Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޒާރާ ސީޒަން 2 (9)

Crystal Level 210 Stories100 Comments
September 13, 2026 8 Mins Read
0 Comments

ކުރީގެ ޢަދަދާއި ގުޅޭ :

ހަމަ އެވަގުތެވެ. ނުދަންނަ ނަންބަރަކުން ޝައިހާއަށް ގުޅާތީ އޭނާ ވިސްނާލުމަށްފަހު ފޯނުނެގިއެވެ.

” އައްސަލާމު ޢަލައިކުމް. ޝައިހާތޯ؟ ” އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ.

” ޝައިހާ ވާހަކަ ދައްކަނީ ” ޝައިހާ އެއަށް ޖަވާބުދިނެވެ.

” މިގުޅާލީ މާލޭ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ފަރާތުން. އަހުމަދު ޒާއިން ނަސީމް ދަންނަންތޯ؟ ” އެފުލުސް މީހާ ސުވާލުކޮށްލިއެވެ.

” ލަަައްބަ. ” ޝައިހާ ޖަވާބުދިނެވެ.

” ޕޮލިސް ސްޓޭޝަނަށް އާދެވިދާނެތޯ އަޅުގަނޑުމެންނާ ބައްދަލުކޮށްލަން. ޒާއިން ނަސީމް ގެއްލިގެން ރިޕޯޓްކޮށްފައިވާތީ މަޢުލޫމާތުކޮޅެއް ނަގަންވެގެން. ” ފުލުސްމީހާ އަހާލިއެވެ.

” ލައްބަ. ” އަނެއްކާވެސް ޝައިހާ ޖަވާބުދިނެވެ.

” އެހެންވީމަ މިއަދުގެ ގަޑިއެއްގައި އާދެވޭނެތޯ؟ ” ފުލުސްމީހާ އިތުރު ސުވާލުކޮށްލިއެވެ.

” ލައްބަ. މިއަދު ހަވީރު އަޅުގަނޑު ދާނަން. ” ދާނެ ގަޑިއަކާއި ދޭތެރޭގައި ވިސްނާލަމުން ޝައިހާ ބުނެލިއެވެ.

*****************

ޕޮލިސް ސްޓޭޝަނަށް ޝައިހާއަށް ދެވުނު ވަގުތުވީ ސާމިރުމެންގެ ގްރޫޕްވެސް އެތަނުގައި ތިބި ވަގުތަކަށެވެ. ޝައިހާ ފެނުމާއެކު އެމީހުންގެ ލޯތައް ޝައިހާއަށް އަމާޒުވިއެވެ. ވީފޫހިން ޝައިހާއަށް ތުންއަނބުރާލެވުނެވެ.

އިނިސްޕެކްޓަރެއް އައިސް ޝައިހާ އިށީންނަންވީ ތަން ދެއްކިއެވެ. އޭރު، ސާމިރުމެންނާ އެހެން އިނިސްޕެކްޓަރަކު ސުވާލުކުރަމުން ދިޔައެވެ.

” އިށީންނަވާ.. ” ސާމިރުމެން ފޮނުވާލުމަށްފަހު ޝައިހާ އެއިނިސްޕެކްޓަރު ގާތަށް ހާޒިރުކުރެވުނެވެ.

” ޝައިހާ ކިހާވަރަކަށް ޒާއިން ދަންނަން؟ ” އިނިސްޕެކްޓަރު ސުވާލުކުރަން ފެށިއެވެ.

” މިހާރު 3 އަހަރުވެދާނެ އޭނައާ އެކު އުޅޭތާ. ” ޝައިހާ އެއަށް ޖަވާބުދިނެވެ.

” ފަހަކަށް އައިސް އެއްވެސް ތަފާތުކަމެއް ފާހަގަކުރެވުންތަ؟ ” އިނިސްޕެކްޓަރ އަހާލިއެވެ.

” އާނ. އޭނަގެ އުޅުމަށާއި ބަސްމަގު ހުންނަގޮތަށް ވަަރަށް ބޮޑު ބަދަލުތަކެއް އައިކަން ފާހަގަވޭ. ” އެސުވާލަށް ޝައިހާ ޖަވާބުދިނެވެ.

އެއިނިސްޕެކްޓަރ އަދިވެސް ޝައިހާއާ އިތުރު ސުވާލުތައް ކުރަމުންގެންދިޔައެވެ.

*******************

އެރޭގެ ގަޑިން 10 ޖެހިވަގުތެވެ.

” ސަރ. މީހަކު ގެއްލިގެން އެބައޮތް ރިޕޯޓްކޮށްފައި. ” އިނިސްޕެކްޓަރ ޝިފާޒު އިނީ ސުހޭލު ގާތުގައެވެ.

” ގެއްލިގެން އުޅެނީ މިފަހަރު ފިރިހެނެއް. އެވެސް މާލެއިން. ” ޝިފާޒު އިތުރަށް ކިޔާދިނެވެ.

” އެހެންތަ؟ ހިނގާބަލަދޯ އަޅެ ޓެސްޓްކޮށްލަން. ދެމީހުން މެޗްވޭތޯ. ” އިނިިސްޕެކްޓަރ ބުނުއްވިއެވެ.

” އޭނާގެ މައުލޫމާތު މިއޮތީ. ” ދޮންކުލައިގެ ފައިލެއް ސުހޭލު އަތަށް ޝިފާޒު ދިނެވެ.

