Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (8)

Psenhi Level 410 Stories100 Comments100 Login
May 7, 2017 5 Mins Read
27 Comments

“އައި ލަވް ޔޫ” އަހަންނަށް ވައިއަޑުން ބުނެލެވުނެވެ.

“މީޓޫ މައި ބެސްޓް ފްރެންޑް” ޚަލަފް އަހަރެންގެ ދެއަތުގައި ހިފާ ތިރިކޮށްލަމުން ބުނެލިއެވެ. ޚަލަފް ގަދަކަމުން ހިނތުންވެލަމުން އެބުނެދިން އެއްޗެއް އަހަންނަށް އޮޅިފައެއް ނުވެއެވެ. އަދި އަހަރެންގެ ހިތުގައި ޚަލަފްއަށް ދެވިފައިވާ ދަރަޖަ ސިއްރުވެފައިވާހެނެއްވެސް އެމޫނުމަތިން ފެންނަ ކުލަވަރުން ހިޔެއްނުވެއެވެ. ޚަލަފްގެ ހިތުގައި އަހަންނާއިމެދު ވަނީ ހަމައެކަނި ބެސްޓް ފްރެންޑްގެ މަޤާމްކަން އެނގިހުރެވެސް އަހަންނަށް އަހަރެންގެ ހިތުގައިވާ އެއްޗެއް ހާމަކުރެވުނީތީ ދެރަވެ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އަހަރެން ދުރު ބަލަހައްޓައިގެން އިންއިރު ލޮލުތެރެއަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެންމެފަހުން ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބަން ފެށުމުން ޚަލަފް އަހަރެންގެ ކޮލުގައި ބޮސްދެމުން “ޕްލީޒް ޑޯންޓް ކްރައި” އޭ ބުނެލީ އަހަރެންގެ ހާލާއިމެދު ހަމްދަރުދީ ވާފަދައިންނެވެ.

އެރެއަށްފަހުވެސް ޚަލަފްއާއި ދޭތެރޭ ފިކުރު ނުކުރުމަށް ކުރި ޢަޒުމްވީ ބޭކާރެވެ. ޚަލަފްގެ ސޫރަ ލޮލަށް ފެނުމާއިއެކު ދުނިޔެމަތިން ހަނދާން ނެތޭކަހަލައެވެ. ޚަލަފް އަހަރެންގެ ކައިރީގައި އިންނަނަމަ އަހަރެންގެ ޙިއްޞުތައް މަސައްކަތްކުރުން ހުއްޓެއެވެ. އެ ތޫނު ނަޒަރު އަހަންނާއި ދިމާއަށް ހުއްޓޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތްވެސް ހުއްޓޭހެން ހީވެއެވެ. ހިތް އެދި ގޮވަނީ އަބަދުވެސް އެ ޙިމާޔަތުގެ ދަށުގައި ވުމަށެވެ. ނަފްސު އެދެނީ އަބަދުވެސް ޚަލަފްއާއި އެންމެ ކައިރީގައި ވުމަށެވެ. އެއަތުގެ ތެރޭގައި އަބަދުވެސް ވުމަށެވެ. އެނޭވާގެ ހޫނުކަން އިހްސާސްވާހާ ގާތުގައި ހުރުމަށެވެ. ނަމަވެސް އަހަރެންގެ މަޤާމަކީ ޚަލަފްގެ ބެސްޓް ފްރެންޑުގެ މަޤާމެވެ. އެރެއަށްފަހު އަހަރެން ހީކުރީ ޚަލަފް އަހަންނާއި ދުރުވާން މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް ޚަލަފްގެ ފަރާތުން ތަފާތުކަމެއް ނުފެނުމުން އަހަރެން ވަރަށް އުފާވިއެވެ.

އަހަރެން ކްލާހުގައި އިންދާ ބައްޕަގެ ފޯނެއް އައެވެ. އަހަރެން ފޯނު އެއްފަރާތް ކޮށްލުމަށްފަހު ފިލާވަޅަށް ސަމާލުކަންދިނީ ލެކްޗަރަރ އަށް ފޯނު ހިފައިގެން އިންދާ ފެނިއްޖެނަމަ ހިތްހަމަ ނުޖެހޭނެތީއެވެ.

