” ޒުލްވެސް މިގޮތަށް ބަލައްޗޭ އިނގޭ.. އޭރުން އަނެއްހެން މައްސަލައެއް ޖެހުނަސް ބޮޑު ގެއްލުމެއް ނުލިބޭނެ .. ” މާހާ އެހެން ބުނެލީ ޒުލްފާއަށްވެސް ދެރަގޮތެއްވާން ނޭނދޭތީއެވެ. ” އެހެންވީމަ ދެން އެވާހަކައެއް ނުދައްކާނަން.. އެނގޭތަ.. ކުރީދުވަހު އޭނާއަށް ލަނޑެއް ލިބުނޭ.. އޭނަ ހަމަ ވާހަކަދައްކަން ފައްޓާއިރަށް އެތަނަށް އައި މަދިރިތަކެއް އައިސް ހެފީ އޭނަ ގައިގަ.. އަހަރެން ގައިގަ އެންމެ މަދިރިއެއްވެސް ނުހަފާ.. މަދިރި މަރާފަ އޭނައަށް އަވަދި ނުވޭ.. މަދިރި ހަފާތީ މަދިރިއަށް އެއްޗިހި […]
މަރުވުމަށްފަހުގައި މައްޔިތާއަށްޓަކާ ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެ މައްޔިތާގެ މައްޗަށް ހެޔޮދުއާ ކޮށްދިނުމެވެ. މައްޔިތާގެ މަތިން ގިނަގިނައިން ސަދަގާތްކުރުމެވެ. އެމީހުންނަށް ހެޔޮ ދުއާކޮށް އެމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމެވެ. އެމީހުން ކޮށްފައިވާ ހެޔޮ ވަސިއްޔަތް ފުރިހަމަކޮށް އެމީހުންގެ ގާތް ތިމާގެ މީހުންނަށް އިހްތިރާމްކޮށް ކަމޭހިތުމެވެ. ……………………………………………………………………………………………………………………………………………… ކުޑަ ހިދުކޮޅެއްވެސް ދައުހާ ލައްވާ އިންތިޒާރުކުރުވާކަށް ނޫރު ބޭނުމެއްނުވެއެވެ. އެހެނީ ނޫރު ބޭނުންވަނީ ދައުހާ ގެ ކުރިމަތީގައި ރިތި ނަމޫނާއެއް ދައްކާށެވެ. އޭރުން މުސްތަގުބަލުގައި ދައުހާވެސް […]
” ހުއްޓާލަ.. ހައިކަލް ހިތަށް އައިހާ އެއްޗެއް ކޮންމެހެން އަހަރެންނާ ދިމާލަށް ކިޔާނެކަމެއްނެތް.. އަހަރެން ވަރަށް ކެތްކޮއްފިން.. ހައިކަލްއަށް ރަނގަޅަކަށް އަހަރެން ހަޤީގަތް އިގުމުން މި ކިޔާދިނީވެސް.. އެކަމް ގޯސް މިވީ އަހަރެންނެއްނު.. ހައިކަލް ހަނދާން ކުރާތި ހުރިހާ އެއްޗެއް އިނގޭ ދުވަހުން ހައިކަލް އަންނާނެ ދެރަވެގެން އަހަރެން ކައިރިޔަށް މާފަށް އެދެން.. ” އެހެން ބުނެލާފާ އަހަރެންގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރުލެއްޕީމެވެ. އިރުކޮޅަކުން ދޮރުހުޅުވާލާފަ ހައިކަލް ކޮޓަރިއަށްވަނެވެ. ” ހައިކަލް ހަމަ މިހާރު ނިކުމޭ.. […]
“އައި ލަވް ޔޫ” އަހަންނަށް ވައިއަޑުން ބުނެލެވުނެވެ. “މީޓޫ މައި ބެސްޓް ފްރެންޑް” ޚަލަފް އަހަރެންގެ ދެއަތުގައި ހިފާ ތިރިކޮށްލަމުން ބުނެލިއެވެ. ޚަލަފް ގަދަކަމުން ހިނތުންވެލަމުން އެބުނެދިން އެއްޗެއް އަހަންނަށް އޮޅިފައެއް ނުވެއެވެ. އަދި އަހަރެންގެ ހިތުގައި ޚަލަފްއަށް ދެވިފައިވާ ދަރަޖަ ސިއްރުވެފައިވާހެނެއްވެސް އެމޫނުމަތިން ފެންނަ ކުލަވަރުން ހިޔެއްނުވެއެވެ. ޚަލަފްގެ ހިތުގައި އަހަންނާއިމެދު ވަނީ ހަމައެކަނި ބެސްޓް ފްރެންޑްގެ މަޤާމްކަން އެނގިހުރެވެސް އަހަންނަށް އަހަރެންގެ ހިތުގައިވާ އެއްޗެއް ހާމަކުރެވުނީތީ ދެރަވެ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އަހަރެން […]
