތް ބާއްވާލާ ދެއަތުގެ އިނގިލިތައް ގުޅުވާލަމުން ކައިލް ލިއާއަށް ބަލާލިއެވެ. އެ ހިތުގައި ހިނގަމުންދިޔަ އިހުސާސްތައް ދެނެގަންނަ ފަދައަކުންނެވެ.
ދެޓް ނައިޓް، އަހަންނަށް ލިއާ ފެނުނީ އިރުކޮޅަކަށް…އެއީ އަހަރެން ރާއްޖެ އައިތާ ފަސްވަނައަށް ވީ ދުވަސް…އަހަންނަށްވުރެ ފްރެންޑްސް ގިނަވާނީ އާލިކްގެ…ސޯ އޭނާ އާއި އެކު ކުޅެން ދާ ފަހަރުތަކުގައި މަދުން ނަމަވެސް ބަޔަކާ ފްރެންޑްވީ…އިޝާން އާއި ކްލޯޒްވީވެސް އެ ގޮތަށް…އެރޭ އެއީ އިޝާން ބުނެގެން ކޮފީއަކަށް ދިޔަ ރެޔެއް…ފޯނެއް އައިސްގެން އަހަރެން ނިކުތީ…އޭގެ އިރުކޮޅެއް ފަހުން އައި ސޯ ޔޫ…ޔޫ ވާރ ޖަސްޓް ދެއަރ ފޯރ އެ މޫމެންޓް…” ވާހަކަ ދައްކަމުން ގޮސް ކައިލްގެ އަޑު އިހުނަށްވުރެ މަޑުވިއެވެ. ލިއާ އަޑުއަހަން އޮތީ އެސްފިޔަ ޖަހާލުމެއް ނެތިއެވެ. “ބަޓް އައި ރިމެމްބަރ ޔުއަރ ފޭސް…”
ކައިލްގެ ފަހު ޖުމްލައާއެކު ލިއާގެ ހިތަށް ރިހުމެއް އިހުސާސްވިއެވެ.
“އެރޭ އަހަރެމެންނަށް އެކަކު އަނެކަކު ފެނުނު އިރު އަހަރެމެންނަކީ އެކަކު އަނެކަކު ދަންނަ ބައެއް ނޫން…” ފުން ނޭވާއާއެކު ކައިލް ވާހަކަ ދައްކަން ފެށީ ލިއާގެ ލޮލަށް ބަލަން އިނދެއެވެ. ހީވާ ކަހަލައެވެ. ދެން ލިއާ އާއި މިފަދަ ގޮތަކަށް ވާހަކަ ދައްކާލެވޭނެ ފުރުސަތެއް އޭނާއަކަށް ނުލިބޭނެއެވެ.
“ދެން އަހަންނަށް ލިއާ ފެނުނީ އަނެއް ދުވަހު ބީޗުން…” ކައިލް ވާހަކަ ދައްކަމުން ދަނިކޮށް ލިއާ ފެންކަޅިވެފައި އޮވެވެސް ހިނިތުންވެލިއެވެ. “އައި ރިމެމްބަރ ބީއިން އެންގްރީ…” ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ފަނޑު ހިނިތުންވުމަކާއެކު ލިއާ ބުނެލިއެވެ. ކައިލް ބޯ ޖަހާލިއެވެ. “އައި ނޯ…ދެޓް ވޯޒް ވެން އައި ރިއަލައިޒްޑް ޔޫ ވަރ ދަ ސޭމް ގާލް…”
“ޔޫ ނިއު އިޓް ވޯޒް މީ…؟” ލިއާ ލޯ ބޮޑުކޮށްލިއެވެ.