ކްލާސް ނިމުމުން ބައްޕައަށް ގުޅާލީމެވެ. ބައްޕަ ދެއްވީ ވަރަށް އުފާވެރި ޚަބަރެކެވެ. ވިޔަފާރި ދަތުރެއްގާ ބެންކޮކަށްދާން ދެދުވަހެއް ތެރޭގައި މާލެ އަންނަވާހަކައެވެ. އަދި މިދަތުރުގައި މަންމަވެސް ބައިވެރިކުރާ ވާހަކައެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް އަހަރެންގެ ލޯބިވާ މަންމައާއި ބައްޕަ ފެންނާތީ އަހަރެން ހުރީ ނުހަނު އުފާވެފައެވެ.

މާލޭގައި އަހަންނާއިއެކު އެއްދުވަސް ހޭދަކުރުމަށްފަހު ޖެހިގެންއައި ދުވަހު މަންމަމެން ބެންކޮކަށް ފުރިއެވެ.

ހުކުރު ދުވަސްކަމުން ފަތިސް ނަމާދު ކޮށްލައިގެން އަހަރެން އޮށޯވެލީ ނިދާށެވެ. ނަމަވެސް ނިދޭގޮތެއް ނުވިއެވެ. ލޯ މެރޭއިރަށް ސިއްސައިގެންގޮސް ހޭލެވެނީއެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާއިހުރެ އަހަރެންގެ ހިތް ބިރުގަންނަނީއެވެ. ފުރުޅިލަ ފުރުޅިލާ އޮއްވާ އިވުނީ ފޯން ރިންގުވާންފެށިއަޑެވެ.

ދާދި ދެންމެއަކު ދޮންބެ އެ ދެއްކި ވާހަކަތައް ޤަބޫލްކުރަން ދަތިވެފާ އަހަރެން ހުރީމެވެ. ކަންފަތުގައި ފޯނު ޖެއްސިގޮތަށް ނައްޓުވާލަންވެސް ހަނދާންނެތިފައެވެ. އަހަރެންގެ ބަހެއް އަޑު ނީވުމުން ދޮންބެ މިހާރު އެތަށް ފަހަރަކު ގުޅައިފިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އަހަންނަކަށް ރޭކާވެސް ނުލައެވެ.

“މަންމާ! ބައްޕާ!” އަހަންނަށް އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ. ދެންވީގޮތެއް ނޭނގުނެވެ.

އަހަންނަށް ހޭވެރިކަންވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. ބޮލުގާ ރިހުމެއް ހުރުމުން އަތް ޖައްސާލީމެވެ.

“ހަޅޭކުގެ އަޑާއިއެކު ބާރު އަޑުފަށްގަނޑެއް އިވުމުން އަހަރެން ބޭރުގައި ހުރެފައި އެތެރެއަށް ވަނީ. އޭރު އަފްނާން އޮތީ ޑްރެސިންޓޭބަލް ކައިރިއަށް ވެއްޓިފަ. އިރުކޮޅަކުން ފެނުނީ ބޯ ފަޅައިގެންގޮސް ލޭއަންނަނިކޮށް. ދެން އެހެންކުދިންނަށް ގޮވައިގެން އަވަހަށް ހޮސްޕިޓަލަށް ގެނައީ.” އަހަރެންގެ ފޯނު އަތަށް ލައިދެމުން ސުމާ ބުނެދިނެވެ. ސުމާއަކީ އަހަރެންގެ ރޫމް މޭޓެވެ.

ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ވީގޮތް ހަނދާން ނެތުމަށްފަހު އަނެއްކާވެސް ދޮންބެ ދެއްކި ވާހަކަ ކަންފަތަށް ތަކުރާރުކޮށް އަޑުއިވެމުންދިޔައެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ. ވަރަށް ހިތްވަރުކޮށްފާ ދޮންބެއަށް ގުޅީމެވެ.