” އަހަރެމެންވާނީ ހަނދާންކޮށް އެމީހާގެ ބްލަޑް ސާމްޕަލްއެއް ހަމަ އެވަގުތު ނަގައިފައި. އިނިސްޕެކްޓަރ ޝާފިޔާއަށް އެވަގުތު އެވަރު ވިސްނުންކަން ނަސީބެއް. އެމީހާގެ ހަށިގަނޑު ހަރުވެ، ހިލައަށް ނުވަނީސް އެސާމްޕަލް ނަގަން. އޭނަގެ ހަށިގަނޑު މިހާރު އޮންނާނެ މޯޗަރީގައި. ދެން އޮތް ކަމަކީ ބްލަޑް ސާމްޕަލްގެ ޓެސްޓްތައް ތިބުނާ މީހަކާ މެޗްވޭތޯ ބެލުން. މެޗްވެއްޖެނަމަ އަހަރެމެންނަށް ލީޑެއް ލިބުނީ. އޯހް. ޒާއިން. ޒޭން ދޯ މިކިޔަނީ. ” ފައިލު ހުޅުވާލާފައި ސުހޭލު ޒޭންގެ މަައުލޫމާތުތައް ކިޔާލިއެވެ.

” މިހާރު މީހުން އެތިބެނީ ބިރުން ހަދާނެގޮތެއް ނުވިސްނިފައި. މިހާރު މާލޭގެ މަގުމައްޗަށްވެސް މީހުން ނިކުމެ އުޅޭލެއް ކިހާމަދު. ކުޑަކުދިންވެސް ބޭރުން ވަރަށް ނުފެނޭ. މިއީ މިހާތަނަށް ދިމާވި އެންމެ ބޮޑު ކޭސް. ” ސުހޭލުގެ ވާހަކަތައް ދިޔައީ ކުރިއަށެވެ.

” ޓެސްޓްތަކުގެ ނަތީޖާ ލިބެން 3 ދުވަސް ނަގާނެ. ޒާއިންގެ ބްލަޑް ޓެސްޓްތަކުގެ މަޢުލޫމާތުތަކާއި މެޑިކަލް ރެކޯޑްސްތައް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ހުންނާނޭ ވާހަކަ ޒާއިންގެ ރައްޓެހިންވަނީ ބުނެފައި. އަދި ކޮންމެވެސް ކްލިނިކެއްގެ ނަންވެސް ބުނި. އާނ. އޭއެމްޑީސީ. އެތާވެސް އުޅޭނެއޯ މެޑިކަލް ރެކޯޑްސްތައް. ” ޝިފާޒު ބުނެލިއެވެ.

” ކޮންމެގޮތެއްވިޔަސް މިކޭސް ރަނގަޅަށް ސޯލްވް ކުރަން އެބަޖެހޭ. އެންމެންނަށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އޭރުން. ” ސުހޭލު ވިސްނަމުން ގެންދިޔައީ އެކަމާއި މެދުގައެވެ.

*****************

” ސިތާ.. ކޮންތާކަށް ގޮއްސަ ތިއައީ؟ ” އެތައް ދުވަހަކަށްފަހު ސިތާރާ ފެނުމުން ޔާސްމީން ހިތްހަމަނުޖެހުނެވެ.

” މިއައީ ހަމަ އިކްލީލްބެއާ އެކު އުޅެލާފައި. ” ސިތާރާ ހަމަޖެހިލިއެވެ.

” މަންމަ ވާހަކައެއް ބުނަންތަ؟ މާގިނައިން އިކްލީލްބެއާއެކު އުޅޭކަށް ދަރިފުޅުގެ ބައްޕަ ހިތްހަމައެއްނުޖެހޭ. ދަރިފުޅަށްވެސް އެނގޭނެ އިކްލީލްބެ ކުރާ ގޯސް ކަންތައްތައް. މަންމަ ބުނަމެއްނު ރަނގަޅު މީހުންނާއެކުއޭ އުޅެންވާނީ. ދަރިފުޅުގެ ކާފަވެސް އައި ދަރިފުޅު ދެކިލަން. ނުފެނުނީމަ ދަރިފުޅުގެ ވާހަކަވެސް އެހި. މަންމަ ބުނިން އިކްލީލްބެއާއެކު ދިޔަ ވާހަކަ. ” ޔާސްމީން އޭނާގެ ދަރިފުޅަށް ބަަލަންހުރެ ބުނެލިއެވެ.

” ކާފަ ކޮބާ؟ ” ސިތާރާ އޭނާގެ ކާފަދެކެ ލޯބިވެއެވެ.

” ގޮއްސި ގެއަށް. ދޭބަލަ ކާފަ ކައިރިއަށް. މާމަވެސް ހުންނާނެއެއްނު. ” ޔާސްމީން ޖަވާބުދިނެވެ.

******************

” ކާފާ. ކާފާ. ” ޔޫސުފްމެންގެ ކުރިމަތިން ހުރި ބަނބުކެޔޮ ގަހަށް އަރައި އިނދެގެން ސިތާރާ ކާފައަށް ގޮވަންފެށިއެވެ.

” ދަރިފުޅާ ކާފަ މިހިރީ.. ” ޔޫސުފް ގެއިން ބޭރަށް ނުކުމެ ގޮވާލިއެވެ.

ސިތާރާއަށް އަބަދުވެސް ހުންނަން ޖެހެނީ ކާފައާ ދުރުގައެވެ. ސިތާރާއަކަށް ކާފައާ ކައިރިއެއް ނުވެވެއެވެ. އަދި ޔޫސުފްއަކަށްވެސް ސިތާރާއަކާ ގާތެއް ނުވެވެއެވެ.

ޔޫސުފްމެން އެބަނބުކެޔޮގަސް ކަނޑާނުލަނީވެސް ސިތާރާއަށްޓަކައެވެ. އެހެންނޫންނަމަ އެގަސް ކަނޑާލާނެތާ ކިތަންމެ ދުވަހެކެވެ. ސިތާރާއާ ބައްދަލުކޮށްލެވެން އޮންނަ ހަމަ އެކަނި ގޮތަކީ އެއެވެ. އެބަނބުކެޔޮގަސް އެތާ ހުރީމައެވެ.