“އޮފްކޯޒް އައި ޑިޑް…” ކައިލްގެ ޖަވާބު އައިލެއް ފަސޭހަ ކަމުން އިރުކޮޅަކަށް ލިއާއަށް ބުނާނެ އެއްޗެއް ނޭނގިފައި އޮވެވުނެވެ. އެންމެ ފުރަތަމަ ކައިލްއަށް ލިއާ ފެނުނު ރޭގެ ހަނދާން، ކައިލް ހުންނާނެ ކަމަކަށް ލިއާއަށް ކުޑަކޮށްވެސް ހީކުރެވިފައެއް ނެތެވެ. އެރޭ ސައިކަލަށް އަރައިގެން ދިޔައިރު ކައިލްގެ ކިބައިން ފެނުނު އަޅާލުންކުޑަކަން ލިއާ ހަނދާން ހުއްޓެވެ. ވީއިރު ކައިލް އެރޭގެ ހަނދާން ހުންނާނޭ ހީކުރެވޭނީވެސް ކިހިނެއްހެއްޔެވެ؟
“އައި ޑޯންޓް ނޯ ވައި އައި ރިމެމްބަރޑް…” ވާހަކަ ދައްކަމުން ކައިލް މަޑުޖެހިލިއެވެ. “މޭބީ ބިކޯޒް ދެއަރ ވޯޒް ސަމްތިން އެބައުޓް ޔޫ…”
ލިއާއަށް ހިމޭންކަމާއެކު ކައިލްއަށް ބަލަން އޮވެވުނީއެވެ. އެ ދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ހިތްތަކަށް ނުތަނަވަސްކަން ގެނުވާފަދަ ހަމަހިމޭންކަމެއް ނޫނެވެ. އެހެނަސް ދެ ޒުވާނުންވެސް މާޒީގެ އުފާވެރި ވަގުތުތަކުގެ ހަނދާންތަކުގެ ތެރެއަށް ގެނބިގެން ދިއުމުން ވެރިވާފަދަ ހަމަހިމޭންކަމެކެވެ.
“އެދުވަހު އަސްލު އަނެއް ޓީމް ބަޔަކު ބެޓް ކުރީ އެ ޓީމް ޒީރޯ ގަ ބާއްވައިގެން އަހަރެމެން ޓީމް ފަސް ލަނޑަށް ވުރެ ގިނައިން ޖަހައިފިނަމަ އެ ޓީމްގެ ހަރަދުގައި ދަތުރު ދާނެ ކަމަށް…އެވަގުތު އަރާފައި ހުރި ފޯރީގައި އަނެއް ޓީމް ކުއްޖެއް ގޯލް އަށް ބޯޅަ ފޮނުވަން ދިޔަ ގަޑީ ވިސްނާނުލާ ބޯޅަ ބޭރުކޮށްލަންވެގެން ވަރަށް ބާރަށް ޖެހުނީ…އައި ޑިޑިންޓް ސީ ޔޫ ގައިޒް އެގަޑީ…ދެން ފެނުނީ ލިއާ ވެއްޓުނުތަން…އެވަގުތު ވަރަށް ހާސްވި…އައި ނޯ ކިހާ ބާރުމިނެއްގަކަން ބޯޅަ ފޮނުވާލެވުނީ…ވިސްނާނުލާ އަވަހަށް ދުއްވައިގަނެވުނީ ލިއާ ގާތަށް…ތި މޫނު ފެނުމުން އެވަގުތު އެނގިއްޖެ ލިއާއަކީ އެރޭ ފެނުން ގާލްކަން…ސަރޕްރައިޒްވި ބަޓް އައި ވޯޒް ސޯ ވޮރީޑް…އެދުވަހު ވަރަށް ވިސްނުނު…ހިތަށް އެރި ލިއާއަށް އިތުރު ގެއްލުމެއް ނުވާނެ ބާއޭ…” ކައިލް މާޒީގެ ހަނދާންކުރަމުން ދިޔައިރު ލިއާ ހިތްދަތިވެފައިއޮވެ އަޑުއަހަމުން ދިޔައެވެ.
“އަހަރެން ހުރިހާ ކަމެއްވެސް ހަނދާން އެބަހުރި…” ކައިލް ފުން ނަޒަރަކުން ލިއާގެ ލޮލަށް ބަލާލިއެވެ. އެ ނޫކުލައިގެ ލޮލުގެ ތޫނުކަމުން ލިއާގެ ގައިން ހީބިހި ހަލުވާލިއެވެ.