ކުއްލި ގޮތަކަށް މަންމައާއި ބައްޕަ އެކްސިޑެންޓްވެ ނިޔާވުމުން އަހަރެންގެ ޙަޔާތަށް ފޫނުބެއްދޭވަރުގެ ފަޅުކަމެއް ވަނީ ވެރިވެފައެވެ. މަންމަމެން ވަޅުލުމުގެ ހުރިހާކަމެއް ނިމުމުން ދޮންބެއާއިއެކު އެނބުރި މާލެ އައިސް އަހަރެން ގިނަ ވަގުތު ހޭދަކުރީ ކޮޓަރީގައެވެ. ތިންދުވަސް ވީއިރުވެސް ކާން ނޫނީ ކޮޓަރިން ބޭރަކަށް ނުނިކުންނަމެވެ. ޚަލަފްގެ އެތަށް މިސްކޯލަކާއި މެސެޖްތަކެއް ހުއްޓަސް އެއަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ.

އަހަރެން ކިޔަވައިގެން ކާމިޔާބު މީހަކަށްވުމަކީ މަންމައާއި ބައްޕަގެ އުންމީދެވެ. އެހެންކަމުން އެމީހުންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދޭން އަހަރެން ޢަޒުމް ކަނޑައެޅީމެވެ. އެމީހުން މިއަދު ދުނިޔޭގައި ނެތަސް އެމީހުން ބޭނުންވިފަދަ ކާމިޔާބެއް ހޯދަން އަހަރެން އާހިތްވަރަކާއިއެކު އަނެއްކާވެސް ކިޔެވުމުގެ މައިދާނާ ކުރިމަތިލީމެވެ.

އަހަންނަށް ވީގޮތެއް ނޭނގިގެން ޚަލަފް ހާސްވެ ކަންބޮޑުވެފައިވާވަރު ޚަލަފްގެ މެސެޖްތަކުން ފެންނަން ހުއްޓެވެ. އެހެންކަމުން އަހަރެން އެރޭ ޚަލަފްއާއި ބައްދަލުކުރީމެވެ. ރަސްފަންނުގައި ތިބެގެން އަހަރެންގެ ހިތުގެ އުދާސްތައް ޚަލަފްއާއި ޙިއްސާކޮށްލީމެވެ. ކުއްލި ގޮތަކަށް މަންމައާއި ބައްޕަ އުމުރަށް ވަކިވެގެން ދިއުމުން އަހަރެންގެ ހިތުގެ ހާލު ދެނެގަނެ ޚަލަފް އަހަރެން އެދެއަތުގެ ޙިމާޔަތްދިނީ ނުހަނު އޯގާތެރިކަމާއި އެކުއެވެ. ކެތްތެރިވުމަށާއި ކޮންމެ މީހަކަށްވެސް އެދުވަސް އަންނާނެކަން ހަނދާންކޮށްދެމުން އެތަށް ފަހަރަކު އަހަރެންގެ ކޯތާފަތް ތެންމަމުންދިޔަ ކަރުނަތައް ފުހެދީ ލޯތްބާއިއެކު އަހަރެންގެ މޫނުގައި އެތަށް ފަހަރަކު ބޮސްދިނެވެ. އަހަރެންގެ ހަށިގަނޑުގައި އަޅާވޭން ލުއިކޮށްދިނުމަށް އަހަރެންގެ ގައިގާ ބާރަށް ބައްދާލައިގެން އިންއިރު އެމަންޒަރު ބަލަން ދުރުގާ މީހަކު ހުރިކަމެއް އަހަރެމެންނަށް ރޭކާވެސް ނުލައެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ޚަލަފްގެ ފަރާތުން ދުވަހަކު ނުލިބޭހާ ލޯތްބާއި ގާތްކަން އަހަންނަށް ލިބެމުންދިޔައެވެ. އަހަރެން މިކަމާ އިންތިހާއަށް އުފާވެއެވެ. މިކުމުގެ ސަބަބުން އަހަރެންގެ ޙަޔާތަށް އައި ފަޅުކަންވެސް މަޑުމަޑުން ހަނދާން ނެތެމުންދިޔައެވެ. ނަމަވެސް ޚަލަފްގެ ލޮލުން ކޮންމެވެސް ހިތާމައެއް ފެންނަން ހުންނަހެން ހީވެއެވެ. އެކަމާ ސުވާލުކޮށްފިނަމަ އެއީ ހީވާގޮތްކަމަށް ބުނި ނަމަވެސް ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިހްސާސް އަހަންނަށް ކުރެވެން ފަށައިފިއެވެ. އަނެއްކާ ޚަލަފްވެސް އަހަރެންގެ ހިތް އުފާކޮށްދިނުމަށްފަހު ގެއްލެން އުޅެނީބާ؟ މިހެން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ ލޯ ކަރުނުން ތެންމާލައެވެ. އެހެނަސް އަބަދުވެސް އުންމީދު ކުރަމުންއައީ ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށެވެ.