ޔޫސުފްގެ ދެލޮލުން ކަރުނަ ފޭބިއެވެ. ކާފަ ދަރިފުޅަކީ އިސްލާމަކަށްް ނުވާތީ ބައްދަލުކޮށް އުޅެން ޖެހެނީ އެހެންނެވެ.

ޔޫސުފްއަކީ އިސްލާމްދީނަށް ޢަމަލުކުރާ މުސްލިމަކަށްވާތީ އެދެމެދުގައި ވަނީ ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމުގެ ފާރެއް ﷲ ލައްވާފައެވެ. ގާތް ނުވެވެނީ އެހެންވެގެންނެވެ.

މުސްލިމް ނޫން ޖިންނިންނާއި ޔޫސުފް ބައްދަލުކުރާނަމަ އެފާރު އިންނަނީ ލެވިފައެވެ. ޒިލާލްއާ ބައްދަލުކުރާއިރުވެސް އެފާރު ލެވިފައި އިނދެއެވެ. ތަފާތީ ފާރުގެ ބޯމިން އިންނަ މިންވަރެވެ.

ވަރަށް ނުބައި ޖިންނިއެއް ވެއްޖެނަމަ އެފާރު އިންނަނީ ބޯކޮށްލެވިފައެވެ. ތަންކޮޅެއް ރަނގަޅު ޖިންނިއެއްވެއްޖެނަމަ އެފާރު ތުނިވެއެވެ.

ސިތާރާއަކީ އަދި ކުޑަކުއްޖެކެވެ. ޔާސްމީން، ސިތާރާ ގެންގުޅެނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. މީހަކު ނުބައިކަމެއްކުރިއަސް ސިތާރާ އެކަހަލަ އެއްވެސްކަމެއް ނުކުރަން ޔާސްމީން އަބަދުވެސް ނަސޭހަތްދެއެވެ.

” ދަރިފުޅާ. ކާފަ ބުނި ވާހަކަ ހަނދާން އެބަހުރިތަ؟ ” ޔޫސުފް އަހާލިއެވެ.

” ހަނދާން އެބަހުއްޓޭ ކާފާ. އެކަމަކު ކާފަ ވާނެ ސިތާ ބުނާ ކަމެއް ކޮށްދެން. ” ބަނބުކެޔޮ ގަސްމަތީގައި އިނދެ ސިތާރާ ވާހަކަދެއްކިއެވެ.

” އެ ކޮންކަމެއް ދަރިފުޅާ؟ އޭރަށް ދެން ސިތާ އެއްނުކިޔާނެ އިނގޭ. ދަރިފުޅަށް ކިޔާނީ ޢައިޝާ. ” ސިތާރާގެ މޫނަށް ބަލަންހުރެ ޔޫސުފް ޖަވާބުދިނެވެ.

” އަދި ބުނާނަން ކާފަ ގާތުގައި. ހާދަ ރީތި ނަމެކޭ ކާފާ. ކިހިނެއް ހަދަން ޖެހެނީ. ؟ ” ސިތާރާ ސުވާލުކޮށްލިއެވެ.

” ދަރިފުޅު މޫދުން ރީތިކޮށް ފެންވަރާލައިގެން އާދޭ. ކާފަ ހުންނާނަން މިތާ. ” ޔޫސުފް ހުރީ އެކަމަށް ތައްޔާރުވެގެންނެވެ.

ސިތާރާ ވަރަށް އަވަހަށްގޮސް މޫދުން ފެންވަރާލައިގެން އައިސް ބަނބުކެޔޮގަސް ދޮށުގައި ހުއްޓުނެވެ.

” ކިޔާ ދަރިފުޅާ. لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ﷲ . ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ. ” ޔޫސުފް ކިޔައިދިނެވެ. ފަހަތުން ސިތާރާވެސް އެކަލިމަތަކާއި މާނަވެސް ކިޔެވެ.

” ކާފަ ވަރަށް އުފާވެއްޖެ. ދެން މީގެފަހުން ދަރިފުޅުގެ ނަމަކީ ޢައިޝާ. އާދެ އަވަހަށް ދަރިފުޅާ. މިހާރު އާދެވޭނެ. ” އުފާވެރިކަމުގެ ކަރުނަތައް ޔޫސުފްގެ ދެލޮލުން ފައިބަންފެށިއެވެ.

ޢައިޝާ ޔޫސުފްގެ ކައިރީގައި ހުއްޓުނުއިރު ހުރީ ސިފަވެސް ރީތިވެފައެވެ. ” ދަރިފުޅާ ބަލާބަލަ ދަރިފުޅު ރީތިކަން. ދެންވާނެ ނަމާދުކޮށް ޤުރުއާން ކިޔަވާ ހަދަން. ކާފަ ދަސްކޮށްދޭނަން. މިއަދު މާމަވެސް ވަރަށް އުފާވާނެ. އެބަހުރި ދަރިފުޅަށް ވަރަށް މީރުވާނެ އެއްޗެއްވެސް ހޯދާފަ. ” ކާފަ ދަރިފުޅުގެ އަތުގައި ހިފަމުން ޔޫސުފްވަނީ ގޭތެރެއަށެވެ.

” ކާފާ. ކާފަގެ ގެ ހާދަ ރީއްޗޭ. ” ބޭރުން އެގެ ފަންޖިފުޓިއެއްހެން ހުއްޓަސް ގޭގެ އެތެރޭގެ ރީތިކަން ފެެނެފައި އައިޝާ އަޖައިބުވިއެވެ. އެގެ ހީވަނީ ލަގްޒަރީ ތަނެއްހެންނެވެ.

