ޝައިން (ޕާޓް-21)
ފޮތް ލައްޕާލުމާއެކުހެން ޝައިންގެ ލޮލުން ފައިބައިގެން ދިޔައީ ލޭކަރުނައެވެ. ކުލަ ހުދުކޮށް ހުރިކަން އެކަންޏެވެ. ކަން ވީގޮތް އެނގުނުއިރު ވަގުތު ފާއިތު ވެއްޖެއޭވެސް ޝައިންގެ ހިތަށްއަރަމުން ދިޔައެވެ. ލޯބިވާ ބައްޕަގެ ގާތަށްގޮސް އަދިއެއްފަހަރު ލޯބިން ފިރުމާލަން ބޭނުންވާ ވާހަކަ ބުނަން ބޭނުންވިއެވެ. އެ ބައްޕައަށް ހެޔޮހިތުން ދުޢާކުރެވެމުންދިޔައިރު އެ ހިތަށް އިތުރަށް ވޭން ލިބުން ނޫން ކަމެއް ނުވިއެވެ. ހެޑްބޯޑުގައި ބޯ އަޅައިލައިގެން އޮތްއިރު އެ ލޮލުން މެދުކެޑުމެއްނެތި ކަރުނަ ފައިބަމުން ދިޔައީ ފެންކޯރަކުން ފެންފައިބާއުސޫލުންނެވެ.
އިރުގެ ރަންދޯދިން މުޅިދުނިޔެ އެކީއެކައްޗަކަށް އަލިކުރަމުންދިޔައެވެ. ހެޑްބޯޑުމަތީގައި ބޯއަޅައިގެން ނިދިފައި އޮތް ޝައިންއަށް ލޯހުޅުވައިލެވުނީ މޫނަށް އަވިއަރައި ލޮލަށް އުދަނގޫ ވުމުންނެވެ. މަޑުމަޑުން ތެދުވެ ކުޑަދޮރުގެ ފޮތިގަނޑު ދަމައިލިއެވެ. ފާހާނާއަށްވަދެ ތާޒާވެލައިގެން ބޭރަށްނިކުމެލަން ބޭނުންވީ ބަޑުހައިވެފަހުރިލެއްވެސް ބޮޑުކަމުންނެވެ. އުދަނގޫ ގޮތަކަށް ހިގަމުންގޮސް އެނދުގެ ފައިލާކޮޅުގައި އިށިންދެލީ އިތުރަށް ހިގައިގަންނާނެހާ ވަރުނެތުމުންނެވެ. އިސްޖެހި ލޮލުން ކަރުނަފައިބައިގަތީ އެހީވާނެ މީހަކުހުރިނަމައޭ ހިތަށްއަރާފައެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް އިސްޖެހިފައި އިން ޝައިން އެ ދިމާލަށްބަލާލިއެވެ. ބޭއިހްތިޔާރުގައި އިންތަނުން ތެދުވެވުނެވެ. ދެލޯބޮޑުކޮށް ބަލަންހުރެވުނީ ލޮލުންފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވުނީތީއެވެ. ރޯންވީކަމެއް ހޭންވީކަމެއް ނޭނގި ޝައިންހުރީ މޮޔައެއްފަދައިން ބަލާށެވެ. ” އަދިވެސް މިގޭގައިތަ އުޅެނީ.. ލަދެއްނުގަނޭތަ މިގޭގައި އުޅެން… ބްރޯ ބުނީ ހަމަތެދެއް.. ކަލޭ ދުވަހަކުއެސް ރަގަޅެއް ނުވާނެ.. ނާސިގޭގައި އުޅުން ނާދިއަކަށްވެގެން އުމުރު ދުވަހު ކަލޭއުޅޭނީ.. ކަލޭކުރި ފާހިޝް އަމަލުގެ ހަދިޔާ ހިފައިގެނަ މިގެއިން ދާން އުޅޭ.. ” ޝިބާންގެ އެ ވިހަބަސްތަކުން ޝައިންގެ ހިތް ތޮރުފަމުން ދިޔައެވެ. “ޝިބާން ކީކޭ ތިކިޔަނީ… އަހަރެން އެހެން ދުވަހަކުވެސް ނޫޅެން.. ތިހެން އަހަރެންނާ ދިމާލަށްބުނަން ހެޔޮވެސްނުވާނެ..އަހްރެން މިދަނީ ޝިބާންގެ އަމާނާތަށް ފަރުވާތެރިވެ ބަލަމުން.. ޝިބާންގެ ދަރިފުޅު، އަހަރެންގެ ހުވަފެން ސީދާވަނީ.. ޝިބާން ހެޔޮނުވާނެ ތިކަހަލަ ބަދުނާމު އަަހަރެންގެ ބޮލުގައި ނާޅުވާ.. އާދޭސްކޮއްފައިބުނަން.. ” ޝައިން އަޑުން އަޑުނަގައި ރޮމުން ޝިބާންގާތު އާދޭސް ކުރަމުންދިޔައެވެ. ނަމަވެސް ޝައިންގެ އެއްވެސް ވާހަކައެއް އަޑުއެހުމެއްނެތި ޝައިންގެ ދެކޮޑުގައި އަތްއަޅައިކޮއްޕާލިއެވެ. އަދި ކޮޓަރިން ނިކުމެގެންދިޔައީއެވެ. ފައިގައި ވަރެއްނެތް ޝައިން ގޮސްޖެހުނީ އަލަމާރީބުޑައްށެވެ. އެއާއެކުހެން