“ނާން! އައި ވޯންޓެޑް ޓު ޓެލް ޔޫ ސަމްތިން. ޕްލީސް ރެޑީވެގެން ތިރިއަށް އާދެވިދާނެތަ؟” ޚަލަފް އަހަންނަށް ގުޅާފައި ބުނެލިއެވެ. އެއަޑުން ކޮންމެވެސް ކަމެއް ރަނގަޅުނޫންކަން އަހަންނަށް އިހްސާސް ކުރެވުނެވެ.

ވަރަށް އަވަހަށް ތައްޔާރުވެލައިގެން ތިރިއަށް ފޭބިއިރު ދަނާލު ދޮރުމަތީ މަޑުކޮށްލައިގެން އަހަރެންގެ އިންތިޒާރުގައި ޚަލަފް ހުއްޓެވެ. ކަޅުކުލައިގެ އަތްދިގު ޓާރޓްލް ނެކް ޓީޝާޓެއް ލައިގެން، އައިސްބްލޫ ޖިންސުގެ ދެޖީބަށް އަތްޖަހާލައިގެން ހުރިއިރު އެ ފުރިހަމަ ހަށިގަނޑުގެ ވެރިޔާ ހީވަނީ މަޝްހޫރު މޮޑެލްއެއް ހެންނެވެ. ކައިރިއަށް ދެވުމުން އެދުވި ހޮޓް އައިސް އެޑިކްޓްގެ މީރުވަހުގެ ސަބަބުން އަހަރެންގެ ހިއްސުތަކާއި ކުޅެލައިފިއެވެ.

އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހިނގަމުން ދިޔައިރު ޚަލަފް އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން މާގިނައިން ސުވާލު ކުރަން ފެށުމުން އަދިމަޑުކޮށްލާށޭ ބުނުމުން އަހަރެންވެސް މަޑުމަޑުން ހުރީމެވެ.

ސަލްޓަންޕާކް ތެރެއަށް ވަނުމަށްފަހު ޚަލަފް ދެކޮޅު ހޯދާލިއެވެ. އެއަށްފަހު އެންމެ އަނދިރިކޮށް އޮތް ދިމާއަށް ހިނގައިގަތެވެ. އޭރުވެސް އަހަރެންގެ އަތްވަނީ ޚަލަފްގެ އަތުގެ ތެރޭގައެވެ.

އަނދިރި ހިސާބެއްގައި ހުރި ގޮނޑިއެއްގައި ދެމީހުން އިށީނދެލުމަށްފަހުވެސް ޚަލަފްގެ ފަރާތުން އަހަންނަށް ފެނުނީ ހަމަހިމޭންކަމެވެ. އިސް ޖަހާލައިގެން އިންއިރު އެ މޫނުމަތިން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ.

“ސަރާއާއި މައްސަލައެއް ޖެހުނީތަ؟” އަހަންނަށް ހީވާ އެއްޗެއް ޔަޤީން ކޮށްލުމަށް އަހާލީމެވެ. ޚަލަފް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަހަރެން ޚަލަފްގެ ދަތްދޮޅީގައި ހިފާ އަހަންނާއި ދިމާއަށް އަނބުރާލީމެވެ. އެވަގުތު އެދެލޮލުގައި ޖަމާވެފައިވާ ކަރުނަތައް އަހަރެންގެ ހިތަށް އުނދަގޫކުރުވިއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ޚަލަފްގެ މޫނާއި މޫނު ކައިރިކޮށްލެވުނު ވަގުތު ޚަލަފްގެ ފަރާތުން ފެނުނީ އަހަރެން އުންމީދުކޮށްގެން އިންފަދަ އަމަލެއްނޫނެވެ. އަހަރެންގެ ތުންފަތުގައި ޚަލަފް ބޮސްދިނުމުން އަހަރެންނަށްވެސް އެކަމުގައި ބައިވެރިވެވުނީ އެކަމަށް ހިތް އެދޭތާ އެތަށް ދުވަހަކަށް ފަހު އެފުރުސަތު ލިބުމުން އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވެން ނެތުމުންނެވެ. މިގޮތުގައި ދެމީހުންނަށް ތިބެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

ދެމީހުންވެސް ނޭވާ ހަމައަކަށް އަޅުވަމުން ވާހަކަ ދައްކަން ފެށީމެވެ. ޚަލަފް ސަރާ ރުޅިވީ ކަމަށް ބުނުމުން ރީޒަން އޮޅުންފިލުވުމަށް މަސައްކަތް ކުރީމެވެ. އެތަށް ފަހަރަކު ސުވާލު ކުރުމުން ލިބުނީ އަހަރެން ހީވެސްނުކުރާފަދަ ޖަވާބެކެވެ.

“ސަރާ ވޯންޓެޑް މީ ޓު ލީވް ޔޫ ފޯ ހަރ. އެން އައި ކާންޓް ޑޫ ދެޓް. ސަރާއެކޭ އެއްވަރަށް ނާން އަކީވެސް އަހަރެންގެ ލައިފްގަ ވަރަށް އިމްޕޯޓަންޓް މީހެއް. ހައު ކުޑް ހަރ އިވެން ސޭދެޓް. ޝީ އިޒް ޖެލަސް އޮފް ޔޫ.” ޚަލަފް މަޑުމަޑުން ވާހަކަދެއްކިއަސް އެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

“ސޮރީ ޚަލަފް! މޭބީ ޔޫޝުޑް. . .” އަހަރެން ބުނަން އުޅުން ޖުމްލަ ފުރިހަމަ ނުވަނިސް ޚަލަފްގެ  ކަނާތުގެ ޝަހާދަތް އިނގިލި އަހަރެންގެ ތުންފަތުގައި ޖައްސާލިއެވެ. އަހަރެންގެ ހިތުގެ ހިނގުން އަނެއްކާވެސް އަވަސްވިއެވެ.

“އިޓްސް ނޮޓް ޔުއަރ ފޯލްޓް. އެން އައިމް ނޮޓް ލީވިން ޔޫ ނާން.” ޚަލަފްގެ މޫނު އަނެއްކާވެސް އަހަރެންގެ މޫނާއި ކައިރިކޮށްލިއެވެ. އަދި ޚަލަފްގެ ދެއަތް އަހަރެންގެ ވަށާލިއިވެ. އެއާއިއެކު އަނެއްކާވެސް އަހަރެންގެ ތުންފަތުގައި ބޮސްދޭންފެށިއެވެ.

އަހަންނަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނު ހެންނެވެ. އެތަށް ދުވަހެއްގެ އިންތިޒާރަށްފަހު އެފަދަ ގާތްކަމަކަށް އުންމީދު ކަނޑާލާފައި ވަނިކޮށް ޚަލަފްގެ ލޯބި ލިބުމުން އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. ދެން ދުވަހަކުވެސް މިހިތް ދެރަކޮށް ނުލާށޭ ބުނާފަދައަކުން ޚަލަފްގެ ފިރިހެންވަންތަ ހަށގަނޑުގައި ބައްދާލައިގެން އިންއިރު އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. އެވަގުތު ޚަލަފްގެ ފޯން ރިންގްވާން ފެށިއެވެ. ޚަލަފް ޖީބުން ފޯން ނެގުމަށްފަހު ކެނޑެންދެން ފޯނަށް ބަލަހައްޓައިގެން އިނެވެ.