” ދަރިފުޅާ މީ ﷲ ކާފަމެންނަށް ދެއްވި ނިޢުމަތެއް. ރަނގަޅަށް އުޅޭ މީހުންނަށް މިފަދަ ނިޢުމަތްތައް ﷲ ދެއްވަވާނެ. ” އުފާވެރިކަމާއެކު ޔޫސުފް ބުނެލިއެވެ.

” އަހަރެން ހާދަ ރީއްޗޭ. ” އެގޭގެ އެތެރޭގައި ހުރި ލޯގަނޑެއް ކުރިމަތީގައި ހުއްޓެވުމާއެކު  ޢައިޝާއަށް އޭނާގެ ރީތި ސިފަ ފެނުނެވެ. ޢައިޝާގެ ހަށިގަނޑުު ވަރަށް ރީތި ނޫރަކުން ވިދާ ބަބުޅަމުންގެންދިޔައެވެ.

” ދަރިފުޅާ ތިއީ ދަރިފުޅަށް ﷲ ދެއްވި ނިޢުމަތެއް. ދަރިފުޅު ވާނެ ﷲ އަށް ޝުކުރުވެރިވާން. ” ހެވިފައި ހުރެ ޔޫސުފް ވާހަކަދެއްކިއެވެ.

” ދަރިފުޅާ. މިހިރީ އެންމެ މީރު ފިހުނު ރަތްމަހާ، ޕިއްޒާއާ، ބާގަރއާ، ސަބްމެރިން، އަދި ފިހުނު ބަނބުކެޔޮވެސް. މިތަކެތި މިހާރު ދަރިފުޅަށް މީރުވާނެ. ” މާމަ އާމިނަތު އައިސް ޢައިޝާގެ ބޮލުގައި ފިރުމާލިއެވެ.

އެހެެން ފަހަރުތަކަކާ ޚިލާފަށް އެއެއްޗެހި ފެނިގެން ޢައިޝާ ހުރީ ކުޅު ދިޔާވެފައެވެ.

ސިތާރާގެ ގޮތުގައިހުރިއިރު، ކުރިން ކައި އުޅުނީ ކަރުގޮހޮރު ފަދަ އެއްޗިއްސެވެ.

” ދަރިފުޅާ. ބިސްމިﷲ ކިޔާފައި ކާންފަށާތި. ދަރިފުޅު ދެން އުޅޭނީ ކާފަމެންނާއެކު މިގޭގައި. ” އަނގަޔަށް ބަތް ސުވަލެއް ލަމުން ޔޫސުފް ވާހަކަދެއްކިއެވެ.

******************

އިކްލީލް އަދި ޒިލާލްއަކީ ބޮޑު އިފްރީތެއްގެ ދަރިންނެވެ. އިފްރީތުންނަކީ ބޮޑެތި  ބިޔަ ޖިންނީންނެވެ. ނުބައިކަންކަންވެސް ވަރަށް ބޮޑަށް ކުރާ ބައެކެވެ. އެމީހުންގެ މަންމައަކީ އިންޑިޔާގެ ޕަރިސްތާނުގެ ޕަރީޒާދެކެވެ. ނަމަކީ ސޯނަމްއެވެ.

ޒިލާލްގެ މަންމަ ފަރާތު ކާފައާއި މާމަ އަޅުކަންކުރަނީ ބުދަށެވެ. ހިންދޫއިންގެ ކަލާނގެ ތަކަށެވެ.

ޒިލާލްގެ ބައްޕަ ފަރާތު މާމައާއި ކާފަ ކުރަނީ ސިހުރާ ގުޅުންހުރި ބައެއް ކަންތަކެވެ. އެމީހުން ﷲ ދެކެ އެހާ ބިރެއްނުގަނެއެވެ. ﷲ ދެކެ ބިރުގަންނާކަށް ނުވެސް އިނގެއެވެ.

****************

ޒާރާގެ ގާތުގައި އުޅުމަށްފަހު ޢާއިލާ ގާތަށް އައިތަނުން ޢާއިލާ މީހުންނަށް، ޒިލާލް ހިފެހެއްޓުނީ ބައްޕަ މެދުވެރިވެގެންނެވެ.

އެކަން އެމީިހުންނަށް ހާސިލުވީ ޒިލާލްއަށް ވަރަށް ބޮޑަށް ބިރުދައްކައިގެންނެވެ.

ޒިލާލް އަދި އިކްލީލްގެ ބައްޕައަކީ ރޯމަން ދަރިކޮޅުގެ ބާރުގަދަ އިފުރީތެކެވެ. ނަމަކީ ކައިއަސްއެވެ.

ޒިލާލްމެންގެ ޢާޢިލާއަށް ލިބިފައިވާ ބޮޑު ބާރުގެ އަސްލަކީވެސް ކައިއަސްއެވެ. ރޯމަން ދަރިކޮޅުގެ ރަސްމަތިފުށަށް ކައިއަސް ނިސްބަތްވެއެވެ. ކައިއަސްގެ ކާފަ ޓައިޓަސްއަށް ލިބިފައިވާ ބޮޑު ރަސްކަން ވާރުތަވަމުން އައިސް އެންމެފަހުން ލިބުނީ އޭނާއަށެވެ.

ކައިއަސްގެ ޚިދުމަތުގައި ނޯކަރުންނާއި އަޅު ޖިންނީން އަބަދުވެސް މަސައްކަތްކުރަމުން ގެންދެއެވެ. އަދި ގާޑުންގެ ތެރޭގައިވެސް އެތައް ހާހެއްގެ ޖިންނީން އަބަދުވެސް މަސައްކަތްކުރަމުން ގެންދެއެވެ.

*****************

ކައިއަސްމެން ވާހަކަދައްކަނީ ރޯމަން ބަހުންނެވެ. ސޯނަމް ވާހަކަދައްކަނީ އިންޑިޔާގެ ހިންދީ ބަހުންނެވެ.

