އަޔާނީމެން ގެއިން ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި މިޝްޔާގެ އިތުރުން ޒިކާނާއި މިޝަލްވެސް ބޭރުގައި ތިއްބެވެ. “ޔާނީ ހާދަ ލަސްވީ…. މިހާރު އަހަރެމެން މިތާ ތިބޭތާ ކޮން އިރެއް…؟؟؟ އަޔާނީމެން ފެންނަ އިރަށް މިޝްޔާ ބުނެލިއެވެ. ” ބަސްތާއެއްގެ ފުށްޖަހަންވީމަ، ލަސްވާނު….” ޝިއުރީއަށް މަޑުން ނުހުރެވިގެން ބުނެލިއެވެ. “ދެން ޝިއު….. ދިމާ ނުކޮށްބަލަ….. އަހަރެން ބަލާނަމޭ ޝިއުވެސް ނަހީކްއާއި މީޓްކުރަން ދާއިރު ފުށް ނުޖަހާތޯ ދަނީ…..” ޝިއުރީއަށް ރައްދު ދެމުން އަޔާނީ ބުނެލިއެވެ. “އަދިވެސް ތިތާ ބޮޑު ވާހަކައިގައި […]
ރޯ ހައުސްގެ މަތީބުރީގައި ހުންނަ ނިދާ ކޮޓަރީގައި ހުރި އެނދުގައި ރިޒުވީން އިށީނދެލައިގެން އިނެވެ. އެނދު ކައިރީގައި ކުޑަ ދޮރެއް ހުރެއެވެ. އެ ކުޑަ ދޮރުން ބޭރު ފެނެއެވެ. ރިޒުވީން އިނީ އެ ކުޑަ ދޮރުން ބޭރު ބަލާށެވެ. ގުގުރާ ވިދަމުން ދިޔުމާއެކު ނަގާފައިވާ ކަޅު ވިލާތަކާއެކު ދުނިޔެމަތި ވަނީ ވިއްސާރަ ހަދާފައެވެ. ރަށު ތެރެއިން ފެންނަ މަދު ގަސްތައް ވެސް ވައިގެ ރޯޅިއާއެކު ދެންމެދެންމެ ލުހިގެން ދާން އުޅޭހެން ހީވެއެވެ. އެދުވަހުގެ މޫސުން ވެސް އޭނާއާ […]
“ލަމް އޯކޭވާނެ.. މީހަކަށް އެކަހަލަ ރަނގަޅު އަނތްބަކު ނުލިބޭނެ..” ޔޫޝައު އޭނާގެ ލޯބިވާ އަނބިމީހާ ލަމްހާއަށް ތަޢުރީފުކޮށްލިއެވެ. “ދެން އެހާ ރަނގަޅު އަނތްބަކު ހުއްޓާ އެހެން މީހަކު ތި ހޯދަނީ ކީއްކުރަން؟” ލިހާމް ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ. “އަސްލު އަހަރެންވެސް ފުރަތަމަ ބޭނުމެއްނުވޭ އިތުރު ކައިވެންޏެއް ކުރާކަށް.. އެކަމަކު ލަމް ބޭނުންވަނީ އަހަރެން އިތުރު މީހަކާ އިންނަން.. މިހާރު ހައެއްކަ އަހަރު ވެދާނެ އެހެން ކިޔާތާ.. އެކަމަކު އަހަރެން މިހުރިހާ ދުވަހު އެކަމާ ދެކޮޅު ހަދަމުން މިއައީ..” […]
އިރުއަރާ ބިންގަނޑު ހޫނުކޮށްފިއެވެ. ފަންބިތުގެ ބާގަނޑުގަނޑުން އިރުގެ ދޯދިތައް ކޮޓަރިތެރެ އަލިކުރަމުން ދާއިރުވެސް ރޯނުފުރި އެނދުގައި ކުރުގެޅިގެން އޮތް ނަސީރަކަށް ދުނިޔެ މައްޗަކަށް ހެޔެއް ނާރައެވެ. އޮވެވުނީ ހުވަފެނީ އާލަމެއްގައެވެ. ގޮއްޔެ ގެ އަތުގައި ހިފައިގެން ތުނޑިމަތީގައި ހިނގަނީއެވެ. ބައެއްފަހަރު ގޮއްޔެ ކޮރާލައެވެ. ކަކުނި ހޮރަކާ ދިމާވުމުން ނަސީރު ގޮއްޔެ އުފުލާލާފައި އެހެން ދިމާލަކު ބަހައްޓާލަދިނެވެ. އަނެއްކާވެސް ގޮއްޔެ ނަސީރުގެ އަތުގައި ހިފި އެވެ. ނަސީރުގެ ދެފައި މައްޗައް ގޮއްޔެ ގެ ދެފައި ތިލަ ލާފައި ދެކޮނޑުގައި […]
