Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ވާނަމަ އިރާދާގާ 3

Nazyha Ebrahim
Nazyha Ebrahim Level 1
September 14, 2026 2 Mins Read
2 Comments

ތިން މަހުގެ ޗުއްޓީ ނިންމާލުމަށްފަހު ރީޝާ މާލެ ދިޔުމުންވެސް ކަންކަން ހިނގައިދިޔައީ އޭނާ އުންމީދުވެސް ނުކުރާހާ އޮމާންކޮށް، ހިތްހަމަޖެހުމާއެކުގައެވެ. މަޝާޢުގެ ވާހަކަ މައިންބަފައިންނާ ޙިއްޞާކުރުމުން، އެ ދެމަފިރިން އެންމެ ފުރަތަމަވެސް ބެލީ ކުއްޖާގެ އަޚްލާޤާއި ދީންވެރިކަމަށެވެ. ދެ ޢާއިލާގެ މެދުގައި ދެކެވުނު ވާހަކަތަކުން، މަޝާޢުގެ ހުރި ސާދާކަމާއި، އޯގާތެރިކަން އަދި ދީނީ ރިވެތި އުޞޫލުތަކަށް ލޯބިކުރާ މިންވަރު އެނގި، ރީޝާގެ މައިންބަފައިން ނުހަނު ލޯތްބާއި އިތުބާރާއެކު އެ ގުޅުމަށް ރުހުން ދިނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އުފާވެރި މާޙައުލެއްގައި، ގާތް ތިމާގެ މީހުންނާއި ރަޙްމަތްތެރިންގެ ޙާޟިރުގައި ދެ ޒުވާނުންގެ ކައިވެނި ކުރެވިގެން ދިޔައެވެ. އެއީ މާ ބޮޑެތި އިސްރާފުތަކެއް ނެތް، ނަމަވެސް ބަލާލަން ނުހަނު ހިތްގައިމު، ކުލަގަދަ އަދި ބަރަކާތްތެރި ޙަފްލާއެކެވެ.

ކައިވެންޏަށްފަހު ރީޝާ އިޚްތިޔާރުކުރީ މާލޭގެ ކާރޫބާރޫ ބޮޑު ދިރިއުޅުން ދޫކޮށް، މަޝާޢުއާއެކު ތިނަދޫގެ ހިތްފަސޭހަ މާޙައުލުގައި އާ ދިރިއުޅުމެއް ފެށުމަށެވެ. މިއީ އޭނާގެ ހަޔާތުގައި ނިންމި އެންމެ ފުރިހަމަ އެއް ނިންމުމެވެ. ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަކަމާއެކު، ރީޝާގެ އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުނެވެ. ގޭގައި އިނދެގެން މުޅި ރާއްޖެއަށާއި ރާއްޖެއިން ބޭރުގެ ކްލަޔަންޓުންނަށް ޚިދުމަތް ދެމުންދިޔައިރު، މަޝާޢު އޭނާގެ ސަރުކާރު ވަޒީފާ ފުރިހަމައަށް އަދާކުރަމުން ދިޔައެވެ. އަދި ހަވީރުގެ ވަގުތުތަކަކީ ރަށުގެ އިޖުތިމާޢީ ކަންކަމުގައްޔާއި، އެހީތެރިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި މަޝާޢު ހޭދަކުރާ ވަގުތުތަކެވެ. ދެމީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ލޯތްބާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް ކުރާ ފުރިހަމަ އިޙްތިރާމުގެ މައްޗަށެވެ. ރީޝާގެ ފަންނީ ހުނަރުން އެމީހުން ދިރިއުޅޭ ކުޑަކުޑަ ގެ ވަނީ ދެލޯ އުފާކޮށްދޭ ފަދަ ހިތްގައިމު، ޒަމާނީ އަދި ހިތްފަސޭހަ ސުވަރުގެއަކަށް ބަދަލުކޮށްލާފައެވެ. މަޝާޢުގެ ފަރާތުން ލިބޭ އަޅާލުމާއި، ކުުލުނުވެރި ހިނިތުންވުމަކީ މާލޭގެ ދިރިއުޅުމުގެ މަތިން ހަނދާންނައްތާލަން ރީޝާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ދުވަސްތައް ހަފްތާތަކަށް، އަދި ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް ކައިވެންޏަށް އަހަރެއްހާ ދުވަސް ވީތަނާ، ރީޝާގެ ޞިއްޙަތަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. ފަތިހު ހޭލާއިރު މޭނުބައިކުރުމާއި، ވަރުބަލިކަން އިޙްސާސްވުން އާންމު ކަމަކަށް ވިއެވެ. ކާހިތްނުވުމާއި، ބައެއް ކަހަލަ ވަސްވަހަށް ނުތަނަވަސްވުން އިތުރުވިއެވެ. އެއްދުވަހަކު ހެނދުނު ސައިބޯން އުޅުމުގެ ތެރޭގައި ރީޝާއަށް އަނބުރައިގަނެގެން ވެއްޓެން އުޅުމުން، މަޝާޢު ވަގުތުން އޭނާ ހިފެހެއްޓިއެވެ. މަޝާޢުގެ މޫނުމަތިން ފެނުނީ އިންތިހާއަށް ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ރީޝާ، މިހާރަކަށް އައިސް މާ ބޮޑަށް ތި ވަރުބަލިވަނީ. ހިނގާބަލަ ހޮސްޕިޓަލަށް ދައްކާލަން ދާން،” މަޝާޢު ކަންބޮޑުވުމާއެކު ބުންޏެވެ.