އެހެެނަސް ކައިއަސްއަށްވެސް ހިންދީ އިނގެއެވެ.

ވާހަކަދައްކާ ބަސް ތަފާތުވެގެން ނޭނގިއްޖެނަމަ، ބުނާ އެއްޗެއް ފަހުމުވުގައި ޖިންނިންނަށް އޮޅުންއަރައެވެ. ނުވަތަ ނޭނގެއެވެ. ކަން ހިނގަނީ އެގޮތަށެވެ.

*****************

ޒިލާލް އަދި އިކްލީލް ލިބުނީ، ކައިއަސް ސޯނަމްއާ ކައިވެނިކޮށްގެން ދިވެހިރާއްޖެ ބަދަލުވީތަނާ ދުވަސްކޮޅެއް ފަހުންނެވެ. ކައިއަސްގެ އެހެން ދަރިންވެސް ތިބެއެވެ. އެކަމަކު އެކުދިންގެ މަންމައަކީ ސޯނަމްއެއް ނޫނެވެ.

އެެެއީ ކައިއަސް ސޯނަމްއާ ކައިވެނި ކުރުމުގެ ކުރީން ޖިންނީންގެ އެކި އަންހެނުންނަށް ލިބިފައިވާ ދަރިންނެވެ.

ޒިލާލް އަދި އިކްލީލްއަށް ނަންދީފައިވަނީ ދިވެހިރާއްޖޭގަައި އުޅޭ ޖިންނީން އެމީހުންގެ ދަރީންނަށް ނަންދީ އުޅޭގޮތް ބަލައިގެންނެވެ. އެހެންކަމުން ދެނަމަކީވެސް ދިވެހި ނަމެކެވެ.

ދިވެހިރާއްޖެ އައިސް، ކައިއަސް އަދި ސޯނަމް ދިވެހި ދަސްކުރިއެވެ.

******************

ސޯނަމް ފެނުނީއްސުރެ ކައިއަސްގެ ހިތް އޮންނަނީ ސޯނަމްއަށް ދެވިފައެވެ. އެހެންވެ ކޮންމެކަަމަކުވެސް ކައިއަސްއާ ސޯނަމްގެ ދަރީން ކައިއަސް އިސްކުރެއެވެ.

ކާފަ ދަރިފުޅު ސިތާރާ، މިހާރު އަސްލު ނަމުންނަމަ ޢައިޝާދެކެވެސް ކައިއަސްވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

******************

އެހެންނަމަވެސް، ޖިންނިންނަކީ ބައެއް ކަންކަން ވަރަށް ފަސޭހައިން ހަނދާންނެތޭ ބައެެކެވެ. ޚާއްސަކޮށް ސިހުރުގައި ބަނދެވިގެން ތިބޭ ޖިންނީންނަށް މިކަން ވަރަށް ބޮޑަށް ދިމާވެއެވެ.

އިންސާނުންނާ ޖިންނިންގެ ވިސްނުމުގައި ތަފާތު ތަކެއް އުޅެއެވެ. އިންސާނުންނަށް މާތްﷲ ބުއްދީގެ ފުރިހަމަ ނިޢުމަތްދެއްވިއެވެ. ވިސްނުމަށެވެ.

ޖިންނިންގެ ވިސްނުމުގައި ވަރަށް ބޮޑު އުނިކަމެއްވެއެވެ. އެެެއީ ބައެއްފަހަރު އެމީހުން އަވަސްއަރުވައިގެންފައި ވިސްނުމެއްނެތި ބަދަލު ހިފައެވެ. އަބަދާއި އަބަދު ކޮންމެކަމަކަށް ބަދަލުހިފުމަކީ ޖިންނީންގެ ހުންނަ ޚާއްސަ ސިފައެކެވެ.

*****************

ކައިއަސްގެ މަންމަ އަދި ބައްޕައަކީ ސިހުރުގައި ބަނދެވިގެންތިބި ބައެއް ނޫނެވެ. އެހެނަސް، ސިހުރު ހަދާ އަދި އުފުލާ ބައެއް ޖިންނީންނަށް އެމީހުން އެހީތެރިވެދެއެވެ. މިސާލަކަށް ބޭނުންވާ ސާމާނެއް ހޯދައިދިނުމުގައެވެ. ނޫނީ އެއްޗެއް ހުރިތަނެއް ބުނެދިނުމުގައެވެ. އެމީހުންނަކީ އެއްވެސް ދީނެއް ޤަބޫލްކުރާ މީހުންނެއް ނޫނެވެ. އެމީހުންނަށް މާތްﷲ ވާކަން ދެނެގަންނަން އަދި ނޭނގެނީއެވެ.

******************

އިކްލީލްގެ ހުންނަނީ ކައިއަސްގެ ގޮތެވެ. ޒިލާލް އަދި އިކްލީލްއަކީވެސް ޢިފްރީތުންނެވެ. އާއިލާއަށްޓަކައި ކޮންމެފަދަ ކަމެއް ކުރާކަށްވެސް ކައިއަސް ފަހެއް ނުޖެހޭނެއެވެ.

އެއާއި ޚިލާފަށް ފަހަކަށް އައިސް ޒިލާލްގެ ހުންނަނީ ސޯނަމްގެ ގޮތެވެ. ސޯނަމްއަކީ ވަރަށް މަޑުމައިތިރި ޕަރީޒާދެކެވެ.

ކަންމިހެން ހުރިކަމުގައިވިއަސް، ކައިއަސްގެ ފަރާތުން އިންސާނީ ނަސްލުގެ މީހަކަށްް ނުވަތަ ޖިންނިއަކަށް ގެއްލުމެއް ނުދީވޭތޯ ކައިއަސް އަބަދުވެސް ބަަލައެވެ.