“ދަ ބީޗް… ދަ ސްކޫލް… އެންޑް، ދަ ވޭ ޔޫ ޔޫސްޑް ޓު ލުކް އެޓް މީ ވެން ޔޫ ތޯޓް އައި ވޮޒްންޓް ލުކިން…” ކައިލްގެ ވާހަކައިން ވަގު ހިފުމުން ފާޅުވާފަދަ ކުލަވަރެއް ލިއާގެ މޫނުން ފާޅުވިއެވެ. މިލާފައިވާ މޫނުމައްޗަށް ފަނޑު ރަތްކަމެއް ވެރިވިއެވެ. އެންމެ ކުދި ކުދި ކަންތަކަށް ދާންދެން ކައިލްއަށް ފާހަގަވެ، ހަނދާންހުރުމުން ލިއާއަށް ދޭހަވީ ކައިލްގެ ހިތުން ލިއާއަށް ދެވިފައިވާ މަގާމުގެ ހާއްސަކަމެވެ.
“ފަނީ ހައު މެމޮރީސް ކެން ހާރޓް…” ދުރަށް ނަޒަރު ހުއްޓާލަމުން ކައިލް ބުނެލިއެވެ.
ލިއާގެ ހިތުގައި މީހަކު ވަކި އަޅާލިފަދައެވެ. މަޑު އާހެއް ތުންފަތުން ބޭރުވެގެންދިޔައީ ކަރުނަތައް ކޮންޓްރޯލްކުރަމުންނެވެ. “ކައިލް…” ލިއާއަށް މަޑުމަޑުން ބުނެވުނެވެ.
ކައިލް މަޑުމަޑުން ލިއާއަށް ބަލާލިއެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ނަމަވެސް އެ ހިތް ކުދިކުދިވެފައި ވާވަރު އެ ލޮލުން ހުރީ ހާމަވާށެވެ. އެ ލޮލަށް ބަލަން ހުރެ އަމިއްލަ ހިތް ފިތެމުންދިޔައިރުވެސް ލިއާއަށް ދުރުބަލައެއް ނުލެވުނެވެ.
“ދޯޒް މެމޮރީސް ހާރޓް ނައު…އެހެންވިޔަސް ހަނދާން ނައްތާލާކަށް ބޭނުމެއް ނޫން…ތިއަށްވުރެ ހާއްސަ އަންހެން ކުއްޖެއް ދެން މި ހަޔާތަކަށް ނާންނާނެ…ދޯޒް މެމޮރީސް ވާރ ރިއަލް…ދޭ ވަރ ސަމް އޮފް ދަ ހެޕިއެސްޓް މޫމެންޓްސް އައި އެވަރ ހެޑް…” ކައިލްގެ އަޑު ޖެހިފައި ލިއާގެ ހިތް ގެނބިގެން ދިޔަހެން ހީވިއެވެ. ކައިލް އެހާ ލޯބި ނުވިނަމައެވެ.
“އޭރާ މިހާރާ ވަރަށް ތަފާތު…” ކައިލް ދުރަށް ނަޒަރު ހުއްޓާލިއެވެ.
“ކައިލް…” ލިއާ ވާހަކަ ދައްކަން އުޅުނެވެ. އެ އަޑު ނިކުތީ ކުރެހިގެންނެވެ.
“ޔޫ ޑޯންޓް ހެވް ޓު ސޭ އެނީތިންގް…” ކައިލް ލިއާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ބުނެލިއެވެ.