ކުރީގެ ބަޔާ ގުޅޭޒާފާ އަގައިން ނުބުނެ އިސްޖެހި ގޮތަށް އިނީ ލޮލުން ފެން ހިލިހިލި އެވެ . ބާރަށް ރޯން ނުކެރިފައެވެ . ޒަރީރު : ޒާފާ އަށް އިގޭ ހެއްޔެ ؟ ޒާފާގެ މަންމަ ނިޔާވީ ވިހާ ފައި ލޭ ނުލިބިގެން ގިނައިރު ވީމައެވެ . ބައްޕަ ގެ އަތްމަތި ދައްޗެއެވެ . އެދުވަސް އެ ދިޔައީ އެވެ . އެކަމާ ވިސްނާނެ ކަމެއް ނެތެއެވެ . ޒާފާ ތިހުރީ ބޮޑު މީހަކަ ވެފައެވެ . […]
“މިފަހަރު މިއީ އަހަރުމެންގެ ފަހަރު ޓު ޓޭކް ރިވެންޖް.އީޝް ބުނާ ގޮތް ހަދާނަން ދޯ.” ވިހަ ހިނިތުންވުމަކާއެކު އާޝާން އަށް ދޯ ދިނީ ރަޔާން ބަރުބާދު ކޮށްލާނެ މޮޅު ޕްލޭނެއް ހިތުގައި ރާވާލަމުންނެވެ. ރަޔާން އެރޭ ގެއަށް ދެވުނު އިރު އިރުއޮއްސިޖެއެވެ. ޒާއިޤު ގާތުގައި އިން ގަޑީ ފޯނު ނިވުނު ގޮތަށް ޗާޖު ކުރާކަށްވެސް ރަޔާން ހަނދާން ނެތުނެވެ. ފޯނު ޗާޖަށް ޖަހާލުމަށްފަހު ރަޔާން ދިޔައީ ފެންވަރާލާށެވެ. މުޅި ދުވަހު ސިކުނޑި ބަރުވެފައި ހުރި ރަޔާންއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ ހަށިގަނޑަށް އޮހެމުން ދިޔަ ފެންތިކި ތަކުންނެވެ. އެކަމުންވެސް އެންމެ އެދެވޭ ތަސައްލީއެއް އެ ހިތަކަށް ނުލިބުނެވެ. އާޝާންގެ މާފު ނުލިބޭހާ ހިނދަކު ރަޔާންގެ ހިތަށް އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫންކަން ރަޔާން ޤަބޫލުކުރެއެވެ. ޚިޔާލްތަކަށް ގެއްލިފައި ހުރި ރަޔާން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގް ވަމުން ދިޔަ އަޑަށެވެ. ވަރަށް އަވަސް ކޮށްލައިގެން ނުކުތް އިރު މަންމަ އާއި ދޮންބެެގެ މިސްޑް ކޯލްތައް ހުއްޓެވެ. އެހާ ވަރަށް ގުޅާފަ ހުރުމުން ބައްޕަ އަށް ކަމެއް ވީ ހިތައި ރަޔާން އަވަހަށް ގުޅާލިއެވެ. ” ދަރިފުޅާ ރަޔާން. ފޯނު ނިއްވާލައިގެން ކީއް ކުރަނީތަ؟ ކިހާ ވަރަކަށް މަންމަ އަށް ގުޅުނު.” ފޯނު ނެގުމާއެކު އެންމެ ފުރަތަމަ ވެސް މަރީނާ ކޮށްލީ ޝަކުވާއެވެ. ” ޗާޖު ހުސްވެގެން ނިވިފަ އޮތީ. އޮފީސް ނިންމާލާފަ އިރުކޮޅެއް މިވީ ގެއަށް އައިތާ. ބައްޕަ ކިހިނެއްތަ؟” މަރީނާގެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ރަޔާން އޭނާގެ ބައްޕަގެ ހާލު ބަލާލިއެވެ. ” ބައްޕަގެ ވާހަކަ ދައްކަންވެގެން މަންމަމެން އެހާވަރަށް ގުޅީ.” މަންމަ ދައްކަން އުޅޭ ވާހަކަ ނޭގޭތީ ރަޔާން ހުރީ ހާސްވެފައެވެ. ” ބައްޕަ މިހާރު ކޯމާއިން ބޭރުވެއްޖެ. އިރާދަކުރެއްވީތީ ބައްޕަގެ ހާލު ވަރަށް ރަނގަޅު.” މަންމމަގެ ވާހަކައިން މަންމަ އުފާވެފައި ހުރި ރަޔާންއަށް އިހުސާސްވިއެވެ. ” ހަފްތާއެއްގެ ތެރޭ ދޫކޮށްލާނެ ވާހަކަ ޑޮކްޓަރު ބުނީ.” ބައްޕަ ހެޔޮހާލުގައި ވީތީ ރަޔާން ވެސް ހުރީ ހިތްހަމަޖެހިފައެވެ. “ދަރިފުޅު ފަހުން ގުޅާ އިގޭ. ދޮންބެ ވެސް މިވަގުތު ބިޒީ.” އޯކޭ އޭ ބުނެލަމުން ރަޔާން ފޯނު ކަނޑާލިއެވެ. ހުރެވުނީ ފާޚާނާއިން ނުކުތް ގޮތަށް ކަމުން ސޯޓަކާއި ޓީޝާޓެއް ލައިގެން ރަޔާން އެދުމަތީގައި އޮށޯތެވެ. ރަޔާންގެ ސިކުނޑީގައި ރާވަމުން ދިޔައީ އާޝާންގެ ކިބައިން މާފަށް އެދޭނެ ގޮތަކާމެދުގައެވެ. ނަމަވެސް މާޒީގެ ކަންތައްތައް ހަނދާން ވަމުން ދާތީ ހައްތަހާވެސް ރަޔާން ފަސްޖެހެވެނީއެވެ. ********************************************************************************* އާޝާން އާއި އެކު އެހާ ގާތްވެވުމުން އަނެއްކާވެސް އެކަމަށް ރަޔާން ބޭނުންވަމުން ދިޔައެވެ. އާހިލް އާއި އާރިމް އާއި ދެމީހުންނަށްވެސް ރަޔާން މިކަން ސިއްރު ކުރިއެވެ. އެދެމީހުން އާޝާން އާއި ގާތްވާކަށް ރަޔާންގެ ހިތެއް ނުރުހެއެވެ. ނަމަވެސް އެންމެ އަންހެންކުއްޖަކަށްޓަކާ ރަޔާންގެ އުޅުން ބަދަލު ކުރާކަށް ރަޔާންއެއް ނުވިސްނައެވެ. ކުރިއެކޭ އެއްގޮތަށް ރަޔާން އުޅުނީ އާހިލްމެންވެސް އުޅުނު މަސައްކަތުގައެވެ. ” ޔާން އެއީ ރަނގަޅު ގޮތެއް ނޫނެއް ނު. އާޝާ ވެސް ދެރަވޭ މިހާރު އެހެން އުޅެވުނީމަ. އަދި ޔާން ކައިރީ ބުނަން ޖެހޭ ބޮޑު ވާހަކައެއްވެސް އެބަ އޮތް” ރަޔާން އަނެއްކާވެސް ދިމާކުރަން ބުނުމުން ކުރީ ދުވަހުގެ ހަނދާންތައް އާވުމުން އާޝާން ދެކޮޅުހެދިއެވެ. “ކަމޯން އޭޝް އެކަކަށްވެސް ނޭގެ އެންނު. ދެޓްސް އަ ސީކްރެޓް ބިޓްވީން އަސް. އައި ލަވް ޔޫ ސޯ މަޗް އޭޝް. އޭޝް އަށް ދެރަގޮތެއް ނުވާނެ އޭ. އައި ޕޮރޮމިސް.” ރަޔާން އެކި ގޮތް ގޮތަށް އާޝާންގެ ވިސްނުން ބަދަލުކުރަން ވާހަކަ ދައްކަމުން ދިޔައެވެ. އެންމެފަހުން އެކަން ކާމިޔާބު ކުރިވެސް މެއެވެ. އަންނަ ހުކުރު ދުވަހު ދިމާވާން ރަޔާން އާޝާން އެއްބަސްކުރުވިއެވެ. އެންމެނަށް ސިއްރުން ރަޔާން ދިޔައީ އާޝާން އާއި ބައްދަލު ކުރަމުންނެވެ. ރަޔާން އެމީހުންނަށް ކަމެއް ސިއްރު ކުރާކަން އާހިލް އަށް ޝައްކު ވާތާ ދުވަސްކޮޅއެ ވެއްޖެއެވެ. އާހިލް ދިޔައީ ރަޔާން އަށް ފާރަލަމުންނެވެ. އާހިލް އަށް އެކަން ކާމިޔާބު ވީ އޭގެ ތިން ހަފްތާ ފަހުންނެވެ. އެއީ އެންމެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ދުވަހެކެވެ. ރަޔާން ގެ ފޯނުން އާޝާން އާއި ދެމީހުން ދައްކާފައި ހުރި ވާހަކަތައް ރަޔާން އަށް ފެނުނު ވަގުތުން ފެށިގެން އާހިލް އިންތިޒާރު ކުރަމުން ދިޔައީ ހަވީރު ވާނެ ވަގުތަކަށެވެ. އާރިމް މެން ގޭގައި ދިމާކުރާނެ ވާހަކަ އޮތުމުން އާހިލް ހުރީ އެގޭގައި އެއްވެސް މީހަކަށް ނޭގޭނެހެން ފިލައިގެންނެވެ. އާރިމް ދިޔައީ އެދުވަހު ހުޅުމާލެއަށެވެ. ރަޔާން އާޝާން ގޮވައިގެން އެ ގެއަށް ދިޔައިރު އާހިލް ހުރީ އިންތިޒާރުގައެވެ. އޭރުވެސް އާހިލް ހުރީ ހަމައިގައެއް ނޫނެވެ. އާހިލް އާޝާން ބޭނުންވެގެން އުޅޭތާ ކޮންދުުވަހެއް ހެއްޔެެވެ. އާޝާން އާއި ރަޔާންގެ ހުރިހާ ކަމެއް އާހިލް ދިޔައީ ވީޑިއޯ ކުރަމުންނެވެ. ” ވާއު.ވާއު ” އަތްތިލަބަޑި ޖަހަމުން އާހިލް އެންމެ ފަހުން ރަޔާން މެންނަށް ފެންނަހެން ނުކުމެ ވާހަކަ ދައްކަން ފެށިއެވެ. އާހިލްގެ އަޑަށް ރަޔާން މެން ދިޔައީ ސިއްސައިގެންނެވެ. އާޝާން ބިރުން ހުރެ ރަޖާ އިން ހަށިގަނޑު ފޮރުވަމުން ދިޔައެވެ. ” ވަޓް ދަ ހެލް އާހިލް. ކައެ މިތާ ކީއްކުރަނީ.” ހިތްހަމަނުޖެހިފައި ހުރެ ރަޔާން ވާހަކަދެއްކިއެވެ. ” ކަލޭ ވަރަށް އެ މަންޖެ ވަރަށް ފޮރުވައިގެން ގެންގުޅެފީމެންނު. އަދި އެވެސް އަހަރުމެންގެ އުސޫލުތަކާއި ޚިލާފަށް.” އާޝާން އަށް ބަލާލަމުން އާހިލް ބުންޏެވެ. އާޝާން އިނީ ބިރުން ހަލާކުވާ ވަރު ވެފައެވެ. ” ލުކް މޭން. މިއީ މަގޭ އަމިއްލަ ކަމެއް ކަލޭ މެން ދުރުގަ އުޅޭ.” އާހިލް ފަހަތަށް ކޮށްޕާލަމުން ރަޔާން ބުނެލިއެވެ. ” ކުރިންވެސް އަހަރުމެން ޝެއަރ ކޮށްގެން ނު އުޅެނީ. މިހާރު ކީއްވެ ވަކި؟؟ އަނެއްކާ މާ ރީތި ކުއްޖެއް ތަ؟” އާހިލް އާޝާން ބޭނުންވެފައި ހުރި ވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ. އާޝާން އިނީ އާހިލް ދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވ. ރަޔާން އަކީ އެކަހަލަ މީހެއް ހެއްޔެވެ. މިހުރިހާ ދުވަހު އާޝާން އާއި އެކު އުޅުނީ ލޯބިވާތީ ނޫންހެއްޔެވެ. އާޝާން ގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ” ޝަޓްއަޕް. ހަމަ މިހާރު ނުކުމޭ މިތަނުން .” ރަޔާން ރުޅި އައިސްގެން ހީވަނީ ދެންމެ ދެންމެ އާހިލް ގައިގަ ޖަހާފާނެ ހެންނެވެ. ” ވަރަށް ރީއްޗަށް މިކަން ނިންމާލަން ހިގާ ދޯ. އެމަންޖެ އެކީ މަށަށް ޓައިމް ދީފަ ރަޔާން ބޭރަށް ދާންވީ އޯ މި ވީޑިޔޯ ކޮޅު ފޮނުވާލާނީ.” އަތުގަ އޮތް ފޯނުން ދެންމެ ކުރި ވީޑިޔޯ ޕްލޭ ކުރަމުން އާހިލް ވާހަކަ ދެއްކިއެވެ. އާޝާން ބިރުން ނޫނެކޭ ބުނެ ރޮއެގަތެވެ. ރަޔާން ހުރީ ސިކުނޑި ސުމަކަށް ގޮއްސައެވެ. އާހިލް ކިހެން ކަންތައް ކުރާނެ ކަމަކަށް ރަޔާން ދުވަހަކުވެސް ހިއެއް ނުކުރަމެވެ. ރަޔާން ބަލާކަށް ނުހުރެ އާހިލް ގައިގައި ތަޅައިގަތެެވެ. އެވަގުތު އާހިލް އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނެވެ. ވަގުތު ބަލާފައި ރަޔާން ފޯނު ނަގައިން އެ ވީޑިޔޯ ޑިލިޓް ކޮށްލިއެވެ. “ހެހެ ޓޫ ލޭޓް ބްރޯ. އައި ހޭވް އޯލްރެޑީ ސެންޓް އިޓް.” ވިހަ ހިނިތުންވުމަކާއެކު އެހެން ބުނެލުމަށްފަހު ރަޔާން ގައިގައި ތަޅައިގަތެވެ. އާހިލް ރަޔާން ދުރަށް ކޮށްޕާލި ވަގުތު މޭޒުގައި ބޯ ޖެހި ރަޔާން ގެ ޚަބަރު ހުސްވެެގެން ދިޔައެވެ. މަންޒަރު ބަލަން އިން އާޝާން އިނީ ރޮއެ ރޮއެ ހަލާކުވާ ވަރު ވެފައެވެ. އާހިލް އާޝާ އާއި ގާތްވަމުން ދިޔަ ވަރަކަށް އާޝާން ނޫން ނޫން އޭ ބުނެ ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް އެ އަޑުތައް އިވުމަށް ވުރެ އާހިލް ހުރީ ހަމައިން ނެއްޓިފައެވެ. އާޝާންގެ ދޮން ހަށިގަނޑު ނޫން އެހެން އެއްޗެއް އާހިލް އަކަށް ނުފެނެއެވެ. އެންމެފަހުން އާހިލް ހިތްހަމަޖެހޭވަރު ވުމުން އެތަނުން ނުކުމެގެން ދިޔައީ އާޝާން އާއި ރަޔާން އެތިބި ހާލަށް ދޫކޮށްލާފައެވެ. އަމިއްލައަށް މަރުވެދާނަމޭ ހާސް ފަހަރު އާޝާން ހިތަށް އެރިއެވެ. ރޮއެ ރޮއެ އެންމެ ފަހުން މީހާ ހަލާކު ވާ ވަރު ވުމުން އާޝާން ހިތްވަރު ކޮށްފައި ތެދުވެ ރެޑީ ވެލިއެވެ. ރަޔާން އަށް ގޮވާކަށް އާޝާންގެ ހިތް އެއްބަސް ނުވިއެވެ. އެ ފަދަ މީހެއްގެ މަޅީގައި ޖެހުނީތީ އާޝާން އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނެވެ. ރަޔާންގެ ބެވަފާތެރިކަން ހިތަށް އެރުމުން އެހިތަށް ތަދުވަމުން ދިޔައެވެ. އެވަގުތަކީ ރަޔާންއަށް ވެސް ހޭލެވުނު ވަގުތެވެ. އަވަހަށް ތެދުވެ އާޝާން ވިސްނަދޭން މަސައްކަތް ކުރަމުން ދިޔައެވެ. ” ޑޯންޓް ޓަަަަަޗް މީ. އޭޝް ރަޔާން އަށް ނުކުރަނީ ކޮން އިތުބާރެއް. ބުނިހާ އެއްޗެއް ޤަބޫލު ކޮށްގެން އޭޝް ހުރީ. އެކަމް ރަޔާން ބޭނުން ވީ އެހެން ކަމެއް. އެވެސް އޭޝް އެކަންޏެއް ނޫން އެހެން ކުދިންނާ ވެސް އެއްކޮށް.”އާޝާން އަށް ރޮވޭ ވަރުން ވާހަކަ ވެސް ނުދެއްކުނެވެ. ރަޔާން އަށް ދައްކާނެ ވާހަކައެއްވެސް ނޭގުނެވެ. ފުރަތަމަ ފަހަރަށް އާޝާން ގެ ފެންކަޅިވެފައިވާ ލޯ ފެނުމުން ރަޔާން ގެ ހިތަށް ނޭގޭ ގޮތެއް ވެގެން ދިޔައެވެ. ” އާޝާން ޕްލީޒް ލިސެން ޓު މީ. އެއީ އެހެން ވި ކަމެއް ނޫނޭ. އާހިލް ދޮގު ހެދީ .’ ރަޔާން އަށް އޭނާގެ ދިފާއުގައި ދައްކާނެ ވާހަކައެއް ނޭގުމުން ދޮގު ހެދީ އާޝާން ގެއްލެން ބޭނުން ނުވާތީއެވެ. “އިތުރަށް ދޮގު ހަދާނެ ކަމެއް އައި ވޯންޓް ބިލީވް ޔޫ. ރަޔާންގެ ރައްޓެހި ރަހުމަތްތެރިޔާ އަހަރެންނާއެކު އަހަރެންގެ ނުރުހުމުގަ އެވައްތަރަް އުޅުނު އިރު ކިހިނެތް އަހަރެން ޤަބޫލު ކުރާނީ ރަޔާން ތި ދައްކާ ވާހަކަ ތައް. ” އާޝާން ރޮމުން ދިޔައެވެ. ” އަހަރެން މިއުޅެނީ ކިޔަވަން ފުރަންވެގެން. ދުވަހަކުވެސް ތި ރަޔާންގެ ސޫރައެއް ދެކޭކަށް ބޭނުމެއް ނޫން. އަހަރެންގެ ވީޑިޔޯ އެ ފޮނުވި މީހަކަށް ފޮނުވާފަ ޔޫ ރުއިންޑް މައި ލައިފް. އެންޑް ވަން ޑޭ އައި ވިލް ރުއިން ޔުއާރސް.” އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ނެތުމުން އާޝާން ދަބަސް ހިފައިގެން ނުކުމެގެން ދިޔައެވެ. އެއްވެސް ބަހެއް ނުބުނެ ރަޔާން ހުރީ ހިމޭނުންނެވެ. އާޝާން ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. ************************************************************************************************************************