ސޯނަމްއަށް ކަމުދިޔައީ ކައިއަސްގެ މި ރަނގަޅު އުސޫލެވެ. ކައިއަސްއަކީ ޕަރީއަކަށް ނުވިއަސް އޭނާއާ ކައިވެނިކޮށްގެން ސޯނަމް އުޅެނީ އެހެންވެއެވެ.

އެގޮތުން، ކައިއަސް އަދި ސޯނަމްގެ އާއިލާގެ މީހުންނަކީ އެއްދީނަކަށް ނިސްބަތް ނުވިއަސް ރަނގަޅު އުސޫލުތަކެއްގައި ހިފަހައްޓާ ބައެކެވެ.

******************

އިކްލީލް ގޮސް ޒޭން މަރާލި ޚަބަރު ލިބުމުންވެސް ކައިއަސް ވަރަށް ހިތްހަމަނުޖެހުނެވެ. އެހެނަސް އޭނާގެ އިކްލީލްއަކީ ބައެއްފަހަރު ބަސްނާހާ ދަރިއެެކެވެ.

” އިކްލީލް. ކީއްވެގެން ކުރި ކަމެއްތީ؟ ” ކައިއަސްގެ ދަރުބާރަށް އިކްލީލް ހާޒިރުވުމުން ކައިއަސް ސުވާލުކުރިއެވެ.

” އެެެއީ ސިތާ ކޮއްކޮއަށްޓަކައި ކުރިކަމެއް. ކޮއްކޮ ލޯބިވާ އިންސާނަކު ސަލާމަތްކުރަންވެގެން ކުރިކަމެއް. ” އިކްލީލް ހަމަޖެހިލާފައި ޖަވާބުދިނެވެ.

ދިވެހިރާއްޖެ އައިފަހުން ނޭނގި ނަމަވެސް ކައިއަސްއަށްވަނީ ހެޔޮއަސަރުތަކެއް ކޮށްފައެވެ.

” އިކްލީލްއަށް އިނގެއެއްނު އަހަރެމެން ތިކަހަލަ ކަންތައް ކުރިވަރަކަށް މީހުންމަރާހިތްވާނެކަން. އެހެންވީމާ ދެން ހުއްޓާލާ އިނގޭ. ” ކައިއަސް އިކްލީލްއަށް ބަލަންހުރެ ބުނެލިއެވެ.

” އެނގޭ. މިއީ މިހާރު އަހަރެން މަރާލި ތިންވަނަމީހާ. އެކަމަކު އަހަރެން ވަރަށް ލޯބިވޭ ކޮއްކޮދެކެ. ކޮއްކޮއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން. ” އިކްލީލްގެ ނިންމުން ވަރަށް ސާފެވެ.

އިފްރީތުން އެކަހަލަ ނުބައިކަންތައް ކުރިވަރަކަށް އަމިއްލަ ކޮންޓްރޯލުން ނައްޓައެވެ. އެގޮތަށް ގޮސް މީހާގެ ސިފަ ހުތުރުވެ، ބިރުވެރިވަމުން ދެއެވެ. އަދި ޝައިތާނީ ބާރުތައް ލިބި، އަބަދުއަބަދު ބޮޑެތި ނުބައި ފާފަތައް ކޮށްކޮށް ހުރެއެވެ.

އިކްލީލްގެ ތަޤްދީރުގައި ލިޔެވިފައިވަނީ އެގޮޮތެވެ.

*******************

ޢައިޝާ، ޔޫސުފްމެންނާއި އެކު ކާންއިންދައި ޒިލާލްއަށް އެގެއާއި ހިސާބަށް އާދެވުނެވެ.

” ދަރިފުޅާ. ” ޒިލާލް ގޮވާލިއެވެ.

ޔޫސުފް އެގެއިން ނިކުތްއިރު ޒިލާލް އިނީ ބަނބުކެޔޮ ގަހުގައެވެ.

” އެއީ މިހާރު ޢަޢިޝާ. ” މާތްﷲ ލައްވާފައިވާ ހުރަހަކަށްވާ ފާރެއްގެ ސަބަބުން، ސިތާރާ އިސްލާމްވިކަމެއް ޒިލާލް ނުދެނެހުއްޓެވެ.

” ހަމަ ރަނގަޅަށްތަ؟ ” ޒިލާލް އުފާވިއެވެ.

” އާނ . ދަރިފުޅާ މިހާރު ވަގުތުކުޑަތަންވެއްޖެ. ދެން އިސްލާމްވާން ހިނގާ. ” ޔޫސުފްއަށް ލިބިފައިވާ މުސްލިމް ޖިންނި ބާރުއެހީގައި ޒިލާލްގެ ޢާއިލާގެ މީހުންނަށް ސިތާރާ އިސްލާމްވިކަން ވަރަށް އަވަހަށް އިނގެދާނެކަން ޔޫސުފްއަށް އިނގެއެވެ.

” ލައްބަ ބައްޕާ. ” ޒިލާލްއަށްވެސް އެކަން އެނގޭތީ އެއްބަސްވިއެވެ.

” ދަރިފުޅާ މޫދުން ހިނައި ތޯހިރުވެލައިގެން އާދޭ. ބައްޕަ ބުނެދިނީމެންނު. ” އެހެންބުނެފައި ޔޫސުފް ގޭދޮރުމަތީގައި ކުޑަކޮށް ހިނގާލަ ހިނގާލާ ހުއްޓެވެ.

ޔޫސުފް ﷲއަށް ދުޢާކުރިއެވެ. ޒިލާލްއަށް އެތަނަށް އަލުން ސަލާމަތުން އާދެވޭތޯއެވެ.

މޫދުން ހިނައިގަނެގެން އައިސް ޒިލާލް ބަނބުކެޔޮ ގަސްދޮށަށް ހުއްޓުނެވެ.