“ނާން! އައި. . .” ޚަލަފް އަހަރެންގެ މޫނުގެ ދެފަރާތުން ހިފަހައްޓާލަމުން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލަން ޖެހުނީ އަނެއްކާވެސް ފޯން ރިންގްވާން ފެށުމުންނެވެ. މިފަހަރުވެސް ސައިލެންޓް ކޮށްލުމަށްފަހު ފޯނާއިދިމާއަށް ބަލަހައްޓައިގެން އިނީއެވެ. ފޯނު ކެނޑުމުން އަހަރެންގެ އަތްމަތީ އަތް ބާއްވާލަމުން މަޑުމަޑުން އަހަރެންގެ އަތަށް ފިތާލިއެވެ.

ޚަލަފް ފޯނަށް މެސެޖެއް އައުމުން މެސެޖް ކިޔާލުމަށްފަހު އަހަރެންގެ ގައިގާ ބާރަށް ބައްދާލިއެވެ. އަދި އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ. ދެމީހުންގެ އަތުގައި ހިފާލައިގެން ހިނގާފައި ދިޔައީ ދަނާލަށް އެނބުރި ދިއުމަށެވެ. މަގުމަތީ ސަކަރާތް ޖަހަމުން ދިޔައިރު ދެންމެވީ ކަންތައް ހަނދާންވުމުން އަހަރެންގެ މޫނު ރަތްވެގެން ދެއެވެ. ޚަލަފްގެ ތޫނު ނަޒަރު އަހަންނަށް އަމާޒުވާ ކޮންމެ ފަހަރަކު ލަދުން އިސްޖަހާލެވެއެވެ. ޚަލަފްގެ ދުލުން ހާމަ ނުކުރިއަސް އެހިތުގައިވެސް އަހަންނަށްޓަކާ ވިންދު ޖަހާކަން އަހަރެންގެ ހަވަނަ ޙިއްސު ބުނެދެމުންދިޔައެވެ.

އެރެއަށްފެހު އަހަންނަށް ފެންނަމުންދިޔައީ މުޅިން ބަދަލުވެފައިވާ ޚަލަފްއެކެވެ. އަހަރެންގެ ކޯލަކަށްވެސް މެސެޖަކަށްވެސް ޖަވާބު ނުދޭއިރު ކުރިމަތިން ފެނުނަސް ފެންނަ ކަމަށްވެސް ހަދާނުލައެވެ. އަހަރެންގެ ހިތަށް ކެތްނުވުމުން ވާހަކަ ދައްކަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެންމެފަހުން ޚަބަރެއް ނުވެގެން ދަނާލުގައި އުޅޭ ފިރިހެން ކުއްޖެއްގެ ފަރީތުން އެނގުނު ގޮތުގައި ޚަލަފް ދަނާލު ދޫކޮށް ރައްޓެއްސެއްގެ ގެއަށް ބަދަލުވެއްޖެއެވެ. އަހަރެން ދެންވެސް ޚަލަފް ހޯދަން މަސައްކަތް ކުރީމެވެ. މިގޮތުން އެއްދުވަހަކު ލައިބްރަރީން ފެނިގެން ވާހަކަދައްކަން އުޅުމުން ވަރަށް ސާފުކޮށް އަހަންނާއި ވާހަކަދައްކަން ބޭނުން ނުވާކަމާއި އިތުރަށް އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނޫންވާހަކަ ބުންޏެވެ. އަހަރެން ވަގުތުން ދަނާލަށް ދިއުމަށް ހިނގައިގަތީ އަހަރެންގެ ލޮލުން ފައިބައިގަންނަން ތައްޔާރުވަމުންދިޔަ ކަރުނަތައް އެހެންމީހުންގެ ލޯމައްޗަށް ސިއްރުކުރުމަށެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު އަހަންނަށް ގިސްލާ ރޮވެން ފެށުނެވެ. އެންމެ ދެރަވީ އެއްވެސް ކުށަކާއިނުލާ ވީގޮތް ނުބުނެ އެގޮތަށް އަހަރެން ބާކީ ކޮށްލުމުންނެވެ. އެންމެ ރެއަކު ދުނިޔޭގެ ހުރިހާ އުފަލެއް ހޯދަދޭނެކަމުގެ ފޮނި އުންމީދެއް ކުރުވުމަށްފަހު އަންގާވެސްނުލާ ދުރަށް ދިއުމުންނެވެ. އަހަރެންގެ ކުށަކީ ފަހެ ކޮބާހެއްޔެވެ؟ ޚަލަފްދެކެ ލޯބި ވެވުން ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އެކުށުގެ ސަޒާ އަކީ މިއީ ހެއްޔެވެ؟ މިހިތް  ތިގޮތަށް ހަލާކު ކޮށްލަން ބޭނުންވާނަމަ މިހިތުގައި ފިރުމާ ލޯބި ދިނީ ފަހެ ކީއްވެ ހެއްޔެވެ؟ އެރޭގެ އެ އުފާވެރި ވަގުތުކޮޅަކީ އަޅެ ހުވަފެނަކަށް ވީނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