ރީޝާ ހިނިތުންވެލަމުން މަޝާޢުގެ އަތުގައި ހިފާލިއެވެ. “މާ ބޮޑު ކަމެއް ނޫން ކަންނޭނގެ. ނަމަވެސް މަޝާޢު ބޭނުމިއްޔާ ހިނގާ ދައްކާލަން.”

ދެމަފިރިން އެކުގައި ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރަށް ދެއްކުމުން، ހެއްދި ލޭގެ ޓެސްޓުތަކާއި ކުޑަކަމުދާ ތަކެތީގެ ޓެސްޓުން ލިބުނީ ދެމީހުންގެ ހިތް އުފަލުން ފުރިގެންދިޔަ ޚަބަރެކެވެ. ރީޝާ އިނީ އުންމީދުކުރި ފަދައިން ބަލިވެއެވެ. ނަމަވެސް، ޑޮކްޓަރު އެދުނީ ބަނޑަށް ވީ ދުވަހެއް ޔަޤީންކޮށް، ކުއްޖާގެ ޙާލަތު ބެލުމަށްޓަކައި އަލްޓްރާސައުންޑް ސްކޭނެއް ހެދުމަށެވެ.

ސްކޭން ރޫމަށް ވަދެ، އެނދުގައި އޮށޯވެލައިގެން އޮތްއިރު ރީޝާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. މަޝާޢު ހުރީ ރީޝާގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ޑޮކްޓަރު ސްކޭން ޕްރޯބް ރީޝާގެ ބަނޑުގައި ޖައްސާލުމާއެކު، މޮނީޓަރުން ފެންނަން ފެށި މަންޒަރުން ޑޮކްޓަރުގެ މޫނުމަތިން ފެނުނީ ހައިރާންކަމާއެކު އުފާވެރި ހިނިތުންވުމެކެވެ.

“މާޝާﷲ! މިއޮތީ ވަރަށް ޚާއްޞަ ސަޕްރައިޒެއް،” ޑޮކްޓަރު ބުންޏެވެ.