ކުރިން ޢައިޝާއަށްވެސް ކިޔައިދިން ޝަހާދަތުގެ ކަލިމަތައް ކިޔައިދީ ހެދުމުން، އެކަލިމަތައް ކިޔައި ޒިލާލް އިސްލާމްވިއެވެ.

” ދަރިފުޅާ ކޮންނަމެއް ދަރިފުޅަށް ކިޔާނީ. ” އުފާވެރިކަމާއެކު ޔޫސުފް އަހައިލިއެވެ.

” ދާއޫދް. ” ޒިލާލް ޖަވާބުދިނެވެ.

” އެހެންވީމާ މިވަގުތުން ފެށިގެން ދަރިފުޅުގެ ނަމަކީ ދާއޫދް. އަވަހަށް އާދޭ އެތެެެރެއަށް ވަންނަން. ” ޔޫސުފް ދާއޫދްއަށް މަރުހަބާކިޔެވެ.

***********************

ޔޫސުފް އަދި ދާއޫދް ދެން އެންމެ ފުރަތަމައަށް ކުރިކަމަކީ ޔޫސުފްގެ ގެއާއި ދާއޫދްގެ ގެ ފިއްތައިލުމެވެ. ލިބިފައިވާ މުސްލިމް ޖިންނި ބާރުގައި، ދެގެ ފިއްތާލާފައި އެއްގޭތެރެއިން އަނެއް ގެއަށް ދެވޭނޭ މަގެއް އެމީހުން ހެދިއެވެ. އެއީވެސް ރައްކާތެރިކަމަށްޓަކައިކުރި ކަމެކެވެ.

އިސްލާމްވުމުން ތަފާތުއާ އިހްސާސްތަކެއް އުފެދި އާބާރުތަކެއް ދާއޫދްއަށް ލިބުނެވެ. ބައްޕަ އަދި ޢާއިލާގެ މީހުން ހީކުރާނެ އެއްޗަކާ ދޭތެރޭ މިހާރު ދާއޫދް ނުވިސްނައެވެ.

******************

ޢައިޝާ އަދި ދާއޫދް އިސްލާމްވިކަން ވަރަށް އަވަހަށް ކައިއަސްގެ ރާޑަރަށް އެރިއެވެ.

މާތްﷲ އެމީހުންނަށް ދެއްވާފައިވާ ރައްކާތެރިކަމުގެ ސަބަބުން، ކައިއަސްއަށް އެކަން އިނގުނީ އެމީހުން އިސްލާމްވިތާ އިރުކޮޅެއްފަހުންނެވެ.

ކައިއަސްއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ކައިއަސް އިން އޭނާގެ ދަރުބާރުގައި އިން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

މިއީ ކުރިން ހިނގިކަމެއްނަމަ، ކައިއަސް ގާތަށް އަންނާނީ ރުޅިއެވެ. ޔާސްމީންއާ ކާވެނި ކުރި ހިސާބުންވެސް މިކަހަލަ ގޮތެއްވެދާނެކަން ކައިއަސް ދެނެހުއްޓެވެ. ކައިއަސް ހީކޮށްގެން ހުރީ އެކަން އޭނާއަށް ހުއްޓުވޭނެކަމުގައެވެ.

*******************

” ވިލްދާން.. ” މަދަރްސާއިން އަންނަނިކޮށް ނައުފަލްގެ ސިފައިގައި ހުރެ އިކްލީލް ވިލްދާންއާ ބައްދަލުކުރިއެވެ.

” ހިނގާ އަހަންނާއެކު ސިތާރާ ގާތަށް ދާން. ކުޅެލަން ” އިކްލީލްގެ މަގްސަދު އޭނާ ހާމަކޮށްލިއެވެ.

ސިތާރާ އިސްލާމްވިކަމެއް އަދި އިކްލީލްގެ ރާޑަރަކަށް ނާރައެވެ. މާތްﷲ އަދި އެކަން އިކްލީލްއަށް އެނގޭކަށް މެދުވެރިއެއް ނުކުރައްވައެވެ.

އެހެންނަމަވެސް އޭނާ އުޅެނީ ކޮއްކޮ މިހާރު ނާންނާތީ ފޫހިވެގެންނެވެ.

” ހިނގާ. ” ސިތާރާގެ ބޭބެއަށްވާތީ ނައުފަލްއަށް އިތުބާރުކުރަމުން ވިލްދާން ބުނެލިއެވެ.

މީހުންނާ ދުރު ހިސާބު، ވެސްޓް ޕާކް ކައިރިއަށް ނައުފަލް، ވިލްދާން ގެންދިޔައެވެ. އެއަށްފަހު ނައުފަލްއަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމުން، ވިލްދާންގެ ދެލޯމެރެމުންދިޔައެވެ.

ވިލްދާން ވެއްޓެމުންދިޔަ ވަގުތު އަވަހަށް ނައުފަލްގެ އަތްދަނޑި މައްޗަށް ވިލްދާން ނެގިއެވެ. އެއަށްފަހު އިކްލީލްގެ ސޫރައަށް ބަދަލުވެ، ވިލްދާން ގޮވައިގެން އުދުއްސައިގަތެވެ.

*********************

” ސިތާ.. ” ޔޫސުފްމެންގެ ގާތުގައި ހުރި ބަނބުކެޔޮގަސް ގާތުގައި ހުރެގެން އިކްލީލް ސިތާއަށް ގޮވިއެވެ. އޭރުވެސް އޭނާގެ އަތްދަނޑިމަތީ ވިލްދާން ލޯމެރެފައި އޮތެވެ.