“އެކަމަކު…”
“އައި ނޯ އެވްރިތިންގް ލިއާ…” ލޮލަށް ކަރުނަ ޖަމާވިޔަނުދީ ހިފަހައްޓަމުން ކައިލް ފިނި އަޑަކުން ބުނެލިއެވެ. “ލިއާ ރިހާން އާއި މެރީ ކުރަން އެއްބަސްވިކަން އެނގޭ…” ކައިލް ލިއާގެ މޫނަށް ބަލާލިއެވެ. އެ އަޑުގައި ރުޅިވެރިކަމެއް އަދި ހިތާމައެއްވެސް ނުވެއެވެ. އެ ބަސްތައް ނުކުތީ އާދައިގެ ގޮތަކަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިއާގެ ހިތަށް މާ ތަދުވެއްޖެއެވެ. އެ ހިތް ރޯލި އަޑު ކައިލްއަކަށް ނީވޭނެތާއެވެ. ލިއާ އޭނާގެ ނިންމުންތަކާ މެދު އަމިއްލަ ނަފްސާ ޝަކުވާކޮށްލެވުނެވެ. އޭނާ ރިހާން ދެކެ ލޯބިވޭނުންހެއްޔެވެ؟ ނަމަވެސް ސިކުނޑިން ހަނދާން ކޮށްދިނީ ލިއާ އަލުން ރިހާން އާއި ގުޅުމުގެ މަގުސަދެވެ. ނަމަވެސް މިހާރު އެ ނިންމުމާމެދު ސުވާލު އުފެދިއްޖެއެވެ. ކައިލް ދުރުގައި ބަހައްޓަން ރިހާންއާއި ގުޅެވުން މިއީ ހަމަ އެންމެ ރަނގަޅު ނިންމުން ބާއެވެ؟
ކައިލްގެ މިޒާޖުގައިވާ ފިނިކަމުގެ އަސްލު ލިއާއަށް ނަގައިގަނެވިއްޖެއެވެ. އެ ފިނިކަމުގެ އަސްލަކީ ކައިލްގެ އަޅާލުން ކުޑަކަމެއް ނޫނެވެ. އެހެނަސް އެއީ ލިއާއާއި މެދު އިމެއް ނެތްވަރަށް ކައިލްގެ އަޅާލުމާއި އޯގާތެރިކަން ބޮޑުވުމުގެ ސަބަބުން ކައިލް އަޅާލާފައިވާ އަނދުނެކެވެ.
“އައި ނެވަރ ވޯންޓް ޓު ހާރޓް ޔޫ…” އެންމެފަހުން މަޑުމަޑުން ލިއާއަށް ބުނެވިއްޖެއެވެ.
“އައި ނޯ…” ކައިލް ބުނެލިއެވެ.
ދެކެވެމުންދިޔަ ވާހަކައިގެ ސަބަބުން ކައިލްގެ ހިތް ހަލާކުވަމުންދާކަން އެނގިހުރެ ލިއާގެ ހިތް ރޮމުންދިޔައެވެ. ލޮލޮތެރޭ ގިނަވެފައިހުރި ކަރުނަތަށް ބަންޑުންވެދާނެ ކަމަށް ލިއާއަށް އަވަސްއަވަހަށް އެސްފިޔަ ޖަހާލެވުނެވެ. އެހެނަސް އޭނާއަށް ކެހި ދީފައި ލޮލުގެ ހިމަކޮޅުން އެ ކަރުނަތިކި ފައިބައިގެން ގޮސްފިއެވެ.
ކައިލްއަށް ކެތްކުރެވުނީ އެހިސާބަށެވެ. މަޑުމަޑުން ގޮނޑިން ތެދުވެވުމާއެކު ލިއާ އާއި ގާތަށް ފިޔަވަޅު އެޅިއެވެ. ލިއާއަށް ބަލަން ހުރެ މަޑުމަޑުން އެ ކޯތާފަތުގައި ފިރުމާލީ ކަރުނަތިކި ފޮހެލާކަހަލަ ގޮތަކަށެވެ. ކައިލްގެ އެ ލުއި ބީހުމާއެކު ލިއާއަށް ލޯ މަރާލެވުނެވެ. އޭނާއަށް އައިވީ ގުޅާފައި އޮތް އަތުން ކޯތާފަތްމަތީ ވި ކައިލްގެ އަތުގައި ހިފެހެއްޓުނެވެ.
ކައިލް ދުރަށް ޖެހިލި ވަގުތު ވީ ދޮރު ހުޅުވާލާ ރިހާން ވަތް ވަގުތަށެވެ. ލިއާއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. ނަމަވެސް އޭނާ ހައިރާންކުރުވީ ރިހާންގެ ކިބައިން ފެނުނު ހަމަޖެހުމުގެ ކުލަވަރެވެ. ކައިލް ފެނި އެ މޫނުމަތިން ނުލަފާ ހިނިތުންވުމެއް ފާޅުވިއެވެ. އެ ނަޒަރު ކައިލްއިން ނެއްޓި ލިއާއާއި އަމާޒުވީ ވަގުތު ލިއާއަށް ގައިމަތީ އޮތް ބެޑްޝީޓަށް ބާރުކޮށްލެވުނެވެ.