ފަރީޝާ ދިން ގަމީސްތަކެއް އިސްތިރިކުރުމަށްފަހު ދިމްރާ ޔުމާންގެ ކޮޓަރިއަށް ވަނީ އެ ގަމީސްތައް ކަބަޑަށް ލާށެވެ.އޭރު ޔުމާން ޑިއުޓީ ނިންމާފައި އަންނަ ގަޑި ކައިރިވެފާއި ހުރީތީ އޭނާ ހުރީ ރަނގަޅަށްވެސް ޖެހިލުންވެފައެވެ.އެހެންކަމުން އޭނާ އަވަސް އަރުވާލާފައި މަސައްކަތްކުރީ އެ ގަމީސްތައް ކަބަޑަށް ލާފައި ނުކުންނާށެވެ.އޭނާ އެކަނި ހުންނައިރު ޔުމާންގެ އަމަލުތައް ހުންނަ ގޮތުން އޭނާ މިހާރު އަސްލަށްވެސް ޖެހިލުންވެއެވެ. ޔުމާންގެ އެ ބަސްތަކާއި އަމަލުތައް ބޭނުންކޮށްގެން ހީވަނީ ދިމްރާ އެގެއިން ފޮނުވާލަން މަސައްކަތް ކުރާ ހެންނެވެ.އެކަމަކު ޔުމާން […]
އަހަރެމެން ދެމީހުން ރޫމެން ކާރިޔައަށް ދިޔައިރު މަންމި ވެސް ހުއްޓެވެ. އަދި ލަސްނުކޮށް ގެޔައަށް ދާށޭ ބުނެ ކޮޓަރިއަށް ވަނެވެ. މުލައިލްވެސް މިރޭ އަށަކަށް ތިގޭދޮށަށް ދާނަމޭ ބުނެއެއްލޯ މަރާލަމުން ލައިތް ގޮވައިން ގެޔަށް ދިޔައެވެ. އަހަރެންވެސް ހީލަމުން ރޫގެ އަތުގައި ހިފާލައިން ގެއިން ނިކުތީ ހިތާމަތަށްހިންދާލަމުންނެވެ. އަހަރެން ހިތުން މިރޭ ވެގެން ދާނީ އުފާވެރި ރެއަކަށެވެ. އެއީ ރޫއާދެމީހުން އެއްކޮށް މަޖާކޮށްލުމަށްފަހު އެއްކޮށް ނިދާލެވޭނެތީއެވެ. ނަމަވެސް އަހަންނަށް ނޭންގުނީ އަހަންނަށް ދެވުނު ދައުވަތުގެ ސަބަބުން ކުރިމަތިވެދާނެ […]
ފޮތް ލައްޕާލުމާއެކުހެން ޝައިންގެ ލޮލުން ފައިބައިގެން ދިޔައީ ލޭކަރުނައެވެ. ކުލަ ހުދުކޮށް ހުރިކަން އެކަންޏެވެ. ކަން ވީގޮތް އެނގުނުއިރު ވަގުތު ފާއިތު ވެއްޖެއޭވެސް ޝައިންގެ ހިތަށްއަރަމުން ދިޔައެވެ. ލޯބިވާ ބައްޕަގެ ގާތަށްގޮސް އަދިއެއްފަހަރު ލޯބިން ފިރުމާލަން ބޭނުންވާ ވާހަކަ ބުނަން ބޭނުންވިއެވެ. އެ ބައްޕައަށް ހެޔޮހިތުން ދުޢާކުރެވެމުންދިޔައިރު އެ ހިތަށް އިތުރަށް ވޭން ލިބުން ނޫން ކަމެއް ނުވިއެވެ. ހެޑްބޯޑުގައި ބޯ އަޅައިލައިގެން އޮތްއިރު އެ ލޮލުން މެދުކެޑުމެއްނެތި ކަރުނަ ފައިބަމުން ދިޔައީ ފެންކޯރަކުން ފެންފައިބާއުސޫލުންނެވެ. އިރުގެ […]
“ހުމްމް.. މިއީ ދޯ މިވާ ކަމަކީ.. ވަރެއްގެ ލޯތްބެއްތާދޯ.. ހެހެ.. ” ޒުލްފާ ގާތަށް ހިނިއައެވެ. “ހުމްމް.. އެނގޭތަ އަހަރެން އޭނަދެކެ އެހާ ލޯބިވަނީ ކީއްވެގެންކަން ؟ ” މާހާ ސުވާލުކޮށްލިއެވެ. “އުނހު.. ނޭނގޭ..” ޒުލްފާ ބުނެލިއެވެ. ” އެއީ ޒާހިލް އެހެން ފިރިހެންކުދިންނާއި ތަފާތު ވީމަ.. ގިނަ ވަގުތު އަހަރެމެން ތިބެނީ ވާހަކަދައްކަން.. އަހަރެން ވެސް އިންނަނީ އޭނަ ދައްކާ ވާހަކަތައް އަޑުއަހަން.. އަހަންނަށް މާގިނަ ވާހަކަ ނުދެއްކުނަސް ޒާހިލް ވާހަކަދައްކާ ހަދާނެ…. އެގޮތަށް އަސްލު […]
އަނާނީ ކިތަންމެ މަޑުން ބުނިކަމުގައި ވީ ނަމަވެސް، ލޫކަސްގެ ތޫނު ކަންފަތަށް އެ ދެ ލަފުޒު އިވޭކަށް އުނދަގުލެއް ނުވިއެވެ. އަޑު އިވުމާއެކު ހެން ފުންމައިގެން ކަހަލަ ގޮތަކަށް އައިސް އަނާނީގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ހަތަރުކަޅި ހަމަކޮށްލާފައި ވާހަކަ ދައްކަން ފެށިއެވެ. “ނޯ ޕްރޮބްލަމް. އެކަމަކު މިކަމުގެ ބަދަލުގަ މަށަށް ވެސް އަނާނީ ކަމެއް ކޮށްދޭން އެބަޖެހޭ.” ލޫކަސް ކަރުކެހިލިއެވެ. އަނާނީއަށް ދެލޯ އަޅައިލެވުނީ ލޫކަސްގެ ފަހު ޖުމްލަ އިވުމުންނެވެ. ލޫކަސް މިއީ ހާދަ އަމިއްލަ […]