އިކްލީލް އުޅެނީ ދާއޫދް އަދި ޔޫސުފްމެންގެ ގެ ގެއްލިގެންނެވެ. އެެދެގެ އެތާ ހުރިނަމަވެސް އިކްލީލްއަށް ނުފެންނަނީއެވެ.

އިކްލީލް ގޮވާ އަޑެއް އެއްވެސް މީހަކަށް ނީވެއެވެ. އެެއީ ﷲ ލައްވާފައިވާ ފާރުގެ ބޯކަމެވެ.

މީހެއްގެ ހިލަމެއް ނުވުމުން ބަނބުކެޔޮ ގަސްދޮށުގައި ވިލްދާން ބާއްވާފައި އިކްލީލް އުދުއްސައިގަތެވެ.

**********************

ވިލްދާންއަށް ހޭލެވިފައި ބަލާލިއިރު އޭނާއަށް އޮވެވުނީ ބޮޑު ބަނބުކެޔޮގަހެއް ދޮށުގައެވެ. ފަރާތްފަރާތަށް ބަލާލުމުން އެތާ ކުރިމަތިން ހުރި ރީތިވަރެއްގެ ގެއެއް ފެނުނެވެ. ބަނބުކެޔޮގަސް ފެނިފައި އޭނާގަތީ އަމަށަކު ބިރެއް ނޫނެވެ.

ބަނބުކެޔޮގަހުގެ ކޯޅިތައް އޮތީ އޭނާއާއި ދިމާއަށް ލެނބިފައެވެ. ބަލާލުމުން ހީވަނީ ދިރޭ އެއްޗެހި ތަކެއް ހެންނެވެ.

އެހެންވެ އޭނާ އެގެއާއި ދިމާއަށް ދުއްވައިގަތެވެ.

” ޓައް ޓައް ޓައް. ” ގޭގެ ދޮރާށީގައި ވިލްދާން ޓަކި ޖެހިއެވެ.

އެތެރެއިން ޔޫސުފް ގޮސް ދޮރުހުޅުވާލިއެވެ.

” ކޮއްކޯ. ” އިންސާނީ ނަސްލުގެ ކުއްޖެއްކަން ޔޫސުފް ދެނެގަތެވެ.

” އަހަރެން މިގެއަށް ވައްދާ .. ” ވިލްދާން ހުރީ ހާސްވެފައެވެ.

” ކޮއްކޮ ވަދޭ.. ” ޔޫސުފް ވިލްދާންގެ އަތުގައި ހިފައިގެން އެތެރެއަށް ގެންދިޔައެވެ.

******************

” ވިލްދާން ” ގޭގެ ލަގްޒަރީ ސޯފާއެއްގައި އިން ޢައިޝާއަށް ވިލްދާން ފެނުނެވެ.

” ސިތާއޭ މީ. މިހާރު ކިޔަނީ ޢައިޝާ. ” ޢައިޝާ އިނީ ހަމަޖެހިލާފައެވެ.

” ކީކޭ؟ ” ވިލްދާންއަކަށް ޤަބޫލެއްނުކުރެވުނެވެ.

” އާދެބަލަ ކޮއްކޯ މިތާ އިށީންނަން ” ޔޫސުފް ސޯފާއެއް ދައްކާފައި ވިލްދާންގާތު އިށީންނަން ބުންޏެވެ.

” ކޮއްކޯ. އަޑުއަހާ އަހަރެމެންނަކީ ޖިންނިންގެ ބައެއް. ކޮއްކޮ އެކަމަކު ބިރުނުގަނޭ. ކޮއްކޮއަށް ކަމެއް ނުކުރާނެ މިގޭ އެއްވެސް މީހަކު ” ޔޫސުފް ވާހަކަފެއްޓިއެވެ.

” ޖި.. ޖި.. ޖިންނިން؟ ” ވިލްދާން ބިރުން ތުރުތުރު އަޅަންފެށިއެވެ. ޢައިޝާއަށް ކަޅިއެއް އެއްލިއެވެ.

” ތީ ކޮންކުއްޖެއްތަ؟ ” ޔޫސުފް ސުވާލުކޮށްލިއެވެ.

” ތީ ޒާރާގެ ދަރިފުޅު. ” އެވަގުތު އެތަނަށް އާދެވުނު ދާއޫދް ބުނެލިއެވެ.

” ޒާރާގެ ދަރިފުޅޭ؟ މިއީ؟ ” ޢައިޝާ އަކަށް އެކަމެއް ނޭނގެއެވެ.

” މަ..މަންމަ އިނގޭ؟ ” ބިރުން އިނދެ ވިލްދާން ސުވާލުކޮށްލިއެވެ.

ވިލްދާންއަށް އެމީހުން ފެންނަނީ ހުދުހެދުމެއް ލައިގެން ތިއްބާ ރިވެތި އިންސާނީ ސޫރައިގައެވެ. ޢައިޝާވެސް އިނީ ހުދު ހެދުމެއްގައެވެ.

ދާއޫދް ގޮސް ވިލްދާންގެ ބުރަކަށިމަތީގައި ފިރުމާލިއެވެ.

” ބިރުނުގަނޭ މިއީ މުސްލިމް ޖިންނިން. މިގެއަކަށް ގޯސް ޖިންނިންނަކަށް ނުވަދެވޭނެ. ” ދާއޫދް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

ޢައިޝާ ގޮސް ވިލްދާންގެ ގައިގައި ބައްދާލިއެވެ. އެހެން ހެދުމުން ވިލްދާންގެ ދެލޯބޮޑުވިއެވެ.

ވިލްދާންގެ ހާޒިރުގައި އެމީހުން އެކަކު އަނެކަކަށް ވާހަކަފެށިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ވާނަމަ އިރާދާގާ 1

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 80

Next
September 13, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 80

Previews
September 13, 2026

ވާނަމަ އިރާދާގާ 1



All Right Reserved!