ކައިލްގެ ނަޒަރު ހުއްޓުނީ ދޮރަށެވެ. އެ މޫނުމަތީގެ ކުލަވަރު ބަދަލުވެ އިހު ހުރި އަސަރެއް ނެތް ފިނިކަމާއި އެ ނުރައްކާތެރި ސީރިއަސްކަން އިއާދަވެއްޖެއެވެ. ބަޔާންކުރަން ނޭނގޭ ކުލަވަރެކެވެ. ރިހާންގެ މޫނުމަތީވަނީ އަދިވެސް އެ ނުލަފާ ހިނިތުންވުމެވެ. އެހެންވިޔަސް ކައިލްގެ މޫނުމަތީގެ ކުލަވަރުން އޭނާގެ ހިތަށް ނުތަނަވަސްކަން ގެނުވައިފިއެވެ. އެއްބަސްވާން ބޭނުން ނުވިޔަސް ކައިލްގެ ކިބައިގައި ވަނީ ވަށައިގެންވާ މީހުން ޖެހިލުން ކުރުވާފަދަ ޝަހުސިއްޔަތެކެވެ.
“ލިއާއަށް ވިޒިޓް ކޮށްލީތަ…؟ ރަނގަޅު…ރަނގަޅު…ރައްޓެހިން އެކަކު އަނެކަކަށް ޒިޔާރަތްކުރަން ވާނެ…” އެތެރެއަށް ވަންނަމުން ރިހާން ވާހަކަ ދެއްކިއެވެ. ކައިލްގެ ފަރާތުން އެއްވެސް އަސަރެއް ނުފެނުނެވެ. ލިއާއަށް އޮވެވުނީ ނޭވާ ހިފާއްޓާލައިގެންނެވެ.
“އެހެންވިމާ މިހާރު އަޑުއިވިފަތާ އޮންނާނީ…” ރިހާން ވާހަކަ ދެއްކި އަޑަށް ލިއާ ސިހިގެން ގޮސް ކައިލްއަށް ބަލާލެވުނެވެ. ރިހާންގެ ވާހަކައިގެ މިސްރާބު ދާ ދިމާ ލިއާއަށް ނަގައިގަނެވިއްޖެއެވެ.
“ލިއާގެ އޭލެވެލް ނިމުނުހާ އަވަހަކަށް އަހަރެމެން މިއުޅެނީ ކައިވެނި ކުރަން…” ކައިލް ދެންވެސް އެއްޗެއް ނުބުނުމުން ރިހާން ވާހަކަ ދެއްކިއެވެ. އެ އަޑުގައިވަނީ ކާމިޔާބު ލިބިފައިވާކަމުގެ އަސަރެވެ. ލިއާގެ ހިތް ހީވީ ހުއްޓުނުހެންނެވެ. މޫނުމަތި ހުދުވެގެން އައިކަހަލައެވެ.
ކައިލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވުމުން ރިހާންގެ ހިނިތުންވުން ފޭދެން ފެށިއެވެ. ކައިލްގެ ހިތް ޒަހަމްކުރުމަށް އޭނާ ޖަހާލި މަޅިފަތި ކާމިޔާބު ނުވުމުން ހައިރާންވާގޮތްވިއެވެ. އޭނާ ބޭނުންވީ ކައިލް ރުޅި އައުމަށެވެ. އޭނާ ދެކެ ހަސަދަވެރިވުމަށެވެ. ނަމަވެސް ކައިލް ރިހާނަށް ދިނީ ފިނި ނަޒަރެކެވެ.
“ކޮންގްރެޓްސް…” ކައިލް ބުނެލިއެވެ. ރިހާނަށް އެސްފިޔަ ޖަހާލެވުނެވެ. “ކީކޭ…؟” އެ ބަސް ނިކުތީ ރިހާނަށްވެސް ނޭނގިއެވެ.
“އައި ސެޑް، ކޮންގްރެޓްސް…!”