ޒަހަމް ވެފައިވާ އަހަރެންގެ ހިތުގައި އިތުރު ފާރުގަނޑެއް ލެވުނީ ޚަލަފްގެ ނަންބަރުން އަހަންނަށް އައި މެސެޖެކެވެ.

“ޚަލަފްގެ ލައިފްގައި އަފްނާންއަކަށް ދެން އެއްވެސް ޖާގައެއް ނެތްކަން ހަނދާންކުރާތި! ޚަލަފް ލޯބިވަނީ އަހަރެންދެކެ އަދި ޚަލަފް ގުޅެން ބޭނުމީވެސް އަހަންނާ. ވަރަށް އަވަހަށް މެރީ ކުރަން މިއުޅެނީ. އުންމީދުކުރަން ބޭކާރު ގޮތުގައި ޚަލަފްގެ އުފާތަކަށް ހުރަސްއަޅަން މަސައްކަތް ނުކުރާނެކަމަށް. ގުޑް ބާއި.” މެސެޖް ކިޔާ ނިމުންއިރު އަހަރެންގެ ގިސްލުމުގެ އަޑު ބާރުވެގެންދިޔައެވެ. ޚަލަފްގެ ފޯނުން ސަރާ މެސެޖް އެކުރީ ޚަލަފްގެ ހުއްދައާއިއެކުއެވެ. އެހެންކަމަށްވާނަމަ އެއީ ހަޤީޤަތެވެ. އަހަރެންމީ މިހާރު ޚަލަފްގެ ޙަޔާތުގައި ބޭކާރު މީހެކެވެ.

އަހަރެން ހަނދާނަށް އަންނަމުން ދިޔައީ އެރޭ ޚަލަފްގެ ދުލުން އިއްވާލި ލޯބިން ފުރިގެންވާ ބަސްތަކެވެ. އަހަންނަކީ ޚަލަފްއަށް އެހާ އިމްޕޯޓަންޓް މީހަކަށް މިހާރު ނުވީހެއްޔެވެ؟ އަހަރެން ދޫކޮށްލާފައި ނުދާނެކަމަށް ބުނުމަށްފަހު އަހަރެން ބާކީ ކޮށްލީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ހިތް ޝަކުވާއިން ފުރުނެވެ. ރޮއިރޮއި ދެލޯ ދުޅަވެ ރަތްވިއާރުވެސް އެރުއިމަށް ބަދަލެއް ނާދެއެވެ. ގިސްލަގިސްލާ އަޑު ކުރެހުނުއިރުވެސް އަޑު ކެނޑޭގޮތެއް ނުވިއެވެ. ސުމާވެސް އައިސް އެތަށް ވާހަކައެއް ދެއްކުމުންވެސް އަހަރެންގެ ހިތަށް ކުޑަނަމަވެސް ލުޔެއް ނުލިބުނެވެ. މަންމައާއި ބައްޕަގެ މަތިން ހަނދާންވުމުން އިތުރަށް ރޮވޭގޮތްވިއެވެ. މަލީ މަތިންވެސް ވަރަށް ހަނދާންވިއެވެ. އަހަރެން ލޯބިވާ އެންމެން އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަރެން މުޅިން އެކަނިކޮށްލާފައެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (29)