ޝިމްލާ ފެނުމުން ސާޝާގެ މިޖާޒަށް ބަދަލުއައެވެ. ޤުލްޝަންގެ ކަނދުރާމަތިން ކައްސާލައިގެން ޝިމްލާ ތިރިއަށް ވެއްޓެމުންދިޔަ މަންޒަރު ބަލާކަށް ސާޝާއަކަށް ކެތެއްނުވިއެވެ. އެންމެ ލޯބިވާ ފަރާތް ހިމާޔަތްކުރުމަށް އެންމެ ވަގުތުކޮޅެއްވެސް ނަގާނުލާ ދާން ދިމާކޮށްލި ނަމަވެސް އެކަން ކާމިޔާބު ނުވީ އައިކަންގެ ހޫނު ހަމަލާއެއް ސާޝާގެ ކޮނޑުމައްޗަށް އެރުމުންނެވެ. ޝިމްލާއާއި އެކުއެކީގައި ސާޝާވެސް ބޯ ވިނަގަނޑުގެ ތެރެއަށް ގޮސް ޖެހުނެވެ. ޝިމްލާއަށް އިޙްޞާސްވަމުންދިޔައީ އޭނާގެ ހިތާއި ވަރަށް ގާތް ފަރާތެއް ކައިރީގައިވާކަމެވެ. ނަމަވެސް ގައިން ވަރުދޫވެފައިވުމުން ލޯ ހުޅުވާލާނެހާ […]
ދުވަސްތަށް ފާއިތު ވަމުން ގޮސް ޒޫމީ ފުރާ ދުވަސް ޖެހިއްޖެއެވެ. މިއަދަށް އިރު އެރީއްސުރެ އަމީނާ ހީވަނީ ގަނޑު ވެފަ ހުންނަހެންނެވެ. ސަބަބަކީ އަމީނާޔާ ވަކިން ޒޫމީ ދާންޖެހޭތީއެވެ. ” ދަރިފުޅާ މަންމަ ދަރިފުޅަށް ވަރަށް އިތުބާރު ކޮއްފަ މިފޮނުވަނީ، އެހެންވީމަ ދަރިފުޅު ވާނެ ދަރިފުޅުގެ އަގު ވެއްޓޭވަރުގެ ކަމެއް ނުކޮއް އެބުރި އަންނަން ،މަންމަ މެން ދަރިފުޅާ ދޭތެރޭ ވަރަށް ފޮނި އުންމީދު ކުރަން ދަރިފުޅު އަބަދު ވެސް ހަނދާން ކުރަން ވާނެ އަހެނެއްގެ އިއްޒަތާ […]
އަހަރު 2028 ފަތިހުގެ ފަނޑު އަލިކަން އުޑު މައްޗަށް ފެތުރިފައިވާ ތަން ބަލަން އެމެރިކާގެ ރައީސް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރީ ހުއްޓެވެ. އެމެރިކާ ސިފައިންގެ ބައިގަނޑެއް އެ ތަނަށް އެއްވަމުން ދިޔައެވެ. އިރުކޮޅެއް ފަހުން، އެމެރިކާގެ ރައީސްގެ އެންގުމަކަށް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރިން އެމެރިކާ ސިފައިން އަރުވައިގެން ހެލިކޮޕުޓަރުތަކެއް ނައްޓާލައިފިއެވެ. ދެތިން ހެލިކޮޕުޓަރެއް ނޫނެވެ. ދިހަވަރަކަށް ހެލިކޮޕުޓަރު އުޅޭނެއެވެ. ހެލިކޮޕުޓަރުތައް ދަތުރުކުރަމުން ގޮސް މަޑުކުރީ ދިވެހިރާއްޖޭގެ މިލަދުންމަޑުލު ނޫމަރާ ކަނޑަށެވެ. އެ މީހުންގެ އިންތިޒާރުގައި […]