ރިހާނަށް ކައިލްއަށް ބަލަން ހުރެވުނީއެވެ. މި ވީ އޭނާ ބޭނުންވޮ ގޮތެއް ނޫނެވެ. އެއީ ކައިލްގެ ފަރާތުން އޭނާ ދެކެން ބޭނުންވި ކުލަވަރެއް ނޫނެވެ.
“ހަމަ ބުނާނެ އިތުރު އެހެން އެއްޗެއް ނެތްތަ…؟” ރިހާން އެހިއެވެ.
“ނޯ…!” ކައިލްގެ ރައްދު އައީ ނުހަނު އަވަހަށެވެ. އެ ލޮލުގައިވި ނުރައްކާތެރި ކުލަވަރުން ރިހާންވެސް ޖެހިލުންވިއެވެ. މާހައުލަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ރިހާންގެ ތުންފަތްމަތިން އެ ނުލަފާ ހިނިތުންވުން އެކީ ކަހަލަގޮތަކަށް ގެއްލިއްޖެއެވެ. އޭނާގެ މަގުސަދަކީ ކައިލް ރުޅިއައިސް ހަމައިން ނައްޓައިގެންދާވަރު ކުރުމެވެ. އެހެނަސް އޭނާގެ ބަސްތަކުން ކައިލްއަށް ކުޑަވެސް އަސަރެއް ކުރިހެން ހިއެއްނުވެއެވެ. އެކަމުގެ ސަބަބުން ރިހާންގެ ނަފްސަށް ބަޔާންކުރަން ނޭނގޭ އުނދަގުލެއް ވެއްޖެއެވެ.
ލިއާއަށް ބެލެމުންދިޔައީ ކައިލްއަށެވެ. އޭނާއަށް ކައިލް އެނގެއެވެ. އެ ހަރުކަށިކަމުގެ ފަހަތުގައި އޮވެ އެ ހިތް ޒަހަމްވަމުން ދިޔަ މަންޒަރު ލިއާއަށް ފެނެއެވެ.
ކައިލް ބަލާލީ ލިއާއަށެވެ. އެ ލޮލުގައިވި ނުރައްކާތެރި ހަރުކަށިކަން ބަދަލުވީ އޯގާތެރިކަމަށެވެ. ރިހާން ވަނީއްސުރެ ކައިލްގެ ފަރާތުން އިހުސާސެއް ފާޅުވި ހަމައެކަނި ވަގުތަކީ އެއީއެވެ. ލިއާއަށް ޓަކާ ކައިލްގެ ލޮލުން ފާޅުވި އަސަރުތައް ރިހާންއަށް ފާހަގަވެ ހިތުގައި ބަޔާންކުރަން ނޭނގޭ ހުޅެއް ހިފައިގަތެވެ. ހަމައެއާއެކު ކައިލްގެ ފިރިހެންވަންތަކަމާމެދު އޭނާ ހަސަދަވެރިވިއެވެ. މި ދަރަޖައަށް ނުރައްކާތެރި ރީތި ޒުވާނަކަށް ހިތް ނުކިޔާ ވަކި ލިއާއަށް ހުރެވޭނެހެއްޔެވެ؟
“އައެމް ލީވިން…” ކައިލް މަޑުމަޑުން ބުނެލީ ލިއާއަށް ބަލަން ހުރެއެވެ.