މަޝާޢު ކެތްމަދުވެފައި އަހާލިއެވެ. “ޑޮކްޓަރ، ކިހިނެއްވީތޯ؟ ހުރިހާ ކަމެއް ރަނގަޅުތަ؟”

ޑޮކްޓަރު މޮނީޓަރަށް އިޝާރާތް ކުރަމުން ދެއްކިއެވެ. “ބައްލަވާ، މިއީ އެއް ހިތުގެ ތެޅުން… އަދި މިއޮތީ ދެވަނަ ހިތުގެ ތެޅުން! މަރުޙަބާ، ތިޔަ ދެމަފިރިންނަށް ލިބެން މިއުޅެނީ އެއްމާބަނޑު ދެކުދިން (ޓްވިންސް)!”

އެ ޖުމްލަ އިވުމާއެކު މަޝާޢުއާއި ރީޝާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެމީހުންގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. މަޝާޢުއަށް ވަގުތުން ﷲ ތަޢާލާއަށް ޙަމްދުކޮށް، ޝުކުރުގެ ސަޖިދައެއް ޖަހާލެވުނެވެ. ރީޝާގެ ލޮލުން ފޭބި ކަރުނަތައް މަޝާޢުގެ އޯގާތެރި އިނގިލިތަކުން ފޮހެލަދިނެވެ.

“އަހަރެމެންގެ ދިރިއުޅުމަށް ދެއްވި ކޮންފަދަ ބޮޑު ރަޙްމަތެއް،” މަޝާޢު މަޑުމައިތިރި އަޑަކުން ބުންޏެވެ.

ހޮސްޕިޓަލުން ނިކުމެގެން ގެއަށް އައި މަގުމަތީގައިވެސް ދެމީހުންގެ ދުލުން ﷲ އަށް ޝުކުރުކުރުން ނުހުއްޓެއެވެ. އުފާވެރި ޚަބަރު ދެ ޢާއިލާއަށް ލިބުމާއެކު، މުޅި ޢާއިލާގައި އުފަލުގެ ރާޅެއް ދުވެލިއެވެ. މައިންބަފައިންގެ ހެޔޮ ދުޢާތަކާއި، ލޯބި އެ ދެމަފިރިންނަށް އޮހެމުން ދިޔައެވެ.

މަޝާޢު ވަގުތުން ގޭތެރޭގެ އިންތިޒާމުތަކަށް ބަދަލު ގެނެސް، ރީޝާއަށް އެއްވެސް ބުރައެއް ނުޖެހޭނޭހެން ހުރިހާ ކަމެއް އަމިއްލައަށް ބަލަހައްޓަން ފެށިއެވެ. ކުދިންގެ ކޮޓަރި ތައްޔާރުކުރުމުގެ މަސައްކަތް ރީޝާގެ ފަރުމާތަކާއެކު ފެށިގެން ދިޔައިރު، އެ ދެ ހިތުގައި ވަނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތްޕުޅާއެކު، އެމީހުންގެ ކުޑަކުޑަ ޢާއިލާ ފުރިހަމަވެ، ލޯބީގެ ގުޅުން އިހުނަށްވުރެ ވަރުގަދަވެގެން ދިޔައީ އުފާވެރި މާދަމާއަކަށް ކުރެވޭ ފޮނި އުންމީދުތަކާ އެކުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nazyha Ebrahim
Follow Me Written By

Nazyha Ebrahim

Level 1

Other Articles

Previous

ލޯބިން ބުނާތީ 46

Next

އެދިހުރި ކަމަކުން ބީވުމުން

Next
September 14, 2026

އެދިހުރި ކަމަކުން ބީވުމުން

Previews
September 14, 2026

ލޯބިން ބުނާތީ 46

2 Comments!

  1. Anonymous says:
    September 14, 2026 at 9:02 am

    When’s next

    1. Nazyha Ebrahim Nazyha Ebrahim says:
      September 14, 2026 at 10:46 am

      Soon….

Comments are closed.

Next Episodeވާނަމަ އިރާދާގާ 4←


All Right Reserved!