މުޅިކޮޓަރީގައި ގުގުމަމުން ދިޔައީ ޝައިންގެ ވޭނީ އާހްގެ އަދެވެ. ބަޑުގައި އަޅަމުންދާ ވޭނަށް ކެތްނުކުރެވި މަރުވަނީއޭވެސް ޝައިންހިތަށް އަރަމުންދިޔައެވެ. އެއިނަގިތަށްއިނދެ އަލަމާރި ކައިރީގައިހުރި އިސްތިރިކުރާ މޭޒުމަތީއޮތް ފޯނުނަގައި ޒުހުރާއަށް ގުޅާލިއެވެ. އެކޮޅުން ފޯނުނެގުމާއެކުހެން ޝައިންއަށް ވެނައެކު މަންމާއޭކިޔއަ ގޮވަލެވުނުކަން އެކަންޏެވެ. ޝައިންގެ ގައިން ވާގިދޫވެ ދެލޯމެރިގެން ދިޔައެވެ..
* ނުނިމޭ *
21 Comments
Comments are closed.
Mi vaahka ge next part dhn up vaany dhn anna aharuga dhw mihaaru hadhaane ves nei my ga vaagotheh
Up nukurewunee keehwekan inaane kurin bunedheefa.. v bodah maafah edhen ehaa las v thy.. kan dhimaakurigothun waguthu nuwee..
Ehaa dhuvas kohfa genna irah than kolheh dhugukoh genas dhin nama. Aslu handaanneh kurin parts ga v goiyy vx.
Vaahaka up kuran feshun emme buhdhivery vaahaka ekkoh liye nimmaafa eyrun mifadha kan kan dhimaave kiyun terin fuhi vaakah nujeheyne. New story eh liyaa iru mikamah visnun eden.adi ehn.writers ah vx mikan ilthimaas kuran.
Haadha kurey thankolheyy dhigukoh genesdheeba.
Iraadha kurewiyya dhnpart dhigu kohlaanan.. dhuwaalaku part eh noonee dhe part genes dhee mifaharu ninmaaleweytho blaanan.. insha allah
Okay.. salhi.. ummeedh kuran dhen huttaa nulaa genesdheyne kamah.. mee v reethi story eh
Dhuwaalaku part eh genes dheynan insha allah… mirey 20 n 21 genes dheefin.. thnxx who
mi vhk kyn knms thaakun?
Story group in dhw…
adhi up kuri iru vs paragraphe 😛
Dhn kehkkobbala dhw.. ekuhjjaa story genesdheyn fesheethee shukuru kobbala.. dhn mihen bunyma avahah ma rolun kailaa.. shaai dhn nuhuttahchchey ingey knmme meehaku knmme ehchcheh kiyas.. we want to read this story ehkkn.. luv u.. xoxo
Iraadha kurewiyya dhn ninmaalaafa huhtaalaanee… thnxxx
Ple mirey adi eh part
Nice stry dearr..bt ebunaahen thankolheh kury ingeyy..ebaai rangalhu kohlanikon hama best vaane..n heekuran dhn hama kuriah oihthaa nimendhen stry kiyan libeyne kamah..keep it up my dearr ??
vrh reethi…. but thannkolheh dhigu koh lachcheyyy….
Mikahala vaahaka up nukuriyya rangalhu vaanee..
Thibunee… kobaa mi waahakaige mahsala akeee…
WEN NEXT PART??
Varah reethi story eh. Nimendhen gesdhechey. Im very interested 😀
Koba?? Story v reethi.. Ekm don’t break the trust again.. Nobody knows how much I Waited for this story…
Kobaa 20 vans part