“ކައިލް…” ލިއާގެ ޖުމްލަ ފުރިހަމަވާ ގޮތެއް ނުވިއެވެ. އޭނާއަށް ބަލާލެވުނީ ރިހާނަށެވެ. ރިހާން އެތަނުގައި ހުރުމުން ކައިލް ގާތު ދައްކާނެ ވާހަކައެއް ލިއާއަކަށް ނުވިސްނުނެވެ. ކައިލް ނިކުންނަން ދަމުން ފަހުފަހަރަށް ލިއާއަށް ބަލާލިއެވެ. “ޓޭކް ކެއަރ އޮފް ޔުއަރސެލްފް…ލިއާ…!” ކައިލް އޭނާގެ ނަން ގޮވާލި ގޮތުން ލިއާގެ ހިތް ގެނބިގެންދިޔަހެން ހީވިއެވެ. ލޯ ފެންކަޅިވެ ދިލަނަގައިގެން އައިވަގުތު ލިއާއަށް މަޑުމަޑުން ބޯ ޖަހާލެވުނެވެ. ލިއާއަށް ބަލަން ހުރެ ކައިލްވެސް މަޑުމަޑުން ބޯ ޖަހާލީ ލިއާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ރިހާނަށް ފަހަރަކު މީހެއްގެ މޫނަށް ބެލުނެވެ. ކައިލް ނިކުމެގެން ދިޔައިރުވެސް އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ މޫނުމަތީގައިވި އުނދަގޫވެފައިވާކަމުގެ އަސަރު ލިއާއަށް ފާހަގަވިއެވެ. ރިހާން ބޭނުންވި ކަންތަކެއް ކައިލްގެ ފަރާތުން ފުރިހަމައެއް ނުވިއެވެ. ކައިލް ކުޑަކޮށްވެސް އެކަން ކާމިޔާބުވިޔަ ނުދިނެވެ. ކައިލްއަށްޓަކާ ލިއާއަށް ހިތުގެ ކަނަކުން ފަހުރުވެރިވެވުނެވެ. އެ ނާކާމިޔާބުގެ އަސަރުތައް ހުރީ ރިހާންގެ މޫނުން ފާޅުވާށެވެ. ރިހާން ދަތްތައް ފިއްތާ ބާރުކޮށްލި މަންޒަރު ލިއާއަށް ފެނުނެވެ. ކައިލްގެ ރުޅިއާއި ހަސަދައަށްވުރެ އެ ހަމަޖެހޭ ސީރިއަސް މިޒާޖުން މާ ބޮޑަށް ރިހާނަށް އުނދަގޫ ކުރުވައިފިއެވެ.
ޝައުރާ އައިސް ވޯޑަށް ވަނީ ކައިލް ނިކުމެގެން ދިޔަތަން ފެނުމުންނެވެ. ރިހާން ފެނުމުން ލިއާއަށް ސިއްރު ނަޒަރެއް ދީފައި ޝައުރާ އައިސް ގޮނޑީގައި އިށީނީ ލިއާ ބޯ ޖަހާލުމުންނެވެ.
“ލިއާ…އަހަރެން މިދަނީ ފުރަން…!” ޝައުރާ އައުމުން ބޭނުންހާ ވާހަކައެއް ނުދެއްކޭނެކަން އެނގޭތީ ރިހާން ބުނެލިއެވެ. ލިއާ ހަމައެކަނި ބޯ ޖަހާލީއެވެ. އޭނާ އޮތީ ރިހާން ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ލިއާގެ ފަރާތުން އިތުރު އަސަރެއް ނުފެނުމުން ރިހާން ނިކުމެގެން ދިޔައީ ގުޅާނެ ކަމަށް ބުނެފައެވެ. ލިއާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




mi part ves vrh reethi👍🤍
kail must be very hurt🥺
whn nxt
curious to know what happen nxt
patiently waiting
Thank you so much 🥹❤️🩹 Kyle really is hurting, and there’s still so much ahead for him 🥺 Thank you for patiently waiting for the next part! 💗
Rovijje😭😭😭😭😭 i can feel kyle dhww….
This rihaakuru biay theli. Im gonna kill u… Haadha rulhi ey ara eyy…
Anyways when nxt????
Tc… Lyy💚💙
I can feel how much you hate Rihan 😂 Please don’t kill him though 😭 The next part is coming soon…Thank you for all the love, ly 💗
Ohhh Kyle 😭😭❤️ Your patience is truly something else! 🥹 In Sha Allah, all that patience will bring you the most beautiful and fruitful days. ❤️
And Rehan…grrrrr.. he really think he can do whatever he want to Kyle? 😤 Even though Kyle is hurting, he already knows exactly what he is planning—and he won’t let rehan win so easily. Rehan.. U Just wait and see! 👀
Lia… please, listen to your heart! 🥹 Kyle is the one who truly loves you, with all his heart. Don’t let Rehan’s fake love and lies blind you anymore. 💔 Kyle deserves your love, and deep down, your heart already knows it. 😭❤️