Next

ފުން ލޯބި ( ފަހު ބައި)

Next
May 8, 2017

ފުން ލޯބި ( ފަހު ބައި)

Previews
May 7, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (29)

27 Comments!

  1. maroon says:
    May 7, 2017 at 11:28 pm

    You r not alone dear.. ?
    V reethi story ❤

    1. cenhi says:
      May 7, 2017 at 11:45 pm

      Thnkx maroon

  2. Amyy says:
    May 7, 2017 at 11:43 pm

    Vvv reethi mi partves.

    1. cenhi says:
      May 7, 2017 at 11:45 pm

      Thnkx Amyy

  3. its me says:
    May 7, 2017 at 11:52 pm

    Comment nukuriyas vaahaka baraabarah eba kiyan ingey. ? alhe next part avahah up kohdhyba..

    1. cenhi says:
      May 8, 2017 at 12:25 am

      Thnkx. Will try ekm can’t promise. Madhan bxy vane

  4. nonns says:
    May 7, 2017 at 11:54 pm

    Alhey I feel sad for naan. V reethi mi part. When next part

    1. cenhi says:
      May 8, 2017 at 12:25 am

      Thnkx nonns. Anekka nurohchey 😉

  5. Maree says:
    May 8, 2017 at 12:28 am

    vvvv reethi

    1. cenhi says:
      May 8, 2017 at 12:40 am

      Thnk you maree

  6. baby says:
    May 8, 2017 at 12:31 am

    story dhaa goi varah salhi. keep going venue.

    1. cenhi says:
      May 8, 2017 at 12:39 am

      Thnkx baby

  7. xim says:
    May 8, 2017 at 12:48 am

    ehmm ehmm ehmm??? i did not say anything?….. bt story v furihama ingey..?..luv yu sis n keep going?

    1. Cenhi says:
      May 8, 2017 at 7:51 am

      :p thnkx xim

  8. ithoo says:
    May 8, 2017 at 1:38 am

    Alhe halaf ah konmes kahala majubooree eh dhimaa v dww..v reethi mi part vx dear..keep it up??

    1. cenhi says:
      May 8, 2017 at 8:00 am

      Hmm dhw. Thnkx ithoo

  9. Chum handi says:
    May 8, 2017 at 7:18 am

    alheyyy… mihaaru ithoo story ga ves sadness… anehkaa mi story ga ves sadness… ekam ves story vrh salhi… waiting for the next part…

    1. cenhi says:
      May 8, 2017 at 8:05 am

      Thnkx chum handi

  10. Littu says:
    May 8, 2017 at 7:26 am

    ???????????????????

    1. cenhi says:
      May 8, 2017 at 8:06 am

      Hehheeh

  11. Fathun says:
    May 8, 2017 at 9:26 am

    Varah reethi ?

    1. Cenhi says:
      May 8, 2017 at 11:02 am

      Thnkx fathun

  12. silver mist says:
    May 8, 2017 at 2:50 pm

    Vrh reethi no part ves…
    ???Cenhi pls avahah nxt part up kohdhehchey…??

  13. silver mist says:
    May 8, 2017 at 2:51 pm

    Mi part ves*

    1. Cenhi says:
      May 8, 2017 at 3:05 pm

      Thnkx silver mist. Will try

  14. Sheryn says:
    May 8, 2017 at 3:24 pm

    Wow.. V loabii.. Kiyakiyaa huhta e numunii?,,.. V dheragothei dhw mi dhimaa vi… Am a rangalhah vx sheryn ah rovijje.. Hama hyvanii sheryn ge hithah theereh herihenn…??

    1. cenhi says:
      May 8, 2017 at 5:17 pm

      He he. Thnkx. N sheryn thy eha hihbali kujjehtha?

Comments are closed.


All Right Reserved!